ކެއި ގޮތަށް ވެފައި ހުރި ވަރުބަލިން ލައުރާ އަށާއި ޝަލީންއަށް ނިދުނެވެ. ކޮޓަރީގައި ހުރި އެނދު ބޮޑު ކަމުން ތިން މީހުންނަށް ބާލީސް ޖަހާ ވަކި ކޮށްގެން ނިދޭ ވަރު ވެއެވެ. ކިޔާންމެން އޮތީ ލިވިންގް ރޫމް ގައި ހުރި ދެ ސޯފާގައެވެ. އެ ސޯފާތައް ފުދޭވަރަކަށް ކުޑަކަމުން ކިޔާންމެންގެ ކަކުލުން ތިރީގެ އެއްބައި އޮތީ ބޭރުގައެވެ. ދެމީހުން ދެ ސޯފާގައި އޮތްނަމަވެސް މާއިލްއަށް ނިދެންދެން ދެމީހުން ވާހަކަ ދެއްކިއެވެ. ގޭތެރެ ހިމޭންވެ އަނދިރި އިރު ވެސް […]
ގެއަށް އައި ގޮތަށް ރީޝަމް އުޅުނީ ޕެކް ކުރުމުގައި އަވަދިނެތިއެވެ.”ދައްތާ ހަނދާން ނެތުނީއޭ ބުނަން..ލައުރާ އާ ޝަލީން ވެސް ދޭ.. ވަރަށް މަޖާ ވާނެ ދޯ..” ބޭނުން ކުރަން މަޖުބޫރު އެއްޗެހި ދަބަހަށް އަޅަމުން ދިޔައިރު ރީޝަމް ވާހަކަ ދެޖީ އުފަލުންނެވެ. ހާނިމް ގޭގައި ނޫޅުމާ އެކީގައި އެންމެންގެ ހިތަށް ލިބިފައި ވަނީ ހިތްހަމަ ޖެހުމެވެ. ފަހުން ނުކުމެގެން ދިޔަ ގޮތަށް ހާނިމް ގެއަކަށް ނުވަދެއެވެ.”އާނ މަޖާ ވާނެ.. މާހީ ވެސް ރޮއިރޮއިފަ އެ ނިދީ ގެންދާށޭ […]
“ހެވޭ ދޮގު ނުހެދިޔަސް ރީހާން.. އަހަރެންނަށް ފެނިއްޖެއޭ ރީހާންގެ މޫނު.. ދޮގު ނުހަދާ ބަލަ.. ކީއްހޭ ވީ.. އަހަރެން ހެލްޕް ވާނަމޭ.. ކީއްވެތަ ތިހާ ދެރަވެ ތިއޮތީ..” އެލީޒާ ކުރަމުން ދިޔަ ޝަކުވާ މަޑު ޖެހުނީ އޭނައާއި ރީހާންގެ ދެމެދުގައި ވި ޖާގަ ހަނިކަން އިހުސާސް ވުމުން އެވެ. ފުން ނޭވާއެއް ލާފައި ރީހާން އެލީޒާ އާއި ދިމާއަށް ފުންކޮށް ބަލާލިއެވެ. އޭނައަށް އައި ކުޑަ ކުޑަ ބަދަލު ވެސް އެލީޒާ ފާހަގަ ވެއްޖެއެވެ.”ޕްލީޒް ބުނެބަލަ..” ހިތް […]
” މިޝްޔަލް. ” ވިޝާންގެ އަނގައިން އެބަސް އާހް އަކާއިއެކު ނިކުތެވެ. މިޝްޔަލް އަނިއްކާ މީހަކާ ރައްޓެހިވީބާއޭ ހިތައްއެރިއެވެ. ‘ ނޫން އެހެނެއް ނުވާނެ. އެކަން މަ ބަލާ ޔަޤީން ކުރާނަން. މިޝްޔަލްއަކީ އަހަރެންގެ މީހެއް.’ ވިޝާންގެ ހިތް ބުނަމުން ދިޔައެވެ. ” ޒާން މާދަމައަށް އެއްކަލަ ލޯންޗް ރެޑީ ކޮށްދެއްޗޭ.” ފިޒާންގެ ނަންބަރަށް ލުމަށްފަހު ގުޅާލިއެވެ. ” ކިހިނެއްވީ؟ ކޮންތާކަށް ދާން؟ ” ފިޒާން އެހިއެވެ. ” މިޝްޔަލް ކައިރިއަށް.” * ތިންވަނަ ބައި * […]
ބިރުން މޭގައި އަތް އަޅައިގެން ހުއްޓައި ރީޝަމް ސިހުނީ ދުވެފައި އައި މީހަކާ އެއްކޮށް ރީޝަމް ވެއްޓެން ދިއުމުންނެވެ. ނުބައި ޚިޔާލުތައް އައިސް ސިކުނޑި ވަށާލުމުން ރީޝަމްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނީ ޖިންނިއެއް ކަމަށް ހީކޮންނެވެ. އެމީހަކު ވެސް ސިހުންކަން ރީޝަމްއަށް އިނގުނެވެ. ފައި ދަށުގައި ގިނައީ އަކިރި ތަކެވެ. ވެއްޓެން ދިޔަ ވަގުތު ވާނެ ތަދު ހިތަށް އެރުމުން ވެސް ހަޅޭކުޑެ އަޑު ވީ ބާރެވެ. ނަމަވެސް ވެއްޓުން އިރު އެއްވެސް ގޮތެއް ނުވުމުން […]
“ދޮންބޭ.. އަހަރެންނަކަށްވެސް ނޭނގެ.. އެކަމަކު ބުނަން. އައި ތިންކް ދިސް އިޒް ނޮޓް ދަ ޓައިމް ޓު ޓެލް ހާރ. އޭނާ އަމިއްލައަށް އެކަން ހޯދާނެ. އައި ޖަސްޓް ނޯ އިޓް. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ޔަލްދައްތަ ބުނި ގޮތަށް އޭނާ ރައްކާތެރިކުރުން.” ލީހާ އިސްހިއްލައިލުމަށްފަހު ރުކައިންގެ ކޮނޑު މަތީގައި އަތް ބާއްވައިލަމުން ބުންޏެވެ. ރުކައިންވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލައި ލީހާގެ އަތުގައި ހިފަހައްޓައިލިއެވެ. ….. ***** ރުކައިންއަށް ޚިޔާލުތަކުން ބޭރުވެވުނީ ވެއިޓަރު އައީމައެވެ. […]
އުޑުގައި އެތަށް ހާސް ތަރިތައް ފިޔަޖަހާ ތަނާއި، ބުރު ހަމަ ހަނދެއްގެ އަލިކަން ފެނުމުން މި ރޭގަނޑު ފުރިހަމަކަމަށް ދައްކައެވެ. އަށާރަ އަހަރުގެ ލައިހާ ގޭ ބޭރު ޖޯލިފަތީގައި އިށީނދެގެން މި ރޭގަނޑުގެ ފުރިހަމަކަމަށް ހިތުން ތަޢުރީފު ކުރަމުން ދިޔައެވެ. މި މަންޒަރު ބަލަން އިންނަ ކޮންމެ މީހަކަށް އެހާ ވެސް ހިތްހަމަ ޖެހުން ލިބޭނެކަން ޔަޤީނެވެ. ނަމަވެސް ލައިހާގެ ހިތް ތަޢުރީފު ކުރިއެއް ކަމަކު ސިކުނޑި ތެރޭގައި ވިސްނެމުން ދިޔައީ މި ހަނދުވަރު ދޭ ރެއާ […]
އަނެއް ދުވަހު ހެނދުނު އާނިޔާ ހޭލި އިރު ހާނިމް އޮތީ ގަދަ ނިދީގައެވެ. ކުރިން އުޅުނު ގޮތަށް އާދައިގެ މަތިން އާނިޔާ ތައްޔާރު ވެގެން ނިކުމެ ސައި ހެދި އިރު ރީޝަމް ދަބަސް ހިފައިގެން ނިކުންނަނީއެވެ. ކޮލެޖަށް ދަނީ ކަމަށް ބުނެ ސައި ނުބޮއި ރީޝަމް ދިޔައީ ހާނިމް އިނދެދާނެ ކަމަށެވެ. ރީޝަމް ދިއުމުން އާނިޔާ ފުން ނޭވާއެއް ލިއެވެ. މިހާރު ހާނިމް އަދާ ކުރާ ވަޒީފާއާއި މެދުވެސް އާނިޔާގެ ހިތުގައި ޝައްކު އުފެދިއްޖެ އެވެ. ރަނގަޅު […]
މާޒީ ގެ ތެރެއަށް ފީނާކަށް މާގިނައިރެއް ނުނެގިއެވެ. 1 އަހަރު ކުރި ލިވީން މާލެ އައީ އަންނަ ހިތަކުނެއް ނޫނެވެ. ނަމަވެސް މަންމަގެ އެދުމުގެ މަތިން މާލެ އައީ މޮޅަށް ކިޔަވައިގެން ޑަކުޓަރަކަށް ވުމުގެ އުއްމީދު ގައެވެ. 15 އަހަރު ފުރިފައި ވީނަމަވެސް ލިވީން އަކީ ދުވަހަކުވެސް މަންމަ އާއި ވަކިން އުޅުނު ކުއްޖެއް ކަމުން ފުރަތަމަ ލިވީން އަށް އުޅެން އުނދަގޫ ވިއެވެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅަކަށެވެ. ލިވީން ސްކޫލް އަށް ދާން ފެށުމުން […]