އަހަރެންގެ އެންމެ ފަހުގެ ނިންމުން ނިންމީމެވެ. ތަޤްދީރު ކޮންމެ ގޮތަކަށް ދެއްކި ކަމުގައި ވިޔަސް ހިތްވަރު ކޮށްލާފައި ކުރިމަތިލާނީ އެވެ. ޢުމުރުން ތޭވީސް އަހަރު ވީއިރު މިއީ އަހަންނަށް ކުރިމަތި ލާން ޖެހުނު ވަރަށް ބޮޑު އިމްތިހާނެކެވެ. އެހެނަސް ދެން އަހަންނަށް ކުރިމަގެއް ނެތްކަހަލައެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. އަހަންނަކީ މިނިވަންކަން ގެއްލިފައިވާ އަންހެން ކުއްޖަކީމެވެ. އެއީ މީގެ އަށާރަ އަހަރު ކުރިއެވެ. އިޝާލްއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭރު އަހަރެންނަށް ވާނީ ގާތްގަނޑަކަށް […]
ރިއާޝް – “بسم الله الرحمن الرحيم.. اسلام عليكم ورحمة الله وبركاته… އާދެ މިރޭ އަޅުގަނޑު މެން މި ބައްދަލު ކޮށްލީ އަޅުގަނޑުގެ މެޗް އާދެ ޕޯރޗުގަލް އަދި މޮރޮކޯ ބައްދަލު ކުރާ މެޗާ އެކު… މިރޭ އަޅުގަނޑާއި ނަސީމާ ޕޯރޗުގަލް ކޮޅަށް ތިބިއިރު އަހުއްޓި އާއި ސަންތިމަރިޔަނބު އަދި ޔާޝް ދޮންބެ އާއި އައިމިނަބީ މި ތިބީ މޮރޮކޯ ކޮޅަށް.. ” ނަޔާ -” ކޮން ކަހަލަ މޮޔަ ބައެއްދޯ؟… އެއޮއް […]
ރިއާޝް – “އައްސަލާމު ޢަލައިކުމް އާދެ ދަންވަރުގެ ކޮއްތާ އެކީ އަޅުގަނޑުމެން މި ބައްދަލު ކޮށްލީ ނެދަލޭންޑްސް އަދި އާރޖެންޓީނާ ބައްދަލު ކުރާ މެޗުގެ ވާދަވެރިކަން..” ރަނާ – “ހޫން ދެން ހަމަ އެއްޗެއް ކިޔަން ނޭނގުނަސް ކިޔާފާނޭ… ތި ތަންކޮޅެއް ކުރުކޮށް ފޮނިކޮށް ބުނެލީމަ ވީއޭ…” އަހުޝަމް – “މިސާލަކަށް؟..” ރީޝާ – “މިސާލަކަށް މިހެން.. ޔޯ ބްރޯ ހައުޒް ޔަ އޯލް… ނައު އާރޖްސް އެންޑް ނެދަލްސް އާރ ގެޓިންގް ރެޑީ ފޯރ […]
ޒިވާ އަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އޭނާ އަށް ބޭވަފާ ތެރި ވެވުނު ހެއްޔެވެ؟… ވިޝާމް އޭނާ އަށް ބޭވަފާތެރި ވެވުނު ކަމަށް ބުނަމުން ދިޔަ އިރު ޒިވާ ސުވާލަކީ އަދިވެސް އޭނާ އަށް ބޭވަފާތެރި ވެވުނީ ހެއްޔެ އެވެ… ޒިވާ އާއި ވިޝާމް އެކޭ އެއްފަދައިން އިވާ އަށާއި އަޔާޝް އަށް ވެސް ވަނީ އެއްފަދަ ގޮތެކެވެ. އިވާގެ ސުވާލަކީވެސް އެނައަށް ބޭވަފާތެރި ވެވުނު ހެއްޔެ އެވެ. Ϟ ބައްތިރީސް ވަނަ […]
މާލެ ދިވެހިރާއްޖެ އަޅުގަނޑުގެ ބައްޕައާއި މަންމައަށް ހެޔޮ ދުޢާ ސަލާމަށްފަހު ދަންނަވަން އަހަރެން މި ސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ. މަންމައާއި ބައްޕަގެ ޤަދަރު ކުޑަ ކުރެވިދާނެ ކަމަށް ޓަކައެވެ. އިޚްތިރާމް ކުޑަ ކުރެވިދާނެ ކަމައްޓަކައެވެ. ނަމަވެސް މިކަމަކީ ތިދެމީހުންނަށް އެނގެން ޖޭހޭނެ ކަމެކެވެ. އަހަރެންގެ އިހުސާސްތައް މަންމައާއި ބައްޕައަށް އެނގެން އަހަރެން ބޭނުންވެއެވެ. އެއީ މަންމައާއި ބައްޕައަށް ފުރުސަތު ހޯދާ ދިނުމުގެ ގޮތުންނެވެ. އަހަރެމެން މަރުވަނެ ދުވަހެއް ނޭނގެއެވެ. މިވާހަކަ އެންމެ ފުރަތަމަ […]
ކާމޭޒު ކައިރި އަހަރެން ސައިބޯން އިނީ މޫޑް އޮފްވެފައެވެ. އަހަރެންގެ މޫނުމަތީގައި ނެތް ތާޒާކަމެއް ވަކި މަންމަގެ މޫނަކުންވެސް މިއަދު ނުފެނެއެވެ. ބިސްގަނޑު އަޅަން ހުރި މަންމަގެ މޫނު ފެނުމާއެކު އަހަންނަށް އެކަން ޔަގީންވިއެވެ. މަންމަގެ ދުލަކު ބަހެއް ނެތެވެ. އެހެންޏާ ހަރަކާތްތެރިވާ މަންމަގެ ހަރަކާތްތައް މިއަދު މާ ކަންނެތެވެ. އަހަރެން މަންމައަށް ގޮވާލުމަށްފަހު ވެގެން އުޅޭގޮތް އަހާލީމެވެ. އެޔާއެކު މަންމަ އައިސް އަހަރެން ގާތު އިށީނެވެ. އަދި ވެގެން އުޅޭގޮތް މަޑުމަޑުން އޮޅުން ފިލުވައިދިނެވެ. ހަމައެވަގުތު، […]
ފުން ވިސްނުމެއްގެ ތެރެއަށް ގެއްލި އަހަރެން އިނީ އަތުގައިވާ ފޯނުގެ ކުލަ ސްކްރީނަށް ބަލާށެވެ. ދުރުން އަހަރެން ފެންނަ މީހަކަށް ހީވާނީ ހަމަ އެންމެ ރަނގަޅަށެވެ. އެއީ ހަމަ ރަނގަޅަށް ވެސް އަހަރެން އިނީ މާޔޫސްކަމާއެކު މަޑުމޮޅިވެފާކަމެވެ. ފޯނުގެ ސްކްރީން ބަލަމުން ދިޔަވަރަކަށް އަހަރެންގެ މުޅި ހަށިގަނޑަށް އުނދަގޫ ވާންފެށިކަން އަހަންނަށްވެސް އެނގުނެވެ. ހަމަގައިމުވެސް ފޯނު އަހަރެންގެ ލޮލަށް ދައްކަމުން ދިޔަ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންގެ ސިކުނޑި އަހަންނަށް ވިސްނައިދެމުން ދިޔައީ މާޒީއެވެ. އެންމެ ކުޑައިރުއްސުރެ […]
ނައިރާ އޭނާ ގަންނަން ބޭނުން ވި އެއްޗިސް ގަނެލައިގެން ފިހާރައިން ނުކުމެ އަޔާޝްގެ ސައިކަލު ފަހަތަށް އެރިތަން ފެނުނީ އެ މަގަށް އަޅުވާލި އީވާ އަށެވެ. ފިހާރަ އަށް ދާން އެ ބޭނުމުގައި މަޖުބޫރު ވެގެން ނުކުތް ކަމުގައި ވިޔަސް ފެނުނު މަންޒަރުން އޭނާގެ ހިތަށް ތަދު ވި އެވެ. އޭނާ އާއި އަޔާޝް އާއި ދެމެދު ކުރެވުނު ޒުވާބުގެ މަތިން ހަނދާންވެ އެ ދެލޮލަށް ކަރުނަ ބޮޑި ވެގަތެވެ. ނައިރާ ސައިކަލަށް އަރާ އަޔާޝްގެ ގައިގައި […]
ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ އަނދިރި ކަމެވެ. ދިއްލާފައި ވި އެންމެ ބޮތްކެއްވެސް ނެތެވެ. ކޮޓަރއަށް އަލި ވަންނާނެ ހުރިހާ ގޮތެއްވެސް ވީ ބަންދު ކުރެވިފައެވެ. އެހެންނަމަވެސް އެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ގިސްޖެހި ޖެހިފައި ހިތްދަތި ގޮތަކަށް ރޮމުން ދިޔަ އިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ އެވެ. އެންމެ ހަރު ހިލަ ހިތް ވެސް މަޑު ކަފަކޮޅަކަށް ވާނެ […]