“ހުއްޓާލާ އަައުލް! ހަމަ މިހާރު ހުއްޓާލާ!” ހައިކާ ދެކަންފަކުގައި އަތް އަޅަމުން ހަޅޭލަވައިގަތެވެ. “ހައި ބަލާބަލަ… އެއީ ހައި ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ.” އައުލް ހައިކާ ކައިރިއަށް ޖެހެލަމުން ބުންޏެވެ. “އަހަރެން ހީކުރާ ކަހަލަ ކަމެއް ނޫނޭ ތި ބުނީ ދޯ؟ ދެން ހައު ޑޫ ޔޫ އެކްސްޕްލެއިން… ރޭގަ އަހަރެންގެ ގޭޓު ކުރިމަތީގައި ހުރީ ކާކު؟ ބްލޮންޑް ހެޔާ ގާލް އަކާއިއެކު އެތާ ހުރީ ކީތްވެ؟ އެ އަންހެން ކުއްޖާގެ […]
ހައިކާއަކީ އަށާރަ އަހަރު ފުރިފައިވާ މެލޭޝިޔާގެ ފެންވަރު ރަނގަޅު ކޮލެޖެއްގައި ތަޢުލީމު އަދާކުރަމުން ދާ ޒުވާން ޖިންސުއްލަތީފެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލުވެގެން ދަނީ ހީވެސް ނުކުރާހާ ގޮތަކަށެވެ. އޭނާގެ ލޯބިވެރިޔާ އައުލް އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔޫލީ އޭނާ އާއި ބޭވަފާތެރިވެއެވެ. ހީވެސް ނުކުރާހާ ގޮތަކަށް ބޮޑެތި ދޮގު އިލްޒާމުތަކެއް އޭނާގެ ބޮލުގައި އަޅުވައެވެ. އޭނާ އާއި ދެން ދިމާވަނީ އާދައާއި ޚިލާފު ޒުވާން ފިރިހެން ކުއްޖެކެވެ. އެ ޒުވާނަކީ ކާކުބާވައެވެ؟ އެ […]