ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގައިގައި އަތްލިހެން ހީވީމައެވެ. ފަހަތަށް އެންބުރި ބެލި އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ގަޑިން 12 ޖަހާ ބޮޑު ވަނީއެވެ. ގެހުންނަނީ ސަހަރާ މަގުގައި ކަމުން މަގަށް އަޅާލުމައިހެން މީހަކު ފަހަތުން އަންނަކަމުގެ އިހުސާސް ކުރެވެން ފަށިއެވެ. ވެފާ ހުރި ބިރަކައިގެން އެޅުނުހާ އަވަހަކަށް ފިޔަވަޅުތަށް އަޅަން ފެށީމެވެ. ކުއްލިޔަކަށް އަހަރެންގެ ފިޔަވަޅުތައް މަޑު ޖައްސާލެވުނީ އެއްޗެއް އިވުނުހެން ހީވީމައެވެ. ރަންގަޅަށް އަޑު އަހާލުމުން އެއީ ކުޑަ ކުއްޖެއްގެ […]
ރަށްފުށުގެ ކިޔެވުން ވަކިހިސާބަކަށް ނިންމާލުމަށްފަހު އަހަރެން ބަދަލުވީ މާލެއަށެވެ. އެއީ ކިޔެވުމުގެ މަޤްސަދުގައި ނަމަވެސް މަދު އަހަރު ތަކަކަށެވެ. އަހަރެން ކިޔަވަން ހުރީ އާއިލާއާ ރައްޓެހިކަން އޮންނަ ދެމަފިރިން ކައިރީގައެވެ. އެމީހުން އަހަރެންގެ އާއިލާއަތުން ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައެވެ. ބަދަލުގައި އަހަރެން ކޮށްދޭންޖެހުނު ކަމަކީ އެދެމަފިރިންނަށް އެދުވަސްވަރު ލިބުނު ތުއްތު ތުއްތު ދަރިފުޅު ބަލައިދިނުމެވެ. ދައްތަ ހެނދުނު އޮފީހަށް ދިއުމުން، އެކުއްޖާ ބަލަމުން ގޭގައި ކެއްކުމުގެ ކަންކަން ކުރަމުން ދިޔައީ އަހަރެންނެވެ. މެންދުރުގެ ބާރު […]
ލޯބިވެއެވެ. އިންތިހާ އަށެެވެ. ފުރާނަ ގުރުބާން ކުރާހާވެއެވެ. އެހާވެސް ލޯބި ވީމެވެ. ނަމަވެސް ބަދަލުގައި ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ދޯކާއެވެ. ފެނުނީ ކެހިވެރި، ބޭވަފާތެރިއެކެވެ. ބޭރުފުށުން ލޯބި، އެހެނަސް އެތެރެފުށުން މަކަރެވެ. ދުނިޔެ މަތިން ފޫހި ވިއެވެ. ލޯބި، މި ލަފުޒު ދެކެވެސް ނަފުރަތު ކުރެވުނެވެ. ކުށަކީ ކޮބައިހެއްޔެވެ؟ ލޯބި ވެވުން ހެއްޔެވެ؟ ނުވަތަ ވަފާތެރިކަން މަތީ ހުރުން ހެއްޔެވެ؟ ކޮންމެ ތެދުވެރި ހިތަކަށް އޮތީ މިގޮތް ހެއްޔެވެ؟ ލޯތްބަކީވެސް ހާދަހާ ބޭއިންސާފު އެއްޗެކެވެ. ކުރާނީވެސް ވަކި […]
ދުނިޔެ އަކީ ވަގުތީ ތަނެކެވެ . އެއްބައި ފަހަރު އުފާވެރި ކަން ކަމާއި ކުރިމަތި ކުރުވައެވެ . އަނެއް ބައިފަހަރު ހިތްދަތި ކަން ކަމާއި ކުރިމަތި ކުރުވައެވެ . އަނެއް ބައި ފަހަރު އެކަނިމާ އެކަނި އިދެގެން ވިސްނަން ޖެހޭ ފަހަރު ތަކެއެވެ . އަނެއްބައި ފަހަރު ތަކަކީ އެކަނި އިދެ ހިތް ފުރެންދެން ރޯލަން ބޭނުންވާ ފަހަރު ތަކެއެވެ . މިއިން ކޮންމެ ކަމެއް ވެސް ކުރިމަތި ލަނީ ތިމާ އަށް އިމްތިހާނަކަށެއެވެ . ކޮންމެ […]
އަހަރެން ތިބާގެ އަތުގައި ހިފީ ދިރިއުޅުމުގެ ވަކި ހިސާބަކުން ދުރަށް ދާކަށެއް ނޫނެއެވެ . ނޫނީ ތިބާ އަށް އަނިޔާ ކުރުމުގެ ނިޔަތުގައެއް ނުމެ ނޫނެއެވެ . ތިބާ ގެ އަތް މަޑު ކަމަކުން ނުމެ ނޫނެއެވެ . ލޯބި ނުވާތީކީ ނޫނެއެވެ . އަހަރެން ތިބާގެ އަތުގައި ހިފީ އުމުރު ދުވަހު އުޅުމުގެ ނިޔަތުގައެވެ . އަހަރެން ގެ ދިރިއުޅުމުގެ ކުރިޔަށް އޮތް ދުވަސް ތަކުގައި އުޅުމަށެއެވެ . ލޯބި ލޯބި އާއިލާ އެއް ބިނާ […]
” ދަރިފުޅާ ! ކީއް ތިކުރަނީ ދޮރު ތަޅުލައިގެން ” އަހަރެން އެ ހާލުގައި ހުއްޓައި ބޭރުން ޓަކި ޖެހިއެވެ . އަދި އަހަރެންގެ މަންމަ ބުނި އަޑު އިވިގެން ދިޔައެވެ” 2 ވަނަ ބައި އަހަރެން އެއްވެސް އެއްޗެއްކޭ ނުބުނެ ހުރީމެއެވެ . އެއީ އަހަންނާ ދޭތެރޭ ކަން ކުރާ ގޮތުން އަހަރެން ވާހަކަ ދައްކައް ބޭނުން ނުވާތީއެވެ . އެތަކެއް ފަހަރު އަހަރެންނަށް ގޮވަން ފެށިއެވެ . އަހަރެންނަށް ކެތް ނުވުމުގެ ސަބަބުން އަހަންނަށް […]
ހިތް ގައިމު މިއުޒިކަކަށް މޫދުގެ ލޮނުގަނޑު ގޮނޑުދޮށައް ބީއްސަމުން ގެންދެއެވެ . . ދޫނި ތައް އެ ސޮރުގެ ހާލީގައި ތިބި ދޫނި ތަކަށް ކާއް ދިނުމުގެ ކޮއްތު ހޯދަމުން ގެންދަނީ މިނިވަން ކަން މަތީގައެވެ . އެ ރީތި މަންޒަރަކީ އަހަރެންނަށް ހިތް ގައިމު މަންޒަރެކެވެ . މި ކަހަލަ މަންޒަރު ތަކުން އަހަރެންގެ މާޒީ ތަކެއް ހަނދާން ވަމުން ގެންދެއެވެ . އަހަރެންނަށް އެތަކެއް ކަމެއް ހަނދާން ތަކެއް ތަކުރާރު ކުރުވަމުން ގެންދެއެވެ . […]
ހަމަ ހިމޭންވެފައި އޮތް ފަޒާގައި ގުގުމާލީ ފަތިސް ނަމާދުގެ ބަންގީގެ މޫރިތި ކަލިމަ ތަކުގެއަޑެވެ. ރަތް ކުލައިންނާއި ކަޅު ކުލައިން ޖަރީ ކުރެވިފައިވާ ބޮޑު ކޮޓަރި ތެރޭގައި، އަރާމު ނިންޖަކުން ނިދާލާފައި އޮތް ރުވާންއަށް ހޭލެވުނީ ވެސް އެވަގުތެވެ. މަޑު މަޑުން އެސްފިޔަތައް ތަޅުވާލަމުން ރުވާން ދެލޯ ކަހާލިއެވެ. އަވަހަށް މިސްކިތަށް ދާން ތައްޔާރުވުމަށް ރުވާން ތެދުވެ އެނދުމަތި ރީތި ކޮއްލިއެވެ. މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް ފާހާނާއަށް ވަނެވެ. ފާހާނައިގައިވެސް ރަތް ކުލައާއި ކަޅު ކުލައެވެ. […]
އައްސަލާމު އަލައިކުމް، މި ވާހަކަ މިއީ އަޅުގަނޑުގެ ދެވަނަ ކުރުވާހަކައެވެ. މިއީ ރޯދަމަހާއި އެކު ގެނެސްދޭން އަޅުގަނޑު ލިޔުނު ވާހަކައެކެވެ. ނަމަވެސް އަޕްލޯޑް ކޮއްލެވުނެއް ލަސްވީ، މިވާހަކަ މިއީ އަޅުގަނޑު ވަރަށް ގިނަ ރީސާރޗެސް ހަދައިގެން ލިޔުނު ވާހަކައަކަށް ވާތީއެވެ. މި ވާހަކައަކީ “ފޭންޓަސީ” ވާހަކައެވެ. ކިޔާލަން ތަފާތު ލޯބީގެ ވާހަކަ އެކެވެ. ކިޔުންތެރިންގެ ޙިޔާލު ކޮމެއްންޓުގައި ފާޅު ކޮއްލަދިނުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑުއެދުމެކެވެ. މި ވާހަކަ ލިޔުމުގައިވެސް ކިޔުންތެރިންގެ ހިތްވަރު ލިބޭނެކަމަށް އުންމީދުކުރަމެވެ. އިރާދު […]