އަހަރެން ތިރިއަށް ފޭބީމެވެ. މޭޒުމަތީގައި ޕިއްޒާތަކާއި ޑްރިންކްސް އަތުރާފައި ހުއްޓެވެ. އަދި ހަމަ އެޔާއި ޖެހިގެން ފުދޭވަރެއްގެ ބޮޑު ކޭކެއް އިނެވެ. ކޭކުގައި އުއްބައްތި ޖަހާލާފައި ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ދުވަސް ފާހަގަ ކުރުމަށްޓަކާ މަރިއްތައާއި އިޝާނީ އަދި ޔާނީގެ އިތުރުން ދެން ހުރީ ޒާހިރެވެ. “ހެޕީ ބާރތްޑޭ ޝަލީން.” ސަލާމް ކޮށްލަމުން ޒާހިރު އަހަންނަށް ދިނީ ޕާރުސަލެކެވެ. “ތޭންކްސް.” އޭގައި ހިފަމުން އަހަރެން ބުނެލީ އެއްވެސް ހިނިތުންވުމަކާ ނުލައެވެ. އެކަން މަރިއްތަމެންނަށްވެސް އިހްސާސް ވާނެއެވެ. […]
“އޮމަދޫ ރުކްޝާނާ… އެއީ އަހަރުމެންގެ ވަރަށް ގާތް ރައްޓެއްސެއް.. އެހެންވެ ގުޅީމަ ބުނީ، މީކާލްގެ ދައްތައަށް ގުޅައިގެން ނަމްބަރު ދޭނަމޯ. ހަމަ އެވަގުތު ނަމްބަރު ހޯދާފަ ފޮނުވައިފި.” ރިފާޝާ ތަފްސީލް ކޮށްދިނެވެ. އަހަރެން ވަގުތުން ބަލައިލީ ގަނޑުކޮޅުގައިވާ ފޯނު ނަމްބަރަށެވެ. އަހަންނަށް މިކަން ގަބޫލުކުރަން އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެހެނަސް އަހަރެން މިކަމުގެ ހަގީގަތް ބަލަން ބޭނުމެވެ. ރިފާޝާ ދޭކޮންމެ ނަމްބަރަކީ އަހަންނަށް އަދި މާމުހިއްމު އެއްޗަކަށް ނުވެދާނެ އެވެ. ހަމަ އެގޮތަށް އެއީ ވަރަށް މުހިއްމު […]
“ޒައިޝް… އަހަންނާ ވާހަކަދައްކަން ބޭނުންވީތަ؟.”.ހައިރާންވެފައި ހުރެ އަހަންނަށް އަހާލެވުނެވެ. “ބުނި ނަމްބަރު ދޭށޭ. ކިހިނެއް ހަދަންވީ؟ ދޭންވީތަ؟” ދޮންތަގެ ސުވާލު އަނެއްކާވެސް ތަކްރާރުކޮށްލިއެވެ. “ނޫން. ބުނޭ އަހަރެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް.. ނަމްބަރު ދޭނެ ކަމެއްނެތް.” ވިސްނާލަން ހުރުމަށްފަހު ހިތާދެކޮޅަށް އަހަރެން ބުނީމެވެ. “އެކީއްވެ؟ ޝަލީން ވަރަށް ބޭނުންވި ކަމެއްނު! ވަރަށް ދުވަހު މަޑުކޮށްގެން ހުއްޓަ މިހާރު އޭނަ އަމިއްލައަށް އެބުނީ..” ދޮންތަ ބޭނުންވީ އަހަންނަށް ވީގޮތް އޮޅުންފިލުވާށެވެ. “ދޮންތާ! އެއުޅެނީ ލޯތްބަކުން ނޫން.. ކޮންމެ […]
އިންތިޒާރުގެ އެތައް ވަގުތެއް އަހަރެންގެ ހަޔާތުން ބޭކާރުވެގެން ދާކަން ޚުދު، އޭނާއަށްވެސް އެނގޭނެއެވެ. އެފަދަ އެތައް ދުވަހެއް، ވަގުތެއް އަހަރެން ރަށުގައި ހޭދަކުރުމަށް ފަހު މާލެއައިސް އަހަރެން ބޭނުންވީ އެކަން ހަނދާން ނައްތާލާށެވެ. އެހެންވެ އަހަރެން ވިސްނީ ފަހަރެއްގައި މީކާލްގެ ފަރާތުން ލިބުނު މިފުރުސަތު އަހަރެންގެ އަތުގައި ހިފީކަމުގައެވެ. އަހަރެން އަދިވެސް ވިސްނާލީމެވެ. އަހަރެން ދެން ވިސްނަންވީ މީކާލްއަށްޓަކާހެއްޔެވެ؟ ނޫނީ އަހަރެންގެ ހިތުގައިވި ކަނު ލޯތްބަށްހެއްޔެވެ؟ “މަރިއްތާ! ދެހަފްތާގެ ފިލާވަޅު ގެއްލިއްޖެ. ހުކުރު ފަހުން އަހަރެން ދަންތަ […]
ކޮންނަމެއް ކިޔާމީހެއް ގުޅީ؟” އަހަރެން އަހާލީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ. “ޝަލީން… އަވަހަށް އާދޭ ދާން.. މިވަގުތު ދިޔައްޔާ ދެވޭނީ. ވަރަށް ބޮޑަށް ވިއްސާރަ ހަދައިފި.” ދޮރު ހުޅުވާލުމަށްފަހު ބޭބެ އަވަސް ކުރަން ބުނުމުން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. ތަދާއި ވޭނުގައިވެސް އަހަރެން އިރުކޮޅަކަށް ނަމަވެސް މަރިއްތަ ކައިރި މަޑުކޮށްލަން ބޭނުންވިއެވެ. މަދު ސިކުންތުކޮޅަކަށް ވިޔަސްމެއެވެ. ހަމައެކަނި އެންމެ މަގްސަދެއްގައެވެ. ފޯނު ކުރީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ. އެހެނަސް، އެވަގުތު އަހަރެން އިސްކުރީ އަހަރެންގެ އަމިއްލަ […]
ގޮތްނޭނގޭ އިހުސާސްތަކެއް ހިތުގައި އާލާވެ އުތުރި އަރަމުން ދާއިރު އެ އިހުސާސްތަށް ހޭލަނީ ވެސް ޒައިހާ ފެންނަ ހިނދުންނެވެ. ނުވަތަ އެ އަޑު ޖެހުމުންނެވެ. ކޮންމެ ތާކުން ވިޔަސް ޒައިހާ ފެންނަން ވައިރަށް އިއަންގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރުވައެވެ. ހިތް ތެޅިފޮޅެގަންނަނީ އޭގެ މަގާމުން ދޫވެގެން ހިނގައިދާނެހާ ބާރަށެވެ. މިފަދަ އެތަށް ކަމެއް ވަމުން ދާހިނދު އިއަން އަށް ނަފްސު ހަމައަކަށް އެޅުން ވަނީވެސް އުނދަގޫ ކަމަކަށް ވެފައެވެ. ހީވާ ގޮތުގައި އެކަން […]
“މަރީ!” މީހަކު އަހަންނަށް ގޮވާލި އަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ. އޭރު އަހަރެން ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުއްލިޔަކަށް ހުއްޓިއްޖެއެވެ. “މިއަދު ކީއްވެ މިމަގުން ތިދަނީ؟ ސެޝަން ނިމުނުގަޑީގަ އަހަރެން ހުރިން އެއްކަލަ ކަންމަތީ.. މަރީ ނިމޭގަޑި ލަސްވިކަން އެނގުނީމަ އަހަރެން ދެން މިސްކިތަށްވަދެ ނަމާދު ކޮށްލައިން އައިސް އަނެއްކާ މިހުރީ… ވަރަށް މުހިއްމު ވާހަކައެއް ބުނަން….. މިއުޅެނީ ރަށަށް ބަދަލުވާން.. މާދަން ފުރަން ކާށިދޫއަށް. ހިތްހެޔޮކުރާތި.. ކިޔަވާ ނިމެންދެން އިންތިޒާރު ކުރާނަން.. އަހަންނަށް ކިޔަނީ މީކާލް.” […]
ރަށުތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ރާޅު ޖަހާ އަޑާއި ގަސްގަހުގެ ފަތްތައް ތެޅޭ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއްނީވެއެވެ. ވައިވެސް ހުރީ ފުދޭވަރެއްގައެވެ. 14 ވިލޭރޭގެ ހަނދުވަރުގެ އަލިން މަގުމަތި އޮތީ ދިއްލާލައިފައެވެ. ރަށުގެ ބަނދަރުމަތީގައި ދިއްލާފައި ހުރި ފުޅި ބައްތީގެ އަލި ފިޔަވައި އެހެން އެއްވެސް އައްޔެއް ރަށުތެރެއަކުން ނުފެނެއެވެ. ފުޅިބައްތި ދިއްލާފައި އިން އިމާރާތުގެ ތެރޭގައި ގޮނޑިއެއްގައި އިށީނދެގެން އިނީ އަހުމަދެވެ. އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. އަހުމަދާއި އޭނާގެ ގާތް ރަޙްމަތްތެރިޔާއަކީ ރަށް […]
“މިއިނީ… މީއެކުއްޖާ.. ކޮބާ އާދެބަލަ ސަރއާއެކު ބޭރަށް.” އަހަންނަށް އިޝާރާތް ކުރަމުން ކްލާހުން ބޭރަށް ނުކުންނަށް އަހަންނަށް ދަޢުވަތު ދިނެވެ. ހައިރާން ވެފައިހުރެ އަހަރެން ކުރިޔަށް ހިނގައިގަތީ ކުށްވެރިއެއް ފަދައިންނެވެ. ޖެހިލުން ވެފައިވާ ހިތަކާއެކު ކްލާހުން ނުކުމެ އަހަރެން އެޓީޗަރުންނާ ކުރިމަތިލީމެވެ. “މިސްކޫލުގެ ފަރާތުން ވާހަކަ ލިއުމުގެ ގައުމީ މުބާރާތުގަ ބައިވެރިވާން ކެރިދާނެތަ؟” އެތަނުން އެއްޓީޗަރަކު އަހަންނާ ސުވާލުކުރިއެވެ. “ގައުމީ މުބާރާތް؟… ވާހަކަ ލިޔުމޭތޯ؟.. އެކަމު އަޅުގަނޑަށް ވާހަކަ ލިޔާކަށް ނޭނގޭ ސަރަ..” ޖެހިލުންވެފައި ހުރެވެސް އަހަރެން […]