ޖިންނީންނަށް ވުރެ އިންސީން ލޯބި ދިނުމަށް ކުޅަދާނަހެއްޔެވެ؟ އެންމެންވެސް ގަބޫލު ކުރާ ގޮތުގައި ޖިންނީންނަކީ އިންސާނުންނަށް ހުރި ނުރައްކަލެކެވެ. ނަމަވެސް ލާރާ ދެކޭ ގޮތް ތަފާތެވެ. އެހެން އަންހެން ކުދިންނެކޭ އެއްފަދައިން ލާރާވެސް ލޯބިވިއެވެ. ލޯބި ވެވޭނީ އެކަކު ދެކެއެވެ. އެއްފަހަރުއެވެ. އެކަކު ދެކެއެވެ. ލާރާ ވެސް އެލޯބިވިއެވެ. ނަމަވެސް ލާރާގެ ލޯކުރިމަތީގައި އެ ލޯބި ގެއްލުނީއެވެ. ބުނެލަން ފަސޭހައެވެ. ނަމަވެސް މާޒީ ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ހެއްޔެވެ؟ ލާރާގެ ހިޔާލު ތަކުން ނިކުމެވުނީ ވާރޭ ވެހެން […]
ޝަޔާން ގެ ވާހަކަ ހުއްޓުމަކަށް އައީ 2 ޒުވާނުން ނަށް އިރުވިލާ ގެ އާއި ހަމަޔަށް އާދެވުމުން ނެވެ. ******************** ފުން ނޭވާއެއް ލުމަށްފަހު 2 ޒުވާނުން ވެސް ގޭތެރެއަށް ވަނެވެ. ޝަޔާން ރާއްޖެ އިން ބޭރަށް ދިޔުމުގެ ކުރިން އެ ގެ ސާފުކުރިގޮތައް، އޭގެފަހުން އެ ގެ ސާފު ނުކުރާ ކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ގޭގެ ކަންކަނުގައި މަކުނުވާ އަދި ހިރަފުސް ހުރީމަ އެވެ. ޒައިނާ އެކަނި ކޮށްފައި ކިޔަވަން ދާން ބޭނުން […]
ފަތިސް ނަމާދު ބަންގީގެ އަޑަށް ޖައިޝާ އަރާމު ނިދި ދޫކޮށް ލުމަށްފަހު ތެދުވެއްޖެއެވެ. ވުޟޭ ކުރުމަށްފަހު ނަމާދު ކޮއްލާގެން ޖައިޝާ ބޭރަށް ނިކުތީ ކަސްރަތު ކޮއްލާށެވެ. ޖައިޝާ ދުވަމުން ދަނިކޮށް މީހެއްގާގަ ޖެހި ވެއްޓެން ދިޔައެވެ. ނަމަވެސް އެމީހާގެ ބާރުގަދަ ދެއަތުން ޖައިޝާ ވެއްޓެން ދިޔަ ނުދީ ހިފެއްޓިއެވެ. ދެމީހުންގެ 4 ކަޅި ހަމަވި ވަގުތު ކުރެވުނީ ތަފާތު އިހުސާސެކެވެ. ޖައިޝާ އޮތީ އެ ރީތި ދެ ލޮލަށް ގެއްލިފައެވެ. ދެ މީހުންނަށްވެސް ހޭވެރިކަންވީ ސައިކަލެއް ދުއްވާލި […]
އިރުގެ އަލިން ބިންމަތި ދިއްލާފައި ރަށުގެ އެކި ހިސާބުގައި ހެލިފެލިވެ ކުޑަކުދިންނާ ޒުވާނުންނާ މުސްކުޅިން ވީނަމަވެސް އިރުވިލާ ގެ ވަނީ މަރުވެފައި އެވެ. ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ޖަންގަލީގެ އައްސޭރީގައި ކަމުން އެއީ މީހުން ނާންނަ ދިމާލެކެވެ. އެ ގޭގައި ހަމައެކަނި ދިރިއުޅޭނީ 19 އަހަރުގެ ޒައިނާ އެވެ. އަރާމު ނިދީގައި އޮތް ޒައިނާގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ . ދޮން ހަންގަނޑެއް ލިބިފައިވާ ޒައިނާގެ ލޮލުގައި މަޑު މުށި ކުލައިގެ ކަޅި […]
އައިޝާ ޒައިނާ ޒާހިދު އަކީ ދުނިޔެއަށް އުފަންވި އިރު ސުރެ ސިކުނޑީގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެހެންނަމަވެސް ހަމަ އެހެން މީހުން ފަދައިން އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޒައިނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ އޭނާއަށް ނުވެސް އެނގެ ހުއްޓާ ކުއްލިއަކަށެވެ. ޒައިނާ އަށް ދިމާވި ހާދިސާ އަކީ ކޮބާބާ؟ ރަނގަޅައް ދިރިއުޅެމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލު ވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާ؟ މި ސުވާލު ތަކުގެ ޖަވާބު ހޯދުމަށް ‘ޒައިނާ’ މި ވާހަކައިގެ […]
ހަނި މަގުތައް ރަން އަލިކަމެއްގައި އަވިން ފެންވަރާލި ހަލަބޮލި ސިޓީ އަލްބަޒީރުގައި ދިރިއުޅެމުން ދިޔަ ސިރާޖް ދުނިޔެއަށް އޭނާ ފެނިގެން ދިޔައީ އޯގާތެރި އަދި އޯގާތެރި މާކެޓިން ކޯޑިނޭޓަރެއްގެ ގޮތުގައި، ލޯކަލް ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާ މީހެއްގޮތަށެވެ. އެ ހޫނު ހިނިތުންވުމާއި އެކުވެރިކަމުގެ ސުލޫކުގެ ދަށުގައި މާލޭގެ ހިޔަނިތަކުގައި ދަތުރުކުރުމަށް އޭނާގެ މަކަރުވެރި ހުނަރުތައް ބޭނުންކޮށްގެން މާސްޓަރފުލް ވަގެއްކަން އެއްވެސް މީހަކަށް ނޭނގޭނެހެނެވެ. ސިރާޖަކީ ހަމައެކަނި އާދައިގެ ވަގެއް ނޫނެވެ؛ އޭނާއަކީ ޕެރަޑޮކްސިކަލް ފިގަރއެކެވެ. ވައްކަން […]
ޒުވާން ޢުމުރަށް ގޮސްފައިވާ ލުޔޫންއަށް އޭނާގެ ކުޑައިރުގެ ރަޙުމަތްތެރިއަކާއި ދިމާވެއެވެ. ދިމާވި ދިމާވުމުގެ ތެރެއިން އެކުވެރިކަން އަލުން އާލާކުރުމަށް އެކުވެރިޔާގެ ގެއިން ސަޔަކަށް ދަޢުވަތު ލިބެއެވެ. އެ ގެއަށް ދިއުމާއިއެކު އެކުވެރިޔާގެ ބޭބެ، ނިކްޔަން އާއި ދިމާވެއެވެ. ދެ މީހުންގެ ދެމެދުގައި އުފެދިފައިވާ ބީރައްޓެހިކަން ފިލުމަށް ދުވަސްކޮޅެއް ނެގި ނަމަވެސް އެއާއިއެކު އައު ޖަޒުބާތުތަކެއް ދެމީހުން ދެމީހުންނަށްޓާކައި އުފެދެމުން ދާ ކަން ފަހަގަވެގެންދެއެވެ….
“އެންމެންވެސް އަހަންނަށް މާފުކުރޭ…. އަހަންނަށް ހީވަނީ މިކަން ދިމާވާންޖެހުނު އެންމެ ބޮޑު މެދުވެރިއަކީ އަހަރެންހެން… އަހަރެންގެ ސަބަބުން ކަންނޭނގެ މިކަން މިހެން……” ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ފަރީދްއަށް ރުއިން ކޮންޓްރޯލް ނުކުރެވިގެންނެވެ. ހިނދުކޮޅަކަށް ނަމަވެސް ރުއިން ހުއްޓާލަމުން ކުއްލިޔަކަށް އެންމެންނަށްވެސް ބަލައިލެވުނީ ފަރީދުގެ މޫނަށެވެ. ދެބުމަ ގޮށްޖަހާލައިން ހައިރާންވެފައިތިބެ ސުވާލުގެ ނަޒަރުން އެންމެވެސް ދިޔައީ ފަރީދާ ދިމާލަށް ބަލަމުންނެވެ. ފަރީދު ކުރި ކުށަކީ ކޮބާހެއްޔެވެ؟ ބައެއްގެ ފުރާނައަށާ ހަށިގަނޑަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ފަރީދަށް […]
އަހަންނާ އިޝާލް މީގެ އަހަރުތަކެއް ކުރިން އުންމީދުކުރި ކައިވެނި ކުރެވުނީއެވެ. ހުވަފެންތަކެއް ދެކެމުން އައި އެތައް ރެއެއްގެ އުންމީދުތަކުގައި ގޮށްޖަހާލެވުނީއެވެ. ހަގީގަތުގައިވެސް މިއީ އަހަންނާ އިޝާލް އެންމެ އުފާވާނެ ދުވަހެވެ. އަހަރުމެންގެ އާއިލާއާއި ރައްޓެހިންވެސް މިއުފަލުގައި ބައިވެރިވާން ކެތް މަދުވެފައި ވާނޭކަން އަހަރުމެންނަށް އެނގެއެވެ. މިތަނުން ދިއުމައްފަހު ދެން އޮތީ ހަވީރުގެ ޕާރޓީއަށް އެންމެ ރީއްޗަށް ނަލަހެދިލުމެވެ. އެއީ ފަހަށް ރައްކާކުރާނެ ރީތި ފޮޓޯތަކާ އުފާވެރި ހަނދާންތައް ރައްކާ ކުރެވޭނެ އެންމެ އުފާވެރި ވަގުތުތަކެވެ. “މަރުހަބާ ދެކުދިންނަށްވެސް… […]