އަހަންނަށް ވަގުތުން ދެލޯ މަރާލެވުނެވެ. އަހަރެން ގައިން ހީބިހި ނަގައިން ދިޔައީ ދާދި އަވަހަށެވެ. އެޔާއެކު އަހަރެންގެ ހަށިގަނޑުގައިވާ އެންމެ ކުދި ލޯލިއިސްތަށިތައް ހިނދުކޮޅަކަށް ނަމަވެސް އިޝާލްގެ ހަރަކާތަށް ކިޔަމަންވިއެވެ. “އާނ…” މަޑުމަޑުން އަހަރެން ބުނެލީމެވެ. އެޔާއެކު އިޝާލް އަހަންނާ ދުރަށް ޖެހިލިއެވެ. “ނަ… ނަޝްފާއަކީ ނާސިފްއާ ކޮން… ގުޅުމެއް އޮންނަ މީހެއް؟” ޖަވާބު ބޭނުންވެފައިވާ ސުވާލެއް ބިރެއްނެތި އަހަރެން އަމާޒުކޮށްލީ އިޝާލްއާއެވެ. “މިހާދުވަސް ވީއިރު ޒީންއަކަށް ނޭނގޭތަ؟ ނާސިފްއާ ނަޝްފާއާ ގުޅުން ހުރި އެއްވެސް ވާހަކައެއް؟ […]
އިޝާލް ނެގީ ގަނޑުކޮޅެކެވެ. އަދި އެ ގަނޑުކޮޅު އަހަންނަށް ފެންނަގޮތަށް ދައްކާލިއެވެ. “ގޭގެ ވެރިމީހާ މިއަދު 4:00 އަށް ގެއަށް ގޮސްދިނުމަށް އެދެން.. ޒީން ހުންނާނީ އިންތިޒާރުގަ. އަހަރެން މި ފުރަނީ ޒީން ވަރިކޮށްފަ…” އިޝާލް ދައްކާލި ގަނޑުކޮޅުގައި ވާއެއްޗެއް އަހަރެން ކިޔާލީމެވެ. އެ ލިޔުންކޮޅުގެ ތިރީގައި ވަނީ ނާސިފް ސޮއި ކޮށްފައެވެ. އަހަރެން ހައިރާން ވިއެވެ. ނާސިފް އެވަނީ އަހަރެން ވަރިކުރިކަން އިޝާލްއަށް އަންގާފައެވެ. ގައިމުވެސް ނާސިފް ނުބުނާނަމަ މިހާރު އަހަންނަކީ މިނިވަނެއްކަން އިޝާލްއަކަށް […]
ޚިޔާލު ތަކުން އެއްކިބާވަމުން، ކުއްލިޔަކަށް އަހަރެން ފައިގާ އަޅާފައިވާ ރަޖާގަނޑު ދުރަށް އެއްލާލަމުން ފާހާނާއަށް ވަނީ އަވަސް އަވަހަށް ރީތިވެލުމުގެ ގޮތުންނެވެ. އަހަރެންގެ ހަރަކާތްތަކުގެ އަވަސްކަމާއެކު ވެވުނުގޮތަކަށް އަހަރެން ރީތި ވެލީމެވެ. ހިނދުކޮޅެއްތެރޭ އަހަރެން ވަރަށް ބާރަށް ކޮޓަރިން ދުވެފައި ނުކުތީމެވެ. ހަމަ އެ ބާރު މިނުގައި ގޮސް ބެލްކަނިން ތިރިއަށް ބަލާލީމެވެ. ނާސިފް ފެނޭތޯއެވެ. އެހެނަސް ނާސިފް ފެންނާކަށް ނެތެވެ. ފެނުނުހާވެސް އެއްޗަކީ ނާސިފްގެ ކާރު ހަލުވި މިނުގައި ކުރިޔަށް ދުއްވާފައި ގޮސް އޮބާލިތަނެވެ. “ޒީން… […]
އޮއި ދެމޭ ކޯރުގައި ކުޑަކުދިން ބެހިދަނީ، އޮއިވާރާ ލޭގެ ތޫފާނުގާ ގެނބި ދަނީ އޮވެ ފަލަސްޠީނު ޅަދަރިން މައިން ވަކިވަނީ،. ކޮއި ލޮލުގެ ފަދަ މިއުންމަތް ޝަހީދުވެ ދަނީ ކޮން ކުށެއްތޯ އޮތީ މުސްލިމުން އެގޮވަނީ ކޮން ބައެއްތޯ މިއަޑުތައް އަހަން ކުޅެދެނީ؟ ކޮން ހިސާބެއްގަތޯ މުސްލިމުން ތިތިބެނީ؟ ކޮން ޖަވާބެއް އިލާހަށް ދެވެން ފަހެ އޮތީ؟ ނެތްހެ ކުޅަދާނަކަން މުސްލިމުން ވާން އެހީ؟ ނެތްހެ ހައްގައްޓަކާ ބަސްބުނާނޭ ވެރީން؟ ނެތި މިއުންމަތް ފަނާ ކޮށްލުމޭ ގަސްދަކީ […]
” އާނ… މެންދުރު އަހަރުމެން ދިޔައީ ނާސިފްއާއެކު ކޯޓަށް.. ދެން ބޭރުގަ ގިނަވަގުތު އުޅުނީ އެކިކަންކަމުގަ….” ނަޝްފާ ބުނެލިއެވެ. ނަޝްފާ ބުނި ޖުމްލައިން އަހަންނަށް ލޮޅުން އެރިހެން ހީވިއެވެ. ނާސިފްއާއެކު ނަޝްފާ ކޯޓަށް ދާންވީ ކޮން ސަބަބަކާހެއްޔެވެ؟ ވަގުތުން އަހަރެންގެ މޫޑް ބަދަލުވިއެވެ. ވާނުވާ ނޭނގޭ ދިރިއުޅުމެއްގައި އަހަރެން ހިތްވަރުކުރުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އަހަރެން ހިޔާލު ތަކަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ސިއްސައިން ދިޔައީ ނާސިފްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ނަޝްފާ!…. ކޮބާ ހުރިހާ ކަމެއް […]
ޒީން އޭނާ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއިއެކު ފަހަތުން ގޮސް ނާސިފްވެސް ވަނީ ޒީން ނިދާ ކޮޓަރިއަށެވެ. އިޝާލްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ. ކުރިން ދުވަހު ޒީން ދެއްކި ވާހަކަތަކާ މިރޭ ފެނުނު މަންޒަރާ އެއްވެސް ގުޅުމެއް ނެތެވެ. ނަޝްފާވެސް އިޝާލްއަށް ބުނެދީފައިވަނީ ޒީންއާ ނާސިފް ނިދަނީ ވަކި ކޮޓަރިއެއްގައި ކަމެވެ. ހިއްވަރު ކޮށްލާފައި އިޝާލް ކުރިޔަށް ހިނގައިގަތީ ނަތޫއާ ނަޝްފާ ނިދާ ކޮޓަރިޔާ ދިމާލަށެވެ. “ކީއްކުރަން މިތަނަށް ތިއައީ؟” އަހަރެން […]
ކުރިމަތީ ހުރީ ނާސިފްއެވެ. ވިރިވިރި ހުރި އަހަރެން މަޑުމަޑު ތުރުތުރެއް އަޅަމުން ދިޔައެވެ. އިޝާލްއާއި އަހަރެން ގޭތެރޭގައި އެކަނި ތިބިކަން ނާސިފަށް އެނގުމުން ވާނެގޮތެއް އަހަންނަކަށް ނޭނގެއެވެ. ނާސިފް އެތެރެއަށް ވަނުމާއެކު އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. އެއާއިއެކު މަޑުމަޑުން އަހަރެން ފަސް އެނބުރި ބަލައިލީ ނާސިފްގެ ހަރަކާތްތަކަށެވެ. އޭރު ނާސިފް ގޮސް ކާގެއަށް ވަންނަނީއެވެ. އަހަރެންގެ ފައި ހީވީ ބިމުގައި ހަރުލިހެންނެވެ. ދެލޯ މަރާލައިންހުރެ ވެށީގެ ތެރެއަށް އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “މިތާ މަޑުކޮށްބަލަ. […]
އާދިލްގެ ނަން އިވުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ރުޅިއާދެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. އެކަމަކު އަހަންނަށް ރުޅިއާދެވުނީ އަހަންނަށް ލިބެންވާ އެއްވެސް ލޯތްބެއް ނުލިބި ގެއްލުމުގެ އަސްލަކީ އެއީ ކަމަށް ވާތީއެވެ. “އަ…. އަހަރެން… ތީ…ތީކާކު؟” ވާނުވާ އޮޅުންނުފިލާހުރި އަހަރެން އަޅައަޅައިގަންނަމުން އަހާލީމެވެ. “ޒީން… އަހަރެންގެ ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެ.. އަހަރެން އެހީ ކޮބާހޭ އަހަރެންގެ އަގުބޮޑު ޖަވާހިރު؟ މިއަށް ޖަވާބު ދިނީމަ މީ ކާކުކަން ބުނެލާނަން.” އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާގެ އަޑުގައި […]
އަހަރެން ކައިރީގައި ހުރި ނަޝްފާގެ އުނަގަނޑުގައި ނާސިފްގެ އަތް އަޅުވާލިއެވެ. އެޔާއެކު ހިނިއައިސްފާހުރެ ނަޝްފާވެސް ނާސިފްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިޔަށް ހިނގައިގަތެވެ. އަހަރެންގެ ކުރިމަތީ އެފަދަ ލަދުކުޑަ ގޮތަކަށް ނާސިފްއަށް ދާން ކެރުނީތީ ހައިރާންވަމެވެ. ކަޅި ހުއްޓި އެސްފިޔަ ޖަހާނުލާ އަހަންނަށް ބެލުނީ ނާސިފްއާ ނަޝްފާއަށެވެ. އަހަންނަށް އޮޅިއްޖެއެވެ. އިޝާލް އަކީ ނަޝްފާގެ ފިރިމީހާނަމަ ނާސިފް މިއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ނާސިފް ފިޔަވާ މިތަނުގައި ދެމަފިރިންނަކީ ކޮބައިބާއެވެ؟ ނަތޫއާ އިޝާލްހެއްޔެވެ؟ އިޝާލްއާ ނަޝްފާ ހެއްޔެވެ؟ ނަޝްފާއާ […]