ގަޑިން ހެނދުނު 7:30 ބައިވަނީއެވެ.ރޭ ދަންވަރު ވެހުނު ވާރޭގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ މަޑު ފިނިކަމެއް ވެރިވެފަ އެވެ. އަހަރެން އޮތީ އެދުން ތެދުވާހިތް ނުވެފައެވެ.ނަމަވެސް ލޮލަށް ނިދި ސަވާރު ވެދާނެތީ ކަންނެތް ގޮތަކަށް އެދުން ތެދުވުމަށްފަހު އަލަމާރި ހުޅުވާލުމަށްފަހު ހުދުކުލައިގެ ސްވެޓް ޝާޓަކާއި ކަޅުކުލައިގެ ޖޮގާސްއެއް ނެގީމެވެ. އެއަށްފަހު ފެންވަރައިގެން އަހަރެން ދިޔައީ މަންމަގެ އެޕާޓްމެންޓްއަށް ސައިބުއިމަށެވެ.”ދަރިފުޅާ އާކިލް.. މިހާރު ދަރިފުޅަށްވެސް 24 އަހަރު ވަނީ .. ކޮންއިރަކުންތަ ދަރިފުޅު މީހަކާ އިންނަން ވިސްނާނީ؟” […]
“އެހެންތަ؟ ތިކަން ހަނދާން ނައްތާލަންވީނު.. އަން… މިއޮތީ.. މީކާލް ފޮނުވި މެސެޖްތައް ލިޔެގެން ގެނެސްފަ.” ހައެއްކަ ގަނޑުކޮޅު ދެމުން ވިސާމާ ބުނެލިއެވެ. އަހަރެންގެ އޮފް ވެފައިވާ މޫޑް ކުއްލިޔަކަށް ތާޒާވެލިއެވެ. ވަގުތުން ގަނޑުކޮޅުތަކުގައި ހިފަމުން ބޭގްގެ ކުޑަ ޕޮކެޓް ތެރެއަށް ޖަހާލީމެވެ. “އަދިވެސް ހާދަ ފާޑަކަށް ތިހުންނަނީ؟ ތިދެން އެހާ ބޮޑުކަމަކަށް ނުހަދަބަލަ. އަހަންނަށް ހީވަނީ ބޮޑަށް ޝަލީންއަށްވެސް ރަނގަޅުވާނީ އެގޮތްހެން.” އަހަރެން އެއްވެސް ބަހެއް ނުބުނެ ހުރުމުން އަނެއްކާވެސް ވިސާމާ ވާހަކަދެއްކިއެވެ. “ވިސާ! ތިހެން […]
އިރުގެ ރަންދޯދިތަށް ދުނިޔެއަށް ދައްކާލީ ދުނިޔެމަތިން އަނދިރިކަން ފުހެލާ ދުނިޔެމައްޗަށް އަލިކަން ގެނައީ އެއްބައެއްގެ ހަޔާތަށް އުފާވެރިކަން އަދި އަނެއްބައި މީހުންގެ ހަޔާތަށް ހިތާމަވެރިކަން ގެންނަމުންނެވެ. މަގުމަތީގައި މަޑުމަޑުން މީހުންތަށްވެސް ދިޔައީ ހަލަބޮލި ވަމުންނެވެ. އާދުވަހަކަށް މުޅިން ތައްޔާރުވެލީ ދުނިޔޭގެ އެކި ހިސާބަށް އެކި ކުލަކުލަ ދައްކާލަމުންނެވެ. ނިދިފައި އޮތް ޔޫރާއަށް ހޭލެވުނީ ޖާލިދޮރުން އިރުގެ ރަންދޯދިތަށް ޔޫރާގެ ލޮލަށް އުނދަގޫ ކުރަންފެށުމުންނެވެ. ދެލޯ ކަހާލާފައި ޔޫރާތެދުވެ އިށީނެވެ. ކަނދުރާއާއި ހަމައަށް އަރާ ޔޫރާގެ ބުޅި އިސްތަށިކޮޅުވަނީ […]
ފުރަތަމަ ސީޒަންގެ ތެރެއިން…….. [ހަމަ ދެން ތިކަން ކުރަނީތަ؟ އަޅެ ރުވާންއަށް ތީގެން ނުބައި އަސަރެއް ކޮއްފިއްޔާއޯ] ރަވާން އަތުގައި އޮތް ސިރެންޖްއަށް ބަލައިލަމުން ނޯޔާ އަހާލީ ހާސްވެ ހުރެއެވެ. ނިދިފައި އޮތް ރުވާން ދެލޯ ބޮޑު ކޮއްލީ ކުއްލިއަކަށެވެ. ހަށިގަނޑަށް ވާން ވަމުން ދާކަހަލަ އިހުސާސްއެއް ރުވާންއަށް ދިޔައީ ކުރެވެމުންނެވެ. ދެއަތުން ބެޑުޝީޓުގައި ހިފާ ބާރު ކޮއްލެވުނު އިރު ދަތްކުނޑީ ވިކާލެވުނެވެ. ބަލަބަލާ ހުއްޓައި ރުވާންގެ ކަޅުކަން ގަދަ ކަޅި ރަތް ކުލައަށް ބަދަލުވިއެވެ. [ކެނައިން] […]
ޝާނީޒް ގެނައި ސީޑީގައި ހިފީ މުހައްމަދުބެއެވެ. ވަރަށް ފަރުވާތެރި ކަމާއެކު މުހައްމަދުބެ އެޔަށް ބަލަން އިނެވެ. އަދި ޝަނީޒްއަށް ބަލައިލުމަށްފަހު އަހަންނާދިމާލަށް ބަލައިލިއެވެ. “އައްސަލާމް ޢަލައިކުމް.” ޒާހިރުގެ އަޑަށް އަހަރެން ސިއްސަން ދިޔައެވެ. “ސަލާމް.. އާދޭ އާދޭ. މިހާރު މިތާ މަދުވަނީ ކަލޭޔޭ. މަރީ ދޭބަލަ ދެމީހުންނަށް ކޮފީއެއް ހަދާލައިން އަންނަން..” މުހައްމަދުބެ ބުނެލީ ހިތްހަމަޖެހިލަމުންނެވެ. “އަން މިއޮތީ… ޝަލީން ކޮންމެފަހަރަކު ސީޑީ ގަންނަނީތަ؟” ސީޑީ އަހަންނަށް ދިއްކޮށްލަމުން ޝާނީޒްކައިރި މުހައްމަދުބެ އަހާލިއެވެ. “ތީ ޝަލީން ގަނެފައެއް […]
ހެނދުނު ހެނދުނާ އަހަރެން ސްކޫލް އަށް ދާން ތައްޔަރު ވުމާއި ސްކޫލް މާހައުލުގައި އަހަރުމެން އުޅެމުން ދިޔަ އުފާވެރި ކަން ތަކުގެ މަތިން ހަދާންތަކެވެ . ނަމަވެސް އެ ދުވަސްތައް ދިޔައީއެވެ . މާޒީ އާ މޮޑެލިވެގެން ދިޔައީ އެވެ. އެ ދުވަސް ތައް އެ ދިޔައީއެވެ . ސްކޫލް ގައި އުޅުނު މަޖާ ދުވަސް ތައްކުންނެއެވެ . ބައް ދުވަސް ތަކަކީ އަހަރެން ގެ ލޮލުން ކަރުނަ ފޭދިގެން ދިޔަ ދުވަސް ތަކެއެވެ . އެ […]
ހިތް ހަމަ ނުޖެހޭ ފާޑަކަށް އަހަރެން ގެ ބޭބެ ވެސް އަހަރެންނާ ވާހަކަ ދެއްކިއެވެ . އަހަރެން އެކަނި ވެއްޖެއެވެ . ގޮތް ހުސްވެއްޖެއެވެ . އަމިއްލަ ނަފްސަށް އިތުބާރު ކެޑިގެން ދިޔައެވެ . އަހަރެންގެ ކޮއްކޮ އަށް މި މަންޒަރު ތައް ފެންނަމުން ގެންދިޔައެވެ . އަދި އަހަރެންނަށް އަދި ރަގަޅު ވާނޭ ކަމަށް ބުނެލިއެވެ އެ އިބާރާތުން އަހަރެން ހިތް ހަމަ ޖެހިގެން ދިޔައެވެ . ލޯބި ބައްދާލީމެއެވެ . ތީ ރަގަޅު ކޮއްކޮ […]
މި ވާހަކަ އަކީ އެސްފިޔަ ކިޔުންތެރިންގެ ކޮމަންޓް ތަކަށް ބެލުމަށް ފަހު އެ ކޮމެންޓް ތަކަށް ބެލުމަށް ފަހު ރަގަޅު ކުރެވިގެން ދާނޭ ވާހަކަ އެކެވެ . މި ވާހަކައަށް އެއްވެސް ހިޔާލެއް އިން ނަމަ ކޮމެންޓް ކޮއްލެއްވުން އެދެން . ތިޔަ ފަރާތް ތަކުގެ ކޮމެންޓް ތަކަކީ އަޅުގަނޑުގެ ކުރި އެރުން . ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ . ބައެއް ފަހަރު ހިތްދަތި ކަމާއި އުފާވެރި ކަން ތަހައްމަލް ކުރަމުން އަންނަން ޖެހެއެވެ . […]
ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ އަހަރެންގެ ޔުނީފޯމުގެ އަތުކުރިއަށް މީހަކު ދަމާލުމުންނެވެ. ވަގުތުން އެދިމާލަށް އަހަރެން ބަލައިލީމެވެ. އަދި ވަށައިގެން ތިބި އެހެން ކުދިންނާ ދިމާލަށްވެސް އަހަންނަށް ނަޒަރު ހިންގާލެވުނެވެ. “ކަލޯ ސަޅި ބިޓެއްމީ.” ޔުފޯރމްގައި ހިފާލި ކުއްޖާއާ ދިމާލަށް އަނެއްކާވެސް އަހަރެން ބަލައިލުމާއެކު އެކުއްޖާ ބުންޏެވެ. ވަގުތުން އަހަރެން ޝާނީއާ ދިމާލަށް ބަލައިލީމެވެ. އަހަރެން ބަލައިލި ގޮތުން ޝާނީއަށްވެސް ހީވާނީ އަހަރެން ޝާނީގާތު އާދޭސްކުރާ ހެންނެވެ. ހަގީގަތުގައިވެސް އަހަރެންހުރީ އެހުރިހާ ފިރިހެން ކުދިން ކައިރިން ސަލާމަތްވާން […]