ދުނިޔެ ބަދަލު ވެއްޖެއެވެ . މީހުންގެ ދިރިއުޅުން ވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ ތަރައްޤީ ވަމުންނެވެ . އަހަރުމެން ގެ ދިރިއުޅުމަށް ވެސް އަންނަނީ ބަދަލު ތަކެއް ވަމުންނެވެ . ނޭގި ނަމަ ވެސް އަހަރުމެންނަށް މިވަނީ އެހެން އެއްޗެއް ދަސް ކުރަން ޖެހިފައެވެ . އަހަރުމެން މަގު ފުރެއްދުމަށް އެކި ވަސީލަތް ތައް ބޭނުން ކުރަމުން ދެއެވެ . އޭގެ ތެރެއިން އަހަރުމެން މި ގެންގުޅޭ ފޯން އަކީ ވެސް އަހަރުމެންނަށް އެކި ކަންކަން ކުރަމުން އަންނަ އެއްޗެކެވެ . އޭގެ ތެރެއިން ގޭމް ކުޅުމާއި ، ސޯސަލް މީޑިޔާ ބަލާލުމާއި އެކަކު އަނެކަކަށް ގުޅުން ބަދަހި ކުރުންވެސް އޮވެއެވެ . ނަމަވެސް އަހަރުމެން މި ކުޑަ މުޖުތަމައުގައި ފެނިގެން ދަނީ އެހެން ސިފައެކެވެ . އެއީ އަހަރުމެން ގެ ތެރެއަށް އެންމެ މަޝްހޫރު އެއް ގޭމް ކަމަށް ވާ ޕަޕްޖީ ގޭމްއެވެ . ޕަޕްޖީ އަކީ ހަގުރާމަތީ ގޭމް އެކެވެ . އަދި އެ ކުޅޭމީހާ މޮޅުވުމެއެވެ . އަހަރުމެން ގެ ތެރޭގައި މި ގޭމް ގެ ވަބައިގައި ޖެހިގެން އެތައް ޒުވާނުން ތަކެއް ވަނީ ނަމާދު ކުރުމާ ޤާފިލް ވެފައެވެ . ސަބަބަކަށް ވަނީ އަހަރުމެން ގެ ތެރޭގައި މިކަހަލަ ގޭމް އެއް ނުފެންނާތީއެވެ . މި މުޖުތަމައުން ގެޔަކަށް ވަދެއްޖެނަމަ އަހަރުމެންނަށް އަޑު އިވިގެންދަނީ މަރާ ، އެޔޮށް ދުވަނީ ، ޖަހާ ، ތަޅާ މިހެން ކިޔާ އަޑެއެވެ . އަހަރުމެންނަކީ މުސްލިމުންނެވެ . ނަމަވެސް އަހަރުމެން ގެ ތެރެއިން މިކަމަށް ވިސްނާނެ އެކަކު ވެސް ނެތެއެވެ . ފަރުޝު ފަސް ނަމާދު އަޅާފައި މި ވަބާގައި ޖެހިގެން އުޅެއެވެ . ކާން ހަދާން ނެއްތާގައި އަހަރުމެން ހަރަދު ކުރަން ޖެހޭ ބަޔަކު ތިބޭކަން ހަދާން ނެތެއެވެ . އަދި ފަރުޝު 5 ނަމާދު ކުރާކަވެސް ހަދާން ނެއް ނުވެއެވެ . މުނިފޫހި ފިލުވާލަން ޖެހޭނެއެވެ . ރައްޓެހިންނާ އެކު މަޖާ ކޮށްލަން ވެސް ޖެހޭނެއެވެ . އަހަރުމެން ސިކުނޑި ކުޑަކޮށް އަރާމް ވެސް ކުރަން ޖެހޭނެއެވެ . އެހެނޭ ކިޔާފައި 24 ގަޑީރު ޕަޕްޖީ ކުޅުމުގައި ވަގުތު ދޫ ނުކުރުން ރަގަޅު ވާނެއެވެ . ކޮންމެ ވެސް ވަގުތެއް އާއިލާ އާއެކު މަޖާ ކުރަން ވެސް ޖެހޭނެއެވެ . އަހަރުމެން ދުނިޔެ އަށް ފޮނުއްވީކީ ވަކި ގޭމް ކުޅުމަކަށް ނޫން އަހަރުމެން ދުނިޔެ އަށް ފޮނުއްވުމުގެ މައިގަނޑު ކަމަކީ ދީނުގައިވާ ކަންތައް ކުރުމަށެވެ . ޕަޕްޖީ އަކީ އަހަރުމެން ގެސިކުނޑި އާ ކުޅެލާނެ އެއްޗެކެވެ . އަނބިދަރިން ހަދާން ނެތި އަހަރުމެން މަސައްކަތް މަތިން ހަދާނެތެއެވެ . ބައެއް ފަހަރު އަހަރުމެން އެކަމުގެ ސަބަބުން ވަޒީފައިން ވެސް ކަޑާލައެވެ ، އަހަރުމެން އެބުރި އަހަރުމެން ގެ މައިންބަފައިން ކާރިޔަން ވެސް އަންނަން ޖެހެއެވެ . ސަބަބަކަށް ވަނީ އަހަރުމެން ކުޅެމުން މި އަންނަ ޕަޕްޖީ ގެ ސަބަބުން އަޅުގަނޑު ޤަބޫލް ކުރަމެވެ . ނަމަވެސް މުޅި ރާއްޖޭގެ ކުދި ބޮޑު އެންމެން ކުޅެމުން އަންނަ އެއްޗަކަށް ވުމުން އަހަރުމެން އެކަން ނުހުއްޓެއެވެ . އަހަރުމެން ގެ ވާޖިބު ވެސް އޮޅެއެވެ . އަޅުގަނޑުގެ އުއްމީދަކީ ކުރިޔަށް އޮތް ދުވަސްތަކުގައި މިކަމައި ވިސްނާ ފިކުރުކުރު ކުރާނެކަމެވެ . އަދި އަހަރުމެން ގެ ޒުވާނުން މިކަމަށް ހޭލުން ތެރި ވާން ޖެހިއްޖެއެވެ . އަހަރުމެން ގެ ކުރިމަގަށް ވިސްނާނެ ކަަމަށް އުއްމީދު ކުރަމެވެ .
އަހަރުމެންނަކީ އެއްބައެއް އަދި އެއް ހަށިގަނޑެއް ވެރި ބައެއް ކަން ހާމަ ވެގެން ދިޔައީ ދާދި އިހަކަށް ދުވަހު އަހަރުމެންނަށް ކުރިމަތި ވި ސުނާމީ ކާރިސާއިންނެވެ . މިޔަދާ ހަމަޔަށް 14 އަހަރު ފުރިގެން ހިގައްޖެއެވެ . އެއް އަހަރުން އަނެއް އަހަރަށް ދަނީ މިކަންތައްތައް ފުހެވިގެންނެވެ . ސަބަބަކަށް ވަނީ މީހުން ގެ ދިރިއުޅުމާއި ވައްޓަފާޅިންގެ ސަބަބުންނެވެ . އަހަރުމެންނަކީ އެއް ހަށިގަނޑެއް ބައެއްކަން މުޅި ދުނިޔެ އިން ވެސް ގަބޫލް ކުރެއެވެ . ނަމަވެސް އަހަރުމެން އުޅެމުން އަންނަ ކަންތައްތަކީ އަހަރުމެން އެކަކު ވެސް ގަބޫލް ކުރަން ދަތި ވާ ކަމެކެވެ . އާދެ …. އަހަރުމެން ރާއްޖެއަށް މި އަންނަ ފަތުރުވެރިން ހިތް ހަމަ ޖެއްސުމަށް ކުރިސްމަސް ފާހަގަކުރަމުން ދާއިރު އަހަރުމެންނަށް ކުރިމަތި ވެގެން ދިޔަ ސުނާމީ ކާރިސާ އަކީ އަހަރުމެން މި މުޖުތަމައު ގަބުލޫން ކުރަން ވެއްޖެ ކަމެއެވެ . އަހަރުމެން ގެ ދީނާއި ވައްޓަފާޅި އެ ފުއްމިފުށައް ޖެހިގެން ދިޔައީ އަހަރުމެން ގެ އުޅޭ ގޮތުންނެވެ . ނަމަވެސް އަހަރުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ . އެއް ހަށިގަނޑެއް ފަދަ ބައެކެވެ . އެއް ސަޖިދައެއް ޖަހާ ބައެކެވެ . 2004 ގެ ޑިސެމްބަރ 26 ވަނަ ދުވަހަކީ އަހަރުމެންނަށް އިމްތިހާނެއް ގެ ގޮތުގައި ދެއްކެވި ކަމެކެވެ . އަދި އަހަރުމެން ގެ ދިރިއުޅުން ރަގަޅު ކުރުމަށް މެދުވެރި ކުރެއްވި ކަމަކެވެ . ސަބަބަކަށް ވަނީ 25 ޑިސެމްބަރ އަކީ ކުރިސްޓިޔަން އިން އެމީހުންގެ އީދު ދުވަހެއް ކަމަށް ބަލާ ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި ހަމަ ޖެހި އެމީހުން ކުރަމުން އަންނަ ކަމެކެވެ . އެ ދުވަހު އަހަރުމެން ގެ މުޖުތަމައުގައި ގިނަ ބަޔަކު ވަނީ އެ މީހުން ގެ އީދުގައި ބައިވެރި ވެ މަޖާ ކޮށް ފައެވެ . 26 ވަނަ ދުވަހު އަލި ވިލިގެން އައީ އެންމެންނަށް ވަރަށް އުފާވެރި ދުވަހަކަށެވެ . ނަމަވެސް 9:20 އެހާ ކަށް ހާއިރު އަހަރުމެންނަށް ކުރިމަތި ވި ސުނާމީ ކާރިސާ އަކީ އަހަރުމެންނަށް އިބުރަތެއް ގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެކެވެ . އިންޑިނޭޝިއާ އަށް އައި ބިންހެލުމެކެވެ . ނަމަވެސް ފަހުން ބަދަލުވީ ސުނާމީ އަކަށެވެ . މިޔަދާ ހަމަޔަށް 14 އަހަރު ފުރިގެން ދިޔައިރު ކިތައް ދިވެހިންނަށް ކަށް ތޯ އެދުވަހު މީހުން އިހުސާސް ވީ ؟ ކިތައް ދިވެހިންގެ ދަރިން ގެއްލުނީ ؟ ކިތައް ކިތައް ރަށް ތޯ އެ ކާރިސާގައި ގެ ތައް ދިޔައީ ؟ މި ސުވާލު ގެ ޖަވާބު ދެވޭނެ ހެންނެ ހިޔެއް ނުވޭ … ކޮންމެ މަޔަކު ވެސް އަދި ކޮންމެ ޒަވާޖީ ހަޔާތެއް ފަށާ ކޮންމެ ދެމަ ފިރިއަކު ވެސް ބަލަމުން ދަނީ އެ މީހުން ގެ ހުވަފެން ތައް ކުލަ ޖައްސަމުންނެވެ . ކިތައް އާއިލާ ގެ މެންބަރުން ތޯ ގެއްލިގެން ދިޔައީ …. *********************** މި މުޖުތަމައު އަށް ބަލާއިރު ފެނިގެން ދަނީ އެހެންމީހުންނަށް ދިމާ ކުރުމާއި އަދި އެހެނިހެން ކަންކަން ކުރަމުން ނެވެ . އަދި އެ މީހުން ގެ ޖީބު ފުރާ ލެވޭތޯއެވެ . އެ މީހުންނެ ބަލައި އެއް ނުލާ ނިކަމެތި މީހާ އުޅޭނެ ހާލެއްވެސް . އެމީހުން ބަލައެއް ނުލާނެ … އަވަޓެރިން ގެ ހާލަތެއް ވެސް … އެމީހުން ބަލަމުން ގެންދާނީ އެމީހުން ގެ ޖީބު ފުރާލުމެވެ . ********** އަޅުގަނޑުގެ ދުވާ އަކީ މި މުޖުތަމައު އަކީ އަމާން އަމާން ޤައުމަކަށް ލެއްވުމަށް . އަދި އަހަރުމެން ފަހުން އަންނަ މީހުންނަކީ އެކުވެރި އަދި މީހުންނަށް ހިތް ހެޔޮ ބައެއް ކަމަށް ލެއް ވުން …. އަދި ޤުދުރަތީ ކާރިސާތަކުން ރައްކާތެރި ވުން އެދި އަޅުގަނޑު ދުވާ ކުރަން މިޤައުމު އަމާން އަމާން ޤައުމަކަށް ލައްވާށި އާމީން ……
ކޮންމެ އިންސާނަކަށްވެސް9 މަސް ވަންދެން މައިމީހާގެ ބަނޑު ތެރޭގައި ދުވަސްތައް ގުނަމުންގޮސް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަހަރެންނަށް މައިމީހާގެ ބަނޑުތެރޭގައި ދުވަސްތައް ގުނާލަން ލިބުނީ އެންމެ 7 މަހުގެ މުއްދަތެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އަހަރެންނަށް އެހެން ކުދިންނާ ހިލާފަށް އުނި އިތުރު ވުންތަކެއް ލިބިގެންވެއެވެ. އެހެން ކުދިންނަށް ލިބިފައިވަނީ 5 އިގިއްޔެއް ނޫން ހެއްޔެވެ. ނަމަވެސް އަހަރެންގެ ހުންނަނީ އެންމެ 4 އިނގިއްޔެވެ. މިހެންގޮސް އެކި ގޮތްގޮތުން އަހަރެންގެ ސިފަތައް އުންޔޭ ބުންޏަސް ދޮގަަށް ނުވާނެއެވެ. އެހެެންނަމަވެސް އަހަރެންގެ ސަކުވާއެއް ނެތެވެ. ކުދިންނެވެ. އަޑުއަހާށެވެ. ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އޭނަގެ ސަލާމަތުން ހުންނަނީ އެންމެ ލޮލެކޭ ނޫނީ އޭނަ އަކީ މަންމަން ކުއްޖެކޭ ކިޔާފައި ބާކީނުކޮށްލާށެވެ. ކޮންމެ އިންސާނަކުވެސް ހެއްދެވީ އެންމެ ރިވެތި ސޫރައިގައެވެ.
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަކީ އިންސާނުންނަށް ބޭނުންތެރި އެއްޗަކަށް ވާތީ ވަރަށް ބޮޑަށް އުފާ ކުރަމެވެ.އަހަރެންގެ ބަދަހި ޢާއިލާގައި ތަފާތު ސައިޒުގެ އެކިކުލައިގެ އެކިބައްޓަމުގެ މެމްބަރުން ހިމެނެއެވެ. އަހަރެންގެ ޢާއިލާގެ ބޮޑެތި މީހުންނަށްވެސް ތިޔަބައިމީހުން ކިޔައި އުޅެނީ ކުޑައެވެ.މިހެން މިބުނެލީ ތިޔަބައި މީހުންގެ މުއްސަނދި ބަހުގައި އެއް ލަފްޒުން ތަފާތުމާނަ ދޭހަވާކަން ނޭގޭތީއެއްނޫނެވެ. ހަމަ މަޖާ ކޮށްލީއެވެ. ތަންކޮޅެއްކުރީ ޒަމާނުގައި އަހަރެންގެ ބޭނުން ހިފާނީ ޚާއްސަ ބައެކެވެ. އެއިރު އަހަރެން ހުންނަނީ ވަރަށް ފޮނިވެފައެވެ. ނިކަމެއްޗަކާއި ދިމާއަށް […]
އުފެއްދުންތެރި ލިޔުމަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް، އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. ނޫސްވެރިކަން، ޢިޖްތިމާޢިއްޔާތު، މަޒުމޫނުލިޔުން މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ. މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުންތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ. އިންސާނާގެ […]
ޢީން ފުރަތަމަ ފެނުނު ވަގުތު ވެސް އަހަރެންގެ ހިތަށް އެ ރީތިކަން ކުޅެލިއެވެ. އެ މަންޖެގެ މޫނުގައި އަލިކަން ހުރީ ސާދަވަނަަ ރޭގެ ހަނދުވަރު ފަދައިންނެވެ. ދެލޮލުގައި ހުރި ތޫނު އަސަރުން ހިތްކަތިލެވިގެން ދިޔައީ މަދު ސިިކުންތު ކޮޅެއް ތެރޭގައި ކަން ގައިމެވެ. އެ އިސްތަށިގަނޑު ސިފަވަނީ ރޭގަނޑު ކަޅު އަނދިރީގެ ތެރޭ ތަރިތައް ވިދާބަބުޅާ ފަދައިނެވެ. އެ މޫނުގައި ހުރި އަލިގަދަ ކަމަކުން ވީނަސް ތަރިވެސް ލަދުން ފިލާފާނެ ތޯއްޗެކެވެ. ހާދަހާވާ ފުރިހަމައެވެ. ފުރަތަމަ ނަޒަރުން […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ދުލަކީ އިންސާނާގެ ހަށިގނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަނެވެ.އަދި އެންމެ ބާރުގަދަ ހަތިޔާރެވެ. އަހަރެން މިއޮތީ ކިހާރައްކާތެރި ތަނެއްގައިހެއްޔެވެ.ހުދުހުދު ފާރެއްގެ ތެރޭ ގައެވެ.އަހަރެންގެ ބޭނުންތެރި ކަމުގެ ބޮޑުކަން މިކަމުން އެނގި ކަށަވަރު ވެއެވެ.އަހަރެންގެ ބޭނުން ދެގޮތަކަށް ހިފިދާނެއެވެ.ރަނގަޅު ގޮތަށާއި،ރަނގަޅު ނޫން ގޮތަށެވެ.ރަނގަޅު ގޮތުގައި އަހަރެންގެ ބޭނުން ހިފިއްޖެ ނަމަ ނުހަނު ފައިދާ ބޮޑުވާނެއެވެ.ހަމަ އެހެންމެ ރަނގަޅު ނޫން ގޮތުގައި އަހަރެންގެ ބޭނުން ކޮށްފި ނަމަ އެތައް އެތައް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. […]
ފާތުމާ އަވިއްސެއް ހެން ދެކޮޅަށް ދުވަމުން ދިޔައީ އިރުއޮއްސުމުގެ ކުރިން ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވޭތޯއެވެ. ނޭވާލާނެ ވަގުތުކޮޅެއް ނުހޯދާ ހަދަރިން އެކަނިމާއެކަނި ބަލަމުން އަންނަތާ ދެއަހަރު ވީއެވެ. ފާތުމާގެ ފިރިމީހާ ހަސަނު މަހަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކާ ގުޅިގެން ނިޔާވީ މީގެ ދެއަހަރު ކުރިން ފާތުމާ 6 ވަނަ ކުއްޖާއަށް ބަލިވެ އިންދައެވެ. އަދި އާއިލާ މީހުންގެ އެހީތެރިކަމެއް ފާތުމާއަށް ލިބެމުން ނުދާތީ ފާތުމާ ވެފައި ވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކަށެވެ. ފާތުމާގެ އެންމެ ކުޑަކުއްޖާއަށް މިހާރު 2 އަހަރު ފުރިފައިވާއިރު އެންމެ ދޮށި ކުއްޖާ އަށް އަދި ވީ އެންމެ 13 އަހަރެވެ. އެހެންކަމުން ގޭގެ ކަންތައްތައް ކުރަންޖެހިފައިވަނީ ފާތުމާއަށް އެކަންޏެވެ. ދަރިންގެ ކަންތައްތައް ބަލަމުން ގޭގޭ މަސައްކަތްތަށް ނިންމުމުގައި އަވަދިނެތި އުޅެމުން އަންނަ ފާތުމާގެ މަސައްކަތް މިއަދު ލަސްވެގެން ދިޔައީ އެދުރުގޭގައި އޮތް ބައްދަލުވުމަަކަށް ދާން ޖެހިގެންނެވެ. ކޮންމެއަކަސް ތެޅެމުން ފޮޅެމުން އިރުއޮއްސުމުގެ ކުރިން ފާތުމާ ހުރިހާ ކަމެއް ކޮށް ނިންމައި ތަންޑުލައިފިއެވެ. މީހުން ދިރިއުޅެ ހިސާބާ ދުރުގައި ފާތުމާއަށް އުޅެން ޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުގެ ކުރިން ކުރަން ހުރި ހުރިހާ ކަމެއްވެސްކޮށް ނިންމޭތޯ ބަލައެވެ. ކުދިންނަށް ކާންދީ އަކުރު ކިޔައިދީ ފެންވަރުވައި ނިންދެވުމަށްފަހު އަވަހަށް އޮށޯތީ މިރޭވެސް އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. ފާތުމާއަށް ނިދި ނިދި އޮއްވާ ކުއްލިއަކަށް ފުންމައިގެން ތެދުވަތީ ބިރުވެރި ހުވަފެނެއް ފެނިގެންވެސް މީހަކު ނުތެދުވާނެ ފަދަ ގޮތަކަށެވެ. ތެދުވުމާއެކު އަޅާއެތިކޮށް ދޮރާއި ދިމާއަށް ދުއްވައިގަތީ ކަމެއް ހަނދާން ވެގެންނެވެ. ކޮންމެ ދުވަހަކުވެސް ހުރިހާ މަސައްކަތެއް ކޮށް ނިންމާ ފާތުމާއަށް މިރޭ ނިދަން ވަދެވުނީ ކާއެއްޗެހި ޑަސްބިން އުކާނުލައެވެ. ޑަސްބިން އުކާނުލައިފިނަމަ މިރޭ ބުޅާ އަރައި މުޅިތަން ހަފުސްކުރާނެ ކަމުގެ ބިރަށްޓަކައި ފާތުމާއަށް ނިދާކަށް ނޯވެވުނެވެ. ދޮރުން ބޭރަށް ބޯދިއްކޮށްެން ކުޑަ ވަގުތު ކޮޅަކު މަޑުކޮށްލީ ކިރިޔާވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލާލުމަށެވެ. މީހެއްގެ ހިލަމެއް ވާން ނެތުމުން މޭގައި އަތްޖައްސާލާއިގެން ހުރެ ދުލަށް އައިހައި ހެޔޮއެއްޗެއް ކިޔަމުން ޑަސްބިން ހިފައިގެން ފާތުމާ ދިޔައީ ގޮނޑުދޮށާ ދިމާއަށެވެ. މިނޫނީ ހަސަނު ނިޔާވިފަހުން ފާތުމާ ރޭގަނޑު ބޭރަކަށް ނުނިކުމެއެވެ. އަދި ހަސަނު އުޅުނު ޒަމާނުގައިވެސް ރޭގަނޑު ބޭރަށް ނިކުތުމަކީ ފާތުމާއަށް ބޮޑު ކަމެކެވެ. ކޮންމެއަކަސް މިކަންވެސް މިއޮތީ ކުރާން ޖެހިފައެވެ. ފާތުމާ އަވަސް ފިޔަވަޅުމަތީ ގޮސް ގޮނޑުދޮށަށް ފައިބައި ޑަސްބިން އުކާލުމަށްފަހު ބަލިދީ ރީއްޗަށް މުދުން ދޮވެލައިގެން އެއްގަމަށް އެރިއިރު ހުރީ މީހާ ބިރުން ގޮސް އެއްކޮށް ދާހިއްލާ ފޯވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ގެޔަށް ދާން އުޅުމުގެ ތެރޭގައި ފާތުމާއަށް އަދި ވީ މާ ނުބައި ގޮތެކެވެ. މީހާ ބިރުން ހުރި ވަރުން ގެޔަށް ދާ މަގު އޮޅުނީއެވެ. މިހާރު ފާތުމާގެ ހިތެކޭ ދިރޭ މަހަކަށް ފެން ނުލިބުމުން މަރަށް ތެޅޭ އެއްޗެކޭ އެއްފަދައެވެ. ވަކި ހިސާބަކަށް ބާރަށް ހިނގައިފައި އައުމަށްފަހު ދުއްވައިގަތީ ދެބުޅާ ކޯޅެގަތް އަޑަށް ބިރުންނެވެ. ދުވެފައި ދަނިކޮށް އަނެއްކާވެސް ފާތުމާއަށް ދިމާވީ މާ ދެރަ ގޮތެކެވެ. ރުކަކުން ވެއްޓިފައި އޮތް ފަންގަނޑެއްގައި އަޅައިގަނެގެން ފާތުމާ ވެއްޓި އެތާ އޮތް ގާގަޑެއްގައި ބޯ ޖެހި ފާތުމާގެ ބޯ ފަޅައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައިވަރު ލޭތަށް ފެނުމާއެކު އެ އޮތް ތަނަށް ފާތުމާ ހޭ ނެތިއްޖެއެވެ. ފާތުމާއަށް ހޭވެރިކަންވީ އޭނާގެ އެންމެ ކުޑަ ދަރިފުޅު ރޯ އަޑަށެވެ. އޭރު އޭނާ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ. ވީ ގޮތް ރޭކާލީ ހޭއެރިތާ އިރުގަނޑެއް ވީ ފަހުންނެވެ. އަޑުން އަޑުނަގާ ރޯން ފެށީ ރޭގައި އޭނާއަށް ދިމާވި ހާދިސާ ހިތަށް އެރުމުންނެވެ. ފާތުމާ ވަލު ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނީ ފަތިސްނަމާދު ކޮށްލައިގެން ވަލަށް ވަދެ އުޅުނު ބަޔަކަށެވެ. ފެނުމުން އަވަހަށް އެމީހުން ފާތުމާ އޭނާގެ ގެޔަށް ގެނައީ އެވެ. އޭނާ އަށް މިހެން މި ދިމާވީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. އަދި މިހާދިސާއަށް ފަހު ރަށު މީހުންވެސް މީހުން ދިރިއުޅޭ ހިސާބުން ފާތުމާއަށް ޖާގަދިނެވެ. (ނިމުނީ)
“ސިޔާސީ” މިލަފުޒަކީ މީގެ އަހަރުތަކެއް ކުރިން އާންމު ރައްޔިތުންގެ މެދުގައި އެހާމެ ފަރިތަ ބަހެކޭ ނުބުނެވޭނެއެވެ. އެހެނަސް އެޒަމާނަކީވެސް ސިޔާސީ ކަންތައްތައްކޮށް އުޅުނު ޒަމާނެވެ. އެޒަމާނުގައި ތިއްބެވި ސިޔާސީ ވެރިންވެސް މަދެއް ނޫނެވެ. ސިޔާސީ ވާހަކަވެސް ދައްކައި އުޅުނެވެ. މިހާރާއި އަޅާބަލާއިރު ތަފާތަކީ ސިޔާސީ ވާހަކަ ދައްކާ މިންވަރު މަދުވުން ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކުގެ ސަބަބުން އެންމެހައި ދިވެހިން އާދަޔާ ޚިލާފަށް ސިޔާސީ ވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ދޭދޭ ދެމީހުންގެ މެދުގައި […]