ޝަކުވާ
މާފުން ކަނޑުގެ ތެރެއިން ދިވެހި ރާއްޖޭގެ ރަށްތައް އުފެދިގެން އައިރު އަހަރެން އޮތީ އެެއިން ރަށެއްގެ މެދުގައެވެ. ހައިރާންން ކުރުވަނިވި ކަންތައްތަކުން ފުރިފައިވާ މިދުނިޔެއަށް ލޯހުޅުވާލެވުނުއިރު އަހަރެންނަކީ ވަރަށް ތަފާތު ތަނެކެވެ. އަހަރެންގެ ގައިގާ ވަށައިގެން ހިތް އުފާކޮށްދޭނެ ދިރުމެއް އެއިރަކު ނުވެއެވެ. އަހަރެންގެ އަނގައިގެ ފެންގަނޑުގައި ފުމެއުޅޭނެ މަހެއްނެތެވެ. ލަވަކިޔައިދޭނެ ރީތި ދޫނިތަކެއް، ހާލިހަދާލާނެ ގަހެއްނެތެވެ. އަހަރެންނަށް ލިބިފައިވީހާވެސް ނިޢުމަތަކީ ގަނޑުފެންކޮޅެއްހާ ފިނި ފެންގަނޑެވެ.
އަހަރެން އެގޮތުގައި މާގިނަ ޒަމާންތަކެއް ހޭދަކުރާކަށް ނުޖެހުނެވެ. ޗަކަވެލި ބިމުގައި، އޮށުން ގަސްފަޅަން ފެށިއެވެ. އިސާހިތަކު ފެނާއިދިމާލަށް ދަތުރުކުރާ އެކިއެކި މަޚުލޫޤުން އަހަރެންނަށް ޒިޔާރަތްކުރަން ފެށީއެވެ. އިރުވާހުދާއި މާކަނައެވެ. ކަކުންޏާއި ބަރަވެއްޔެވެ. މުނިފޫހިފިލުވައިދޭން އެތައްދިރުމެކެވެ.
އޭގެ ފަހުން އެއްދުވަހެއް އިރު އަހަރެންގެ ބޯމަތިން ދިއަލާލިއިރު، އަނދިރި ކަމުގެ ތެރެއަށް ވެރިވެގަތް އަލިކަމުގެ ތެރެއިން، އައިނައިތަނެއް ނޭނގި މަހެއް ފެނުނެވެ. އެންމެ މަހެއް ނޫނެވެ. ދެތިން މަހެވެ. މަސްތައް ބިސްއަޅާ މަސްތައް ގިނަވާންފެށިއެވެ. ސަތާރަ ވަނަ ޤަރުނާއި ކުރިމަތިލީއިރު އަހަރެންނަކީ ދިރުންތަކުން ފުރިގެންވާ ދިރުމަކީމެވެ.
ދެން އަހަރެންނާއި ދިމާވީ ވަރަށް ތަފަތު މަޚުލޫޤެކެވެ. މަންމަލި ޖަނަވާރެކެވެ. އެހެނަސް އުޅެނީ ހަތަރެސްފައި ޖަހައިގެނެއް ނޫނެވެ. އަހަރެން ފުރަތަމަ ހީކުރީ އެ މަޚުލޫޤެއްވެސް އެއައީ އެހެން ޖަނަވާރުންނެކޭވެސް އެއްފަދައިން އަހަރެންގެ މިރީތި ފެންގަނޑުގައި މަޖާކޮށްލާ، ގަސްގަހަށް އަރާ މުނިފުހި ފިލުވާލުމަށްކަމަށެވެ. ނަމަވެސްކަންހިނގީ މުޅިއަކުން އެހެނެއް ނޫނެވެ. އަަހަރެންގެ ރީތިކަން ފެނިފައި ޚުދު އެމަޚުލޫޤުވެސް އާޝޯޚުވިއެވެ. ނަމަވެސް އެ ނިކަމެތި މަޚުލޫޤު އަހަރެންގެ ގައިމަތިން ނުކުމެގެން ދިޔައީ އެތައް ބައިވަރު ގަސްތަކެއް ހަލާކުކޮށް އަދި ނުވިތާކަށް އަހަރެންގެ އަނގައިގައިވި ފެންގަނޑަށް ގާވެސް އުކާފައެވެ.
އިންސާނެކޭ މިކިޔާ މަޚުލޫޤު ދިޔުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ދެން ދިމާވާން ފެށީ ހީކުރިވަރަށް ވުރެ މާ ބަނަ ދުވަސްތަކަކާއިއެވެ.
އެ އިންސާނާ ޖެހިގެން އައިދުވަހު އައީ އިތުރު މީހުންތަކެއް ގޮވައިގެންނެވެ. އަހަރެން ހީކުރީ މަޢާފަށް އެދެންކަމަށެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އެމީހުން އަހަރެންގެ ގައިގައިވި އެތައް ގަހެއް ހަލާކުކޮށް ހެއްޖެވެ.
އަހަރެންވެސް ގަބޫލުކުރަމެވެ. އިންސާނުންގެ ބޭނުންތަކަށް ގަސްގަހުން ލަކުޑި ކެނޑުމަކީ ގޯހެއް ނޫނެވެ. އެހެނަސް އެކަނޑަނީ ހާދަހާވާ ބައިވަރެކެވެ. ގައިމު އެއުޅެނީ ދިވެހިރާއްޖޭން އެމެރިކާއަށް ބްރިޖު އަޅާކަށްނޫނިއްޔާއެވެ. ކުރާހާވެސް ކަމަކީ އިސްރާފު ކުރުމެވެ.
އޭގެ ފަހުން ވަރަށް އާންމުކޮށް އިންސާނުން އަހަރެންނަށް ޒިޔާރަތް ކުރެއެވެ. ހީވެސް ނުކުރާހާ ބާރުމިނެއްގައި އެމީހުންގެ އާބާދި ބޮޑުވަމުން އަހަރެންގެ ގުނަވަންތައް ނެތެމުން ދިޔައެވެ. އަޖައިބެކެވެ. އެތިބަ ނިކަމެތި އާރެއް ބާރެއް ނެތް އިންސާނުން އެ ދަނީ އަހަރެންގެ ބުރަކަށި މަތީގައި ހެދުނުހާ ގަހެއް ކަނޑާ ސާފުކުރަމުންނެވެ. އަހަރެންނަށް އަޅާނުލާ ތާނގާ އެހެން ދިރޭ ތަކެއްޗަށް ރަޙުމް ކުރަން ދަންނަބައެއްވެސް ނޫނެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ؟
ޒަމާންތައް ފާއިތު ވަމުން ދިޔައިރު އަހަރެންނަށް އުފުލަންޖެހޭ ވޭންވެސް ދިޔައީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅު އަޑުފޮށްޓަކުން ގޮވާލި ޚަބަރު ތަކެއް އިވުނެވެ. ދިވެހި ރާއްޖޭގައި ފަތުރުވެރިކަން ފެށިއްޖެޔޯލައެވެ! ސަހަރޯއެވެ. ދެނަކާއި ދެނެއްނެތެވެ. އެ ގެންނަން ފެށި އުޅަނދުތަކެކެވެ. ގެނައިނުގެނައި ތަނެސް ނޭނގެއެވެ.
ދެއްވާފައިވާ ބުއްދީގެ ބޭނުން ކޮށްގެން އެއުފެއްދި އުޅަނދުތައް އަހަރެން މަރައިފިއެވެ. އަހަރެންގެ އަނގަޔަށް ފަސްއަޅާ ހިއްކަނީއެވެ. ގޯތި ދޫކުރުމަށެވެ. ނޫނީ ގެސްޓުހައުސް ހަދާށެވެ. އަހަރެންގެ ބުރަކަށި މަތީ ހެދުނުހާ ގަހެއް ކަނޑާ ބިމާއި ހަމަކުރަނީއެވެ. ރިޒޯޓު ހަދާށެވެ. އޮޑިދޯނިފަހަރު ބަންނާށެވެ. އެވަރުންވެސް ނުވެގެން، އަހަރެންނަށް ދެވޭ އަނިޔާާ ކުޑަކަމަށް، އަހަރެންނަށް ދިރުންގެނެސްދީ މުނިފޫހި ފިލުވައިދިންހާ ދޫންޏެއް ހިފާ، މަސްތައް މަރާ، ގަސްތައް ކަނޑާ، ފަސްތައް ނަގާ ހަދަނީއެވެ.
އަދި އެވަރުންވެސް އިންސާނުންގެ ރަޙުމެއް ނެތް ހިތްތަކަށް ފުދުނު ކަމަކަށް ނުވިއެވެ. ބޯފުނާ އަޅާލާ ފަދައަކުން އަހަރެންގެ ބޮލުމެދުން މަގެއް އަލިކޮށްފިއެވެ. އަދިވެސް އެނިމުނީކީ ނޫނެވެ. ހުޅަނގު ފަރާތުން އަހަރެންގެ އެއްބައި ކަނޑައިލައިފިއެވެ. ފަހަރަކު ފަސްކޮޅެއް ނަގަމުން، ލަސްލަހުން އަހަރެންނަށް އެންމެ ތަދުވާނެ ގޮތަށެވެ. ހިކި ޖޫސް އަޅާފައިހުރި ތަށްޓަކަށް ފެންފޮދެއް އަޅާލީމާ ވާފަދައަކުން، ކުޅީގެ ފެންގަނޑު މޫދާއި އެކުވެއްޖެއެވެ. ފުމެ އުޅުނުހާ މަހެއް އަހަރެންނާއި އުމުރަށް އަލްވަދާޢު ކިޔައިފިއެވެ.
އޭގެ ފަހުން އެމީހުން އެ ހެދި ‘ބަނދަރަށް’ ތަފާތު އޮޑިދޯނިފަހަރު އަންނަން ފެށިއެވެ. ރަށުގައި ތަރައްޤީގެ ކުލަޖެހެމުން ދިޔައެވެ. އަދި އަހަރެން އޮތް މަރުބަލީގެ ޙާލު ބޮޑުވަމުން ދެއެވެ. ފަންސަވީސް ވަނަ ޤަރުނަށް ދުނިޔެ އަލަވަދާޢު ކީއިރު އަހަރެންގެ ވަށައިގެން ވަނީ ބޯދުމެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކު އަހަރެންނާއި ދާދިކައިރީ ބޮން ޓެސްޓްކުރަން ފެށިއެވެ. އިސާހިތަކު ވައި ތަޣައްޔަރު ވެއްޖެއެވެ. ލަވަ ކިޔާލާ އުޅުނުހާ ދޫނިތައް އެސޮރުމެންގެ ރީތި އަޑައި ލަވަތަކާއިއެކު އަބަދަށް ޓަކާ މިވަޒަން ދޫކޮށްފިއެވެ.
ހެޔޮ ނުވާނެއެވެ! ތިހެން ނަހަދާށެވެ. އަހަރެން މި ޙާލުގައި ނުޖައްސާށެވެ. އިންސާނުން ބުނާނެއެވެ. އަޅާލަންވީ ކީއްކުރަން ހެއްޔެވެ؟ ފައިދާއެއްނެތް މަދިރި އުފައްދާ ކާރުޚާނާއެކޭ ކަލެއެކޭ އޮތީ ކޮން ތަފާތެއްހެއްޔެވެ. އެހެންނޫނަސް ކަލެޔެެއް މިހާރު ނުވެސް ނެތެެއް ނޫންހެއްޔެވެ؟
ވަރަށް ބޮޑު ތެދެކެވެ. އަހަރެންގެ ތިންބައިި ކުޅަ އެއްބައި މިހާރުނުވެސް ނެތެވެ. އެހެނަސް ދެން މިއޮތްބަޔަށް އަޅާނުލާ ހަލާކުކޮށްލަން ހެޔޮނުވާނެއެވެ. އަދި ބުނަންހެއްޔެވެ. އަހަރެން އިންސާނުންނަށް ހާދަހާވާ ބައިވަރު އެހީއެއްވީމެވެ. ކާން ކާނާ ދިނީމެވެ. ކަނޑުލާއި ރަނޑުލެވެ. އެކިއެކި ބޭނުމަށް ލަކުޑި ދިނީމެވެ. ނަމަވެސް އިސްރާފު ކުރުން ނޫން ކަމެއްކުރިން ހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ އަހަރެންނަށް ތިޔަދޭ އަނިޔާގެ ބަދަލު ކޮންމެވެސް ދުވަހަކުން ލިބޭނެކަން ހަނދާން ބަހައްޓައްޗެވެ.
ޒުވާބުކޮށް ޖަދަލު ކުރާކަށް ނެތީމެވެ. އެހެނަސް މީ އަހަރެން ހެޔޮހިތުން ދޭ ނަސޭހަތެކެވެ. ނެތް އަޑުން ކުރާ އާދޭސްތަކެކެވެ. މި އާދޭސްތަކަށް ބީރު ކަންފަތެއް ދޭން ހެޔޮނުވާނެއެވެ.
އިސްލާހު ވާށެ އެންމެން، ގިސްލާ ރޮމުން ބުނަން ޖެހެނީ..
ޗިސްޗިސް ވެގެން ދަނީ އަހަރެން، ވިސްނާނުލާ ތިހެން ހަދާތީ.
ފަސްގަނޑުމެ ގިރަމުން އެ ދާތީ، މަސްލަހަތު ދެން ގޯހޭވަނީ..
އަސްތާ ކާކު ވެލިމެ ނަގަނީ؟ ގަސްތައް މަރާ އަނިޔާ ދެނީ؟
(ނިމުނީ)
25 Comments!
Comments are closed.




Oh sis
This is awesome ??
I love this a lot
U know right
I wrote this two years ago. Just wanted to know how it was. Hehe. Hope you liked it. Comment the mistakes. ??
Awsm❤…Really love this article?…Aslu ga vec humans kuraa kanthah mi in vec mi engeny…Like ehaa rahumu kudakoh dhw..
Keep it up darlz?
hehe Thankss.. my aslu two years kurin schl ga liyun ehchehh…. just wanted to share it with you readerss… Thankss so much
Thibuny monsta 7 ga ulhunu iru liyunu ehchekey dhw?…Molhu enge
Hehe thankss
hey thee nuunu atoll kendhi kolhu kuhjeh dhw
ummm hehe yes lol…. may I ask why?. hehe just thought might be someone i know… anyway thankss
yh maybe… but im not from the same island… but same atoll * high five * kandaa falha gulhifa ey bunyma shahku v… hehe… prvt koh vhk dhekeyne gotheh vehjiyya rah bunefaanan… i thi rashah thiyaee siyam mauroof cup balan… 2017ga kanneynge # LOL handhaaneh vx neiy
owwh… hehe lol… Sure sweet gurl beynumiyyaa pvt kohh vaahaka dhehkeyne.. ft ball supporters therein fenifaves hurefaane.. hehe Lol
how???
Monsta ahh okay komme gothehh vess. Suggest a way
ok so u use hangouts?
Oh… Hangouts use shy nukurann ???
ok… ehnviyya monsta use kuraa ehchihi kiyaidheyn v nu… eyrun tha ingeyny… wbt gmail?
alhe gmail ves use nukuran… sweet gurl kochissh use kurany?
Wohohooaa????
hehe… Thank you…
So you are in grade 9????
yepp
I’m also in grade 9??
I’m also in grade 9??
Cheers ??
ކިތައް އަހަރު ؟؟؟؟؟???
Adhi 14