މާޒީގެ ހަނދާންތައް ސިކުނޑި އަށް ވެރިވުމުގެ ކުރިން ޖަޒްލާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ގިނައިރު މަޑުކުރަން ނުހަދާ އެނދުން ތެދުވިއެވެ. ފާހަނާއަށް ވަން ޖަޒްލާ އަވަހަށްމޫނު ދޮވެލައި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސައިލިއެވެ. ޖަޒްލާގެ ސިކުނޑި އަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދިޔަ މާޒީގެ އެކި ހަނދާން ތަކުން ދުރު ވުމަށް އޭޏަ ބޭނުންވީ ކޮފީ އެއް ބޯލުމަށެވެ. ޖަޒްލާ ކޮފީ އެއް ހަދަން ވެގެން ކޮޓަރިން ނުކުތް އިރު ސޯފާގައި ޝިފާނާ ޓީވީ ބަަލަން ހުއްޓެވެ. […]
ހޭވެރިކަމެއް ނެތްކުޅުމުގައި ދިޔަކަންދެމުން ރަތްދަކައަވީ ހޭވެރިނުވޭ އައިކަން އެތައް މެބެލެނިވެރިން ކުޅުނީމު އޭ އަވަހަށް ހިނގާ ދިޔުމަށް ގެޔަށް ރާޔާ ބުނީ ހިނިތުންވެފާ އިވުމުން އެއަޑު ލަސްކޮށްނުލައި ދިޔުމަށް ގެޔަށް ދުވެ ގެންފިއޭ އެކުގައި ދެމީހުން ގޮސްގެޔަށް ވަން އިރު ހުރީ މަންމާ އިނގޭ ފިކުރެއްގެ ތެރެއަށް ގެއްލިފައި ހަރަކާތް ބަހާ ހުސްވެފަ މެއޭ ރާޔާ ނުހާ ފެނުމާ އެކީ ބުންޏޭ އަވަސް ދޭފެންވަރަން ކިޔަންވުމަށް ހުރެގެން އަނާ ބޯވެސް ޖަހައިލައިފީމުއޭ މަންމަގެ މިބަސް އެހުމުން އަނާ […]
ސަނާ ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅެނިކޮށް މީހަކު ގެދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.” މިއޮށް ފަދަ ގަޑީގައި ކާކުބާ.. ” ސަނާ ފޮޅުން ހުއްޓާލާފައި ވާހަކަ ދެއްކިއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ. މިގަޑީގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަންނަން ޖެހުމުން ކުދި ކިޔަމުންނެވެ. ދޮރު ހުޅުވާލި ތަނާ ސަނާއަށް ލޯ ބޮޑުކޮށްލެވުނެވެ. **5 ވަނަ ޕާޓު** ކުރިމަތީގައި ހުރީ އަޒާމްއެވެ. ސަނާ އުފަލުން އަޒާމް ގައިގައި ބައްދާލިއެވެ. އަޒާމް […]
” އަންނާނެއްނު.. މި ޔާން މަށަށް ލަނޑު ދިނިމަ … ދިޔަ ގޮތަށް އިލޫ ޔާން ބޭބެގެ އަލަމާރި ވިއްޔަ ހުޅުވުނީ… ލަދުން ބޯ ގޮވާފި… ” އިލްޔާ ކުދި ކިޔައިގަތެވެ.” އިލޫ އަށް ހަމަ ނެނގެނީތަ މަގޭ އަލަމާރި ހުންނަތަން… ” މަޔާން ހެމުން ވާހަކަ ދެއްކިއެވެ.” ރާއިލްބެ ބުނީ އެތަން ޗޭންޖް ކޮށްފީމޯ.. އެހެންވެ އިލޫ އަށް ވެސް އޮޅުނީ… ” އިލްޔާ ކޮތަޅު އަތަށް ބާރު ކޮށްލަމުން މަޔާން އާއި ދިމާއަށް އެނބުރުނެވެ. […]
ނަމާދު ކޮށް ނިންމައިގެން އިލްޔާ ކޮޓަރިއަށް ދިޔައެވެ. އޭރު މަޔާން ސޯފާގައި އިށީނދެ އިނެވެ. މަޔާން އެ ކޮޓަރީގައި އޮންނާތީ އިލްޔާ އަށް ޖެހުނީ ބުރުގާ އަޅާއިގެން ނިދަންށެވެ” ދީބަ ބާލީހެއް.. ” މަޔާން އެދުނެވެ. އިލްޔާ ދެ ބާލިސް އެއްލުމުން މަޔާން ސޯފާގައި ޖައްސާލިއެވެ. ” ޔާން ބޭނުންތ.. ” ސުވާލެއް އަހަމުން މަޔާން އާއި ދިމާއަށް އެނބުރުން އިލްޔާ އަނގަ ބަންދުވީ މަޔާން ކުރި ކަމަކުންނެވެ. **3 ވަނަ ޕާޓު** ” […]
” އަހަރެންނަށް ދެރަ ގޮތެއް ނުވާނެ.. ” އިލްޔާ ގޮނޑީގައި އިށީނެވެ.” ނޫނޭ ލީޝާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. މަންމަ ކަންބޮޑުވޭ.. މިއަދު ވެސް މިގެއަށް އައިސް އިނީ ފާޑަކަށް.. ” ސަނާ ކަންބޮޑުވިއެވެ.” ހަސަދަ ލާމީހުން ހަސަދަ ލާނެނުން.. އޭނަ ޖޭ ވަނީ ޔާން އަހަރެންނާ އެއްކޮށް އުޅޭތީ އޯ.. ބެސްޓް ފްރެންޑް ވީމަ އުޅެން ވެސް އުޅޭނެ ދޯ އެކީގަ.. ” އިލްޔާ ކުދި ކިޔެވެ. ” ދަރިފުޅު ގަޔާ ވަނީތަ […]
މުޅި މާހައުލު ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ. ކަޅު އަނދިރިކަން ވެރިވެފައިވާ އެ މަގުމަތީގައި ފުރާވަރުގެ އަންހެން ކުއްޖަކު ފިޔަވައި އެހެން އިންސާނެއް ފެންނާކަށް ނެތެވެ. އެ އަންހެން ކުއްޖާ އުޑާއި ދިމާއަށް ބަލަހައްޓައިގެން އިނީ ކަމަކާ ވިސްނާފަދަ ގޮތަކަށެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ބިންމަތިން ތެދުވެފައި އެ އަންހެން ކުއްޖާ ދުއްވައިގަތީ ހަނި ގޯޅިއަކާ ދިމާއަށެވެ. ” މިހާ ދަންވަރު ކޮންތާކު އުޅެފަ ތިއައީ!!؟؟ ” އެ އަންހެން ކުއްޖާ އައިސް […]
ލ މާޒް އިންޓަރނޭޝަނަލް ކޮލެޖުގެ ގޯތިތެރޭގައި ކުދިންނާއި ޓީޗަރުން ހޭލަމޭލަވަމުން ދިޔައެވެ. އެކުވެރިން ތަކާއެކު ވާހަކަ ދައްކަމުން އައި ޖަޒްލާގެ ދެންމެފޮޅުނު ތާޒާ ޅަ ފިނިފެންމަލެއް ފަދަ ދޮން މޫނުގައި ފަރިވެފައިވީ އުފާވެރިކަމުފެ ލުއި ހިނިތުންވުމެކެވެ. އޭނާއަކީ ދުނިޔޭގައި ހުރި އެންނެ އުފާވެރި އަދި އެންމެ ނަސީބުރަނގަޅު ކުއްޖާ އޭ ފެންނަ މީހެއްގެ ހިތަށް އަރައިފާނެއެވެ. މަޑު ނޫ ކުލައިގެ އަތްދިގުޓޮޕަކާއި ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރިއިރު ރީތިކަމުގެ އިންތިހާއެވެ. ކައިރީގައިތިބި ދެ އެކުވެރިންނާއެކު ސަމާސާ ވާހަކަތަކެއް […]
“ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް ޒައިކް؟ ހީ އިޒް ނޯ މޯރ. ހައު އިޒް އިޓް…” ޒައިނީ އެހެން ބުނެ ނުނިމެނީސް ޒައިކާންގެ ފައިން ދޮރުގައި ޖެހުމުން އެދޮރު ބިންދައިގެން ދިޔައެވެ. ލިބުނު ސިހުމާއިއެކު ޒައިނީއަށް ނިކާންގެ ގައިގައި ބައްދައިގަނެވުނެވެ. މިކަމަށް ތައްޔާރުނުވެ ހުރި ނިކާންއަށް ހީވީ ބޮޑު ބޯވައެއް އޭނާގެ ގައިގައި ބައްދައިލިހެންނެވެ. ނިކާންއަށް ތެޅިގަނެފައި ދުރަށް ޖެހެވުނެވެ. ޒައިނީ ލަދުން އިސްޖަހައިގެން ހުރުމަށްފަހު އިސްހިއްލައިލީ އެއްވެސް މީހަކު ވާހަކަ ނުދެއްކުމުންނެވެ. ޒައިނީއަށް ފެނުނު […]