ފުރާވަރު އުމުރުގައި ކުދިންނަށް ކައްކަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. އެކަމުން ގެއްލުމެއް ނުވާއިރު، އެކަމުން ނުހަނު ގިނަގުނަ ފައިދާތަކެއްވެއެވެ. މާދަމާ ކެއްކޭނީ އަދު ކައްކަން ދަސްކުރި އެއްޗެކެވެ. ކުދިން ކާހިތް ނުވާ އެތައް އެއްޗެއް އަމިއްލައަށް މީރު ގޮތްގޮތަށް ތައްޔާރު ކޮށްގެން ކައި އުޅެއެވެ. ކުދިން ކައްކަން ހިތް ޖައްސުވާ އެކަން ކުރަން ފެށުމުން މިއީވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިގޮތަށް ތައްޔާރު ކުރާ ކާނާއަށް ތަޢުރީފު ކުރުމަކީ އެކުދިން އެކަމަށް ހިތް ޖެހޭލެއް […]
“އެދެމީހުން އެހަށް އަހަރެންގެ ކޮޓަރީގައި ބެހެއްޓީމައި ރައްކާތެރިވާނީ.” ޒައިކާން އެހެން ބުނުމަށްފަހު އަތުން އަލިތަކެއް ފޮނުވައިލައި ދެމީހުން އެތަނުން ގެއްލުވައިލިއެވެ. ދެން ޒައިކާންގޮސް ނިކާން ބާއްވައިފައި އޮތް ކޮށީގެ މަތިނަގައި ނިކާންގެ ކަރުގައި ހިފިއެވެ. އެވަގުތު ނޫކުލައިގެ އަލިގަނޑެއް އަރައި ނިކާން ބަދަލުވީ ނޫކުލައިގެ ސައިރެންއަކަށެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވައިލަމުން އޭނާގެ ކައިރީގައ ތިބި މީހުންނަށް ނަޒަރު ހުއްޓުވައިލިއެވެ. “ނޫރީން؟” ސައިރެންއެއްގެ ސިފައިގައި ނިކާންގެ ލޯބިވާ ކޮއްކޮ ހުރިކަމުގައި ވިއަސް އޭނާއަށް ނޫރީން ވަކިކުރަން އުނދަގުލެއް […]
ވިސްނާލަމާތޯއެވެ. ވިސްނާލަންވީ މުޖްތަމައު އާއި މެދުގައެވެ. މިކުޑަ ދިވެހި ރާއްޖޭގެ ދޭސީން އެއް ފަސްގަނޑެއް ގައި އުޅޭ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ މިކުޑަ ފަސްގަނޑަކީ އާބާދީގެ ގޮތުން ހަތަރު ލައްކައާއި ގާތްކުރާ ވަރަސް މީހުން ދިރިއުޅޭ ގައުމެކެވެ. މި އެންމެން އެއްފަސްގަނޑެއްގައި އުޅޭނަމަ، ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ވައި ނުސާފުވެ ބަލިމަނޑު ކަމެއް ފެތުރޭނޭ ކަމީ ޔަގީން ކަމެކެވެ.މި ކުޑަ ދިވެހި ރާއްޖެ ބަލިމަޑު ކަމެއްގެ ތެރެއަށް ނުގެބެވޭ ގޮތަށް އަތޮޅުތަކެއް އުފެދިފައިވާ […]
އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމައުގައި އެންމެ ކާމިޔާބުއެއް ބަޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އަންހެނުންނެވެ. މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތުން ބެލިޔަސް އަންހެނުންގެ އަދަދު މާ ގިނައެވެ. މިކަމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަމެވެ. ހަމަމިފަދައިން އިސްލާމްދީނުގައިވެސް އަންހެނުންގެ ދަރަޖަ ފިރިހެނުންނަށްވުރެ އެތައް ގުނައެއް މަތިވެރިވެގެންވެއެވެ. ކުރު އިބާރާތާކުން އަންހެނުން ސިފަ ކުރާނަމަ ސިފަ ކުރެވޭނީ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ. އަންހެނުންނަކީ މިހާ ގަދަރު ވެރި ބަޔަކަށް ވެފައިވާއިރު އެ މީހުންނަށް ލިބެންޖެހޭ ފުރުސަތުތައް އެންމެ ފުރިހަމަ ގޮތުގައި […]
އާދޭހެވެ. މި ދަންނަވަނީ ކާމިޔާބު ދިރިއުޅުމެއްގެ ވާހަކައެވެ. ގަހެއްގެ ތެރެއިން ފުރޭނިގެން އަންނަ އިރުގެ ދޯއްޖެއްގެ ބީދައިން ކާމިޔާބު ދިރިއުޅުމަކަށް ވާސިލުވެވޭނީ ފުރިހަމަ ސިއްހަތެއް ލިބި ފުރިހަމަ ވެގެންނެވެ. ސިއްހަތެއް ނެތިއްޔާ ދިރިއުޅުމެއްގެ ބޭނުމެއް ވެސް ނެތެވެ. ސިއްހަތެއް ނެތިއްޔާ ފުރިހަމަ ކަމެއް ނުލިބޭނެއެވެ. ސިއްހަތެއް ނެތިއްޔާ އުފަލާއި އަރާމާއިއެކު ވެއަތު ކުރެވޭނެ ރަން ޒަމާން އެއޮތީ ހަމައިން ނެއްޓިފައެވެ. އަހަރެމެންގެ މުޖްތަމައުގެ އަފްރާދުންނޭވެ. މި ދިރިއުޅުމަކީ އަބަދުހެން އުފަލާއި އަރާމާއި އެކު ދުއްވާލެވޭނޭ ދިރިއުޅުމަކީ ނޫނެވެ.ތިމާ […]
ކޮރޯނާ މުސީބާތް، މިއި ބޮޑު ވަބާއެއް، ނެތޭ ނެތިވެ ގޮސްފާ، މިއީ ބޮޑު ވަބާއެއް، ކުރަންވީ ކަމެއް ނެތް، ބުނަންވީ ބަހެއް ނެތް، ދުލުން އަދު މިކިޔެނީ، މިއީ ބޮޑު ވަބާއެއް، ދުލުގަ އަދު ގޮށެއް އޮތް، މޮހޭނޭ ގޮތެއް ނެތް، މިއީ އޭގެ މިސާލޭ، މިއީ ބޮޑު ވަބާއެއް، ޑޮކްޓަރުންނާއި ނަރުހުން، ކުރީ ބޮޑު މަސައްކަތް، ނުވީ ކާމިޔާބޭ، މިއީ ބޮޑު ވަބާއެއް، ވަގުތީ އެ ފަރުވާ، ނުލިބި މަރުވެ ދިޔައީ، ފުރާނައިގެ ކިތަކެއް؟ މިއީ […]
ޒައިނީއަކީ އޭނާގެ މަންމަ ފަދައިން އޮރެންޖް ކުލައިގެ ސައިރެންއެކެވެ. ޒައިނީއަކީ ދޮން ރީިތި ކުއްޖެކެވެ. އޭނާގެ އޮރެންޖު ކުލައިން ހައިލައިޓްކުރެވިފައިވާ ކަޅުކުލައިގެ ރާޅުބާނީ ދިގު އިސްތަށިގަނޑާއި ބޮޑު އޮރެންޖުކުލައިގެ ދެލޮލަކީ އޭނާ ރީތިކޮށްދޭ ކަންކަަމެވެ. އަދި އޭނާގެ ދިގު އިސްކޮޅާއި ހިމަތޮޅި ހަށިގަނޑުންވެސް އެއީ 20 އަހަރުގެ ކުއްޖެކޭވެސް ނުބުނާނެއެވެ. ނޫރީންމެންނަށް ބޭރަށް ނިކުމެވުނުއިރު ކުޑަކޮށް އަނދިރިކަމުން ރޭގަނޑުވެއްޖެކަން އެނގުނެވެ. އެހެންކަމުން އެންމެންވެސް ނިންމީ މާދަމާ މިތަނަށް އަންނާށެވެ. އެންމެން އަތުގުޅުވައިލައި ދެލޯ މަރައިލިތަނާ އަލިގަނޑެއް އެހުރިހާ […]
އަހަންނަކީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އަހަންނަކީ ކުޅިވަރަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. އަދި ވަކިން ހާއްސަކޮށް ކޭމްޕް ފަދަ ކަންތައްތަކަށެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި ދިމާވި ކަމަކާ ގުޅިގެން އެކަންތައްތައް ދެކެ އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ހިތުގައި އޮތް ޝައުގެއެގެ ބޮޑުކަމުން އަހަންނަށް އެކަންތަށް ތަކަ ދުރުވާން އުނދަގޫ ވިއެވެ. އަހަރެން ބެލީ އެކަންތަކާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. އެހެންނަމަވެސް ހަޔާތުގަ ކުރިއަށް ކަންހިނގާނެ ގޮތް އެނގެނީ ފަހެ ކާކަށް ހެއްޔެވެ. ***** […]
“ފިރިމީހާއޭ!؟،…. އީތަން!؟،…. ކާކުބާ!؟….” މައިޝާ ހިތާހިތާ އަހާލިއެވެ. އޭނާ އަށް ވަނީ އޮޅިފައެވެ. އެހެން ނަމަވެސް އޭނާ ލައިލައި ހުރި ނޭވާ ހިފަހައްޓާލެވުނީ ދޮރުން ވަދެގެން އައި ރީތި ޒުވާނާ ފެނިފައެވެ. ބައިމަތި ފުޅާވެފައި ކަސްރަތީ ހަށިގަނޑެއްގެ ވެރި އެ ޒުވާނާ ފެނިފައި މައިޝާ އައް އޭނާގެ އަނގަ ހުޅުވާލެވުނެވެ. އީތަން އައިގޮތަށް އައިސް ޑޮކްޓަރު ކައިރީހުއްޓި ޑޮކްޓަރުގެ ވާހަކަ ކަނުލާ އަޑު އެހިއެވެ. އަދި ޑޮކްޓަރު ދިން ފައިލް ހިފައިގެން އައިސް މައިޝާ ކައިރީ ހުއްޓުމުން […]