“ތަ….ތަދުވަނީތަ؟” ނޫރީން އިސް އުފުއްލައިލުމަށްފަހު ޒައިކާން އޭނާގެ ކަރުގައި އަތްއަޅައިފައިވާތަން ފެނުމުން އެއްސެވެ. އެވަގުތު ޒައިކާން ބޯހޫރުވައިލިއެވެ. “ދޮން..ބެމެން.” ނޫރީން އެހެން ބުނުމާއިއެކު އެއްޗެއް ހަނދާންވި ފަދައިން ނޫރީންއަށް ބަލައިލިއެވެ. “އާދެބަލަ! އެކަމަކު ނިކާންމެން ހޯދާކަށް ނޫން މިދަނީ.” ޒައިކާން އެހެން ބުނީ ނޫރީން އެއްބަސްވާނެ ކަމަށް ބަލައިފައެއް ނޫނެވެ. ނަމަވެސް ނޫރީން އެކަމަށް އެއްބަސްވިއެވެ. ޒައިކާން ހަމަ ކުރިން ހެދި ގޮތަށް ހުރިހާ ދޮރެއް ލައްޕައި ނޫރީންގެ ދެއަތުގައި ހިފިއެވެ. އެވަގުތު ގަަދަ އައްޔެއް އަރައި […]
ދަންވަރުގެ ވަގުތެވެ. ހަމަހިމޭން ކަމުން މުޅި ރަށް ވަނީ ނިންދަވާލާފައެވެ. ޖަންގަލީގެ ތެރެއިން ދުވަމުން އައި އަންހެން ކުއްޖާ އިރުއިރު ކޮޅާ ފަސް އެނބުރި ބަލާލައެވެ. ވަރުބަލި ވެފައިވުމުން މާނޭވާވެސް ލެވެއެވެ. އެހެން ނަމަވެސް ހުއްޓުމެއް ނެތި ދުވަމުން ދިޔައެވެ. އަތުގެ އެކި ތަންތަނުން ލޭ ހިލިފައިވާ އިރު ލައިގެން ހުރި ހެދުމުގަވެސް އޮތީ ކިލާ އުނގުޅިފައެވެ.ފަސް އެނބުރި ބަލާލާ ގޮތުން ހީވަނީ އޭނާގެ ފަހަތުން މީހަކު އަންނަ ހެންނެވެ. ވެހެމުން ދިޔަ ވާރެއާއެކު އޭނަ ވަނީ […]
“ނޫރީއަށް ރިލޭކްސްވެވޭނެތަ؟ އޭނ؟ އެއީ ނޫރީގެ ހަމައެކަނިހުރި ދޮންބެއޭ. ނޫރީގެ ދެ އެކުވެރިންނޭ. އަޅެ ޒައިކާންގެ ފެމެލީ މީހަކު އެގޮތަށް އަވިއާނާ ހަދައިފި ނަމަ ޒައިކާންއަށް ރިލޭކްސްވެވޭނެތަ؟ ނުވެވޭނެ. ޒައިކާން އަންނާނީ ރުޅި. އެއީ އަދި ބޭރުފުށުން. އެތެރެ ފުށް ރޮއެރޮއެ ހަލާކުވާއިރުވެސް އެމީހަކު ގެނެސްފަނޫނީ ޒައިކާންއަކަށް ރިލޭކްސްއެއް ނުވެވޭނެ. ހަމަ އެގޮތަށޭ. ޒައިކާން. ޓްރައި ޓު އަންޑަރސްޓޭންޑް މީ!” ނޫރީން ކޮޅަށް ތެދުވުމަށްފަހު ބުންޏެވެ. “އައި އަންޑަރސްޓޭންޑް ނޫރީން! އެކަމަކު އެމީހުން ސަލާމަތްކުރުމަކީ އުނދަގޫކަމެއް. އެމީހުން […]
“ނު..ނޫން… އެއީ ހަލާކުވެފަަ.” ނޫރީން އިސްޖަހައިލައިގެން ހުއްޓައި ޒައިކާން އައިސް ނޫރީންގެ ކަރުގައި ފިރުމައިލަމުން ބުނިއިރު އޭނާ ހުރީ ނޫރީންގެ ލެއަށް ފެންބޮވައިގަނެފައެވެ. “ހިނގާބަލަ އެއްޗެއް ކައިލަން. ނޫރީ ނޫޑްލްސް ކައްކާނަން. ދޭބަލަ އެންމެން އިށީންނަން. ނޫރީ އެބަ އަންނަން އެއްޗެހި ބަދަލުކޮށްގެން…” ނޫރީން ބުންޏެވެ. “ނޫރީ އަންނަން ދެން އަހަރެން ފިޔައި ނޮޅާނަން އިނގޭ…” ކީވާ އެހެން ބުނެފައި ބަދިގެއަށް ދިޔައެވެ. “ފާޚާނާ ކޮބާ؟” ޒައިކާން ގަސްތުގައި ނޫރީންއާއިއެކު ދާންވެގެން އެއްސެވެ. “އާދޭ!” ނޫރީން އެހެން […]
“ޒައިކާން! ނު..ނޫން…” ނޫރީންއަށް ބޭއިޚްތިޔާރުގައި ޒައިކާންގެ ކޮނޑުގައި އޭނާގެ ދެއަތުން ހިފެހެއްޓުނެވެ. ޒައިކާން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލުމަށްފަހު ނޫރީން އޭނާއާއި ކައިރިކޮށްލިއެވެ. ދެން ޒައިކާން ކޮށްލި ކަމަކުން ނޫރީން ދިޔައީ ސިއްސައިގެންނެވެ. ޒައިކާން ބޯ އަރިކޮށްލުމަށްފަހު ނޫރީންގެ ކަރުގައި އޭނާގެ ދެފޭރާ ދަތުން ދަތް އެޅިއެވެ. އެތަނަށް ތަދުވިވަރުން ނޫރީންގެ އަނގައިން މަޑުމަޑު ‘އާހް’ އެއް ނިކުތެވެ. ހަމަ އެވަގުތު ނޫރީންގެ ދެލޯ ބަށިކުލައިން ދިއްލުނެވެ. ޒައިކާން ދެތިން މިނެޓު ވަންދެން އެހެން ހުރުމަށްފަހު އޭނާގެ […]
“ނޫރީ މެލޭޝިޔާއަށް ގެންގޮސްދީފާނަންތަ؟” ނޫރީން އޭނާގެ ބައްޕަގެ ޚިޔާލުތަކާއި ދުރުވުމަށް ޒައިކާންގެ ކައިރީގައި އެއްސެވެ. “އާނ! އާދޭ!” ޒައިކާން އެހެން ބުނަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. “އެކަމަކު…” ޒައިކާން ދޮރާއި ހަމައަށްގޮސް އެއްޗެކޭބުނަން އުޅުނު ގަޑީގައި ހުއްޓުން އެރީ ނޫރީންގެ ފަހަތުގައިހުރި ސޫރަ ފެނުމުންނެވެ. “އެކޮޅަށް ޖެހޭ!” ޒައިކާން ވާތުފަޅިއަށް އިޝާރާތްކޮށްލަމުން އެހެން ބުނުމުން ނޫރީން އެއްފަރާތަށް ޖެހިލަން އުޅުނެވެ. ނަމަވެސް ގުޑިވެސް ނުލެވުނީ މީހަކު އޭނާގެ ކަރުގައި ހިފެހެއްޓުމުންނެވެ. ނޫރީންއަށް ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. […]
“ހޫނ! ކިހިނެ…” ނޫރީން އެހިސާބަށް ބުނެވުނުތަނާ ހުއްޓުންއެރިއެވެ. ނޫރީން ހުއްޓުންއެރީ އެމީހުންގެ ހާސްވެފައި ތިބިތަން ފެނުމުންނެއް ނޫނެވެ. ކޮޓަރީގައި ހަރުކޮށްފައިހުރި ފޮޓޯ ފްރޭމްް ފެނިފައެވެ. “ނޫރީ ކީތްވެ ސިޓިންރޫމަގަ ތި ހުންނަނީ؟” ނިކާން ހިތްހަމަނުޖެހިފައި އެއްސެވެ. “މަންމާ!” ނޫރީން އެހެން ބުނެލުމަށްފަހު ނިކާންގެ ފަހަތުގައިހުރި ފާރާއި ދިމާއަށް ދާން ފެށިއެވެ. ނިކާން ހައިރާންކަމާއިއެކު އެދިމާއަށް އެނބުރުނު ގަޑީގައި އޭނާގެ ލޮލުގައި ނޫރީންއަށް ފެނުނު ފޮޓޯ ފްރޭމް އަޅައިގަތެވެ. ނިކާންވެސް އެއާއި ދިމާއަށް ދާން ފެށިއެވެ. ނޫރީންގޮސް ފޮޓޯ […]
“ހޫނ! ކިހިނެ…” ނޫރީން އެހިސާބަށް ބުނެވުނުތަނާ ހުއްޓުންއެރިއެވެ. ނޫރީން ހުއްޓުންއެރީ އެމީހުންގެ ހާސްވެފައި ތިބިތަން ފެނުމުންނެއް ނޫނެވެ. ކޮޓަރީގައި ހަރުކޮށްފައިހުރި ފޮޓޯ ފްރޭމްް ފެނިފައެވެ. “ނޫރީ ކީތްވެ ސިޓިންރޫމަގަ ތި ހުންނަނީ؟” ނިކާން ހިތްހަމަނުޖެހިފައި އެއްސެވެ. “މަންމާ!” ނޫރީން އެހެން ބުނެލުމަށްފަހު ނިކާންގެ ފަހަތުގައިހުރި ފާރާއި ދިމާއަށް ދާން ފެށިއެވެ. ނިކާން ހައިރާންކަމާއިއެކު އެދިމާއަށް އެނބުރުނު ގަޑީގައި އޭނާގެ ލޮލުގައި ނޫރީންއަށް ފެނުނު ފޮޓޯ ފްރޭމް އަޅައިގަތެވެ. ނިކާންވެސް އެއާއި ދިމާއަށް ދާން ފެށިއެވެ. ނޫރީންގޮސް ފޮޓޯ […]
“އަނހާ! ދަރިފުޅުމެން ކައި ނިމުނީތަ؟” މާޔާ އެއްސެވެ. “ލައްބަ…” ނޫރީން ބުންޏެވެ. “ދޮންބެ އާދެބަލަ!” ނޫރީން ނިކާން ކައިރީގައި އެހެން ބުނުމުން ނިކާންގޮސް ނޫރީން އާއިއެކު ކޮޓަރިއަށްވަނެވެ. “ދޮންބޭ! މީ… މަންމަގެ ގެއެއް ހުންނަކަން އިނގޭތަ؟” ނުރީން ސުވާލުކޮށްލިއެވެ. ނިކާން ހައިރާންކަމާއިއެކު ބޯ ހޫރުވައިލިއެވެ. “ޑޭމް އިޓް!” ނޫރީން އެހެން ބުނުމަށްފަހު ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. “ކޭން ޔޫ ޓެލްމީ ވަޓް އިޒް ހޭޕެނިންގް؟” ނިކާން އެންމެ ފަހުން ކޮޅަށް ތެދުވުމަށްފަހު އެއްސެވެ. “އެއް… […]