ކުރެވޭ މިއީ ޝަކުވާ ހިތާ ނުލިބޭނެހޭ ދުވަހަކު އުފާ ހުރެވޭ މިތާ އެކި ގޮތްތަށް ކުރަމޭ ފިކުރު ގޮތްހުސްވެފާ އަދަދެއްނުވާ މަސްކަތްތަކުން ކުރިޔަސް މިތާ އަހަރެން ބިޒީ އަދުވެސްވެޔޭ އުއްމީދުތަށް ހިތުގައިމަގޭ އާރޯވެފާ އެދެމޭ ލިޔަން ވާހަކަ މިތާ ލަވަޔާ ޅެމާ ހުއްޓާނުލާ އެދުމޭ މިއީ ވާހަކަތަކާ މޮޅު ލަވަ ލިޔުން ހިނިތުންވެފާ އެދެމޭ ކިޔަން ލަވަތައް މިމޮޅު ރާގާއި މިޔުޒިކު އެއްވަރަށް އެދެނީ މިހިތް ބަބުޅާވިދާ ތަރިއެއް ފަދައިން މޮޅު ލަވަކިޔަން ރާގާއި މިޔުޒިކު […]
” މިހާރު ލުޔާ ހާދަ އުފަލުން ހުންނަ ހެން ހީވެއޭ… ކަމެއް ހިނގަނީތަ އަހަރުންނަށް ނޭނގި.. ” ލުޔާ މާ އުފަލުން ހުންނާތީ އިލްޔާ ދިމާކޮށްލިއެވެ. ” ނޯ… އަދި ނުހިނގާ.. އެކަމް… ” ލުޔާ އަނގަ ލައްޕާލިއެވެ.” ހްމް؟ އެކަމް..؟؟ ” އިލްޔާ ކެތްތެރިކަން ކުޑަ ގޮތަކަށް އެއްސެވެ.” އައި ލައިކް ސަމްވަން… އޭނަ ފެންނާން އުޅޭތީ އުފާވަނީ ހަމަ… ނުބުނައްޗޭ ހަމަ އެކަކު ކައިރީ ޕްލީޒް.. ” ލުޔާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.” […]
ހަވީރު ގަޑީގައި އިލްޔާ އާއި ލުޔާ ތައްޔާރު ވެގެން ތިއްބެވެ. ޔާނީ އާއި ނިހާ ވެސް އައިސްފިއެވެ. އައިހާ އާއި އީތަންވެސް މެއެވެ. އެންމެން ހަމަވުމުން ލުޔާ އާއި އިލްޔާ ކޭކު ފެޅިއެވެ. ހަމަ ގައިމުވެސް މި އުފަންދުވަހު މި ލިބުނީ ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭފަދަ ހަދިޔާ އެކެވެ. ކުޑައިރުއްސުރެ އެއްބަނޑު އެއްބަފާ ދައްތައެއް ނުލިބިގެން އޭނަ އުޅުނެވެ. ނަމަވެސް މިއަދު ﷲ އިރާދަފުޅުން އެކަން ވެސް ވަނީ ފުރިހަމަ ވެފައެވެ. ދެން އިލްޔާ […]
ފެން ބޯން ވެގެން ނިކުތް އިލްޔާ އަށް ރާއިލް އާއި މަޔާން ދެއްކި ވާހަކަތައް އަޑު އިވުނެވެ.” ކޮން ވާހަކައެއް އިލޫ ކައިރީ ނުބުނެވިގެން އެއުޅެނީ… ” އިލްޔާ ހިތާއި ހިތުން އަހާލިއެވެ.” ނޭނގެ ދޯ… އެކަމް ވަރަށް ބޭނުން އިނގެން.. ” އިލްޔާ ކާގެއަށް ވަންނަމުން ބުންޏެވެ. އެވަގުތުވީ މަޔާން ވެސް ފެން ފުޅިއެއް ބަލާ ވަތް ވަގުތަށެވެ.” ޔާން.. ކޮން ކަމެއް އިލޫ އަށް ސިއްރު ކުރަނީތި.. އަޑު އުވިއްޖެ ދެންމެ ދެއްކި ވާހަކަތައް؟؟ […]
އިރު އޭގެވާޖިބު ކޮށްއަދާ ޓާޓާ ކިއީ ނިންމާލުމަށް ވަރުބަލި ކަމެއް ދާހިއްލުމެއް ރަތްމޫނުގައި ވެސް ނުމެވެއޭ ރަންރަތު ކުލައިން އުޑުމަތިއެކީ ބަބުޅާވިދާ ކުރިއޭ ޖަރީ ރަން ރިހި މުތުން ލޮނުގަނޑު އެކީ ފަރިކޮށް މިތާ ދިއްލައިފިއޭ ކުރެހުންތެރިން މޮޅު ކުރެހުމުން ޝާއިރު ތަކުން ޅެން ބައިތަކުން ކުރެހުން ލިޔުން މޮޅު ހުނަރަކުން ސިފަވެސްނުވާ ހާރީތިއޭ އެކިކަންކަމަށް އައިސް ތުނޑިމަތީ ތިބިމީހުނޭ ހަމަ ދާން ފެށީ މާހައުލު ހުސްވީ ހަމަހިމޭން ރާޅެއްގެ މިޔުޒިކު ފިޔަވައޭ އިރު އޮއްސެނިއްޔޭ […]
ފިރިމީހާގެ މޫނަށް ބަލައލި އަލީޒާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ގެ ނަސޭހަތެވެ. ރައުލް ގެލޮލާއި ލޯ ސީދާ ކޮށްލުމަށްފަހު އަލީޒާ ހިނިތުން ވެލިއެވެ.އަލީޒާގެ ލޮލަށް ބަލަހައްޓައިގެން ހުރި ރައުލްގެ ލޮލަށް ލާނެތްކަން ވެރިވިއެވެ. އެކަން އިހުސާސްކުރެވުނު އަލީޒާ ރައުލް އަށް އަތުނުވާން ްދުއްވައިގަތެވެ. ފާލަންމަތިން ަފައިބައިގެން ގޮސް އަލީޒާ އަށް ދޮންވެލިގަނޑުގައި ކިރިޔާ ފައި އަޅާލެވުނު ކަމެވެ. އޭނާގެ ހަށިގަނޑު ރައުލް ގެ ބާރުގަދަ ދެއަތުގެ ތެރޭގައި ހައްޔަރުވެގެން ދިޔައެވެ. ލުއި ފަތެއް ފަދައިން ރައުލް […]
” އޭ ކައެމެން ކައިވެނި ކުރަނީ ކޮން އިރަކުން.. ” މަޔާން އަހާލިއެވެ. ރާއިލް ވިސްނާލިއެވެ.” މި އަންނަ މަހު ކިހިނެއް ވާނެ.. ” ރާއިލް ބުންޏެވެ.” ކަލޯ ހާދަ އަވަހޭ… އަދި ރައްޓެހިވިތާ ދެތިން ދުވަސް މިވީ .. ” މަޔާން ހައިރާންވިއެވެ.” ޗިލް ޑޫޑް.. އެއް އަހަރާ ގާތް ވަނީ ރައްޓެހިވެގެން އުޅޭތާ… ޔާން މެން ކައިރީ ނުބުނީ ހަމަ ގަސްދުގަ… އިހަކަށްދުވަހު މަ ބުނީ މިއުޅެނީ މީދޫ އަށް ދާންށޭ ހިޝް ކައިރީގަ.. […]
ތާނިޔާ އުޅެނީ އޮފީހުގެ ހެޔޮ މަގާމެއްގައި ވިޔަސް، ޚާޝިޔާއޭ އަޅުގަނޑީ މާތް ޓީޗަރެއްގެ މަޤާމް ފުރާ އާދެ ލިބިދާ ހުސްވަގުތުތަކުގާ ހިނގާލަން ދިޔަޔަކަސް، ނާދެއޭ ދުވަހެއް ހަޔާތުން ދެމިތުރުން ވަކިވަކި ވެދާ ރާވަމުންދާ ރޭވުމަށް ކުރަމުންޢަމަލު ގޮތްހުސްވިޔަސް، އާވަމުން އާރޯވަމުން އުންމީދުވީ ކުލަޖެއްސިފާ ތާނިޔާ ހުއްޓާ އެގޮތުގާ ޙާޝިޔާ ކާއިވެނިވިޔަސް، ތާނިޔާ ނޫން މީހަކާ ވާހަކަ ނެތޭ ހިއްސާކުރާ އާދެ މާޒީވާން ދުވަސްތައް އުފަލުގާ ދޫކޮށްލިޔަސް، ނާދެއޭ ހަމަ ހާސްކަމެއް ބޯގޮއްވުމެއް އެ ނަސީބުގާ ލާމަސީލު މިސާލު […]
މެމްދަމުގެ ހަމަ ހިމޭން ވަގުތެ . އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ . ރަށް ވަނީ ވަރަށް ވެސް ހަމަހިމޭން ކަން މަތީގައެވެ . މީހުން ވަނީ އެ މީހުން ގެ ނިދިން ފޮނި މީރު ކަން ހޯދަމުންނެއެވެ . ނަމަވެސް އަހަރެން ގެ ލޮލަކަށް ނިންޖެއް ނާދެއެވެ . މިއީ ދުވަހަކު ވެސް ވީ ކަމެއް ނޫން ކަން އަހަރެންނަށް އިހުސާސް ކުރެވުނެއެވެ . ލޯ މަރާލާ ގަޑީގައި އަހަންނަށް ފެންނަނީ ކުއްޖެގެ ސޫރައެވެ . […]