އެގަޑީގައި ރާކިން އައިސް އަހަރެން ކައިރީގައި ބުންޏެވެ.”ފޯނު ދީބަ”އެއާއެކު އަހަރެން ބުނީމެވެ.”މި ގަޑީގަ” އެއާއެކު އޭނާ ބުންޏެވެ.”މި ގަޑިއަކު ނޫން..އާޝި އަށް ފެންނަ ވަގުތަކު ފޯނު ދިނީމަ ރަނގަޅުވާނެ”އެއާއެކު އަހަރެން “އޯކޭ” އޭ ބުނެލީމެވެ.އެކިކުދިން އެކުދިންގެ ކުލާހަށް ވަންނަމުން ދިޔައެވެ.ކަންދިމާކުރި ގޮތުން މިޔަދު ގޭޓް ކައިރީ ހުންނަން ޖެހުނީ،އަހަންނަށާއި ރާކިން އަށެވެ.އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ.އިންތިހާއަށެވެ.ގޭޓް ކައިރީ ހުންނަންޖެހޭ ވަގުތު ހަމަވުމުން އަހަރެމެން ދެމީހުން އެކުއެކީގައި ކުލާހަށް ވަނީމެވެ. ކިޔެވުމުގެ ގަޑި ނިމުމާއެކު އަހަރެން،އެތާ ހުރި ބެންޗްއެއްގައި […]
އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީމެވެ.މަންމަ ތައްޔާރުކޮށްދިން ނާސްތާ ވަރަށް މީރޭ ކިޔަމުންނެވެ.އަމިއްލަ ނަފްސަށް އަޑުއިވޭނެ ވަރަށެވެ.އެކި ޙިޔާލުތަކުގައި ހުރެ ސުކޫލަށް ވަނީމެވެ.މިއަހަރަކީ އަހަރެން އޯލެވަލް ހަދާ ފަހަރުކަމުން އަހަރެން ފޯނާ ކުޅުން މަދުކުރީމެވެ.ކުލާހަށްވަދެ އަހަރެން،އަހަރެން އިންނަ ޑެސްކް ކައިރިއަށް ގޮސް،ގޮޑި ދަމާލާފައި އިށީނދެލީމެވެ.ކުލާހުގައި މިވަގުތު އުޅެނީ އަހަންނާ ރާކިންއެވެ.ސަބަބަކީ އަހަރެމެން ދެމީހުންނަކީ،މިކުލާހުގައި ތިބި ހަމައެކަނި ދެ ޕްރިފެކްޓަރުންނަށް ވީތީއެވެ.އަހަންނަކީ ސުކޫލް ކެޕްޓަނެވެ.ރާކިންއަކީ ސުކޫލް ޑެޕިއުޓީ ކެޕްޓަނެވެ.އަހަރެމެން ދެމީހުންނަކީ ވަރަށް ގާތް ދެރަޙުމަތްތެރިންނެވެ. ނަމަވެސް..އަހަންނަށް ރާކިންދެކެ އިންތިހާއަށް […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ. އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ […]
ހެނދުނުގެ ނާސްތާކުރުމަށް ހިޔާލީގޭގެ ތިން މެމްބަރުންވެސް ތިބީ ހަމަހިމޭންކަމާއި އެކުއެވެ. ސައިބޯން އިށީނދެ ފަސް މިނެޓުވެސް ނުވަނީސް ހަދިޔާ ތެދުވެއްޖެއެވެ. “ދަރިފުޅާ ހާދަ އަވަހަކަށް؟ އަދި މާ މަދު.. އިށީނދެ އަދި ” ހަދިޔާގެ މަންމަ ޒަރީނާ ޝަކުވާކުރިއެވެ. “ތެދެއް ދަރިފުޅު. އަދި އިށީނދޭ.. ތި ކެވުނީ ދެން ކޯންޗެއް؟!” ގާސިމްވެސް ބައިވެރިވެލިއެވެ. ހަދިޔާ އެއްވެސް އެއްޗެއް ބުނާކަށް ނުހަދައެވެ. އޭނާގެ ޖަވާބަކަށްވީ ލުއި ހިނިތުންވުމެކެވެ. އެއީ މިހާރަކަށް އައިސް މިގޭގެ ކާ މޭޒު ދޮށުގެ އާންމު […]
ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ކެރިގަނޑު ބޯކޮށްލައިފިއެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި އަހަންނާއި އަަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހޮސްޕިޓަލުން ނިކުމެ ދުއްވައިގަތީމެވެ. ކުޑައެއް ނުވަތަ ކޯޓެއްވެސް އަހަރުމެން އަތަކު ނެތެވެ. ހޮސްޕިޓަލަށް އައީ ސައިކަލަކު ނޫނެވެ. ދެން އެނބުރިދާން އަރާނެ ސައިކަލެއްވެސް ނުހުންނާނެ ނޫންހެއްޔެވެ. ކާރަކަށްވެސް އެރޭނީ ލާރިއެއް ދެ މީހުން ކުރެ އެކަކުގެ އަތުގައިވެސް އޮވެގެނެއް ނޫންހެއްޔެވެ. އަހަރެމެންގެ އެކުވެރިއެއް ކަމަށްވާ ޝިފާން އެކްސިޑެންޑްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ޒިޔާރަތް ކުރަން އައިއިރު މޫސުން އޮތީ […]
މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި މިއީ “ފޯރިއަރުވާލާ” ވަގުތެވެ. އޮފީހަށް މެންދުރުފަހުގެ ޑިޔުޓީއަށް ދާމީހުންނެވެ. އިސްކޫލަށް ކުދިން ލާންދާ ބެލެނިވެރިންނާއި ބިދޭސީންނެވެ. މިތަނުގައި ގަހެއް ފެންނަން ހުންނަ ދިމާލެއް މަދެވެ. ގަސްތައް ހައްދާފައި ހުއްޓަސް ހުންނަނީ ޕޭމަންޓަށް ހިޔާވާ ގޮތަށް ކަމުން ދުއްވާ އެއްޗެހީގައި އުޅޭ މާލޭގެ އަހުލުވެރީންނަށް މިއީ އަޛާބެއްފަދަ ވަގުތެކެވެ. މެދުމިނުގެ ދުވެއްޔެއްގައި އަހަރެންގެ ސައިކަލު ދުއްވާފައި ދިޔައިރު ދެ ނޭވާ ދޭތެރެއިން ހުއްޓި ހުންނަން ޖެހެނީ މަދެއްކޮށެއް […]
ފާއިޒަކީ އޭނާގެ އުމުރުން އަށް އަހަރުން ފެށިގެން ޔަތީމު ހާލުގައި އުޅެމުން އަންނަ ކުއްޖެކެވެ. އޭނާގެ ބައްޕަ ނިޔާވިތާ ދެ އަހަރު ވީއިރު މިއަދާ ހަމަޔަށްވެސް އޭނާ ބަލަމުން އައީ އޭނާގެ ހިތްވަރުގަދަ ހުވަފަތް މަންމައެވެ. ގޭގެއަށް ގޮސް މަސައްކަތްތައް ކޮށްދީގެން ރުފިޔާ ހޯދައިގެން ފާއިޒުގެ ކިޔެވުމުގެ ހުރިހާ ކަމެއްހެން ހަމަޖެހެނީ ހަމަ ކިރިޔާއެވެ. ފާއިޒަށް ބައްޕައެއް ނެތްކަން އިހުސާސް ވިޔަ ނުދޭން އެ މަންމަ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދިމާފެވައިވާ އެތައް ދަތި ތަކާހުރެ އެ މަންމަ ވަނީ […]
ހިނގަމުން ދިޔަ ގަޑީގެ ސިކުންތު ކަށްޓާ ދިމާލަށް ކަޅި ހިންގައިގެން އިން ނަޝްފާ ޚިޔާލަަށް ކުއްލިއަކަށް އައީ މީގެ ދިހަ އަހަރު ކުރިން މަދަރުސާގައި އުޅުނު އިރު ހިނގި ހާދިޞާއެކެވެ. އޭނާގެ ހިތުން ފޮހެވިގެން ނުދާނެ ހާދިޞާއެކެވެ. މިހާރު ކިޔުންތެރިން ހިތަށް އަރާނެއެވެ. ކިޔައިދޭން މިއުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެކެވެ. ނޫނީ ހިތާމަވެރި ހާދިސާއެކެވެ. ނޫންތޯއެވެ. މިފަހަރު ތި ހީވީ މުޅިން ގޯސްކޮށެވެ. މިއީ މަަޖާ ވާހަކައެކެވެ. ނުހެއްޗެވެ. އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ނަޝްފާއާއި، […]
މޭޒުމަތީގައި ދެ ފެންތަށި އޭނާ ބަހައްޓާލިއިރުވެސް އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ މޭޒު ހުންނީ ކުޑަދޮރު ކައިރީގައެވެ. އެހެންކަމުން ކުޑަދޮރުގެ ބިއްލޫރި ގަނޑު ތޮރުފާލާފައި ވަތް އިރުގެ އަލި އަމާނީގެ ދޮން ކަނދުރާއަށް އެޅުމުން އާޝޯޙްވެފައި އަހަންނަށް ހުރެވުނީއެވެ. އަމިއްލަ އިޙްތިޔާރުން ބޭރުގައި އަމާނީއާއި ދިމާލަށް އަހަންނަށް ހިނގައިގަނެވުނެވެ. ފަހަތުން އޭނާ ގައިގައި ބައްދާލާ އެ ކަނދުރާގައި ބޮސްދެވުނެވެ. ހީލިކަރުވައިގަނެގެން ކަހަަލަ ގޮތަކަށް އަމާނީ ތެޅިގަތުމުން އަހަންނަށް މަޖާވިއެވެ. އަނެއްކާވެސް އެކަހަލަ ސަމާސާއެއް ކޮށްލާ ހިއްވިއެވެ. […]