Skip to content
އެސްފިޔަ

އައި ލަވް ކަލާދެކެ އިންތިހާ

ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ކެރިގަނޑު ބޯކޮށްލައިފިއެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި އަހަންނާއި އަަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހޮސްޕިޓަލުން ނިކުމެ ދުއްވައިގަތީމެވެ. ކުޑައެއް ނުވަތަ ކޯޓެއްވެސް އަހަރުމެން އަތަކު ނެތެވެ. ހޮސްޕިޓަލަށް އައީ ސައިކަލަކު ނޫނެވެ. ދެން އެނބުރިދާން އަރާނެ ސައިކަލެއްވެސް ނުހުންނާނެ ނޫންހެއްޔެވެ. ކާރަކަށްވެސް އެރޭނީ ލާރިއެއް ދެ މީހުން ކުރެ އެކަކުގެ އަތުގައިވެސް އޮވެގެނެއް ނޫންހެއްޔެވެ. އަހަރެމެންގެ އެކުވެރިއެއް ކަމަށްވާ ޝިފާން އެކްސިޑެންޑްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ޒިޔާރަތް ކުރަން އައިއިރު މޫސުން އޮތީ ބަނަކޮށެވެ. ވިއްސާރަ މޫސުމަށް ތައްޔާރުނެވެ ދަތުރު ފެއްޓުމުގެ މޮޔަ ހިތަށް އެރިއެވެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ. މިފަހަރު ވޭރޭ ތިކިތަށް އަހަރުމެން ދެމީހުންގެ މައްޗަށް ކުރިހޯދައިފިއެވެ.

ދުވެފައި ދިޔައީ ގަދަޔަށް ސަކަރާތް ގަންނަމުންނެވެ. ކުރިމަތިން ހިނގާލައިފައި އަންހެން ކުއްޖެއް އައިކަމެއް އަހަރުމެން ނުދެނެހުރީމެވެ. ދުވެފައި ގޮސް އެއަންހެން ކުއްޖާ ގައިގައި އަޅައިގަނެފައި އަހަރެން ވެއްޓުނެވެ. އަހަރެންގެ އެކުވެރިޔާ ޒިވާންވެސް އޭނާގެ ދުވުން މަޑުޖައްސާލިއެވެ. އަހަރެންގެ ހަށިގަނޑު އެއަންހެން ކުއްޖާގެ ނިޔަނެތި ހަށިގަނޑުގައި ޖެހުމުގެ ކުރިން ބިންމަތީގައި އެއް އަތް ވިއްދާލަމުން ބެލެންސް ކޮށްލީމެވެ. ވެއްޓުނު ވަގުތު އެއަންހެން ކުއްޖާގެ ބޮލުގައި އަހަރެން ހިފާއްޓާލީމެވެ. އެހެންނޫންނަމަ އެ ކުއްޖާގެ ބޯ ބިންމަތީގައި ޖެހި ފަޅައިގެން ދިޔައީހެވެ. ކޮންމެޔަކަސް އަހަރެން ހިތުން އަހަންނަށް އެ ކުރެވުނީ ވަރަށް ބޮޑު ކަމެކެވެ. ބިންމަތީގައި އޮށޯވެގެން އެއަންހެން ކުއްޖާ ދެލޯ މަރައި ތަގުޅި ކޮށްލައިގެން އޮވެފައި ލޯ ހުޅުވާލިއެވެ. މުށިކުލައިގެ އެ ލޮލަށް ބަަލަހައްޓައިގެން އަހަންނަށް އޮވެވުނެވެ. އެ ލޮލުގެ ޖާދޫގައި ޖެހި މަސްތުވިއެވެ. އެނާވެސް އޮތީ އަހަންނަށް ބަލަހައްޓައިގެންނެވެ. ޔަގީނުންވެސް އަހަރެންގެ ކަޅުކަންގަދަ ލޮލުގެ މަސްތުގައި ޖެހުނީއެވެ. އަހަރުމެން ދެމީހުންގެ އެ ލޯބި ވަގުތު ކޮޅު ބަލަން ވާރޭ ތިކިތަށް ލަދުގަތީ ކަންނޭނގެއެވެ. ވާރޭ ހުއްޓާލިއެވެ. ނަމަވެސް މިހާރު މިތިބީ ރަނގަޅަށްވެސް ތެމިފައެވެ.

ވާރޭއިން ތެމިފޯވެފައިވާ އެ އަންހެން ކުއްޖާގެ ހަށިގަނޑަށް ބަލާލީމެވެ. އޭނާގެ ލައިގެން ހުރީ ހުދުކުލައިގެ ޓޮޕެކެވެ. އެ ޓޮޕް ގައިގައި ތަތްލަވާފައި ވުމުން އަހަރެންގެ ހިތަށް ވަހުޝީ ހިޔާލުތަށް ވަންނަން ފެށިއެވެ. “އެހެމް. އެހެމް.” ޒިވާން ކަރުކެހެލި އަޑު އިވުމުން މި އޮވެވުނީ މަގުމަތީގައި ކަން ރޭކާލިއެވެ. މަގުމަތީގައި މީހުން ނެތްކަންވެސް ނަސީބެކެވެ. ނޫންނަމަ އަހަރެން ލަދުން މަރުވެދާނެއެވެ. ފިރިހެނަކަސް އަހަންނަކީ ވަރަށް ލަދުވެތި މީހެކެވެ. އެހެން ބުނާކަށް އަހަރެން ލަދެއް ނުގަނެެއެވެ. އެއީ ކީއްވެ ކަމެއް ނޭނގެއެވެ. އެހެންނަަމަވެސް މިހާރު އެކުވެރިން ކައިރި އަހަންނަށް ފޮނިކެނޑޭނެއެވެ. ލޯބީގެ ޑްރާމާއެއްގައި ފެންނާނެ ކަހަލަ ސީނެއް އަހަރެންގެ ހަޔާތުގެ ސަފްހާތަކުގައި ކުރެހިއްޖެއޭ ބުނެވޭނެެއެވެ.

އަހަރެން ތެދުވެ ހަށިގަނޑު ސީދާ ކޮށްލިއެެވެ. އެކުއްޖާއާ ދިމާލަށް އަތް ދިއްކޮށްލީ “ޕްރިންސް ޗާމިން” އަކަށް ވާ ހިތުންނެވެ. ނަމަވެސް އަހަރެން ވަރަށް ކަޑަވިއެވެ. އަހަރެންގެ އަތުގައި އިނގިލިކުރިވެސް ނުޖައްސާލާ ތެދުވެގެން އޭނާ ހިނގައިގަތީ ތުންއަނބުރާލަމުންނެވެ. ދިއްކޮށްލެވިފައި އޮތް އަތް އަހަރެން މުއްކަވާލީމެވެ. އަހަރެންގެ އެކުވެރިޔާ ހަމަ ގަދަޔަށް ހެނީއެވެ. ބޯކަހަމުން އެކުވެރިޔާއަށް ވުރެ ކުރިން އަހަރެން ހިނގައިގަތީމެވެ. އޭނާވެސް އަހަރެންގެ ފަހަތުން ހިނގާފައިއައެވެ. ” ރައްޔާނު ދަ ޕްރިންސް ޗާމިން.” ރާގަކަށް އެހެން ކިޔަމުން ޒިވާންއައެވެ. އެއްވެސް މީހަކަށް ނުފެނުނެއް ކަމަކު އަހަރެންގެ ކަންފަތުން ދުންއަރަމުން ދިޔައެވެ.

އެ ހާދިސާ ހިނގައިދިޔަތާ ދެދުވަސް ފަހެވެ. ވިލާ ކޮލެޖް ކުރިމަތީގައި އަހަރެން އިނީ އަހަރެންގެ ކޮއްކޮ ލައުހާ ބަލައި އައިހެވެ. ގަޑިއަށް ބަަލާލަ ބަލާލަ ސައިކަލު ޕާކު ކޮށްގެން އިނީމެވެ. ހިތާހިތުން ކޮއްކޮ ނުނިކުމެގެން އޭނާއާ ދިމާލަށް ކުދިކިޔާލީމެވެ. ދެން ނިކުމެގެން އައީ އެއްކަލަ އަންހެން ކުއްޖާއެވެ. އެއްކަލަ ވާރޭ މަންޖެއެވެ. އެދުވަހަަށް ފަހު އަހަރެން އެކުއްޖާއަށް ދިންނަމަކީ އެއީއެވެ. އޭނާގެ އަސްލު ނަން ނޭނގޭތީއެވެ. ރަތް ކުލައިގެ ސުވެޓާއަކާއި ކަޅު ޖިންސެއްގައި އެކުއްޖާ ހުރި އިރު އަހަރެންގެ ހިތަށް ހަމަ ރަނގަޅަށްވެސް ތީރެއް ހެރިއްޖެއެވެ. އަސްލު ތީރެއް ނޫނެވެ. ނަމަވެސް ހިޔާލީ އެއްޗެކެވެ. އޭނާ ފެނުމުން އަހަރެންގެ ހިޔާލަށް އެންމެ ފުރަތަމަވެސް އައީ އޭނާ ތުންއަނބުރާލަމުން އަހަންނަށް ފުރަގަސްދިން މަންޒަރެވެ. އަހަންނަށްވެސް ތުންއަނބުރާލެވުނެވެ. އަނެއްކަ މިފަހަރުވެސް އެހެން ވެދާނެބާއެވެ. އެއް ކޮނޑުގައި ލެދާރ ބޭގެއް އަޅުވައިގެން ފޯނާ ކުޅެމުން އޭނާއައީ އަހަންޏާ ދިމާލަށެވެ. ސައިކަލުން ތެދުވެގެން އޭނާއާ ދިމާލަށް އަހަރެން ހިނގައިގަތީމެވެ. “ހައި.” އަހަރެންގެ އަޑު ކައިރިން އިވުމުން އެއްކުއްޖާ އިސްއުފުލާލިއެވެ.

އޭނާ އަހަންނަށް ބަލާލީ އެއްޗެއް ހަނދާކުރަން މަސަތްކަތް ކުރާ ފައަކުންނެވެ. “ހަނދާވެއްޖެ ދޯ.” އަހަރެން ބުނީމެެވެ. “ކޮން އެއްޗެއް.” އޭނާގެ ހިތްގައިމު އަޑު އިވުމުން އަހަރެންގެ ހިތް އޭގެ މަގާމުން ދޫވިފަދައެވެ. ފުން މިއުޒިކީ އަޑެކެވެ. އަހަންނަށް ވަރަށް ކަމުދިޔައެވެ. “އެއްކަަލަ ދުވަހު ވާރޭގެ ތެެރެއަށް ވެއްޓުނެއްނު.” އޭނާއަށް އަަހަރެން ހަނދާންކޮށްދޭ ފެށީމެވެ. “އާން. އެސޮރު ދޯ. ރާއްޔާނު ޕްރިންސް ޗާމިން.” އޭނާ ބުނެލި އެތިން އަހަރެންގެ ތުންފަތްމީގައި ވި ހިނިތުންވުން ފިލައި ދިޔައެވެ. ޒިވާންކީ ލަވަ އޭނާއަށްވެސް އަޑު އިވޭނެކަން ކުރިން އަހަންނަށް ނޭނގުނީ ކީއްވެހެއްޔެވެ. އެކުއްޖާއަށް މަޖާވެގެން ހިނިގަނޑެއް ޖަހާލިއެވެ. އަހަރެން ލަދުގަތެވެ. އަހަރެންގެ ކުރިމަތީގައި ލޯގަނޑެއް ހުރިނަމަ ކޮލަށް އަރާފައި ހުރި މަޑު ޕިންކު ކުލަ ފެނުނީހެވެ.

“ހިނގާފަތަ ތިދަނީ.” ވާހަކަ އޮޅުވާލަމުން އަހަންނަށް ބުނެވުނެވެ. “އާން.” އެހެން ބުނެލަމުން އެ ފަތްމިނި ކަމަނާ ހިނގައިގަތެވެ. އަހަންނަށް ފަސްދީފައި އޭނާ ދާންފެށުމުން ޑްރާމާއެއްގެ ލޯބީގެ ސީނެއް އަަހަރެން ހިތަށް އެރިއެވެ. އެހެން ހަނދާަލަން ހިނގާށޭ އަހަރެންގެ ހިތް ބުންޏެވެ. ކުޑަކޮށް ދުވެލާފައި އެކުއްޖާއާ އެއްވަރުކޮށްލަމުން އަހަންނާއި ދިމާލަށް އަނބުރާލީމެވެ. އަނބުރާލި ގޮތަށް ގޭޓުގައި އެކުއްޖާ ޖައްސާލަން މަސަތްކަތް ކުރީމެވެ. ނަމަވެސް އަހަރެން އަނެއްކާވެސް ޖެހުނީ ބަލި ގަބޫލުކުރާށެވެ. އެ އަންހެން ކުއްޖާ މާ ހުޝިޔާރެވެ. އަހަރެން އަނބުރާލަމުން ގޭޓުގައި ޖައްސާލިއެވެ. އަަހަރެންގެ ވަރުގަދަ ހަށިގަނޑު ގޭޓުގައި ޖެހުމުން ގޭޓުން އަޑެއް ގޮވިއެވެ. ވަރަށް ކަޑައެވެ. އެތާނގައި ތިބި މަންޒަރު ފެނުނު ހުރާޙާ އެންމެން ކަހަލަ ގޮތަކަށް ހޭންފެށީ އަހަންނަށް މަލާމަތްކުރާ ފާޑަކަށެވެ.

“ހިނގާފަ ދަންޏާ ލިފްޓެއް ދީފާނަން. އޭރުން ފައިގައެއް ނުރިއްސާނެ.” އަހަންނަށް ބުނެވުނީ މޮޔަ އެއްޗެކެވެ. އެކުއްޖާ ހޭންފެށިއެވެ. “ފައިގައޭ. ކާކު ބުނީ މަ މިއުޅެނީ ފައިގަ ރިއްސާތީއޭ. އެން އައި އެހާ މުސްކުޅިއެއް ނުވޭ ހުޅު ހުޅުގަ ރިއްސާތީ އުޅޭކަށް.” އެކުއްޖާ ބުނެލިއެވެ. ހީވަނީ އަހަންނަށް ޖެއްސުންކުރަން އުޅޭ ފަދައެވެ. އަހަރެން ބޯ ކަހާލީމެވެ. ފައިގެ ވާހަކަ ބުނެވުނު މޮޔަ ހިތަށް އެރިއެވެ.1 “އެކަމު ތީނަ އެހާ ބޭނުންވަންޏާ ގޮސްފާނަށް. ” އޭނާ ދެންބުނެލި އެތިން އަހަރެން ވީ އުފާ ބަޔާން ކުރަން ދައްޗެވެ. އޭނާގެ އަތުގައި ހިފައިގެން ސައިކާ ދިމާލަށް ދުއްވައިގަތީމެެވެ. އަހަންނެކޭ މޮޔައެކޭ ހަމަ އެއްފަދައެވެ. “ވެއިޓް. މިތާނގަ މިއޮށް ހުރިހާ އިރު އިނީ މީހެއްގެ އިންތިޒާރުގަ އެއް ނޫންތަ.” ސައިކަލަށް އަރަމުން އޭނާ ސުވާލުކޮށްލިއެވެ.

“އޭނ. ނޫން.” ކޮއްކޮގެ މަތިން ހަނދާންނައްތާލަމުން އަހަރެން ބުނީމެވެ. ކޮއްކޮ ނިކުތުމުގެ ކުރިން ދަތުރު ފެށުމަށް އަވަސްވެގަތީމެވެ. ” ފޯނު ނަންބަރު ދީފާންތަ. މިހާރު މީ ފްރެންޑްސްއެއް ނު.” އަހަރެންގެ އެކުވެރިން ބުނާފަދައިން އެންމެ ފުރަތަމަ ސްޓެޕަކަށް ވާންޖެހޭނީ ފޯނު ނަންބަރު ހޯދުމެވެ. ވަރަށް ފަސޭހައިން ގަލަމަކުން އަހަރެންގެ އަތުގައި އޭނާގެ ފޯނު ނަންބަރު ލިޔެދިނެވެ. ސައިކަލު ސްޓާޓު ކޮށްލި ގަޑީގައި ގޭޓު ކުރިމަތީގައި އަހަންނަށް ބަލަހައްޓައިގެން ހުރި ކޮއްކޮ ފެނުނުނެެވެ.

އަވަހަށް ސައިކަލު ދުއްވާލީމެވެ.” އޭތް ދޮންބޭ. މަޑުކޮށްބަލަ ދޮންބޭ.” ސައިކަލާއި ދިމާލަށް އަތް ދިއްކުރަމުން އަހަރެންގެ ކޮއްކޮ ދުއްވައިގަތެވެ. ސައިކަލު ފަހަތުންނެވެ. “އޯ ޝިޓް.” އަހަންނަށް ބުނެވުނެވެ. “އެ ކުއްޖާއަށްތަ އިންތިޒާރު ކުރީ” އަދިވެސް ނަންނޭނގޭ އެހެންނަމަވެސް ފޯނު ނަންބަރު އިނގޭ އަހަރެންގެ ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖާ ސުވާލުކުރިއެވެ.

“ނޫން.” ހަޅޭއްލަވައިގަންނަމުން އަހަރެން ސައިކަލު އެންމެ ބާރު ސްޕީޑުގައި ދުއްވާލީމެވެ. ފަހަތުގައި އިން އަންހެން ކުއްޖާވެސް އަަހަރެންގެ ބަނޑުގައި ބައްދައިގަތެވެ. ކޮއްކޮއަށް އަހަރެން އަތުނުވާނެކަން ޔަގީނެވެ. އެ އަންހެން ކުއްޖާގެ އަތުގެ ބީހުން އިހްސާސްވުމުން އަހަރެން އުފަލުން ހޭން ފެށީމެވެ. ނަމަވެސް ނެހުވުނު ނަމައޭ ހިތަށް އެރިއެވެ. ހޭންފެށުމާއެކު އެކުއްޖާ އަހަރެންގެ ބަނޑުން އަތް ނައްޓާ ސައިކަލުގެ ފަހަތުގައި ހިފާއްޓާލީއެވެ.

_________________________________

ދުވަސްތަށް މާޒީވަމުން ދިޔައެވެ. ވާރޭ މަންޖެގެ ފޯނު ނަންބަރު ލިބުމުން އޭނާއަށް އަހަރެން މެސެޖުކުރަނީ އޭނާއަށް އުނދަގޫވާނެހާ ގިނައިންނެވެ. އޭނާގެ ނަންވެސް އިނގުނެވެ. އެއީ މަލަކާއެވެ. ނަމަވެސް އަހަރެންގެ ހިތުގެ މަލިކާއެވެ. “ލ”ގައި އަހަރެންގެ ހިތުން ޖަހާނީ އިބިފިއްޔެކެވެ. އެހެން މީހުން އަބަފިލި ޖެހިޔަސް ހެވެވެ.

ނަމަވެސް މަލަކާ ހެއްވަލާ ނުވަތަ އޭނާއާ ގާތްވެ ސަމާސާއެއް ކޮަށްލާ ކޮންމެ ފަހަރަކު ލަދުން އިސްޖަހާލަން އަހަންނަށް ޖެހެއެވެ. އަހަރެންގެ ކޮންމެ ޢަމަލަކާއި ބަހަކަށް އޭނާ ރައްދު ދޭލެއް ފުރިހަމަ ކަމުންނެވެ. އިތުރަށް ބުނޭނެ އެއްޗެއް ހިތަށް އަޔަސް އަނގައިން ބޭރު ކުރާކަށް ނުކެރެއެވެ. އަހަރެންގެ ހިތުގެ މަލިކާ ދެރަވެދާނެތީއެވެ. އަހަރެންގެ އެކުވެރިން ކުރިމަތީގައިވެސް މަލަކާ އަހަރެން ކަޑަ ކުރަނީއެވެ. އެމީހުންނާއެކީ ޓީމް ހަދައިގެން އެއްބަސް ކިޔަގެން ފަދައެވެ.

މިގޮތަށް އަހަރެއް ފާއިތުވީއިރު އަހަންނަށް ޔަގީން ކަށަވަރު ވެއްޖެއެވެ. އެ އަންހެން ކުއްޖާދެެކެ އަހަންނަށް ލޯބި ވެވިއްޖެއެވެ. ވަރަށް ބޮޑަށެވެ. އިތުރަކަށް ދެން ކެތެއް ނުކުރެވޭނެއެވެ. އެ ލޯބި ބީވުމުގެ ކުރިން އޭނާ ކައިރީ ބުނަންވީއެވެ. ލޯބީގެ ވާހަކަތަކާއި ޑްރާމާތަކުގައިވެސް ހަދަނީ އެހެން ނޫންހެއްޔެވެ.

އެއީ ހުކުރު ވިލޭރެއެކެވެ. މެދު އުޑުގައި ސާދަވިލޭރޭގެ ހަނދު ރަނިކަން ކުރަމުން ދިޔައެެވެ. އަހަރެންގެ އެކުވެރިން އިންތިޒާމުތަށް ހަމަޖައްސަ ދިނީ ވަރަށް ފުރިހަމައަށެވެ. ދާދި ދެންމެއަކު މަންމަ އިސްތިރިކޮށްދިން ގަމީސް ލައިގެން އަހަރެންގެ ދެ އެކުވެރިން ކަމަށްވާ ޝިފާންއާއި ޒިވާންއާއެކު ރަސްފަންނަށް މިސްރާބުޖެހީމެވެެ.

އޭރު މަލަކާވެސް އެތާނގައި ހުއްޓެވެ. ޝިފާންއާއި ޒިވާން މަޑުކުރީ ތަންކޮޅެއް ދުރުގައެވެ. “ކޮން ވާހަކައެއް ދައްކަންށޭ.” ހަށަން ބަނދެލަމުން މަލަކާ ބުނެލިއެވެ. “އޭ ރައްޔާން..ގަމީސް ގޮށް ނާޅުވާ ތި ހިރީ.” ގަސްތަކު ތެރެއިން ބޯދިއްކޮށްލަމުން ޒިވާން ވައިއަޑުން ބާރަށް ބުނެލިއެވެ. މޫދުގެ އޮޮއިވަރުގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވޭ އެމާހައުލުގައި ޒިވާންގެ އަޑު މަލަކާއަށްވެސް އިވޭނެއެވެ. އަހަރެންގެ ހަށިގަނޑަށް ބަލާލީމެވެ. ބަނޑާ ދިމާލުން ދެގޮށް އިނީ ނާޅުވައެވެ. އަވަހަށް އަޅުވަލީމެވެ. މަލަކާއަށް ބަލާލިއިރު އޭނާ ހަމަ ހެނީއެވެ. ޒިވާން ދެކެ އަހަންނަށް ރުޅި އާދެވުނެވެ. ގޮށް ނާޅުވާ އިންނަމަވެސް އޭނާ ނުބުނި ނަމަ މަލަކާއަކަށް ނޭނގޭނެ ނޫންހެއްޔެވެ.

ޝިފާން ބުނިގޮތަށް ކަންތަށް ކުރަމުން އަހަރެން މަލަކާއަށް ފުރަގަސް ދިނީމެވެ. އަހަރެން ލައިގެން މިހިރަ ކަޅު ކުލައިގެ ޖިންސުގެ ޖީބުން ފިނިފެންމާ މަލަކާއަށް ދައްކާލާށެވެ. ޖީބުން ފިނިފެންވާ ނަގަން އަހަރެން ހިތުން އަތްކޮށްޕާލީ ޖީބަށެވެ. ނަަމަވެސް އަހަރެންގެ އަތް ޖެހުނީ ފިނި ފެންމަލަކު ނޫނެވެ. އަހަރެންގެ ބުރީގައެވެ. އަހަވަށް އަތްނަގަމުން ފިނިފެންމަލުގައި އަތް ޖެހޭތޯ އުޅުނީމެވެ. ދެ ޖީބުން ކުރެ އެއްޖީބުގައިވެސް ފިނިފެން މަލެއް ނެތެވެ. ދެބުމަ ގޮށްޖެހުނެވެ. މަލަކާއާ ދިމާލަށް އެނބުރިލީމެވެ. ފިނިފެންމާ ހިފައިގެން މަލަކާ ހުރީ ހެވިފައެވެ. މިހާރު މި ވީގޮތް އަހަންނަށް އިނގިއްޖެއެވެ. ފަހަތަށް އެނބުރުމުން އޭނާ ފިނިފެންމާ އޭނާ ނެގީއެވެ. އަނެއްކާ ކަޑަވީއެވެ.

މާ ބޮޑު ކަމަަކަށް އެކަން ނަހަދާ ދުރު ބަލަހައްޓައިގެން ހުރެފައި މަލަކާއަތުން އެ ފިނިފެންމާ ޖަހައިގަންނަ އުޅުނީމެވެ. ނަމަވެސް ދުރު ބަލަހައްޓައިގެން ހުރެފައި އަހަންނަށް ދަމައިގެނެވުނީ އޭނާގެ ހެދުމަށެވެ. އަނގައިން މަޑު ހަޅޭކުގެ އަޑެއް އޭނާ ލައްވާލިއެވެ. އަވަސް އަވަހަށް އަހަންނަށް އެ މާ ދިނެެވެ. އެހިސާބުން އަހަރެންގެ މިޝަން ފެށުނެވެ. އަހަރެން ތައްޔާރު ކުރި ޅެން ބައިތު ކިޔަން ފެށީމެވެ އެއްފައި މައްޗަށް ތިރިވެގެންނެވެ.

އައިލަވް ކަލާ ދެކެ އިންތިހާ ޝައި ބަޓް މިހެން ލިޔެފާ މިތާ

ބައި ދެޓް ޓުޑޭ މައި ލައިފްގާ އައިމީ ބަހާރޭ ހިތް އުފާ

ވެން ފަސްޓް އައި ސޯޔޫ އެރޭ ހެން ހީވީ ހާޓަށް ޕިން ހެރޭ

ދެން މުޅި ބޮޑީ އެކުގާ ވިރޭ ހެން ފީލްވީ ވައި؟ ކަން ނޭނގިފާ

އަހަރެންގެ ހިތުގެ އިހްސާސްތަށް ކިޔާދިނީމެވެ. ޅެން ބައިތަކުންނެވެ. “އަހަންނާ ރައްޓެހިވާނަންތަ.” އަހަރެން އުންމީދާއެކު ފިނިފެންމާ ދިއްކޮށްލަމުން ބުނެލީމެވެ. “އައި ހޭޓް ކަލޭ ދެކެ އިންތިހާ.” އެހެން ބުނެލަމުން އޭނާ ހިނގައިގަތެވެ. އަހަންނަށް ފަސްދީފައެވެ. އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވާލައިފައެވެ. ހިތް ރޮއްވާލާފައެވެ. ފިނި ފެން މާ ބިންމައްޗަށް ވައްޓާލަމުން އަހަރެންވެސް އައި ކޮޅަށް ހިނގައިގަތީމެވެ.

ނަމަވެސް އަހަރެންގެ ފަހަތުން މީހަކު ދުވެފައި އައިއަޑު އިވެއެވެ. ޒިވާންކަމަށް ހީކޮށް ފަހަތް ނުބެލީއެވެ. ނަމަވެސް އައިގޮތަށް އައިސް އަހަރެން ބަނޑުގައި މީހަކު ބައްދައިގަތެވެ. ބައްދައިގަންފާ އޮތް ދެއަތް ދިއްކޮށްލީ އަހަރެން ދާދި ދެންމެއަކު ބިންމައްޗަށް ވައްޓާލި ފިނިފެންމެލެވެ.

އައިއޭމް ޓެލިން މީ ހަމަ ތެދޭ މައިހާޓު އޮތްބެއް ނޯވެޔޭ

ޑޫ ކޮންސިޑާރ މީ ލޯބިވާ ޔޫކަމް ޓުމީ މައި ލޯބިވާ

ހޫކަން މަމީ އެނގި ފާޅުގައި ޑުސަމް ކެއާރ ހިނިތުންވެފާ

ސޯ ހޭންޑްސަމް އަދި ސޯ ނައިސް ނޯވަން މި ދުނިޔޭގާ އައިސް

ފޯ ޔޫ ފްރޮމް އޯލްދީސް ވުމަން ލޯބީގެ މި ޕޮޔަމް ލެޔެވިފާ

އާނއެކެވެ. އެއީ މަލަކާގެ އަޑެވެ. އަހަރެންގެ ހިތުގެ މަލިކާގެ އަޑެވެ. އުފަލުން އަހަރެން ފަހަތަށް އެނބުރުނީމެވެ. ގަބޫލުނުކުރެވިފައި ހުރެވުނީއެވެ. “އަހަންނާ އިންނާންތަ.” އަހަރެންގެ ގައިގައި މަލަކާ ބައްދައިގަތެވެ. އަހަރެން ބުނި އެއްޗަށް ވުރެ މޮޅު އެއްޗެއް ބުނެލަމުނެވެ. އާކަމެއް ނޫނެވެ. އެެއީ އަހަންނާ ވާދައަށް އުޅޭ ވާރޭ މަންޖެއެވެ. “ޔެސް” އޭ ބުނެލަމުން އުފަލުން އޭނާ އުރާލައިގެން އަހަރެން އެބުރިގަތީމެވެ.

( ނިމުނީ )

Comments (57)

  1. xeyboooo

    HEHE SALHI….

    1. nonni?
      xeyboooo

      thanks xeyboooo

  2. Rishy

    Haha.. ishaan n jaanvi nice couple and this story t???????? funny… haha really nice story and what a lhen baithu… haha??????

    1. nonni?
      Rishy

      eheheheh..thank u

  3. Dandelion

    nonni?dear,cvr pic ga aee Ishan n Jaanv dhw??n vrh rythi mi stry????…kyp it up dear..umaaaaaaaaaaaaaaaaaaaaaaah?????????❤???????lysm

    1. nonni?
      Dandelion

      awww..thanks dear..yh ishaan n jhanvi..ur stry ves vrh reethi nge keep it up…ummmmmah..luv u more

    2. Dandelion
      Dandelion

      Thanks nonni ?dear..nonni gothah kuruvaahaka liyan dhaskuran v thoache???Varah ufaa vejje dear ah vx Dandelion ge stry kamudhiyaeema..heheh

  4. Dhivehi bahah kurafi

    Dhivehi bahah kurafi nuvadhabala.. dhivehi vaahaka liyan beynun nama reethi dhivehi bahun liyan v eh nun. I love kalaa dheke inthihaa yw?? aharen kalaa dheke inthihaa ah lwbi veyey liyuniyya maa reethi vaane

    1. nonni?
      Dhivehi bahah kurafi

      heheh kurafi eruveekee nun..hama majaa kohlee..

  5. lodge

    cant stop laughing ????? btw rayyan… salhi nameh?

    1. lodge
      lodge

      and englsh in poem ge ebbai oi gothun mashah emme gadha ah hevenee.

    2. nonni?
      lodge

      yh..rayyan..still cant forget big siss..

    3. nonni?
      lodge

      ehaa gadhayya nuhehchey dhen…neyvaa kolhun lafaane

  6. hamtii

    nonni…mihaaru school ga kuraakanthah vx liyan feshy dhw…pis..story hama best?nge..

    1. nonni?
      hamtii

      alhey…ma bustu kohlee ey thii emmena..haadha goahey dhww u dhen..hehe thanks nge hamttti

    2. hamtii
      hamtii

      vaki ehen bunnas what will will readers know…hahah

    3. nonni?
      hamtii

      aan..kudakoh getu vedhaane dhw..

  7. nonni?

    hey guys..hope u like this nd ehgothakahves dhivehi bahah kurafi aruvan liyun stry eh noon..majalakah liyeli ehcheh nnge..kuda varehge joke eh…

  8. hamtii

    hey…number hoadhafa what are u doing…not massaging…????y

    1. nonni?
      hamtii

      busy kamunney dhariyaa..sry nge free veema kuraanan. BTW maadhan school in ves dhimaavaanu dhw… byee

    2. hamtii
      hamtii

      hmm…ok…byee

  9. Kitty

    Story vvv reethi. Wat a poem dear. Hama heveny ey

    1. nonni?
      Kitty

      haha…thanks vvvv much kitty

  10. Dhivehi bahah kurafi

    Dhn hit fulhi gennan v dhw. ?? Esfiya site in mi kurafi thah maran vejje eh nun

    1. nonni?
      Dhivehi bahah kurafi

      salhi idea eh *****

    2. hamtii
      Dhivehi bahah kurafi

      haha…furathama jeheyni amilla gayah hit fulhin jahan… comment kuri iru liyefa in namah…haha…hithin liyevuny molhu echeh dhw

    3. nonni?
      Dhivehi bahah kurafi

      hehe dhw hamtti e name ga ves ebain KURAFI

  11. dhonkanbulo

    Hahahahaa.??? V salhi. Lhen baithuthah awesome.. vaahaka vx nice.

    1. nonni?
      dhonkanbulo

      ehehehe..thank u vry much

  12. ??

    Salhi idea eh nonni thi dhiny????

    1. ???
      ??

      Konkamakah idea eh libuny

    2. ?
      ??

      ????

    3. nonni?
      ??

      ???too…salhi idea eh kon ehcheh? ?

  13. unique

    vvvvvv salhi ingey nonni….. ur gud really gud at this… n the poem was out of the world

    1. Dandelion
      unique

      unique dear me ge stry ah cmmnt kuraany kon dhuvahakun thrr..Aslu first part liyevuny sis hivvaru laidhyma..Ekm edhuvahu sis cmmnt nukuryma I was vry sad…..????

    2. nonni?
      unique

      Alhey thi comment loabi kamuves out of this world thank you

    3. unique
      unique

      sorry Dandelion unique kuraanamey comment….. dont be sad dear….. i promise i’ll n i keep my promises…… n whn im free i’ll kuryge part thakah ves kuraanan ingey dear

    4. Dandelion ?
      unique

      Jakhallah khairan, unique dear…Alhey love you more ngey ❤❤??Assu varah varah varah varah varah happy vejje thikahala rangalhu rahumaiytheri akaa dhimaa vyma…

  14. ..

    “Kon ehcheh” mihenneh nukiyaane.. “koacheh” kiyaany.. btw the story is very different one n I liked it

    1. nonni?
      ..

      thanks yuh

  15. lol

    thi poem aki copy paste eh..fb page ehga innaane thi poem.. haha

    1. hamtii
      lol

      true eh tha?nonni…ans kurachey

    2. nonni?
      lol

      nonni ah mi poem fenunee youtube in n nonni men school ga ves kee mi poem hehe..i dont use fb

  16. Cherry?

    its too hard to read dhivehi bahaa english bas mixed vefa hureema but its nice and funny mahsala aki mixed koh liyefa hureema kiyan udhagoo vun please dont take it as a negtive comment im not showing hate to you its just my oppinion good luck ?

    1. nonni?
      Cherry?

      ok thank you cherry

  17. Lol

    Yeah just check lava & lyrics page..that poem is by maama bay.. Copy cats be like..

    1. nonni?
      Lol

      no idea but i saw it from youtube. and i never said that i made that poem myself..i didnt know who made it so i coundnt rlly say

    2. ❤❤❤
      Lol

      So true??

  18. Manna

    ????loved it.

  19. single

    i’m obsessed with this…..
    help!!!!!!!!!!!!

  20. Nim

    Mi lhen baithu me kurin weekly koh nerunu dhivehi noohehga in ehcheh. I have read that. And I used to cut those things and collected it. Ehenve mi handhaan v. You should give reference to that.

  21. azu

    vvv kureege poem eh mee…mikahala ehen poem ehves eyru v mashhooru vi…kureege maja gandu handhaan vehje ..hehe

  22. Samm

    Nonni is stdyn in 8???? Nice stry n keep it up!!!??❤

  23. kala123

    A precocious talent! A hilarious story! I found it
    hard to believe this was written by a 13 year old.So good it is coming from some one so young. I wish Nonni the crown of success if she wishes to pursue fiction writing as a profession.

  24. Lily

    Vr reethi vhk eh
    Majaa ingey

  25. Lovely

    Peom kiyaigen ma mi oigen heehee halaaku vaneee ??

  26. Zoe

    Hahaha vvvv salhi plus vvv majaa vaahaka eh nonni ah hama saabas ingey
    good job ?????????

Comments are closed.