Skip to content
އެސްފިޔަ

އެކުވެރިޔާ

އެކުވެރި ކަމަކީ ބާރެކެ، ގަދަފަދަ ވި ގުޅުމެކޭ
އެކުވެރިކަމީ ރަނގަޅު ލިބިދޭ ހެޔޮ ނަޞީބެކޭ

ރަހުމަތްތެރިންނަކީ އަގުހުރި ބައެކެވެ. ނަމަވެސް އޭގެތެރެއިން ހޮވާލެވޭ އެންމެ ގާތް އެކުވެރިޔާ ނުވަތަ އަދުގެ ކުދިން ކިޔާގޮތުން ނަމަ، “ބެސްޓް ފްރެންޑް” އަކީ ވަކިން ޙާއްސަ ކަމެއް ދެވިފައިވާ މީހެއްކަން ގައިމެވެ. ހަޔާތުގެ ސިއްރުތައް ހިފެހެއްޓުމަށް އިތުބާރުދެވިފައިވާ މީހެކެވެ. އެއީ ދިމާވާ ކަންކަމުގައި އެހީތެރިވެދޭ ބައިވެރިޔާއެވެ. އަޅާލުމާއި އޯގާތެރިކަމުގެ ނަމޫނާއެވެ. ކަންކަމުގައި ހިޔާލާއި މަޝްވަރާއި ހޯދުމަށް އެ މީހެއްގެ ގާތު ފުރަތަމަ އެހޭ އެކުވެރިޔާ ވެސް މެއެވެ.

އަހަރެންގެ އުމުރުން 16 އަހަރު ވެގެން ދިޔައީ އެ ނަސީބު ނުލިބިއެވެ. ނަމަވެސް ﷲ ގެ އިރާދަފުޅާއެކު މިއަދު އަހަންނަށް މިވަނީ އެ ނަސީބު ލިބިފައެވެ. އާއެކެވެ. ނަފްހާއާ އަހަރެން ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ފޭސްބުކުންނެވެ. ގިނައިން ޗެޓްކޮށް ހެދުމުން އެކަކު އަނެކަކު ބޮޑަށް އެނގުނެވެ. އަހަރެމެންގެ އެކުވެރިކަން ބަދަހިވެގެން ދިޔައީ ފަތުއަޑު ކިޔާފައި އެވެ. ދެމީހުން ދެމީހުންނަށް “ބެސްޓު ފުރެންޑު” ގެ ލަޤަބު އެރުވީމެވެ.

ދެމީހުންގެ ވެސް އެގޮތް ކަންތައްތަކެއް ހުރެއެވެ. ނަފްހާއާ އަހަރެން އުފަންވެފައި ވަނީ އެއް ދުވަހެއްގައިއެވެ. އެއީ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހެވެ. ދެމީހުވެސް ނިސްބަތް ވަނީ އެއް އަތޮޅަކަށެވެ. ރ އަތޮޅަށެވެ. ދެމީހުންގެ މިޒާޖުގައި ވެސް އެތައް ކަމެއް އެއްގޮތެވެ. އެވާހަކަ ނުދައްކާނަމެވެ.

އަހަރުތައް އެގޮތުގައި ފާއިތުވެ 2018 ވަނަ އަހަރެވެ. ކަންދިމާ ކުރި ގޮތުން، ސްކޫލު ނިންމާލާފައި ނަފޫވެސް މާލެ ބަދަލުވީއެވެ. އަހަރެން ވެސް އުޅެނީ މާލޭގައި ކަމުން ދެމީހުން އެއްފަސް ވީތާއެވެ. މިކަން ވެގެން ދިޔައީ އެކުވެރިކަމުގެ ގޮށް އިހުނަށް ވުރެ ބާރުކުރެވުނު ސަބަބަކަށެވެ.

އަހަރެންނަށް ނަފްހާ ހަމަލޮލުން ދުށުމުގެ ނަސީބު ވެސް ފުރަތަމަ ފަހަރަށް ލިބުނީއެވެ. އަހަރެން ނަފްހާ އުޅޭ ގެޔަށް ދިޔައީ ނަފޫގެ ލެޕްޓޮޕް ހަލާކުވެގެން ލެޕް ރަނގަޅުކޮށްދޭށެވެ. ނަފޫހުރީ ކޮކާ ހެދުމެއް ލައިގެނެވެ. މިއީ އަހަރެން އޭގެ ހެދުމަށް ކިޔާ ނަމެވެ. އެރޭ ބާރަ ޖަހަންދެން އެގޭގައި އަހަރެން އިނީނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުން ވީމާ ލައްކަ ވާހަކައާއި ސަކަރާތް ހުށްޓެވެ. މަޖާ ރެއެކެވެ.

– ނުނިމޭ –

Comments (24)

  1. Shyma

    Masha Allah

    1. Zidhan /R. Vaadhoo
      Shyma

      Thankyou ??

  2. zeneeshaa

    Kon ugh eh tha? Hadiyyaa nukyma nimunynun???

  3. Zidhan /R. Vaadhoo

    so?

  4. rai

    Zidhan!!this is bootiful ..masha allah?

    1. Zidhan /R. Vaadhoo
      rai

      Thanks Rai! 🙂

  5. izz

    varah reethi….?thankolheh kuree ???

    1. Zidhan /R. Vaadhoo
      izz

      Thanks hehe dhw 🙂

  6. Nafha

    Masha Allah…. Vr rythi story…nd I’m also a nafha?….. Abadhuves zidhan ge story thah kiyan…? vr rythi hurihaa story eh vs …..

    1. Zidhan /R. Vaadhoo
      Nafha

      hehe thaaaanks

  7. Sham

    This is beautiful

    1. Zidhan /R. Vaadhoo
      Sham

      thaaaanks

  8. xidhaan fan

    nunimey dho????

    1. Zidhan /R. Vaadhoo
      xidhaan fan

      yess

    2. Anonymous
      xidhaan fan

      ekan vaanuvaaga huregen nunimeyw jahaafa

  9. nunnu

    afaa nuninmanee tho??mi vaahaka ves vrh reethi

    1. Zidhan /R. Vaadhoo
      nunnu

      yess

  10. mishyaa

    Konme gotheh viyas ibaaraaikurun varah furihama. .. zidhaan alhaa nulaathi. ..emeehehge fai e othee e meeheh ge athuga… e barukuraanives lui kuraanives emeehaku….

  11. I hate zidhaan

    Zidhaan aky v rude meeheh ehn ve zidhaan dheke foohivany.if u want to b good writer u need to knw mistakes.if u want delete it too.idc

  12. I hate zidhaan

    100 percent true

  13. Aishath iasha

    Hi all.im new to this site.im just a student studiying in v.atoll school.donot take this comment negatively.vaahaka nimey iru vaahakaige anneh bayah kiyuntherin shauguveri vaakahala nimuneh othun rangalhu.but your story is still nice.hope that u will not take this negatively and hope that your next stories will be better.

  14. Anonymous

    mives dhn vaahaka eh tha???

  15. Leen

    ???

  16. Aishath Aala

    ??????

Comments are closed.