އީދު ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށް ދިގު ވާހަކައެްް ކިޔުންތެރިންނަށް ގެނެސްދިނުމަށް ނިންމައިފީމެވެ. އޭގެ ކުރިން ކުޑަ ސާރވޭ އެއް ހެދުމަށް އަޅުގަނޑު ބޭނުންވާތީ، ކޮމެންޓް ކުރާ ކުދިން ތިރީގައިވާ ކޮންމެވެސް ޕްލެޓް ފޯރމަކުން އަޅުގަނޑާ ޚަބަރެއް ވުމަކީ ވަރަށް ބޮޑު އެދުމެކެވެ. ވާހަކަތަކަށް ދެއްވާ ފީޑްބެކްސްއަށް ނިހާޔަތަށް ޝުކުރުވެރި ވަމެވެ. ޝުކުރިއްޔާ! Facebook: ZidErn Mohamed Viber : 9877233 Instagram: everr blezz
އެމް-އައި ކޮލެޖް ހުޅުމާލެ ކެންޕަސް ދޮރުމަތީގައި ހުއްޓިލައިގެން ހުރި އީނާޝްއަށް އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލެވެއެވެ. މިހާރު ކުލާސް ނިމުނުތާވެސް އެތައްއިރެއްވެއްޖެއެވެ. އަދިވެސް ޒެކްގެ ޚަބަރެއްނުވެއެވެ. އީނާޝް އަނެއްކާވެސް އޭނާގެ ފޯނަށް ބަލައިލިއެވެ. އަދި އެންމެފަހުން ގުޅާފައި އިން ނަމްބަރަށް އަނެއްކާވެސް ގުޅައިލިއެވެ. ކަންފަތުގައިޖެހި ފޯނާއިއެކު އޭނަގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އަދި އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ދުރުން އަންނަމުންދިޔަ ސައިކަލްގައި އިން ޒުވާނާއަށް ހަނާއަޅާލިއެވެ. އެވަގުތު އެޒުވާނާ އައިސް އީނާޝް ކުރިމައްޗަށް މަޑުކޮށްލިއެވެ. […]
އަހަރެންގެ ހިތް ކުދި ކުދި ވަމުންދިޔައެވެ. މާޒީގެ އެ ހަނދާންތަށް ސިކުނޑި ތެރޭ އެނބުރެން ފެށުމުންނެވެ. އެ ހަނދާންތަށް ލޯ ކުރިމަތީ ފެންނަމުން ދިޔަ ކަހަލައެވެ. ކަރުނުން ދެލޯ ފުރިފައި ވާ ހާލު، އަހަރެން ހުރީ ފުންކަނޑެއްގެ ތެރެއަށް ފީނާލި ފަދައިން، އެ ޚިޔާލުތަކުގެ އެންމެ އަޑިއަށް ފީނާލައިގެންނެވެ. އެއީ މީގެ ދެ އަހަރު ކުރިޔެވެ. އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ސުކޫލު ދައުރުއްސުރެ ރީނާއާއި އެކީ އުޅުމުގެ ނަތީޖާ އަކަށްވީ، ދެމީހުން އެކަކު […]
މިއީވެސް، ހަޤީޤީ ހާދިޘާއެކެވެ. އަޅުގަނޑަށް ނޫސްވެރި ކަމަށް، ވަދެވުނު ގޮތުގެ ވާހަކައެވެ. އެއީ 2016 ވަނަ އަހަރެވެ. “ދަރިފުޅާ، ޒިއްކޯ… ސްކޫލަށް ދާ ގަޑި ޖެހެނީ ދެންތެދުވެ” އާދުވަކަށް މަރުހަބާކީ މަންމަގެ ގޮވާލެއްވުމާއެކެވެ. އަވަހަށް ތެދުވެ ފެންވަރާ ރީތި ވެލައި، ރ. އަތޮޅު ވާދޫ ސުކޫލުގެ ޔުނީފޯމް އަޅާލީމެވެ. އަދި އާދައިގެ މަތިން ބައްޕައާއެކު ސައިކަލުގައި ސުކޫލަށް ދިޔައީމެވެ. އަޅުގަނޑަކީ ސްކޫލުގެ ޑެޕިއުޓީ ސުކޫލު ކެޕްޓަނެވެ. އަދި ބައްޕައަކީ ސްކޫލުގެ ލީޑިންޓީޗަރެކެވެ. ދެމީހުންވެސް ސުކޫލަށް ދާންޖެހެނީ އެއްގަޑިއަކުއެވެ. […]
މިއީ ރޯދަމަހެއްގައި ކުއްޖަކު އަނބުގަހަކަށް އެރުމުން ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ. މިވާހަކައިގައި އުޅޭ ޝަރަފުގެ ޢުމުރަކީ އޭރު ބާރަ އަހަރެވެ.އެއްދުވަހެއްގެ ހަވީރު ޝަރަފު ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން ގޮސް ހިތަށް އެރިއެވެ. ފޫހިފިލުވާލަން އަނބުގަހަށް އަރަން ވީ އެވެ. ޝަރަފުގެ ޢުމުރުން ބާރަ އަހަރުގައި ވެސް އުސް ތަންތަނަށާއި ގަސް ގަހަށް އަރަން ވަރަށް ފަރިތައެވެ. އަދި އެއީ ޝަރަފު ވަރަށް ކުރާ ހިތުން ކުރާ ކަމެވެ. ހަވީރު ޢަސުރު ނަމާދުކޮށްލައިގެން […]
ވައިފައި އޮންކޮށްލީމެވެ. އަދި ސޯފާގައި ހަމަޖެހިލައި ފޭސްބުކަށް ލޮގިން ވެލީމެވެ. ހަމަ އެވަގުތު އެއްއަތުން ކޮފީތަށި ނަގައި ކޯވަރެއް ބޯލައިފީމެވެ. ފޭސްބުުގެ ނިއުސްފީޑުން ފުރަތަމަ ފެނުނީ “ޖަޒީރާ ރައީސް” ޕްރައިމަރީ ކާމިޔާބު ކުރިއްޔޭ ކިޔާފައި ދަމާފައި އޮތް ހާސަރަކެވެ.. ޗޮކެއް ކަނޑާލާފައި އަނެއްކާ ސްކްރޯލުކޮށްލަން އުޅެނިކޮށް އައީ މެސެޖެކެވެ. އެއީ ވަރަށް ގާތް “ބަޑީ” އެއް ފޮނުވި މެސެޖެކެވެ. ލައްްބައެވެ. އެއީ ވިޝާމެވެ. ވިޝާމު “ހައި” ޖަހާލާފައި އޮތެވެ. އަހަރެން ރިޕްލައި ކުރީމެވެ. “ހާއި.. ބްރޯ..” ރައްދުގައި […]
މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ. އެ ކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެން ދާން މި އުޅެނީ، ހިތަށް ފިނިކަން ލިބިގެން ދާ، ހިޔާލުތަށް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ. ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށި ގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރު ވަނީ އޭނަގެ ފޯނުގެ ” ފާރު ކަރުދާހުގައި ” ހުރި ފޮޓޯ ގަނޑަށެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދާ ހިނިތުން […]
2016 ވަނަ އަހަރު ރ. ވާދޫ ސްކޫލުން އޯލެވެލް ނިންމާ އިތުރަށް ކިޔެވުމަށް މާލެ އައުމަށްފަހު އަހަރެން ރަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެދުވަހު ކަންތަށް ހިނގި ގޮތް ކިޔާލަ ދޭނަމެވެ. ޝައުޤުވެރިކަމާއެކު ކިޔަމުން ދާނެ ކަމުގެ އުންމީދުގައެވެ. ފަތިހު ހައެއް ޖަހާއިރު ފުރަން ހަމަޖެހިފައި ވާތީ ތައްޔާތު ވެލައިގެން އަހަރެން ގެއިން ނިކުތީމެވެ. ދެން އަހަރެންގެ އަމާޒު ހުރީ ޓެކްސީއެއް ނެގުމަށެވެ. މިހާރު މާލެއިން ޓެކްސީއެއް ހޯދުމަކީ ވަފާތެރި ލޯބިވެރިއެއް ހޯދުންހާ އުނދަގޫ ކަމެކެވެ. […]
ހަވީރުގެ ހިތްގައިމު ވަޤުތެވެ. ޝައިފް ނިކުތީ ހަވީރު ސަޔަށް ހޮޓަލަކަށް ދިޔުމަށެވެ. މަޖީދީ މަގުން ހިނގަމުން ދަނިކޮށް ފެނުނު ކެފޭއަކަށް އޭނާ ވަނެވެ. ހަމަ ވަނުމާއެކު ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ކެފޭގެ ބިތެއްގައި ތަތްކޮށްފައި ވާ ކަރުދާސް ގަނޑުގައި ލިޔެފައި އިން ޖުމުލައެވެ. ” މިތަނުން ވައިފައިގެ ހިދުމްތް ހިލޭ ލިބި ވަޑައިގަންނަވާނެއެވެ. ” އެ ޖުމުލަ ކިޔާލުން ވީ ލަސްކަމަކަށެވެ. ވަޤުތުން ބެލީ ވައިފައި ޕާސްވޯޑް އޭގައި ލިޔެފައި ވޭތޯއެވެ. ކަން […]