ވައިފައި އޮންކޮށްލީމެވެ. އަދި ސޯފާގައި ހަމަޖެހިލައި ފޭސްބުކަށް ލޮގިން ވެލީމެވެ. ހަމަ އެވަގުތު އެއްއަތުން ކޮފީތަށި ނަގައި ކޯވަރެއް ބޯލައިފީމެވެ.
ފޭސްބުުގެ ނިއުސްފީޑުން ފުރަތަމަ ފެނުނީ “ޖަޒީރާ ރައީސް” ޕްރައިމަރީ ކާމިޔާބު ކުރިއްޔޭ ކިޔާފައި ދަމާފައި އޮތް ހާސަރަކެވެ.. ޗޮކެއް ކަނޑާލާފައި އަނެއްކާ ސްކްރޯލުކޮށްލަން އުޅެނިކޮށް އައީ މެސެޖެކެވެ.
އެއީ ވަރަށް ގާތް “ބަޑީ” އެއް ފޮނުވި މެސެޖެކެވެ. ލައްްބައެވެ. އެއީ ވިޝާމެވެ. ވިޝާމު “ހައި” ޖަހާލާފައި އޮތެވެ.
އަހަރެން ރިޕްލައި ކުރީމެވެ. “ހާއި.. ބްރޯ..” ރައްދުގައި ވިޝާމް އަނެއްކާވެސް މެސެޖު ކުރިއެވެ. ދެން އަހަރެމެންގެ “ކޮންވާޒޭޝަން” ފެށުނީއެވެ.
ވިޝާމް: “ނަތިން މޭން، ދެއާރ؟”
އަހަރެން: “ކަމެއް ނުކުރަން.. ހަމަ ހުރީ ކުއްޖަކާއި ދޭތެރޭ ވިސްނަން”
ވިޝާމް: “އެހެހެ.. ކާކު އަނެއްކާ؟”
އަހަރެން: “މަގޭ ޝުހާނާ…، ހާފް ކުއީން..”
ވިޝާމް: “އެހެން ދޯ؟”
އަހަރެން: “ލައްބަ.. ނުވިސްނޭ ވަރެއްތަ؟ އޭނަ ހާދަ ކެއާ ކުރެއޭ މަށަށް…”
ވިޝާމް: “އެހެންތަ؟”
އަހަރެން: “ލައްބަ.. ދުވަހު ވާހުރިހާ ކަމެއް ކިޔައި ދޭނެ… ޑޮކްއަށް ދިޔަސް، ގޭގަ އިނަސް، ޑިއުޓީގައި އިނަސް، އެހެން ކަމެއް ކުރިއަސް، ބަރާބަރަށް ކުރާ ކަމެއް ހުރި ތަނެއް ބުނެދޭނެ… ފޮޓޯ ފޮނުވާ ޕްރޫވްވެސްކޮށް ދޭނެ..”
ވިޝާމް: “ލޮލް.. ތީތަ ކެއާ ކުރުމަކީ؟”
އަހަރެން: ޕިސް.. ޕިސް.. ހުވަފެނުގެ އެއްބައި ބަލާފައި ފަޅޮލޭ ނުކިޔަބަލަ ދޯ… އަދި އޮތީ އޭ ވާހަކަ…”
ވިޝާމް: “ކުރިއަށް…”
އަހަރެން: “އަމިއްލައަށް ފެނިގެން، މިސްވެގެން މެސެޖު ކުރާނެ، މަ ހުރީ ކައިގެންތޯ ބަލާނެ… ކީއްކުރަނީތޯ އަހާނެ… ހީވާ ކަހަލަ މަމީ އޭނައަށް ވަރަށް މުހިއްމު މީހެކޭ…”
************
އެ މެސެޖު ފޮނުވާލުމަށް ފަހު “މަޑު ކޮއްލައްޗޭ ބުރޯ މަ އަންނާނަން ނަމާދުކޮށްލައިގެން…” ކިޔާފައި އިތުރު މެސެޖެއް ފޮނުވާލައި އަހަރެން ދިޔައީ ފަތިސް ނަމާދު ކުރާށެވެ. ވުލޯކޮށްލައިގެން އައިސް ނަމާދު ކުރީމެވެ. އަނެއްކާވެސް، “ހައި ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.
************
އަހަރެން: ” އައިއެމް ބެކް… ކީކޭ ބުނަން އުޅުނީ؟”
ވިޝާމް: “ސަޅިއޭ އެހެންވީމަ…”
އަހަރެން: “ހެހެ”
ވިޝާމް: “އޯލް ގާރލްސް އާރ ނޮޓް ސޭމް… ޝީއިޒް އަ ގުޑްވަން…”
އަހަރެން: “ލައްބަ.. މިވަރުގެ އަންހެން ކުއްޖެއް ނުދެކެން.. އޭނަ އެހެން ހުރިއްޔާ މުޅި އުމުރު ސިންގަލްކޮށް ހުންނަން ޖެހުނަސް މަށަށް އޯކޭ.. ހެހެ..”
ވިޝާމް: “ވޯވް… ވޯވް…”
އަހަރެން: “ހެހެ… ޝީއިޒް ލެސްދެން އަ ގާލް ފްރެނޑް.. މޯރދެން އަ ބެސްޓީ… މަޝަކަށް ނޭނގުނު އޭނައަށް ދޭނެ މަޤާމެއް.. ނަމެއް…”
ވިޝާމް: “ހާފް ގާލް ފްރެންޑް ހެހެ… ބްރޯ މަމިދަނީ ފްރެޝް ވެލަން.. މިވަގުތަށް ވަކި ވެލީ….”
“އޯކޭ… ބާއި…”
************
ހަމަ އެވަގުތު ހިތަށް އެރިއެވެ. އާއެކެވެ. މަގޭ “ހާފް ކުއީން” އަކީ ރަނގަޅަށްވެސް “ހާފް ގާލް ފްރެންޑް” އެކެވެ.
If there is anything to tell me or any important comments, just viber me 9877233 or drop a message to Facebook
10 Comments
Comments are closed.
Nice story a good story after a long time
Keep rocking boy ❤️
Yess dear.
Heekuran, vrh avahah Zidhan ge faraathun lng stry eh fennaane hn..This is awesome…Kurin bunelI gothah…keep rocking boy???
Not bad dear…☺
not bad
V reethi Ekam vaanuvaa eh neyngunu
Dhen friend aka Maa maai koh labba kiyaigen vaahaka dhehkeema vv odd
Dhen vedhaanethaa ekujjaage thobeeathugai hunna kamakah ves dho
theethi salhi ey
Salhi ey
Labba kiyaigen vahaka dhakkamun goss “falholey kiyaa” hisaabah dhiyaema vrh odd
Haaadha lwbey story one of the fav?