އުޑުމަތި ސާފު ރީތި ދުވަހެކެވެ. މެންދުރުގެ އެންމެ އަވި ބާރު ވަޤުތު، ރަތް ދައްކާ އަވީގައި ރަށުގެ ބަނދަރާ ދިމާލު އަތިރިމަތީ ހޮޅު އަށީގައި އިށީނދެ ލައިގެން އެ އިނީ ހަސަނެވެ. ކޮނެމެވެސް ހިޔާލަކަށް ގެއްލި، މީހާ ނުތަނަވަސް ވެފައި ވާ ކުލަވަރު އޭނާގެ މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް އެބަ ފެނެއެވެ. ކުއްލިއަކަށް ހަސަނުގެ ޚިޔާލު ފޫއަޅުވާލީ އޭނާގެ އެކުވެރި ހުސެން އޭނާފަހަތުން އައިސް “ޕޮއް” ގޮއްވާލުމުންނެވެ. “ޙޫން.. ކަލޭ ދޯ؟” ފޫހި ރާގަކަށް […]
ސުމާއަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. މި ލޯބި ލޯބި ގުޅުމަށް މިހާރު އަހަރެއް ވާން އުޅެނީ އެވެ. އަދިވެސް މި ލޯތްބަށް ޒައްރެގެ މިންވަރުން ވެސް ބަދަލެއް ނާދެ އެވެ. ނަމަވެސް، މިއަދަކީ އަހަރެމެންނަށް ކުރިމަތި ވި ވަރަށް ހިތާމަވެރި ދުވަހެކެވެ. އާއެކެވެ. ކުއްލި ގޮތަކަށް ސުމާގެ ކިޔެވުން މާލެ ބަދަލު ކުރުމަށް ސުމާގެ މައިންބަފައިން ނިންމާ، އޭނަ މާލެ ފުރުވި ދުވަހެވެ. ފަތިހުގެ އެ ހިތްގައިމު ވަޤުތު މާޔޫސް ވެ ހުރެ، ސުމާގެ އެދުމުގެ މަތިން […]
ފުލުހުންގެ އިންވިސްޓިގޭޝަން ރޫމަށް ފިރާޝާ ހާޒިރު ކުރެވުނެވެ. ފުލުހުންގެ ދެ އޮފިސަރަކު ފިޔަވާ އިތުރު މީހަކު އެތާކު ނެތެވެ. ކޮޓަރީގެ މެދުގައި ހުރި ގޮނޑިއެއްގައި ފިރާޝާ ބޭންދީ ފުރަގަހަށް ވާގޮތަށް އަތުގައި އަޅުވާފައި އޮތް ބިޑި ނުނައްޓުވައެވެ. އެއާ އެކު “ކީއްވެ އެކުދިން މަރާލީ؟” ފުލުހުން އޭނައާއި ސުވާލު ކުރިއެވެ. “ކީއްވެ ހޭ އެކުދިން މަރާލީ؟” ފިރާޝާގެ އަނގައިން ބަހެއް ނުނެރުމުން، ފުލުހުންގެ އޮފިސަރު ހަރުކަށި ކަމާ އެކު ރުޅިވެރި ރާގަކަށް ސުވާލު ތަކުރާރު ކުރިއެވެ. “އެ […]
އާފުރެމުން ގަލަން އެނދުމަތީގައި ބޭއްވުމަށްފަހު ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދަމުން އަލިވެ ދޭއްޖެހީއެވެ. ލޮލުން ފައިބަމުން ދިޔަ ޝަބްނަމް ކަރުނަ ތިކިތަށް ފޮހެލަމުން އަހަރެން ކުރިމަތީގައި އޮތް ޑައިރީއަށް މާނައިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ޑައިރީ ލައްޕާލިއެވެ. ” މާދަމާ ވެސް އީޝަލް އަށް މި ޑައިރީ ފެނިއްޖެ ނަމަ، އޭނަ އަހަންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ” އަހަރެންގެ ހިތަށް އަރާ ފައިބަމުން ދަނީ މި ސުވާލެވެ. އަހަރެން އޮތީ ޑައިރީއަށް ބަލަ ބަލަ […]
ނޯޓް: މިއީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެއްގެ ހަޔާތުގައި ހިނގާފައި ވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ، ހަޤީޤީ ވާހަކައެވެ. ނަން ހާމަކުރަން ބޭނުން ނުވާތީ، އެކުއްޖާގެ ނަން ވާހަކައިގަ ނުހިމަނަމެވެ. އޭގެ ބަދަލުގައި ބަލާފައިވާނީ ފުރަތަމަ ނަޒަރުން މި ވާހަކަ ކިޔާލަ ދެވޭތޯއެވެ. ****** އޮއްސެމުން ދިޔަ އިރަށް ބަލަން އިން އަހަރެންގެ ލޮލުން އޮހޮރެމުންދާ ކަރުނަތަށް ކޯތާފަތުން ފޭދެމުން ދިޔައެވެ. އެ ވަޤުތު އަހަރެންގެ މުޅި ޚިޔާލުގައި ވެސް ވަނީ އަހަރެންގެ […]
ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން ދާ ހިތް އެދި ގޮވަނީ އެންމެ ކަމަކަށެވެ. އެ ހިތުގައި ކަލާޔަށް އޮތް ލޯބީގެ ޒައްރެއްގެ މިންވަރު ވިޔަސް ޤަބޫލު ކުރުމަށެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފުހެލާފައި، ވެއްޓިފައި ވާ ޤަލަން ނަގާ އަނެއްކާވެސް ލިޔަން ފެށީމެވެ. “އޭ.. އަނޫޝާ އެވެ. ކަަލާ އަހަަންނާ ދުރުވިޔަސް، އެކަމުގައި އަހަރެންގެ ޝަކުވާއެއް ނެތެވެ. އެހެނޭ ކިޔާފައި އަހަރެން އަނޫ ދެކެ ވާ ލޯތްބަށް ޒައްރެއްގެ މިންވަރު ވިޔަސް ބަދަލެއް ނާންނާނެއެވެ. އަދިވެސް […]
ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދާ ހާލު، އެކަރުނަތަށް ފޮހެމުން މި ލިޔަނީ އަހަރެންގެ މާޒީގެ ކަޅު ދުވަސްތަކުގެ ވާހަކަ އެވެ. މިހާރު ހިތުގައި މި އަޅާ ވޭންތަކުން އެ މާޒީ ވަރަށް ރަނގަޅަށް ހަނދާން އާވެ އެވެ. އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުން އަހަރެންގެ ހިތުގައި މީހަކު ދެކެ ލޯބި އުފެދުނީއެވެ. އެއީ “ހައިޝަމް” އެވެ. އެ ލޯބި ހާސިލް ކުރަން އަހަންނަށް ކުރެވޭނީ މަސައްކަތެވެ. ހައިޝަމަކީ އަހަރެންގެ […]
މާޒީގެ ސޮފުހާތަށް އަބަދުވެސް އަހަރެންގެ ހިތުގައި ހުންނަނީ އުކާލަ އުކާލައެވެ. އެ ހަނދާންތަށް އާވާ ކޮންމެ ފަހަރަކުވެސް އަހަރެންގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އާދެޔެވެ. އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އަހަރެންގެ ޒަވާޖީ ހަޔާތް ފެށީ ކުޑައިރުންސުރެ އަހަރެންގެ ހިތުގައި އެމީހަކަށް ޚާއްސަ މަޤާމެއް ދެވިފައިވާ ނިޝާހް އާއެކީއެވެ. ނިޝާހް އަކީ މަޑުމައިތިރި ކަމާއި ހިތްހެޔޮކަމަށް ލާމަސީލު މިސާލެކެވެ. ކައިވެނީގެ ގޮށް ޖެހުމަށްފަހުވެސް އަހަރެމެން ދެމީހުންގެ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި […]
އުޑުމަތި ވަރަށް ބަނައެވެ. ހުއްޓުމެއްނެތި ވާރޭ ވެހެމުން ދެއެވެ. ހިމަ ފޮދު ވާރޭގެ ތިކިތަކުން، އުފެދިފައިވާ ކޯރުތަށް މަގުމަތީ ގިނައެވެ. ނަމަވެސް، އަހަރެންގެ ވިސްނުމުގައި ވަނީ ކޮންމެވެސް ދިމާލަކަށް ހިނގާލަން ދިޔުމަށްށެވެ. އަހަރެންގެ ސިކުނޑިއާއި ދެކޮޅު ނުވުމަށް ހިތް ބުނަމުން ދިޔައެވެ. ހިތާއި އެއްކޮޅަށް އަހަރެން ގެއިން ނިކުތީ ހިނގާލަން ދިޔުމަށެވެ. ވާރޭގައި ތެމުމަކީ ކުޑަ އިރުންސުރެ އަހަރެންގެ ކަށީގައި ހިފާފައިވާ ކަމަކަށް ވާތީ، އެއްވެސް ޖެހިލުމެއް ނެތި ބޯކެރިގަނޑުގެ ތެރޭގައި ހުސްފަޔާ ހުރެ ދިޔައީ ހިނގަމުންނެވެ. […]