Skip to content
އެސްފިޔަ

އެލީ

މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ. އެ ކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެން ދާން މި އުޅެނީ، ހިތަށް ފިނިކަން ލިބިގެން ދާ، ހިޔާލުތަށް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ.

ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށި ގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރު ވަނީ އޭނަގެ ފޯނުގެ ” ފާރު ކަރުދާހުގައި ” ހުރި ފޮޓޯ ގަނޑަށެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދާ ހިނިތުން ވުމުން، ޔަގީން ވާ އެކައްޗަކީ، އެ ފޮޓޯ ގަނޑުގައި އެވަނީ އޭނައަށް ވަރަށް ޙާއްސަ މީހެއްކަމެވެ. އާއެކެ. އެއީ އޭނަގެ ލޯބިވެރިޔާގެ ފޮޓޯއެކެވެ. އެއީ އޭނަގެ ހިތުގެ ރަސްކަން ކުރަމުން އަންނަ ޒިހާން އެވެ.

އެލީގެ ހިޔާލުތަށް ކުރަހަމުން ދިޔައީ މިވީ އެއްމަހެއްހާ ދުވަހު ޒިހާނާއިއެކު ހޭދަވި އުފާވެރި ވަޤުތުތަކެވެ. އޭނަ އެއްމެ ހަނދާން ހުންނަނީ ޒިހާން އޭނައަށް ލޯބި ހުށައެޅި ވަޤުތެވެ. އޭނަވެސް، އެހާ ބޫނުންވެފައި ހުއްޓާ ކޮލެޖުގެ ހުރިހާ ކިލާސް ކުދިން ކުރިމަތީ އަނގަ ބަހުން ޒިހާން ހުށައެޅި ހުށައެޅުމެވެ. އެެންމެން ކުރިމަތީ އެހުމުން ލަދުން ހުއްޓެއް ކަމަކު އެލީ އާބަސް ބުންޏެވެ. އެރޭ ޒިހާން ދިން ފިނިފެންމާ އަދިވެސް އެލީގެ ކޮޓަރީގެ ބިތެއްގައި ހަރު ކުރެވިފައި ހުއްޓެވެ.

މިވީ ކުޑަ ދުވަސްކޮޅު ޒިހާންގެ ފަރާތުން ލިބުުނު، ލޯތްބާއި އަޅާލުމުގެ ސަބަބުން، ޒިހާންއާއި ދުވަހަކުވެސް ވަކިވުމެއް އޭނަ ނޭދެއެވެ. ބަލިވެއްޖެ ނަމަ އާއިލާއަށްވުރެ ޒިހާންގެ އޯގާތެރިކަން އޭނައަށް ލިބެއެވެ. ނުބުންޏެއް ކަމަކު، ބޭނުންވާ ބައެއް އެއްޗެހި ހޯދާލަ ދެއެވެ. ހިތާމައެއް ކުރިމަތިވާ ވަޤުތު ހިތްވަރު ދެމުންދިއެވެ.

އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ކާފަ ނިޔާވި ދުވަހުއެވެ. ލޯބިވާ ކާފަ މަރުވުމުން އަހަަންނަށް ލިބުނު ހިތާމައަށް ލުޔެއް ހޯދަ ދެވޭތޯ ޒިހާން މަސައްކަތް ކުރީ އޯގާތެރިކަމުގެ ފިރުމުންތަކާއި އެކުއެވެ.

މާތް ﷲ ގެ އިރާދަފުޅުން އެލީއަށް ލިވިފައި އެވަނީ އަގުބޮޑު ޖަވާހިރެކެވެ. ރަހުމާއި ކުލުނުގެ މައްޗަށް ވިހާފައި ހުރި އާދަމުގެ ދަރިއެކެވެ.

މަސައްކަތުގައި މުޅި ރޭދުވާ ހޭދަ ކުރި ނަމަވެސް އެލީއަށް ވަޤުތު ހުސްކުރުމަކީ ޒިހާން ވަރަށް އިސްކަންދޭ ކަމެކެވެ.

ޒިހާނަކީ ފަސްވަޤުތު ނަމާދު ކުރާ، ދީނީ ކަންކަމަށް އިސްކަންދޭ ކުއްޖެކެވެ. ފިރިހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. މީހުންގެ އިހްތިރާމާއި ލޯބި ލިބިފައިވާ މިނިވަން ނޫސްވެރިއެކެވެ. އަމިއްލަ އޮންލައިނެއް ހިންގަމުން އަންނަ ކުޅަ ދާނަ “ބިޒްނަސް މޭން” އެކެވެ. އޭނަގެ އުމުރުން ވިހި އަހަރެވެ. އަދި އެލީ އޭނައަށް ވުރެ އަހަރެއް ހަގެވެ.

އާންމު އުސޫލުން ބިޓުން ކުރާ ކަންކަން މި ދެމީހުންވެސް ކުރެއެވެ. އެލީ ހިތްހަމަ ޖައްސައިދޭން ހަވީރު ފިނީގައި ރައިޑަށް ނިކުމެއެވެ. ހަފްތާ ބަންދުގައި ކޮންމެވެސް ރެސްޓައުރެންޓަކަށް ކާން އަރައެވެ. ނުވަތަ ކައިރިގައި އޮތް ރަށަކަށް ޕިކްނިކް ހަދާލަން ދެއެވެ.

ޒިހާންއަކީ އެލީގެ ނަސީބެވެ. މި ދެ ލޯބިވެރިންގެ ވެސް ދުޢާއަކީ އުމުރަށް އެކުގައި ވުމެވެ. ދެން އޮތި ދެމީހުންގެ ހިތްވަރެވެ.

ކުއްކިއަކަށް އެލީގެ ހިޔާލުތަށް ފޫއަޅުވަަލީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. “އާން މިދަނީ” އޭނަ ބުނެލިއެވެ.

 

މި ވާހަކަ އަޅުގަނޑުގެ ލޯބިވާ “ގާރލް ފްރެންޑަށް” ހާއްސަ ކޮށްލަމެވެ.

Comments (18)

  1. Thoo

    Ohh yes me first?

    1. Zidhaan
      Thoo

      Ehe ?

  2. Greeny

    varah nice keep it up

    1. Zidhaan
      Greeny

      Thank you ?

  3. Zidhaan

    Thank you ?

  4. Sumaa

    Kaleyney hadi vaahaka engey mihaaru mi site ga hunnany .. fakurun maruey ..

  5. No one

    Enimunytha ehkon?

  6. Roxy

    Hehe wow zidhaan bro v salhi inge ?

  7. Ary

    Ary ah heevehjey bitakah liyaa vaahaka eh hen…. Zidhan girlfriend kairy bunaathi kiyaalaashey… Eyrun adhi magusadh haasil vaany…. V salhi vaahaka

  8. Inoo

    awwwn….varah reethi mi stry….keep it up dear

    1. Zidhaan
      Inoo

      Thank You ?

  9. I don’t like the story ??‍♀️

    Lol try to use words nicely Thankyou ?

    1. Zidhaan
      I don’t like the story ??‍♀️

      You mean??

  10. Ram

    V reethi

  11. mal

    vvv nice keep it up

  12. REETHI

    NO OFFENCE, BUT FAARU KARUDHAAS GOT ME LIKE WHAT???. BY THE WAY NICE STORY AND I FOUND IT TOO SHORT HOWEVER.

    1. Jenny
      REETHI

      LOL SAME

    2. Zidhan
      REETHI

      Wall paper..

Comments are closed.