ވަކިވެ ދިޔައަސް
އެމް-އައި ކޮލެޖް ހުޅުމާލެ ކެންޕަސް ދޮރުމަތީގައި ހުއްޓިލައިގެން ހުރި އީނާޝްއަށް އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލެވެއެވެ. މިހާރު ކުލާސް ނިމުނުތާވެސް އެތައްއިރެއްވެއްޖެއެވެ. އަދިވެސް ޒެކްގެ ޚަބަރެއްނުވެއެވެ.
އީނާޝް އަނެއްކާވެސް އޭނާގެ ފޯނަށް ބަލައިލިއެވެ. އަދި އެންމެފަހުން ގުޅާފައި އިން ނަމްބަރަށް އަނެއްކާވެސް ގުޅައިލިއެވެ. ކަންފަތުގައިޖެހި ފޯނާއިއެކު އޭނަގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އަދި އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ދުރުން އަންނަމުންދިޔަ ސައިކަލްގައި އިން ޒުވާނާއަށް ހަނާއަޅާލިއެވެ. އެވަގުތު އެޒުވާނާ އައިސް އީނާޝް ކުރިމައްޗަށް މަޑުކޮށްލިއެވެ.
“ބޭބީ…ހާދަ ލަސްވީ؟” އީނާޝް ޝަކުވާގެ ސުވާލެއް ޒެކްއަށް އަމާޒުކޮށްލީ ބޮޑާހާކާ ރާގަކަށް ނޫނެވެ. އެއަށް ވުރެ އޭނަ ޒެކް ދެކެ ލޯބިވެއެވެ. “ދޫނީ.. އަދި 15 މިނެޓްސް އޭ ލަސްވީ.. ދެން ދޯ.. ޓްރެފިކްގަ ޖެހުނީ އޭ..” ޒެކް އެހެން ބުނެލީ “ޕސް” ތަޅާލުމަކާއި އެކީއެވެ.
ނިރޮޅު މަގު ނުވަތަ ހުޅުމާލެ ބޮޑުމަގުން، ބާބަކިޔު ޕޮއިންޓާ ދިމާލަށް ސައިކަލު މިސްރާބު ޖެހީ ބާރު ސްޕީޑެއްގައެވެ. ކުއްލިއަކަށް ހަޅޭކުގެ އަޑާއި އެކު ދުނިޔެ މަތި އަނދިރި ވި އެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.
އީނާޝްއަށް ލޯ ހުޅުވުނު އިރު އޮވެވުނީ “ޓްރީ ޓްޕް
ހޮސްޕިޓަލް” ގަ އެވެ. ކައިރީގައި މަންމަ ގިސްލަ ގިސްލާ ހުރެ ރޯތަން ފެނުނެވެ. އީނާޝަކަށް ވާހަކަ ނުދެއްކުނެވެ. ދެއްކުނުހާވެސް އެއްޗަކީ ފޯނުގެ ފާރު ކަރުދާހުގައި ވާ ޒެކްގެ ފޮޓޯ ގަނޑެވެ.
މަންމަ ދެފަޅިއަށް ބޯ ހޫރާލީ “އަބަދުގެ އަބަދަށް ޒެކް ދަރިފުޅާއި ވަކިވީ” ކަމަށް ބުނަމުންނެވެ. ޢީނާޝަށް އަޑުން އަޑުނަގާ ރޮވެން އުޅުނެވެ. ނަމަވެސް އެ ފަކީރުގެ އަޑެއް ނުނިކުތެވެ. ލޮލުން އޮހޮރެމުން ކަރުނަތަށް ބުނަމުން ދަނީ “ނޭދެމޭ ވަކިވުމެއް.. ހާދަހާ ލޯބިވޭ”
އެކްސިޑެންޓްގެ ސަބަބުން އީނާޝަށް މާބޮޑު އަނިޔާއެއް ﷲ ގެ އިރާދަފުޅުން ނުލިބެއެވެ. ނަމަވެސް ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބުމުގެ ސަބަބުން ޒެކް މި ފަނާވަނިވި ދުނިޔެ ދޫކުރީއެވެ.
ޒެކްގެ މޫނު ދެކިލަން ލިބުނު އެންމެ ފަހު ފުރުސަތުގައި އީނާޝްގެ ހިތަށް އަރަމުން ދިޔައީ ދެމީހުން އެކީ އުޅުނު އުފާވެރި މަންޒަރު ތަކެވެ. “ހުޅުމާލޭ-އިން” ގެސްޓް ހައުސްގައި ރިލޭޝަންއަށް ދެ އަހަރު ފުރުނު އެނިވާސަރީ ފާހަގަ ކުރި ދުވަސްތަކެވެ. ހަވީރު ގަޑިގައި “ސެންޓްރަލް ޕާކް” ނޫނީ “ފެހްރިސް ޕާކް” ނޫނީ ކޮންމެވެސް އެހެންތާކު ހޭދަ ކުރި ވަގުތުތަކެވެ.
” ލޯބިވާ އެވެ. ވަކިވެ ދިޔަސް މި ދެހިތް ވަނީ ގުޅިފައެވެ. ސުވަރުގޭގައި އިންޝާ ﷲ ތިބާާއާއި އެކުގައި ވާނަމެވެ. ”
(ނިމުނީ)
އެމް-އައި ކޮލެޖް ހުޅުމާލެ ކެންޕަސް ދޮރުމަތީގައި ހުއްޓިލައިގެން ހުރި އީނާޝްއަށް އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލެވެއެވެ. މިހާރު ކުލާސް ނިމުނުތާވެސް އެތައްއިރެއްވެއްޖެއެވެ. އަދިވެސް ޒެކްގެ ޚަބަރެއްނުވެއެވެ.
އީނާޝް އަނެއްކާވެސް އޭނާގެ ފޯނަށް ބަލައިލިއެވެ. އަދި އެންމެފަހުން ގުޅާފައި އިން ނަމްބަރަށް އަނެއްކާވެސް ގުޅައިލިއެވެ. ކަންފަތުގައިޖެހި ފޯނާއިއެކު އޭނަގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އަދި އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ދުރުން އަންނަމުންދިޔަ ސައިކަލްގައި އިން ޒުވާނާއަށް ހަނާއަޅާލިއެވެ. އެވަގުތު އެޒުވާނާ އައިސް އީނާޝް ކުރިމައްޗަށް މަޑުކޮށްލިއެވެ.
“ބޭބީ…ހާދަ ލަސްވީ؟” އީނާޝް ޝަކުވާގެ ސުވާލެއް ޒެކްއަށް އަމާޒުކޮށްލީ ބޮޑާހާކާ ރާގަކަށް ނޫނެވެ. އެއަށް ވުރެ އޭނަ ޒެކް ދެކެ ލޯބިވެއެވެ. “ދޫނީ.. އަދި 15 މިނެޓްސް އޭ ލަސްވީ.. ދެން ދޯ.. ޓްރެފިކްގަ ޖެހުނީ އޭ..” ޒެކް އެހެން ބުނެލީ “ޕސް” ތަޅާލުމަކާއި އެކީއެވެ.
ނިރޮޅު މަގު ނުވަތަ ހުޅުމާލެ ބޮޑުމަގުން، ބާބަކިޔު ޕޮއިންޓާ ދިމާލަށް ސައިކަލު މިސްރާބު ޖެހީ ބާރު ސްޕީޑެއްގައެވެ. ކުއްލިއަކަށް ހަޅޭކުގެ އަޑާއި އެކު ދުނިޔެ މަތި އަނދިރި ވި އެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.
އީނާޝްއަށް ލޯ ހުޅުވުނު އިރު އޮވެވުނީ “ޓްރީ ޓްޕް
ހޮސްޕިޓަލް” ގަ އެވެ. ކައިރީގައި މަންމަ ގިސްލަ ގިސްލާ ހުރެ ރޯތަން ފެނުނެވެ. އީނާޝަކަށް ވާހަކަ ނުދެއްކުނެވެ. ދެއްކުނުހާވެސް އެއްޗަކީ ފޯނުގެ ފާރު ކަރުދާހުގައި ވާ ޒެކްގެ ފޮޓޯ ގަނޑެވެ.
މަންމަ ދެފަޅިއަށް ބޯ ހޫރާލީ “އަބަދުގެ އަބަދަށް ޒެކް ދަރިފުޅާއި ވަކިވީ” ކަމަށް ބުނަމުންނެވެ. ޢީނާޝަށް އަޑުން އަޑުނަގާ ރޮވެން އުޅުނެވެ. ނަމަވެސް އެ ފަކީރުގެ އަޑެއް ނުނިކުތެވެ. ލޮލުން އޮހޮރެމުން ކަރުނަތަށް ބުނަމުން ދަނީ “ނޭދެމޭ ވަކިވުމެއް.. ހާދަހާ ލޯބިވޭ”
އެކްސިޑެންޓްގެ ސަބަބުން އީނާޝަށް މާބޮޑު އަނިޔާއެއް ﷲ ގެ އިރާދަފުޅުން ނުލިބެއެވެ. ނަމަވެސް ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބުމުގެ ސަބަބުން ޒެކް މި ފަނާވަނިވި ދުނިޔެ ދޫކުރީއެވެ.
ޒެކްގެ މޫނު ދެކިލަން ލިބުނު އެންމެ ފަހު ފުރުސަތުގައި އީނާޝްގެ ހިތަށް އަރަމުން ދިޔައީ ދެމީހުން އެކީ އުޅުނު އުފާވެރި މަންޒަރު ތަކެވެ. “ހުޅުމާލޭ-އިން” ގެސްޓް ހައުސްގައި ރިލޭޝަންއަށް ދެ އަހަރު ފުރުނު އެނިވާސަރީ ފާހަގަ ކުރި ދުވަހެވެ. ހަވީރު ގަޑިގައި “ސެންޓްރަލް ޕާކް” ނުވަތަ “ފެހްރިސް ޕާކް” ނޫނީ ކޮންމެވެސް އެހެންތާކު ހޭދަ ކުރި ވަގުތުތަކެވެ.
” ލޯބިވާ އެވެ. ވަކިވެ ދިޔަސް މި ދެހިތް ވަނީ ގުޅިފައެވެ. ސުވަރުގޭގައި އިންޝާ ﷲ ތިބާާއާއި އެކުގައި ވާނަމެވެ. ”
(ނިމުނީ)
28 Comments!
Comments are closed.






Vakivedhiyayas adhu mi dhuniyeh soora mihithun nufilaaneyh ?❤️
Jaana megeyh thagudheereyh thee ingeyh needhemeyh vaki vumeh haadhahaa loabi veyh ?❤️
Huwaa koffaa bunan loabivwy.. Kalaa dheke inthihaa loabivey..jaanaa magey thaqdheerey thee ingey neydhemey vakivumeh haadhahaa loabivey ??
Nice … yup doing
Hehe..
nyc stry… maa kury
Hoan.. ?thanks buddu!
owsm stry
Hehe.. Shukuru ?
Thagudheerugaa mihen v hama jehifa v ma thaa beykaarey naseebu gaa v loabige haadhisaaa
Hehe.. Well said ?
masha allah vv reethi
ekam keeveyo vaahaka dhefaharu liyefa e inee
Thaaanks ?
Secret eh eii ?
OMG the srty was awesome….keep it up dear
Thaaanks ?
Very nice keep it up….. mi kuda kuda vaahaka in vess ethakeh maanaeh negey.?????
Dhw ?❤
vv loabi mi story vv hithaa kulhelaa heheh
Hehe… ? thanks
V salhi……. Maaaha Allah…..
Thanks
Ehehe zidhaaaaan vv reethi nge mi stry lved it ??
Haan vv shukuru… V ufaavejje.. Loabivey ?
Vakive dhiyayaas adhu mi dhuniyeyin soora thiyaa mihithun nudhaaneyeyeyeyey…Thiya handhaan thaah aave aalaa mihithugaa abadhah me vaaneyeyey…. ekani veri v hayaathun.. dhen thi loaibeh nulibeyneyey.. bikave nikamethu v e aharen… karunathah veyny oheyney…
Hehe
Amaizing. Mi kurukuru vaahaka in vx ibratheh haaisl vehjje ???
Thanks
Reethi same as my first love??