Skip to content
އެސްފިޔަ

ރީނާ

އަހަރެންގެ ހިތް ކުދި ކުދި ވަމުންދިޔައެވެ. މާޒީގެ އެ ހަނދާންތަށް ސިކުނޑި ތެރޭ އެނބުރެން ފެށުމުންނެވެ. އެ ހަނދާންތަށް ލޯ ކުރިމަތީ ފެންނަމުން ދިޔަ ކަހަލައެވެ. ކަރުނުން ދެލޯ ފުރިފައި ވާ ހާލު، އަހަރެން ހުރީ ފުންކަނޑެއްގެ ތެރެއަށް ފީނާލި ފަދައިން، އެ ޚިޔާލުތަކުގެ އެންމެ އަޑިއަށް ފީނާލައިގެންނެވެ.

އެއީ މީގެ ދެ އަހަރު ކުރިޔެވެ. އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ސުކޫލު ދައުރުއްސުރެ ރީނާއާއި އެކީ އުޅުމުގެ ނަތީޖާ އަކަށްވީ، ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. ދެމީހުން އެކީގައި ހަނދާނުން ނުފޮހެވޭހާ ގިނަ ދުވަސްތައް ގުނީމެވެ. ދެމީހުންގެ ދިރިއުޅުން ގުޅިލާމެހުނީ ދެހިތް ވެސް ރުހިގެންނެވެ. ރީންއާއި އެކީ ހޭދަކުރާ ކޮންމެ ސިކުންތަކީ އަހަރެންގެ ހިތް އުފަލުން ފުރާލާ ވަގުތުތަކަކަށް ވެގެން ދިޔައެވެ. އޭރު އަހަރެމެން ވަރަށް ގިނައިން ކިޔަމެވެ.

” ހިތް ކެނޑޭނޭހެ ތާކު ދާ ކޮންމެ ލިޔެވިފައިވޭ!
ހައިރާން ވެޔޭ …. ހައިރާން ވެޔޭ!
ވާލޯބި ނޭނގެންޏާ ހިތް ނަގައިގެން ބަލާށޭ އަމޭ! ”

ގްރޭޑް 10 ނިންމާ އަހަރެން މާލެ ބަދަލުވުމުން ހުރިހާ ކަމެއް ބަދަލުވިއެވެ. އަހަންނަށް ބަދަލު އަންނަންފެށިއެވެ. އާ ރައްޓެހިންނަށް ދިމާވިއެވެ. “ޙޮޓް ބިޓުން” އާއި ދިމާވިއެވެ. އޭލަވެލް ފެށީ އަހުމަދިއްޔާގައެވެ. އަންހެން ކުދިންނާއި ފްލާޓް ކުރެވެން ފެށިއެވެ. “މާލެ ސްޓައިލް” އަށް ކަންކަން ބަދަލުކޮށްލިއެވެ.

ރީނާއަށް އަޅާލެވޭ މިންވަރު ކުޑަވިއެވެ. މެސެޖު ކުރެވޭލެއް މަދުވިއެވެ. އެހެން އަންހެނުން ފަހަތުން ދުވެވެން ފެށުނެވެ. ހަގީގަތުގައި “ޕްލޭ ބޯއީ” އެއްގެ ދަރަޖައަށް އަހަރެން ވެެއްޓުނެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި އަހަންނަށް ނޭނގުމެއްގެ ތެރޭގަައި ޖެއްސުނީ ރީނާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އަހަރެން މިޑްޓާމް ބްރޭކަށް ރަށަށް ދިޔަދުވަހު، ރީނާ ދެއްކީ އަހަރެމެންގެ ކޮންވާޒޭޝަން ތަކެވެ. އަދި އަހަންނާއި އެކު އެންމެ ހިނދުކޮޅަކުވެސް ނޫޅެވޭނެ އޭ ބުނެ ރީނާ އަހަރެން ކުރިމަތިން ދިޔައީ ރޮވި ގިސްލަމުންނެވެ. ދިޔުމުގެ ކުރިން ނޯޓެއް ދިނެވެ. އެ ނޯޓް ކިޔާލުމުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަންކަހަލައެވެ.

އަހަރެންނެތި އޭނާ އުޅުނު ހާލެވެ. ކުރި ހިތާމައެވެ. އަހަރެންގެ ހަބަރު ބަލަން ކުރި މަސައްކަތެވެ. ސުބުހާނަ ﷲ އެވެ. އަހަރެންގެ އަތުން ބީވެގެން އެދިޔައީ އަގުބޮޑު ޖަވާހިރެކެވެ. ހަޤީޤީ ލޯބިވެރިއެކެވެ. އަހަރެން މީ ކޮންކަހަލަ މީހެެއް ހެއްެެްޔެވެ؟ ލޯބީގައި އަހަންނަކީ އަނިޔާވެރިއެކެވެ.

އަހަރެމެން އަޑުއަހާ ގިނަ ލޯބީގެ ވާހަކަތައް ނިމެނީ ދެލޯބިވެރިންނަށް ވެސް އުފާވެރި ދުވަސްތަކެއް ފެށުމަށް ފަހުގައެވެ. ނަމަވެސް ހުރިހާ ލޯބީގެ ވާހަކައެއް އެއްގޮތަކަށް ނުނިމޭނެކަން އަހަރެންގެ ވާހަކައިން އިނގިއްޖެއެވެ. އަހަންނަށްވެސް ލޯބި ވެވުނެވެ. އަހަރެންނަށް ވެސް އިންތިހާޔަށް ލޯބި ލިބުނެވެ.

ނަމަވެސް ހިސާބަށް ވުރެ ހިތް މޮޅު މީހަކަށް އެކައްޗެއްވެސް ހައްގެއް ނޫނެވެ. އަހަރެންގެ ހަޔާތުން ލިބުނު ފިލާވަޅަށް ފަހު މިއެދުން ވެރިކަން ދޫކޮއްލަން މިއަދުން ފެށިގެން އަޒުމް ކަނޑައަޅައިފީމެވެ. މިއަދު އަހަރެން އަތުން ބީވެގެން މިދިޔައީ ދިރިއުޅުމުގެ އެއްބަޔެވެ.

ފެންވަރު އޮޅިގެން އަނެއްމީހާގެ ހިތް ރޮއްވާލާ މީހަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. (ނިމުނީ)

 

Viber :9877233 I Zidhan

Facebook.com/zidern_mohamed

Comments (20)

  1. Nunnu

    Yeah
    Its true
    Mi vaahaka ves varah reethi adhi v iburaitheri
    Zidhaan ge kuru adhi iburaitheri vaahaka thah kiyaalan libey thee Varah ufaavey
    Hehe
    Adhives Thankolheh dhigu koh genes dheebala
    Ingey

    1. Zidhan
      Nunnu

      Yeah.. Thanks. ?

  2. eekko

    v reethi n dhigu vaahakaeh liyanv ehnu

  3. Shaira

    Vvvvv salhi….. adi varah iburaitheri….. mikahala iburaitheri vaahaka kiyan libeythii thanks zidhan…. keep it up….???

    1. Zidhan
      Shaira

      Welcome ?

  4. Roxy

    Hei this is roxana nge ?? zidhaan tha roxy ge vaahaka ah comment kollaafa viber kollaashey bunefa eyny??? Btw vrhaka vv reethi nge lved it ???

    1. Zidhan
      Roxy

      Labba. Alhugandu.

  5. unique

    nice this one was a good one

  6. Aesh

    Maa sha Allah.. Vrh furihama… ??❤️❤️❤️????????

    1. Zidhan Mohamed
      Aesh

      Woah

  7. dhiraa

    subhaanallah. story was perfect and i like the moral of it. good job and keep it up

  8. Sabaa

    Luvly ❤️

  9. Sabaa

    Vrh loabi story eh ????

  10. Reena Mohamed Laamu Gan Mathimaradhoo

    It’s really heart touching and a nice story ❤️

  11. Reena Mohamed Laamu Gan Mathimaradhoo

    So heart touching and nice story ❤️

  12. Ree/Laamu

    Nice and a heart touching story ❤️

    1. Zidhan/Vaadhoo
      Ree/Laamu

      Ehe… thanks girl. I missed youh. ❤✨

    2. Ree/Laamu
      Ree/Laamu

      Aye thank you for the birthday gift ?❤️

    3. Zidhaan/vaadhoo
      Ree/Laamu

      Most welcome loabivaa! ❤✨

  13. Leen

    Trueee ?

Comments are closed.