އަހަރެންނަކީ ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ދިވެހި ވާހަކަލިޔެމެވެ. ހަބަރާއި މަޢުލޫމާތު ލިބޭ ގިނަ މަޒުމޫނުތަކެއް ލިޔަމެވެ. އަދި އެތަކެތި ސައިޓްތަކުގައި ކޮންމެ ދުވަހަކު ޝާއިއު ކުރަމެވެ. އަހަންނަކީ ހިތުގެ މައްސަލައެއް ހުންނަ މީހަކީމެވެ. ދޭތެރެ ދޭތެރޭން ހޮސްޕިޓަލުގައި އެޑްމިޓް ކުރެއެވެ. އެތަށް ވަޤުތެއް އެތާ ހޭދަ ކުރަންޖެހެއެވެ. ކިޔައިދޭން މި އުޅެނީ ލިޔުންތެރިއެއްގެ ދުލުން ބޭރުވި ވާހަކަތަކެވެ. “އަހަރެން” ބޭނުންކޮށްފައި އެވަނީ އޭނައަށް ނިސްބަތްކޮށެވެ. ވާހަކަ ކިޔައިދިން މީހާގެ ނަޒަރުން ލިޔެލާނަމެވެ. މިއަދުވެސް އަހަރެން ހޮސްޕިޓަލަށް ގެންދެވުނީ މެއަށް […]
މި ދުވަސްކޮޅަކީ އަޅުގަނޑުގެ ކޯހުގެ ފައިނަލް ޕްރޮޖެކްޓްގެ މަސައްކަތުގައި ވ. އަވަދިނެތިކޮށް އުޅޭ ދުވަސްކޮޅެކެވެ. އެހެންކަމުން، ލިޔަންފަށާފައިވާ ސީރީޒް ވާހަކަ “ކަރުނުން ފޭދުނު ދެލި” ކިޔުންތެރިންނަށް ގެނެސްދެވޭނީ އެންމެ އަވަސްވެގެންވެސް ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި އެދުވަހު ވާހަކައިގެ 2 އެޕިސޮޑެއްގެ އިތުރުން ނިންމުުމާއި އެކު، މުޅި ވާހަކަ ކިޔުންތެރިންނަށް ގެެނެސްދެވޭނެއެވެ. ކެތްތެރި ކަމާއެކު އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ. އަދި ވާހަކަތަކަށް ލިބެމުންދާ ތަރުހީބަށް، ޝުކުރު އަދާކުރަމެވެ. އެސްފިޔަ ޓީމުން އަޅުގަނޑަށް މިކަމުގައި ދޭ ސަޕޯޓް […]
#ކުރީ އަދަދާއި ގުޅޭ….. ************** އެ ހުވަފެންތަށް މިއަދު ބިލާހަކަށް ވެެއްޖެއެވެ. ހިތްވަނީ ކުދި ކުދިވެފައެވެ. މި ހިތް ރަނގަޅު ކުރެވޭނެ ޑޮކްޓަރެއް ކަލާ ނޫނީ ވާނެ ހެއްޔެވެ؟ ޝޫރާއެވެ. އުޑުގައި ހުރިއްޔާއިި ހުރި ތަރިއެއް ބަލާފައި ކުރި ވައުދުތަށް އުވާލީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރު ކަލާއަށް ލިބުނު ކަމަށްޓަކައި އަޅު އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެކުގައި ހޭދަ ކުރި ވަޤުތުތަށް އެއްރެއިން ހަނދާން ނައްތާލީތޯއެވެ؟ އެކުގައި ރަސްރަނި ބަގީޗާގައި މާފޮޅުވި ރޭތަށް، އެކީގައި ގޮސް […]
ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]
އުފުލަން ޖެހިފައި މިވާ، ހިތާމަ ތިމަރަ އަށްވުރެ ބަރެވެ. ފުރާނައެއް ނެތް ހަށިގަނޑުުގެ ބަރު އަހަރެން ހިއްސާކުރީމެވެ. އެކަމަކު ބީވުމުގެ އިޙްސާސް އަހަރެންގެ ސިކުޑިއަކާ ވަތްކެއް ނުވާނެއެވެ. ތިބާ އަވަހާރަވާންޖެހުނީ ކީއްވެގެންތޯއެވެ؟ މަރު އެހާ ނާއިންސާފީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑު ތިބާޔާވަރަތް އަރިހުގައި ވީމެވެ. އާނއެކެވެ. އަޅުގަނޑުގެ އިސްތަށިގަނޑު ބީހޭ ހިސާބުގައެވެ. ހުދު ފޮތިން ވަނީ، ތިބާގެ ސަންދޯކުގައި އޮޅައިލެވިފައެވެ. ސަންދޯކުގައި ވަނީ ކަލާކަން އަޅުގަނޑަށް އެނގެއެވެ. އުފުލަން ޖެހިފައިފައި މިވާ، ހިތާމަ ތިމަރަ އަށްވުރެ ބަރެވެ. އަޅުގަނޑުގެ […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. “ރަސްފަންނު”ގެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ފޫހި ފިލުވާލުމަށެވެ. ރަސްފަންނަކީ މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިކަމާ ދެކޮޅުވާނެ މީހަކު ނުުހުންނާނެއެވެ. ކުއްލިއަކަށް އަހަރެންގެ ފޯން ރިންގުވާން ފަށައިފިއެވެ. ފޯނުގައި ސޭވް ކޮށްފައި ނުވާ ނަަންބަރަކަށް ވާތީ، ކާކު ކަމެއް ނޭނގުނެވެ. ފޯން ނަގަން ފިއްތާލަން އުޅެނިކޮށް އެކަން ނާކާމިޔާބުވީ އެކޮޅުން ފޯން ކަނޑާލުމުންނެވެ. “ވެދާނެ އޮޅިގެން ގުޅުނީ ކަމަށް…” އަހަރެންގެ ހިތަށް އެރިއެވެ. އިރުކޮޅެއް ނުވެ އަނެއްކާވެސް ފޯން […]
އެއީ އަހަރެން ލަންކާގައި ކިޔަވަން އުޅުނު އިރެވެ. ރައްޓެއްސަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އޮތީމަ އޭނައަށް ގޮވަަލަން ދިޔަ ދުވަހެކެވެ. ޗުއްޓީއެއް ވިއްޔާ ލަންކާ ހޮސްޕިޓަލްގައި އޮންނާނީ ހުސް ދިވެހިންނެވެ. އޭރު އަހަރެން ހުންނާނީ ބޯ ދިގުކޮށްލާފާ ހަމައެކަނި ތުނބުޅި މަތިމަސް ބަހައްޓާފައެވެ. ހޮސްޕިޓަލަށް ވަދެގެން ގޮސް ލިފްޓަށް އެރީމެވެ. ލިިފްޓު ލެއްޕެން އުޅެނިކޮށް ދެ މަންޖެ އެބަ އާދެއެވެ. “ސްޓޮޕް” އޭ ގޮވަމުން ދުވަމުންނެވެ. ދެން މަ އަވަހަށް ދޮރު ހޯލްޑް ކޮަށްލީމެވެ. ލިފްޓް ލެއްޕުމުން އެ […]
އެންމެންވެސް، ލޯބިވެޔޭ ކިޔާފަައި ދެނީ ލަނޑު… ހީވާކަހަލަ ހަޤީޤީ ލޯތްބަކީ އަހަންނަށް، ހައްޤު އެއްޗެއް ނޫނެ…” ތުނޑީގެ އެ ހިތްގައިމު މާހައުލުގައި އަހަރެން އިނީ ރޯލަ ރޯލައެވެ. ކައިރީގައި ޝަފާ އިނީ އަހަރެންގެ ކޮނޑުގައި ބޯއަޅައިގެންނެވެ. “އަހަންނަށް އެހީވޭ ޝަފް…” އެ ވަޤުތު ޝަފާ ބަޑި ފަޅައިގެން ދިޔައެވެ. “އަހަރެން އަބަދުވެސް ޝާމްއަށް އެހީވާނަން… ޝާމްއަށް އިނގޭތަ އަހަރެން ޝާމްދެކެ ވަރަށް ލޯބިވޭ… މި ހުންނަނީ ބުނާނެ ޗާންސެއް ނުލިބިފަ…” އަހަރެންގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތަށް […]
އުޑު މަތި ސާފު ރީތި ދުވަހެކެވެ. ހަލަބޮލި މާލޭގެ މަގުމަތިން “ޕީއް…ޕީއްް..” އަޑު ކެނޑިގެން ނުދެއެވެ. އާދައިގެ މަތިން މިއަދުވެސްް އަހަރެން ތައްޔާރު ވެލީ ހަވީރު ފިންޏަށް ބުރެއް ޖަހާލުމަށް ދާށެވެ. ފެންވަރައި ރީތިވެލީމެވެ. އަހަރެން ހުރީ، ނޫކުލައިގެ އަތްދިހު ގަމީހަކާއި ފިއްތި ޖިންސް (ސްކިނީ) އެއް ލައިގެންނެވެ. އަތުގައި އަޅާފައި އޮތް ސްމާޓް ވޮޓްޗް ފޯނާ ކަނެެކްޓްކޮށްލީމެވެ. ބެލްޓް ރަނގަޅަށް ބާރު ކުރުމަށްފަހު ހިނގައި ގަތީމެވެ. އަދި ހަރުގަނޑުގައި އިން ފެހި ކުލައިގެ ބޫޓަށް އަރާލީ […]