Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 26

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
April 6, 2021 7 Mins Read
5 Comments

* އެ ވޯޑް ޑޮކިއުމެންޓް ހުޅުވާ އެއަށް ބަލާލާފައި އިޒްކާންގެ ނިތަށް ރޫ ގިނަވިއެވެ.

hiyAnq bEnunqvanI nICalq.. wizqkAnq kalE mikanq huwqTuvanq bEnunq vAnama hiyaAnq huwqTuvA mA lasq nuvanIsq CUrA rEpq kurIvesq hama HiyAnq.. mA vagutewq netq.. wavasqkurE

“އިޒްކާން.. ކަލޭގެ ސިކުނޑި އަދިވެސް މަސައްކަތް ކުރަންޏާ ނިކަން ރަނގަޅަށް ވިސްނައިގެން މި ކޯޑްގެ އަސްލު މާނަ ހޯދާ.. މާ ލަސްވުމުގެ ކުރިން..” އާހިލްގެ މެސެޖްގައި ވިއެވެ. *

“މިސޮރު މިއޮތީ ކޮން ހަޑިއެއް ހާވާފައި..؟” އިޒްކާންއަށް ހިތާހިތުން އެއްސެވެ. އިނގިރޭސި އަކުރުތައް ކެޕިޓަލް އަދި ސިމްޕަލްކޮށް ފާޑަކަށް ލިޔެފައިވާ އެ ކޯޑުގެ މާނައަށް އިޒްކާންއަކަށް ނޭނގުނެވެ. ހަތަރު ފަސް ފަހަރު ފަށައިގެން ނިމެންދެން ކީއިރުވެސް އިޒްކާންއަކަށް އެ ނަގައެއް ނުގަނެވުނެވެ. ނިކަން ވިސްނައިގެން ހުރެ އިޒްކާން އަދިވެސް ދެތިން ފަހަރަކު އެ ކޯޑޑް ކިޔެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. އެ ކޯޑްގެ އަސްލު މާނަ ހޯދުމުގެ އަލިމަގެއް އިޒްކާންއަކަށް ނުފެނުނެވެ. “މާ ލަސްވުމުގެ ކުރިން..؟ އޭގެ މާނައަކީ ކޮބާ..؟” އިޒްކާން އެންމެ ބޮޑަށް އަޅައިގަތީ އެތަންކޮޅުގައެވެ.

“އަނެއްކާ ކަމެއް ލައިގަންނަން އުޅެނީބާ..؟” ސިކުނޑިތެރޭ އެނބުރިގަތް އެ ޚިޔާލުން އެކަނިވެސް އިޒްކާންގެ ހިތް ބިރުވެރިކަމުން ފުރުނެވެ. ގައިގައި ބީހިލި ލުއި ވައިރޯޅި ވެސް އިޒްކާންއަށް ސިފަ ކުރެވުނީ ފްރިޖް ހުޅުވާލުމުން ގަޔަށް ލިބޭ ފިނިކަމުގެ ގޮތަށެވެ. އެހާވެސް ބޮޑަށް އިޒްކާން ނުތަނަވަސް ވެއްޖެއެވެ. “އާހިލް ކީއްވެގެންބާ މަގޭ ކައިރީގައި ބުނަން ބޭނުންވާ އެއއްޗެއް ސީދާ ސީދާކޮށް ނުބުނީ..؟ އޭނަ ބުނަން ބޭނުންވާ އެއްޗެއް މަ އަބަދުވެސް ކަނުލާ އަޑުއަހަން.. ދެން މިފަހަރު ކީއްވެ ކޯޑެއް..؟” އެކަމާއި ދޭތެރޭ ވިސްނިވަރަކަށް އިޒްކާން ބޮލުގައި އޮޅޅިފައިވާ ރޮދިގަނޑު ދަނީ އިތުރަށް އޮޅެމުންނެވެ. ޖަވާބެއް ނެތް ސުވާލުތަކެއް އުފައްދަމުންނެވެ.

“އޭތް މަ އެ ކޯޑް އިޒްކާނަށް ފޮނުވައިފިން..” ގެއަށް ދިޔަ މަގުމަތީގައި އާހިލް އައިހަމަށް މެސެޖް ކުރިއެވެ. “އެހެންދޯ.. ކަލޭ މޮޅޭ އިނގޭ.. ވަރަށް ސަޅި ކޯޑެއް އެއީ..” އައިހަމް އާހިލަށް ތައުރީފް ކުރިއެވެ. “ހަހަ މަށަށް އެނގޭ ސަޅިކަން.. އެކަމަކު މަ ނާރވަސްވަނީ އެއްކަމަކާއި ހުރެ.. އިޒްކާނަކީ މި ދުނިޔެ މައްޗަށް އުފަން ކުރައްވާފައިވާ މޮޔައެއް.. އެސޮރަށް އެ ކޯޑު ނަގައިގަނެވޭނެ ބާވައޭ މަގޭ ހިތަށް އަރަނީ..؟” އާހިލް ކަންބޮޑުވުން ފާޅު ކުރިއެވެ.

“އިޒްކާންއަށް އެކަން ވާނެ.. އޭނައަކީ ގިނަފަހަރު މޮޔައެއް ހެން އުޅުނަސް ވަރަށް ވިސްނުން މޮޅު މީހެއް.. ބައެއް ފަހަރު.. ދެން ދުއާ ކުރަމާދޯ އިޒްކާންއަށް އެ ސޯލްވް ކުރެވޭނެކަމަށް..” އައިހަމްގެ ހިތުގައި އިޒްކާންއާއި ދޭތެރޭ އޮތް އުންމީދު ބޮޑެވެ.

“އޭނަ ޔަގީން މިހާރު ހުންނާނީ ބޯ ގޮވާފައިކަން..” އާހިލް ބުންޏެވެ. “އާނ ވަރަށް ހާސްވެފައި އެ އިނީ..” އައިހަމް ދުރުގައި ނީޝަލް ގާތުގައި އިށީނދެލައިގެން އިން އިޒްކާންއަށް ބަލާފައި މެސެޖް ގައި ލިޔުނެވެ. ”އަސްލު ކޯޑެއް ހަދަން ޖެހުނީ ހިޔާންއަށް އެނގިދާނެތީ.. ކިހިނެތް އެނގެނީ ދޯ.. އޭނަ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ.. ކަމެއް ނުވާކަމަށް ހަދާލާފައި ފޯނުވެސް ޗެކު ކޮށްފާނެ.. އަހަރެމެން އިޒްކާނަށް ސީދާކޮށް ކިޔައިދީފިނަމަ ފައިލަމާއި ހިޔާން ވެގެން މައިހާ، ރައުލާ އެންޑް ހުދާ އަށް ހަދާލާނެ ގޮތެއް އިނގެނީކީއެއް ނޫން..” އާހިލް ބުނެލިއެވެ.

“އާނ އެނގެޔޭ.. އެނގެޔޭ.. މިއަދު ބުދަ ދޯ.. ކަލޯ ހުކުރު ދުވަސް ކައިރިވަނީ.. ހަބަރު ލިބުނު ގޮތުގައި ހުކުރު ދުވަހުން ހިޔާން އަދި ފައިލަމް ދާނެ ގެސްޓް ހައުސްއަކަށް އެމީހުން ހާވާ ހަޑިއެއް ހާވަން.. އެގަޑި ބަލާފައި އަހަރެމެން ގޮސްފައި ހުދާމެން ސަލާމަތް ކުރީމައި އޯކޭއެއްނު..؟” އައިހަމް އޭނާއަށް ލިބިފައިވާ މައުލޫމާތު ހިއްސާ ކުރިއެވެ. “ހުވާތަ..؟ އާނ ނައިސް.. އަހަރެމެންނަށް ގޯލްޑް ޗާންސެއް ދޯ..” އާހިލްގެ ހިތުގައި ޖޯޝު އުފެދުނެވެ. “އާނ.. އެކަމަކު މާ އަވަސްއަރުވާލައިގެން ނޫޅެމާ ދޯ..؟ އަވަސްއަރުވާލަން ހަދައިގެން ގޮވާނީ އަތަށް..” އައިހަމް ހަނދާންކޮށްދިނެވެ.

“ކޭއޯކޭ..” އާހިލް ބުންޏެވެ. “އެކަމަކު ބުރޯ ކަލޭ ހާދަހާއޭ ދޯ މޮޅީ މިހާރު.. އަސްލުވެސް ވަރަށް ސަޅި ކަލޭގެ ޕްލޭން..” އައިހަމަށް ހަމަ ތައުރީފް ނުކޮށެއް ނުހުރެވުނެވެ. އެކަމުން އާހިލްގެ ފޮނިކަން ދަރަޖައެއް މައްޗަށް ޖެހިލައިފިއެވެ. “ހޫން ހޫން ދެން ހެވޭ މަށަށް އިނގެޔޭ އެ ސަޅިކަން.. ކަލޭ ތި ވަރަށް ކޮންމްޕްލިމެންޓް ނޭޅިޔަސް..” އާހިލް ހުރީ ހަގީގަތުގައިވެސް ވަރަށް ފަޚުރުވެރިވެފައެވެ.

“އޯކޭ ދެން މަ ދަނީ އިނގޭ ގެއަށް.. އައިރީން އެބައޮތް ނޯޓްސްތަކެއް ދީފައި މަށަށް ފިލާވަޅު ހަދާށޯ ކިޔާފައި..” އާހިލް ބުންޏެވެ. “ކަލޭ ދެން އޭނަ ކައިރީ އަދިވެސް ނާހަންތަ.. ޔޫ ނޯ.. ރައްޓެހިވާކަށް..؟” އައިހަމް އަހަން ނާހަން ހުރެފައިވެސް އެއްސެވެ. “ކަލޭވެސް ހޫރީން ކައިރިއަކު ނާހަމެއްނު.. މަވެސް ނާހާނަން ކަލޭ ނާހަނީހެއް..” އާހިލް ބުންޏެވެ. އާހިލްގެ ޅަކަމާއި ހުރެ އައިހަމް ގާތަށް ހިނިއައެވެ. “މަށަށް ތިކަން ކުރެވެން އޮތީ މިކަންތައް ހައްލަކަށް އެޅުނީމައި.. އެމަންޖެ ކަލޭދެކެ ހާދަހާ ލޯތްބެއް ވާތީއޭ ކޮންމެ ދުވަހަކު އޭނަގެ ނޯޓްސް އާއި އެކީގައި ކަލޭގެ ނޯޓްސްތައް ނަގައިދެނީ..” އައިހަމް ދިމާ ކޮށްލައިފިއެވެ.

“ހެހެހެ.. ކަލެއާއި ހޫރީންވެސް ވަކި ދެރައެއް ނޫނެއްނު.. މަ ދަނީ މި.. ހިޔާން އާއި ފައިލަމް އާއި ބެހޭގޮތުން އާ ޚަބަރެއް ލިބިއްޖެއްޔާ ވަގުތުން ވަގުތަށް މަށަށް އަންގާތި.. މަވެސް އަންގާނަށް އާ ކަމެއް ވިއްޔާ..” އާހިލްގެ ފަހު މެސެޖްގައި އޮތެވެ. އައިހަމް ހޫމްއެކޭ ލިޔެލާފައި ކޮޅަށް ތެދުވިއެވެ. “ކަލޭމެން ގެއަށް ދާން ނުވަނީތަ..؟ އެ އިރުއޮއްސެނީއެއްނު..؟” އައިހަމްގެ އަޑަށް ޚިޔާލީ ދުނިޔެއެއްގެ ތެރޭގައި ގެނބިފައި އިން އިޒްކާން، ނީޝަލް އަދި ހޫރީންއަށް ހޭވެރިކަމެއްވިއެވެ.

“އާނ ދާންވީ ދޯ ދެން.. އެސައިންމެންޓްތައްވެސް ފުނިޖެހިފައި އެބައޮތް.. ނީޝް.. ހިނގާ ދާން ދޯ ގެއަށް ދާން..” އިޒްކާން ތެދުވެފައި ނީޝަލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެ މަންޒަރު ދެކޭ މީހަކަށް އެއީ ދެ ލޯބިވެރިންނެއް ނޫނޭ ބުނަން ނުލާހިކު ދަތިވާނެއެވެ. އިޒްކާން އާއި ނީޝަލް އެހާ ވެސް ބޮޑަށް ގުޅެއެވެ. “އޭތް ހޫރީން..” އިޒްކާން އާއި ނީޝަލް ސައިކަލުތަކާއި ދިމާލަށް ދިޔުމުން އައިހަމް ގޮވާލިއެވެ.

ސިހިފައި ހޫރީން އައިހަމް އާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. އޭރު ހޫރީންގެ ހިތް ތެޅިފޮޅޭވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ނިތްކުރިމަތިން ދާތިކިތައް ފާޅުވީވެސް ނޭނގިހުއްޓައެވެ.

“ގެއަށް ދާން ހިނގާ.. ލަސްވެއްޖެ މިހާރު..” އައިހަމް މަޑުމައިތިރި އަޑަކުން ބުންޏެވެ. “ތެންކިއު އިނގޭ.. އެކަމަކު އަހަރެން އެބަ އޮތް ތަނަކަށް ދާންވެފައި..” ހޫރީން ދެކޮޅު ހެދީ ގަސްތުގައެވެ. ހުދާ އާއި އައިހަމް ރައްޓެހިވެގެން އުޅޭ އަޑު އިވުމުން ހޫރީންގެ ހިތަށް ވަނީ ނުހަނު ބޮޑަށް ތަދުވެފައެވެ. އައިހަމް ހޫރީން ލައިދޭން ދާން ބޭނުންވާކަން އެނގޭ ހާލުވެސް ހުދާ އާއި އައިހަމްގެ މެދަށް ނުވަންނަން ވެގެން ހޫރީންއަށް ދެކޮޅު ހަދަން މަޖުބޫރުވީއެވެ.

އައިހަމްގެ ކަރު އެލުނެވެ. ހިތުގައި އުފެދުނު ކުޑަކުޑަ އުންމީދުވެސް ފުނޑިގެން ހިނގައިދާނެހެން އެ ވަގުތު އައިހަމްއަށް ހީވިއެވެ. ހިތުގައި އަޅަން ފެށި ވޭން ސިއްރު ކުރުމަށްޓަކައި ފޭކް ހިނިތުންވުމެއް ހޫރީންއަށް ހަދިޔާ ކޮށްލާފައި އައިހަމް ދާ ހިނގައިގަތެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާ ވެއްޖެއެވެ. “ކީއްވެގެންތަ..؟” އައިހަމްގެ ހިތުގައިވީ އެ ސުވާލެވެ.

“މާފުކުރޭ އައިހަމް.. މިނޫން ގޮތެއް ދެން ނެތް…” ހޫރީން ލައިގެން ހުރި ފެހި ޖެކެޓް ޖީބަށް އަތް ޖަހާލަމުން ހިނގައިގަތް އިރު އެދެލޮލުގައި ކަރުނަތައް ގިނަވެފައިވީ ނަމަވެސް ތުންފަތުގައި ވަނީ ކުޑަ ހިނިތުންވުމެކެވެ.

ސައިކަލުގައި އިޒްކާން ނީޝަލް ގޮވައިގެން ގެއާއި ހިސާބަށް ދިޔައިރުވެސް ދެމީހުން ވަށާލައިފައިވީ ހަމަހިމޭންކަމެވެ. އިސްނަގައިގެން ވާހަކަ ދައްކާނެ މީހަކު ނުވިއެވެ. ދެމީހުންނަށްވެސް ހުރެވުނީ އެ މީހެއްގެ ޚިޔާލުތަކުގެ ތެރޭގައި އަރަގުވެފައިކަމުން އެދެމެދުގައި ވާހަކަ ނުދެކެވޭކަންވެސް ނޭނގެއެވެ. “މިއާދެވުނީ..” އިޒްކާން ހަމަހިމޭންކަން ފޫދުއްވާލިއެވެ. ނީޝަލް ހިނިތުންވެފައި ފޭބިއެވެ.

ގެއަށް ވަތްއިރު ނީޝަލް ކުރިން ނުދެކޭ ފިރިހެން ކުއްޖެއް ގޭތެރޭގައި އިނެވެ. ނީޝަލް އައިސް ގެއަށް ވަންނައިރަށް އެފިރިހެން ކުއްޖާގެ ދެލޯ އަމާޒުވީ ސީދާ ނީޝަލްއަށެވެ.

“ނީޝީ.. އާދެވިއްޖެދޯ..” ޒީޝް ހުރީ ޓެން އަށް ކާންދޭށެވެ. ނީޝަލްއަށް ހުރެވުނީ އެ ފިރިހެންކުއްޖާ އާއި ދިމާލަށް ބީރައްޓެހި ނަޒަރަކުން ބަލަހައްޓައިގެންނެވެ. “މިއީ މާޔަން އިނގޭ.. ކުޑާގެ ސްޕެޝަލް ފްރެންޑް.. މާން.. މިއީ ނީޝް.. ނީޝަލް.. މަގޭ ދޮންބެ ކައިޔަންގެ ދަރިފުޅު.. އެންޑް މައި ބެސްޓް ނީސް..” ޒީޝްއަށް އެކަން ފާހަގަވެގެން އަވަހަށް ދެމީހުން ދެމީހުންނަށް ތައާރަފް ކޮށްދިނެވެ.

“ހެއި..” މާޔަން ހީލިއެވެ. ނީޝަލްވެސް ހީނލާފައި ވަނީ ކޮޓަރިއަށެވެ. އެސައިމެންޓްސް ނިންމުމުގެ ބަހަނާގައެވެ. އެނދުގައި އިށީނދެލާއިރަށް ނީޝަލްގެ ބޮލުގައި ރިއްސައިގަތީނުން ހީވީ ދެކަޅިވެސް މައްޗަށް އަރާފާނެހެންނެވެ. ނީޝަލްއަށް ވަގުތުން ބާލީސް މޫނުގައި ޖައްސާ ބާރު ކޮށްލެވުނެވެ. ބޮލުގައި ރިހެމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމޭން ބޯ ދެފަޅިވެދާނެހެންނެވެ. ރިހުން ކެނޑިގެން ދިޔައީ ފަސްވަރަކަށް މިނެޓް ފަހުންނެވެ.

“ހުން އައީބާ..؟ މާ ސްޓްރެސް ވަނީ ކަންނޭނގޭ.. ވަރަށް ގަދަޔަށް މިދުވަސްކޮޅު އެބަ ބޮލުގައި ރިއްސާ..” ނީޝަލްއަށް ބޮލުގައި ފިރުމާލަމުން ބުނެވުނެވެ. ނިދުމުގެ ކުރިން ނީޝަލް އަވަސްވެގަތީ އެސައިންމެންޓްތައް ނިންމާށެވެ. އޭރު ނައިލް އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އިޝްހާ އާއި ވާހަކަ ދައްކަން އިނެވެ. ނީޝަލްގެ އެނދުމަތީގައެވެ.

“އޭތް ނީޝަލް…!” ހޫރީން ގޮވާލިއެވެ. “ޔެހް..؟” ނީޝަލް ބޯޑަށް ބަލަމުން އަހާލިއެވެ. ”އާދެބަލަ މިއަދު މަށާއެކީގައި ފިހާރައަކަށް ދާން..” ހޫރީން ބުނެލިއެވެ. ކޮލެޖް ނިންމާފައި ގެއަށް ދާން ނުކުތް ވަގުތުއެވެ. ”އާނ އޯކޭ.. ކޮން އިރަކުންތަ..؟” ނީޝަލް އެއްސެވެ. ”މަވެސް ގެންގޮސްބަލަ..” އިޒްކާން އެދުނެވެ. “އިޒްކާންވެސް ބޭނުންވަނީތަ ހައިހީލްސް އާއި މޭކަޕްސާމާނު ގަންނަން..؟” ހިނިތުންވެލަމުން ހޫރީން އަހާލިއެވެ. ”ސާބަހޭ… މަގޭ ކޮއްކޮއަށް އޭތިމީތި ގަނެދީ ގަނެދީ މަށަށްވެސް އަންހެންކުދިން ބޭނުންވާނެ އެއްޗެހިތައް އެނގެޔޭ..” އިޒްކާން ބުނެލިއެވެ. “ހާސްނުވވޭ.. އިޒްކާންގެ ތުންފަތާއި ގުޅޭ ވަރަށް ރީތި ޝޭޑްއެއްގެ ލިޕްސްޓިކްއެއް އެތަނުން ލިބޭނެ.. ޔަގީން އޭރުން ޔޫއެސް މޮޑެލަކަށްވެސް ދޫ ނުކުރާނެކަން…” އިޒްކާން ދާން އެދުމުން ހޫރީން ސަމާސާ ކުރާހިތްވިއެވެ.

އަވަހަށް ގެއަށް ގޮސްފައި މުށިކުލައިގެ ރީތި ހެދުމަކާއި ޓޯރޓިލާ ކުލައިގެ ސްކިނީއެއް ލާފައި ނީޝަލް ނުކުތީ ޒިވީންގެ ގާތުގައި ބަލައިގެން އުޅޭނެކަމަށާއި ލަސްނުވެ ގެއަށް އަންނާނެކަމަށް ވައުދުވެފައެވެ.
ނީޝަލް މަގުގެ ތަންކޮޅަކަށް ހިނގާލިތަނާހެން ހޫރީންއަށް ނީޝަލް ފެނުނެވެ. ”ތިތަނުގައި މަޑުކުރި އިރު ބުނެލިނަމަ..” ނީޝަލް އެއްހަމަ ކޮއްލަމުން ބުނެލިއެވެ. ”ސާބަސް.. އަދި ލަސްވެގެން ތެޅޭކަށް ނުވެއެއްނު..؟ އަދި ކިރިޔާއެއްނު އެ ހަތަރެއް ޖަހަނީ..” ނީޝަލްގެ ކޮނޑަށް އަތް ވައްޓާލަމުން ހޫރީން ބުނެލިއެވެ.

ދެމީހުން އެކީގައި އެންމެގާތުގައި ހުރި އަންހެންކުދިންގެ އެއްޗެހި ވިއްކަން ޚާއްސަ ފިހާރައަށް ވަންނަން އަތްގަނޑުގައި ހިފިއެވެ. “ނީޝް.. ހޫރީން..” އެތެރެއަށް ވަތްތަނާހެން އިޒްކާން ގޮވާލިއެވެ. “ހޭ އިޒްކާން..” ނީޝަލް ދުވެލާފައި ކަހަލަގޮތަކަށް އިޒްކާންގެ ގާތަށް ދިޔައެވެ. “މިތާ ކީއްކުރަނީ އޭނ..؟” ލިބުނު ސިހުމާއެކީ ހޫރީންއަށް އެހެން އަހާލެވުނެވެ.

”އައި ބޭނުމީ މިއެއްޗެހި..” ކުއްލިއަކަށް ހެދުމަކާއި ދެ ލިޕްސްޓިކްއެއް ހިފައިގެން ހުރެ އައި އަންހެން ކުއްޖެއް އައިސް އިޒްކާންގެ އަތުގައި އެލިގަތެވެ. ނީޝަލްއަށް އޮޅުމަކުން ނަމަވެސް އެ އަންހެންކުއްޖާ އަށް ކަޅި އަޅާލެވުނެވެ. އިޒްކާން އާއި އެހާ ގައިގޯޅި ވެގެން ހުރުމުގެ ހައްގު އެކުއްޖާއަށް ދިނީ ކާކު ހެއްޔެވެ.؟ ނީޝަލް ފާޑަކަށް ބަލަހައްޓައިގެން ހުރުމުން އިޒްކާންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. “ދެން.. ގަނެދީބަ ދޯ.. މިއަދު ޔޫ ކިޔާ ކިޔާއެއްނު މި ފިހާރަށް މި އައީވެސް..” އެ އަންހެން ކުއްޖާ އިޒްކާންގެ އަތުގައި ކުރިއަށް ވުރެވެސް ބޮޑަށް އެލިގަތެވެ.

ހިތުގެ ކޮންމެ ނާރަކަށް ލޮޅުމެއް އެރިހެން ނީޝަލްއަށް ހީވިއެވެ. އެ އަންހެން ކކުއްޖާ އިޒްކާން އާއި ދުރަށް ފޮޅުވާލަން ހިތަށް ހާސް ފަހަރު އެރިއެވެ. ނީޝަލްގެ ދެބުމަ ކައިރިވިއެވެ. އެ ދެލޮލުން އަލިފާން ކަނި ބުރާފާނެހެން ހީވެއެވެ.

“ދެން އާދޭ ދާން ދޯ ކައުންޓަރަށް.. މި ބޭބީގަނޑާއި ހެދި މަގޭ ލާރިކޮޅުވެސް ހުސްވާނެ..” އިޒްކާން އެ އަންހެންކުއްޖާގެ ކޮނޑަށް އަތްވައްޓާލާ އިތުރަށް ގަޔާއި ކައިރިކޮށްލީ ނީޝަލްގެ މޫނަށް އަރާ ކުލަވަރުތައް ދެކެން ކެތްމަދުވެފައި ހުރެއެވެ. ރުޅިއައިސްގެން ގޮސް ރަތްވެފައިވާ އެ ދޮން މޫނު ހީވަނީ ރަތް މިރުހެއް ހެންނެވެ. އަދި މިހާ ރުޅި އާދެވުނު ދުވަހެއް ނީޝަލްގެ ހަޔާތުގައިވެސް އަދި ނެތެވެ.

ހޫރީން އޭނައަށް ކަމުދިޔަ ހެދުމެއް ނަގައިގެން ނީޝަލްގެ ކައިރީގައި ހުއްޓުނެވެ. ދެބުމަ ކައިރިވެފައި ހުރި ނީޝަލްއަށް ހޫރީން ބަލާލީ ފާޑަކަށެވެ. “ކިހިނެތްވެފައި ތި ހުންނަނީ..؟” ހޫރީން އެއްސެވެ. ނީޝަލް ހޫރީންގެ މޫނަށް ބަލާލިއެވެ. “ކަމެއް ނުވޭ..” އެ އަޑުގައިވާ އަސަރުން ހޫރީންވެސް ގަތީ ބިރެވެ. އަވަހަށް އަމާން ދީފައި ކައުންޓަރާއި ދިމާލަށް ދިޔައީ ނީޝަލްގެ ރުޅިން އޭނާވެސް ފިހިދާނެ ކަމުގެ ބިރު ހިތަށް ވަނުމުންނެވެ.

ނީޝަލްވެސް ފަހަތުން ހަރު ފިޔަވަޅުތަކެއްގައި ގޮސް އަރާ ހަމަކުރިއެވެ. ނީޝަލް ހަމަ އަސްލަށްވެސް އެހުރީ ހަސަދަވެރިވެފައިކަން އެނގުމުން އިޒްކާންގެ ހިތަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ. އެވަރުން އެކަނިވެސް އިޒްކާންއަށް އެ ލޯތްބާއި ދޭތެރޭ އޮތް ޔަގީންކަން ބޮޑުވެގެން ދިޔައެވެ. “ނީޝް.. އަދި ކުރިން ދިމާއެއް ނުވާނެދޯ.. މިއީ އައިރީން އިނގޭ.. މަގޭ ކޮއްކޮ.. އައިރީން.. މިއީ ނީޝަލް އިނގޭ.. ދޮންބެގެ ވަރަށް ގާތް އެކުވެރިއެއް..” ނީޝަލް ރުޅިއައިސްގެން ގޮސް ފަޅައިގެން ދިޔުމުގެ ކުރިން އިޒްކާން އަވަހަށް ބުނެލިއެވެ.

ދުން އަރައަރާ ހުރި ނީޝަލްގެ ބޮލަށް ހީވީ ފިނިގެން އެއްޗެއް އަޅާލި ހެންނެވެ. އައިރީން ވެސް ނީޝަލްއަށް ބަލާލީ ހީލާފައެވެ. އިޒްކާން ނީޝަލްއަށް ބަލަން ހުރި ގޮތުން އެކަނިވެސް އައިރީންއަށް ޔަގީންވީ އެއީ އިޒްކާންއަށް ހާއްސަކުއްޖެއް ކަމެވެ. “ހާއީ.. އަހަރެން މީ އައިރީން.. އިޒްކާންގެ ކޮއްކޮ..” އައިރީން ވަރަށް ވެފައި ނީޝަލް އާއި ސަލާމްކޮށްލައިފިއެވެ. ކުޑަކޮށް އަނގަސަކަރާތްވެފައި ހުރެ ނަމަވެސް ހިނިތުންވުމަކާއި އެކީގައި ނީޝަލް އައިރީން އާއި ސަލާމް ކޮށްލިއެވެ.. މަންޒަރު ބަލަން ހުރި ހޫރީން ހުރީ ހިނިގަނޑު ހިފާއްޓައިގެންނެވެ.

“އޭ ދޮންބޭ.. މީދޯ ދޮންބެ ސައުވީސް ގަޑިއިރުތެރޭ އަބަދު ވެސް ފޯނުން ބަލލަން ހުންނަ ފޮޓޯގައި އަންހެންކުއްޖާ އަކީ..؟” އައިރީން ވިސްނާވެސް ނުލާ އަހާލި ސުވާލުން އިޒްކާން ދެލޯ ބޮޑުކޮއްލާފައި އައިރީންއަށް ކަޅިއަޅާލިއެވެ. ނީޝަލް ގާތަށް ހިނިއައެވެ.

އެހާއިރު ވަންދެން ހޫރީން މަތަކޮށްލައިގެން ހުރި ހިނިގަނޑު ފަޅައިގެން ދާން އއުޅޭހެން ހީވުމުން އަވަހަށް ހޫރީން މިސްރާބު ޖެހީ ޗޭންޖިން ރޫމާއި ދިމާލަށެވެ. އެތާ ހުރެގެން ހޫރީން ލޮލުން ފެން އަންނަން ދެން ހުނެވެ.

ހުކުރު ދުވަހެވެ. އިރު އެހާ ސާފުކޮށް ފެންނަން ނެތީ ވިއްސާރަ ހަދާފައި އޮތުމުގެ ސަބަބުންނެވެ. ކަޅު ކުލައިގެ ވިލާތަކުން އުޑުމަތި ބައްދާލާފައި ވާއިރު ދޭތެރެ ދޭތެރެއިން ޖެހިލާ ވައިރޯޅިން ހީވަނީ މީހާ ގަނޑު ކޮށްލަފާނެހެންނެވެ. އެހާވެސް ފިންޏެވެ.

“އޭތް އާހިލޫ..!!” އައިހަމް މެސެޖް ކުރިއެވެ. “ކީކޭ ފައިލަމް..؟” އާހިލް އެހެން ބުނީ ގަސްތުގައެވެ. އެވަގުތު ހުރެވުނީ ރަނގަޅު މޫޑެއްގައި ކަމުން ސަމާސާ ކޮށްލާ ހިތުންނެވެ.

“މަގޭ ނަމަކީ އައިހަމް.. ފައިލަމެއް ނޫން.. އެހެންނޫނަސް ހަބަރެއް ލިބިއްޖެޔޭ..” ވާހަކަ ގިނަނުކޮށް އައިހަމް ދިޔައީ ސީދާ މައުޟޫ އަށެވެ. “ކޮން ހަބަރެއް..؟” އާހިލްވެސް މަޖާކަމުން ސީރިއަސްކަމަށް ބަދަލުވީ ނުހަނު އަވަހަށެވެ. “ހިޔާންމެން ގެސްޓް ހައުސަށް ދާން އޮތީ ރޭގަނޑު ގަޑީގަޔޯ.. އެހެންވެ އަހަރެމެން މަގޭ ގެއަށް ދާން ރާވަންވީ މިރެއަށް..” އައިހަމް ހޫނުކަންމަތީ އޮތް ހަބަރު ހިއްސާކުރިއެވެ. “އާނ އޯކޭ.. ރޭގަނޑަށް ދޯ ދާންޖެހޭނީ.. ފްލޭޝްލައިޓާއި ވޯކީ ޓޯކީސް އަދި ފޭކް ބޮމްބްސްވެސް މަ ހަމަކޮށްފިން..” އާހިލް ހުރީ ކަމެއް ވެދާނެކަމަށް ދުރާލާ ތައްޔާރުވެގެންނެވެ.

“ތިހާވަރަށް ތައްޔާރުނުވިޔަސް ފުދޭނެކަންނޭނގެ..” އާހިލްގެ މޮޔަކަމާއި ހުރެ އައިހަމް ބޯހޫރާލިއެވެ. “ހެވޭ ދެން.. ހަމަ އޭގެ ބޭނުން ޖެހިދާނެދޯ.. ކަމެއް ވާނީ ބުނެފައެއް ނޫނޭ..” އާހިލް ބޮޑާހާކަން ފެށިއެވެ. “އޯކޭ އޯކޭ އޯކޭ… ތައްޔާރަށް ހުންނާތި..” އައިހަމް ފަހު މެސެޖް ދިނެވެ.

“ނީޝް.. ދޭބަލަ މިރުސްކޮޅެއް ގަނެގެން އަންނަން.. އެ ހުސްވެއްޖެ..” ކައްކަން ހުރެފައި ޒިވީން އެދުނެވެ. ނީޝަލް އަވަހަށް ބޯ ޖަހާލާފައި ގެއިން ބޭރަށް ނުކުންނަންވެގެން އެޅި ފުރަތަމަ ފިޔަވަޅާއި އެކީގައި ހީވީ މޫސުން ނީޝަލްއަށް މަލާމާތް ކޮށްލީހެންނެވެ. ބޯކޮށް ވާރޭ އޮއްސާލައިފިއެވެ.

“ޕިސްޕިސް..” ނީޝަލް ބޯ ހޫރާލާފައި އަލުން އެތެރެއަށް ވަދެ ކުޑަތައް ބަހައްޓާތަނަށް ހިނގައިގަތެވެ. “ތިއްތާ ކޮބާ މިގޭގެ ކުޑަތައް..؟” ކުޑަ އަޅުވާ ތަނުގައި އެންމެ ކުޑައެއްވެސް ފެންނަން ނެތުމުން ނީޝަލް ގޮވާލިއެވެ. “އާނ ތިއްތަ ހަނދާން ނެތިއްޔޭ.. މިއަދު ތިއްތަބޭ ޕޮލިސް ސްޓޭޝަނަށް ދިޔުމުގެ ކުރިން ދިޔައީ އެއް ކުޑަ ހިފައިގެން.. ޒާންބެވެސް ރެސްޓޯރެންޓަށް ދިޔައިރު ދިޔައީ ކުޑައެއް ހިފައިގެން އަދި ދެންމެ ޒީޝްކުޑާ ބޭރަށް ދިޔައިރު ދިޔައީ ކުޑައެއް ހިފައިގެން.. ދެން ނޯންނާނެ ކުޑައެއް..” ޒިވީން ތުންފަތުގައި ދަތް އަޅާލިއެވެ.

“ނަތިންގ ޓު ވޮރީ އެބައުޓް.. ނީޝް ފްރާންސްގައި އުޅުނުއިރު ގެންގުޅުނު ކުޑައެއއް އެބަ އޮތް..” ޒިވީން އެއްޗެކޭ ބުނުމުގެ ކުރިން ނީޝަލް ދުއްވައިގަތެވެ. އަދި ކޮޓަރިއަށް ވަދެ އޭނާ އަންޕެކް ކުރި އިރު އެންމެ ބޭނުން ނުވާނެ ކަހަލަ އެއްޗެހި އެޅި ފޮށިގަނޑު ނަގާ ހުޅުވާލިއެވެ. އަދި އޭގެން ނެގި ކުޑަ އަޅައިގެން ދާން ނުކުތެވެ. އަވްލީން ބުނެދިން ގޮތުގައި އެއީ ކޮންމެވެސް ކުއްޖަކު އޭނާއަށް ދިން ކުޑައެކެވެ. ސަބަބަކާއި ނުލާވެސް ނީޝަލްއަށް އެ ކުޑަ ރައްކާކޮށްގެން ގެންގުޅެވުނެވެ.

ވާރޭ ކޯޓް ލައިގެން ވާރޭތެރޭގައި ބުރެއް ޖަހަން ވެގެން ނުކުތް އިޒްކާންއަށް ސައިކަލު މަޑުކޮށްލެވުނެވެ. ފެނުނު މަންޒަރަކުންނެވެ. “މާމަ ދިން ކުޑަ..” އިޒްކާންއަށް ބުނެވުނެވެ. މާ ދުރުން ކުޑައެއްގެ ހިޔަލުގެ ދަށުގައި ހުރި ކުއްޖާގެ މޫނު ނުފެންނާތީ އިޒްކާން އަވަހަށް ދުއްވާލީ އެކުއްޖާ އާއި އަރާ ހަމަވޭތޯއެވެ. ޝައްކެއްވެސް ނެތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އިޒްކާންގެ މާމަ ދުނިޔެއަށް އަލްވަދާއު ކިޔުމުގެ ކުރިން މާމަ އޭނާއަށް ހާއްސަކޮށް ހަދައިދިން ކުޑައެކެވެ.

ކިތަންމެ ދުވަސް ވިޔަސް އިޒްކާންގެ ދެލޮލަށް އެ ކުޑައެއް އޮޅުވައެއް ނުލެވޭނެއެވެ. ސައިކަލލުގެ ސްޕީޑް އިޒްކާން ބާރު ކޮށްލީ އެ ކުޑައިގެ ވެރި ފަރާތުގެ މޫނު ދުށުމަށް ހިތް އެދޭތީއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ޚިދުމަތުގައި

Next

ހިރާސް 21

Next
April 6, 2021

ހިރާސް 21

Previews
April 6, 2021

ޚިދުމަތުގައި

5 Comments!

  1. yooon yooon says:
    April 6, 2021 at 7:15 pm

    Hello everyone 🙂 Kuree part ah comments dheefa huri kudhinge comments thah yoon ah fenun ingey.. Sorry for not replying.. Comments section closed vefa hury reply kuran ulhun gadyga.. And thankiu so much everyone for all the love and support it means a lot ?? And also awesome job to everyone who guessed the code.. It was pretty easy dhw hehe.. dhivehi keys ingey kudhinnah adhi vrh vrh faseyha vaane e code engen.. Congratss all ? And once again thank you all so much and a very big sorry for the late uploads.. ISA next part mi ah vure avas kolleveythw yoon try kuraanan 🙂 Thankiu so so much guys ??

  2. Purple gurl says:
    April 7, 2021 at 7:37 am

    Hiiiii Yoon sis
    Mi part vx varah reethi masha Allah
    Hama bunaane ehcheh vx neyge
    Curiously Waiting for the next
    Tvgc ?????

  3. s.n.o.w.f.l.a.k.e Maash says:
    April 7, 2021 at 11:13 am

    Varah reethi Maasha Allah ??
    Sorry mihaaru maash ah ves varah madhu comment mi kohleveny?
    Studies busy koh mi dhuvas kolhu dhaney ehenve?
    Btw kobba mihaaru e roohaan aa nezeley? Hiyaan men ves mi part ga noolhey dhw?
    Yooon busy vanyaa huriha weakeneds ga genesdheyn v nun??
    Im not being rude egey, ekam mi vaahaka reethi v ma aslu ???
    Waiting curiously, tc and stay safe???

    1. yooon yooon says:
      April 7, 2021 at 5:42 pm

      Thankiuu so much Maash ? Hehe it’s not a problem dear rlly happy to c u again.. Roo And Xely dhw.. characters gina v ma asslu readers ah olhidhaane thy didn’t put them in the same part.. But e meehun ge vx habareh vaane soon.. Yesh dhw I have been thinking about that too.. Insha allah nxt part mi ah vure avas kolladheveythw balaanan 🙂 Hehe ur not rude dearlss it’s ur opinion which I highly appriciate 🙂 I am so happy to knw that u like it dear.. You take care and stay safe too ingey dear ???

  4. sahoo says:
    April 8, 2021 at 11:42 am

    Wow very nice waiting for the next part of the story keep it up and be safe .

Comments are closed.

Next Episodeއެކުއްޖާ 2 – 27←


All Right Reserved!