Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 25

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
March 27, 2021 8 Mins Read
5 Comments

* “މަންމާ.. މަންމަ ތި ކުރާ ހުރިހާ ކަމެއް އަހަރެންނަށް އެބަ އިނގޭ.. އަވްލީން ދައްތަ އާއި ޝަލްމެން ދެކެ މަންމަ ތިކުރާ ނަފްރަތާއި އެހުރިހާ ކަމެއްވެސް އެބަ އިނގޭ..” ރޫހާން ބުނެލި އެ ދެ ޖުމްލައިން އެކަނި ވެސް މާޔާގެ ހިތް ތެޅިގަތެވެ. “އަނެއްކާ.. އަނެއްކާ ރޫހާން އަވްލީން އާއި ކައިގެ ގާތުގައިގައި އެ ވާހަކަ ބުނާނީބާ..؟” މާޔާއަށް ހިތާހިތުން އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ގޮށްޖެހިފައިވާ ދެ ބުމައިގެ ދަށުގައިވާ އެ ތޫނު ލޮލުން މާޔާއަށް ރޫހާން ބަލަން ހުރި ގޮތް ފެނި މާޔާ ކުރިއަށްވުރެ ބޮޑަށް ޖެހިލުންވިއެވެ. *

“އަހަރެން ބޭނުމެއް ނުވޭ މަންމަ ދެރަވެފައި ހުންނަ މަންޒަރު ބަލާކަށް.. ބައްޕަ ކުރިން މަންމައަށް ހެދި ގޮތް އެންމެ ގާތުން ފެންނާނީ އަހަރެންނަށް.. އަހަރެން ބޭނުމެއް ނޫން މިއަދަށް ފަހު މަންމަ ހިތާމަ ކުރާ މަންޒަރު ބަލާކަށް.. އަހަރެން މަންމައަށް އެހީވާނަން..” ކިތަންމެ އުމުރުން ކުޑަ ނަމަވެސް ބޮޑު މީހެއް ފަދައިން ވިސްނޭ ރޫހާން ބުނެލިއެވެ. ޑަންޑަންލާފައި ތެޅެމުން ދިޔަ މާޔާގެ ހިތަށް ކުޑަ ވެސް ލުޔެއް ލިބުނީ ރޫހާންގެ އެ ޖުމްލަ އަޑު އިވިފައެވެ. ނިތްކުރީގައިވާ ދާތިކިތައް ފޮހެލާފައި މާޔާ ރޫހާން ގާތްކޮށްލިއެވެ.

“މަންމަ ބޭނުންވަނީ ކައިޔަން..” ރޫހާންއަށް އެނގޭތީ މާޔާ ޖެހިލުންވުމެއް ނެތި ފާޅުކޮށްލިއެވެ. “ދެން އަވް ދައްތަ..؟” ރޫހާންއަށް ކުއްލި ސިހުމެއް ލިބުނެވެ. އެކަން އޭނާ ފާޑަކަށް ދެލޯ ވަށްކޮށްލި ގޮތުން އެކަނިވެސް އެނގުނެވެ. މާޔާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާފައި ދެކޮޅު ބަލާލިއެވެ. “ތިހާ ބާރަށް ވާހަކަ ނުދައްކާ.. މީހަކަށް އިވިއްޖެނަމަ މާ ރީއްޗެއް ނުވާނެ..” މާޔާ ރޫހާންގެ އަތުގައި ހިފާ ގެންގޮސް އެނދުގައި ބޭންދިއެވެ. “މަންމަތަ ޝަލްއަށް ޔޯގަޓް ކާންދިނީ..؟” މާ ދުރު ހަނދާނެއް އާ ވުމުން ރޫހާން އެއްސެވެ. “ކިހިނެތްވީ..؟ އެކުއްޖާގަނޑަކީ އެ އަވްލީން އާއި ކައިގެ ދަރިއެއް.. ދެން އޭނަ މިދުނިޔެ ދުކުރިޔަސް އޮންނާނެ މައްސަލައަކީ ކޮބާ..؟” މާޔާއަށް ގާތުގައި އެ އިނީ ސާދަ އަހަރު ވެފައިވީ ފިރިހެން ކުއްޖެއް ކަމެއްވެސް ނޭނގެއެވެ.

“މަންމައަށް އަހަރެން އެހީވާން ބޭނުން.. މަންމަ އަލުން ހިނިތުންވާތަން ދެކެން ބޭނުން..” ރޫހާންގެ އަޑު ކުޑަކޮށް ތުރުތުރުލިއެވެ.

މާޔާގެ ހިތް ލޯބިން ފުރުނެވެ. “މަންމަދެކެ އެހާވެސް ލޯބިވޭތަ ދަރިފުޅު..؟” މާޔާ އެއްސެވެ. “އާނ މަންމާ.. ވަރަށް ބޮޑަށް ލޯބިވޭ.. ހަމަ މަންމަގެ އުފަލަށްޓަކައި ކައި ބޭބެ ހޯދައިދޭން ވެސް އަހަރެން ޖެހިލުމެއްނުވޭ..” ރޫހާން މާޔާގެ މޫނަށް ބަލާލިއެވެ. މާޔާ ހިނިތުންވެފައި ރޫހާންގެ ފެންކަޅިވީ ދެލޯ ފޮހެލައިދިނެވެ. އަދި ނުހަނު ލޯބިން ރޫހާންގެ ހަށިގަނޑުގައި އަތް ވަށާލާފައި އެ ދިގު އިސްތަށިކޮޅުގައި މަޑުމަޑުން ފިރުމައިދިނެވެ. މާޔާގެ މޭމަތީގައި ބޯ އަޅާލައިގެން އިން ރޫހާންގެ ހިތް ތެޅެމުން ދިޔައެވެ. “އަހަރެން ޝަލްދެކެ ލޯބިވޭ.. މިކަން މަންމައަށް އެނގިއްޖެއްޔާ..؟؟؟” ކުޑަކުޑަ ރޫހާންގެ ހިތުގައި އެ ސުވާލު އުފެދުނެވެ.

އެދުވަހަށް ފަހު މާޔާ އާއި ރޫހާންގެ ސިލްސިލާ ފެށިގެން ދިޔައެވެ. ރޫހާން އަވްލީންއަށް އެކިގޮތްގޮތުން ޖެއްސުން ކުރަމުން ގެންދިޔައީ އަވްލީންއަށް އެހާ ޝައްކު ނުވާނޭ ފަދައިންނެވެ.

ޖެހިގެން އައި ހަފްތާއެވެ. އަވްލީން ޑިއުޓީގައި އިންދާ ކައިޔަން ގެއަށް އައެވެ. އެދުވަހުގެ މަސައްކަތް ހީކުރިވަރަށްވުރެ އަވަހަށް ނިންމާލެވުމުންނެވެ. ނީޝަލް އާއި ރޫހާން އިނީ ކޮޓަރީގައި ހޯމްވޯކްތައް ނިންމާށެވެ. އެ ހުރިހާއިރެއް ވަންދެންވެސް ނީޝަލްގެ އެ ރީތި މޫނުމަތިން ރޫހާންއަށް ނަޒަރު ވަކި ނުކޮށްލެވިފައި އިނެވެ. “އޭ ރޫ..” ނީޝަލް ގޮވާލި އަޑަށް ރޫހާން ސިއްސައިގެން ދިޔަވަރުން އަތުގައި އޮތް ފަންސުރުން ފޮތުގައި ކުރެހުނެވެ.

“ކީކޭ..؟” ރޫހާން ރަބަރު ނަގާ އެ ބައި ފޮހެން ފެށިއެވެ. “މާއްތައަށް ކަމެއް ވީތަ އަނެއްކާ..؟ މިހާރު ވަރަށް ފާޑަކަށް މާއްތަ އުޅެނީ.. ޝަލް އާއި އަނގައިންނެއްވެސް ނުބުނޭ..” ނީޝަލް އޭނާގެ ފިކުރުތައް ރޫހާން އާއި ހިއްސާ ކުރީ އޭނާއަށް މާޔާގެ ފުށުން ފެންނަމުން ދިޔަ ބަދަލުތައް ގިނަވާން ފެށުމުންނެވެ. “މަންމަ..؟ މަށަކަށް ނުފެނޭ ކަމެއް ވެގެން އުޅޭތަނެއް..” ރޫހާން ދުރު ބަލާލާފައި ޖަވާބު ދިނެވެ. އޭރު ވެސް ނީޝަލްއަށް އެކަން ކޮންމެވެސް ގޮތަކުން ފަޅާއަރާފާނެތީ ރޫހާން އިނީ ދާހިއްލާފައެވެ. “އެހެންތަ..؟ އެކަމް..” ނީޝަލް އިތުރު އެއްޗެއް ބުނުމުގެ ކުރިން ރޫހާން ސްކޫލުން ދީފައިވީ ހިސާބު ހޯމްވޯކްގެ ސުވާލެއް ހަދަން ނޭނގޭ ކަމަށް ހަދާފައި ނީޝަލްގެ އެހީއަށް އެދުނެވެ. ރޫހާންއަށް އެހީ ވާންވެގެން ނީޝަލް އެ ޚިޔާލުތަކާއި ދުރުވެފައި ރޫހާންއަށް އެހީވުމައިގެން އުޅެން ފެށިއެވެ.

“މަންމާ މިއަދު ޝަލްއަށް ކިރިޔާ އެއްކަލަ ކަންތަކުގެ ވާހަކަ ނޭނގުނީ.. އޭނައަށް އެބަ އުޅޭ ޝައްކު ވެގެން..” ނިދަން ދިޔުމުގެ ކުރިން ރޫހާން މާޔާ އާއި މިއަދު ވީ ކަންތައްތައް ހިއްސާ ކުރިއެވެ. “އެ މަދިރިއަށް ކިހިނެތް ޝައްކު ވީ..؟” މާޔާ އައި ރުޅިން އެއްސެވެ.

“ޝަލް އެއީ މަދިރިއެއް ނޫން…” ރޫހާންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. މާޔާ ފާޑަކަށް ރޫހާންގެ މޫނަށް ބަލާލިއެވެ. މާޔާގެ އެ ބެލުން ފާހަގަވެ ރޫހާންއަށް ބުނެވުނު އެތި ރޭކާލިއެވެ. ރޫހާން ކުޑަކޮށް ހާސްވެފައި ދުރު ބަލާލިއެވެ. “ރޫއަށް ކިހިނެތް ތިވަނީ ނީޝަލް އާއި ދިމާލަށް އެއްޗެކޭ ބުނީމައި..؟ އަނެއްކާ ރޫ…..” މާޔާ ވަގުތުން ރޫހާންގެ ދެކޮނޑުގައި ހިފާ މާޔާ އާއި ދިމާލަށް އަނބުރާލިއެވެ. އަދި ރޫހާންގެ ދަތްދޮޅީގައި ހިފާ މާޔާގެ ދެލޮލަށް ބަލަން މަޖުބޫރު ކުރިއެވެ. މާޔާގެ ބޯކޮށް އަނދުން އަޅާފައި ހުރި ދެލޯ ފުރަތަމަ ފަހަރަށް ރޫހާންއަށް ބިރުވެރި ވިއެވެ. “ރޫހާން އާއި ނީޝަލް އަކީ އެކުވެރިން.. އަޑު އިވިއްޖެތަ..؟ ތި ހިތުގައި އަވްލީންގެ ސިފަ ޖަހާ އަންހެނާއަށްޓަކައި އިތުރު އެހެން އިހުސާސެއް އުފެދިގެންނެއް ނުވާނެ.. އަޑު އިވިއްޖެ..؟؟ އެހެން ނޫނީ ރޫހާން އާއި ނީޝަލްއަށް އެކުވެރިންގެ ގޮތުގައި ވެސް ހުންނަން ފުރުސަތެއް ނުލިބިދާނެ..” މާޔާ މަޑުމައިތިރިކަމާއި އެކީގައި އެހެން ބުނެލި ނަމަވެސް ޖުމްލަ ނިންމާލީ ރޫހާންއަށް އިންޒާރުގެ ބެލުމެއް ހަދިޔާ ކޮށްފައެވެ.

ރޫހާން މަޑުމަޑުން ބޯ ޖަހާލިއެވެ. އެ އިޝާރާތުން އެކަނިވެސް މާޔާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ރޫހާން އޭނާއަށް ދޮގެއް ނުހަދާނެކަން ޔަގީންވާތީއެވެ.

ހުކުރު ދުވަހެވެ. އަވްލީން ބުރަކޮށް ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައި ޝާމިލްވެގެން އުޅުނެވެ. ނަމަވެސް ކައިޔަން އާއި އެކީގައި މާޔާ އިނީ ޓީވީ އިން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއް ބަލާށެވެ. ކައިޔަން އާއި ޖެހިފިތިގެން މާޔާ ޕޮޕްކޯން ތައްޓެއް ހިފައިގެން އިންއިރު ދެމީހުންވެސް ދޭތެރެދޭތެރެއިން ސަމާސާ ކުރަމުން ގެންދިޔައެވެ. ބަދިގޭގައި އިން އަވްލީން ދެރަވެފައި ހިނދުކޮޅަކުން ހިނދުކޮޅަކުން އެދިމާއަށް ބަލަމުން ދާކަން އެނގުމާއި އެކީގައި މާޔާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. “ކައީ..” މާޔާ ނުހަނު ލޯބިން ގޮވާލިއެވެ. މެޗްގެ ފޯރީގައި ޖެހިފައި އިނދެ ކައިޔަންވެސް ހީނގަނެފައި އާނއެކޭ ބުނެލިއެވެ. “އަނގަ ހުޅުވަބަލަ.. ޕޮޕްކޯން..” މާޔާ ޕޮޕްކޯންކޮޅެއް ނެގުމުން ކައިޔަން އަނގަ ހުޅުވިއެވެ. މާޔާ އެ ލަވައިދިނީ ނުލާހިކު ފަރުވާތެރި ކަމާއި އެކީގައެވެ. ހަމަ އަވްލީންއަށް ދައްކާލަން ވެގެންނެވެ.

އެވަގުތުވެގެން ދިޔައީ މާޔާ އާއި ކައިޔަން ސަޕޯޓް ކުރަމުން ގެންދިޔަ ޓީމް ލަނޑެއް ޖެހި ވަގުތަށެވެ. މާޔާ އުފާފާޅު ކުރުމުގެގޮތުން ކައިޔަންގެ ގައިގައި އޮޅުލައިގަތެވެ. ހީވީ ސިންގާއެއް ފުއްލާއެއްގެ ގައިމައްޗަށް ޖެހިގަތްހެންނެވެ. އެ ބާރު ބައްދާލުމުން ކައިޔަންއަށް ނޭވާ ލެވޭނެހެންނެއްވެސް ހިޔެއް ނުވެއެވެ. އަވްލީން އެ މަންޒަރު ބަލަން ހުރެފައި އަނބުރާ ބަދިގެއަށް ވަތްތަން ލޮލުގެ އެންމެ ހިމަ ކޮޅުން ފެނުމުން މާޔާގެ ލޮލުން ކާމިޔާބީގެ ވިދުވަރެއް ފެނުނެވެ.

އެރޭ މާޔާއަށް ނިދަން ދިޔައިރު ކައިޔަން އާއި އަވްލީން ކޮންމެވެސް ވާހަކަތަކެއް ދެއްކި އަޑު އިވުނެވެ. އަވްލީން ރުއި އަޑާއި ކައިޔަން ލޯބިން އަވްލީން ހަމައަކަށް އެޅުވޭތޯ އުޅޭ އަޑު އިވުމުން މާޔާ އަތުގައި އޮތް ފެންފުޅިއަށް ބާރު ކޮށްލިއެވެ. “މި އަންހެނާ އަދި އެބަ ޑްރާމާ ޖައްސައެއްނު.. ވަރަށް ފޫހިވޭ.. ކައި ދެން ނޫޅޭނެ ކަލެއަކާއި.. މާދަން އަހަރެން އެ ކުޑަ އެތީގެ ކަންކަމާއި އުޅޭނަން..” މާޔާ ނުގޮތަށް ނައިލްއަށް އިޝާރާތް ކޮށްލިއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. ސައިބޮއި ނިމުނުހާ އަވަހަކަށް ރޫހާން އާއި ނީޝަލް ގޮވައިގެން އަވްލީން އާއި ކައިޔަން ވަޒީފާއަށް ދާން ނުކުތް އަޑު އަހާފައި މާޔާ ކޮޓަރިން ނުކުތީ ވައްކަން ކުރަން އެގެއަށްވަތް ވަގެއް ފަދައިންނެވެ. ނުހަނު ހަލުވި ފިޔަވަޅުތަކެއްގައި މާޔާގެ މިސްރާބު ވަނީ ކުޑަކުޑަ ނައިލްގެ ކޮޓަރިއާއި ދިމާލަށެވެ.

މާޔާ އެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާލިއިރު ނައިލް އިނީ އައިޕެޑުން ފެންނަމުން ދިޔަ ކާޓޫނަށް ގެއްލިފައެވެ. ނައިލް ސްކޫލަށް ދާން ޖެހެނީ މެންދުރު ވަގުތުގައި ކަމަށްވާތީ ނައިލް އެގަޑީ އިނީ ކާޓޫން ބަލާށެވެ. ދޭތެރެ ދޭތެރެއިން ގާތުގައި އިން ހޮޓްޑޯގް އިން އެތިކޮޅެއް ކާލާފައި ކާޓޫން މަޖާކަމުން ލޯބި ހިނިގަނޑެއް ޖަހާލައެވެ. އެމަންޒަރު ބަލަން މާޔާއަށް ހުރެވުނީ ހިނިތުންވެފައެވެ.

ކޮޓަރިތެރެއަށް އެޅި ފިޔަވަޅާއި އެކީގައި މާޔާ މަޑު ޖެހުނެވެ. އަނެއްކާ މި ކުރެވެން އުޅެނީ ރަނގަޅު ކަމެއް ބާއޭ ހިތަށް އެރިއެވެ. ނައިލް ކުށެއް ކުރީކީއެއްވެސް ނޫންވިއްޔާއެވެ. ނަމަވެސް ދެވަނަ ސިކުންތު ކޮޅުގައި މާޔާގެ ޚިޔާލު ބަދަލުވިއެވެ. “ކަލޭގެ ކުށަކީ އަވްލީންގެ ފުށުން ދުނިޔެއަށް އައުން..” މާޔާ އޭނާގެ ފަހު ނިންމުން ނިންމާފައި މައުސޫމްކަމާއި އެކީގައި ހިނިތުންވެގެން އައިޕެޑް ބަލަން އޮތް ނައިލް އާއި ދިމާލަށް ހިނގައިގަތީ ބަރު ފިޔަވަޅުތަކެއް ގައެވެ.

މާޔާ ދިޔަގޮތަށް ގޮސް ނައިލްގެ މެދުހަށީގައި ހިފާ އުފުލާލިގޮތަށް އެނދުމައްޗަށް ވައްޓާލިއެވެ. ނައިލަށް ވިސްނަން ފުރުސަތެއްނުދީ އެންމެ އަވަހަށް އަތުޖެހުނު ބާލީސް ނަގާ ނައިލްގެ މޫނުމަތީގައި އަޅާ ފިތާލިއެވެ. ކުޑަ ކުޑަ ނައިލް ނޭވާ ނުލެވިގެން ދެ އަތަށް ތެޅިފޮޅިގަތެވެ. މާޔާ އެއް އަތުން ބާލީހުގައި ހިފާއްޓާފައި އަނެއް އަތުން ނައިލްގެ ދެއަތުގައި ހިފޭއްޓީ ނައިލް ތެޅޭލެއް ބާރުކަމުން މާޔާގެ މަސައްކަތް ނާކާމިޔާބު ވެދާނެހެން ހީވާތީއެވެ.

“މާޔާ..!!!” މާޔާގެ ހަށިގަނޑަށް ލޮޅުމެއް އައީ ފަހަތުން އަވްލީންގެ އަޑު އިވިފައެވެ. މާޔާ ލަސްލަހުން ފަހަތް ބަލާލިއެވެ. ފަހަތުގައި ފެންކަޅިވެފައިވާ ދެލޮލަކާއި އެކީގައި އަވްލީން މާޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެދެލޮލުގައިވަނީ ޝަކުވާއެވެ. މާޔާ ހަރަކާތެއް ގެންނަން ނޭނގިފައި އިންދާ އަވްލީން ބާރަށް ދުއްވައިގަތެވެ. އޭރު ކައިޔަން އައިސް އެކޮޓަރިއަށް ވަންނަނީއެވެ. ރަނގަޅަށް ވިއްޔާ ކައިޔަން އެ އައީ އަވްލީން “މާޔާ”އޭ ކިޔާ ހަޅޭއްލަވައިގަތް އަޑަށެވެ. ކައިޔަންގެ ދެލޯވެސް ވަގުތުން ބޮޑުވިއެވެ. އަވްލީން ދިޔަގޮތަށް ގޮސް މާޔާ ދުރަށް ކޮއްޕާލިއެވެ. ނުވިސްނާ ހުރުމުން މާޔާ އަނގަވަތަށް ވެއްޓުނެވެ. ވެއްޓުނު ވަގުތު ނައިލްގެ ކުޅޭ އެއްޗެހި އަޅާ ވަށިގަނޑުގައި މާޔާގެ ބޯވެސް ޖެހުނެވެ. ބޮލަށް ވީތަދުން އެނބުރުން އަރާފައި އިރުކޮޅެއް ވަންދެން މާޔާ އިންނަން ޖެހުނެވެ.

އަވްލީން ނައިލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު ނައިލްވެސް ގިސްލަގިސްލާފައި ރޮނީއެވެ. ބިރު ގަނެފައި އިންވަރުން އެ ފަކީރު ތުރުތުރު އަޅަމުން ގެންދިޔައެވެ. އަވްލީންގެ އަތުގެ ހިމާޔަތުގެ ދަށަށް ނައިލް ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނައިލްގެ ނޭވާ ހަމައަކަށް އަދިވެސް ހަމައަކަށް ނޭޅެއެވެ. “މާޔާ.. އެންމެ ފަހަރަކުވެސް…” އަވްލީންގެ އަޑު ބެދުނެވެ. “އެންމެ ފަހަރަކުވެސް އަހަރެންގެ ގާތު ބުނެލިނަމަ.. ނައިލްމެންނާއި ހެދި އުނދަގުލެއް ވާނަމަ އަހަރެން މާޔާގެ ގާތުގައި އެކުދިން ބަލާށެކޭ ނުބުނީމުހޭ.. ނައިލް.. ކީއްވެގެންތަ މާޔާ..؟ ސަބަބަކީ އަޅެ ކޮބާތަ..؟ އަހަރެންނަށް އޮޅުމަކުން މާޔާއަށް އުނދަގުލެއް ކުރެވުނީތަ..؟ ޖެއްސުމެއް ކުރެވުނީތަ..؟” ރޮވިފައި ހުރެ އަވްލީން އެއްސެވެ. \

ފަޅާއަރައިފިކަން ވިސްނުމުން މާޔާއަށް އިސްޖަހާލެވުނެވެ. “އަހަރެންނަށް މިއަދު މިކޮޓަރީގައި ހަނދާން ނެތިގެން ފައިލް ބާއްވާފައި ނުދެވުނުނަމަ މިއަދު މާޔާ ނައިލް… މިއަދު މާޔާ ނައިލްގެ ފުރާނަ ދުއްވާލީސް.. ނޫންތަ..؟” އަވްލީންގެ އަޑަށް ރޫހާން އާއި ނީޝަލްވެސް ދުވެފައި އެތެރެއަށް ވަނެވެ. ރޮވިފައި އިން އަވްލީން އާއި އިސްޖަހައިގެން އިން މާޔާ އާއި ރުޅިއައިސްގެން ގޮސް ފަޅައިގެން ދާވަރުވެފައި ހުރި ކައިޔަންއަށް ރޫހާންގެ އިތުރުން ނީޝަލްވެސް ބަލާލީ ސުވާލުގެ ނަޒަރުންނެވެ.

“ޝަލް.. ނައިލްކޮއްކޮ އެތެރެއަށް ގެންގޮސްބަލަ..” އަވްލީން އެހެން އެދުމުން ދެބަސް ނުވެ ނީޝަލް ގޮސް ނައިލް އުރާލިއެވެ. ކޮޓަރިން ނުކުމެފައި ނީޝަލް މާޔާ އާއި ދިމާލަށް ބަލާލީ އެތަނުން ކުށްވެރި ވެފައި އެއިނީ މާޔާހެން ހީވާތީއެވެ. ރޫހާން ހިލައިން ހަދާފައިވާ ބުދެއް ހެން ކޮޓަރީގެ ދޮރުމަތީގައި އިނީ އޭނަޔާއި މާޔާގެ ޕްލޭނަށް ގޮތެއް ވެއްޖެކަން ޔަގީންވާތީއެވެ.

“މާޔާ ކީއް……” “ހަމަ މިހާރު މިގެއިން ނިކުމޭ..!” އަވްލީންގެ ޖުމްލަ މެދުކަނޑާލީ ކައިޔަންއެވެ. މާޔާ އުޅުނީ ނައިލް މަރާލަންކަން ކައިޔަންއަށްވެސް ފަހުމުވުމުން ދެވަނަ ވިސްނުމަކަށް ނުގޮސް ކައިޔަން އޭނާގެ ނިންމުން ނިންމިއެވެ. “ކަ.. ކައި..” މާޔާ ދެލޯ ބޮޑު ކޮށްލިއެވެ. “އަހަރެންނާއި ދިމާ އަށް ބަލާނެކަމެއް ނެތް މާޔާ.. އަހަރެން އަދި ހީކުރީ މާޔާ ބަދަލުވީކަމަށް.. އަހަރެންނަށް އިނގޭ މާޔާ އަހަރެންނާއި އެކީ ތަފާތު ގުޅުމެއް އުފައްދަން މަސައްކަތް ކުރާކަންވެސް.. ފުރަތަމަ އަހަރެން ހީކުރީ އެހާ ދުވަސްކޮށްލާފައި ފެނުނީމައި އެކުވެރިކަމުގެ ގުޅުން އަލުން ބަދަހި ކުރަން އުޅެނީކަމަށް.. އެކަމަކު އަވް އިއްޔެރޭ ކިޔައިދިން ވާހަކަތަކުންވެސް އަހަރެންނަށް ޔަގީންވެއްޖެ މާޔާ އަހަރެންނާއި އުފައްދަން ތި އުޅެނީ އެކުވެރިކަމުގެ ގުޅުން ނޫންކަން.. އަހަރެން މާޔާ އާއި ދޭތެރޭ ދެކެނީ ކޮއްކޮއެއް ފަދައިންނޭ.. އަހަރެންގެ ލޯބިވާ ވައިފްއެއް އެބަހުރި.. ލޯބި ދެކުދިން އެބަހުރި.. މާޔާއަށް އެކަން ނުވިސްނިގެން ތި އުޅެނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގޭ.. އަހަރެން ހުރީ މި ވާހަކަތައް ނުދައްކަން ނިންމައިގެން.. އެކަމަކު މާޔާ ތި ދިޔައީ މާ މައްޗަށް.. އަހަރެން ދެކެ ލޯބިވަނީއޭ ކިޔައިގެން ދުއްވާލަން ތި ނިންމީ އަހަރެންގެ ދަރިފުޅުގެ ފުރާނަ.. އަހަރެން ދުވަހަކުވެސް މާޔާއަށް މައާފެއް ނުކުރާނަން..!! އަދި ބުނަން ވާހަކައެއް.. އަހަރެން ލޯބިވަނީ އަވް ދެކެ އެކަނި.. އަހަރެންގެ ވައިފްދެކެ އެކަނި.. އިތުރު އެހެން އަންހެނެއް އަހަރެން ބޭނުމެއްވެސް ނޫން.. މާޔާ ހަމަމިހާރު މިގެއިން ނުކުމޭ.. މިއަދު ތި ކުރަން އުޅުނު ބޮޑު ފާފައިގެ ސަބަބުން އަހަރެންގެ ކުރިމަތީގައި މާޔާގެ ދަރަޖަ ތިރިވެ މާޔާގެ އަގު ވެއްޓިއްޖެ.. މާޔާ މިގޭގައި ދެން އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހުންނަތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން..” ކައިޔަން ފަކުރުގަނެފައިވާ ގޮތަކަށް އެހެން ބުނެލިގޮތަށް އަވްލީންގެ ގާތަށް ގޮސް އަވްލީން ހުއްޓުވޭތޯ ބެއްޔެވެ. އަވްލީން ހަމައަކަށް އެޅުމުން ދިޔަގޮތަށް މާޔާގެ މޫނަށް އަރުވާލީ ހޫނު ހަމަލާއެކެވެ.

އޭނާގެ ދަރިފުޅު ނޭވާ ނުލެވިގެން ތެޅޭތަން އަދިވެސް އަވްލީންގެ ލޯ ކުރިމައްޗަށް ފެންނަމުން ދިޔައެވެ. “މިހުރީ މާޔާގެ ފޮށި.. އެހެރީ މިގޭ ދޮރު.. މިގެއިން ނުކުމެގެން ދޭ..” އަވްލީން ރުޅިއައިސްފައި ހުރެ މާޔާ އާއި މާޔާގެ ފޮށި ހަވާލު ކުރިއެވެ.

ރޫހާން އާއި އެކީގައި މާޔާ ނުކުމެގެން ދިޔައިރު ލައިގެން ހުރީވެސް އެންމެފުރަތަމަ އެގެއަށް ވަތް ދުވަހު އޭނާ ލައިގެން ހުރި ހެދުމެވެ.

 

***************

 

މާޔާއަށް ޚިޔާލުތަކުން ބޭރުވެވުނީ ހިމަފޮދު ވާރޭ ވެހެން ފެށުމުންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި މާޔާ ޖީބުން ނެގި ބޭސްކާޑުން ގުޅައެއް ވަކިކޮށްލާފައި ކެއެވެ. އެއީ އެދުވަހުވެސް އަވްލީން އޭނާއަށް ލިޔެދީފައިވީ ބޭހެކެވެ. އެ ބޭސް ހުއްޓާނުލާ ބޭނުންކުރުމަށް އަވްލީން ވަނީ މާޔާއަށް ނަސޭހަތް ތެރިވެފައެވެ. މާޔާގެ އަތް މުއްކެވުނެވެ. ”އަވްލީން.. އަހަރެން ގެއިން ނެރެލާ ބޭރު ކުރިޔަސް އަހަރެން ކަލޭގެ ދިރިއުޅުމުން ދުރަކަށް ނުދާނަން.. ކައި ހާސިލްކުރާނަން..!” މާޔާ ބުނެލިއެވެ.

 

***************

 

ޝޫރާ ގެއްލުނުތާ ހަފްތާއެއް ފަހެވެ. ނީޝަލް އާއި ހޫރީންގެ އިތުރުން އާހިލް އާއި އައިހަމް އިނީ އަތިރިމަތީގައެވެ. ކޮންމެ މީހެއްވެސް އިނީ އެމީހެއްގެ އަމިއްލަ ޚިޔާލުތަކަށް ގެއްލިފައެވެ. ނީޝަލް ވިސްނަމުން ގެންދިޔައީ ނެޒެލީ، އޯރެލް އަދި ރޫ އާއި ދޭތެރޭގައެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލާފައި ވިސްނިކަމުގައި ވިޔަސް އެއިން މީހެއްގެ ހަނދާނެއް ނީޝަލްއަކަށް އާއެއް ނުވެއެވެ.

އިޒްކާން ވިސްނަމުން ގެންދިޔައީ ޝޫރާ އާއި ދޭތެރޭގައެވެ. ޝޫރާ ގެއްލުނުފަހުން އިޒްކާންގެ ހިތުގައި ވާ ޝައްކުތައް ވަނީ އިތުރުވެފައެވެ. އެކަން ކުރީ ހިޔާން މެން ނޫން މީހަކަށް ނުވާނެ އޭ އިޒްކާންގެ ހިތް ބުނަމުން ގެންދިޔައެވެ. އިތުރުން ނީޝަލް ދެކެ ލޯބިވާ ވާހަކަ ބުނަން ބޭނުންވިޔަސް ހާލަތުގެ ގޮތުން އިޒްކާން ވަނީ އެކަން ކުރަން ނުކުޅެދިފައެވެ.

އައިހަމް އިނީ ހޫރީންއަށް ބަލާށެވެ. އިންގޮތުން ހީވަނީ ދެންމެދެންމޭން ތެދުވެ ގޮސް ހޫރީންގެ ކޯތާފާތް މަތީގައި އަތް ބީއްސާލަފާނެހެންނެވެ. އެހިތުގައި ހޫރީންއާއި ދޭތެރޭ އުފެދިފައިވަނީ ތެދުވެރި ލޯތްބެކެވެ. އައިހަމް ހުރީ ކިތަންމެ ދުވަހެއް ވަންދެން މަޑުކުރަން ޖެހުނަސް ހޫރީންގެ އިންތިޒާރުގައި ހުންނަން ތައްޔާރަށެވެ. ނަމަވެސް އައިހަމްގެ ހިތުގައި ސުވާލެއް އުފެދިފައިވިއެވެ. “މި ކަންތައްގަނޑަށް ހައްލެއް ނުގެނެވިގެން އުޅެނިކޮށް ހޫރީން އެހެން ފިރިހެން ކުއްޖަކާއި ގުޅިއްޖެނަމަ…..” އައިހަމްގެ ހިތް ވަނީ އެކަމާއި ހެދި ނުތަނަވެސްވެފައެވެ. ނަމަވެސް ހޫރީންގެ ހިތުގައި އައިހަމްއަށްޓަކައި ވަނީ އައިހަމްގެ ހިތުގައި ހޫރީންއަށްވެސް ވީ ލޯބިކަން އައިހަމްއަށްވެސް އިނގޭނެނަމައެވެ.

އާހިލް އިނީ ފޯނު ހިފާއްޓައިގެންނެވެ. އުނގުމަތީގައި ލެޕްޓޮޕްއެއް އިނެވެ. ދޭތެރެ ދޭތެރެއިން ލެޕްޓޮޕަށް ބަލާލާފައި އާހިލް ފޯނުގައި އެއްޗެއް ޓައިޕް ކުރަމުން ގެންދިޔައެވެ. އެދެލޮލުގައިވަނީ ސީރިއަސް ކުލަވަރެކެވެ. އެ ކުރާ ކަމެއް ކޮށް ނިންމާފައި އާހިލް ލެޕްޓޮޕް ދަބަހަށް ލާފައި ފޯނު ޖީބަށް ޖަހާލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. މިއަދު މާ ލަސް ވެއްޖެކަމާއި އަދި ފިލާވަޅުތަކެއް ހަދަން އޮތް ވާހަކަ ބުނަމުންނެވެ.

އިޒްކާންއަށް ސިހުމެއް ލިބުނީ ފޯނަށް ނޮޓިފިކޭޝަންއެއް އައުމުންނެވެ. އިޒްކާން އަޅާ ނުލީ އެހާ މުހިންމު މެސެޖަކަށް ނުވެދާނެތީއެވެ. އަލުން ފޯނު ޖީބަށް ކޮއްޕާލެވުނީވެސް އެހެންވެއެވެ. އިޒްކާން އެހެން ހެދުމުން ފުލުފުލުން ނޮޓިފިކޭޝަންތަކެއް ފޯނަށް އަންނަން ފެށިއެވެ.

އެންމެފަހުން ޚިޔާލުތައް އެއްފަރާތް ކޮށްލާފައި އިޒްކާން ފޯނު ނަގާ ބަލާލިއެވެ. އާހިލްގެ މެސެޖް ތަކެކެވެ. “އިޒްކާން މި މެސެޖް ބަލާބަލަ..” “ކަލޭ މި ވަގުތު މި މެސެޖް ނުބަލައިފިއްޔާ ކަލޭ ކޮލެޖް އިމްތިހާނުން ފާހެއް ނުވާނެ..” “ކަލޭ މި މެސެޖް ބަލާބަލަ ހެޔޮނުވާނެ.. ކަލޭ މި ބަލައިފިއްޔާ ކަލެއަށް އާ ޖިންސެއް ގަނެދޭނަން.. ނޫނީ ގަޑިއެއް ގަނެދޭނަމޭ.. ކަލޭ ބުނާ އެއްޗެއް ގަނެދޭނަމޭ އިހަށް މެސެޖް ބަލާދީބަލަ.” އާހިލް އެންމެ ފަހުން ފޮނުވާފައި އޮތް ދެތިން މެސެޖެއް ކިޔާލާފައި އިޒްކާންއަށް ބުމަ އަރުވާލެވުނެވެ. މައްޗަށް ސްކްރޯލް ކޮށްލެވުނީ ވެސް އާހިލް އެ ބުނާ މެސެޖެއް ހޯދުމަށެވެ.

އެންމެ މައްޗަށް ސްކްރޯލް ކުރެވުމުން އިޒްކާންއަށް އާހިލް ދެންމެއަކު ފޮނުވާފައިވާ ފައިލްއެއް ފެނުނެވެ. ވޯޑް ޑޮކިއުމެންޓްއެކެވެ. ކުޑަކޮށް ޝައުގުވެރިވެފައި ހުރެވުނު ނަމަވެސް އިޒްކާން އެ ހުޅުވާލީ އެއީ އާހިލް އިޒްކާންގެ ސަމާލުކަން ހޯދުމަށްޓަކައި ކޮށްފައިވީ ބޭކާރުކަމެކޭ ހިތާއެވެ.

އެ ވޯޑް ޑޮކިއުމެންޓް ހުޅުވާ އެއަށް ބަލާލާފައި އިޒްކާންގެ ނިތަށް ރޫ ގިނަވިއެވެ.

hiyAnq bEnunqvanI nICalq.. wizqkAnq kalE mikanq huwqTuvanq bEnunq vAnama hiyaAnq huwqTuvA mA lasq nuvanIsq CUrA rEpq kurIvesq hama HiyAnq.. mA vagutewq netq.. wavasqkurE

“އިޒްކާން.. ކަލޭގެ ސިކުނޑި އަދިވެސް މަސައްކަތް ކުރަންޏާ ނިކަން ރަނގަޅަށް ވިސްނައިގެން މި ކޯޑްގެ އަސްލު މާނަ ހޯދާ.. މާ ލަސްވުމުގެ ކުރިން..” އާހިލްގެ މެސެޖްގައި ވިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އަބަދުވެސް ލޯބިވާނަން 3

Next

ނިކަން ލޯބިން-24

Next
March 27, 2021

ނިކަން ލޯބިން-24

Previews
March 26, 2021

އަބަދުވެސް ލޯބިވާނަން 3

5 Comments!

  1. YarYer says:
    March 27, 2021 at 5:10 pm

    Wooooow vrh Reeth I mi prt.. Huriha prt akah comment nujurevunas kiyan….. When is next part.?????

  2. ?Ril? says:
    March 27, 2021 at 6:15 pm

    Wow ❤️❤️vrh Sali mi part vxx ❤️❤️❤️❤️
    Masha Allah❤️❤️❤️ keep it up Yoon❤️❤️❤️
    Ale enme fahun roohaan vxx ery maayaa kolah dhw ?????
    Aleyyy maayaa haadha nubaeyyy rahumuge kanfuleh vxxx nei dhw vrh foohi vey maayaa deke ??????
    Hope aiham ah hooryn libeythoo.❤️❤️❤️❤️❤️ They will also make a cute love stry I guess heheh❤️❤️❤️❤️?????
    Btw Ril ah guess vehje aahil fonuvaafaa in code ❤️❤️❤️❤️. Hope izkaan ah guess veythoo hehehhe❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️?
    Dhn in bayah waiting ingeyyy❤️❤️❤️
    Lots of lovesss Yoon lysm ❤️❤️❤️
    Stay safe and tvgc❤️❤️

  3. Miss Robot says:
    March 27, 2021 at 7:44 pm

    Wow varah Salhi

    E code akee : hiyaan beynunvani Neeshal… Izkaan kale Mikan huhtuvan beynun vaanama hiyaan huhtuvaa maa Las nuvanees shooraa rap kuree ves Hama hiyaan… Ma vagutheh nei avas kureey
    ??❤️❤️???

  4. fathimath reesham says:
    March 28, 2021 at 9:00 am

    When next part

  5. Smoke gurl says:
    March 28, 2021 at 1:25 pm

    Hehe I know what’s written (I am pretty good at finding those type of codes) ?????
    It took me a minute to figure it out ???
    Anyways love this part too❤️❤️❤️???

Comments are closed.

Next Episodeއެކުއްޖާ 2 – 26←


All Right Reserved!