
އެކުއްޖާ 2 – 28
* “ވެދާނެ..” ނީޝަލްވެސް އެއީ ހަގީގަތެއް ކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. ”ދޮންބެ އާއި އެކީ އެހުރީ އައިހަމް ނޫނީ ފައިލަމް.. އެކަމުގައި އިޒްކާން އަދި އެ އާހިލް ވެސް އުޅެންޏާ..؟” ހޫރީން ދެން ބުނެލީ ނީޝަލް ނުވެސް ވިސްނާ އޮތް ކަމެކެވެ. “ރިއަލީ..؟؟ ހިޔާން ތިކަހަލަ ކަމެއް ނުކުރާނެ.. ވަކިން އިޒްކާން… އޭނަ އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިވާން ޚިޔާލެއް ވެސް ނުކުރާނެ..” ނީޝަލް ވަގުތުން ދެބަސްވިއެވެ. އެހިތުގައި އިޒްކާން އާއި ދޭތެރޭ އެވަރުގެ ޔަގީންކަން އޮތެވެ. “ހޫމް މަށަށްވެސް ގަބޫލެއް ނުކުރެވެޔޭ.. އެކަމަކު އިނޮސެންޓްކޮށް އުޅޭ މީހހާ ގިލްޓީވާ ފަހަރުތައްވެސް ވެސް ދެން މަދެއް ނޫނެއްނު..؟ މަވެސް ނެތޭ މަގޭ ދޮންބެއަށް ފާރަލާ ހިތެއް.. އެކަމަކު އިން ޓްރުތް.. އާއިލާ މެންބަރަކަށްވިޔަސް ގިލްޓީ ނަމަ….! އެމީހަކަށް ޖެހޭނީ ދެން ހުކުމް ހިންގަންތާ…” ހޫރީން ބުނެލިއެވެ. “ހޫރީން ފާރަލާބަލަ..! އެނގޭނެ އޭރުން ކާކުތޯ ގިލްޓީއީ ނޫނީ ގިލްޓީ ނޫނީ..” ނީޝަލް ބުނެލިއެވެ. ހޫރީން ބޯ ޖަހާލާފައި ނުކުތެވެ. ދަނިއްޔޭ ބުނަމުންނެވެ. “އޯހް ޑާރން އިޓް..!!” ނީޝަލް ބޮލުގައި ޖަހާލިއެވެ. އޭނާ ހޫރީންއަށް ގުޅައި އެގެއަށް ގެނނައީ ވެސް އޭނާ މިރޭ އިޒްކާން އާއި އެކީ ބޭރަށް ދާކަން އަންގާލަދޭން ވެގެންނެވެ. ނަމަވެސް މިރެއަކީ ނީޝަލްއަށް ނުރައްކާތެރިކަމުން ފުރިގެންވީ ރެއެއްކަން އެނގުނުނަމައެވެ. *
މެންދުރު ދެގަޑި ބައިވެއްޖެއެވެ. ރޫހާން ފިހާރައަކުން ކަޕްނޫޑްލްސް ދެތަށި ގަނެގެން ގެއަށް ވަނެވެ. އެ އަޑަށް އެނދުމަތީގައި ދެމިލައިގެން އޮތް ނެޒެލީ ސިހިފައި ތެދުވިއެވެ. “ޒެލީ..” ރޫހާން ވަތްގޮތަށް ދަތްތައް ފެންނަވަރަށް ހީނލުމުން ނެޒެލީއަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. މި ރޫހާން މާވަރަކަށް އުފާވެގެން މިއުޅެނީ ކީއްވެގެން ބާވައެވެ.؟ “ނީޝް އާއި ދިމާވި ދެންމެ..” ރޫހާން ބުނެލި ޖުމްލައިން ހީވީ ނެޒެލީ ވިސްނާ އެއްޗެއް އޭނާއަށް އެނގުނީހެންނެވެ. “ނީޝް ކިހިނެތް..؟” ނެޒެލީއަށް ވަގުތުން އެހުނެވެ. “އޭނަ ހަމަ ރަނގަޅު.. ހަމައެކަނި ނީޝަލް އަހަރެމެންގެ މަތިން ހަނދާން ނުހުންނަކަން..” ރޫހާން ޖަވާބު ދިނުމުން ނެޒެލީ އިތުރަށް ހައިރާންވިއެވެ.
ނެޒެލީ އެއްޗެކޭ ނުބުނެ ހުރުމުން ރޫހާން ބަލާލިއެވެ. “ވަރަށް ދެރަދޯ..؟” ނެޒެލީ އިސްއުފުލާ ބަލާލީ އަނެއްކާވެސް ރޫހާން ވާހަކަދެއްކުމުންނެވެ. “ނީޝަލް އާއި ނެޒެލީ.. ބެސްޓް ފްރެންޑްސް ފޯ އެވަރ.. ލައިފް މިފަދަ ގޮތަކަށް ގޯޅިއެއް އަޅާފާނޭ ހީކުރާނީ ކާކު..؟ ޝީ ޑަޒް ނޮޓް އީވެން ރެކޮގޮނައިޒް ޔޫ ޒެލީ.. ހައު ސޭޑް..” ރޫހާން ގަސްތުގައި ނެޒެލީ ދެރަކޮށްލުމުގެ ނިޔަތުގައި ބުނެލިއެވެ. ބަދަލުގައި ނެޒެލީ ހީނލުމުން ރޫހާންގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
“ނީޝަލްއަށް އަހަރެން ވަކިކުރަން ނޭނގުމުގެ ފަހަތުގައި ވަނީ ކާކު..؟” ކުރަކި އަޑަކުން ނެޒެލީ އެއްސެވެ. ނެޒެލީގެ މަގްސަދު އެނގި ރޫހާން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “އެނގޭ އިރު އަހަނީ ކީއްވެ..؟” ރޫހާންވެސް އެހީ ސުވާލެކެވެ. “އަހަރެމެންނަށް ފަނަރަ އަހަރުގައި ރޫ ނީޝަލް އާއި ރައްޓެހިވީވެސް ހަމަ މާޔާ އާންޓް ބުނެގެންތަ..؟ ރޫ ހަމަ ހަގީގަތުގައިވެސް ނީޝަލް ދެކެ ލޯބި ނުވަނީތަ..؟ އޭރު ނީޝް އާއި އެކީގައި ލޯބިން ހޭދަކުރި ވަގުތުތައް އެއީ އަހަރެމެންނަށް ދައްކާލި ދަޅައެއްތަ..؟ ކީއްވެގެންތަ ރޫހާން..؟ ނީޝްއަށް އެހެން ހަދަން ޖެހުނީ ކީއްވެގެންތަ..؟ ސަބަބަކީ ކޮބާތަ..؟” ނެޒެލީ އެއްނޭވާއިން އެހެން ބުނެ ނިންމާލިއިރު ދެލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތުގައި ބޮސްދޭން ފަށައިފިއެވެ.
“ޒެލީއަށް ހުރިހާ އެއްޗެއް އެނގޭކަށް ނުޖެހޭ..” ރޫހާން ނެޒެލީގެ މޫނާއި ދިމާލަށް ގުދުވި ގޮތަށް ކޯތާފަތުން ތިރިއަށް ނީރާލަން އުޅުނު ކަރުނަޔާއިއެކީ ނެޒެލީގެ ކޯތާފަތުގައި ތުންފަތް ޖައްސާލައިފިއެވެ. “ދުރުގައި ހުރެބަލަ..” ނެޒެލީ ވަގުތުން ރޫހާންގެ ކޮނޑުގައި އަޅާ ދުރަށް ކޮއްޕާލައިފިއެވެ. “މަންމަމެން މަތިން ހަނދާންވޭތަ..؟” ރޫހާން އެއްސެވެ. ފްރާންސްގައި އުޅޭ އޭނާގެ މުސްކުޅި މައިންބަފައިންގެ މަތިން ހަނދާންވެ ނެޒެލީއަށް އިތުރަށް ރޮވޭގޮތްވިއެވެ.
“ރޫ ޕްލީޒް އަހަރެން ދޫކޮށްލާ.. އަހަރެންގެ ދައްތަ އަކީ ރަނގަޅު މީހެއް ނޫންކަން ރޫއަށް ވެސް އެނގޭނެ.. އޭނަ މަންމަމެންނަކަށް އަޅައެއްވެސް ނުލާނެ.. ދޭ ނީޑް މައި ހެލްޕް..” ނެޒެލީ ކަރުނަވީ ދެލޮލުން ރޫހާންގެ ކުލުނެއް ރަހުމެއް ނެތް މޫނަށް ބަލާލައިފިއެވެ. “އަހަރެން އެކަން ހަމަޖައްސައިފީމޭ ޒެލީ..” ދެޖީބަށް އަތް ޖަހާލަމުން ރޫހާން ބުނެލިއެވެ. ރޮވިފައި ހުރި ނެޒެލީއަށް ވަގުތުން ރޫހާންގެ މޫނަށް ބަލާލެވުނެވެ. ”ކީކޭ..؟” ގަބޫލުނުކުރެވިގެން އުޅޭ ފަދަ ރާގަކަށް ނެޒެލީ އެއްސެވެ.
“އަހަރެން ޒެލީގެ މައިންބަފައިން ބަލައިދޭން އެމީލް އެގެއަށް ފޮނުވައިފިން.. ޒެލީ ހަމަ މިގެއަށް ގެނައި ދުވަހު އެމީލް އެގެއަށް ފޮނުވިން.. ޒެލީގެ މައިންބަފައިންނަށް އެނގޭ ޒެލީ ގެއްލިގެން އުޅޭކަންވެސް.. އެމީހުން ޒެލީ ހޯދަންވެސް މަސައްކަތް ކުރި… އެކަމަކު އެކަން ނުވީމައި އުންމީދު ކަނޑާލައިފި..” ރޫހާން ބުނެލީ ނެޒެލީގެ ހިތް މަރުވާން ދޫކޮށްލާވަރުގެ ވާހަކައެކެވެ. މޭގައި އުފެދުނު ރިހުމުގެ ސަބަބުން ނެޒެލީއަށް މޭމަތީގައި އަތް އަޅާލެވުނެވެ.
”ނީޝް ލިބުނަސް އަހަރެން ޒެލީ ދޫކޮށްލާކަށް ނޫޅެން..” ރޫހާން އެހެން ބުނި އަޑު އިވުމުން އެއްޗެކޭ ބުނަން އުޅެފައިވެސް ނެޒެލީ ޚިޔާރުކުރީ ހިމޭންކަމެވެ. “އަން.. ބަނޑުހައިވެއްޖެދޯ..؟” ރޫހާން އެގޭގެ ބަދިގެ ފަޅިއަށް ގޮސް ކަޕްނޫޑްލްސްތަށި ތައްޔާރުކޮށްގެން ގެންގޮސް ނެޒެލީ އާއި ހަވާލު ކުރިއެވެ.
ނެޒެލީ ދެން ކޮށްލި ކަމަކުން ރޫހާން ސިހުނެވެ. ނެޒެލީ ތެދުވިގޮތަށް އައިސް އޭނާގެ ހަށިގަނޑުގައި އަތް ވަށާލީއެވެ. “ތެންކިއު..” ނެޒެލީ މަޑުމަޑުން ބުނެލިއެވެ. ދިރޭ އެހެން މަޚުލޫގަކަށްވެސް ނީވޭނެހާ ވަރަށެވެ. ރޫހާން ހީނލިއެވެ. ނެޒެލީ އެހާ ޝުކުރުވެރިވެގެން އެއުޅެނީ އެމީލް ނެޒެލީގެ މަންމަމެން ބަލަން ފޮނުވީތީއޭ ހިތާއެވެ. ނަމަވެސް ރޫހާންއަށް ނޭނގުނީ ހިޔަޅެއްގެ ބުއްދިހާ މޮޅު ބުއްދިއެއް ލިބިފައިވާ ނެޒެލީގެ ރޭވުމެވެ.
“ނޯ ޕްރޮބްލެމް..” ރޫހާން ނެޒެލީ އޭނާގެ ހަށިގަނޑާއި ދުރުކޮށްލިއެވެ. އަދި ފުން ނަޒަރަކުން ނެޒެލީގެ މޫނަށް ބަލާލަފައި އޭނާގެ ކަޕްނޫޑްލްސްތަށި ހިފައިގެން ކޮޓަރިން ނުކުތެވެ. “އަހަރެން މިރޭ މިތަނުން ސަލާމަތްވާނަން..” ރޫހާން ކޮޓަރިން ނުކުތުމުން ނެޒެލީ އޭނާގެ މުށް ހުޅުވާލިއެވެ.
ނެޒެލީގެ މުށުތެރޭ ވަނީ ނެޒެލީގެ އަތުގަޔާއި ފައިގައި ޖަހާފައިވާ ޗޭނުގަނޑުގެ ތަޅުދަނޑިއެވެ. ރޫހާން އާއި ނެޒެލީ ގާތްވީވެސް އެ ތަޅުދަނޑި އަތުލުމުގެ ބޭނުމުގައެވެ. އެނޫނީ ހުވަފެނުންވެސް ނެޒެލީ ރޫހާން އާއި ގާތެއް ނުވާނެއެވެ. ނެޒެލީ އޭނާ ލައިގެން ހުރި ހެދުންކޮޅުގެ ޖީބަށް އެ ތަޅުދަނޑި ލައި ފޮރުވިއެވެ. މިރޭގެ ކުރިން ރޫހާންއަށް ޝައްކެއްހާ ހިސާބުވެސް ވިޔަދޭކަށް ނެޒެލީ ބޭނުމެއް ނުވެއެވެ. “ނީޝް.. އައި ވިލް ބީ ދެއަރ..” ކަޕްނޫޑްލްސްތަށި ހުޅުވާލާފައި ކުރިއަށް ބަލާލީ ނެޒެލީގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ.
މާޔަން އާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލާފައި ޒީޝް ގެއަށް އައީ ދެގަޑި ބައިވާން އުޅެނިކޮށެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ނައިލްވެސް އިނީ ފޮތެއްގައި އަތް ޖައްސާނުލާ ކޮންޕިއުޓަރ ދޮށުގައި ޖައްސާލައިގެންނެވެ. އެއީ ނައިލްގެ އާދައެވެ. ބަންދު ދުވަހެއް ވިއްޔާ ކިޔަވާ ފޮތްތތަކަށް ސަލާމެވެ. އާދައިގެ މަތިން ޒުކާން އިނީ އައިން ގާތުގައި ސޯފާގައެވެ. އެ ޅަ އަޑުން ދޭތެރެ ދޭތެރެއިން އޭނާ އާއި އެކީ ކުޅެން އަންނަން އޮތް ކޮއްކޮ އާއި ދޭތެރޭ ސުވާލެއް އަހާލައެވެ. އައިން ފޫހިވާން ޒުކާން ފުރުސަތެއް ނުދެއެވެ.
ޑިއުޓީ ނިންމާލާފައި ގެއަށް އައިސް އިން ޒާއިން އިނީ ޒިވީން އާއި އެކީގައި ޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލާށެވެ. ކޮމެޑީ އެއްޗަކަށް ވުމުން ދޭތެރެ ދޭތެރެއިން ޒާއިން އާއި ޒިވީންގެ ހިނިގަނޑުން ސިޓިންގރޫމްތެރެ ފަޅުފިލުވާލައެވެ. އަލާން ވީ ޑިއުޓީގައެވެ. ނީޝަލް ހަދަން ޖެހޭ އެސައިންމެންޓްސްތައް ނިންމާލާފައި ސިޓިންގ ރޫމަށް ނުކުތީ އެކަނި ކޮޓަރީގައި އިންނަން ބޭނުން ނުވާތީއެވެ. އެހެންނޫނަސް އަދި މިރޭ ބޭރަށް ދާން ޒިވީން ކައިރިން ހުއްދަ އަހަން ޖެހޭނެއެވެ.
“އަހްމްމް.. ތިއްތާ..؟” ނީޝަލް ނުކެރިފައި ގޮސް ޒިވީންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. “ކިހިނެތްވީ ނީޝް..؟ ބަލީތަ..؟” ޒިވީން އެއްސެވެ. ކަންބޮޑުވެފައިވާ ޒިވީންގެ މޫނު ފެނިފައި ނީޝަލް އަވަހަށް ހީނލާފައި ނޫނެކޭ ބުނެލިއެވެ. އެތަނުގައި ޒާއިން އިނުމުން ނީޝަލްއަށް ދައްކަން އުޅުނު ވާހަކަ ދައްކަން އުނދަގޫވާގޮތްވިއެވެ. އެ ވާހަކަ އިވޭއިރަށް ޒާއިން ދިމާކުރަން ފަށާގޮތަށް ނުހުއްޓާނެކަން އެނގޭތީއެވެ.
“ކިހިނެތްވީ ބޭބީ..؟ މިތާނގައި ޖައްސާލަބަލަ..” ޒާއިން ނީޝަލްގެ އަތުގައި ހިފާ ގެންގޮސް އޭނާ އާއި ޒިވީންގެ މެދުގައި އޮތް ހުސްތަންކޮޅުގައި ބޭންދިއެވެ. “މިރޭ.. މި.. މިރޭ ހިނގާލަން ދިޔަސް އޯކޭ ވާނެތަ..؟” ދެއަތުގެ ނިޔަފަތިތަކާއި ކުޅެމުން ނީޝަލްއަށް އެހެން ބުނެވުނީވެސް ޒިވީންއަށް ހަތަރު ކަޅި ހަމަ ނުކޮށެވެ.
“އާނ.. މައްސަލައެއް ނެތް..” ޒިވީން އެހެން ބުނެލުމުން ނީޝަލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޒިވީން އިތުރަށް އޮޅުންފިލުވަން އުޅުމުގެ ކުރިން އަވަހަށް ލާންވީ ހެދުން އިސްތިރިކުރަން ދާން ތެދުވަން އުޅުނު ނީޝަލް ހުއްޓުވީ އައިންގެ ސުވާލެވެ. “ކާކާއި އެއްކޮށް ނީޝް ދަނީ..؟” އައިންގެ އެ ސުވާލަކީ ނީޝަލް އެއިން އެކަކު ވެސް އަހަން ބޭނުން ނުވި ސުވާލެވެ. “އަމްމްމް..” ނީޝަލްއަށް ބޯ ކަހާލެވުނެވެ. ނީޝަލްގެ ހަރަކާތްތަކުން ޒާއިންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް އަންނާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ.
“ފިރިހެން ކުއްޖެއް ދޯ..؟” ޒާއިން އެހެން އެހުމުން ފާޑަކަށް ނީޝަލް ބޯ ޖަހާލީ ތުންފަތުގައި ދަތް އަޅާލާފައެވެ. “ހައެ ހައޭ..” ޒާއިން އެހެން ބުނެލިގޮތަށް ތުނބުން ފުމެލިއެވެ. ގޭމް ކުޅެން އިން ނައިލްވެސް ލާނެތް ހިނިގަނޑެއް ޖަހާލި އަޑު އިވިފައި ނީޝަލްގެ މޫނަށް ފަނޑު ރަތްކަމެއް ވެރިވިއެވެ. “އިޒްކާންތަ..؟ ނީޝް ދަނީ އިޒްކާން އާއި އެކީ ވިއްޔާ ތިއްތަގެ މައްސަލައެއް ނެތް..” ޒިވީންވެސް އެއްމިޔަކަނަކަށް ހީލައިގެން ހުރެ ލާނެތް އަޑަކުން އެހެން ބުނެލުމުން އެކަނިވެސް ދިމާކުރަނީކަން އެނގުނެވެ. “ދެން ތިއްތަވެސްތަ..؟” ނީޝަލް މޫނުގައި އަތް އެޅިއެވެ.
“ހިނގާލަން އެކަނި ދާނީ.. އިނގޭ ދޯ މިހެން ބުނާއިރުވެސް ތިއްތަ މި ބުނަން އުޅޭ ވާހަކަ.. ކުރަން ނުވާ ކަންތައްތައްވެސް ހުންނާނެ އިނގޭ.. ތިއްތަ ވަރަށް އިތުބާރު ކުރަން ނީޝްއަށް.. އިޒްކާންވެސް ނީޝްއަށް ދެރަގޮތެއް ނުހަދާނެ.. އެކަމަށް ތިއްތަ އުންމީދު ކުރަނީ..” ޒިވީން ދައްކަން ފެށި ވާހަކައިން ނީޝަލް އިތުރަށް ލަދު ގަތެވެ. “ނީޝް އެހެނެއް ނޫޅޭނަމޭ ތިއްތާ…” ނީޝަލް މޫނުމަތީ އަތް އަޅައިގެން ހުރެ ދެ އިނގިލި ދޭތެރެއިން ޒިވީންގެ މޫނަށް ބަލާލާފައި ބުންޏެވެ.
“އެންމެ ރަނގަޅު.. ލަސްނުކޮށް ގެއަށް އަންނަން ހަނދާން ކުރާތި.. އައި ޓްރަސްޓް ޔޫ ޑާރލިންގ ބޭބީ.. ޑޯންޓް ބްރޭކް އިޓް.. ގޭބަންދު ކުރަންވެސް ޖެހިދާނެ..” ޒިވީން ވާހަކަ ކޮޅު ނިންމާލީ ކުޑަ އިންޒާރަކާއި ވެސް އެކީގައެވެ.
ޒާއިން ދިމާކުރަން ފެށުމުން އިތުރަށް އެތާ ނުހުންނަން ވެގެން ނީޝަލް ކޮޓަރިއަށް ވަންނަން ދިޔުމުން ޒީޝްވެސް ފަހަތުން ވަނެވެ. “ލާނެ އެއްޗެއް ހޯދައިފިން..؟” ޒީޝް އެއްސެވެ. “ނޫނެކޭ.. ނެތޭ ނައިސް ހެދުމެއް.. ހުސް ޓޮޕްސް ހުރީ..” ނީޝަލް ހުރީ ބޯ ކަހާލަ ކަހާލައެވެ. “ޗިލް ނީޝީ..” ޒީޝް ހިނގައިގަތީ އޭނާގެ އަލަމާރި އާއި ދިމާލަށެވެ. “މި ހެޔޮވަރުތޯ ބަލާބަލަ..” ޒީޝް ނެގީ ދަނބު ކުލައިގެ ހެދުމެކެވެ. ނީޝަލް ފާހާނާއަށް ގޮސް އެ ލައިގެން ނުކުތެވެ. “ހާދަ ދުލޭ.. ނޫން ތި ހެދުން ކަޑަ..” ޒީޝް އަނެއްކާވެސް އަލަމާރި ހާވަން ފެށިއެވެ.
“އޯ ޔެސް..! ދަ ޕާރފެކްޓް ވަން..” ޒީޝް ދެން ނެގީ ހާފް މާރމެއިޑްކޮށް ފަހާފައިވާ ރަތްކުލައިގެ ހެދުމެކެވެ. އެ ހެދުމުގެ މަތީބައިގައި ރަތްކުލައިގެ ކުދި މާތަކެއް ހަރުކޮށްފައި ހުއްޓެވެ. އަދި ހެދުމުގެ ތިރި ދޫކޮށްލާފައި ހުރިއިރު އެ ބައިގައި ވަނީ ވިދަވިދައެވެ. ހެދުމުގެ އުނަގަނޑާއި ދިމާލުގައި ޑައިމެންޑް ތަކެއްގެ ބައްޓަމަށް ހުރި އެއްޗެހިތަކެއް ވަނީ ސްލައިޓަރންއަކަށް އަތުރާލެވިފައެވެ. ނީޝަލްވެސް ހުރީ އެ ހެދުން ކަމުގޮސްގެން އެއަށް ބަލަހައްޓައިގެންނެވެ. “މީ އެ ރައިހާންގަނޑު ކުޑާއަށް ދެއްކި ހެދުމެއް އެކަމް މީތި ގަނެދިނީ ކުޑާގެ ބެސްޓްފްރެންޑް.. ކުޑާގެ ބާރތްޑޭއަށް.. އެކަމަކު ނީޝް ބޮރޯ ކޮށްލިއަސް އޯކޭ..” ޒީޝް އެ ހެދުން ނީޝަލްގެ އަތަށް ލައިދިނެވެ.
“ޔޫ ޝުއަރ..؟” އެ ހެދުން ނިކަން އާ ވެފައި އަދި އެއީ ޒީޝްގެ އެންމެ ގާތް އެކުވެރިޔާގެ ހަދިޔާއަކަށް ވުމުން ނީޝަލް އޭގައި ހިފަން ޖެހިލުންވިއެވެ. “ވަޓް އަރ ސިސްޓަރސް ފޯރ..؟” ޒީޝް ހިނިތުންވެފައި ނީޝަލްގެ ގައިގައި ބައްދާލިއެވެ. ނީޝަލް އެ ހެދުން ލާފައި ފާހާނާގައި ހުރި ލޯގަނޑުންވެސް އެވަރަށް ފަރި ބެލުނެވެ. އެހެދުން ހީވަނީ ހަމަ ނީޝަލްގެ ގައިން މިން ނަގައިގެން ފަހާފައިވާ ހެދުމެއް ހެންނެވެ. އެ ހެދުން ވެސް ނީޝަލް ލުމުން މާ ރީތިކަމަށް ދައްކައެވެ.
“އައި ކާންޓް ވެއިޓް ފޯ ޓުނައިޓް…” އެ ހެދުން ބާލާފައި އެ މޭގައި ޖައްސާލަމުން ނީޝަލް އެހެން ބުނެލީ ހުވަފެނީ ރާގަކަށެވެ.
ހަވީރު ޖެހެމުން ދިޔަ ވައިރޯޅީގެ ފިނިކަން ދިޔައީ ގަދަވަމުންނެވެ. އިރުވެސް އޮއްސެން ފަށައިފިއެވެ. އަތިރިމަތީގައި އެވަގުތު ތިބި އެންމެންހެން ގެއަށް ދާން ހިނގައިގަތް އިރު އާހިލް އަދި އަތިރިމައްޗަށް ދާން ގެއިން ނުކުންނަނީއެވެ.
ކޮނޑުގައި އަޅުވައިގެން ހުރި ދަބަސް އާހިލް އަލުން ޗެކް ކޮށްލިއެވެ. ބޭރުން އޯޑަރ ކޮށްގެން މަޖާ ކުރަން އޭނާ ގެނައި ފޭކް ބޮމްބްސްތަކުގެ ބޭނުން އެވަނީ ހަގީގަތުގައިވެސް ޖެހިފައެވެ. ހަތް ފޭކް ބޮމްބް ޕެކެޓާއި ހަތަރު ވޯކީ ޓޯކީގެ އިތުރުން މަންމަ ފިޔާ މީރުކުރަން ގެންގުޅޭ ތަވާ އަދި މާމަގެ ގެންގުޅޭ ކަތިވަޅިވެސް އާހިލް ވަނީ ދަބަހަށް ލާފައެވެ. އޭގެ ބޭނުންވެސް ޖެހިދާނެކަމަށް ވިސްނާފައެވެ. އާހިލް އަތިރިމަތީ ގޮސް ޖޯލީގައި ޖައްސާލިއިރު އެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ދޭތެރެ ދޭތެރެއިން ނިތްކުރި މަތިން ފޮހެލާ ދާތައްވެސް އެކަމަށް ހެކިދެއެވެ.
އާހިލް އެތަނުގައި ހާސްވެގެން ތެޅެން އިން މަންޒަރު ފެނުނީ އެންމެ މީހަކަށެވެ. “އާހިލް..” ފަހަތުން ދަންނަ އަޑެއް އިވިގެން އާހިލްއަށް ފަހަތް ބަލާލެވުނެވެ. “އިޒްކާންގެ ޕްރިންސެސް..” އަވަހަށް ބަހެއް ބުނަން ހަދައިގެން އާހިލްގެ ދޫ އޮޅުނެވެ. ރީނދޫ ކުލައިގެ ޖާރޒީއަކާއި ނޫކުލައިގެ ޖެގިންގސްއެއް ލައިގެން ހުރި އައިރީން ފެނިފައި އާހިލްގެ ދުލުން ބަސް ހުސްވިއެވެ. ދަލުން ފޯވެފައިވާ އައިރީން ހުރީ ފެންފުޅިއަކާއި ވޮލީ ބޯޅައެއް އަތުން ހިފާއްޓާލައިގެންނެވެ.
“ކީއްވެ މިތާ..؟ ނަމާދަށް ނުދަނީތަ..؟” އައިރީން ގޮސް އާހިލް އިން ޖޯއްޔާއި ޖެހިގެން އިން ޖޯލި ދޫކޮށްފައި ދެން ޖެހުނު ޖޯލީގައި އިށީންނަމުން އެއްސެވެ. “ނޫން ދާން މިދަނީ..” އައިރީންގެ ސޫރަ ފެނިފައި އާހިލްގެ ނުތަނަވަސްވަމުން ދިޔަ ހިތަށް ލުޔެއް ލިބުނު ކަހަލައެވެ. “”އިއްޔެ ދިން ނޯޓްސްތައް ލިބުން..؟ އާދީއްތަ ދުވަހު ޓެސްޓުތައް ފަށާނެ.. ބައިދަވޭ މިހާރު ކީއްވެތަ ނާންނަނީ ސްކޫލަށް..؟ ބަލީތަ..؟” އައިރީން ސުވާލު ފައްޗެއް އަމުނާލިއެވެ. އާހިލްގެ ގާތަށް ހިނިއައެވެ. “އާނ ދަސްކުރަން ފަށައިފިން.. ހިޔެއް ނުވޭ ފާސްވާނެހެންނެއް..” އާހިލް މާޔޫސްވާގޮތް ދައްކާލަމުން ބުންޏެވެ.
“ތިހެން ނުބުނޭ.. އިންޝާ ﷲ ފާސްވާނެ.. ޖަސްޓް ޓްރައި ހާރޑް.. ކިޔެވުމަށް ސަމާލު ކަން ދީގެން ދަސް ކުރަން ފެށީމަ އިޓް ވިލް ބީ އީޒީ.. ބޮލަށް އެ އެއްޗެހިތައް ވަދެއްޖެއްޔާ ވަރަށް ފަސޭހަވާނެ ޓެސްޓް ހަދަން.. އިމޭޖިން ކޮށްބަލަ އާހިލްގެ ހެޑް އަކީ ގޫގަލްކަމަށް.. ގޫގަލްގައި ވެސް ނޭނގޭ ސުވާލެއް ސާރޗް ކުރީމައި އޭގެ ޖަވާބު ފެނޭނު..؟ ހަމަ އެގޮތަށް ފިލާވަޅުތައް މެމޮރައިޒް ކޮށްފައި ޓެސްޓް ހަދާއިރު ވެން ޔޫ ސާރޗް ދަ ކުއެސްޝަން އިން ޔުއަރ ހެޑް، ވަގުތުން ޖަވާބު ލިބޭނެ..” މިސާލާއި އެކީގައި އައިރީން ބުނެލި ވާހަކައަކީ އާހިލްގެ އުންމީދުގެ ހުޅު ރޯކޮށްލި ފަދަ ވާހަކައެކެވެ. “ތޭންކްސް ބޭބީ..” ހިނިއައިސްފައި އާހިލް އެހެން ބުނެލުމުން އައިރީން ކުޑަކޮށް ލަދުގަތެވެ. “ގުޑް ލަކް އިނގޭ..” އާހިލް އަނެއްކާވެސް އިތުރު ކޮށްލިއެވެ. “އާހިލްވެސް އިނގޭ.. ބެސްޓް އޮފް ލަކް…” އައިރީންވެސް ބުނެލިއެވެ.
ގާތުގައި ސައިކަލެއް މަޑުކޮށްލި އަޑަށް އާހިލް އާއި އައިރީންވެސް ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ސައިކަލުގައި އަނގަ އޮރިކޮށްގެން އިޒްކާން ބަލަން ހުއްޓެވެ. ޔަގީނެވެ. އާހިލާއި އައިރީން އާއި އެކީގައި އިން މަންޒަރުފެނިފައި ހައިރާންވީއެވެ. “އައި އަވަހަށް އާދޭ ގެއަށް ދާން.. މަންމަ ބުނި ސަމީހާދައްތަ ގުޅިއޯ އައި ލައްވާ އޭނަގެ ދަރިފުޅަށް ޔުނީފޯމަ ފަހުވަން..” އިޒްކާން ބުނެލިއެވެ. އައިރީން ތެދުވަމުން އާހިލްއަށް ހީނލިއެވެ. އާހިލް ދޫބޭރަށް ނެރިލާފައި އެއްލޯ މަރާލިއިރު ވައްތަރުވީ އިމޯޖީއަކާއެވެ. އަންނަން އުޅުނު ހިނިގަނޑު ބަނޑުގައި ހައްޔަރު ކޮށްލާފައި އައިރީން ސައިކަލަށް އެރިއެވެ.
ގެއާއި ދިމާލަށް ދާން ދުއްވާލިއިރު އިޒްކާންގެ ޚިޔާލުގައި ރަނިކަން ކުރަމުން ދިޔައީ ނީޝަލް ނޫން ދެވަނަ ފަރާތެއް ނޫނެވެ. “އަހަރެން މިރޭ ނީޝަލް އަހަރެންގެ ހައްގަކަށް ހަދާނަން.. ޔާން މިކަމާއި ދެކޭ ގޮތް އަހަރެން ބޭނުމެއް ނޫން.. މަގޭ ހަޔާތް.. މަ ލޯބިވާ ފަރާތް.. މިހިތުގައި ރަނިކަން ކުރަމުން ދާ ހަމައެކަނި އަންހެން ކުއްޖާ.. ނީޝް… މިރޭ އަހަރެން ނީޝް ގާތު ރައްޓެހިވާން އަހާނަން.. އެންޑް އައި ވިލް މޭކް ޔޫ މައިން ސޫން.. މައި ވައިފް.. މައިން ފޯރއެވަރ.. މިހިތުން ނީޝް ނޫން ކުއްޖަކަށް ޖާގައެއް ނެތް.. މުޅި އުމުރުގައިވެސް ހަގީގަތަށް ސީރިއަސް ކޮށް ލޯބިވެވވުނު ފަރާތަކީ ތީ.. އައި ވިލް ނެވަރ ލެޓް ޔޫ ގޯ.. ނީޝްވެސް އަހަރެން ދެކެ އަހަރެން ނީޝް ދެކެ ވާ ލޯބިވާނެކަމަށް އުންމީދު ކުރަން… ޔުއަރ މައި ލަވް.. މައި ހޯޕް.. މައި އެވްރީތިންގ.. މަގޭ ލޯބިވާ ނީޝް..” އިޒްކާން ހިތުގައި ފަށުވި އެތަކެއް ބަހަކުން ޖުމްލަ ހަދައި ނިކަން ރީއްޗަށް އެ ތަރުތީބު ކުރަމުން ގެންދިޔައެވެ.
ގެއާއި ހަމައަށް އިޒްކާން ފޯރިއިރު ހަތެއް ޖަހަނީއެވެ. އަވަހަށް އައިރީންގެ އއަތަށް ރަތްކުލައިގެ ކުދި މާ ތަކެއް ޖަހާފައިވާ ކަޅު އަތްދިގު ގަމީހަކާއި ކަޅު ޖިންސެއް އިސްތިރި ކޮށްދޭށޭ ކިޔާފައި ދީފައި ފާހާނާއަށް ވަނެވެ. ނީޝަލް ހޭނެތޭހާ ރީތިވާން މިރޭ އިޒްކާން ބޭނުމެވެ.
ރަނގަޅަށް ފެންވަރައިގެން އިޒްކާން ނުކުތީ އައިރީން ދިން ޖިންސު ލައިގެންނެވެ. ތެމިފައިވާ ބުޅި އިސްތަށިގަނޑު ތުވާލިން ހިއްކަމުން ދިޔައިރު ކޮޓަރީގައި ޖައްސާފައިވާ އޭސީގެ ފިނިކަމުން އިޒްކާން ތުރުތުރު އެޅިއެވެ. އެނދުމަތީ ބާއްވާފައި އޮތް ގަމީސް ނަގަން އުޅެނިކޮށށް އިޒްކާންގެ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. ހިޔާންގެ މެސެޖެކެވެ. އިޒްކާންގެ ނިތަށް ރޫގިނަވިއެވެ. މޫނަށް ވައްތަރެއް ޖައްސާލެވުނީވެސް ބޭއިޚްތިޔާރުގައެވެ. އޭނައާއި ހިޔާން ދިމާނުވީތާ ވާހަކަވެސް ނުދައްކާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. މިއަދު ކުއްލިއަކަށް ހިޔާންގެ މެސެޖެއް ލިބުމުން އެ ބަލާލަން އިޒްކާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.
= ނުނިމޭ =
4 Comments!
Comments are closed.
Hello Yoon❤️❤️❤️
Vrh Sali mi part vxxx❤️❤️
Masha Allah❤️❤️
Keep it up dear ❤️❤️❤️
Ale I hope nezely ah roohaan ge kibain ❤️❤️salaamai veveythoo ❤️❤️. And izkaan neesh ah propose kureythoo❤️❤️
Anehkaa kon msg eh baa hiyaan ekuree❤️❤️❤️❤️❤️
Anywaysss waiting for the next part cuiouse ❤️❤️❤️❤️kamaa eku ❤️❤️
Love uu❤️❤️
Stay safe❤️❤️ and tvgc ❤️❤️
Masha Allah this part is AMAZING!!! yess finally Nezely will be free…. I think Aireen also likes Aahil!! very curious to see Hiyaan’s message
when next part?
anyway luvvv this part…
Lots of love from me
masha allah.. vrh rethi mi prt vx… waiting for the nxt prt… stay safe yoon dear.. lysm
Thank u so much everyone <3 Yoon try kollaanan v ha vx avahah up kolladheveythw.. Take care and stay safe,, Love u guys a lot <3