ތި ސޫރަ ނޫން 9
* ރަނގަޅަށް ބޭރަށް ނުކުމެ ދެ ފިޔަވަޅުވެސް ނޭޅެނީސް މިއަލްއަށް ގިޓާރ ކުޅޭ އަޑު އިވިއްޖެއެވެ. އެ ކަމާއި ހުރެ މިއަލް އާދަޔާޚިލާފަށް ފިނިވިއެވެ. ހިތްވެސް ތެޅެންފެށީ ބާރުބާރަށެވެ. މިއަލް ޝަފްވާން ގެ ގާތަށް ދާން ހިނގައިގަތްތަނާހެން އިވުނު އަޑުން ހުއްޓެން މަޖުބޫރުވިއެވެ. *
މިޝްލާ މިލީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލައިފިއެވެ. “ކީކޭ މަންމާ..” މިލީން ގޮވާލިއެވެ. މިޝްލާ އެތެރެއަށް ވަނެވެ. “ލީން.. ދަރިފުޅާ ހިނގާބަލަ ދަތުރެއް ދާން..” މިޝްލާ އެހެން ބުނެލީ ކުޑަކޮށް ނުތަނަވަސް ހިނިތުންވުމެއް ދައްކާލައިގެން ހުރެއެވެ. މިލީން ދެރަ ވެފައި އިންވަރުން ދަތުރެއް ދާން ދެކޮޅު ހަދާފާނެތީއެވެ. “އޯކޭ..” މިލީން އަނގައިގައި ބަސްއޮއްވާ ވަގުތުން ދާން އެއްބަސްވިއެވެ. މިލީންގެ މޫނު މައްޗަށް އުޖާލާކަން ވެރިވެފައި ހުރުމުން މިޝްލާގެ ހިތަށްވެސް ހިތްހަމަޖެހުން ލިބުނެވެ. “މިރޭ ޕެކް ކޮށްލައިގެން ނިދައްޗޭ.. މާދަން އެއީ އަންގާރަ ދުވަހެއްނު..؟ ދެން މާދަން ހެނދުނު ދާނީ ޔުއެލް ވެސް ދިޔަ ރަށަށް.. ގޮސްފައި މޫދަށް އެރިލާ ބާބަކިއު ހަދާލާފައި އަންނާނީ.. އޯކޭތަ..؟” މިޝްލާ އަހާލިއެވެ. ”އޯކޭ.. އެއްވެސް މައްސަލައެއް ނެތް..” މިލީން ބުނެލިއެވެ. ޝަފްވާންގެ ޚިޔާލާއި ކުޑަކޮށްވެސް ދުރުވެވޭނީ އެ މާހައުލާއި ދުރަށް ދެވިގެންނެވެ. “ގުޑް ގާރލް.. މިރޭ މަންމަ ބޭނުންވާ ސާމާނުތައް ހަމަކޮށްލާފައި ބަހައްޓާނަން..” ލިބުނު ކާމިޔާބީއާއި ހުރެ ހިތާހިތުން އުފާ ފާޅު ކުރަމުން މިޝްލާ ބުނެލިއެވެ.
“އާނ.. މަންމާ އަދި އަޅުގަނޑު މިރޭ ސްވިމިންގ ޕްރެކްޓިސްއަށް ދާންޖެހޭ…” މިލީން ބުނެލިއެވެ. “މިއޮއް ރޭގަނޑު..؟؟” މިޝްލާ އެހާ ހިތްހަމައެއްނުޖެހުނެވެ. “ސްވިމިންގ ގެ ފައިނަލްސް އަންނަނީއޭ މަންމާ..” މިލީން ރައްދު ދިނެވެ. “އެންމެރަނގަޅު.. ބައްޕަ ކާރު ފޮނުވާނެ މިރޭ… ރެޑީގައި ހުންނާތި.. ހަނދާންކޮށް ފެން ގެންދާތި..” މިޝްލާ ބުނެލިއެވެ. “އޯކީ މިދަނީ ތައްޔާރުވާން..” މިލީން ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ފާޚާނާއަށް ވަނެވެ.
“ނޯ..” ނިދަން ލީ ހަރުވާޅުގެ ޖީބުގައި އޮތް ނޮކިއާ ފޯން ރިންގުވާން ފެށުމުން މިއަލްއަށް ތުންފަތުގައި ހަފާލެވުނެވެ. އެއަޑަށް ޝަފްވާންވެސް ސިހިފައި ފަހަތަށް ބަލާލިއެވެ. ޝަފްވާން ބަލާލުމުން މިއަލް އަވަހަށް ބަނބުކެޔޮ ގަހާއި ނިވާވިއެވެ. ޝަފްވާންއަށް އެތަނުގައި މީހަކު ހުރިކަން ޔަގީންވިއެވެ. އެ ދިމާލަށް ހިނގައިގަނެވުނީވެސް އެހެންވެގެންނެވެ.
“ހައްހައްހައްހާ.. މަށަށް އޭރުވެސް އެނގުނޭ ކަލޭ މިފަދަ ގަޑިއެއްގައި ބޭރަށް ނުކުންނާނީ ކޮންމެވެސް ކަހަލަ ގަނޑެއް ގަންނަންކަން..” ފަހަތުން އަހުނަފްގެ އަޑުއިވުމުން ޝަފްވާންގެ ސަމާލުކަން ހުއްޓުނީ އަހުނަފް އަށެވެ. “މިތަނުގައި ކީއްތަ ތިކުރަނީ..؟؟” ޝަފްވާން ހައިރާންވެފައި އަހުނަފް އާއި ސުވާލު ކުރިއެވެ. އަނދިރީގެ ތެރޭގައި ޝަފްވާންގެ މޫނަށް އަރާފައިވާ ކުލަވަރު ފެނިފައި އަހުނަފް ހޭންފެށިއެވެ. ”އޮޅުމަކުން ނަމަވެސް ތެދެއްދޯ މިބުނެވުނީ..؟” އަހުނަފް އަހާލިއެވެ. ހެމުންނެވެ. “ތިކަމެއް ނޫން އެކަމަކު ދެން ތިކަހަލަ ކަމެއް..” ފާޑެއްގެ ޖުމްލައެއް ޝަފްވާން ބުންޏެވެ. “ދެން މިތާ ހުންނާނެކަމެއް ނެތް.. ފިނިވެސް ނުލާހިކު ގަދަ.. އާދޭ ގެއަށް ދާން.. އެނޫނީ މާދަން ހެނދުނު ރަށަށް ފުރަން ވާއިރަށް ކަލެއަށް ރޯގާ ޖެހިދާނެ.. އޭރުން އަނެއްކާ ޓިކެޓް ބޭކާރުވީ.. އޭ މަ މިހެން ބުނީމައި މާދަން ހެނދުނު ރޯގާ ޖެހުނީކަމަށް ހަދައިގެން އެކްޓު ނުޖައްސާތި.. ކަލެއަށް ފާނަބަސަންތު ޖެހުނަސް ހެޔޮ، މާދަން މަ ކަލޭ ގޮވައިގެން ރަށަށް ދާނަން..!” އަހުނަފް ޝަފްވާންގެ ކަންފަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.
ކަންފަތަށްއެރި ތަދުން ޝަފްވާނަށް އައްދިއްޔޯއޭ ކިޔަމުން ދެވުނީވެސް މިއަލްގެ ގިޓާރ ހިފައިގެންނެވެ. އަހުނަފާއި އެއް ހަމައެއްގައި ހިނގޭތޯ ބަލަމުން ދިޔަ ޝަފްވާނަށް މި ދެވެނީ މިއަލްގެ ގިޓަރ ހިފައިގެން ކަން ރޭކާވެސް ނުލައެވެ. “އޭތް..!! މަގޭ ގިޓާރ ބާއްވާފައި ދާތާކަށް ދޭ..!” މިއަލްއަށް މަޑުމަޑުން ކިޔެމުން ދިޔައެވެ. ނަމަވެސް ޝަފްވާންއާއި އެކީގައި އަހުނަފް ހުރުމުން ހިތްވަރުގަދަ ކޮށްލާފައި ބަތަލަކަށް ވެގެން ގިޓަރ އަތުލަން ދާކަށް މިއަލްއަކަށް ނުކެރުނެވެ. މިއަލް އަނެއްކާވެސް ކޮޓަރިއަށް ވަންނަން ޖެހުނީ ގިޓާރ ނުލިބުމުގެ ހިތާމައިގައި މާޔޫސްވެހުރެއެވެ.
ފަތިސް ނަމާދު ކޮށްލައިގެން މިއަލް މަޑު ފިޔާތޮށި އަތްދިގު ޓީޝާޓަކާއި އައިސްބްލޫ ސްކިނީއެއް ލައިގެން އިސްތަށިގަނޑުގައި ފުނާ އެޅިއެވެ. ވޫލްކޮޅަކުން އިސްތަށިގަނޑު އައްސާލުމަށްފަހު މިއަލް ހިނގައިގަތީ ނުކުންނާށެވެ.
ކޮންމެ މަހެއްގެ ސޯޅަވަނަ ދުވަހަކީ ރަށުގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން ރަށުތެރެ ކުނިކަހާ ދުވަހަށް ވާތީއެވެ. އެކަމުގެ އިސްވެރިޔަކަށް ހުންނަނީވެސް ހަމަ ފާއިޒާ ނޫން ދެވަނަ މީހެއް ނޫނެވެ. އަނގަ ހަލުވި މީހަކަށް ވިޔަސް ފާއިޒާ އަކީ ނުހަނު ހިތްވަރުގަދަ އަންހެނެކެވެ. ފާއިޒާ އިސްވެގެން މި ހިންގާ ހަރަކާތުގައި ރަށު ހުރިހާ އަންހެނުންވެސް ބައިވެރިވެގެން ވާނެއެެވެ. ކަމުގައި ފޯރި ހިފާލަނީ އެހެންވެގެންނެވެ. މިއަލް އިލޮށިފަތި ހިފައިގެން ނުކުތްއިރު ކިއަނާ އިނީ ބެޑްޝީޓްތައް ހިއްކަން އަޅުވާ ދިމާލުގައި އިން ގޮނޑީގައި އިށީނދެލައިގެންނެވެ.
“ދާން ހިނގާ..” ކިއަނާ އުނގުމަތީ އޮތް އިލޮށިފަތި ނަގާ ހެދުން ފޮޅާލިއެވެ. ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި މިއަލް އާއި ކިއަނާ ގެއިން ނުކުންނަން ހިނގައިގަތެވެ. ގޭގެ އޮޅިގަނޑު ހުރަސް ކުރި ތަނާހެން ނޭވާ އިހުސާސް ވާހާ ގާތުގައި މަޑު ކޮށްލި މީހާގެ މޫނު ފެނިފައި މިއަލްގެ ހިތްވެސް ހިނދުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ.
“އޭބަލަ ޝަފްވާނޫ..! ޝަފްވާނޫ..! ހޭލަބަލާ…!!” އަހުނަފްގެ އުނދަގުލާއި ހުރެ ޝަފްވާންގެ ނިދި ފިލައިގެން ދިޔައެވެ. “ކަލޭވެސް ނިދާބަލަ.. އަދި ކިރިޔާއޭ އެ އިރު އެރީ..” އާފުރެމުން ޝަފްވާން ބުނެލިއެވެ. އަހުނަފް ބޯ ހޫރާލިއެވެ. “އަދިވެސް ހޭލެވޭ ވަރެއް ނުވޭ ދޯ..؟ ހުރެބަލަ.. އެބަ އަންނަން ފެން ޖަހަން..!” އަހުނަފް އެހެން ބުނެފައި ތެދުވުމުން ޝަފްވާން ފުންމައިގެން ކޮޅަށް ތެދުވިއެވެ. “މަ މި ހޭލީ.. މަ މި ހޭލީ..!!” ޝަފްވާން ދެލޯ ތަންމިނަށް ހުޅުވާ ޒާތަކަށް އަހުނަފާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ.
“އާނ ހޫން ދެން ދޭ ތައްޔާރުވާން.. ފޮނި ފިރިހެނާ ގާތު މަ ރޭގައި ދަބަސްތައް ތައްޔާރުކުރާށޭ ބުނީމައި އެކަން ވީ ކަމަކަށްވެސް ނުވި.. މަށަށް މިޖެހުނީ އެންމެފަހުން އެ ބުރަ އުފުލަން..” އަހުނަފް ކުދި ކިޔައިގަތީ ޝަފްވާން ފާޚާނާއަށް ވަނުމުންނެވެ.
“އޯންން.. ތެންކިއު ލޯބިވާ ވައިފީ…” ފާހާނާއިން ނުކުތް ވަގުތު އެނދުމަތީގައި އަހުނަފް ޝަފްވާން ފުރާއިރު ލާންވެގެން ނަގައިދީފައިވާ ޕެރިވިންކަލް ދަނބު ކުލައިގެ ގަމީހާއި ނޫކުލައިގެ ކެރެޓް ފެނިފައި ޝަފްވާން ބުނެލިއެވެ. ހަމަ ޖެއްސުމަށެވެ. ދަބަހާއި ލަގޭޖް ޕެކްކޮށްދީފައި ނުވިތާކަށް އަހުނަފް ވަނީ ގަމީހުގެ އަތުކުރިވެސް އޮޅައިދީފައި ކަމަށްވާތީއެވެ. “މަމީ ކަލޭގެ އަންބެއް ނޫނޭ.. ދެންވެސް ތި އަވަސްކޮށްގެން ލާން އުޅެންވީ..” އަހުނަފް ސީރިއަސް ވާން މަސައްކަތް ކުރިއެވެ. އަންނަން އުޅުނު ހިނިގަނޑު މަތަ ކުރަމުންނެވެ ނަމަވެސް ޝަފްވާނަށް އެކަން ސިއްރެއް ނުވިއެވެ. ޕަކަޕަކަލާފައި ޝަފްވާން ހީނގަތުމާއި އެކީގައި އަހުނަފްގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ.
“މި ގިޓަރގެ ވެރިފަރާތަށް މި ހަވާލުކުރާކަށް ނުވޭ..؟؟” އެނދުމަތީގައި އޮތް ގިޓާރ ފެނިފައި އަހުނަފް އެއްސެވެ. ”މަ ރޭ އުޅުނީ ތިކަން ކުރާށޭ.. އެކަމަކު ކަލޭ އައިސް މަންމައެއްހެން އަރިދަފުސް އަޅާ ފާނެޔޭ ކިޔާ ކަންފަތުގައި ހިފާ ދަމަމުން ގެންދިޔައީނު..؟ އެހެންނޫނީ މަށަށް މި ހަވާލު ކުރެވުނީހޭ..” ޝަފްވާން ތުން އަނބުރާލާފައި ބުންޏެވެ. “އެހެންތަ..؟” އަހުނަފް ބޯކަހާލައިފިއެވެ. “ދެން ތިވެސް ގެންދަންތާ ދޯ މިޖެހުނީ..” އަހުނަފް އެހެން ބުނުމުން ޝަފްވާން ކަރުއެލުވާލިއެވެ.
“ރިޒްވާން..” މިއަލްގެ ތުންފަތް ފޫދުއްވާލާފައި އެ ނަން ބޭރުވިއެވެ. ޒާތަކަށް ހީނލައިގެން ރިޒްވާން މޫނާއި މޫނު ޖެހޭހާ ކައިރިވެލައިގެން ހުރިއިރު އަރާ ނުބައި ވަހުން މިއަލްއަށް ނޭވާލާން ދަތިވިއެވެ. “ލޯންގް ޓައިމް ނޯ ސީ… އެލް..” ރިޒްވާން އެހެން ބުނަން އަނގަ ހުޅުވާލިއިރުވެސް އެރި ސިނގިރޭޓް ވަހުން މިއަލްއަށް ނޭފަތް ހަދާލެވުނެވެ. އޭރު އެ މަންޒަރު ބަލަން ކިއަނާ ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. “ތަން ދައްކާ..” މިއަލް ފަރުވާލެއް ނެތް ރާގަކަށް އެހެން ބުނެލުމުން ރިޒްވާންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. “އެލް ސްޓޮޕް ޕްލެއިންގ ހާރޑް ޓު ގެޓް..” ރިޒްވާން ކުއްލިއަކަށް މިއަލް އާއި ވާހަކަ ދައްކަން ފަށާ ދައްކަމުން ދިޔަ ވާހަކަތަކުގެ މިސްރާބު ހުރިގޮތުން މިއަލް ހިތްހަމައެއް ނުޖެހުނެވެ. “ކުރިމަތިން އެއްފަރާތްވާށޭ..” މިއަލް ތުންފަތުގައި ދައިގަތުމުން ތުންފަތުގެ ރަތްކަން ކުރިއަށްވުރެވެސް ބޮޑަށް އިތުރު މަންޒަރު ފެނިފައި ރިޒްވާންގެ ހިތް ގޮތަކަށް ތެޅިލިއެވެ.
“ފާއިޒާއްތާ..!!!” އެ ގޯޅިއަށް ލަނބާލި ފާއިޒާ ފެނިފައި މިނެޓެއްވެސް ލަސް ނުކޮށް ކިއަނާ ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހުނީ ރިޒްވާން އެކަންޏެއް ނޫނެވެ. މިއަލްވެސް ދިޔައީ އެއްލިގެންނެވެ.
ފުރާ ގަޑި ޖެހުމުގެ ކުރިން ލޯންޗާއި ހަމައަށް ދެވޭތޯ މިއަލްމެން ތިބި ގޯޅިއަށް އެޅި ޝަފްވާނާއި އަހުނަފްވެސް މީހަކު ހަޅޭއްލަވައިގަތް އަޑު އިވިގެން އެދިމާލަށް ބަލާލިއެވެ.
“ކިހިނެތްވެގެން މި އުޅެނީ..؟؟” ކުރުފަލަކޮށް ހުންނަ ނަމަވެސް ހަލުވި ފާއިޒާ އިލޮށިފަތިތައް އަޅާފައި ހުރި ބަރޯ ދުއްވާލާފައި ކިއަނާ އާއި އަރާ ހަމަ ކުރީ ހިނދުކޮޅެއްގެ ތެރޭގައެވެ. “އައްދޭ ގްރޭންޑްމަދަރ އަށް އަދިވެސް ދުވެވޭ ދޯ..” ފާއިޒާ ކިއަނާގެ ގާތުގައި މަޑުކޮށްލި މަންޒަރު ބަލަން ހުރެފައި އަހުނަފް ބުނެލިއެވެ. “ދޯ..” ޝަފްވާންވެސް އާޝޯހުވެފައި އެއްބަސްވިއެވެ.
ރިޒްވާން އަވަހަށް މިއަލް އާއި ދުރަށް ޖެހިލިގޮތަށް އަޅާއިތިކޮށް ދުއްވައިގަތުމުން ޝަފްވާނަށް މިއަލްގެ މޫނު ފެނުނެވެ. “ކަލޭ ކޮންތާކަށް…؟؟؟” ކޮނޑުގައި އޮތް ދަބަސް ބިންމައްޗަށް ވައްޓާލާފައި ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޝަފްވާން ދުއްވައިގަތުމުން އަހުނަފް ހުރީ ވާނުވާގައެވެ. އަހުނަފަށް ސަމާލުކަން ނުދީ ޝަފްވާން ބެލީ މިއަލް އާއި ހަމައަށް ފޯރޭތޯއެވެ. މިއަލްއަށް އޭނާގެ ގިޓާރ ރައްދު ކޮށްދެވޭތޯއެވެ. އޭރު ޝަފްވާން އަރައިގެން ހުރި ކަޅު ބޫޓު ވަނީ ހިރަފުހާއި ތަތްތެޅިފައެވެ.
“އެލް އާރ ޔޫ އޯކޭ..؟؟” ކިއަނާ އަވަހަށް ޗެކް ކުރަން ފެށިއެވެ. “އާނ އަހަރެން ރަނގަޅު..” މިއަލް މާނޭވާލެވިފައި ހުރެ ބުނެލިއެވެ. “ފަކުރު މީހާގަނޑު މަގޭ ލޯބިވާ އެލް އާއި ކައިރިވަން އުޅެފިއެއްނު.. ހުން ދެން ފަހަރަކުން އެލް އާއި ކައިރިވެބަލަ.. ކަންފަތާއި ބޮލާ ވަކިކުރާނަން..!” ކިއަނާ ހިންމަތާއި ހިތްވަރާއި އެކީ ބުނެލިއެވެ. މިއަލް ހިނިތުންވެލިއެވެ.
“އެ ގަޑި ޖެހުނީ..! ފާއިޒާއްތަ އަހަރެމެންނަށް ބަވާލާނެ..!!” ކިއަނާ ގަޑި ބަލާލާފައި ތެޅިގަތެވެ. އޭރު ހަތްގަޑި ސާޅީސްފަހެއް ހިނގީއެވެ. ގަޑި ކިޔާފައި ވަނީ ބަރާބަރު ހަތްގަޑި ބަޔަށެވެ. ފާއިޒާ އަކީ މީހަކު ކިރިޔާ ވެސް ލަސްވިޔަކަސް އެކަމާއި ކަންބޮޑުވެގެން އުޅޭ މީހެކެވެ. ލަހުން އަންނަ މީހަކަށް ލިބޭނެ ހަދިޔާ އަކީ ފާއިޒާގެ ފަރާތުން ބޮޑު ލެކްޗަރެކެވެ. ރަށު މީހުންނަށް ވަގުތަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދޭން ފާއިޒާ ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ފާއިޒާއަށް “ރަށުގެ މަންމަ” ގެ ލަގަބު ދެވިފައިވަނީ ސަމާސާއަކަށެއް ނޫނެވެ.
“އަވަސްކުރޭ..!” ކިއަނާ މިއަލްގެ އަތުގައި ހިފާ ބާރުކޮށްލިގޮތަށް ނަގޫޖެހިތާ ބޯ ޖަހާފައި ދުއްވައިގަތެވެ.
“އޭތް..!!!” ޝަފްވާން ހަޅޭއްލަވައިގަތެވެ. ނަމަވެސް އަވަސް އަރުވާލާފައި ހުރި މިއަލް އާއި ކިއަނާއަށް އެ އަޑު އިވުނުހެންނެއް ހިޔެއް ނުވެއެވެ. ޝަފްވާން ހުރީ ވަރުބަލިވެފައި ކަމުން އިތުރަކަށް ދެނެއް ނުދުވެވުނެވެ. މިއަލް އާއި ކިއަނާ ބާރަކަށް ދުވެފައި ގޮސް ދެވަނައަށް ޖެހުނު ގޯޅިން ލަނބާލައިފިއެވެ. “އޯހް ކްރެޕް..” ޝަފްވާނަށް ވެލިގަނޑު މައްޗަށް ވެއްޓިގަނެވުނެވެ.
“ކަލޭވެސް ވާނެ އަދި ފެންނަހާ މީހެއް ފަހަތުން ދުވަން..” އަހުނަފް ގޮސް ޝަފްވާން ވެލިގަނޑުގެ މަތިން ނެގިއެވެ. ”އެއީ މި ގިޓާގެ ވެރިފަރާތޭ..!!” ޝަފްވާން ނާކާމިޔާބީގެ އަސަރު އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. “އޯހް އެހެންދޯ މިވީ..” ހަދާނެ ގޮތެއް ނޭނގިގެން އަހުނަފް ބޯކަހައިގަތެވެ.
އަންހެނުންތައް ތިން ބަޔަށް ބަހާލިއިރު މިއަލް އާއި ކިއަނާ ޖެހުނީ އަތިރިމަތީ ފަރާތާއި ޖެޓީ ފަރާތް ކުނި ކަހަން ދާ ބައިގައެވެ. އަނެއް ދެ ބައި ރަށުތެރެއަށް އަރަން ހިނގައިގަތެވެ. ފާއިޒާވެސް ދިޔައީ ރަށުތެރެ ކުނި ކަހަން ދިޔަ ބަޔާއި އެކީގައެވެ. “މަގޭ ބުރަކަށި..” ކުނިކަހަން ފެށިތާ ދެ މިނެޓްވެސް ނުވަނީސް ކިއަނާ ބުރަކަށީގައި އަތް އެޅިގޮތަށް ހިންދެމިލައިފިއެވެ. “ވަރުބަލިވީ..؟” މިއަލް އެއްސެވެ. “އާނއެކޭ.. މަންމަ އާއި ދައްތަ ގޭގައި މަށަށް އެއްވެސް ކަމެއް ކުރަން ނުދީ ނުދީ މިހާރު ހުޅުތަކުގައި ތެޔޮ ލާން ޖެހިފައި މިހުރީ..” ކިއަނާ ބުނެލިއެވެ. މިއަލް ކުޑަކޮށް ހީނލިއެވެ.
“މިރަށުގެ މީހުންތައް ހާދަ އެކްޓިވްއޭ ދޯ..” ކުނިކަހަމުން ދިޔަ އަންހެނުންތައް ދައްކާލަމުން އަހުނަފް ބުނެލިއެވެ. ”ދޯ..” މޫޑު ގޯސްވެފައި ހުރުމުން ޝަފްވާން ވާހަކަ ގިނަކުރާހިތެއް ނުވިއެވެ. އަހުނަފް ވެސް ފަހަނައަޅާ ކުރިއަށް ޝަފްވާން ހިނގައިގަތީ އެމީހުން އަރަން ޖެހޭ ލޯންޗު ފެނުމުންނެވެ. އަނގަ ހަދާލާފައި އަހުނަފް ހިނގުން ބާރުކޮށްލިއެވެ.
**************
“ޒާހު..” މިޝްލާ ގޮވާލި އަޑަށް ލޯންޗު ކަފަމުން ދިޔަ ފޮނުގަނޑަށް ބަލަހައްޓައިގެން އިން ޒައިހާން ބަލާލިއެވެ. “ޒާހުއަށް…” މިޝްލާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ޖުމްލަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން މިޝްލާ އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދިފައި އޮތް މިލީންގެ ބޮލުގައި ފިރުމާލިއެވެ. އަނެއް ރަށަށް ދާން ވެގެން މިޝްލާމެން އެވަގުތު އިނީ ލޯންޗްގައެވެ. “ކިހިނެތްވީ މިޝީ..؟” ޒައިހާން އެއްސެވެ. “ޒަ.. ޒާހުއަށް އިނގޭ ދޯ މިދެވެނީ ކޮންތާކަށް ކަން..؟” އިރުކޮޅަކު މަޑުން އިނދެފައި މިޝްލާ ނުތަނަވަސްވެފައިވާ ރާގަކަށް އެއްސެވެ. “ތިބުނީ..؟” ޒައިހާންއަށް މިޝްލާ ބުނަން އުޅުނު އެއްޗެއް އެނގުނު ނަމަވެސް އެއްސެވެ. “އަހަރެމެން މިދަނީ ނަވާލްގެ ރަށަށް…” މިޝްލާ ވައި އަޑަކުން ބުނެލިއެވެ.
“ދެން..؟” ޒައިހާން އިނީ ހަމަޖެހިފައެވެ. “ޒާހު..” މިޝްލާ ހިތްހަމައެއް ނުޖެހުނެވެ. “މިޝީ ކަންބޮޑު ނުވެބަ.. އަހަރެމެންނާއި ނަވާލް އާއި ދިމާވާނެ ކަމެއް ކިހިނެތް އިނގެނީ..؟ އަހަރެން ބުކް ކުރި ގެސްޓް ހައުސްވެސް ހުންނާނީ އެގެ އާއި ވަރަށް ދުރުގައި..” ޒައިހާން ބުނެލިއެވެ. “ކަމެއް ވާނީ ބުނެފައެއް ނޫން..” މިޝްލާ ނުގޮތަކަށް ބުނެލައިފިއެވެ. ޒައިހާން މިޝްލާގެ އެ އެންދެރިކޮޅެއް ފަދަ ދެލޮލަށް ބަލާލިއެވެ. “އިރާދަކުރެއްވިއްޔާ ނަވާލް އާއި މިޝްލާ ދިމައެއް ނުވާނެ..” ޒައިހާން އެހެން ބުނެލީ ނިކަން ހަމަޖެހިލާފައި ކަމަށްވިޔަސް އޭނާގެ ހިތުގެ ފުންމިނުގައިވެސް ބިރުވެރިކަމެއް ވެއެވެ. ޒައިހާންއަށް ނޭނގުނީ މިޝްލާ ބުނެލި ބަހުގައި ހުރި ތެދުކަމެވެ.
ޝަފްވާން ގޮސް ލޯންޗަށް އެރުމުގެ ކުރިން ރަށުތެރެއަށް ކަޅި ހިންގާލިއެވެ. ހިތް އެދެމުންދާ ސޫރަ ޝަފްވާންގެ ލޮލަކު އަޅައެއް ނުގަތެވެ. އޭރު އަހުނަފް ލޯންޗަށް އަރައިފިއެވެ. ޝަފްވާން މާޔޫސްވެފައި ލޯންޗަށް އެރިއެވެ. އެންމެ ފަހަރަކުވެސް “މިލީން” ފެނޭތޯ ދުއާ ކުރަމުންނެވެ. “މިލީ.. އަހަރެންނަށް ފެނިބަލަ..” ޝަފްވާންއަށް ހިތާހިތުން ބުނެވުނެވެ.
ކުނިކަހަން ގުދަށް އޮތް މިއަލްގެ މޫނަށް އިސްތަށިކޮޅުތައް ވެއްޓޭވަރުން އުނދަގޫވެގެން އަލުން ހުޅި އައްސާލަން ވެގެން ހިންދެމިލި ވަގުތު ލޯންޗުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިން ޝަފްވާން އަޅައިގަތެވެ. އެހާ ދުރުން ފެނުމުން ވެސް މިއަލްއަށް ޝަފްވާން ވަކިކުރަން އެނގުނީ ކިހިނެތްކަން ވެސް ބުނެދޭން ދައްޗެވެ. ލޯންޗު ނައްޓާލަން އުޅޭކަމުގެ ފެހި ސިގުނަލް ލިބެން އުޅޭހެން ހީވާން ފެށުމުން މިއަލްގެ ހިތް ތެޅިގަތެވެ. ސީޓް މަތީހެން ބަހައްޓާފައި ހުރި ގިޓާ ފެނުމުންނެވެ. “ވަގެއް.. މަގޭ ގިޓާ..!!” މިއަލް އިލޮށިފައްޗެއް ކިއަނާއެއް ބެލުމެއް ނެތި އަޅާއިތިކޮށް ދުއްވައިގަތެވެ.
“ރަށަށް ލެފިއްޖެ..” ބޮލަށް އެނބުރުން އަރާގޮތްވެގެން ނިދިފައި އޮތް މިލީން މިޝްލާ ހޭލެއްވިއެވެ. ޒައިހާން ލޯންޗުން ފޭބިއެވެ. އަތްދަބަހުން ފުށްދަޅު ނަގާފައި އޭގެ ލޯގަނޑުކޮޅުން ބަލައިގެން މިލީން އޭނާގެ މޫނު ރީތި ކޮށްލިއެވެ. އަދި ޒައިހާންގެ ފަހަތުން ލޯންޗުން ފައިބަން ހިނގައިގަތެވެ.
ނަސީބު ހިފީ ކާކުގެ އަތުގައި ކަމެއް ނޭނގުނެވެ. މިއަލްއަށް ޖެޓީ އާއި ހަމައަށް ފޯރުނުއިރު ލޯންޗު ނައްޓާލައިފިއެވެ. މިއަލްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.
“އޯހް ގޯޑް..!!” ޝަފްވާންގެ ލޮލުގައި ޖެޓީ ދޮށުގައި ރޮވެން ކައިރިވެފައި ހުރި މިއަލް އަޅައިގަތެވެ. ގިޓާ ހިފައިގެން ލޯންޗުން ބޭރަށް ފުންމާލަން ވެސް ހިތަށް އެރުމާއި އެކީގައި ޝަފްވާންއަށް ފުންމައިގެން ކޮޅަށް ތެދުވެވުނީ ކޮން ބާރެއް ލިބިގެން ކަމެއް ނޭނގުނެވެ. “ބްރޯ..” އަހުނަފްވެސް ދިޔައީ އެއްލިގެންނެވެ. ލޯންޗުގައި އިން މީހުންތަކުގެ ނަޒަރު ޝަފްވާނަށް އަމާޒުވިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Masha Allah ?? milyn aa mial aky twins tha ?? ede myhun dhn meet vaany dhw ?? v majaa ingey ahnaf ge bai ?? dhn kobaa yooel hehe eyna mi part ga invisible dww ??? anehbai koniraku ?? waiting curiously ??
Hehe thankiu so much Rooya Xek dear ? Lets c dhw hehe.. Yuel dhw nxt part ga annaane kanneyge.. Nxt part insha allah 19th ga ingey ? Keep waiting nd lots of lav
Varah reethi… Masha Allah…. ❤️❤️ finally up vehje… miadhu iru ereehsure hama iruiru kolhakah beleyy up vithoa……. ?BTW When next??? Curiously waiting for the next part????? ?
And yoon ge fiya faiy varah reethi ingeyyyyy…. ??❤️❤️
Vrh bodah thankiu Faruha ? Ehehe that means so much dear.. Nxt part insha allah Thursday ga ? Aww ehehe I’m so happy to knw that you enjoyed readin Fiya Faiyh too ? Thanks a lot dear lots of lav
Vrh reethi
When next
Mial and shafwaan vrh gulhey
Lol???♥️♥️♥️♥️♥️????♥️♥️♥️???♥️♥️??
Wow..? this story very very very nice. Masha Allah ❤️❤️.. keep up the good work…❤️
Waiting for the next part
Ma Sha Allah ?❤❤❤? vaahaka kuriah dhaa goi v reethi??? Kuriah huri baithakah inthizaar kuran ???