Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 10

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 19, 2021 8 Mins Read
6 Comments

* ނަސީބު ހިފީ ކާކުގެ އަތުގައި ކަމެއް ނޭނގުނެވެ. މިއަލްއަށް ޖެޓީ އާއި ހަމައަށް ފޯރުނުއިރު ލޯންޗު ނައްޓާލައިފިއެވެ. މިއަލްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. “އޯހް ގޯޑް..!!” ޝަފްވާންގެ ލޮލުގައި ޖެޓީ ދޮށުގައި ރޮވެން ކައިރިވެފައި ހުރި މިއަލް އަޅައިގަތެވެ. ގިޓާ ހިފައިގެން ލޯންޗުން ބޭރަށް ފުންމާލަން ވެސް ހިތަށް އެރުމާއި އެކީގައި ޝަފްވާންއަށް ފުންމައިގެން ކޮޅަށް ތެދުވެވުނީ ކޮން ބާރެއް ލިބިގެން ކަމެއް ނޭނގުނެވެ. “ބްރޯ..” އަހުނަފްވެސް ދިޔައީ އެއްލިގެންނެވެ. ލޯންޗުގައި އިން މީހުންތަކުގެ ނަޒަރު ޝަފްވާނަށް އަމާޒުވިއެވެ. *

ޝަފްވާން ލޯންޗު އަލުން ރަށާއި ގާތް ކުރަން އެދުނެވެ. ނަމަވެސް ލޯންޗު ދުއްވަން އިން މީހާ ދެކޮޅު ހެދުމުން ޝަފްވާންއަށް އިތުރަށް ކަމެއް ނުކުރެވުނެވެ. އަހުނަފްގެ ގާތުގައި ވެގެން އުޅޭ ގޮތް ބުނުމުން އަނެއްކާވެސް އޭނާ ފެށީ ބޯ ކަހާށެވެ. “މިސޮރުގެ ބޮލުން އަދި ހުރިހާ އިސްތައްޓެއް ފައިބާނެ..” އަހުނަފް ބޯކަހާވަރުން ޝަފްވާނަށް ބުނެވުނެވެ.

“އެލް..!” ކިއަނާ ގޮސް މިއަލްގެ ގާތުގައި ހުއްޓުނުއިރު އޭނާއަށް މާނޭވާލެވެއެވެ. “އޭނަ.. އެދިޔައީ ގިޓާ ހިފައިގެން..” މިއަލްއަށް ނުރޮވި ހުރީ ކިރިޔާއެވެ. އެހެން އެއްވެސް މީހަކަށް އޭނާގެ އިހުސާސް ތައް ނޭނގުނުކަމުގައި ވިޔަސް އެ ގިޓާ އަކީ މިއަލްއަށް ދެލޯ ހާ މުހިންމު އެއްޗެކެވެ. މައެއްގެ ލޯބި ނުލިބި ފުރާފުރިހަމަވީއިރު އެ މައިމީހާގެ ހުރި ހަމައެކަނި ހަނދާނާއި ވަކިވާން އެދޭނީ ކާކު ހެއްޔެވެ.؟ “ގިޓާ ގެންދިޔައީއޭ..؟ ކާކު..؟” ކިއަނާއަށް އޮޅުނެވެ. “އޭނަ.. މަގޭ ގިޓާ ގެންދިޔައީއޭ..” މިއަލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކުޑަކުއްޖެއްގެ އަތުން މެޓައެއް ޖަހައިގަތުމުން އެކުއްޖާއަށް ކުރެވޭނެ އަސަރު މިއަލްއަށް ވަނީ ކޮށްފައެވެ.

“ކާކު ގެންދިޔައީ..؟” ކިއަނާ އެއްސެވެ. “އެ ފިރިހެން ކުއްޖާ..” މިއަލް ކިޔާނުކިޔާއެއް ސާފުނުވެގެން ކިއަނާ ހާސްވިއެވެ. “ކާކު ހެއްޔޭ..؟ ކާކުތަ..؟” ކިއަނާ ތަންކޮޅެއް ބާރަށް އެއްސެވެ. “ނޭނގެޔޭ އާނާ އައި ޑޯންޓް ނޯ..” މިއަލް މޫނުމަތީގައި އަތް އެޅިއެވެ. މިއަލް ގޮވައިގެން ކިއަނާ އިށީނީ ޖޯލިފައްޗެއް ގައެވެ. “މި މީހަކީ ކާކު..؟ އެލް ދަންނަ މީހެއް ނޫން.. އެކަމަކު އޭނަ އެލްގެ ގިޓާ ވަގަށް ނެގީ..؟ އެއީ ކީއްވެޔޯ..؟ ވަގެއްތަ އެއީ..؟” ކިއަނާ އެ ސުވާލުތައް ފައްޗަކަށް އެމުނިޔަސް މިއަލްގެ އަތުގައި އެއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް ނެތެވެ. މިއަލްއަށް ޝަފްވާން އެއީ ކޮންތާކުން އައި ކާކު ކަމެއްވެސް ނޭނގެއެވެ.

ރީއަލް ކިއަނާ އާއި މިއަލްއަށް ހަވާލު ކޮށްދޭށޭ ކިޔާ ދެ މައިލޯ ޕެކެޓް ދިނުމުން ސެޓިސްފައިޑް ފިހާރައިން ނަވާލް ނުކުތީ ޖެޓީދޮށަށް ދިޔުމުގެ މަގްސަދުގައެވެ. ކުރިއަށް ދެން ފެންނަން އޮތީ އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރާނޭފަދަ މަންޒަރެއް ކަން ނޭނގިހުރެއެވެ.

“ފާއިއްތަމެން ސާފުކުރަން އުޅޭ ދުވަސް ދޯ މީ..” ޒައިހާން ބުނެލިއެވެ. މިޝްލާ ފޭކް ހިނިތުންވުމެއް ދައްކާލިއެވެ. އެ ހިތް ތެޅޭވަރުން ހީވަނީ ދެންމެދެންމޭން މަގާމު ދޫކޮށް ނުކުމެދާނެހެންނެވެ. ނިތްކުރީ ގައި މުތީތަކެއް ފަދައިން ދާތިކިތައް ބަބުޅަމުން ދިޔައިރު ދެލޯ އެކިދިމަދިމާއަށް ހަރަކާތް ކުރަމުން ދިޔައެވެ. “މިއަލް..” މިޝްލާއަށް ހިތާހިތުން ކިޔެމުން ގެންދިޔައެވެ. އަށްވަރަކަށް އަހަރު ވަންދެން ލޮލަށް ނުފެނި ހަބަރެއް ވެސް ނޭނގި ހުރި މިއަލް އާއި ރީއަލްގެ ހާލަކީ ކޮބާ ބާއެވެ.؟ މިއަލް ނުވަތަ ރީއަލް ނުވަތަ ނަވާލް ފެނިދާނެތީ މިޝްލާ ހާސްވަނީއެވެ.

“ދަރިފުޅާ.. އެލް.. އާނާ..!” ނަވާލް ގޮވާލި އަޑަށް ކުނިކެހުމުގައި މަޝްއޫލްވެގެން އިން މިއަލް އިސް އުފުލާލާ ބަލާލިއެވެ.

”ވަރަށް ބުރަ ދޯ..؟ މިއޮއް އަވީގައި ކީއްވެގެންތަ ކުނި ކަހަނީ..؟” ނަވާލް އެއްސެވެ. ކިއަނާ ރަށުތެރެ ސާފުތާހިރުކޮށް ބަހައްޓަން ޖެހޭނެއޭ ކިޔައިގެން ވާހަކަ ދައްކަން ފެށި ގޮތުން ހީވަނީ ބަހުސެއް ފެށި ހެންނެވެ. ކިއަނާގެ މަޖާ ވާހަކަތަކަށް ހެވިފައި ހުރެ ނަވާލް ދުރު ބަލާލި ގަޑީ ހީވީ މީހަކު އޭނާގެ ބޯ މައްޗަށް ގާގަނޑެއް ވައްޓާލިހެންނެވެ. ދެލޯވެސް މަގާމުން ނެރެލި ހެންނެވެ. ސިކުނޑިވެސް އެވަގުތު މަސައްކަތް ކުރުން ހުއްޓާލިހެން ހީވިއެވެ. ޖެޓީ މަތީގައި ހުރި ސޫރަ ފެނިފައި ނަވާލްއަށް މޫނުމަތީ ދެތިން ފަހަރަކު ޖެހުނެވެ. އަތުގައި ވިކައިވެސް ގަނެވުނެވެ. ހުވަފެނެއް ނޫން ކަން ޔަގީން ވުމުން ނަވާލް އާގަމަވިއެވެ.

މިޝްލާ ހާސްވެފައި ހުރެ އެކި ދިމަ ދިމާއަށް ކަޅި ހިންގަނިކޮށް އޭނާ އެންމެ ވާން ބޭނުންނުވި ގޮތް ވިއެވެ. ސައިކަލުގައި ރަތް ގަމީހަކާއި ކަށިމައްޗާއި ހަމައަށް އަރާވަރުގެ ދޫ ފަޓްލޫނެއް ލައިގެން ހުރި ނަވާލް ފެނިފައި މިޝްލާއަށް ހިންދިރުވާލެވުނެވެ. ގާތުގައިހުރި ޒައިހާންގެ އަތުގައި ކޮށްޓާލަން ބޭނުންވި ނަމަވެސް އަތް ހަރަކާތެއް ނުކުރިއެވެ. ހީވީ އަތް އައްސިވީ ހެންނެވެ. ނަވާލްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު މިޝްލާގެ މޫނުމައްޗަށް އެތައް ކުލައެއް އަރާ ފައިބަމުން ދިޔައެވެ. އަނެއް ފަރާތަށް އެނބުރި ހާމައަށް ފެންނަން އޮތް ކަނޑަށް ފުންމާލަން ވެސް މިޝްލާގެ ހިތަށް އެރިއެވެ.

ނަވާލް އަވަހަށް އިސް ތިރި ކޮށްލިއެވެ. ހިތް ކިތަންމެ ވަރަކަށް މިޝްލާއަށް އެދުނަސް މިޝްލާ އަކީ ކޮން ކަހަލަ މީހެއްކަން ހިތަށް އެރުމާއި އެކީ ނަވާލަށް މަޖުބޫރުވީ އެ މޫނުން ނަޒަރު ވަކި ކޮށްލާށެވެ. ނަމަވެސް މިޝްލާގެ ގާތުގައި ހުރި ފިރިހެން މީހާ އާއި އަންހެންކުއްޖާ ފެނި ނަވާލްގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވިއެވެ. “މި.. ލީން…” ނަވާލްގެ ދުލުން ބޭރުވިއެވެ.

“ކޯޗަކަށް ގެއްލިފައި ނަވާލްބޭ..؟” ކިއަނާ އޭނާގެ މޫނު ކުރިމަތީ ފުއްޓަތްކެއް ޖަހާލުމާއި އެކީގައި ނަވާލަށް ހަމަ ބިމަށް އާދެވުނެވެ. އޭރު މިއަލް ނަވާލް ގެއްލިފައި ހުރި ކޯޗަކަށްތޯ ބަލާލަން ފަހަތަށް އެނބުރިލަނީއެވެ. އެ މަންޒަރު ފެނި ނަވާލް އަވަހަށް މިއަލްގެ ކޮނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލިއެވެ. “ބަލަ ތި ކުނިތައް ކޮތަޅަށް އަޅަން ދޭބަލަ ދަރިފުޅާ..” މިޝްލާއަށް މިއަލް ފެންނާކަށް ނުވަތަ މިއަލްއަށް މިޝްލާ ފެންނާކަށް ނަވާލެއް ނޭދުނެވެ. ވަކިން ހާއްސަކޮށް މިޝްލާ އާއި އޭނާ ވެގެން އެއްބަސްވީ ގޮތް ހަނދާން ވުމާއި އެކީއެވެ.

ވާނުވާގައި ހުރެ މިއަލް އާއި ކިއަނާ ހިނގައިގަތެވެ. މިޝްލާއަށް ނަވާލްގެ ކައިރީ ހުރި ދެ އަންހެން ކުއްޖަކު ހިނގައިގަތްތަން ފެނުނެވެ. “މިއަލް..” މިޝްލާއަށް ބުނެވުނެވެ. ކާރު އައިސް އެމީހުންގެ ކުރިމަތީ މަޑުކޮށްލީ އެ ވަގުތެވެ. މިޝްލާ އަވަހަށް މިލީން ކާރާއި ދިމާލަށް މަޑުމަޑުން ކޮއްޕާލިއެވެ. މިލީން އެއީ ކަމަކަށް ނުހަދާ އަވަހަށް ކާރަށް އަރައިފިއެވެ. ޒައިހާން ފޮށިތައް އަރުވާފައި ކާރަށް އެރުމާއި އެކީ މިޝްލާ އަވަހަށް ޒައިހާންއަށް މެސެޖެއް ކުރިއެވެ.

ނަވާލް ސައިކަލު ދުއްވާލީ ނެގިމަޑުވެފައި އިނދެއެވެ. އައި ދެތިން ސައިކަލަކާއި އެކްސިޑެންޓް ނުވީވެސް ހަމަ ކިރިޔާއެވެ. ގެއާއި ހަމައަށް ފޯރުނުއިރުވެސް ނަވާލަކަށް ނޭނގުނެވެ.

ފިހާރައިގައި ބިޒީވެގެން ހުރި ޔައުލާން ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. “ޔުއެލޫ..!!” މިލީންގެ އަޑު ޖެހުމުން ޔައުލާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ އިހްތިޔާރުން ބޭރުގައެވެ. ކުރަން ހުރި މަސައްކަތްވެސް ހުއްޓާލާފައި ޔައުލާން ޖަވާބު ދިނެވެ. “ކިހިނެތްތަ..؟ އިނގޭތަ އަހަރެން ވެސް މިހުރީ ޔުއެލް ހުރި ރަށުގައޭ..” މިލީން  ބުނެލި ޖުމްލައިން ކުރަން ހުރި މަސައްކަތްވެސް ހުއްޓާލާފައި ޔައުލާންއަށް ކޮޅަށް ތެދުވެވުނެވެ. “އޭ ސީރިއަސްކޮށްތަ..؟ ލީން ސަމާސާ ނުކުރައްޗޭ އިނގޭ..” ޔައުލާންއަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. “އަސްލޭ އަސްލޭ..!!” މިލީން އޭނާގެ ކުރަކިވެފައިވާ އަޑު ވަންހަނާ ކުރަން ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުންނެވެ. “ނައިސް.. ކޮންތާކު ހުންނަނީ..؟ އަހަރެން ދަންތަ..؟” ޔައުލާން އެހެން އެހުމުން މިލީން ވަގުތުން އޭނާ ހުންނަ ގެސްޓް ހައުސްގެ ނަމާއި ހުންނަ ދިމާވެސް ބުނެދިނެވެ. ކޯލް ނިންމާލިއިރު ޔައުލާން ހުރީ އުފަލުން ފުރިފައެވެ.

ކުނި ކަހާ ނިންމާލިގޮތަށް ފާއިޒާ އެންމެންނަށް އޭނާގެ ފަރާތުން އަބަދުވެސް ދޭ ފިނި އޮރެންޖް ޖޫސް ދީފައި ގެއަށް ފޮނުވާލުމުން މިއަލް ކިއަނާ އާއި ވަކިވިއެވެ. މެސެޖްގެ ޒަރިއްޔާއިން ކިއަނާއަށް ވާނުވާ ކިޔައިދޭނެކަމަށް އެއްބަސްވެފައެވެ.

އެކެއް ޖެހިއިރަށް ގެއަށް އައިއިރު ޔައުލާން ހުރީ ވަރުބަލިވެގެން ގޮސް ބޮލުގައި ރިއްސާފައެވެ. އެ ފިހާރައިގައި އުޅޭ މުވައްޒަފުން މަދުކަމުން ކުރަން ހުރި މަސައްކަތްތައް ވަނީ ފުނިޖެހިފައެވެ. ނިންމަން ޖެހޭ ގިނަ ކަންކަން ނިންމައިދީ އެހީތެރި ވެދީފައި ގެއަށް އާދެވުނުއިރު ޔައުލާން ހުރީ ވަރުބަލިވެގެން ގޮސް ހާންތިވެފައެވެ. މިލީން ދެކޭހިތުން އޭރުވެސް ހީވަނީ އޭނާއަށްވުރެ ކުރިން ހިތް މިލީން އާއި ދިމާލަށް ދުއްވައިގަނެފާނެ ހެންނެވެ. ނަމަވެސް ވެފައި ހުރި ވަރުބައްޔާ ހުރެ ޔައުލާނަށް ވެއްޓިގަނެވުނީ އެނދަށެވެ. ބާލީހުގައި ބައްދާލިތަނާ އިރެއް ނުވަނީސް ޔައުލާންގެ ބޮލަށް ނިދި ސަވާރުވިއެވެ.

ރަށަށް ލެފުމާ އެކީގައި ލޯންޗުން ފޭބިގޮތަށް ޝަފްވާން ރުކެއްގައި ހުރިބާރެއް ލާފައި ފައިން ޖެއްސެވެ. އެވަރަށް ޝަފްވާން ވަނީ ހިތްހަމަ ނުޖެހިފައެވެ. ޝަފްވާން އައިސްފައިވާ ރުޅީގެ ހޫނު މިންވަރު ދެނެ ހުރެ އަހުނަފް އަވަހަށް ޝަފްވާން ގެއަށް ފޮނުވާލިއެވެ. ކާރަކަށް އަރުވާފައެވެ.

މެންދުރު ވަގުތެވެ. ޓަކި ޖަހާޖަހާ ޔައުލާން ނުހޭލައިގެން މިއަލްއަށް އެންމެފަހުން ޖެހުނީ އެ ކޮޓަރިއަށް ވަންނާށެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ގަލަން ނަގާފައި އޭގެން ޔައުލާންގެ ގައިގައި ޖައްސާލަން ގުދުވިތަނާހެން ކުއްލިއަކަށް ޔައުލާންގެ ފޯނު ރިންގުވާން ފެށުމުން މިއަލް ސިހުނުވަރުން އެނދަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނޭވާ ހަމައަކަށް އަޅުވާލާފައި މިއަލް ޔައުލާންގެ ފޯނަށް ކުއްލި ނަޒަރެއް ދިނެވެ. “ލީން” އޭ ޖަހާފައިވާ ކޮންޓެކްޓްގެ ކައިރީ ހިތެއް ހުރުމުން މިއަލްއަށް ލަފާ ކުރެވުނީ އެކުއްޖާ އެ ވާނީ ޔައުލާން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ކަމަށެވެ. އެކަމާއި އެހާ އަޅާނުލާ ޔައުލާންއަށް ގޮވަން އުޅުނު މިއަލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ”ލީން” ގެ ކޮންޓެކްޓަށް ލާފައިވާ ފޮޓޯއިންނެވެ. ޔައުލާންގެ ފޯނާއި ދިމާލަށް ގުދުވިއިރު މިއަލްގެ މޫނުމަތީގައި ވަނީ ހައިރާންކަމުގެ އަސަރުތަކެވެ.

ވާނީވެސް އެހެންނެވެ. ލީންގެ ކޮންޓެކްޓްގައި ވަނީ އޭނާގެ ފޮޓޯއެކެވެ. “ޔުއެލްގެ ފޯނުގައި ކީއްވެ… އަހަރެން..؟” މިއަލް ފޯނު ނަގަން ގުދުވިއެވެ. ހޭލެވިގެން ޔައުލާން ދެލޯ ހުޅުވާލީވެސް އެވަގުތެވެ. ބޮކްސިންގ ކުޅޭ މީހަކު އޭނާގެ އިދިކޮޅަށް ހުރި މީހާ އާއި ދިމާލަށް ފުންމައިގަންނާނެ ފަދައިން ޔައުލާން ފޯނާއި ދިމާލަށް ފުންމައިގަތެވެ. މިއަލް ސިހިފައި އަވަހަށް ފަހަތަށް ޖެހުނީ ދެލޯ ބޮޑު ކޮށްލާފައެވެ. “ސޮރީ އިނގޭ ދެންމެ މީހަކު ގުޅައިގެން…..” ޔައުލާން އެހެން އެއްޗެކޭ ހީކޮށްފާނެތީ މިއަލް އަވަހަށް ބުނެލިއެވެ. “ކާކު ގުޅީ..؟” ޔައުލާން އެއްސެވެ. އާފުރިލަމުންނެވެ. “ނޭނގެ.. ކޮންމެވެސް ލީންއެއް..” މިއަލްގެ ދުލުން މިލީންގެ ނަން ބޭރުވާއިރަށް މޯޅިއަކަށް ދެމިލަށް ތައްޔާރުވި ޔައުލާން އަވަހަށް ފޯނު ނަގާ ބަލާލިއެވެ. “އޫ އޯކޭ.. އެބަ ނުކުންނަން..” ޔައުލާން އެހެން ބުނެލުމުން ބޯ ޖަހާލާފައި މިއަލް ކޮޓަރިން ނުކުތެވެ. އަދި ކާގޭ ގޮނޑިއެއްގައި އިށީނދެލީ ވައުދުވެފައިވާ ފަދައިން ކިއަނާއަށް ޝަފްވާންގެ ވާހަކަ ކިޔައިދޭން ވެގެންނެވެ.

ކިއަނާ: އެލް..! ދެން ނުހުރެވޭނޭ..!! އެ ވާހަކަ ކިޔައިދީބަލަ ޕްލީޒޫ ??

މިއަލް: ކުރިން ރޭ އަހަރެންނަށް ހޭލެވުނީ ފެންބޮވައިގެން.. ދެން ފެން ނެތީމަ ފެން އަޅަން ގޮސްފައި ދެން ބޭރަށް ނުކުތީ..

ކިއަނާ: ކީއްވެގެން ބޭރަށް ނުކުތީ..؟ އެއީ މެންދަމެއް ނޫންތަ..؟

މިއަލް: އެއީ ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑު އިވިގެން…

ކިއަނާ: އޯހް އެހެންދޯ… ދެން ކިހިނެތްވީ..؟ ފުރާޅުމައްޗަށް ކޯއްޗެއް ވެއްޓުނީ..؟ ބަނބުކޭލެއްތަ..؟ ?

މިއަލް: ފިރިހެން ކުއްޖެއް..

ކިއަނާ: ވަޓް..؟؟؟؟ ބޯއިއެއް..؟ އިޒް ދެޓް އީވެން ޕޮސިބަލް..؟ ގަސްތަކުގައި މޭވާގެ ބަދަލުގައި މީހުން އަޅަން ފެށިކަން އަދި އަލަށް މި އެނގުނީ.. ?

މިއަލް: އެއީ ފުރާޅުމައްޗަށް އަރާ އުޅުނު ކުއްޖެއްހެން ހީވަނީ..

ކިއަނާ: އެހެންދޯ އޫޕްސް.. މަގޭ މޮޔަކަން.. ??‍♀️ އޭނަ ކީއްވެގެންތަ ވެއްޓުނީ..؟

މިއަލް: ވާރޭ ވެހިގެން ފުރާޅުގައި ފެން ހުރީމައި ކައްސާލައިގެން އޭނަ ވެއްޓުނީ….

ކިއަނާ: ފުރާޅުމަތިން ދިޔަ ކުއްޖެކޭ..؟ ދެޓްސް ސޯ ވިއާރޑް.. ވެއިޓް.. އެއީތަ އެލްގެ ގިޓާ ހިފައިގެން ދިޔަ މީހާ އަކީ..؟

މިއަލް: އާނ އޭނާ އަހަރެންގެ ގިޓާ ގެންދިޔައީ… ދެން ބޭރަށް ނުކުތް ގަޑީ އޭނަ ކައްސާލައިގެން ވެއްޓުނީ އަހަރެންގެ ގައިމައްޗަށް…

ކިއަނާ: އޯ އެމްޖީ..!!! ދެޓްސް ސޯ ފިލްމީ-އިޝް.. ދެންވެސް ބުނެބަލަ.. އިޒް ހީ ކިއުޓް..؟ ?

މިއަލް: އޭނަ ހުރީ މާސްކެއް އަޅައިގެން.. ދެން މަ ހަޅޭއްލަވައިގަންނަން އުޅުނީމަ އޭނަ-

ކިއަނާ: އޭނަ ކިހިނެތްވީ.. އަނގަމަތީ ޖެހީތަ..؟ އެލްއަށް އަނިޔާއެއް ކުރީތަ..؟؟ ?

މިއަލް: ނޫން ކަމެއް ނުވޭ…..

ކިއަނާ: ދެން ކިހިނެތްވީ..؟

މިއަލް: އޭނަ ދިޔައީ… ދެން ދޮންބެ ބުނެގެން އާނާ އަހަރެން ގޮވައިގެން އަތިރިމައްޗަށް ގޮސް ޔުއެލް ގެއަށް ދިޔަފަހުން އޭނަ އަހަރެންނަށް ފެނުނީ… ދެން ނޭނގޭ ވީގޮތެއް އަސްލު.. ހަނދާންނެތިގެން ގިޓާ ގަސްގަނޑުގެ މަތީ ބާއްވާފައި ގެއަށް އާދެވުނީ…

ކިއަނާ: އޫހް.. ސަޅިއޭ.. އެލް އޭނަ ދެކެ ލައިކްވޭތަ..؟؟ އޭނަ ފެނިފަ ވަރަކަށް ނާރވަސް ވީމައިދޯ އެލްގެ ފުރާނަފަދަ ގިޓާ ބާއްވާފައި އާދެވޭނީ… ?

މިއަލް: އަހަންނަށް މަންމައެއްގެ ލޯބި ނުލިބުނުއިރު އެހެން މީހެއްގެ ލޯތްބަކަށް އުންމީދެއް ނުކުރަން..

ކިއަނާ: ސޮރީއޭ ސޮރީ.. ދެން ކިހިނެތްވީ..؟

މިއަލް: ދެން ރޭގަ ހަމަ އެގަޑީ ބޭރަށް ނުކުތީ.. އޭނަ ހުރެދާނެކަމަށް..

ކިއަނާ: އާޗާ މި ހީވަނީ ހަމަ މޫވީއެއް ހެން.. ސޯ ރޮމްމްމް… ބުނެބަ ދިމާވިތަ ދެން..؟

މިއަލް: އޭނަ ފެނުނު އެކަމް…..

ކިއަނާ: އެކަމް ކިހިނެތްވީ..؟

މިއަލް: އޭނައާއި އެކީ އެހެން ކުއްޖެއްވެސް ހުރި.. އެހެންވީމަ ނުކެރުން ގިޓާ ބަލާދާކަށް..

ކިއަނާ: ސޯ ތިބުނަނީ އެލް އެކޭ އެއްފަދައިން އެ ފިރިހެންކުއްޖާ ވެސް ހަމަ އެ ގަޑިއަށް ގޭދޮށަށް އެލްގެ ގިޓާ ހިފައިގެން އައީއްޔޭ..؟ ލައިކް ދެމީހުން ހަމަ އެއް ގަޑިއެއްގައި..؟ އެކަކު އަނެކަކު ފެނޭތޯ..؟ ?

މިއަލް: އާނ.. ދެން ކުނިކެހި ގަޑީގައި މަށަށް އޭނަ ފެނުނީ މަގޭ ގިޓާ އާއި އެކީގައި ލޯންޗެއް ތެރޭ އިންދާ… މަށަށް ހީވަނީ އެއީ ވަގެއް ހެން.. އެކަމް ކީއްވެގެންތަ އަހަރެންގެ ގިޓާ ނަގަންވީ..؟

ކިއަނާ: ސޯ..! އޭނަ މިރަށުން ފުރީ އެލްގެ ގިޓާ ހިފައިގެން..؟

މިއަލް: އާނ… އަހަރެންގެ ގިޓާ ހިފައިގެން.. އެކަމް ކީއްވެތަ..؟

ކިއަނާ: ސިމްޕަލް.. ހީ ލައިކްސް ޔޫ.. ??❤??

މިއަލް: ތީ ނުވާނެކަމެއް… އެކަމަކު މަގޭ ގިޓާ ނަގަން ޖެހޭތަ..؟

ކިއަނާ: ޕިސްޕިސް މިވަރު ކަމެއް ހިނގިއިރު މަށަށް އަންގާނުލީ ކީއްވެގެންތަ..؟ ހަމަ ސިއްރުސިއްރުން މި އެލްގަނޑުވެސް އުޅޭނީ.. ތަންކޮޅެއް ކުރިން ބުނިނަމަ އަހަރެންވެސް އެލްއަށް ހެލްޕްވީހޭ.. ?

މިއަލް: ސޮރީ.. ދެން ފަހަރަކުން ކަމެއްވާއިރަށް އާނާގެ ގާތު ބުނާނަން..

ކިއަނާ: އޯކޭ އޯކޭ… ދެން ކީއްކުރާނީ..؟ އޭނަ އަކީ ކާކުކަން އެލްއަކަށް ނޭނގޭ.. ކުޑަމިނުން އުޅޭ ތަނެއްވެސް ނޭނގޭ.. ކޮން ރަށު މީހެއް ކަމެއް ވެސް ނޭނގޭ.. އެޔެއް އެނގޭނަމަތާ ގިޓާ ހޯދަންވެސް ދެވޭނީ…

މިއަލް: އައި ނޯ ރައިޓް.. އެކަމް ދެން ފިރިހެންކުއްޖާ ފެނިއްޖެއްޔާ ދެން އަހަރެންނަށް އިނގޭނެ..

ކިއަނާ: ހަމަ އެހާވަރަށް ވެސް އެކުއްޖާ އާއި ދިމާލަށް ބެލީތަ..؟ އައްދޭ.. ?

މިއަލް: ދިމާ ނުކުރޭ… ހީ ސްޓޯލް މައި ގިޓާ… އައި ހޭޓް ހިމް..! ?

ކިއަނާ: ލޮލް… ދެން ނޭނގޭދޯ… އައި ވިލް ލީވް އިޓް ޓު ފޭޓް.. ކިހިނެތް އިނގެނީ ކުރިމަގުގައި ތި ދެމީހުން ދިމާ ނުވާނެކަމެއް.. ދަ ރެޑް ސްޓްރިންގ އޮފް ފޭޓް މައިޓް ބްރިންގް ބޯތް އޮފް ޔޫ ޓުގެދަރ އެގެއިން..

މިއަލް: އިމްޕޮސިބަލް.. އާނާ އެ ކުއްޖާ އާއި މަށާއި އަޅުވާ ނުކިޔާ.. އޭ އަހަރެން ދާން ވެއްޖެ.. ޔުއެލް ކާން އައިސްފި…

ކިއަނާއަށް މެސެޖްކުރަން ހުރެފައި މިއަލް ފޯނު ބޭއްވީ ‘ކިންގްސް ޑޯންޓް ބައު’ އޭ ޖަހާފައިވާ ރަތް ޓީޝާޓަކާއި ރީނދޫކުލައިގެ ޖާރޒީ ސޯޓެއް ލައިގެން އައި ޔައުލާން ފެނިފައެވެ. ކިއަނާގެ ގާތުގައި ޝަފްވާން އާއި އޭނަ އާއި ދޭތެރޭ ހިނގި ކަންތައްތައް ކިޔައިދޭން ބޭނުންވިޔަސް މިއަލްއަށް އެ ހިތްވަރު ކޮށްލާކަށް ނުކެރުނެވެ. އެއީ އެންމެ ގާތް އެކުވެރިޔާއަށް ވެފައި ކިއަނާ އާއި ކުރިން ހުރިހާ ކަމެއް ހިއްސާ ކުރިއަސް އަލަށް މި ދިމާވި ކަންކަން ބުނުމުގެ ކުރިން ލަދުވެތިކަން އޭނާ ހުއްޓުވީއެވެ. ޔައުލާން އައިސް އިށީނދެ ތައްޓަށް ބަތް އެޅިއެވެ.

އަދި ހަދާފައިވާ މަސްރިހަ އަޅައި މޮޑެލައިގެން ކާންފެށިއެވެ. މިއަލްއަށް ވިސްނުނީ ޔައުލާން އާއި ދޭތެރޭގައެވެ. މިއަދު ފެނުނު ލީން އާއި އޭނަޔާ ހާދަހާ ވައްތަރެވެ.  މިއަލް ދެން ހަނދާންވީ ޔައުލާން އޭނާގެ ގައިގައި ބައްދާލި ވަގުތެވެ. “މޭބީ ހީ މިސްޑް ހާރ…” މިއަލްގެ ހިތަށް އެހެން އެރުމާއި އެކީގައި ކުޑަކޮށް ހީނލެވުނެވެ. ޔަގީނެވެ. ޔައުލާންއަށް މިއަލްގެ ގައިގައި ބައްދާލެވޭނީ އޭނާގެ ސިފަ ޖަހާ ލޯބިވެރިޔާ މަތިން ހަނދާންވެގެންނެވެ. މިއަލްއަށް ޔައުލާންއަށް ހިތުން ރުހުމުން މައާފް ދެވުނީ އެހެންވެއެވެ. ”މިއަލްތަ ކެއްކީ..؟” ޔައުލާން އެއްސެވެ. “އާނ.. ކިހިނެތްވީ ނުބައީތަ ނޫނީ ލޮނު ގަދައީތަ..؟” މިއަލް ހާސްވިއެވެ. “ނޫނޭ މި ވަރަށް ވަރަށް މީރު..” ބޮޑުވާ އިނގިލި ދައްކާލަމުން ޔައުލާން ބުނެލިއެވެ.

މިއަލްއަށް ހިނިތުންވެފައި ބޯ ހޫރާލެވިއްޖެއެވެ. ޔައުލާންވެސް އެފަދައިން އޭނާ ސިއްސުވާލަން ޖެހޭ ހެއްޔެވެ. “އަހަރެން ދާއިރުން މިއަލް ވެސް ގޮވައިގެން ދާންވީ.. އޭރުން މިހާ މީރުކޮށް ކައްކަދޭނެ ކުއްޖެއް ހުންނާނެތާ..” ސަމާސާއަކަށް ޔައުލާން ބުނެލިއެވެ. “ލީން އޯ..؟” މިއަލްއަށް އެހެން ބުނެވުނީ އޮޅުމަކުންނެވެ. ޔައުލާންވެސް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ނަމަވެސް ހީނލިއެވެ. “ލީން އެއީ ކައްކާ ޓައިޕް ކުއްޖެއް ނޫން… ގޭގައި އުޅޭ މަސައްކަތު މީހުން ކައްކާނީ..” ޔައުލާން ބުނެލިއެވެ. “އޯހް އެހެންދޯ.. ލީން އާ ޔުއެލް އާއި އެއްގެއެއްގައިތަ އުޅެނީ..؟” މިއަލްއަށް އެހުނެވެ. “އަނެއްކާ ލީންއަކީ މީނަގެ އަންހެނުން ނޫންބާ..؟” އުޅެނީ އެއްގެއެއްގައި ބުނުމުން މިއަލްގެ ހިތަށް ފުރަތަމަވެސް އައީ އެހެންނެވެ.

ޔައުލާން ހޭންފެށިއެވެ. ކާން އިނދެފައި ހޭން ފެށުމުން އޭނާ ކޮށިނޭރީ ކިރިޔާއެވެ. “އެއީ އަހަރެންގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ޒާހުބޭގެ ދަރިފުޅު.. އަހަރެންގެ ބައްޕައަކީ ޒާހުބޭގެ ޕްރައިވެޓް ޑްރައިވަރ.. ދެން އަނެއްހެން އުޅެނީ އެއް ގެއެއްގައި އެކަމް ދެ ފްލޯރ އެއްގައި..” ޔައުލާން ކިޔައިދިނެވެ. މިއަލް އަޑުއަހަން އިނދެފައި ބޯ ޖަހާލިއެވެ. “އެންޑް ލީންވެސް މިއަދު މިރަށަށް އައިސްފި..” ޔައުލާން ވާހަކަ ދައްކަމުން ގެންދިޔައީ ޒަމާންވީ ރައްޓެއްސަކާއި ވެސް ވާހަކަ ދައްކާ ކަންކަން ހިއްސާކޮށް އުޅޭ ފަދައިންނެވެ. “އޯހް..” މިއަލް ހީނލިއެވެ. “އަހަރެން މިއުޅެނީ ހަވީރުން ލީންމެން ހުރި ގެސްޓްހައުސަށް ދާންވެގެން.. މިއަލް އަހަރެންނާއި އެކީ ދާން ބޭނުންތަ..؟” ޔައުލާން ދައުވަތު ދިނެވެ.

“އޭރުން އޮޅިދާނެ..” ދެމީހުންގެ ހުރި ވައްތަރުކަމުން މިއަލްއަށް ބުނެވުނެވެ. “ފޯނުން ލީން ފެނިއްޖެދޯ އޯލްރެޑީ..” ޔައުލާން ފޯނު ނަގާ ކުރީ ދުވަހުގެ ޕާރޓީއިން ނެގި މިލީންގެ ފޮޓޯއެއް ދައްކާލައިފިއެވެ. ގޯލްޑްރޯޒް ރެސްޓޯރެންޓްގެ ޓެރެސްގެ ރެއިލިންގައި އަތް އަޅުވާލައިގެން ރަން ހެދުމެއް ލައިގެން ހުރި މިލީން މިއަލްއާއި ނުހަނު އެއްގޮތެވެ. “މިއަލް އާއި ލީން ވަރަށް ވައްތަރު..” ޔައުލާން ބަލަން ހުރެފައި ބުންޏެވެ. “އާނ ދޯ..” މިއަލް އެކަން އެހާ ބޮޑުކަމަކަށް ނުހެދިއެވެ. ފަހަރެއްގައިވެސް އެ ފެންނަނީ އޭނަ އާއި ލޭގެ ގޮތުން ގުޅިފައިވާ ކުއްޖެކޭ މިއަލްގެ ހިތަކަށް ނޭރިއެވެ.

ހަވީރު ވުމާއި އެކީގައި މިއަލް އޮރެންޖް ހެދުންކޮޅަކާއި އައިސްބްލޫ ޖިންސެއް ލައިގެން ތައްޔާރުވިއެވެ. ޔައުލާންގެ ދައުވަތު ގަބޫލުކޮށް ލީންމެން އުޅޭތަނަށް ދާން އެއްބަސްވެފައެވެ. ރީއަލްގެ ފަރާތުން ހުއްދަ ހޯދައިގެން ދެމީހުން ތައްޔާރުވެގެން ބޭރަށް ނުކުންނަނިކޮށް އެރުނީ ސީދާ ނަވާލްގެ ކުރިމައްޗަށެވެ. “ދެކުދިން ކޮންތާކަށް..؟” ވަކިވަކިން ދެމީހުންގެ މޫނަށް ބަލާލާފައި ނަވާލް އެއްސެވެ. “އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހި ކުއްޖަކާއި އެކުއްޖާގެ މަންމަ އާއި ބައްޕަ މިރަށަށް އައިސް އުޅޭތީ އެގެއަށް… މިއަލްވެސް ގޮވައިގެން އަޅުގަނޑު މިދަނީ..” މިއަލްއަށް ވުރެ ކުރިން ވާހަކަ ދެއްކީ ޔައުލާންއެވެ.

“އެހެންތަ..؟ ބޭބެ ޖައްސާލަން ދާން އުޅެނިކޮށް ތި ދަނީ.. ކޮން ރައްޓެހި ކުއްޖެއް..؟ އެކޮޅު ރަށުގައި ވެސް އުޅޭނެ ބޭބެ ދަންނަ ކުދިން..” ނަވާލް އެތެރެއަށް ވަންނަމުން ސުވާލު ކުރިއެވެ. ”ޒައިހާން ދަންނަންތަ..؟ ނޫނީ މިޝްލާ..؟” ޔައުލާންގެ ދުލުން ބޭރުވި ޖުމްލައިން އެތެރެއަށް ވަދެވަދެހުރި ނަވާލް އަމިއްލަ ފައިދަތިއެޅި ނުވެއްޓުނީ ކިރިޔާއެވެ. ދޮރުކަނީގައި އަތް ޖައްސާލެވުނުކަމީ ނަވާލްގެ ނަސީބެވެ.

“ޔުއެލް ތި ދަނީ މިލީން ހޯދަންތަ..؟” ބޭއިޚްތިޔާރުގައި ނަވާލަށް އެހިއްޖެއެވެ. “އާނ.. ބޭބެ ލީން ދަންނަނީތަ..؟” އޮޅުންފިލުވަން ބޭނުންވާފަދަ ރާގަކަށް ޔައުލާން އެއްސެވެ. “ނޫން.. މިބުނީ އާނ…” ހާސްވެފައި ހުރިވަރުން ނަވާލްގެ ދޫއޮޅޭގޮތްވިއެވެ. މިލީން އެއީ އޭނާގެ ދަރިއެކޭ ނަވާލް ބުނާނީ ކޮން ދުލަކުން ހެއްޔެވެ.؟

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހީވޭ ކަލާވާހެން -1

Next

ގާތުގާވުމަށް ހިތް އެދެނީ (9)

Next
August 19, 2021

ގާތުގާވުމަށް ހިތް އެދެނީ (9)

Previews
August 18, 2021

ހީވޭ ކަލާވާހެން -1

6 Comments!

  1. Rooya Xek says:
    August 19, 2021 at 12:38 pm

    Nice masha allah ?? kon irakun anehbai ?? god so excited ❤️❤️ cover ga in mishal eii kaaku? Any ways lv u so much yooooony ?? tc & stay safe

    1. yooon yooon says:
      August 20, 2021 at 11:23 pm

      Thankyou so much Rooya Xek ?? Mishal eii kaaku kan vrh avahah ingeyne.. Adhi Mishal ge appearence naadhe hehe.. Love ya more dear ? You tgc and stay safe too

  2. Eemyaa says:
    August 19, 2021 at 5:01 pm

    Ma Sha Allah ❤❤❤ v reethi vaahaka kuriah dhaa goiy… ??? ithuru bayakah inthizaar kuran ???

    1. yooon yooon says:
      August 20, 2021 at 11:24 pm

      Vrh bodah thankyou Eemyaa ? That means a lot to me ?

  3. Aishath Faruha Abdulla says:
    August 20, 2021 at 8:46 pm

    Masha Allah…. Nice? dhen heevaa gothun milyn aai mial aai dhimaa vanee kanneyge.. By the way when next??? Waiting Curiously…. ?and sorry mihaa lahaa comment kureveythee….
    Stay safe.. ?

    1. yooon yooon says:
      August 20, 2021 at 11:27 pm

      Thankyou so much Faruha ? Ehehe lets c dhw Mial & Milyn dhimaaweythw ? Keep waiting.. Aha lwbs swry nubunaane ey its alr ? U stay safe too ingey

Comments are closed.

Next Episodeތި ސޫރަ ނޫން 11←


All Right Reserved!