އެކުއްޖާ 2 – 13
* އިޒްކާން އާއި އެއްވަރަކަށް ހިނގަންފެށި ނީޝަލްގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. “އޭނަޔަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނީޝަލް އޮޅުންގަނޑެއްގެ ތެރޭގައި ހުރިއިރު ނީޝަލް ސަލާމަތް ކޮށްފައި ހިނގައިގަތް ރޫހާންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލާފައިވަނީ ކާމިޔާބީގެ ފަޚުރުވެރި ހިނިތުންވުމެކެވެ. *
ކުރިއަށް އޮތް ޓެސްޓަށް ތައްޔާރު ވާންވެގެން މިއަދު ކޮލެޖުގައި ބައިވަރު ފަރިތަކުރުންތައް ދިނެވެ. ފަހު ފަރިތަކުރުން ދިން ވަގުތު ހިޔާން އާއި ފައިލަމް އައިހަމް ގޮވައިގެން ފފާހާނާއަށް ދާން ކްލާހުން ނުކުތެވެ. އެ ތިން މީހުންގެ ގޮތް އިނގޭތީ ލެކްޗަރާ އެއްޗެކޭ ނުބުނެ އެމީހުން ދާ ތާކަށް ދިޔަދިނެވެ. ހިޔާންމެން ކްލާހުން ނުކުމެ ދިޔަތާ އިރުކޮޅެއް ނުވަނީސް ކުއްލިއަކަށް އެ ކްލާހުގެ ދޮރު ހުޅުވާފައި އެހެން ލެކްޗަރާއެއް އައިސް އެތެރެއަށް ވަނެވެ. “އައްސަލާމުއަލައިކުމް.. ތިކުދިން އަވަހަށް ކުރިއަށް ގެންދޭ އިނގޭ…” ހާސްވެފައި ހުރެ ނަމަވެސް އެ ލެކްޗަރާ ސަލާން ގޮވަން ހަނދާން ހުއްޓެވެ. އެ ލެކްޗަރާ ކަންބޮޑުވެފައި ހުރިވަރުން ނީޝަލްގެ ހިތްވެސް އާދަޔާޚިލާފަށް ތެޅިލައިގެން ދިޔައެވެ. ދެންމެ އައިސް ވަތް ލެކްޗަރާ ކްލާހުގައި ހުރި ލެކްޗަރާގެ ގާތުގައި އެހެން މީހަކަށް އަޑު ނީވޭނެހާ މަޑުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. ދެންމެ ވަތް ލެކްޗަރާގެ އެ ވާހަކަތައް އަޑު އަހަމުން ގެންދިޔައިރު ކްލާހުގައި ހުރި ލެކްޗަރާގެ މޫނުމަތީގެ ކުލަވަރު ދިޔައީ ބަދަލުވަމުންނެވެ.
ދިން ފަރިތަކުރުން ހަދަނީކަމަށް ހެދިގެން ހުރި ނަމަވެސް އެންމެންގެ ލޯ ތައްވެސް އަމާޒުވެފައި ވަނީ ބިރެއް ފެނިގެން ދުއްވައިގަންނަން ތައްޔާރަށް ހުރިހެން ހުރި ދެ ލެކްޗަރާ އަށެވެ. “ކުދިން.. ފަރިތަ ކުރުން ނިމުނީމައި ގަޑި ވެސް ނިމުނީ… ތި ނިމުނުހާ އަވަހަށް ގެއަށް ދިޔަޔަސް މައްސަލައެއްނެތް..” އެ ލެކްޗަރާ އެހެން ބުނެފައި އަނެއް ލެކްޗަރާއާއި އެކީގައި ކްލާހުން ނުކުމެގެން ހިނގައިގަތެވެ. އެ ދެ ލެކްޗަރާ ދުލުން ނުބުންޏަސް ވަރަށް ބޮޑު ކަމެއް ހިނގައިފިކަން ކްލާހުގައި ތިބި އެންމެންނަށްވެސް އެނގެއެވެ. ލެކްޗަރާ ކްލާހުން ނުކުމެ ހިނގައިގަތްހާ އަވަހަކަށް ހޫރީން ނީޝަލްގެ ގައިގައި ހިފައިގަތެވެ. “ބޮޑު ކަމެއް ވެއްޖެ ޔަގީނުންވެސް..” އިޒްކާން ބުނެލިއެވެ. “ތިކަން އިނގެޔޭ.. އެކަމަކު ކިހިނެތްބާ ދޯ އެވީ..؟” ހޫރީން ވިސްނާލިއެވެ.
ފާހާނާއިން އައިހަމް ނުކުތްއިރު ދެލޮލުގައިވަނީ ކަރުނަތައް ފުރި ބާރުވެފައެވެ. ހިޔާންމެން ދެންމެ ދެއްކި ވާހަކައިން އައިހަމްގެ ބޯ ވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އެކީ އެކުގައި ކުޑައިރުވެސް އުޅުނު ހިޔާން އަކީ މިހާ ނުބައި މީހެއްކަމަށް އައިހަމްއަށް އަންދާޒާ ކޮށްލެވިފައެއް ނެތެވެ. އައިހަމް ފާހާނާ އިން ނުކުމެ ހިނގައިގަތީ ކޮލެޖުން ބޭރަށް ނުކުންނާށެވެ. މޫޑު ގޯސްވެފައި ހުރިވަރުންނެވެ.
“މަ އަވަހަށް ދާންޖެހޭނެ އިނގޭ މިއަދު..” ހޫރީން ފަރިތަކުރުންތައް ހަދާ ނިންމމާލިގޮތަށް ތެދުވިއެވެ. “ކީއްވެގެން..؟” އިޒްކާން އެ ސުވާލު ނާހައި ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. “އައިމް އަ ކޮޕް..” ހޫރީން އެއްލޯ މަރާލާފައި ކްލާހުން ނުކުންނަން ހިނގައިގަތެވެ. “އަހަރެމެންނާއި އެކީގައި ފިއުޗަރގައި ރާއްޖޭގައި އުޅޭނެ އެންމެ މޮޅު ޕޮލިސް ހުރިހެން ހީވަނީ.. ދޯ އިޒްކާން..؟” ހޫރީން ހާސްވެފައި ހުރި ހެން ހީވުމުން ނީޝަލް އެހެން ބުނެލާފައި އިޒްކާންއަށް ދޯ ދިނެވެ.. ހިނިއައިސްފައި އިޒްކާންވެސް އެއްބަސްވީ ނީޝަލްގެ މަގުސަދު އެނގިގެންނެވެ. “މަ މި ދަނީ އިނގޭ…” ހޫރީން ކްލާހުން ނުކުތެވެ. ނީޝަލް އޭރުވެސް އިނީ ފަހު ފަރިތަ ކުރުމުގެ ފަހު ސުވާލުގައި ތާށިވެފައެވެ. އެހެން އެންމެން ހެން އެ ނިންމާފައި ކްލާހުން ނުކުތްއިރު ނީޝަލް އަދިވެސް އިނީ ވިސްނަމުން ގަލަމުގައި ހަފާށެވެ. ފަރިތަ ކުރުން އެއްކޮށް ހަދާ ނިމުނު ނަމަވެސް އިޒްކާން ކްލާހުން ނުގޮސް އިނެވެ. އެއީވެސް ނީޝަލް ނިމެންދެން ހުންނާށެވެ.
ދަބަސް ކޮނޑަށް އެއްލައިގެން ހޫރީން ކުރިއަށް ދިޔައީ ލަވައެއްގެ ރާގަކަށް މަޑުމަޑުން ހްމްމް ހްމްމް ކިޔަމުންނެވެ. މަޑު ފިޔާތޮށި ކުލައިގެ ޕްލެއިން ޓީޝާޓަކާއި ނޭވީބްލޫ ކުލައިގެ ރިޕްޑް ޖިންސްގައި ހޫރީން ފެންނަލެއް ނުހަނު ހިތްގައިމެވެ. އުނަގަނޑާއި ހަމައަށް އަރާވަރުގެ ބްލޮންޑް ކުލައިން ޑައި ކޮށްފައިވާ އިސްތަށިގަނޑުގައި މިއަދު ވަނީ ހުޅިއެއް ޖަހާލާފައެވެ. ހޫރީން ‘ސްކިޕް’ ކުރަމުން ކުރިއަށް ދިޔަވަރަކަށް އޭނާ އަރައިގެން ހުރި ކްރީމް ސްނިކަރސް ބިންމަތީގައި ޖެހޭ އަޑު އިވެމުން ގެންދިޔައެވެ. އައިހަމް ކޮލެޖުން ނުކުންނަނިކޮށް ކުއްޖެއްގެ ގައިގައި ލައިގަތެވެ. “އައުޗް..” އެ އަންހެންކުއްޖާ އެހެން ބުނެލިއަޑަށް އައިހަމްއަށް ބަލާލެވުނެވެ. އައިހަމްގެ ގައިގައި ޖެހި ވެއްޓުނު އަންހެން ކުއްޖާ އޭރު ތެދުވަނީއެވެ. “ހުދާ..” އައިހަމްގެ ދުލުން ބޭރުވިއެވެ. ހުދާ ބީރައްޓެހި ގޮތަކަށް އައިހަމްގެ މޫނަށް ބަލާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ސޮރީއޭ ބުނެލާފައި ކުރިއަށް ހިނގައިގަތެވެ. ހުދާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އައިހަމްއަށް ހުރެވުނީ ހަމްދަރުދީގެ ދެ ލޮލުންނެވެ.
އެވަގުތު ހުދާ ފެނުމުން އައިހަމް އިތުރަށް ސަކަރާތްވިއެވެ. ކައިރީގައި ހުރި ފާރުގައި ގޮށް މުށުން ޖެހުނީ ވީ ދެރަ އާއި އައި ރުޅި އައިތަނަކަށް އަނބުރާ ދޭތޯއެވެ. ހޫރީން ހަމަ ކޮލެޖުން ނުކުތް ވަގުތާއި އައިހަމް ފާރުގައި ރެނދުލާ ވަރަށް ޖެހި ވަގުތު ވެގެން ދިޔައީ އެއް ވަގުތަކަށެވެ. ސިހިފައި ހޫރީންއަށް މަޑުމަޑުން ހަޅޭއްލަވައިގަނެވުނެވެ. ވެފައި ހުރި ދެރައިން އައިހަމްއަށް އެތަނުގައި އިތުރު މީހެއް ހުރިކަން އިހުސާސެއް ނުވިއެވެ. މެންދުރު ނަމާދަށް ގޮވީ ދެންމެއަކު ކަމުން އެމަގުގައި ވަރަށް މީހުން މަދެވެ. އެއީވެސް ލެއްވި ނަސީބެކެވެ. ކޮލެޖް ކުރިމަތީގައި ހުންނަ ބެންޗު މައްޗަށް ހަށިގަނޑު ދޫ ކޮށްލެވުނީ ކިހިނެތްކަމެއް ނޭނގުނެވެ. އައިހަމް އޭނާގެ އަމިއްލަ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލި ތަން ފެނިފައި ހޫރީންއަށް އައިހަމްއާއި ދިމާލަށް ދެވުނީ ކޮންހިތެއް ޖެހިގެންކަމެއް ނޭނގުނެވެ.
އެހެން ހުރެހުރެފައި އައިހަމް ދެން ނެގީ ފޯނެވެ. ގެލެރީ ހުޅުވާލާފައި ފޮޓޯއެއް ހުޅުވާލިއެވެ. ދިރުމެއް ނެތް އައިހަމްގެ މޫނަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައި އައިހަމް އެ ހެއްވާލީ ކޯޗެއްތޯ ހޫރީން ބަލާލާހިތްވިއެވެ. “އޭތް އައިހަމް..” ހޫރީން ކަރުކެހިލާފައި މަޑުމަޑުން ގޮވާލިއެވެ. ހިޔާން އާއި އެކީގައި އައިހަމް އުޅޭތީ އައިހަމް އަކީ ދެކެފަރިތަ މީހެއް ނަމަވެސް މީގެ ކުރިން އަދި ހޫރީން އައިހަމް އާއި ވާހަކަ ދައްކާފައި ނުވާތީ ހޫރީން ކުޑަކޮށް ނުތަނަވަސްވިއެވެ. އައިހަމް ދިޔައީ ސިއްސައިގެންނެވެ. ކުރިމަތިން ކުއްލިއަކަށް ހޫރީން ފެނުމުން އައިހަމްއަށް ކުރާނެ ކަމެއް ނޭނގުނެވެ. އައިހަމްއަށް ބަލަން ހުރެވުނީ ފޮޓޯއަކަށް ކަމުން އޮޅުމަކުން އެ ބޮނޑި ކޮށްލެވެން އުޅުނެވެ. ހޫރީންއަށް ފެނދާނެތީއެވެ. ނަމަވެސް އެވަގުތު އޭނާގެ އަތުގައި އޮތީ ފޯނެއްކަމާއި ކަރުދާސް ފޮޓޯއެއް ނޫންކަން އައިހަމް ހަނދާނެއް ނެތެވެ. “ހެއި.. އަމްމް.. އައިހަމް ކިހިނެތްތަ..؟؟” ހޫރީން އެއްސެވެ. ހޫރީން ވާހަކަ ދައްކަން ފެށީ ދުރުދުރުންނެވެ. “މަ ރަނގަޅެއް ނޫން..” ޖެހިލުންވުމެއްނެތި އައިހަމް ބޭރު ކޮށްލީ ތެދެވެ. ފުންނޭވާއެއް ލާފައި ހޫރީން އައިހަމްގެ ކައިރީ ބެންޗްގައި އިށށީންއިރު އަވަސްއަރުވާލައިގެން ފަރިތަކުރުން ނިންމާފައި އޭނާ ކޮލެޖުން ބޭރަށް ނުކުތް މަގުސަދު މަތިން ހަނދާންހުރި ހެންނެއް ހިޔެއްނުވެއެވެ. ހޫރީން ބޭނުންވީ މިއަދު ގެއްލުނު އަންހެންކުއްޖާ ކަމަށްވާ މައިހާ ގެއްލުނުގޮތުގެ ހަގީގަތް ހޯދާށެވެ. ނަމަވެސް ދެރަވެ ރުޅިގަދަވެފައިވާ އައިހަމް ފެނުމުން އެ ހުރިހާކަމެއް ހޫރީންގެ ހަނދާނުން ކައްސާލިއެވެ.
ނީޝަލް ގަލަމުގެ ފޫ ހަފަން އިން މަންޒަރު ބަލަން އިޒްކާން އިނީ ފޫހިކަމެއް ނެތިއެވެ. ނީޝަލް ކޮށްލާ އެންމެ ކުޑަ ހަރަކާތްވެސް ވެގެން ދަނީ އިޒްކާން އެންމެ ގަޔާވާ ކަންކަމަށެވެ. “ނީޝަލް….” އެންމެފަހުން ނީޝަލްއަށް އެހީވާން އިޒްކާން ނިންމިއެވެ. “ކީކޭ..؟” ވިސްނުމުގެ ދުނިޔެއިން ބޭރުވަމުން ނީޝަލް އަހާލީ ހިނިތުންވުމަކާއި އެކީގައެވެ. “ހެލްޕް ވަންތަ..؟ މިހާރު އެ އެކެއް ޖަހަނީ.. އެންމެންހެން ހިނގައްޖެ ގެއަށް..” އިޒްކާން އެހެން ބުނެލުމާއި އެކީގައި ނީޝަލް ސިހިފައި ވަށައިގެން ބަލާލިއެވެ. ކްލާސް އެންމެން ގެއަށް ދިޔައިރުވެސް ނީޝަލްއަށް ނޭނގުނެވެ. އިޒްކާން ހޭންފެށިއެވެ. ނީޝަލްއަށް ވީގޮތުންނެވެ. ރަކިވެގެން ނީޝަލް މަޑުމަޑުން އިޒްކާންގެ އަތުގައި ޖަހާލިއެވެ.
“މީގަ ޖެހޭނީ މިހިރަ ސުވާލާއި މިހިރަ ސުވާލު އެއްކުރަން.. އެބައި އެއްކޮށްފައި އަންނަ ޖަވާބު މިހިރަ ސުވާލާއި ޑިވައިޑް ކޮށްފައި އަންނަ ޖަވާބާއި އެންމެ ފުރަތަމަ ހެދި ބައިގެ ޖަވާބާއި މަލްޓިޕްލައި ކޮށްފިއްޔާ ރަނގަޅު ޖަވާބު ލިބޭނެ…” ފޮތާއި ދިމާލަށް ކުޑަކޮށް ގުދުވެފައި އިޒްކާން ބުނެލިއެވެ. ނީޝަލްއަށް އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. އެއީ އުނދަގޫ ސުވާލެއްވެސް ނޫނެވެ. ނަމަވެސް ސުވާލުގެ ޖަވާބު ހޯދަން އިން އިރުގައި ނީޝަލްގެ ސިކުނޑީގައި ދައުރުވަމުން ގެންދިޔައީ އިޒްކާންގެ ޚިޔާލުތަކެވެ. ސުވާލުގެ ޖަވާބު ހޯދަން އިޒްކާން އާއި ދޭތެރޭ ކިތަންމެވަރަކަށް ވިސްނިކަމުގައިވިޔަސް ސުވާލުގެ ޖަވާބެއް ނުލިބޭނެތާއެވެ. ނީޝަލް އަވަހަށް އެ ސުވާލު ހަދާފައި ފޮތްތައް ދަބަހަށް އަޅަން ފެށިއެވެ. އަދި ކްލާހުން ނުކުންނަންވެގެން ނެގި ފިޔަވަޅުމަތީގައި ނީޝަލް ގަނޑުވިއެވެ. އިޒްކާން ބޯ އަރިކޮށްލާފައި ނީޝަލް އެ ބަލަން ހުރި އެއްޗާއި ދިމާލަށް ބަލާލިއެވެ. ދެން އިޒްކާންއަށް އެނގުނީ ނީޝަލް ދުވެފައި އައިގޮތަށް އައިސް އޭނާގެ އަތުތެރެއަށް ބޮނޑިވެގަތްކަމެވެ.
“ކީއްވެގެން ތި ކުށެއް ނެތް ފޯނު ބޮނޑިކޮށްލީ..؟” ހޫރީން އެއްސެވެ. “އެއީ… އެއީ…” އައިހަމްއަށް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއްނުވިއެވެ. ހީވަނީ ބުނަން ޖެހޭ ބަސްތައް ކަރުގެ ކޮންމެވެސް ހިސާބަކު ތާށިވަނީ ހެންނެވެ. “އެއީ..؟” ހޫރީން ބުމަ އަރުވާލިއެވެ. “އެއީ މައެ ބަލަން ހުރި އެއްޗެއް ހޫރީންއަށް ނުދައްކަންވެގެން..” އައިހަމް އަނެއްކާވެސް ހާމަކުރީ ތެދެވެ. “މަށަށް ނުދެއްކޭވަރުގެ އެއްޗެކޭ..؟ މަށަށް ނުދެއްކޭވަރުގެ ކޯޗެއް..؟” އައިހަމް ހީކުރިގޮތަށް ހޫރީންގެ ސުވާލުތަކަށް ނިމުމެއް ނައެވެ. އައިހަމްގެ ތުންފަތްމައްޗަށް ކަންނެތް ހިނިތުންވުމެއް ވެރިވިއެވެ.
“ދައްކައިފިއްޔާ ހޫރީން ގަބޫލެއް ނުކުރާނެ… އެހެންވެ ނުވެސް އުޅެން ދައްކާކަށް..” އައިހަމް ހޫރީން ރުޅިއަރުވާލަންވެގެން ބުނެލިއެވެ. ކަން ވީވެސް އައިހަމް ހީކުރި ގޮތަށެވެ. ރުޅިއައއިސް ދެކޮލަށް ވައި އަރުވާލައިގެން އިންއިރު ހޫރީން ނުހަނު ލޯތްބެވެ. “ތިހެން ނުހުރެބަލަ… ކަލޭ ވައްތަރީ މަހަކާއި..” އައިހަމްގެ މޫޑު ވަގުތުން ރަނގަޅުވެގެން ދިޔައެވެ. ހައިރާންވެ ހުރެ ހޫރީންގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. “މަ މިއީ މަހަކަށް ވެއްޖެއްޔާ ކަލޭ ތިއީ ފެމުނުމިޔަރެއް..!!” ހޫރީން އައި ރުޅިން ގެއައި ދިމާލަށް މިސްރާބު ޖެއްސެވެ. ހިފައިގެން ހުރި ފޮތްތައް ގަޔާލާ ބޮނޑިކޮށްލައިގެން ހުރެ ހޫރީން ކުރިއަށް ދިޔައީ ކިޔުނުހާ ވަރަކުން އައިހަމްއަށް ކުދިކިޔަމުންނެވެ.
“މަންމާތް..” ކުއްލިއަކަށް މީހަކު އައިސް ކޮނޑަށް އަތް ވައްޓާލުމުން ހަޅޭއްލަވައިގަނެފައި ހޫރީން އެމީހާގެ ގައިގައި ޖެހިގޮތަށް ބިންމައްޗަށް ވައްޓާލާ ފުލުހުން އަޅުވާ ކަހަލަ ލޮކެއް އެޅުވިއެވެ. އޭރު މަގުމަތީގައި ހުރި މީހުންގެ ނަޒަރުވެސް ހުއްޓިފައި ވަނީ ހޫރީން އާއި އައިހަމްއަށެވެ. އެއްބަޔަކު ހެމުން ގެންދިޔައިރު އަނެއްބައި މީހުން ހައިރާންވެފައި ކުޅިބަލަން ހުރީއެވެ. “”އޭތް އައްދޯތް..!! ތަދުވޭ ތަދުވޭ..!!” ހޫރީން އެ ލޮކެއް އަޅުވައިގެން ހުރިގޮތުން އައިހަމްއަށް ހީވީ ދެންމެދެންމޭން އޭނާގެ ފައި ބިނދިދާނެހެންނެވެ. އެއީ އައިހަމްކަން އެނގުމުން ހޫރީން އަވަސްއަވަހަށް އައިހަމްގެ ފައިންނާއި އަތުން ދޫކޮށްލާފައި ކޮޅަށް ތެދުވިއެވެ. އައިހަމް ވެސް ގައިފޮޅާލާފައި ތެދުވިއެވެ. ދެންމެ ބަލާވެސްނުލާ ކުރެވުނު ކަމަކުން ހޫރީން ހުރީ ލަދުގަނެފައެވެ. އަދި އައިހަމް ރުޅިއައިސްދާނެތީ ހޫރީން ހުރީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. އައިހަމްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އެނގުމުން އިތުރަށް ހާސްވެ ހޫރީން އިސްދަށަށް ޖަހާލިއެވެ.
ނީޝަލް ދިޔަގޮތަށް ގޮސް އިޒްކާންގެ ގައިގައި ބޮނޑިވެގަތްގަތީނުން ދެމީހުން އެއްކޮށް ކަހަލަގޮތަކަށް ގޮނޑިއަށް ޖެހުނެވެ. ނީޝަލްއަށް އިނދެވުނީ އިޒްކާންގެ އުނގުމަތީގައި އިޒްކާން ލައއިގެން ހުރި އޮރެންޖް ކުލައިގެ ޓީޝާރޓް އަތަށް ބޮނޑިކޮށްލައިގެންނެވެ. ނީޝަލް އެހާ ބިރުގަންނަންވީ ސަބަބު ނޭނގި ނަމަވެސް އިޒްކާންއަށް ހުރެވުނީ ނީޝަލް އެ އަތުގެ ތެރެއަށް ގައިދުކޮށްލައިގެންނެވެ. ނީޝަލް އަވަސް ފުންނޭވާތަކެއް ލާންފެށުމުން އިޒްކާންއަށް މަޑުމަޑުން ނީޝަލްގެ ބުރަކަށީގައި ފިރުމާލެވުނެވެ. “ކިހިނެތްވީ..؟” އިޒްކާން ނީޝަލްގެ ކަންފަތްދޮށުގައި އެއްސެވެ. “ފަ.. ފަ.. ފައިދިގު މަކުނެއް..!!” ނީޝަލް އެ ދިމާލަށް ނުވެސް ބަލާ އިޝާރާތް ކޮށްލިއެވެ. ފައިދިގު މަކުނަކީ ނީޝަލް ކުޑައިރުއްސުރެ ވެސް ބިރުގަންނަ އެއްޗެކެވެ.
“ފައިދިގު މަކުނު ދެކެތަ ބިރުގަންނަނީ..؟” އިޒްކާން ހައިރާންވެފައި އެއްސެވެ. ނީޝަލް ބޯ ޖަހާލާފައި އިޒްކާންގެ ޓީޝާޓް ތެރޭ މޫނު ފޮރުވިއެވެ. ނީޝަލް އެހެން ހުރުމުން އިޒްކާން ނީޝަލް ދުރުކޮށްލާ ހިތެއް ނުވިއެވެ. އެވަގުތުވެސް ހިތާހިތުން އިޒްކާން އުފާފާޅު ކުރަމުން ގެންދިޔައެވެ. އިޒްކާންހާ ނަސީބުގަދަ މީހަކު މިދުނިޔޭގައެއް ނޫޅޭނެއޭވެސް ބުނެވުނެވެ. ނީޝަލް އެހެން ހުރުމުން އިޒްކާންއަށް އެ މަކުނު ފައްސާލާކަށް ވެސް ނުދެވުނެވެ. އެ މަކުނު އޮތްތަނުން ހިރުވާލީވެސް ފަނަރަ މިނެޓް ވީ ފަހުންނެވެ. ހީވަނީ އޭތިވެސް ބޭނުންވީ ނީޝަލް އިޒްކާންގެ ގާތުގައި ވުމަށށްހެންނެވެ. އޭތި ކްލާހުގެ ކޮންމެވެސް ކަނަކަށް ވަތްފަހުން އިޒްކާން ހިތާދެކޮޅަށް ނީޝަލް ގަޔާ ދުރު ކޮށްލިއެވެ. “ގޮއްސިތަ..؟” ހިތްއަވަސްވެފައި ނީޝަލް އެއްސެވެ. “އާނ.. ދެންމެ އެ ދިޔައީ..” އިޒްކާން ބުނެލިއެވެ. “ނަސީބެއް ހަމަ..” ނީޝަލް ދަބަސް އަޅުވާލަމުން ބުނެލިއެވެ. “ހަމަ ނަސީބެއް..” ހުވަފެނީ ރާގަކަށް އެހެން ބުނެލާފައި އިޒްކާން ހިނިތުންވެލިއެވެ. އަދި ނީޝަލްއާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ނީޝަލްވެސް ރަކި ހިނިތުންވުމަކުން ހީނލާފައި އިޒްކާންގެ ކަށި އިނގިލީގައި ހިފިއެވެ. މީހަކާއި އެކީގައި ދާއިރު ނީޝަލްއަށް ފަސޭހައީ އެކީގައި ދާ މީހާގެ އަތުގައި ނުހިފައި ހަމައެކަނި ކަށި އިނގިލީގައި ހިފަން ކަމަށްވާތީއެވެ.
“މިކޮޅުގައި އުޅޭ ކޮން ބަޔަކަށް ނީޝް އެންމެ ޓްރަސްޓް ކުރަނީ..؟” އިޒްކާން އެއްސެވެ. ”ފުރަތަމަ ވެސް އިޒްކާން…” ހިނިއައިސްފައި ނީޝަލް ބުނެލި އެޖުމްލައިން އެކަނނިވެސް އިޒްކާންގެ ހިތް ލޯބިން ފުރި ބަންޑުންވިއެވެ. “ދެން ޒީޝް ކުޑާ… އެއަށްފަހު ހޫރީން.. ދެން ހޫރީންގެ ބޭބެ.. ހިޔާން…” ހިޔާންގެ ނަން ނީޝަލްގެ ދުލުން ބޭރުވުމުން އިޒްކާންގެ ތުންފަތްމަތީ ވީ ހިނިތުންވުން ގެއްލެން މިނެޓެއްވެސް ނުނެގިއެވެ. ހިތާދެކޮޅަށް ހީނލާފައި އިޒްކާން ނީޝަލް ގެއަށް ލައިދޭން ދިޔައެވެ.
ހޫރީން ސިއްސައިގެން ދިޔައީ އައިހަމް ހޭން ފެށުމުންނެވެ. އައިހަމް ރުޅިއައިސްގެން އެއްޗެހި ގޮވައިގަންނާނެ ކަމަށް ހީކޮށްގެން ހުރި ހޫރީންއަށް އަނގަ ހަދާލެވުނެވެ. “މިއީވާ ކުއްޖެއް.. މަ މަރު ނުވީ ކިރިޔާއޭ.. އާދޭ ދާން.. މަ ގެއަށް ލައިދޭން ހިނގައިދާނަން..” ހޫރީންގެ ކޮނޑަށް އަތްވައްޓާލަމުން އައިހަމް ބުނެލިއެވެ. އައިހަމް އެހާ ވެފައި އެހެން ބުނުމުން ދެކޮޅުހަދާނެހާ ހިތްވަރެއް ހޫރީންއަކަށް ނުލިބުނެވެ. އަދި ހާއްސަކޮށް ދެންމެ ދެރަވެގެން އަނެއް އަތަށް އަޅާފައިވާ އައިހަމްގެ މޫޑު ރަނގަޅު ވެފައި ހުރުމުން އެކަނި ދާންވެގެން އުޒުރު ދައްކަން ހޫރީންއަށް ނުކެރުނީއެވެ.
ނީޝަލް ގެއަށްލާފައި އިޒްކާން މިސްރާބު ޖެހީ އަތިރިމައްޗާއި ދިމާލަށެވެ. ގޮނޑުދޮށުން ހިކިފައިވާ ގާތަކެއްގެމަތީގައި އިށީނދެލައިގެން އިން އިޒްކާން ހުރީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ނީޝަލްއަށް ކަމެއް ވެދާނެތީ ނީޝަލްއަށްވުރެ އިޒްކާން ބިރުގަނެއެވެ. ނީޝަލް އުޅޭލެއް ފަރުވާ ކުޑަކަމުން ފިރިހެން ކުއްޖަކު ތަނަކަށް ދާން ދައުވަތު ދިނަސް އެކުއްޖަކާއެކީގައި ދދާނެ ކަން އިޒްކާންއަށް އެނގެއެވެ. އިޒްކާން ބިރުގަންނަނީ ހިޔާންގެ މަޅިގަނޑުގައި ނީޝަލް ޖެހިދާނެތީއެވެ. އަދި ހިޔާންއަކީ ނުރައްކާތެރި އެކަކެވެ. ނީޝަލް ހިޔާންއަށް އިތުބާރު ކުރާކަން އެނނގުނު ފަހުން އިޒްކާން ހުންނަނީ ދާހިއްލާފައެވެ. “އޭތް..” ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލިހެން ހީވެގެން އިޒްކާން ފަހަތް ބަލާލިއެވެ. އަޅިކުލައިގެ ޓްރެކްޝޫޓަކާއި ކަޅުކުލައިގެ ޓީޝާޓެއް ލައިގެން މާސްކަކާއި އަވިއައިނެއް އަޅައިގެން ހުރި އެ މީހާއަށް ބަލާލާފައި އިޒްކާން ބުމަ އަރުވާލިއެވެ. “މަ މީ ރޫހާން… ކަލޭގެ ނަމަކީ ކޮބާ..؟” ރޫހާން އަލިފާނުގެ ބެލުމެއް އިޒްކާންއަށް ހަދިޔާ ކޮށްލާފައއި އެއްސެވެ.
ހޫރީން ގެއަށް ލައިދީފައި ހިތްހަމަޖެހިގެން ހުރެ ހިނގައިގަތް އައިހަމްގެ އުފާވެރިކަމަށް ނިމުމެއް އައީ އާހިލްގެ ކޯލެއް ލިބުމުންނެވެ. “މަށަށް އެބަ އިނގޭ ކަލޭ އެގަޑީ ހުދދާދެކެ ލޯބިވެޔޭ ކިޔައިގެން ހެދީ ބޮޑު ފަލަ ދޮގެއް ކަން.. މިރޭ އަށެއް ޖެހުމުގެ ކުރިން ޔަމީ ފުޑް ރެސްޓޯރެންޓުގައި ހުންނާތި.. މަ ވެސް އެބައޮތް ކަލޭ ގާތު ވާހަކައެއް ބުނަންވެފައި..” އައިހަމް ފޯނު ނެގުމުން އެއްފަހަރާ ބޮޑު ޕެރެގްރާފެއް އަމުނާލާފައި އާހިލް ފޯނު ކަނޑާލީ އައިހަމްއަށް އެއްޗެކޭ ބުނަން ފުރުސަތެއް ނުދީއެވެ. އައިހަމް ފުން ނޭވާއެއް ލާފައި އުޑުމައްޗަށް ބަލާލިއެވެ. “އައިމް ސޮރީ ހުދާ…” އައިހަމްގެ ދުލުން އެ ބޭރުވި ޖުމްލައިގެ ހަގީގަތް އިނގޭނީ ފައިލަމް އާއި ހިޔާންއަށް އެކަންޏެވެ. މިރޭ އާހިލްގެ ގާތުގައި ކޮލެޖުގެ ފާހާނާގައި ހުރެ ހިޔާން އާއި ފައިލަމް ދެއްކިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭން ނިންމާފައި އައިހަމް ގެއަށް ދިޔުމުގެ ބަދަލުގައި މިސްރާބު ޖެހީ އަތިރިމައްޗަށް ދިޔުމަށެވެ.
“ތީ ކާކު..؟” ބީރައްޓެހި ގޮތަކަށް އިޒްކާން އެއްސެވެ. “ރޫހާން އޭ… ކަލޭ ތީ ކާކު..؟” ރޫހާން ގޮސް މަޑުކޮށްލީ އިޒްކާން އާއި ދާދިގާތުގައެވެ. އެ ނުދަންނަ ފިރިހެންކުއްޖާގެ އަޑުގައިވާ ރުންކުރު ކަމުން އިޒްކާން ފޫހިވާގޮތްވިއެވެ. “ލުކް.. މަށަށް ހެޔޮ ކަލޭ ތިއީ ކޮންމެ ކޮންމެ މީހަކަށް ވިޔަސް… މަ ނެތް ޝައުގެއް ކަލެއާއި ވާހަކަ ދައްކާކަށް..” އިޒްކާން ތެދުވެ ގައި ފޮޅާލާފައި ދާން ހިނގައިގަތެވެ. ރޫހާންގެ ބުމަ ގޮށްޖެހުނެވެ. “ނީޝް.. ނީޝް ލޯބިވަނީ މި ފިރިހެނާ ދެކެ..؟” ރޫހާންއަށް ހިތާހިތުން އެހެން އަހާލެވުނުއިރު އަތް މުށްކަވާލެވިއްޖެއެވެ.
އިޒްކާން ޖީބަށް އަތްޖަހާލައިގެން ދިޔައިރު ރޫހާންގެ އެ ކަޅިއެޅުމުން އިޒްކާން ފިއްސާލަން އުޅޭފަދައެވެ. އެންމެފަހުން ކެތްނުވެގެން ރޫހާން އެދިޔަގޮތަށް އިޒްކާންގެ މޫނުމަތީ ގައިހުރި ބާރެއްލާފައި ޖެއްސެވެ. “އޭނަ އެއީ.. އެއީ މަގޭ މީހެއް… ކަލޭ އޭނައާއި ގާތްވާން ނޫޅޭ..!!” އައިސްފައިވާ ރުޅިން ރޫހާން ހަޅޭއްލަވައިގަތެވެ.
= ނުނިމޭ =
4 Comments!
Comments are closed.
yooon .. mivaahaka nimuneetha? haadhahaava dhera ey .. nunimey dho? olhun erydho? plz buneba .. ooh
Labba dear it was a mistake 🙁 rlly sorry let me fix it rn
Vrh Sali mi part vxx Masha Allah
Awwww neeshal aa izkaan ge baa vrh ROM
Anehkaa keevee baa lecturaain maa kanbodu vefaa hureee
And aiham keeve maaa dera vefaa huree
Aiham aa hooryn ge baa vrh majaa Ingeyy Yoon
Ril kuree depart ah kuri cmnt publish eh nuvi
Nimuny tha stry nunimey dhw stry eh
Waiting for the next part
Love u
Stay safe
Aww thank you so much Ril dear ?✨? Ahahaha glad you liked their scenes 😀 Lets see dhw e meehun keehvegen kan ehaa kanboduvefa huree… We’ll see dhw he is planning to tell Aahil why ;D 😀 Ahahaha it makes me rllt happy to know that you enjoyed it ?✨? It’s oki dearlss Ril ge comment nufenunas yoon vrh ufaavey Abadhuvxx Ril ge support libeythee ?✨? Nope adhi stry eh nunimey lwbss 😀 Yoon ah heevany mi stry ga hunnaane hn 25+ parts.. Keep waiting ingeii 😀 Aww luv u more nd More ?✨?✨? u stay safe 2 dearlss and take care ?✨?