Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 7

yooon 10 Stories100 Comments100 Login100 Stories
December 19, 2020 10 Mins Read
5 Comments

* ދަލުން ފޯވެފައިވާ އެ އަންހެން ކުއްޖާގެ މޫނަށް ރޫހާން ބަލާލިއެވެ. ރޫހާން ސިނގިރޭޓްގެ ކޮޅު އެ އަންހެން ކުއްޖާގެ ފަލަމަސްގަނޑުގައި ޖައްސާލުމުން ވޭނީ އާހެއް ބޭރުކޮށްލާފައި އެ އަންހެން ކުއްޖާ ދެލޯ ތަންމިނަށް ހުޅުވާލިއިރު އެދެލޮލުން ބިރުގަނެފައިވާ މިންވަރު ހާމަކޮށްދެއެވެ. ނުރައްކާތެރިގޮތަކަށް އެ އަންހެން ކުއްޖާގެ މޫނަށް ބަލަން ހުރި ރޫހާން އެއް މިޔަކަނުން ހިނިތުންވެލިތަން ފެނިފައި އެ އަންހެންކުއްޖާގެ ހިތުގެ ތެޅުން ބާރުވިއެވެ.

“ހެއި ދެއަރ ލަވްލީ… ޔޫ ވޯކް އަޕް…..” އެ ކޮޓަރީގެ ތެރޭގައިވީ ހަމަހިމޭންކކަން ނަގާލީ ރޫހާން ވައި އަޑަކުން ބުނެލި ޖުމްލައެވެ. *

“އެއީ ކާކު..؟” ނައިލް އެއްސެވެ. މީހަކު މާވަރަކަށް މެސެޖް ކުރާތީ ނީޝަލްވެސް އިނީ ހައިރާންވެފައެވެ. ގައިމުވެސް އެއީ އިޒްކާންގެ ނަންބަރެއް ނޫނެވެ. ނުދަންނަ ނަންބަރަކަށް ވީތީ އެ ނަންބަރުން އައި އެންމެ މެސެޖަކަށް ރިޕްލައި ނުކުރިތަނުގައި ނީޝަލް އެއިން މެސެޖެއް ބަލާވެސް ނުލިއެވެ. ކާރުގައި ކުޑަ ވަގުތު ކޮޅެއް ލިބުމުން ނީޝަލް ބެލީ އަވަހަށް އިޒްކާންގެ ނަންބަރު ސޭވް ކުރެވޭތޯއެވެ. އެކަން ކުރެވުމުން ލިބުނު ހިތްހަމަޖެހުމާއި އެކީގައި ނީޝަލްއަށް ފަހަތު ސީޓްގައި ބޯ ޖައްސާލެވުނެވެ. ނަމަވެސް ކުއްލިއަކަށް ބޮލުގައި ރިއްސައިގަތެވެ. ވަމުން ދިޔަ ތަދުން ނީޝަލް ދެލޯމަރާ ފިއްތާލިއިރު ނޭވާހާސްވާގޮތް ވެއްޖެއެވެ. “ނީޝް..؟ އޭ ނީޝް..؟” އަލާން ގޮވާލުމުން ނީޝަލްއަށް ލޯ ހުޅުވާލެވުނީ ކުޑަކޮށްވެސް ބޮލަށް ލުއިވާން ފަށައިފިހެން ހީވުމުންނެވެ.

“ކިހިނެތްވީ..؟” އަލާން އެއްސެވެ. “މާ ބޮޑު ކަމެއް ނުވޭ.. ބޮލުގައި ރިއްސަންފެށީ..” ނީޝަލް ލުއި ހިނިތުންވުމަކާއި އެކީގައި ޖަވާބު ދިނެވެ. “ޔަގީންތަ އޯކޭކަން..؟ ގެއަށް ގޮސްފައި ވާނެ އިނގޭ ކައިގެން ބޭސްކާން.. ބޭސް ކައިގެން އޯކޭ ނުވިއްޔާ ވާނެ އިނގޭ ޑޮކްޓަރަށް ދައްކަން ދާން..” ނީޝަލް ގެ ބޮލުގައި ފިރުމާލަމުން ޒިވީން ބުނެލިއެވެ. “އަހަރެން ބުނާނަން ރަނގަޅު ނޫނިއްޔާ.. ގިނައިން ފެން ބުއީމައި ހީވަނީ ރަނގަޅު ވެދާނެހެން..” ނީޝަލް ބުނެލިއެވެ. “ނީޝް.. ތިއްތަބޭ އެބައޮތް އަދި ވާހަކައެއް ބުނަންވެފައި…” އަލާން ބޯ ކަހާލާފައި ބުނެލިއެވެ. “ދެން ބުނެބަލަ.. ތިހާ ސަސްޕެންސް ކްރިއޭޓް ނުކުރިޔަސް އޯކޭވާނެޔޭ…” ނައިލްއަށް އެހެން ނުބުނެ ނީނދެވުނެވެ.

“އާނ ދޯ.. މިބުނަން އުޅޭ ވާހަކައަކީ މާދަމާއިން ފެށިގެން ތިއްތަބޭގެ އޮންނާނީ ނައިޓް ޑިއުޓީއޭ…” އަލާން އެހެން ބުނުމުން ނީޝަލް އާއި ނައިލް އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި އަލާންގެ މޫނަށް ބަލާލީ ދެން ކިހިނެތްވީ ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ. “ނައިޓް ޑިއުޓީ އޮންނާނީ ރޭގަނޑު ބާރައިން ހެނދުނު އަށަކަށް…” އަލާން ބުނެލިއެވެ. ޒިވީންވެސް އިނީ އަލާން ދައްކަމުން ދިޔަ ވާހަކައަށް ރަނގަޅަށް ކަންފަތް ދީގެންނެވެ. “ފަހަރެއްގައި ނީޝްމެން ލާން ނާދެވިދާނެ.. މިބުނީ ނީޝް ކޮލެޖަށް ލާން އަދި ނައިލް ސްކޫލަށް ލާން ތިއްތަބެއަށް ނާދެވިދާނެޔޭ… ސޮރީ..” އަލާން ބުނެލިއެވެ. “އެދެން ސޮރީ ބުނާވަރުގެ ކަމެއް ނޫނެއްނު ތިއްތަބޭ..؟ އެހެން ނޫނަސް މި ބޮޑު ރަށުގައި އެކަނި ހިނގަންވެސް ދަސްކުރަން ޖެހޭނެއެއްނު..؟” އަލާން ހުރީ އެކަމާއި އެހާ ހިތްހަމަޖެހިފައި ނޫންކަން އެނގުމުން ނީޝަލް އަވަސް އަވަހަށް ބުނެލިއެވެ. އަލާންގެ ގާތަށް ހިނިއައެވެ. ނީޝަލްގެ ހުންނަނީ އަވްލީންގެ މިޒާޖުކަމަށް ވުމުންނެވެ. ބުނާ ކޮންމެކަމަކަށް އެއްބަސްވަމުން ބޯޖަހާލަ ޖަހާލަ އަވްލީން އިންނަގޮތަށް ނީޝަލްވެސް އިންނާތީއެވެ.

“ތިއްތަ ހިނގައިދާނަމޭ ނީޝްމެން ސްކޫލަށް އަދި ކޮލެޖަށް ލާން..” ޒިވީން އެހެން ބުނެލުމުން ނައިލް ވަގުތުން ދެކޮޅު ހެދިއެވެ. “މަ ހިނގައިދާނަން އެކަނި.. އެނޫނީ ސްކޫލުގެ ބޭބީގެ ލޭބަލް އެޅޭނީ މަގޭ ކަރުގައި..” ނައިލް ބުނެލިއެވެ. ”ޔަގީންތަ ބަސް އަހާނަންކަން..؟” ޒިވީން އެއްސެވެ. “އޯހްހް ޕްލީޒް ތިއްތާ… ފިލްމުތަކުގައި ފެންނަހެން މަ ނޫޅެމޭ ސްކޫލަށޭ ކިޔާ ފޮނުވީމައި އެކުވެރިންނާއި އެކީގައި ސްކޫލަށް ނުގޮސް މޫދަށް ގޮސް ކުޅެއުޅެފައި ސްކޫލް ނިމޭ ގަޑީގައި ގެއަށް ދާކަށް.. އެހެންނޫނަސް ތިއްތަގެ މި ސްވީޓީ ނެފިއު ހީވޭތަ ސްކޫލް ނޫން އެހެން ތާކަށް ދާނެހެން..؟” ނައިލް ޅަވެފައި އެހެން ބުނެލީ ޒިވީންގެ އިތުބާރު މުށަށް ލުމުގެ ނިޔަތުގައިކަން ނީޝަލްއަށް ދެނެގަނެވުމުން އިންނަން ޖެހުނީ މަތަކުރެވުނު ވަރަކުން ހިނިގަނޑު މަތަކޮށްގެންނެވެ. “ހްމްމް.. އޯކޭ ތިއްތަގެ ސްވީޓީ ނެފިއު… ގެއަށް ގޮސް އަދި ދޮންބެއަށް.. މިބުނީ ދެކުދިންގެ ބައްޕައަށް ގުޅާފައި މި ވާހަކަ އަދި ބުނާނަމޭ… ނައިލް ވަރަށް ރާގުލާފައި ސްވީޓީ ނެފިއުއޭ އަމިއްލަ ނަފްސާއި ދިމާލަށް ކިޔާ ވާހަކަވެސް ބުނާނަން..” ޒިވީން ހިނިއައިސްފައި އެހެން ބުނެލުމުން ނައިލް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަތެވެ. ފަނަރަ އަހަރު ވިޔަސް ނައިލްގެ ޅަކަން އިނގޭ މީހަކަށް ނީޝަލް ނޫން މީހެއް ނުހުންނާނެއެވެ.

ގެއާއި އަރާ ހަމަވުމުން ނީޝަލް އަވަހަށް ކާރުން ފައިބައިގެން ގޮސް ގެއަށް ވަނެވެ. އޭރު ޒީޝް ރާނީއެއް ފަދައިން ފަދައިން ސޯފާގައި ވެޑުވިގެން އޮތެވެ. އަތުގައި އޮތް ވެނީލާ އައިސް ކްރީމް ތަށިން އިރުއިރުކޮޅާއި އައިސްކްރީމްކޮޅެއް ނަގާ އަނގަޔަށް ލަމުން ޓީވީއަށް ގެއްލިފައި އޮތްއިރު ޓެން ވެސް ޒީޝްގެ އުނގުމަތީގައި އޮތެވެ. ރަބަރު ބޯޅަ އަކާއި ކުޅެލަ ކުޅެލައެވެ. ނީޝަލްއަށް ޒީޝްގެ މޫނަށް ބަލާލެވުނެވެ. ޒީޝް އެއޮތީ ކޮންމެވެސް ކަމެއް ވެގެން ދެރަވެގެންކަން ނީޝަލްއަށް ނަގައިގަނެވުނެވެ. އޯވަރ ސައިޒްޑް ޓީޝާޓަކާއި ދޫހަރުވާޅެއް ލައިގެން ޒީޝް އޮތްއިރު މުޅި އަނގަމަތީގައި އައިސްކްރީމް ހޭކިފައި ހުއްޓެވެ. “ތިން މީހުން އާދޭ ކާން.. ތިއްތަ އެބަ އަންނަން އައިން ދައްތައަށް ކާން ދީފައި..” ޒިވީން ތައްޓަކަށް ކާއެއްޗެހި އަޅަމުން ބުނެލިއެވެ. “ކިހިނެތްވީ އައިންދައްތައަށް..؟” ކޮޓަރިއަށް ދަމުން ނީޝަލް އެއްސެވެ. “އައިންދައްތަ ބަނޑުގައި ރިއްސާތީ އުޅެނީ.. އެހެންވެ..” ޒިވީން ބުނެލިއެވެ. ބޯ ޖަހާލާފައި ނީޝަލް ކޮޓަރިއަށް ވަންނަނިކޮށް ފްރިޖްގެ މަތީގައި ހުރި ކުޑަ ޑްރޯވަރ ތެރޭގައި ބޭސް ހުންނާނެޔޭ، ކައިގެން ބޭސް ކައްޗޭ ޒިވީން ބުނެލި އަޑު އިވުނެވެ.

ކޮޓަރިއަށް ވަދެ ނީޝަލް ފެންވެރީ ހޫނުވެފައިވާ ވަރުންނެވެ. މަޑު ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ލެގިންސްއެއް ލައިގެން ނީޝަލް ބޭރަށް ނުކުތީ އަލަމާރިން އޭނާ އިސްތަށިގަނޑުގައި ވޫލް އެއްސުމުގެ ބަދަލުގައި ޖަހަން ގެންގުޅޭ ބޮޑު ދަތި ހިފައިގެންނެވެ. އިސްތަށިގަނޑު ދައްޗާއި ލާ ހައްޔަރު ކޮށްލާފައި ނީޝަލް ކާން އިށީންއިރު ބޯހާވާލައިގެން ޒީޝް އޭރުވެސް އިންގޮތަށް އިނެވެ. ނައިލްވެސް ކޮޓަރިން ނުކުމެ ޒީޝްއަށް ފާޑަކަށް ބަލާލާފައި ގޮސް ކާން އިށީނެވެ. ބަތް، ޒިވީން ވަރަށް މީރުކޮށް ހަދާފައިވާ ރިހައަކާއި އެކީގައި ކައި ނިންމާލެވުނުއިރު ނީޝަލް ހުރީ ރަނގަޅަށްވެސް ބަނޑު ފުރިފައެވެ. ނީޝަލް ތަށި ދޮވެފައި މޭޒުމަތީ ހުރި އޮރެންޖް ޖޫސްތަށި ބޮމުން ގޮސް ޒީޝްގެ ގާތުގައި ޖައްސާލިއެވެ. “ކުޑާ.. ކިހިނެތްވީ..؟” ނީޝަލް އަހާލިއެވެ. ”ނޯޓިސްވެއްޖެދޯ..؟” ޒީޝް އެ އޮތްގޮތަށް އޮވެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއިރު މޫނުމަތިން އެއްވެސް ދިރުމެއް ފެންނާކަށެއް ނެތެވެ. “އައި ހޭޑް އަ ބްރޭކްއަޕް..” ނީޝަލް އިތުރަށް ސުވާލު ތަކުރާރު ނުކުރަނީސް ޒީޝް ވީގޮތް ބުނެދިނެވެ. “އޯހްހް..” ނީޝަލްއަށް ބުނެވުނެވެ. ނީޝަލްއަށް ކުރަން އެނގުނުހާވެސް ކަމަކީ ޒީޝްއަށް ހިތްވަރު ލައިދިނުމެވެ. ނީޝަލްއަށް އެކަންކަމާއި ބެހޭގޮތުން މާބޮޑަށް ނޭނގުނަސް ޒީޝް ދެރަވެފައި ހުރިތަން ބަލަން ނީޝަލްއށް ނުކެރެނީއެވެ.

“ޑިޑް އައި… ހޭވް އަ ބޯއިފްރެންޑް ބިފޯރ..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނީ ކުއްލިއަކަށެވެ. އެހާ ބޮޑަށް ހަނދާން ނުވާތީ ނީޝަލް ހަނދާން އާކުރެވޭތޯ ބެއްޔެވެ.. ނަމަވެސް އަނެއްކާ ބޮލުގައި ރިއްސަން ފެށުމުން ނީޝަލް ގޮސް ޑްރޯވަރގެ ތެރެއިން ބޭސް ނަގާފައި ކެއެވެ. އަދި ގޮސް ޒީޝްގެ ގާތުގައި ސޯފާގައި ޖައްސާލިތަނާ ކަމެއް މަތިން ހަނދާންވިއެވެ. “ހޫރީން… ފިލާވަޅު… އިޒްކާން…” ނީޝަލްއަށް ތިން ނަން ބޭރު ކޮށްލެވުނީ އެއްފަހަރާއެވެ. އޭރު އައިންއަށް ކާންދީ ނިމިގެން ޒިވީން ހުސް ތަށި ހިފައިގެން ބޭރަށް ނުކުންނަނީއެވެ. ފަހަތުން ޒުކާން ނުކުމެފައި ވެސް އަލުން އައިން ކައިރިއަށް ވަނެވެ. އައިން ބަލިކަމުން ކުޑަކުޑަ ޒުކާންވެސް އަބަދު އިންނަނީ އެ ކޮޓަރިއަށް ވަދެއެވެ. ވާނުވާ ރަނގަޅަށް ދޭހަ ނުވިޔަސް ޒުކާންގެ ޅަ ސިކުނޑިއަށްވެސް އައިން ބަލިކަން ނަގައިގަނެވެއެވެ. އެކޮޓަރީގައި އިންނައިރު ޒުކާން އޭނާގެ އަމިއްލަ ޅަ ބަހުރުވައިން އައިންއަށް އެތައް ވާހަކައެއް ކިޔައިދޭ ވާހަކަ ޒިވީން ބުނީ ހިނިއައިސްފައެވެ. އިރާދަކުރެއްވިއްޔާ ޒުކާން ބޮޑުވެގެން ވާނީ މީހުންގެ ހިތްތައް ދިޔާ ކޮށްލާހާ ލޯބި މައުސޫމު ކުއްޖަކަށް ކަމުގެ ނިޝާންތައް މިހާރުވެސް ފެންނަން ފަށައިފިއެވެ.

“ތިއްތާ ކޮލެޖް ފެށުނުފަހުން ދެ ހަފްތާ ވެއްޖެއެއްނު..؟ އަހަރެން މި އައީ ތިންވަނަ ހަފްތާއަށެއްނު..؟ މިސްވެފައި ހުރި ފިލާވަޅުތަކެއް ހަދަންވެގެން ފްރެންޑެއް އެ ކުއްޖާގެ ގެއަށް ދާން ދައުވަތުދީފި.. އޭނަ ހުރިހާ ފިލާވަޅެއް ދޭނަމޯ..” ނީޝަލް ޒިވީންގެ ގާތުގައި ނުގޮތަކަށް ހުއްދައަށް އެދުނެވެ. “އައްދޭ.. މިހާރު އެ ހޮޓް ފިރިހެން ކުއްޖާ ނީޝްއަށް ދައުވަތުވެސް އަރުވަން ފެށީތަ..؟” ދިމާކުރާ ކަހަލަ ރާގެއް ގައި ޒިވީން އެއްސެވެ. “ނޫނޭ ދެން ތިއްތަވެސްދޯ… އެއީ ހޫރީން… މައި ބެސްޓީ…” ނީޝަލް ބުނެލިއެވެ. “ދެން ޒެލީ އޯ..؟ ރޫ އޯ..؟” އަދިވެސް ޖޫސްތަށި ހުސްނުވެގެން އިން ނައިލް އެއްސެވެ. “ޒެލީ..؟ ރޫ..؟” ނީޝަލްއަށް އެހުނެވެ. އެވަގުތު އަނެއްކާވެސް ނީޝަލްގެ ބޮލުގައި ރިހެން ފެށިއެވެ. ދެލޯ މަރާލިވަގުތު ނީޝަލްއަށް ޒިވީން ނައިލްއާއި ދިމާލަށް ބަލާލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލި މަންޒަރު ނުސާފުކޮށް ނަމަވެސް ފެނުނެވެ. “ބޮލުގައި ރިއްސަނީތަ..؟” ޒިވީން ދެން ނީޝަލް އާއި ސުވާލު ކުރިއިރު އަޑުގައި ވީ ކަންބޮޑުވުން ނީޝަލްއަށްވެސް ފާހަގަވިއެވެ.

“ޒެލީ އާއި ރޫ އެއީ ކާކު..؟” ނީޝަލްއަށް އެހެން އަހާލެވުނީ ރިހުން މަޑުވުމުންނެވެ. ”އެއީ.. އަމްމް..” ނައިލްގެ މަޑު ނުވާ އަނގައިން ބަސް ހުސްވިހެން ހީވިއެވެ. “އެއީ..؟” ނީޝަލް އެއްސެވެ. “އެއީ.. އެއީ.. އަމްމް.. މަށަށް އެގާރަ އަހަރު އަދި ދޮންތައަށް ސާދަ އަހަރުގައި އަހަރެމެން ބެލީމެއްނު ފިލްމެއް..؟ އޭގައި އުޅޭނެ ޒެލީ އަކާއި ރޫ އެއް.. އެދެމީހުންގެ އެކުވެރިކަމަށް ބަލާފައި ދޮންތަ ބުނީ އެއީ ދޮންތަގެ ދެ ބެސްޓްފްރެންޑުންނޭ…” ލިބުނު ދެތިން ސިކުންތުގެ ތެރޭގައި ނައިލް ހަދާލި ދޮގު ވަރަށް މޮޅެވެ. ”އޯހް.. އެހެންދޯ މިވީ..” ނީޝަލް ހިނިތުންވެލި ނަމަވެސް ހިތުގައި ސުވާލުތަކެއް ފުނި ޖެހެމުން ދިޔައެވެ. ނައިލް އާއި ޒިވީން އޭނައަށް ކަމެއް ފޮރުވާހެންވެސް ހީވަނީ ކީއްވެގެންކަމެއް ނީޝަލްއަކަށް ނުވިސްނުނެވެ.

“މައްސަލައެއް ނެތް.. ކޮންއިރަކަށް އެގެއަށް ލައިދޭން ދާންވީ..؟” ޒިވީން އެއްސެވެ. “އިޒްކާން ބުނީ ރައިޑެއް ދީފާނަމޭ..” ނީޝަލް އެހެން ބުނެލުމުން ޒިވީން ލޯހަނިކޮށްލާފައި ޒާތަކަށް ހީނގަތެވެ. “އެ ހޮޓް ކުއްޖާއަށް ކިޔަނީ އިޒްކާން ދޯ..؟ މިހާރު ރައިޑްތަކަށް ވެސް ދާންފެށީ..؟ އެންމެ ދުވަހެއްގެ ތެރޭ..؟ ނީޝް ހަމަ ގަދައީ ދޯ ނައިލް..؟” ޒިވީން ހެމުން ހެމުން އެހެން ބުނެލިއިރު ނައިލްގެ މޫނު މަތިން ފޮރުވުމެއްނެތި ފާޅުވަމުން ދިޔައީ ފަކުރު ގަނެފައިވާ ކުލަވަރެކެވެ. ލޯބިވުމާއި ރައްޓެހިވުމަކީ ނައިލް އެންމެ ބިރުގަންނަ އެއްކަމެވެ. އަދި ވަކިން ޚާއްސަކޮށް އަންހެންކުދިންނަކީ ނައިލްގެ ނަޒަރުން އޭނާއަށް ފެންނަ އެންމެ ނުރައްކާތެރި ބަޔޭވެސް ބުނެވިދާނެއެވެ. ތިމާއަށް ލިބިފައިވވާ ރީތި ސިފައާއި ދޭތެރޭވެސް ނައިލް ބައެއް ފަހަރު ފޫހިވާގޮތްވެއެވެ. މަގުމަތިން ދާއިރު އަންހެން ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓޭލެއް ގިނަކަމުންނެވެ. އެހުރިހާ ކަމަކާއި ހުރެ ނައިލް ހުންނަނީ ސައުވީސް ގަޑިއިރުގެ ތެރެއިން ވިހިވަރަކަށް ގަޑިއިރު ވަންދެން ބޯ ގޮވާފައެވެ.

“ދެން ތިއްތާ..” ނީޝަލް ރަނގަޅަށް ރަކިކޮށްލެވިއްޖެކަން އެނގުމުން ވެސް ޒިވީންގެ ހިނިގަނޑު މަތަވާގޮތެއް ނުވިއެވެ. “އޯކޭ މިދަނީ ތައްޔާރު ވާން… އެ ދޭއް ޖަހަނީ..” ނީޝަލް އަވަހަށް އެތަނުން ސަލާމަތްވާން ބޭނުންކުރީ ތައްޔާރުވުމުގެ އުޒުރެވެ.

ކޮޓަރިއަށް ވަތްއިރު ޒީޝް އަދިވެސް އޮތީ ވެނީލާ އައިސްކްރީމް ކާށެވެ. ސީލިންގއަށް ބަލަން އޮތްއިރު ޒީޝްގެ ލޮލުގައި ވަނީ ހުސްކަމެވެ. “މަ ނޫޅެން ދެން ދުވަހަކުވެސް ފިރިހެނެއްގެ ކައިރިއަށް ދާކަށް.. ނައިލް އުޅޭހެން މަވެސް އުޅޭނީ… ނައިލް އަންހެނުންނަށް ފިލައިގެން އުޅޭގޮތަށް މަވެސް ދެން އުޅޭނީ ފިރިހެނުންނަށް ފިލައިގެން.. މީހަކު އެއްޗެކޭ ބުންޏަސް އެމީހެއްގެ ކޮލަށް ވަރަށް ރަނގަޅު ހަދިޔާއެއް ދޭނަން… ކައިރިއަށް އަންނަން އުޅެފިނަމަ ފްލޭޝްއަށްވުރެ ވެސް ބާރަށް ގޮސް ފިލާނަން.. ފަހަތުން އަންނަގޮތް ވެއްޖެނަމަ އެމީހަކު ވަޅުލާނަން…” ނީޝަލްއަށް އަޑުއިއްވަންވެގެން ޒީޝް ބުނެލިއެވެ. ނީޝަލް ނުހޭން މަސައްކަތް ކުރިނަމަވެސް ހެވިއްޖެއެވެ. “ޒީޝްކުޑާ އެންމެން އެއްގޮތެއް ނުވާނެ… އެވްރީވަން އިޒް ޑިފަރެންޓް.. އެންމެން ނޫޅޭނެ އެ ރައިހާންއެއް އުޅުނު ގޮތަކަށް..” ހުނުން ހުއްޓާލާފައި ނީޝަލް ބުނެލިއެވެ. “އައި ސްޓޫޑް ބައި ޔުއަރ ސައިޑް… އެންޑް އައި ޑިޑް ނޮޓް ވޯކް އަވޭ.. ޔޫ ޕުޝްޑް މީ އަވޭ..” ޒީޝް އިނގިރޭސި ކުއޯޓްއެއް ކިޔާލިއެވެ. ނީޝަލް ހެދުން ނަގަމުން ވެސް ޒީޝް އެ ބުނެލި ޖުމްލަ އާއި ދޭތެރޭ ވިސްނާލެވުނެވެ. މިއީ އޭނާ ތަންކޮޅެއް ކުރިން އަޑު އަހާފައިވާ ޖުމްލައެކޭވެސް ހީވިއެވެ. ނަމަވެސް އެއާއި ދޭތެރޭ މާބޮޑަށް ނުވިސްނާ ނީޝަލް ހެދުން ބަދަލު ކޮށްގެން ނުކުތެވެ.

ރަތްކުލައިގެ ބޮޅުތަކެއް ޖަހާފައިވާ ކްރީމް ކުލައިގެ ހެދުމާއި އައިސްބްލޫ ޖިންސް ލައިގެން ނީޝަލް އަވަހަށް ފުނާ އެޅިއެވެ. ފުނާ އަޅާފައި ނީޝަލް ސެންޓު ބުރުވާލާފައި އަވަހަށް ދަބަސް ނެގިއެވެ. އަދި ބޭނުންވާނެ ފޮތްތައް ހަމަ ކުރަން ފެށިއެވެ. އޭރު ޒީޝް ހުރީ ފޯނުން ރައިހާންގެ ފޮޓޯއަކަށް ބަލާށެވެ. “އިފް ޔޫ ޑިޑިންޓް ވޯންޓް މީ.. ވައި ޑިޑް ޔޫ ހޭވް ދަ ގަޓްސް ޓު ޕްލޭ ވިތް މައި ފީލިންގްސް..؟” ޒީޝް ފޮޓޯއިން ފެންނަން ހުރި ރައިހާން އާއި ދިމާލަށް ހަޅޭއްލަވައިގގަތެވެ. “ނަތިންގ ހާރޓްސް މޯރ ދެން ބީންގް ޑިސަޕޮއިންޓެޑް ބައި ދަ ވަން ޕާރސަން ހޫ ޔޫ ތޯޓް ވުޑް ނެވަރ ހާރޓް ޔޫ…” ޒީޝްގެ ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. އެ މަންޒަރު ފެނުމާއި އެކީގައި ނީޝަލްގެ ހިތަށް ތަދުވިއެވެ.

“ނިދަން ބޭނުން..” ޒީޝް ބޭނުންވީ އެކަނިވެލަންހެން ނީޝަލްއަށް ހީވިއެވެ. “މައްސަލައެއް ނެތް…” ނީޝަލް ނުކުތީ ޒީޝް އަތުން ޒީޝްގެ ފޯނު ނަގާ ފޮރުވާފައެވެ. ނީޝަލް ނުކުތްއިރު ޓެންގެ ގައިގައި ބައްދާލައިގެން ޒީޝް ފުން ނިންޖަކަށް ގެނބެން މަސައްކަތް ކުރާތަން ނީޝަލްއަށް ފެނުނެވެ.

ފައިވާން ނެގި ވަގުތު ކުއްލިއަކަށް ފޯނު ރިންގު ވުމުން ނީޝަލްއަށް ސިހިފައި ފްރެންޗް ބަހުން ދެތިން އެއްޗެކޭ ބުނެލެވުނެވެ. “ހެލޯ..” ނީޝަލް ބުނެލިއެވެ. “ޔުއަރ ރައިޑް އިޒް ހިއަރ..” އިޒްކާން އެހެން ބުނެލުމުން ނީޝަލް ހިންމިއަކަށް ހުޅުވާލާފައިވާ ކުޑަދޮރުން ބޭރު ބަލާލިއެވެ. އޭރު ސައިކަލު މަތީގައި ފޯނު ކަންފަތުގައި ޖައްސާލައިގެން އިން މީހާ ނީޝަލްގެ ލޮލުގައި އަޅައިގަތެވެ. އެންމެ ބަލާލުމަކުންވެސް އެއީ އިޒްކާންކަން އެނގެން ނީޝަލްއަށް ނެގީ ފަޅި ސިކުންތެކެވެ. ”މިދަނީއޭ…” ނީޝަލް އެހެން ބުނެފައި ފޯނު ދަބަހަށް ލާ ދަބަސް ކޮނޑުގައި އަޅުވާލައިގެން ނުކުތީ ލަސްނުކޮށް ގެއަށް އަންނާނެކަމުގެ ޔަގީންކަން ޒިވީންއަށް ދީފައެވެ. ނީޝަލް ދިޔުމުގެ ކުރިން ޒިވީން އާދައިގެ މަތިން ދޭ ނަސޭހަތުގެ ބަސްކޮޅު އަމުނާލިއެވެ. ޒިވީން ބުނި ކޮންމެކަމަކަށް ބޯ ޖަހަމުން ނީޝަލް ބޭރަށް ނުކުތެވެ.

ނީޝަލް ނައިސްގެން ސައިކަލުގައި މަޑުކޮއްގެން ހުރި އިޒްކާންގެ އިންތިޒާރަށް ނިމުމެއްއައީ ނީޝަލް ގޮވާލުމުންނެވެ. އިޒްކާން ލައިގެން ހުރީ ރަތާއި ކަޅުން ގޮޅިޖެހި ގަމީހަކާއި ކަޅު ޖިންސެކެވެ. އަލަށް ރީއްޗަށް ފުނާ އަޅާފައިވާ އިސްތަށިގަނޑުގައި މަޑު ވައިރޯޅިތައް ބީހިލުމުން ކޮންމެވެސް ވަރަކަށް ވިހުރިލައެވެ. އިޒްކާން އަޅައިގެން ހުރި ކަޅުކުލައިގެ އައިނުގެ ތެރެއިންވެސް އެ ތޫނު ދެލޯ އަމާޒުވެފައި ވަނީ އޭނާއަށް ކަން އެނގުމުން ނީޝަލްގެ އަތްފައި ފިނިވިއެވެ.

އިޒްކާން ހުރީ ކަޅިވެސްޖަހާނުލާ ނީޝަލް އާއި ދިމާލަށް ބަލާށެވެ. އެހެން ހުރުމުން ނީޝަލް އޭނާގެ އަމިއްލަ ނަފްސާއި ދިމާލަށް ބަލާލިއެވެ. “ކިހިނެތްވީ..؟ ހެދުން ވީދައިގެން ގޮސްފައި ހުރީތަ..؟ ނޫނީ މިހެދުން ރީތި ނޫނީތަ..؟ މިހެދުން ބަދަލު ކޮއްގެން އަންނަންވީތަ..؟” ނީޝަލް އަހާލިއެވެ. “ނޫން..” އިޒްކާންއަށް ބުނެވުނެވެ. އާޝޯހުވެފައިވާ ގޮތަކަށެވެ. “އޯ އިސްތަށިގަނޑު އައްސަންވީދޯ..؟ އޭރުވެސް މަ ތިއްތަބޭ ގާތުގައި ބުނީމޭ މީހުން ފްރީކްއައުޓް ވާނެޔޭ މިހާދިގު އިސްތަށިގަނޑެއް ފެނިއްޖެއްނަމަ..” ނީޝަލް ޕިސްޕިސް ކިޔަމުން ބުނެލިއެވެ. “ވާވް..!” އިޒްކާންއަށް ބުނެވުނެވެ. “ވަޓް..؟” ނީޝަލްއަށް އެހުނެވެ. ”ބުނަންތަ ކުޑަކުޑަ ވާހަކައެއް..؟ ސިއްރެއް އިނގޭ.. ބިޓްވީން އަސް..” އިޒްކާން ނީޝަލްގެ ކަންފަތާއި ދިމާލަށް ގުދުވެލިއެވެ. ޔޫ ލުކް ވެރީ ޕްރިޓީ.. އެއްވެސް އެއްޗެއް ބަދަލުކުރާނެ ކަމެއްނެތް.. އިސްތަށިގަނޑު އައްސައިފިއްޔާ ބުރި ކޮއްލާނަން..!” އިޒްކާން ނުގޮތަކަށް އެބުނީ އިސްތަށިގަނޑު ހުރިގޮތަށް ބަހައްޓާށޭ ކަން ނީޝަލްއަށް އެނގުނެވެ. އިޒްކާންގެ އަޑު އެހާ ގާތުން އިވުމުން ނީޝަލްގެ ގައިން ހީބިހި ހިލުވާލީ ނުވިސްނައި ހުއްޓައެވެ.

”ހޫމް އޯކޭ..” ނީޝަލް އެހެން ބުނެލާފައި ތުންއޫކޮއްލުމުން އިޒްކާންގެގާތަށް އައީ ލާނެތް ހިންޏެކެވެ. “ދެންވެސް އަރާ..” އިޒްކާން ސައިކަލު ސްޓާޓް ކޮއްލަމުން ބުނެލިއެވެ. ނީޝަލް މަޑުމަޑުން ގޮސް ސައިކަލުގެ ފަހަތަށް އެރިއެވެ. ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބަށެވެ. “ސާބަހޭ މަ ނޫޅެމޭ ކާލާކަށް..” އިޒްކާން ބުނެލިއެވެ. “އިނގެޔޭ ކާލަން ނުކެރޭނެކަން..” ނީޝަލްވެސް ރައްދު ދިނެވެ. އިޒްކާން ހޭން ފެށުމުން ނީޝަލްއަށްވެސް ހެވުނެވެ.

ހީކުރިވަރަށްވުރެ ބާރު ސްޕީޑެއްގައި އިޒްކާން ކުރިއަށް ދިޔައިރު ނީޝަލް އިނީ އިޒްކާންގެ ގަމީހުގައި ހިފާއްޓައިގެންނެވެ. “ބިރުގަންނަނީތަ..؟ ނޫނީ މަގޭ ގަމީސް ބާލާފައި ދޭންވީތަ..؟” އިޒްކާން އެއްސެވެ. “ނޫން.. މިހާ ބާރަށް ދުއްވާފައިދާ ސައިކަލެއްގެ ފަހަތަށް އެރުނީމި އަދި އަލަށް..” ނީޝަލް ބުނެލިއެވެ. “ރީއްޗަށް ހިފާއްޓައިގެން ހުންނާތި ބިރުގަންނަންޏާ.. އޭރުން ނުވެއްޓޭނެ….” އިޒްކާންގެ އެއަޅާލުމުން ނީޝަލްއަށް ހަމަޖެހުން ލިބުނެވެ.

“ހަމައަސްލުވެސް..؟ ހިފާއްޓާލީނުން އިޒްކާންގެ ގޮހޮރުވެސް ނުކުމެފާނެ..!” ނީޝަލް ސީރިއަސްކަމާ އެކީގައި އެހެން ބުނެލުމުން އިޒްކާން ހީގަތެވެ. “ތިފަދަ ކުޑަކުޑަ އަތަކުން މަގޭ ގޮހޮރު ނެރެލަން ތި މަސައްކަތް ކުރަނީ..؟” އިޒްކާން އެއްސެވެ. “ސާބަސް.. ދެންވެސް ދޭ.. މިހާރު ދެގަޑި ބައިވާން އެ އުޅެނީ..” ނީޝަލް ފޯނަށް ބަލާލަމުން ބުނެލިއެވެ. “އޯކޭ..” އިޒްކާން އެހެން ބުނެލުމުން އިޒްކާންގެ މެދުހަށީގައި މަޑުމަޑުން ނީޝަލް އަތް ވަށާލިއެވެ. އިޒްކާން ދުއްވާލި ވަގުތު ނީޝަލްއަށް ސައިކަލުގައި ހުންނަ ލޯގަނޑުކޮޅަށް ބަލާލެވުނަމަ އިޒްކާންގެ ހިނިތުންވުން ފެންނާނެއެވެ.

ހޫރީންމެންގެ ގޭ ޕާކިންޒޯންގައި ސައިކަލް ބަހައްޓާފައި އިޒްކާން އައެވެ. އޭރު ނީޝަލް ދޮރުމަތީގައި މަޑުކޮއްލައިގެން ހުއްޓެވެ. “ކީއްވެގެންތަ ނުވަދެ ތިހުންނަނީ..؟ ބުނީމެއްނު ވަންނައްޗޭ..؟؟” އިޒްކާން އަހާލިއެވެ. “އިޒްކާން އަންނަންދެން މިހުރީ.. އެހާވަރުން ރެޑީވެގެން ސައިކުގައި ލައިދޭން އައީމައި ދެން ރެސްޕެކްޓް ކުރަންވާނެއްނު.. އެހެންވެސް މިމަޑުކުރީ..” ނީޝަލް އޭނާ މަޑުކުރި ސަބަބުތައް ކިޔާލިއެވެ. ”އޯކޭ.. ހޫރީންގެ މަންމައާއި ބައްޕަ އިތުރު މީހަކަށް އުޅޭނީ އިނގޭ.. ހޫރީންމެންގެ މަންމަ ވެސް ވަރަށް ކައިންޑްވާނެ..” އިޒްކާން އެހެން ބުނެލުމުން ނީޝަލް ކުޑަކޮށް ފިނިވިއެވެ.

“ހާސްނުވޭ.. އަހަރެން މިހުރީނު..” އިޒްކާން ބުނެލިއެވެ. އެކަމުން ނީޝަލްއަށް ކުޑަ ލުޔެއް ލިބިގެން ދިޔައެވެ.

އިޒްކާން ބެލްއަށް ފިތާލުމުން ދޮރު ހުޅުވީ ހައިނާއެވެ. “އަނހަ.. އިޒްކާން.. ހާދަ ނުވަގުތެއްގައި..؟” ނީޝަލްއާއި ދިމާލަށް ބަލާލާފައި ހައިނާ އެއްސެވެ. “މިއައީ ހޯމްވޯކްތަކެއް ނިންމަންވެގެން.. މިއީ އާ ކުއްޖެއް.. ނީޝަލް.. ހޫރީންގެވެސް އެކުވެރިއެއް..” އިޒްކާން ނީޝަލް ތައާރަފްކޮއްދިނެވެ. “މަންމާ.. ނީޝަލްމެން އައީތަ..؟ އިޒްކާންވެސް އެބަހުރިތަ..؟” އެތެރޭން ހޫރީންގެ އަޑު އިވުނެވެ. ”އާނ.. އެބަ ހުރި..” ނީޝަލްގެ މޫނަށް ފުންނަޒަރެއް ހިންގާލަމުން ހައިނާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.
ހިނިތުންވެލާފައި ނީޝަލް އެތެރެއަށް ވަނުމުން އިޒްކާންވެސް ވަނެވެ. ހޫރީން ކޮޓަރިން ނުކުންނަންދެން ދެމީހުންވެސް މަޑުކޮއްލީ ސޯފާގައެވެ.

ހެދިކާ ހަދަންވެގެން ފިޔާ ކޮށަމުން ދިޔައިރުވެސް ހައިނާގެ ޚިޔާލުގައިވަނީ އެންމެ ކަމެކެވެ. ނީޝަލްގެ އެ ދެލޮލަކީ އޭނާ ކުރިން ދެކުނު ލޮލެއްހެން ހީވާތީއެވެ. ހައިނާ ހަނދާންވީ ކުރީގެ ދުވަސްވަރެވެ. ”އަވް.. އަވްލީން..!” ހައިނާގެ ސިކުނޑިއަށް އަވްލީންގެ ތަސްވީރު އެރިއެވެ. އަވްލީންގެ ދެލޮލުގެ ކުލަހުރި ކުއްޖެއް ފެނުމުން ހައިނާ ހައިރާންވިއެވެ. ”އަނެއްކާ ނީޝަލް އަކީ ކައިޔަންއާއި އަވްލީންގެ ދަރިފުޅުބާ..؟؟” ހައިނާއަށް ހިތާހިތުން އެހުނެވެ. ނަމަވެސް ކައިޔަން ނުވަތަ އަވްލީންގެ ފަރާތުން ނީޝަލް ރާއްޖޭގައި ހުރި ޚަބަރެއް ލިބިފައި ނުވާތީ ހައިނާއަށް އޮޅުންއެރިއެވެ. އެފަދަ ޚިޔާލުތަކެއް ތެރޭގައި ހައިނާއަށް ތަވާގެ ބަދަލުގައި ފިޔާތައް އަޅާލެވުނީ އަވަނަށް ލާން ތައްޔާރު ކޮށްފައިވާ ކޭކު ފުށްގަނޑުގެ ތެރެއަށެވެ. ކޭކު ފުށްގަނޑު އެއްލާލާފައި ހައިނާއަށް ޖެހުނީ އަލުން ފިޔާ ކޮށާށެވެ.

“ހާދަ ލަހަކުންނޭތި އައީ..!!” އައިގޮތަށް އައިސް ހޫރީން ކުރަންފެށީ ޝަކުވާއެވެ. “ދެން އަހަރެމެން އައިއިރު ހޫރު ކަމަނާއަށް ތައްޔާރު ވެވިފައެއް ނެތެއްނު..؟” ފެންތިކިތަޅަމުން ދިޔަ އިސްތަށިގަނޑަށް އިޝާރާތް ކޮއްލާފައި ހޫރީންއަށް އިޒްކާން ބުނެލިއެވެ. “މި ރެޑީވެ ނިމެނިއްޔޭ..” ތުންއަނބުރާލާފައި ހޫރީން އޭނައާއެކީގައި ކޮޓަރިއަށް އައުމަށް ބުނެލިއެވެ.

“ވެލްކަމް ޓު މައި ރޫމް..” ހޫރީން ބުނެލިއެވެ.

ކްރީމްކުލައިން ޒީނަތްވެފައިވާ ކޮޓަރިއެކެވެ. ފާރުންފެށިގެން ބާލީސްތަކަށް ލައްވާފައިވާ އުރަތަކަށް ދާން ދެން ވަނީ ކްރީމްކުލައިގައެވެ. “ހާދަހާ ކްރީމްވެގެން އުޅޭ ހޫރީންއެކޭ..” ކޮޓަރިއާއި ދިމާލަށް ބަލާލަމުން ނީޝަލް ބުނެލިއެވެ. “އިށީނދެބަލަ..” ނީޝަލް ކޮޅަށް ހުރުމުން ހޫރީން ނީޝަލްގެ ދެކޮނޑުގައި ހިފާ އެނދުގައި ބޭންދިއެވެ. އިޒްކާން އިށީނީ މިނީ ޗެއަރގައެވެ.

“އޭތް ހޫރުޕަރީ..! މަގޭ ޗާޖަރު ކޮބައިތަ..؟ މިރޭ މަ ބޭރަށް ދާން ވާއިރަށް ފޯނު ޗާޖްކުރަންވާނެ..” ކުއްލިއަކަށް ހިޔާން އެތެރެއަށް ވަނެވެ. “އޭ.. ކައެމެން ދެމީހުން ކޮންކަމެއްގައި..؟” ނީޝަލްއާއި އިޒްކާން އާއި ދިމާއަށް ބަލާލަމުން ހިޔާން އެއްސެވެ. “އަހަރެމެން މިއައީ ފިލާވަޅުތައް ހަދަން….” އިޒްކާން ބުނެލިއެވެ. “އައްދޭ..!! މާ ފިލާވަޅު ހަދާހިތުން މިއަދު ތިއުޅެނީ ކީއްވެގެން..؟” ހިޔާން އެއްސެވެ. “ނީޝަލްއަށް ކުރީ ހަފްތާތަކުގެ ފިލާވަޅުތައް ދޭންވެސްވާނެއްނު..؟” އިޒްކާން ބުނެލިއެވެ. “އާނ.. ތިހެންވީއިރު މަ މި އަންނަނީ އިނގޭ އެކްސްއެލް ގަނެގެން.. ނީޝަލް ކޯޗެއްތަ ބޮނީ..؟” ހިޔާން އެއްސެވެ. “ނޫނޭ… އަހަރެން އޯކޭ…” ނީޝަލް ބުނެލިއެވެ. “ލަދުންނުހުރެ ބުނޭ..” ހިޔާން އެދުނެވެ. “ނޫނޭ އައި ފުރަތަމަ ދުވަހު އެކްސްއެލް އަތުލާކަށް ނުވާނެއްނު..؟” ހީނލަމުން ނީޝަލް ބުނެލިއެވެ. ”ޔާން އާދޭ ފިހާރައަށް ދާން… އަހަރެން އަންނާނަން ނީޝަލްއަށް މީރުވާނެހެން ހީވާ އެއްޗެއް ގަނެގެން..” އިޒްކާން ގޮނޑިން ތެދުވަމުން ބުނެލިއެވެ.

ހިޔާން ލޯހަނިކޮއްލިއެވެ. “ސޮރީ ބަޑީ.. އިޒްކާން ކަލޭ މަގޭ ބެސްޓް ފްރެންޑަށްވިޔަސް މިއަންހެންކުއްޖާ ކަލެއަކަށް ނުލިބޭނެ..” ހިތާހިތުން އެހެން ބުނެލާފައި ހިޔާން ނީޝަލްއަށް ހީނލަމުން ނުކުތެވެ. އިޒްކާންގެ ފަސް ފަހަތުން ހިނގާލާފައި ހިޔާން ނުކުތްއިރު ތުނންފަތް މަތީގައި ވިހަ ހިނިތުންވުމެއް ކުޅެލާފައިވިއެވެ.

ނީޝަލްއާއި ހޫރީން މާގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އިޒްކާން އާއި ހިޔާން ވަދެއްޖެއެވެ. “މިއޮތީ.. މި އަނެއްކާ ކަމުދޭތަ..؟” ކޮތަޅުންނެގި އައިސްކްރީމް ސޯޑާ ދަޅު އިޒްކާން ނީޝަލްގެ އަތަށް ދިއްކޮއްލިއެވެ. “ވާވް.. އިޒްކާން މޮޅޭ.. ތީ ނީޝަލްގެ ފޭވަރިޓް ޑްރިންކް ކަން އެނގިގެންތަ ގަނެގެން ތިއައީ..؟ ނޫނީ ނީޝަލްގެ މައިންޑް ރީޑް ކޮއްފަތަ ތިދިޔައީ..؟” ހައިރާން ވެގެން ހޫރީންއަށް ބުނެވުނެވެ. “ދޮގުނުހަދާ.. ތި އެނގިގެންނެއްނޫން މިއައީ އައިސްކްރީމް ސޯޑާ ހިފައިގެން.. މިއީ ހަމަ ރެންޑޮމް ގެސްއެއް.. ބޭސްޑް އޮން މައި ގަޓް ފީލިންގްސް..” އިޒްކާންވެސް ހައިރާންވިއެވެ. އެދަޅު ގަނެގެން އެއައީ ނީޝަލްއަށް އެ ކަމުދާނެ ކަމަކަށެއް ނޫނެވެ. “އެހެންނޫނަސް ތޭންކްސް..” ނީޝަލް ދަޅުގައި ހިފަމުން ބުނެލިއެވެ. “މިހިރަ ޔާން އުޅުނީ ޔޯގަޓް ނަގަން ވެގެން.. ނަސީބެއްނު މި ހިފައިގެން އާދެވުނުކަން..” އިޒްކާން ބުނެލިއެވެ. “އަހް.. އައިމް އެލާރޖިކް ޓު ޔޯގަޓް..” ނީޝަލް ދަޅުން އެތިފޮދެއް ބޯލަމުން ބުނެލިއެވެ. ވަގުތުން ހިޔާންގެ އަނގަ ސަކަރާތްވިއެވެ. “ޓޯލްޑް ޔޫ.. ބުނީމެއްނު ނީޝަލްއަށް މި ނަގާށޭ..” އިޒްކާން އެހެން ބުނެލަމުން ނީޝަލްއާއި ދިމާލަށް ބަލާލިއެވެ. ނީޝަލްގެ ލޮލުގައިވަނީ ޝުކުރުވެރިކަމުގެ ކުލަވަރެވެ.

“ފަށަމާ..؟” ހޫރީން ބުނެލިއެވެ. ނީޝަލް ބޯޖަހާލަމުން ފޮތްތައް ނެގިއެވެ.

އެންމެންއެކީގައި ފިލާވަޅު ހަދަން ފެށިއެވެ. އެއެންމެންނަށް ހަވީރުގެ ސައިބޯން ގޮވަން އެތެރެއަށް ވަތް ހައިނާވެސް ހައިރާންވިއެވެ. ހިޔާން އެހާ ބަސްއަހައިގެން ފިލާވަޅު ހަދަން ހުރީމައެވެ. “މިނޫނީ ހިޔާން ބޭނުންވެގެން ފިލާވަޅު ހަދަން ހުއްޓަކާ ހައިނާއެއް ނުދެކެއެވެ. “މިރޭ މިޖެހުނީދެން ރަނާ އަށް ގުޅަން..” ހައިނާއަށް ހިތާއިހިތުން ބުނެވުނެވެ. ނީޝަލްއަށް ހިނިތުންވެލާފައި ހައިނާ ކޮޓަރިން ބޭރަށް ދިޔައެވެ. ކާމޭޒުދޮށުގައި އިށީނދެގެން އެންމެން ކަމުން ގެންދިޔައިރު ހަދާފައިވާ އެއްޗެއްސަށް އެންމެ ރީތި ފަށުވި ބަހުން ތައުރީފު ހައްގެވެ. ނީޝަލްއަށްވެސް ކުރިން ނުކެވޭވަރަށް ހެދިކާ ކެވުނެވެ. ކައި ނިމުމުން ނީޝަލް ތަށި ހިފައިގެން ދޮންނަން ސިންކް ކައިރިއަށް ޖެހިލިއެވެ. “ނޫން އަވް.. އަވްލީން.. މިބުނީ ނީޝަލް މަޑުކޮއްލާ ދައްތަ ތަށިދޮވެދޭނަން..” އަވަހަށް އެއްޗެކޭ ބުނަންވެގެން ހައިނާގެ ދުލުން އަވްލީންގެ ނަން ބޭރުވިއެވެ.

”ކީކޭ..؟؟” ނީޝަލްއަށް އެހުނެވެ. ކާމޭޒުދޮށުގައި އިން އިޒްކާންވެސް އެދިމާލަށް ބަލާލިއެވެ. “އެއްޗެއް ނޫން.. ދައްކާ ތަށި ދައްތަ އަތަށް..” ހައިނާ އަވަސްއަވަހަށް ބުނެލިއެވެ. ނީޝަލް ހައިރާންވެފައިހުރެ ތަށި ހައިނާއާއި ހަވާލު ކޮއްފައި އަތް ދޮވެގެން އެތެރެއަށް ވަންނަން ދިޔައެވެ. އިރުކޮޅަކުން އިޒްކާން އާއި ހޫރީންވެސް އައިސް ވަދެއްޖެއެވެ. “އަވްލީންއޭ…؟ އެއީ ކާކު..؟” ހޫރީން ފުރަތަމަވެސްކުރީ ސުވާލެކެވެ.

ރޫހާން އަލުން ނިދިފައި އޮތް އަންހެން ކުއްޖާގެ މޫނަށް ބަލާލާފައި އެ ކޮޓަރިން ނުކުތެވެ. ބެލްކަންޏަށް ނުކުމެ އުޑަށް ބަލާލިއިރު ރޫހާންގެ ފަން އިސްތަށިކޮޅު ވިހުރިގެން ދިޔައެވެ. “ނީޝް… އައި ސްޓޫޑް ބައި ޔުއަރ ސައިޑް… އެންޑް އައި ޑިޑް ނޮޓް ވޯކް އަވޭ.. ޔޫ ޕުޝްޑް މީ އަވޭ…” ރޫހާން އެ ޖުމްލަ ކިޔާލިއިރު އަޑުގައި ހުރި ވޭނީކަމުން އެކަނިވެސް މީހެއްގެ ހިތް ކުދިކުދި ކޮށްލަފާނެއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ރޫހާން ފޯނު ނެގިއެވެ. މާޔާގެ މެސެޖެއް ފެނުނީ މާ ފަހުންނެވެ. “އޭނަޔަށް ގުޅިޔަސް ހެޔޮ..” މާޔާގެ ކުރު މެސެޖް އިން ރޫހާން ހިނިތުންވެލިއެވެ. އެއީ އެ މެސެޖަކަށް އޭނާ އިންތިޒާރު ކުރި މެސެޖެވެ. މާޔާ ‘އޭނަ’ އޭ ބުނެފައި އިންގޮތުން އެކަނިވެސް މާޔާ ‘އޭނަ’ ގެ ނަން ގަންނަން ބޭނުންނުވާވަރު ހާމަ ކޮށްދިނެވެ. ކޮންޓެކްޓް ލިސްޓް ވަރަކަށް ހާވާލިފަހުން ރޫހާން ހޯދަން ބޭނުންވި ނަންބަރު ފެނުނެވެ. ‘ސައިކޯ-ޓްރިސްޓް އަވް އާންޓް’ ގެ ނަމުގައި ސޭވް ކޮށްފައިވާ ނަންބަރަށް ރޫހާން ގުޅާލީ ޚިޔާލެއް ފިކުރެއް ނެތިއެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

މަންޒިލް 22

Next

ދޫކޮށްނުލާނަމޭ ކަލާ – 8

Next
December 19, 2020

ދޫކޮށްނުލާނަމޭ ކަލާ – 8

Previews
December 19, 2020

މަންޒިލް 22

5 Comments!

  1. ?Ril? says:
    December 19, 2020 at 11:41 am

    Mi part vxxx vrh Sali ❤️❤️?
    Masha Allah ❤️❤️❤️
    Vrh majaa mi part vxxx hehehhee???????????
    Neeshal ge past eh ebaoi dhw so curious??
    Neesh ge past gaa kihineh vee baa???
    Hiyaan neeshal beynun vany dhw roohaan vxx aleyyyyyy ????????
    Izkaan aa enme guleny neeshal ❤️❤️❤️??
    Hainaa ah vxx eyy avleen ge Dari eh Kan ❤️❤️ingeyne dhw ❤️❤️❤️
    Btw waiting for the next part❤️❤️❤️
    Love u soo much yooon❤️❤️❤️❤️
    Stay safe and take care ❤️❤️❤️

    1. yooon says:
      December 19, 2020 at 1:30 pm

      Aww thank you so much Ril dear ?✨? Ahahaha glad you liked it 😀 Yepp Neeshal ge past eh eba oiyh dhw.. Lets see what happened in it…. alheii yesh both Hiyaan nd Roohaan also wants Neeshal dhww… Ahahaha We’ll see dhww kon kujjakah kn Neeshal libenee… ?✨? Ahahaha lets see dhw haina ah ingeii thw… Keep waiting insha allah day after tmrw part 8 with a new cover ?✨? Love u soo much more Ril dearr ?✨? Once again I am so so happy to see your comments as it motivates me so much ?✨? You stay safe too ril ? Take very good care dearlss ?✨?

  2. Xem says:
    December 19, 2020 at 5:17 pm

    Maasha allah just amazing as always <3 Waiting for the next part
    Love you so much yoon. ,<3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  3. s.n.o.w.f.l.a.k.e Maash says:
    December 19, 2020 at 9:09 pm

    Varah reethi Maasha Allah ???
    Comment nukurevunakas gavaidhun kiyan ??
    Take care yooon Lyssm ???

    1. yooon says:
      December 20, 2020 at 10:35 am

      Aww thank you so much Maash ?✨? I’m so happy to see you again 😀 It makes me rlly happy to knw that you have been reading kan… Love u more nd more dearlss ?✨? you take good care too Maash ?✨?

Comments are closed.


All Right Reserved!