
އެކުއްޖާ 2 – 8
“ނީޝް… އައި ސްޓޫޑް ބައި ޔުއަރ ސައިޑް… އެންޑް އައި ޑިޑް ނޮޓް ވޯކް އަވޭ.. ޔޫ ޕުޝްޑް މީ އަވޭ…” ރޫހާން އެ ޖުމްލަ ކިޔާލިއިރު އަޑުގައި ހުރި ވޭނީކަމުން އެކަނިވެސް މީހެއްގެ ހިތް ކުދިކުދި ކޮށްލަފާނެއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ރޫހާން ފޯނު ނެގިއެވެ. މާޔާގެ މެސެޖެއް ފެނުނީ މާ ފަހުންނެވެ. “އޭނަޔަށް ގުޅިޔަސް ހެޔޮ..” މާޔާގެ ކުރު މެސެޖް އިން ރޫހާން ހިނިތުންވެލިއެވެ. އެއީ އެ މެސެޖަކަށް އޭނާ އިންތިޒާރު ކުރި މެސެޖެވެ. މާޔާ ‘އޭނަ’ އޭ ބުނެފައި އިންގޮތުން އެކަނިވެސް މާޔާ ‘އޭނަ’ ގެ ނަން ގަންނަން ބޭނުންނުވާވަރު ހާމަ ކޮށްދިނެވެ. ކޮންޓެކްޓް ލިސްޓް ވަރަކަށް ހާވާލިފަހުން ރޫހާން ބޭނުންވި ނަންބަރު ފެނުނެވެ. ‘ސައިކޯ-ޓްރިސްޓް އަވް އާންޓް’ ގެ ނަމުގައި ސޭވް ކޮށްފައިވާ ނަންބަރަށް ރޫހާން ގުޅާލީ ޚިޔާލެއް ފިކުރެއް ނެތިއެވެ.
“އަވްލީން އަކީ ކާކުތަ..؟” ނީޝަލް ހުއްޓިގެން ހުރުމުން ހޫރީން އަނެއްކާވެސް އެއްސެވެ. “އެއީ މަގޭ މަންމަ…” ނީޝަލް ފުން ނޭވާއެއްލާފައި ބުނެލިއެވެ. “ވެއިޓް… ތިއީތަ އަވް އާންޓްގެ ދަރިފުޅަކީ..؟” ހޫރީން ޒާތަކަށް އަނގަ ހަދާލާފައި އެއްސެވެ. “ހޫރީންއަށް އަހަރެންގެ މަންމަ އިނގޭތަ..؟” ނީޝަލް އެއްސެވެ. “މަޑުކުރޭ… އަވްލީން ކިޔާ މީހެއްގެ ވާހަކަ މަންމަ ވަރަށް ގިނައިން ދައްކާނެ…” ހޫރީން އަލަމާރި ހުޅުވާލަމުން ބުނެލިއެވެ. “އަސްލުވެސް..” އިޒްކާން ވެސް އެވާހަކައިގައި ބައިވެރި ވެލިއެވެ. “މިއީތަ..؟” ހޫރީން އަލަމާރިއަކުން ފޮޓޯ އަލްބަމެއް ނަގާފައި އެ ހުޅުވާލަމުން އެއްސެވެ. “އޯ މައި ގޯޑް ޔެސް ހޫރީން.. ދެޓް ހޭޒް ޓޫ ބީ މައި މޯމް..” ފޮޓޯއިން ފެންނަމުން ދިޔަ އަވްލީންއަށް ބަލާލާފައި ނީޝަލްއަށް ބުނެލެވުނެވެ. އިޒްކާން ވެސް ބޯ އަރިކޮށްލާފައި އެ ފޮޓޯއަށް ބަލާލިއެވެ. ފެންނަމުން ދިޔަ އަވްލީންގެ ޒުވާން އިރުގެ ފޮޓޯއަށް ބަލަން އިޒްކާންއަށް ވެސް ހުރެވުނެވެ.
ފޮޓޯއިން ފެންނަމުން ދިޔަ އަވްލީންއަށް ބަލާލާފައި އިޒްކާން ނީޝަލް އާއި ދިމާލަށް ބަލާލިއެވެ. “ޔަގީންދޯ މިއީ އެކަކު ނޫންކަން..؟” އަވްލީން އާއި ނީޝަލް ވައްތަރުކަމުން އިޒްކާންއަށްވެސް އެހުނީ ޔަގީން ކުރުމުގެ ގޮތުންނެވެ. “ނޫން.. އަހަރެން މީ ނީޝަލް އަދި ތިއީ އަހަރެންގެ މަންމަ އަވްލީން..” ނީޝަލް ބުނެލިއެވެ. “އަހަރެންގެ މަންމަ އާއި ހޫރީންގެ މަންމައާއި އަނެއްކާ ކުރިން އެއީ އެކުވެރިންތަ..؟” ނީޝަލް އެއްސެވެ. “އާނ.. މަންމަ ވަރަށް ދައްކާނެ އަވްލީން ދައްތަ އާއި މަންމަގެ ވާހަކަ.. ދެމީހުން ވެސް ދިމާވީ ސްކޫލުގައި މަސައްކަތް ކުރަން އުޅެނިކޮށޭ މަގޭ މަންމަ ކިޔައިދިނީ..” ހޫރީން ބުނެލިއެވެ. “ދައްކަބަލަ ތި ފޮޓޯ.. މަ ބޭނުން ފޮޓޯއެއް ނަގާފަ މަންމައަށް ދައްކަން..” ނީޝަލް ފޯނު ނަގަމުން ބުނެލިއެވެ. ހޫރީން އެފޮޓޯ ދިނުމުން ނީޝަލް އޭގެ ފޮޓޯއެއް ނެގިއެވެ. “އަދި ހުންނާނެ އިތުރު ފޮޓޯ… އެކަމް ދެން އެ ފޮޓޯތައް އެހެން ދުވަހަކުންދޯ ބަލާނީ..؟” ހޫރީން އަލްބަމް އަލަމާރިއަށް ލަމުން ބުނެލިއެވެ. “ޔެޕް..” ނީޝަލް ގޮސް ހޫރީންގެ މޭޒުދޮށުގައި އިން ގޮނޑި ކައިރި ކޮށްލާފައި އިށީނީ ބާކީ އޮތް ދެ ސުވާލު ލިޔަން ވެގެންނެވެ.
އިޒްކާން މޭޒުގައި އަތް އަޅުވާލައިގެން އިނެވެ. ނީޝަލް ފިލާވަޅު ހަދާ މަންޒަރަކީ އިޒްކާންގެ ހިތުން މީހުން ނުބެލިގެން މަރު ދޭ ފިލްމަކަށްވުރެ ވެސް މާ ހިތްގައިމު މަންޒަރެކެވެ. “ނިމިއްޖެ..” އަވަހަށް ދެ ސުވާލު ލިޔެލާފައި ނީޝަލް ދަބަހަށް ގެނައި ފޮތްތައް އަޅަންފެށިއެވެ. “ދަނީއޭ…” ނީޝަލް ކޮނޑުގައި ދަބަސް އަޅުވާލާފައި އެހެން ބުނުމުން ހޫރީން އާއި އިޒްކާން ވެސް ނީޝަލްގެ މޫނަށް ބަލާލީ ފާޑަކަށެވެ. އެދެމީހުން ހުރިގޮތުން ނީޝަލްއަށް އެއްބުމަ އަރުވާލެވުނެވެ. “ކިހިނެތްވީތަ..؟” ނީޝަލްއަށް އެހުނެވެ.
ޑިއުޓީ ނިންމާލާފައި ހޮސްޕިޓަލުން ނުކުތް އަވްލީންއަށް ހޮސްޕިޓަލް ކައިރީގައި މަޑުކޮށްލައިގެން އޮތް ކާރު ފެނުނެވެ. ފުޅާ ހިނިތުންވުމަކާއި އެކީގައި އަވްލީން ގޮސް ކާރަށް އެރިއެވެ. އޭރު ކައިޔަން ވެސް ހުރީ ހީނލައިގެންނެވެ. އަވްލީން އެރިހާ އަވަހަކަށް ކައިޔަން ކާރު ދުއްވާލިއެވެ. “ކޮބާ.. ހައު ވޯޒް ޔުއަރ ޑޭ…؟” ކައިޔަން އެއްސެވެ. “ރަނގަޅު ހަމަ.. އިނގޭތަ މިއަދު ދިމާވި ހަމަ އޭނަ ކަހަލަ ޕޭޝަންޓް އަކާއި..” އަވްލީން ބުނެލިއެވެ. “އޭނަ..؟ އޭނަ ކާކު..؟” ކައިޔަން އެއްސެވެ. “މާޔާ….” އަވްލީންގެ ދުލުން ބޭރުވި ނަމުގެ ސަބަބުން ކައިޔަންއަށް ބުރަކި ޖައްސާލެވުނީ ކުއްލިއަކަށެވެ. އެކާރު ފަހަތުން އައި ކާރު އެ ކާރުގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ. “އަވް ކީކޭ ތި ކިޔަނީ..؟” ކައިޔަންއަށް އެހުނެވެ. “ހަމަ މާޔާ ކަހަލަ ޕޭޝަންޓް އަކާއި ދިމާވިއޭ މިއަދު..” އަވްލީން ބުނެލިއެވެ. ”ސެވަން މަންތްސް ޕްރެގްނެންޓް އެކަމަކު ހަރ ހަސްބެންޑް ޑިވޯރސްޑް ހާރ.. އަހަރެމެންނާއި މާޔާ އާއި ވެސް ދިމާވީ ހަމަ މާޔާ ސެވަން މަންތްސް ޕްރެގްނެންޓްވެފައި ހުއްޓާ ހހަސްބެންޑް އޭނަ ޑިވޯރސް ކޮށްގެން ހުއްޓާއެއްނޫންތަ..؟” އަވްލީން ބުނެލިއެވެ. ކައިޔަންއަށް ކުރީގެ ހަނދާންތަކުގެ ތެރެއަށް ފީނައިގަނެވެން އުޅުނެވެ. ނަމަވެސް ކައިޔަން ކާރު މަޑު ކޮށްގެން ހުރުމުން ކުރިއަށް ނުދެވިގެން ބަރުގޮނު އަޅަން ފެށި ކާރުގެ ސަބަބުން ކައިޔަންއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ނަމަވެސް ކައިޔަންއަށް އެ ކާރަށް ހިތާހިތުން ޝުކުރު އަދާކުރެވުނެވެ. ކުރީގެ ހިތި ހަނދާންތަކުގެ ތެރެއަށް ފީނައިގަންނަން އުޅެނިކޮށް އޭނާ ހުއްޓުވީ އެ ކާރުގެ ބަރުގޮނު ކަމަށްވާތީއެވެ. ކައިޔަން ކާރު ދުއްވާލިއެވެ.
“ދެން އެ އަންހެން މީހާއަށް ޓްރީޓްމެންޓް ދޭން ފެށީތަ..؟” ކައިޔަން އެއްސެވެ. “އާނ.. ދެތިން ބޭހެއް ވެސް ލިޔެދިނިން.. އަވްއަށް ހީވަނީ އެ ހާލުގައި ހުއްޓާ އޭނަ ޑިވޯރސްވީމައި ލިބުނު ޝޮކްގެ ސަބަބުން ޑިޕްރެޝަން އާއި ފައިޓް ކުރަނީހެން..” އަވްލީން ބުނެލިއެވެ. “އެހެންދޯ..” ކައިޔަން ބެލީ ވީހާވެސް އެ މައުޟޫ ކުރިއަށް ނުގެންދެވޭތޯއެވެ. އެހެންކަމުން ކައިޔަން އަވްލީންއަށް ކުދިކުދި ސަމާސާތައް ކޮށްލަކޮށްލާ އުޅުނެވެ. އަވްލީންގެ އަތުގެ އިނގިއްޔެއްގައި ހިފާލަފާނެއެވެ. ނޫނީ ކޮލަށް ބޮސްދީފާނެއެވެ. އަވްލީން އިނީ ހިނިއައިސްފައެވެ. އެކުގައި ކިތަންމެ އަހަރެއް އުޅުނުކަމުގައި ވިޔަސް ކައިޔަންއަށް ކުޑަވެސް ބަދަލެއް ނާންނާތީއެވެ. އަދިވެސް އެހާ ރީއްޗެވެ. އެހާ ސަމާސާ ގޮތް ބޮޑެވެ. އަވްލީން އާއި ކައިޔަން މިހާރު ވިހި ވަރަކަށް އަހަރުގެ ދެ ޒުވާނުންނަށްވެސް ދޫނުކުރާނެކަން ގައިމެވެ. ކައިޔަންގެ ސަމާސާތަކަށް ހުއްޓުމެއް އައީ އަވްލީންގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އަވްލީން ފޯނު ނެގިއެވެ. ނަމަވެސް ނުދަންނަ ނަންބަރަކަށް ވުމުން އަވްލީން ފޯނު ނަގާކަށް ޚިޔާލެއް ނުކުރިއެވެ. ފޯނު ހުޅުވާލިތަނާހެން އެ ނަންބަރުން އައިސްފައިވާ މިސްޑް ކޯލްތައް ފެނުމުން އަވްލީން ހާސްވިއެވެ. އަވްލީންގެ ހިނިތުންވުން ނުފިލާ މޫނުމަތިން ހާސްކަން ފެނުމުން ކައިޔަންވެސް ބަލާލިއެވެ.
“ކޮންމެވެސް މީހެއް.. ގުޅަންވީ ކަންނޭނގެދޯ..؟ ވަރަށް ބައިވަރު މިސްޑް ކޯލްތައް ދީފައި އެބަހުރި..” އަވްލީން އެކަން ކުރުމުގެ ކުރިން ކައިޔަންގެ ލަފާ ހޯދިއެވެ. އެފަދަ ކުޑަކުޑަ ކަންކަމުގައި އަވްލީން ވެސް ކައިޔަންވެސް އެކަކު އަނެކަކުގެ ލަފާ ހޯދައެވެ. އެދެމެދުގައިވާ ގުޅުން އެހާ ވަރުގަދަ ކޮށްދީފައިވާ މައިގަނޑު އެއް ތަނބަކީވެސް އެކަމެވެ. “ވެދާނެ އަވް ދަންނަ މީހަކަށްވެސް… އެކަމަކު އެ ނަންބަރު ސޭވް ނުކޮށް ހުރީ ކަމަށްވެސް ވެދާނެއެއްނު..؟” ކައިޔަން އެހެން ބުނެލުމުން އެބުނީ ގުޅާށޭކަން އަވްލީންއަށް އެނގުނެވެ. “އަދި މިއީ ރާއްޖެ ނަންބަރެއް…” އަވްލީން ބުނެލިއެވެ. “އޯހް.. ވެދާނެއްނު ރަށުގައި އުޅޭ އެކުވެރިއެއް ކަމަށްވެސް… ރަށަށް ދާހިތްވެއްޖެ މަ ވެސް.. އެކަމަކު މި ކޮމްޕެނީ އަކާއ ހެދި ނެތް ދެވޭކަށް..” ކައިޔަން އެހެން ބުނެލާފައި ތުން އަނބުރާލިގޮތުން އަވްލީންގެ ގާތަށް ހިނިއައެވެ. ކައިޔަންގެ ބޮޑާހޭކުމަށްވެސް ބަދަލެއް ނާދެއެވެ. އެ ނަންބަރަށް ގުޅާލަމުން އަވްލީން ސީޓުގައި ލެނގިލީ އެ ނަންބަރުގެ ވެރިޔަކީ ކާކުކަން ހޯދުމަށްޓަކަށް ހިތުގައި އޮތް ޝައުގުވެރިކަމުގެ ބޮޑުކަމުންނެވެ. އަވްލީން ގުޅިތަނާ އެކޮޅުން ލަހެއް ފަހެއް ނުވަނީސް ފޯނު ނަގައިފިއެވެ. “ހަލޯ..؟” އެކޮޅުން އަޑެއް ބަޑެއް ނީވުމުން އަވްލީން އެންމެފަހުން ގޮވާލިއެވެ.
“އަމްމް..” އޭނާގެ މޫނަށް މާ ފާޑަކަށް ހޫރީން އާއި އިޒްކާން ބަލާވަރުން ނީޝަލްއަށް އެންމެފަހުން ބުނެވުނެވެ. “އަހަރެމެން އެންމެން އެއްކޮށް ހަވީރު ހިނގާލަންދާ ވާހަކައެއް ނުބުނެވޭތަ..؟” ހޫރީން އެއްސެވެ. “އެކަމަކު… ދިސް އިޒް މައި ފަސްޓް ޑޭ… ފުރަތަމަ ދުވަހު މިހުރިހާ ކަމެއް ހިނގާތީ ކުޑަކޮށް އޯކްވާރޑް…” މޫނުމަތީގައި އަތް އަޅާލަމުން ނީޝަލް ބުނެލިއެވެ. “”ސާބަހޭ… މިއީ ފްރާންސްއެއް ނޫނޭ.. މިއީ ރާއްޖެ.. ދިވެހިރާއްޖެ.. ދެ ގައުމު އޮފްކޯޒް ވަރަށް ތަފާތުވާނެދޯ..” ހޫރީން ބުނެލިއެވެ. “ދަމާ..؟” އިޒްކާން ބުނެލިއެވެ. “މަނިކުފާނު އިހަށް މަޑުކޮއްބަލަ..!” ހޫރީން ބުނެލިއެވެ. “ހޫރު ކިހިނެތްވީ..؟” ކައި ނިންމާލައިގެން އެތެރެއަށް ވަތް ހިޔާން އެހެން ބުނެލުމުން ހޫރީން ހިޔާންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. “އައްދިއްޔޯއި…” ހިޔާން ކޮނޑުގައި ފިރުމަމުން ހޫރީންގެ މޫނަށް ލޯ އަޅާލިއެވެ. ”ހޫރުއޭކިޔާ މަށަށް ގޮވައިފިއްޔާ ދެން ނިމުނީ..!” ހޫރީން ބޮޑު އިންޒާރެއް ދިނެވެ. “އާނ އެންމެ ރަނގަޅު.. ހޫރީން ކިހިނެތް ވީތަ..؟” ދެބެންގެ ކޯޅުން ހުއްޓުވާމުން އިޒްކާން އެއްސެވެ “އޭ މަ މިހުރީ ރެޑީވެގެންނެއް ނޫނޭ..” ހޫރީން ބުނެލިއެވެ.
“ސާބަސް.. މީހަކު ކަމަނާފާނަށް ގަޑި ކިޔައިގެންދޯ ތި އުޅެނީ..؟” އިޒްކާން އެއްސެވެ. ހޫރީން ރަކި ހިނިގަނޑެއް ޖަހާލާފައި ދުރު ބަލަން ފެށުމުން ނީޝަލްއަށް ހެވުނެވެ. “އާނ.. އެއްކަލަ ފައިލަމް..” ހޫރީންގެ ދުލުން ފައިލަމްގެ ނަން ބޭރުވި އަޑު އިވުމުން އިޒްކާންގެ އިތުރުން ހިޔާންވެސް ދިޔައީ އެއްލިގެންނެވެ. އިޒްކާންއަށް ހޫރީން އާއި ގާތަށް ޖެހިލެވުނުއިރު ހިޔާން ހޫރީންގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަނީއެވެ. “އޭތް ބަލަ ހޫރީން.. އެއީ ކިހާވަރެއްގެ ކާކުކަން އިނގޭތަ..؟ ފައްކާ ތާކުހުރި ޕްލޭބޯއީއެއް… މިހާރުވެސް އޭނަގެ ހުރޭ ދިހަވަރަކަށް ގަރލްފްރެންޑުން..” ހިޔާން ބުނެލިއެވެ.
އަންހެން ކުދިންނަށް ހިތުހުރިހާ ގޮތެއް ހަދާފައި އުޅުނެއްކަމަކު ހިޔާން ހޫރީންދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. ލޯބިވާ ކޮއްކޮއަށްވުމުން ހިޔާން ހޫރީންގެ އެފަދަ ކަންކަން ނަގަނީ ނުހަނު ސީރިއަސްކޮށެވެ. “ކަލޭމެން ހާދަހާ މޮޔައޭ..” ހޫރީން ލޯ ބޮޑުކޮއްލާފައި އެހެން ބުނެލުމުން އިޒްކާންއަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލެވުނެވެ. “ކީކޭ..؟” ހޫރީން ތެޅުވުން ހުއްޓާލާފައި ހިޔާން އެއްސެވެ. “ހީވޭތަ ހޮޓްވިޔަސް ފައިލަމްއާއެކީ މަ އުޅޭނެހެން..؟ މައި ގޯޑް ދޮންބޭ އަދި އިޒްކާން… މަ މިދަނީ ނަވީންއާއި ބައްދަލު ކުރަން ވެގެންނޭ…” ހޫރީން މަޖާވެހުރެ ބުނެލިއެވެ. ދެބެންނަށްވުމުން ހިޔާންގެ ލާނެތްކަން ހޫރީންއަށް ވެސް ލިބިފައިވެއެވެ.
“ބުނަން.. ތިބުނާ ނަވީންއެއް ހޫރީންދެކެ ތެދުވެރި ލޯބިވަންޏާ ކޮންމެސިފައެއްގައި ހުއްޓަކަސް އޭނަ ހޫރީން ދެކެ ލޯބިވާނެ…” ނީޝަލް ބުނެލިއެވެ. އިންޓަރނެޓް އިން ފެންނަ މައުލޫމާތަށް ބިނާކޮށް އޭނާއަށް އެނގިފައިވާ ކަންކަމަށް އަލިއަޅުވާލަމުންނެވެ. “އަސްލުތަ..؟ މިސާލަކަށް އޭނަ ބްރޭކް އަޕްއެއް ބޭނުން ވިއްޔޯ..؟” ހޫރީން އެއްސެވެ. ”އެކަމާއި ހުރެވިއްޔާ އެއީ ހަމަ އަންހެން ކުއްޖެއްދެކެ ލޯބިނުވެވޭ ކަހަލަ މޮޔައެއް…” ނީޝަލް ބުނެލި ޖުމްލައިން ހިޔާންއަށް އެދިމާލަށް ބަލާލެވުނެވެ. ހީވަނީ ނީޝަލް އެޖުމްލަ އެ ބުނެލީ ކޮއްލީ އޭނައާއި އަމާޒުކޮއްފައި ހެންނެވެ.
”އޯކޭ..” ހޫރީން ކުޑަކޮށް އިސްތަށިގަނޑު އޮމާންކޮއްލަމުން ނުކުތެވެ. ޖެހިލުންވެފައި ހުރެއެވެ. ލައިގެން ހުރި ކްރީމް ކުލައިގެ ޓީޝާޓަށް އިރުއިރުކޮޅާ ދަމާލާ ރީތި ކުރަމުން ހޫރީން ބޭރަށް ނުކުތީ ހައިނާއަށް އަންގާލާފައެވެ. ހައިނާ ހުއްދަ ދިނީ ހިޔާން އާއި އިޒްކާންވެސް ހޫރީން އާއި އެކީގައި ދާތީއެވެ. ހިޔާން ހޫރީންއަށް ވަރަށް ރަނގަޅަށް ބަލާނެކަން ހައިނާއަށް އިނގެއެވެ. ވައްތަރު ވައްތަރަށް އުޅުނެއްކަމަކު ހިޔާން ހޫރީންދެކެ ލޯބިވާ މިންވަރު ހައިނާއަށް އޮޅިފައެއް ނެތެވެ. އިޒްކާން އާއި ނީޝަލް ހައިނާގެ ގާތުގައި ދަނީއޭ ބުނެފައި ނުކުންނަން ހިނގައިގަތެވެ. ހައިނާ ސިއްރުސިއްރުން ފައިވާނަށް އަރަންހުރި ނީޝަލްގެ ފޮޓޯއެއް ނެގިއެވެ. ހިޔާންވެސް ބޭރަށް ނުކުތެވެ. “އަރާ..” ސައިކަލަށް އަރާފައި އިޒްކާން ނީޝަލްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދެން އެކަމަކު…” ނީޝަލް އެހެން ބުނެ ނުނިމެނީސް އިޒްކާން ނީޝަލްގެ އަތުގައި ހިފާ އޭނާގެ ފަހަތަށް އެރުވިއެވެ. “އިންސާނީ ފްރިޖެއް ނޫންބާ މިއީ..؟” ނީޝަލްގެ އަތް ފިނިކަމުން އިޒްކާންއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
ހޫރީން ހިޔާންގެ ފަހަތަށް އެރުމުން އިޒްކާން ސައިކަލު ދުއްވާލިއެވެ. އެރަށު ބީޗަށް ދިޔުމަށެވެ.
މިފަހަރުވެސް އިޒްކާން ސައިކަލް ޕާކުކޮއްފައި އޭނާ ކައިރިއަށް އަންނަން ދެން ނީޝަލް ހުއްޓެވެ. “ސާބަހޭ.. ހޫރީންމެންނާއި އެކީގައި ދިޔަ ނަމަ.. އެކަމު ތެންކިއު މަޑުކުރީތީ..” އިޒްކާން އެހެން ބުނެލިއިރު ހިތުގައި ވަނީ އުފާވެރިކަމެވެ. “ވެލްކަމް.. އިޒްކާން ތިއީ މިކޮޅަށް އައިފަހުން އަދި ދިމާވި އެންމެ ސްވީޓް ކުއްޖަކީ.. ދެ ރައިޑް ދީފައި ޑްރިންކް ގަނެދީފައި.. އޯ މައި ގޯޑް.. ޔޫ އާރ ސޯ ކައިންޑް..” ނީޝަލްއަށް ހިނިތުންވެފައި އިޒްކާންގެ ގާތުގައި ބުނެލިއެވެ. “ދެޓްސް ހައު އައި ވޯޒް ބޯރން…” އިޒްކާން ބުނެލިއެވެ. އެއްލޯ މަރާލާފައި ފޮނި ކަނޑާލަމުންނެވެ. “ލޮލް އެހެންދޯ މިވީ..” ނީޝަލްއަށް އިޒްކާން މާނަކުރި ޖުމްލަ ނަގައިގަނެވުމުން ހިނިއައެވެ. ”އާދޭ..” އިޒްކާން ހަނާއަޅާލިއެވެ. ނީޝަލް އަވަސްއަވަހަށް ހިނގައިގަތް އިޒްކާންއާއި އަރާ ހަމަކުރިއެވެ.
ދެމީހުން އެކިއެކި ވާހަކަތަކުގައި ކުރިއަށް ދިޔައިރު އެދެމީހުންނަށް ބަލާލާ ގިނަ މީހުންގެ ހިތަށް ފުރަތަމަވެސް އަރާނެ ބަހަކީ ‘މާޝާ ﷲ’ އެވެ. ފެންނަފެނުމަށް ނީޝަލް އާއި އިޒްކާންގެ މެދުގައި ވަނީ ހަމައެކަނި އެކުވެރިކަމޭ ބުނާނީ ވަރަށް މަދު ބައެކެވެ. އެހާވެސް އެދެމީހުން ދެ ލޯބިވެރިންނާއި ވައްތަރެވެ. ވަކި ހިސާބަކަށް ހިނގާލާފައި ވަރުބަލިވެގެން ނީޝަލް ދޮންވެލިގަނޑުގެ މަތީގައި އިށީނެވެ. އިޒްކާންވެސް ގޮސް އިށީނީ ނީޝަލް އާއި ކައިރީގައެވެ. ނަމަވެސް ޖެހިފިތިގެން އިންނަހާ ކައިރީގައެއް ނޫނެވެ. ނީޝަލް އިށީނދެގެން އިން ގޮތުން އިސްތަށިގަނޑު އޮތީ ބީޗްގެ ދޮންވެލިގަނޑުގައި ފެތުރިފައި ކަހަލަ ގޮތަކަށެވެ. ނީޝަލް އެހެން އިންއިރު އެކިއެކި ފިރިހެންކުދިން ސިއްރުން ނީޝަލްގެ ފޮޓޯތައް ނަގަމުން ގެންދިޔައެވެ. އިޒްކާންއަށް މިކަން ފާހަގަވުމުން ހިތަށް އުނދަގޫވިއެވެ. ދާގޮތަށް ގޮސް އެއިން މީހެއްގެ ފޯނު މޫދަށް އެއްލާލަފާނަމޭވެސް އިޒްކާންގެ ހިތަށްއެރިއެވެ. “އޭ ނީޝަލް..” އިޒްކާން ގޮވާލުމުން ނީޝަލް ތެދުވިއެވެ. ފެނުނު ދެތިން ބޮލި އަތަށް ލައިގެން ނީޝަލް ހުރިއިރު ހީވަނީ އެއީ އަލަށް ފެނުނު އެއްޗެއް ހެންނެވެ. “އާދެބަލަ މަށާއެކީ ހިނގާލަންދާން..” އިޒްކާން އެދުނެވެ. ކުޑަކޮށް ފަސްޖެހިފައިވެސް ނީޝަލް އިޒްކާންއާއި އެކީގައި ހިނގައިގަތީ އިޒްކާންގެ ހިތްހެޔޮކަން ހިތަށް ވެރިވުމުންނެވެ. އޭރު ދުރުގައި ހޫރީން ކުރިން ބުނި ނަވީންއަކާއި ވަރަށް ހެވިފައިހުރެ ވާހަކަދައްކަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި މޫދާއިވީ ދިމާލުގައި ހުރި ފާރުކޮޅެއްގެ މަތީގައި ހިޔާން ހުއްޓެވެ. ފައިލަމާއި އައިހަމް އާއއި އެކީގައެވެ. އެ ތިން މީހުންވެސް ހުރީ އާހިލް ނައިސް ލަސްވެގެންނެވެ.
“އޭ.. އިޒްކާން.. ކަލޭ މިރޭ އަންނާނަންތަ..؟” ކުއްލިއަކަށް އާހިލްގެ އަޑުއިވުމުން އިޒްކާންއަށް ފަހަތް ބަލާލެވުނެވެ. “އައްދޭ…” އެއްފަހަރު ނީޝަލްއާއި ދިމާލަށް ބަލާލާފައި އަނެއް ފަހަރު އިޒްކާންއާއި ދިމާލަށް ބަލާލާފައި އާހިލް އެއްލޯ މަރާލިއެވެ. އާހިލްގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދެމިލާފައިވާ ލާނެތް ހިނިތުންވުމަށް ބަލާލާފައި އިޒްކާން ކަޅި އަޅާލިއެވެ. “ކައެ..!” އިޒްކާން ޝަހާދަތް އިނގިލި ތުންފަތްމަތީގައި ޖައްސާލަމުން ބުނެލިއެވެ. “އައްދޭ…” އާހިލް އެއްލޯ މަރާވަރުން ނީޝަލް ހުރީ ކުޑަކޮށް ލަދުގަނެފައެވެ. އާހިލް އެއީ ކާކުކަން ނޭނގުނަސް އާހިލް ވިސްނަމުން ގެންދިޔަގޮތް ނީޝަލްއަށް ފަހުމުވުމުންނެވެ. “އޭތް… ކަލޭ ނައްޓާލާ ހިޔާންގެ ގާތަށް.. ފައިލަމް އާއި އައިހަމްވެސް އެބަހުރި ކަލޭ ނައިސް ލަސްވެގެން ފޫހިވެފައި..” ހިޔާންމެން ހުރި ދިމާލަށް އިޝާރާތްކޮއްފައި އިޒްކާން ބުނެލިއެވެ. “އާނ އޯކޭ މަ މިދަނީ.. އެންޖޯއި..” އާހިލް ހިނިގަނޑެއް ޖަހާލާފައި އެއްލޯމަރާލާފައި ހިޔާންމެން ހުރި ދިމާލަށް ދުއްވައިގަތެވެ.
އާހިލް އެދިމާލަށް ދިޔައިރު އެންމެން ހުރީ ވާހަކައެއް ގައެވެ. “އޭތް ޔާން.. ކޮންތަނަކުން ބިނދެގެން އައި މަލެއްތަ އިޒްކާން އެ ގެންގުޅެނީ..؟” ނީޝަލްއާއި ދިމާލަށް ބަލަހައްޓައިގެންހުރެ އާހިލް އެއްސެވެ. “ދޯ..؟؟ އެކުއްޖާ ވަރަށް ރީތި…” އަދިވެސް އެއްފަހަރު ނީޝަލްއާއި ދިމާލަށް ބަލާލަން ފައިލަމްއަށް ވެސް މަޖުބޫރުވިއެވެ. އަންހެން ކުއްޖަކާއި ދިމާލަށް ބަލާނުލާ އައިހަމްވެސް ހުރީ ނީޝަލް އާއި ދިމާލަށް ބަލާށެވެ. “ވަރަށް ރީތި..” ހިޔާން އެހެން ބުނެލުމުން އާހިލް އެއްބުމަ އަރުވާލާފައި ހިޔާން އާއި ދިމާލަށް ބަލާލިއެވެ. ”އޭނ..؟ ކަލެއަށް ކޮން ރީއްޗެއްތަ ތިވަނީ..؟ މަ ހީކުރީ އަދި އިޒްކާން ސެޓު ކޮއްގެން އުޅޭ ކުއްޖެއް ކަމަށް…” އާހިލް ބުނެލިއެވެ.
“ނޫނޭ.. އެއީ އާ ކުއްޖެއް.. އިޒްކާން ސެޓުކޮއްގެން އުޅޭ ކުއްޖެއް ނޫން… މަގޭ ކޮއްކޮ.. މިބުނީ ހޫރުޕަރީގެ އާ ބެސްޓްފްރެންޑް..” ހިޔާން ބުނެލިއެވެ. “އޯހް.. އާ ކުއްޖެއް ދޯ…؟” އާހިލް އެހެން ބުނެލީ ކުޑަކޮށް ނުތަނަވަސްވެގެން ހުރެއެވެ. ހިޔާން ވިސްނަމުން ދިޔަގޮތް އާހިލަށް ނަގައިގަނެވުމުންނެވެ. ހިޔާން އަންހެން ކުއްޖަކު ބޭނުންވާނީ އެންމެ ކަމަކަށެވެ. “އާހިލް.. ކަލޭ ކޮން ބިރެއްތަ ތިގަންނަނީ..؟ ކައެވެސް މިހާރު ހީވަނީ ދެވަނަ އިޒްކާންއެއް ހެން.. އެކަމެއް ކުރާއިރަށް އެކަމެއް ފަނި ކުރަން..؟” ފައިލަމް ނުރުހުން ފާޅުކުރިއެވެ. “ނޫނޭ..!! މިބުނީ އާ ކުއްޖަކަށް ވީމައި…” އާހިލް އެއްޗެކޭ ބުނަން ފުރުސަތުނުދީ އައިހަމް އާހިލްއަށް ބޯ ހޫރުވާލިއެވެ.
“މަށަށް ހީވަނީ އިޒްކާން އެކުއްޖާދެކެ ލައިކުވާހެން..” އިޒްކާން ނީޝަލްއާއި ދިމާލަށް އެހެރަ ބަލާލާ ގޮތުން އައިހަމް ބުނެލިއެވެ. ”މަށަށްވެސް ހީވޭ.. އަހަރުން ބޭނުން ވަގުތަކު ބޭނުން ކުއްޖަކާއި އެކީގައި އުޅޭއިރު އިޒްކާން އެކަނި މިކަހަލަ ކަންތައްތައް ސީރިއަސްކޮށް ނަގަނީ..” ފައިލަމް ބުނެލިއެވެ. ”އަދި ކަލޭ ކޮން ސީރިއަހެއްވާން ތިއުޅެނީ..؟ ސަތޭކައެއްހާ އަންހެން މަންޖެ ފަހަތު ލައިގެން އުޅޭއިރު..؟” އާހިލް ފައިލަމަށް މަލާމާތް ކޮއްލިއެވެ. “މަ ބޭނުންވަނީ އިޒްކާން އާއި އެކުއްޖާ އާއި ދުރުކުރަން..” ހިޔާން ބުނެލި ޖުމްލައިން އައިހަމް ފައިލަމް އަދި އާހިލްވެސް ސިއްސައިގެން ދިޔަވަރުން ތިންމީހުން އެކީގައި ފާރުބުރި މަތިން ކަހާލައިގެން މޫދަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
“ކައެ ހަމައިގައިތަ..؟” ހިޔާންގެ ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވައިގަންނަމުން އާހިލްއަށް އެހުނެވެ. “އަނެއްކާ ޖިންނި މޮޔަވީތަ..؟؟” އައިހަމް އެއްސެވެ. އޭރު ފައިލަމްގެ އަނގަ ވަނީ ހުޅުވޭނެ އެންމެ ބޮޑަކަށް ހުޅުވިފައެވެ.
“އާނ.. އަހަރެން މިހުރީ ހަމައިގައި.. ކަލޭމެން ކޮން މޮޔައެއްތަ ތިވަނީ..؟” ހިޔާން އަހާލިއެވެ. “އެއީ.. ޔާން ކަލޭ ތީ ކަމުދާވަރުގެ އަންހެންކުއްޖެއް ފެންނައިރަށް އެ އަންހެންކުއްޖާ ގާތަށް ދާ މީހެއް.. އަދި އިޒްކާން ލޯބިވާ އަންހެންކުއްޖާ އާއި ދުރު ކުރުވަން އުޅޭތީ އަހަރެމެން ހަމަ ހައިރާންވީ.. އިޒްކާން އެއީ ކަލޭގެ ބެސްޓްފްރެންޑެއް ނޫންތަ…؟ ކަލޭގެ ލޯބިވާ ބްރޯއެއް ނޫންތަ..؟” އެންމެންގެ ފަރާތުން އައިހަމް ޖަވާބު ދިނެވެ. “އަހަރެންގެ ފައިވް ސްޓާރ ރޭވުމެއް އެބަ އޮތޭ… އެ ކާމިޔާބު ވިއްޔާ އިޒްކާންއަށް މަޖުބޫރު ވާނެ މަށަށް އެކުއްޖާ ހަވާލުކުރަން…” ހިޔާން ހިނިގަނޑެއް ޖަހާލިއެވެ. ނީޝަލް ބޭނުންވާވަރުން އޭނާގެ އެންމެގާތް އެކުވެރިޔާގެ އުފާތައް ވެސް ފޭރިގަންނަން ފަސް ނުޖެހޭނެ ފަދައެވެ. ތެދަށް ބުނާނަމަ ނީޝަލް ފެނުނުފަހުން ހިޔާން، އެކުވެރިކަމުގެ މާނައިގެ މަތިން ހަނދާން ނެތުނު ފަދައެވެ. “މާތްކަލާކޯ.. ކަލެއަށް ވާވަރެއް ވެފައި ތިހުރީ..” އާހިލް ބުނެލިއެވެ. ހިޔާން ވިހަ ހީލުމަކުން ހީނލަމުން ސަކަރާތް ޖަހަން ހުރި އިޒްކާންއާއި ނީޝަލްއާއި ދިމާލަށް ބަލާލިއެވެ. “އޯހް ނީޝަލް.. ކިއުޓް އިނޮސެންޓް ނީޝަލް… ޔޫ ވިލް ބީ މައިން ސޫން..” ހިޔާން ދެލޯ ނީޝަލްއާއި ދިމާލަށް އަމާޒުކޮއްލި ވަގުތު އެ ބަސްތައް ވީ ހިތުގެ ތެރޭގައެވެ.
“އަވްދައްތާ.. ކިހިނެތްތަ ހާލު..؟” އެކޮޅުން އިވުނު އަޑުން އަވްލީންއަށް އަތުގެކޮޅަށް ފޯނު ހޫރާނުލެވުނީ ހަމަކިރިޔާއެވެ. “ރޫ…” އަވްލީންއަށް އޮޅުމަކުން ނަމަވެސް ގޮވާލެވުނެވެ. ”ޔެސް ސައިކޯ-ޓްރިސްޓް… އިޓްސް މީ…” ރޫހާންގެ ޖަވާބު ލިބުނީ ހީނުކުރާހާ އަވަހަށެވެ. އަވްލީން ‘ރޫ’ އޭ ބުނެލި އަޑު އަހާފައި ކައިޔަން ވެސް ދިޔައީ ސިއްސައިގެންނެވެ. އަނެއްކާވެސް ބުރަކި ޖައްސާލެވުނީ ވިސްނާލުމެއް ނެތިއެވެ. ކުރިމަތިން ހުރަސްކޮށްލި އަންހެން މީހާގެ ގައިގައި ނުޖެހުނީވެސް ކިރިޔާއެވެ. ދެލޯ ބޮޑުކޮށްލާފައި ކައިޔަން އަވަސް އަވަހަށް އަވްލީންގެ މޫނަށް ބަލާލިއެވެ. އަވްލީންވެސް އިނީ ގަނޑުވެފައެވެ.
“މި ގުޅާލީ ހާލު ބަލާލަންވެގެން… އެކަމަކު އަވްދައްތަ ވާހަކަ ނުދައްކަންޏާ މި ބާއްވަނީ..” ރޫހާން އެހެން ބުނެލުމުން އަވްލީން ތެޅިގަތެވެ. ފޯނު ނުބާއްވާށޭ ބުނެވުނީވެސް ކިހިނެތްކަމެއް އަވްލީންއަކަށް ނޭނގުނެވެ. ނަމަވެސް ދެން އަވްލީންއަށް އިވުނީ އެކޮޅުން ފޯނު ކަނޑާލި އަޑެވެ. އަވްލީން އަނެއްކާ ދެތިން ފަހަރު އެނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު ނިއްވާލާފައިވާކަމުގެ ހަބަރު އިވުމުން އަވްލީންއަށް ޖެހުނީ މާޔޫސްވެފައި ފޯނު ބާއްވާށެވެ. “އަވް..” ކައިޔަން ގޮވާލިއަޑަށް އަވްލީން ކައިޔަންގެ މޫނަށް ބަލާލިއެވެ. “ރޫ އޭ ބުނީމެއްނު… އެކަމަކު ތި ބުނީ އެ ރޫ ގެ ވާހަކައެއް ނޫންދޯ..” ކައިޔަންއަށް އެހުނެވެ. އަވްލީން ތުންފަތުގައި ދަތްއަޅާލަމުން ބޯހޫރާލިއެވެ. “އެއީ ހަމަ އެ ރޫ ކައި.. ހަމަ އެ ރޫހާން… މާޔާ ޝަރީފްގެ ދަރިފުޅު ޔޫސުފް ރޫހާން.. އަހަރެމެން ދެމީހުންގެ ދަރިފުޅު ފާތިމަތު ނީޝަލް ހޯދުމަށްޓަކައި މަސައްކަތް ފެށި ރޫހާން… ނީޝަލް އާއި އެކުގައިވުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ރޫހާން.. ހަމަ އެ ރޫ…” ހިތްއަވަސްވެފައި ހުރެ އަވްލީން އެ ބޮޑު ޕެރެގްރާފް ކިޔާލިއިރު ހީވީ ރެޕް ކުރާހެންނެވެ. އަވްލީން ކައިޔަންގެ މޫނަށް ބަލާލިއިރު ކައިޔަންވެސް ހުރީ އަވްލީންގެ މޫނަށް ބަލާށެވެ. ދެމީހުންގެ ލޮލުގައިވެސް ރަސްކަން ކުރަމުން ގެންދިޔައީ ބިރުވެރިކަމެވެ.
ފޯނު ޖީބަށްލަމުން ތެދުވި ރޫހާންގެ ތުންފަތުގައި ދުވެލާފައިވަނީ ކާމިޔާބީގެ ފަޚުރުވެރި ހިނިތުންވުމެވެ. އޭނާ ބޭނުންވިގޮތަށް ކަންތައްތައް ވެގެން ދިޔުމުން ރޫހާންގެ ހިތަށް ވަނީ އާދަޔާޚިލާފް ހިތްހަމަޖެހުމެއް ލިބިފައެވެ. މިހާރު ހާސްވެގެން އަވްލީންމެން ތެޅިފޮޅޭނެ ގޮތް ހިތަށް އަރުވާލުމުން ރޫހާންއަށް ލިބިގެން ދަނީ ފާޑެއްގެ ޖޯޝެކެވެ. ރޫހާން ކައްކަމުން ގެންދިޔަ ޚިޔާލީފޮލާއަށް ނިމުމެއް އައީ ދޮރުގައި ޓަކި ޖެހި އަޑު އިވުމުންނެވެ. ކަންނެތް ގޮތަކަށް ހިނގާލާފައި ގޮސް ރޫހާން ދޮރު ހުޅުވިއިރު ހުރީ އޭނާ އިރުކޮޅެއް ކުރިން އޯޑަރުކުރި ތިން ނޫޑްލްސް ތައްޓެވެ. ޑޑެލިވަރީގެ ހިދުމަތް ދިން މީހާއަށް ފައިސާ ދައްކާފައި ރޫހާން ގޮސް އެ އަންހެން ކުއްޖާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.
އޭރު އެ އަންހެން ކުއްޖާ އިނީ ހޭލައެވެ. ދެފަޔާއި ދެއަތާއި ބަނދެފައި އޮތުމުން އުނދަގޫ ގޮތަކަށް ފާރުގައި ލެނގިލައިގެން އެކުއްޖާ އިނެވެ. ރޫހާން ގޮސް އެ އަންހެން ކުއްޖާގެ ގާތުގައި އިށީނީ ކޮޓަރީގެ ދޮރު ވަރަށް ރަނގަޅަށް ތަޅުލާފައެވެ. އެނދު ކައިރީ ހުރި މޭޒު މަތީގައި ދެ ނޫޑްލްސްތަށި ބަހައްޓަމުން ރޫހާން އިށީނދެ އެ އަންހެން ކުއްޖާގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލާފައި އެ އޮމާން ކޯތާފަތުގައި ތުންފަތް ޖައްސާލީ އެ އަންހެން ކުއްޖާ ނުވެސް ވިސްނާ ހުއްޓައެވެ. ކަރަންޓުގައި ޖެހުނު ފަދައިން އެ އަންހެންކުއްޖާ ރޫހާން އާއި ދުރަށް ޖެހުނެވެ.
“ނެޒެލީ…” ރޫހާން ގޮވާލިއެވެ.
= ނުނިމޭ =
5 Comments!
Comments are closed.
Wow vrh Sali mi part vsss ❤️❤️❤️?
Masha Allah❤️❤️❤️❤️
New cover eh dhw vrh lwbi mi cover❤️❤️❤️❤️
Btw neeshal ge kohkko cover ahakah nulan tha❤️❤️❤️❤️❤️❤️❤️????
Suhboo hiyaan haadha nubaeyy dhw pis ?
Izkaan aa neeshal aa veehya durukuran e uleny edemeehun kihaa guley they both like each other dhw ????❤️❤️❤️?
Fainally inguny dhw hooryn mena neeshal eyy avleen ge Dari eh Kan????❤️❤️❤️❤️
Wow slowly slowly past revel vany dhw ❤️❤️❤️???????
Nezely and roohaan eyy neeshalh ge kuree ge 2 best frnds dhw ❤️❤️???
Btw vrh lwbi neeshal aa izkaan aa ❤️❤️❤️
Waiting for the next part ❤️❤️❤️
Love u soo much Yoon ❤️❤️❤️
Stay safe and take care ❤️❤️❤️
Thank u so much Ril dear ?✨? Yesh this is the new cover of Ekujja S2 😀 Owhh swry dearlss Navaan cover ah laakah space eh nulibunu ? Lets see dhw Neeshal libeynee kaakah thww… Yesh finally hooryn mennah ingijje dhww Neeshal eii Avlyn ge daugher kan 😀 Labba hama slwly past reveal vany mi…. Ahahaha we’ll see dhw who Nezely nd Roohaan was to Neeshal…. Once again I am so so happy to see ur lovely comment Ril dear ?✨? Love u so much more dearlsss ?✨? U stay safe 2 nd take good care ingeii ?✨?
Swry I mean Nyle ingeii… I wrote Navan ey olhumakun ethaa ???
Varah reethi Maasha Allah ???
Waiting curiously for the next part ???
Thank you so much Maash ?✨? I’m so so happy to see your comment ? Insha allah nxt part on 23rd Dec ingeii 😀 Once again thanks a lot nd lysm dearlss ?✨?