Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ މިހިތުގެ ދިރުމަކީ (8)

🌹YEOJA🌹 Level 610 Stories100 Login100 Comments
June 11, 2021 5 Mins Read
7 Comments

އިޝްހާ ދޮރުން އެތެރެ އަށް ވަންނަން ދިޔަ މަންޒަރު ބަލަން ރީހާން އިންއިރު އޭނާ ގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެހެންއިންދާ އޭނާ ފަހަތް ބަލައިލަން މަޖްބޫރުވީ މީހަކު އޭނާ ގެ ކޮނޑުގައި އަތްބީއްސާލުމުންނެވެ. ފަހަތް ބަލައިލުމާއެކު ރީހާން ގެ ހިނިތުންވުން ފަނޑުވެ ރުޅިވެރިކަމަށް ބަދަލުވިއެވެ.

********************

” ކަލޭ މިތާ ކީއްކުރަނީ،” ރުޅިއައިއްސާހުރެ ކުރިމަތީގައި ހުރި ޔޫލީ އަށް އަމާޒުކޮށް ރީހާން ބުނެލިއެވެ. ”އަހަރެންގެ ގޭކައިރި މީ ، ރީހާން މިތާ ކީއްކުރަނީ ” ތުއިވެލާފައި ޔޫލީ ބުނެލިއެވެ. ” އަހަރެން އައީ އަހަރެން ވާން އުޅޭ އަނބިމީހާ ގެއަށް ލާން ، އެންޑް މިހާރު މިދަނީ ގެއަށް ދާން ، ބޭކާރު މީހުންނާ ވާހަކަ ދައްކާކަށް ނެތް ވަގުތެއް ” މިހެން ބުނެ ރީހާން ސައިކަލަށް އަރާ ދުއްވާލިއެވެ. ޔޫލީގެ ކަންފަތުން ދުން އަރާހާ ވަރަށް އޭނާ ހުރީ ރުޅިއައިސްފައެވެ. ތާރުތައް މައްޗަށް ޔޫލީގެ ފައިގެ އަމާޒެއް ކޮށްލުމަށް ފަހު އަތް މުށްކަވާލަމުން ޖެހިގެން ހުރި ގޭތެރެ އަށް ހަލުވިކޮށް ވަދެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ދެފަރާތައް އެނބުރެލި އީނާ ގެ ތުންފަތުގައި ވަނީ ނުފިލާހާ ރީތިވުމެކެވެ. ކަކުލުން ތިރިއަސް އަންނަ މަޑުމުށިކުލައިގެ ހެދުމުގެ އަތައް ރޫތަކެތް ޖައްސާފައި ވީނަމަވެސް ހެދުމުގައި އާދައިގެ ވައްތަރެއް ޖަހައެވެ. ހެދުމައި ގުޅުވާގެން އަޅައިފައި ވާ ގަދަ މުށިކުލައިގެ ޝިފޯން ޝޯލް ވެސް އަޅާލެވިފައިވަނީ އާދައިގެ ގޮތަކަށެވެ. މޫނުމަތީގައި އެތްވެސް މޭކަޕެއް ނުވާއިރު ވެސް އެހާވެސް ރީއްޗެވެ. މާއިޒް ގެ މެސެޖާއެކު އީނާ ބޭރަށް ނިކުންނަށް ހިނގައިގަތެވެ. ކުރީބައިގައި ސަނާ ކައިރި އެކުވެރިންނާއެކު ބޭރަށް ދަނީކަމަށް ބުނެ ބަހަނާ ދައްކާފައި ވުމުން ހަމަޖެހިލައިގެން އީނާ ގެއިން ނިކުމެގެން ދިޔައެވެ. ގެއާއި މާދުރު ނޫން ހިސާބެއްގައި މާއިޒް ސައިކަލު ޕާކުކޮށްލައިގެން އިން އިރު އޭނާ ގެ ތޫނު ނަޒަރު އަމާޒުވެގެން ދިޔައީ އީނާ އަށެވެ. ލަދުން އިސްޖަހާލައިގެން ހުރެ އީނާ މާއިޒް އާއި ހަމަކުރިއިރުވެސް މާއިޒް ގެ ދެލޯ އީނާގެ ސޫރައިން ނުނެއްޓެއެވެ.

” ދެން ތިހެން ނުހުރެ އަރާބަލަ ” އީނާ އިސްޖަހާގެން ހުރުމުން މާއިޒް ސައިކަލުގައި ހަމަޖެހިލަމުން އީނާ އަށް ބުނެލިއެވެ. ސައިކަލުގައި ދެމީހުން ހަމަޖެހިލުމުން މާއިޒް ސައިކަލު ދުއްވާލީ އޭނާ ކަނޑައެޅި މަންޒިލާ ހަމައަށް ވާސިލް ވުމަށެވެ. ބެލްކަނީގައި އީނާ މެން ދިޔަ މަންޒަރު ބަލަން ހުރި ރީހާން ގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އޭނާ ހީކުރިފަދަ ގުޅުމެއް އެދެމެދުގައި ވާކަން އޭނާ އަށް މިހާރު ޝައްކުވެއްޖެއެވެ.

މާލޭގެ ހަލަބޮލި މަގުތަކުގައި ދުއްވާލުމަށް ފަހު މާއިޒް އޭނާ ގެ ސައިކަލު މަޑު ކޮށްލީ ނަން ހިނގާ ރެސްޓޯރެންޓް އެތް ކުރިމަތީގައެވެ. ” މިތަނަށް ކީއްކުރަން ، މީތަ އަންނަން އުޅުނު ތަނަކީ ” ސައިކަލުން ފައިބަމުން އީނާ އަހާލިއެވެ. ” އާން ޑިނާއަކަށް ކަމަށް ، ” މާއިޒް ބުނެލިއެވެ. ” އޯހް އޯކޭ” އީނާ ބުނެލިއެވެ. ދެމީހުން އެތެރެ އަށް ހިނގައިގެންވަރަކަށް މީހުންގެ ކަތި ނަޒަރު އަމާޒުވަމުން ދިޔުމުގެ ސަބަބުން އީނާ ހުރީ އުނދަގޫވެފައެވެ. މިކަހަލަ ކަންކަމަކީ އޭނާ މާ ހިތްހަމަ ޖެހޭ ފަދަ ކަންކަމެތް ނޫނެވެ. މޭޒުތަކުގައި ތިބި ޒުވާން އަންހެން ކުދިން މާއިޒް ފެނި ތުއިދައްކަމުން ދިޔައެތްކަމަކު މިއިން ކަމަކަށް އަޅާނުލާ ހިނގައިގަތީ އޭނާ ބުކް ކޮށްފައިވާ މޭޒާ ދިމާލަށެވެ.

” ކޯންޗެއް ގެންނަނީ ” މާއިޒް އަހާލިއެވެ. ” އަމް ޗޮކްލެޓް މިލްކްޝޭކެއް އޯކޭ ވާނެ ،އަހަރެން މިއައީ ގެއިން ކައިގެން އެހެންވެބަނޑުހައެއް ނޫން އަސްލު ” އީނާ ބުނެލިއެވެ. ” އޯކޭ އަހަރެން ވެސް ނަގާނީ އެހެންވީމާ ބުޔުމެތް ” ހިނިތުންވެލަމުން މާއިޒް ބުނެލިއެވެ. ދެމީހުން ބޭނުން އެއްޗެހިއަށް އޯޑަރު ކުރުމަށްފަހު ދެން އެދެމެދައް ވަދެގެން އައީ ހަމަހިމޭން ކަމެވެ.

” އަމް ، އަސްލު އަހަރެން އީނާ އާއި ބައްދަލުކޮށްލަން ބޭނުން ވީ ވާހަކަ އެތް ދައްކަން ” ނުތަނަވަސް ވެފައި އިނދެ މާއިޒް ބުނެލިއެވެ. އީނާ ވެސް އިސްއުފުލާލާ މާއިޒް އަށް ބަލައިލީ ކޮންވާޙަކަ އެތް ހޭ އަހާފަދަ ގޮތަކަށެވެ.

” އަހަރެންނަށް އީނާ ދެކެ ލޯބިވެވިއްޖެ ، އަހަރެން އީނާ ދެކެ ވަރަށް ލޯބިވޭ، އައިލަވްޔޫ ، ނޭނގެ ކޮންއިރަކު ކަމެތް ވީކީ ލޯބިއެއީ ބުނެފައި ވާއެއްޗެއް ނޫން ، އީނާ އަހަރެންނާ އެކު ވާން ތައްޔާރުތަ؟ ، އަހަރެން ދެކެ ލޯބިވޭތަ؟” ނިކަން ހިތްވަރުކޮށްލާފައި މާއިޒް އޭނާ ގެ ހިތުގެ ހާލަތު އީނާ ކުރިމަތީ ބަންޑުން ކޮށްލީ ލިބިދާނެ ޖަވާބަކަށް ތައްޔާރުވެގެން ހުރެއެވެ. އިވިގެން ދިޔަ ވާހަކަ ތަކުން އީނާ ގެ ހިތް ނަށާލިއެވެ. އޭނާ ގެ ހިތުގައިވާ ބައިވެރިޔާގެ ދުލުން ލޯބިވެއޭ ބުނާނެ ދުވަހަކަށް ކުރި އިންތިޒާރު މިރޭ ނިމިގެން އެދިޔައީ އޭނާ ގެ ހިތް އުފާކޮށްލާފައެވެ. ވަގުތުން އާބަސް ބުނަން އީނާ ނިންމިއެވެ.

” ކީއްވެ ގެން އެހާ ލަސްވަނީ ، އަހަރެން އުންމީދުކުރީ އަހަރެން ގެ ހިތުގައިވާ ގޮތައް އީނާ ގެ ޖަވާބު އަންނާނެކަމަށް ، އެކަމަކު ވެސް އީނާ އަހަރެންނާ ގަޔާނުވާނަމަ އެއީ އީނާ ގެ ކުށެއް ނޫން އެހެންވިޔަސް އަހަރެން ބޭނުން އަހަރުން ދެމެދުގައި ވާ ރަޙްމަތްތެރިކަމަށް އެއްވެސް ބަދަލެއް އަންނާކަށް ، ސޯ ބުނެބަލަ ވިލްޔޫ ބީ މައި ގާރލް ” އިށީދެގެން އިން ގޮނޑިން ދެތުވެގެން އައިސް އީނާ ގެ ކުރިމަތީ އެއްފައި މައްޗައް ކޮޅަށް އިނދެފައި މާއިޒް މިހެން ބުނެލިއިރު އަތުގައި ހުޅުވިފައި އިން ފޮށީގައި އިން ރިހި އަނގޮއްޓި ކިތަންމެ ހާ ވެސް ފުރިހަމަ އެވެ. ” ޔެސް ޔެސް، އައިލަވްޔޫ ޓޫ މާއިޒް އަހަރެން ވެސް ވަރަށް ލޯބިވޭ މާއިޒް ދެކެ ، އައިއެމް ރެޑީޓުބީ ޔުއާރސް[ ހިނިތުންވެ އިނދެ ވާއަތް ދިއްކޮށްލަމުން އީނާ ބުނެލިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މާއިޒް ކޮޅަށް ތެދުވެ އީނާ ގެ ކަށިއިނގިލީގައި އަނގޮއްޓި އަޅުވާދިނުމަށް ފަހު އެއަތުތެރޭ އީނާ ރައްކައު ކޮށްލިއެވެ. ” އަހަރެން ވަރަށް އުފާވެއްޖެ ލަވްޔޫ ސޯމަޗް ” އުފަލާއެކު މާއިޒް ބުނެލިއެވެ. ” އަހަރެން ވެސް ” އީނާ ވެސް ރަކިހިނިތުންވުމަކާއެކު ބުނެލިއެވެ. އެރޭ އެވަގުތު ކޮޅަށް ފަހު ދެމީހުންވެސް ވަކިވެގެން ދިޔައީ ދެމީހުންގެ ހިތްތައް އުފާކޮށްލަދީފައެވެ.

************

ހިނިތުންވެ ހުރެ ގޭތެރެ އަށް ވަދެގެން އައި އީނާ ފެނި ރީހާން ޖެއްސުންކޮށްލާ ހިތްވިއެވެ. ” އީން ހާދަ ހިނިއައިއްސާ އަނެކާ ޕްރޮޕޯސަލް އެތް ލިބުނީތަ ހިތްއެދޭ ބައިވެރިޔާ ކިބައިން ” ރީހާން ހެމުންހެމުން ބުނެލިއެވެ. އީނާ ދިޔައީ ސިއްސާގެންނެވެ. ރީހާން އަށް އިނގުނު ގޮތަކާ މެދު އީނާ ގެ ހިތުގައި ސުވާލުއުފެދުނެވެ. ރީޙާން އަށް ނޭނގުނީ މަޖަލަކަށް ހަދާފައި ނަމަވެސް އޭނާ ދުލުން ބޭރުވެގެން އެދިޔައީ ހަޤީޤަތް ކަމެވެ.

” ވެއިޓް ހަމަ ރަނގަޅަށް ތަ ދޮންބެ އަށް މިބުނެވުނީ ” އީނާ ގެ މޫނުމަތީގައި ވާކުލަވަރުން ރީހާން ހައިރާން ވެ ހުރެ އަހާލިއެވެ. އެއްވެސް ޖަވާބެއް ނުދީ އީނާ އަވަސްވެގަތީ ކޮޓަރިއަށް ވަތުމަށެވެ.

**************

ނިދަންވެގެން އެނދުމައްޗައް އަރައިގެން އޮތް ރީހާން ގެ ހިޔާލުތައް ގުޅިފައިވަނީ އިޝްހާ އަށެވެ. މަޑުމަޑުން ނަމަވެސް އެހިތުގައި އައު ވިންދެއް ޖަހަމުންދާކަން ރީހާން އަށް ފާހަގަވެގެން ދިޔައެވެ. އެހެންއޮވެފައި ހިތަށް އައި އެއްޗަކުން ސައިޑް ކަބަޑު މަތީގައި އޮތް އޭނާ ގެ ފޯނުނެގުމަށް ފަހު އިޝްހާގެ ނަންބަރަށް މެސެޖް އެތް ފޮނުވާލުމަށް ފަހު އެއަށް ބަލައިގެން އިރުކޮޅަކު އޮތީ ޖަވާބެއް ގެ އިންތިޒާރުގައެވެ.

ނުނިދިފައި އޮތް އިޝްހާ އަށް ހައިރާން ކަމެއް ލިބުނީ އައިސްފައި އިން ރީހާން ގެ ގުޑްނައިޓް މެސެޖް އިންނެވެ. ނަމަވެސް ތުންފަތައް ހިނުތުންވުމެތް ވެރިކޮށްލަމުން ބަދަލުގައި ރީހާން އަށް ގުޑްނައިޓް މެސެޖް އެތް ފޮނުވާލީ ޓެކްސްޓް ކައިރި އަށް ރަތް ހިތެއް ލައިފައެވެ.

ފޯނަށް ބަލައިގެން މާގިނައިރު އޮންނާކަށް ރީހާން އަކަށް ނުޖެހުނެވެ. އައިސްފައި އިން އިޝްހާ ގެ މެސެޖް ފެނި ހިތްހަމަ ޖެހުނެވެ. އަނބުރާ ފޯނު ސައިޑް ކަބަޑުމަތީ ބާއްވާލަމުން އެތް އަރިއަކަށް އޮށޯވެލަމުން ރީހާން ލޯމަރާލީ ނިދީގެ ފުންކަނޑަކަށް ގެބުމަށްޓަކައެވެ.

**************

” އޭ އީން ހަމައަސްލުތަ؟، އައި ކާންޓްބިލީވް މައި އިޔާރސް އަސްލުވެސް ، ބައިދަވޭ ކޮންގްރެޓްސް އިނގޭ ، ” ވަރަށް ހިނިއައިސްފައި ހުރެ އީމާ އީނާ ގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ. މެންދުރުގެ އަވިގަދަ ވަގުތު ތިން އެކުވެރިން ވެސް އިޝްހާ މެންގޭގައި ތިބީ ކުރާނެ ވަކި ކަމެއް ނެތުމުން ނެވެ. ސަރުކާރު ބަންދު ދުވަހަކާ ގުޅިގެން މަސައްކަތުގެ މާހައުލަށް މިއަދު ނިކުންނަން ނުޖެހުމާއެކު ތިންމީހުން ވެސް އެކުގައި ވަގުތުކޮޅެތް ހޭދަކޮށްލަން ނިންމީއެވެ. މާއިޒް އާއި ގުޅުނު ކަމުގެ އުފާވެރި ޙަބަރު އީނާ އޭނާ ގެ އެކުވެރިންނަށް ޙިއްސާކޮށްލީ އޭނާ ގެ އުފަލުގައި އެންމެ ގާތް ދެމީހުން ބައިވެރިކޮށްލުމުގެ ގޮތުންނެވެ. ” ހަމަ އަސްލޭ އީމް ، އަހަރެން ވެސް ވަރަށް ހެޕީވެފައި މިހުރީ ” ޖޯޝާއެކު އީނާ ބުނެލިއެވެ. ” ކޮންގްރާ އީނޫ ، އެން ދޮންބެ އަށް އިނގޭތަ އަނެތްކާ ؟” އިޝްހާ އަހާލިއެވެ. ” ނޯ އަހަރެންނެތް ނުބުނަން މާއިޒް ބުނެފާނެ އެކަމަކު ދޮންބެއަށް ކަމެތް އިނގިގެން އުޅޭ ހެން ރޭވެސް ހީވީ ” އީނާ ބުނެލިއެވެ. ތިންމީހުންވެސް އޮލަ ވާހަކައިގައި ތިއްބާ ސިހުނީ ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ. ” ކޮބާ ތިންކުދިން ކާން އަންނަން ވީނު ، އިޝޫ ބައްޕަ ވެސް އެބައިން ކާން އައިސްފާ ” ދޮރުމަތީ ހުރި ޔުސްރާ ބުނެލިއެވެ. ޔުސްރާ ގެ ބަހަށް ކިޔަމަން ވަމުން ތިންމީހުންވެސް ކައިމޭޒާހަމަ އަށް ދިޔައެވެ. ” އަހާ ދެކުދިން މިއަދު މިގޭގާތަ ؟ ” ތައްޓަށް ބަތް އަޅަން އިން ހުމެއިދް އެންމެން މޭޒު ދޮށައް ހަމަވުމުންބުނެލިއެވެ. އީމާ އަދި އީނާ ވެސް އެތްފަހަރާ ބޯޖަހާލަމުން ކެއުމާގެން މަސްޢޫލްވިއެވެ.

************

” ހޫމް ކަލޭ ކީއްކުރަން ތަ އަސްލު އަހަރެމެން މިތަނަށް ގެނައީ ” ކަޅުކޮފީކޮޅަކުން ކަރުތެރެ ތެންމާލަމުން ޒިހާން އަހާލީ ކައިރީގައި އިން މާއިޒް އަށް ނަޒަރު ސީދާކޮށްލަމުންނެވެ. ރީހާން އަދި މާއިޒް ގެ އެކުވެރި އެތްވުންތަކުގައި މިހާރަކަށް އައިސް ޒިހާން ވެސް ބައިވެރިމަވުން ދެއެވެ. ތިންމީހުންގެ މެދުގައި ގާތް އެކުވެރިކަމެއް ވަނީ އުފެދިފައެވެ.

” ތެދެއް ދެން ބުންނަން ވެއްޖެއެތް ނު މިހާރު އިތުރު ވާހަކަ އަހަރުމެން ދައްކާތާ މިވީ ފަނަރަމިނެޓް ” ޒިހާން އާއި އެތްބައިވެލަމުން ރީހާން ވެސްބުނެލިއެވެ. ” އަސްލު އަހަރެން ބުނަން އުޅުނީ އަހަރެން ކުއްޖަކާ ރައްޓެހިވެފިން ” ނިކަން ހިތްވަރު ކޮށްލާފައި މާއިޒް އޭނާގެ އެކުވެރިން ކުރިމަތީގައި ބުނެލިއެވެ. ” އަސްލު ތަ ކޮންގްރާ ބްރޯ ، އެކަމަކު ކޮންތާކުގެ ކޮން ވިލާތެއްގެ ކުއްޖެއް އެއީ ނިކަން އަހަރުން ކައިރި ވެސް ބުނެލީމާ އެތް ނު އިނގޭނީ ” ސަމާސާ ރާގަކަށް ޒިހާން ބުނެލިއެވެ. ” އެއީ އީނާ ، ރީހާން އަނެތްކާ އޯކޭތަ މިގުޅުމަށް ” ރީހާން އަށް ބަލާލަމުން މާއިޒް ބުނެލިއެވެ. ” އަހަރެން ވަކި ކޮން މައްސަލަ އެތް އޮންނާނީ އީން އަށްލިބޭނެ އެންމެ ރަނގަޅު ބައިވެރިއަކީ ހަމަ މާއިޒް އަހަރެން ގެ ނަޒަރުގައި އަހަރެންނަށް މާއިޒް އަށް އިތުބާރު ކުރެވޭ ” ހިނިތުންވެލާފައި އިނދެ ރީޙާން ބުނެލިއެވެ. ” ތެންކިޔޫ ” މާއިޒް ބުނެލިއެވެ. އެތިންމީހުން ގެ މެދުގައި ވެސް ވާހަކަ އޮލަވެގަތީ މާއިޒް އެ ދެއްކި ވާހަކަ އަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 40

Next

ހިތްދަތި ދުވަސްތައް 6

Next
June 11, 2021

ހިތްދަތި ދުވަސްތައް 6

Previews
June 11, 2021

ނަފްރަތުން ވެވުނު ލޯބި 40

7 Comments!

  1. ?YEOJA? says:
    June 11, 2021 at 11:25 am

    Hello readers❤️
    Hope u like 8th part tooo❤️
    Next part ISA tmrow ❤️
    Keep waiting ❤️❤️
    Stay safe❤️ and tvgc❤️❤️

  2. Nayaa Nayaa says:
    June 11, 2021 at 11:52 am

    vvvvvvvvvv reethi mi prt vx masha allah.. enme fahun reeehaan and ish’ha vx fall in love vanee dhw.. hehehe… vrh salhi ingey sisoooooo… lysssssssssmm… myssssssmm.. ss and tc.. luvssssss.. aattey ah magey salaam

  3. gigs says:
    June 11, 2021 at 1:45 pm

    Salhi ey salhieyy???????

  4. ?YEOJA? says:
    June 11, 2021 at 6:14 pm

    In reply to Nayaa
    Thank uuu soo much naayuu❤️❤️
    Vrh happy vehje mi part kamudhiyaamaa❤️❤️
    Hahahha ?❤️❤️yhh enme fahun eothy lwbi vevifaa eh nu dhw .. ❤️❤️❤️???Thankx again dhoonee❤️❤️☺️☺️☺️
    Lysssssmmmm❤️❤️
    Myssssmmm❤️❤️
    Stay safe❤️❤️ and tvgc❤️❤️
    Aaan aattey aa naayuu ge salaam rahdu kohdeynan ingey ??????

  5. ?YEOJA? says:
    June 11, 2021 at 6:16 pm

    In reply to gigs
    Thank uuu soo much gigs❤️❤️❤️
    Ufaavehje mi part kamudhiyaamaa❤️❤️☺️☺️
    Stay safe ❤️❤️and tvgc❤️❤️

  6. inma says:
    June 12, 2021 at 8:20 am

    Wow so nice Masha Allah ??????????????????
    Stay safe stay home
    ILove you for this story

    1. ?YEOJA? says:
      June 12, 2021 at 1:23 pm

      Thank uuu soo much inma❤️❤️
      Vrh happy vehje kamudhiya Kan inguny maa❤️❤️❤️❤️
      Stay safe ❤️❤️and tvgc❤️❤️❤️
      Heheh love u 2 for cmnting on my stry ❤️❤️

Comments are closed.

Next Episodeތީއޭ މިހިތުގެ ދިރުމަކީ (9)←


All Right Reserved!