ތީއޭ މިހިތުގެ ދިރުމަކީ (6)
އޭގެ ހަފްތާ އެއް ފަހެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ރީހާން އަދި އިޝްހާ ދިމާވެލާލެއް ކުޑަކޮށް ނަމަވެސް ގިނަވިއެވެ. ރީހާން ހުމެއިދް މެން ގެ އަށް އަންނަނީ ހުމެއިދް އެކަމަށް އެދޭވަރުންނެވެ. މި ސަބަބާ ހުރެ އިޝްހާ އާދެމީހުންގެ ގުޅުން ވެސް ކުރިއާއި ބަލާފައި ރަނގަޅުވަމުން ދިޔައެވެ.
ހުކުރު ދުވަހުގެ މެންދުރުވަގުތެވެ. މާލޭގެ މަގުތަށް ހަލަބޮލިވެފައިވަނީ ހުކުރަށް އެކިއެކި މިސްކިތް މިސްކިތާ ދިމާލަށް ދުއްވަމުން ދިޔަ ސައިކަލާ ކާރުންނެވެ. ހިނގާފާ ދަމުން ދިޔަ މީހުން ވެސް ވަކި މަދެއް ނޫނެވެ. މިހުރިހާ ކަމަކަށް ނުބަލާ އިޝްހާ ހުރީ އޭނާ ގެ ކޮޓަރީގެ ބެލްކަނީގައި ދޮވެފައި ހުރި އެއްޗެހި ހިއްކަން އަޅުވާށެވެ. ލައިގެން ހުރީ އަބާޔާ ގެ ބަދަލުގައި އޭނާ ގޭގައި ލާންގެންގުޅޭ ކަކުލުން ކާވަތެއް ހާ މައްޗަށް ހުރި ޓޮޕްކޮޅެކެވެ. އޭގެތިރިން ހުރީ ފުއްޕިހަރުވާޅެއް ލައިގެންނެވެ. އޭނާ ގެ ހަރަކާތްތަކުގައި ހަލުވިކަމެތް ވާއިރު މީހާ ގެ މޫނުމަތިން ވެސް ލަސްވެގެން އުޅޭ ކަހަލަ އަސަރެއް ފެނިލައެވެ. މެންދުރުގެ ވަގުތު ކުއްލިއަކަށް އައި އަޙްމަދް ގެ ދަޢުވަތު މަޙްމޫދް ބަލައިގަތީ ހިތްހެޔޮކަމާއެކުއެވެ. މިއަދު ގެ މިކެއުން ޙާއްސަވަނީ އިޝްހާ މެންގެ ކައިވެނީގެ ކަންކަން ރޭވުމަށެވެ. އަދި ވަކި ތާރީޙެއް ވެސް ކަނޑައެޅުމުގެ ބޭނުމުގައެވެ.
ކަޅުކުލައިގެ އާދައިގެ އަބާޔާ އަކާ އަދި ކަޅުކުލައިގެ ޝޯލް އެތްގައި ހުރި އިޝްހާ ގެ ރީތިކަން ގަލަމަކުން ބަޔާން ކުރާހާ ރީއްޗެވެ. ފިރިހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި އިޝްހާ ހުންނާނީ އެތްވަނާގައިކަން ޔަގީނެވެ.
މަޙްމޫދް އައުމާއެކޫ މިކުޑަކުޑަ އާއިލާ ގެ މަންޒިލަކަށް ވެފައި ވަނީ އަޙްމަދް މެން ގެއަށެވެ. ފަނަރަމިނެޓް ހާއިރު އެހިސާބަށް މަޙްމޫދް އައިލާ ފޯރިއިރު އަޙްމަދް ގެ ދެމަފިރިން ގޭ ދޮރުމަތީ ފުޅާ ހިނިތުންވުމަކާ އެކު ތިބީ އެއާއިލާއަށް މަރުޙަބާ ކިޔަންކަން ޝައްކަކާ ނުލާ އިނގޭނެވެ. ” ވަންނަން ވީނު މަޙްމޫދް ،ރީހާން މެން އެބަތިބި އެތެރޭ ” މަޙްމޫދްއަށް ސަލާމް ކޮށްލަމުން އަޙްމަދް ބުނެލިއެވެ.
ސުފުރާމަތި ފަޅުފިލާފައި ވަނީ ސަނާ ގެ އަތުން ހަނދާފައި ވާ ކާބޯތަކެތިންނެވެ. އެކިއެކި ބާވަތް ބާވަތުގެ ކާތަކެތި ހުރި އިރު ފެންނަމީހަކު ކުޅުދިޔާވާނެކަން ޔަޤީނެވެ. ” ކޮބާ ފަށަމާ ” . ގޮނޑިތަކުގައި އެންމެން ގެ ފޫޖެހުމާއެކު އަޙްމަދް ބުނެލިއެވެ. އިޝްހާ އިންނަން ޖެހުނީ ރީހާން ގެ ކުރިމަތީކަމުން އޭނާ އަށް ކެއުން ވަނީ ދަތިވެފައެވެ. ރީހާން އޭނާ އާއި ދިމާލަށް ބަލަނީ ވެސް އެވަރަކަށް ނޫނެވެ. ބައެތްފަހަރު ލަދުން ވިރިގެން ދާހެން ވެސް އިޝްހާ އަށް ހީވަމުން ދިޔައެވެ. މި ގަނޑީގައި ވެސް ރީހާން ގެ ސްމާޓްކަމަކަށް ބަދަލެތް އަތުވެއްޖެހެން ނެތް ހިއެތް ނުވެ . އެހެންޏާ ހުންނަހެން އޭނާ ގެ ފަން ކަޅުކަޅު އިސްތަށިގަނޑު ވަނީ ނިތްމައްޗަށް ވަށްޓާލާފައެވެ. ހުސްޕްލެއިން ހުދު ގަމީހެތް ލާފައި ވާއިރު ގަމީހުގެ އަތް ވަނީ އުޅަނބޮށްޓާ ހަމައަށް އޮޅާލެވިފައެވެ. މިކަމުގެ ސަބަބުން ރީހާން ގެ މުލައްދަނޑި އޮތީ ހާމަ އަށް ފެންނާށެވެ. ބަލާބެލުމަށް ކޮރިއާ މޮޑެލް އަކަށް ދޫނުކުރާނެއެވެ. ރީހާން އަށް އިޝްހާ ގެ ސަމާލުކަން އޭނާ އަށް ހުއްޓިފައިވާކަން އިނގިގެން އަބަދުހެން އެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ނޭނގި ހުރެ އިޝްހާ އަށް ރީހާން އާއި ދިމާލަށް ބަލައިލެވުނީ ރީހާން އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން އިންނާނެ ކަމަކަށް ނޫނެވެ. އިޝްހާ ބަލައިލުމާއެކު ރީހާން އޭނާއާއި ދިމާލަށް ބަލައިލުމަށް ފަހު ބުމަ އަރުވާލިއެވެ. އެއާއެކު އިޝްހާ ލަދުން އިސްޖަހާލިއެވެ.
މާގިނައިރެއް ނުވެ ކެއުމާގެން އެންމެން އަވަދިވެގެން ސޯފާގައި ހަމަޖެހިލިއެވެ. ވާހަކައިގައި ތެރެއިން ކައިވެނީގެ ތާރީޙް ވެސް ކަނޑައަޅާ ނިންމާލީ އެހާ އަވަހަށެވެ. މީ މަހުގެ ފަހުކޮޅުކަމުން އެންމެން ވެސް ހިތްހަމަ ޖެހުނީ އަންނަމަހުގެ ދިހައެއްގައި ކައިވެނި ކުރުމަށެވެ. ހަވީރުވެސް އެގޭގައި ހޭދަކޮށްލަން އަޙްމަދް އެދުމާއެކު އިޝްހާ އަދި އީނާ ނިންމީ ހަވީރު އީމާ ވެސް ހިމަނައިގެން ހިނގާލަން ދިޔުމަށެވެ.
” ހަލޯ އީމް ހިނގާބަ ހިނގާލަން ދާން އަހަންނާ އީނާ އާއި މިތިބީ އީން މެން ގޭގައި ،” އީމާ ފޯނުނެގުމާއެކު އިޝްހާ ބުނެލިއެވެ. ” ހުވާ ކައިވެނީގެ ކަންކަން ދޯ ކިހިނެކޯ ދިޔައީ ، އަމް އަހަރެންނަށް ދެވިދާނެ މިހާރު މީނީ އެކަމަކު ޒިހާން އާއެކު އަހަރެން ގެ ގޭގައި އޯކޭތަ އޭނާ ގޮވާގެން ދިޔަޔަސް”. އީމާ ބުނެލިއެވެ. ” ދެން ވީކީއްކަން ބުނާނަން ދިމާވީމާ އާން އޯކޭ ސޯ އާދެބަ އީން މެންގެއަށް އަހަރުން ތިބޭނަން ނިކުމެގެން ” އިޝްހާ އީނާ އަށް ބަލައިލަމުން ބުނެލިއެވެ. ” އޯކޭ މިއަންނަނީ ބާއި ” މިހެން ބުނެ އީމާ ފޯނުކަނޑާލަމުން އަވަސްވެގަތީ ޒިހާން އާއެކު ނިކުތުމަށެވެ. ” އީން އީމާ އަންނަނީ އޭނާ ގެ ބީއެފް އާއެކު އޯކޭ ދޯ ” އިޝްހާ ބުނެލިއެވެ. ” ހޫމް އަހަންނަށް އޯކޭ ، ހިނގާ ބޭރަށް ނިކުންނަށް ” މިހެން ބުނެ ދެމީހުން މައިންބަފައިން ގެ ހުއްދައާއެކު ބޭރަށް ނިކުތެވެ. އޭރު ރީހާން އަދި މާއިޒް ގޭގެ އެތްފަރާތެއް ގައި ހުންނަ ހަޓްގެ ދަށުގައި ވާހަކައިގައި ތިއްބެވެ.
” އޭ ދޮންބެ މެން ގޮވާގެން ދާންވީނު ” އީމާ މާއިޒް އާއެކު ވަގުތުކޮޅެށް ހޭދަކޮށްލަން ބޭނުންވެފައި ހުރި ވަރުން ބުނެލިއެވެ. ” އޯކޭ ” އިސްޖަހާލަމުން އިޝްހާ ބުނެލިއެވެ. އީނާ ހީވަނީ އިޝްހާ ގެ ޖަވާބެއް ނުބުނެގެން ހުރިހެންނެވެ. ވަގުތުން ރީހާން މެންނާ ދިމާލަށް ދިޔައެވެ. ” ދޮންބޭ ، ހިނގާބަ އަހަރުންނާ އެކު ދާން ދުއްވާލަން އިޝޫ ގެ ފްރެންޑް ވެސް އެބައާދާ އޭނާ ގެ ބީއެފް އާއެކު ، ދޮންބެ ވެސް ދާންވީނު ” އީނާ ބުނެލިއެވެ. މާއިޒް ގެ ނަޒަރު އޭނަ އަށް ހުއްޓިފައިވާކަން އިނގިހުރެ އީނާ ބުނެލިއެވެ. ”އޯކޭ ބަޓް މާއިޒް ވެސް ދާން ވާނެ އެހެންނޫނީ އީން އެކަނި ވާނެ އެތް ނު ދޯ” ރީހާން ބުނެލިމާއެކު މާއިޒް އަވަސް އަވަހަށް އެއްބަސްވެލިއެވެ. އެއާއެކު އީނާ ގެ މޫނުމައްޗަށް އެރިކުލަވަރު ހަމަ ރަނގަޅަށް ވެސް ރީހާން އަށް ފެނިގެން ދިޔައެވެ. އޭނާ ގެ ހިތަށް އެރި އެއްޗަކުން ހިނިތުންވެލަމުން ގޮނޑިން ތެދުވިއެވެ. އީމާ އަދި ޒިހާން މާގިނައިރެތް ނުވެ އައުމާ އެކު ރީހަން އަދި މާއިޒް ވެސް ދެމީހުން ގެ ސައިކަލު ރެޑީކޮށްލިއެވެ. އިޝްހާ އިނީ ރީހާން އާއި މާކައިރީގައި އިންނަން ޖެހުމުން ފިނިވެފައެވެ. ކިތަންމެ ދުރުގައި އިނަސް ރީހާން ސައިކަލު ބާރަށް ދުއްވާލާ ކޮންމެ ފަހަރަކު އޭނާ އިންނަނީ ރީހަން ގެ ބުރަކަށީ ތައްވެފައެވެ. އީނާ ވެސް އިނީ އިޝްހާ އެކޭ އެއްފަދައިން ފިނިވެފައެވެ. އެހެންނަމަވެސް މާއިޒް އިނީ އެއާ ހިލާފަށް އުފާވެފައެވެ. ހަމީހުންވެގެން ނިންމީ ހުޅުމާލޭ ބީޗް ގައި ވަގުތު ކޮޅެތް ހޭދަކޮށްލަން ދިޔުމަށެވެ. ގިނަވަގުތު ވާހަކަ ދެކުވުމުގެ ސަބަބުން ޒިހާން ވެސް ވަނީ މާއިޒް އާއި ރީހާން ގެ ގާތް އެކުވެރިއަކަށް ވެފައެވެ. ހަމައެފަދައިން އީނާ ، އީމާ، އިޝްހާ ވެސް ވަނީ ގާތް ވެފައެވެ. އެހެން ވާހަކަ ގައި ތިބެފައި އީމާ އަދި ޒިހާން ވެސް އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދިޔައިރު ރީޙާން ވެސް އިޝްހާ ކައިރި ވަރަށް ކިޔާގެން އެތާ ރާޅުޖަހާ ސަރަހައްދުގައި ހިނގާލަން ދިޔައެވެ. އެއާއެކު މާއިޒް އަދި އީނާ އެކަނި އެތާ ފަސްގަނޑުމަތީގައި ތިއްބެވެ.
ހިނގަމުން ހިނގަމުން ގޮސް އެންމެ ފަހުން ރީހާން އަދި އިޝްހާ ފޫޖައްސާލީ އެތާ އެތްގަމުގައި ހަދާފައި ހުރި ސިމެންތި ގޮނޑިތަކުގައެވެ. ދެމީހުންތެރޭގައި މާ ބައިވަރު ވާހަކަ ނުދެއްކުނަސް އިޝްހާ ދިޔައީ ރީހާން ކުރަމުން އަންނަ ކުދި ކުދި ސުވާލަށް ޖަބާވު ދެމުންނެވެ. ” ހޫމް އިޝްހާ ބުނެބަލަ މިއަދު މެންދުރު ކީއްވެ މާވަރަކަށް އަހަންނާ ދިމާލަށް ބެލީ ” ލާނެތް ރާގަކަށް ރީހާން އޭނާ ގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ. އިޝްހާ އިނީ އަމިއްލަ ހިޔާލުގައި ކަމުން ސުވާލު އިވުނެތްކަމަކު މާބޮޑަށް ނުވިސްނާލާ އޭނާގެ ހިތުގައި ވާގޮތަށް ޖަވާބު އިތްވާލިއެވެ. ” ހޭންޑްސަމް ކަމުންނެންނު ” އިޝްހާ ބުނެލިއެވެ. އެއާއެކު ރީހަން އެތްމިޔަކަނިން ހީލިއެވެ. ބުނެވުނީކީއްކަން އިޝްހާ އަށް ރޭކާލީ ރީހާން ހެވިފައި އިނުމުންނެވެ. ލަދުން އިސްޖަހާލީ އަމިއްލަ މީހާ ބަދުނާމުވީކަން ހިތަށް އެރުމުންނެވެ. ” ތެންކްޔޫ” އިތުރަށް އިޝްހާ ލަދުގަންނަވާލަން ރީހާން ބުނެލިއެވެ.
އެހެންމީހުންނެކޭ އެއްފަދައިން ހަވީރުގެ ހިތްހަމަ ޖެހުން ހޯދަން ޔޫލީ ވެސް ހުރީ އޭނާ ގެ އެކުވެރިންނާ އެކު ހުޅުމާލެ އަތިރިމައްޗަށް އައިސްފައެވެ. ފެންނަމުން ދިޔަ ކޮންމެ ފިރިހެނަކަށް އެ އެންމެން ތުއިދައްކަމުން ދިޔައިރު މިމީހުންގެ ދަޅައަތް ހެއްލޭ ފިރިހެނުން މަދެއް ނޫނެވެ. އެހެން އިންދާ ޔޫލީގެ ލޮލުގައި އަޅައިގައތީ ރީހާން މާ ހެވިފައި ޥާހަކަ ދައްކަން އިން އަންހެން ކުއްޖާއެވެ. ޝައްކަކާނުލާ އެއީކާކު ކަން ޔޫލީ ގެ މޮޅު ސިކުނޑިއަށް ނަގާގަނެވުނެވެ. ދެލޯ ކުޑަކޮށްކޮށްފާ އެދެމީހުންނަށް ޔޫލީ ބަލަމުން ދިޔައިރު ހިތުގައި ދިޔައީ އިޝްހާ އަށް ކުދިކިޔަމުންނެވެ. އޭނާ އެންމެ ބޮޑަށް ހަސަދަވެގަތީ އިޝްހާ ގެ ރީތިކަން ފެނިފައެވެ. ” މަންޖެ ޖެހޭނީ ހަމަ ސީދާ ރީހާން ގެ ހަޔާތުން ދުރަށްދާން ހީ އިސްއޮންލީ މައިން ” މި ނުލަފާ ބަސްތައް ވަނީ ޔޫލީގެ ހިތުގައެވެ. ހިތާހިތުން ރޭވުން ގަނޑެއް ރާވަމުން ދިޔައިރު ޔޫލީ ގެ ނަޒަރު އެމީހުންނާ ވަކިކޮށްލަން ޖެހުނީ އެދެމީހުން އެތަނުން ތެދުވެގެން ދިޔުމުންނެވެ.
” އީނާ ، އަހަންނާ ވާހަކަ ނުދައްކަން ތަ މިއަދު ތީނީ ؟ ” މާއިޒް އަހާލީ އަނގައިން ބަހެއް ހާހިސާބުވެސް ބޭރުނުކޮށްލާ ވެލިގަނޑާ ކުޅެން އިން އީމާ އާއެވެ. ” ނޫން ، މާއިޒް ވެސް އަހަންނާ ވާހަކަ ނުދައްކާތީ އަހަރެންނަށް ވެސް ނުކެރުނީ ؟ ” ބުނަން ނުބުނަން އިނދެފައި އީނާ އޭނާ ހިތުގައި ވާ ބަސްކޮޅު ބުނެލިއެވެ. ދެން އެތަނުގައި ގުގުމައިގެން ދިޔައީ މާއިޒް ގެ ފިރިހެންވަންތަ ހިނިތުންވުމެވެ. ” އަސްލު އަހަރެން އެބައިން އީނާ ކައިރި ވަރަށް މުހިންމު ވާހަކަ އެތް ބުނަން ވެފާ ” ނުތަނަވަސްވެފައި އިން މާއިޒް ވިސްނީ އޭނާ ގެ ހިތުގެ ހާލު ލަސްނުކޮށް އީނާ އަށް އެންގުމަށެވެ. އެހެނީ އޭނަ ގެ ނަޒަރުގެ ކުރިމަތީ އީނާ އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލަން ކުޅަދާނެ ނުވާތީއެވެ. ” ކޮންވާހަކައެތް އަނެތްކާ ” ހިތުގެ ތެޅުން ބާރުވަމުން ދާ ހާލު އީނާ އަހާލިއެވެ. ނަމަވެސް އެއްޗެއް ބުނަން އަނގަހުޅުވާލި ގަނޑި ވީ އެތަނަށް ރީހާން އަދި އިޝްހާ އައި ވަގުތެވެ. އެއިރު ތަންކޮޅެތް ދުރުން އީމާ އަދި ޒިހާން ވެސް ފެންނަމުން ދިޔައެވެ. އެދެމީހުންގެ އަތް ގުޅުވިފައިވީރު ނުހަނު ގުޅެއެވެ. އެދެމީހުންގެ މޫނުމަތީގައިވާ ހިނިތުންވުމުގެ ސަބަބުން ޖޯޑް އިތުރަތް ފުރިހަމަ ކޮށްދެއެވެ. ” ކޮބާ އެންމެން ހަމަވީ ދޯ ، މާލެއަށް ދާން ވީނު ދޯ ދެން މިހާރު ހައެތް ޖަހަންދަނީ ،” އަތުގައި އަޅާފައި އޮތް އެންމެ ފަހުގެ ގަނޑިއަތް ނަޒަރެތް ދެމުން ރީހާން ބުނެލިއެވެ. އެންމެނަށް ބޯޖަހާލެވުނީ އެތްފަހަރާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




vrh reethi ingey mi prt vx… dhn nethey vagutheh ithuru ehcheh bunaakah.. filaavalhu kiyan dhanee.. bye bye… ss and tc… lysssssssssssssssssmmm… xeentha ah salaam
Hello readers ??
hope u like this part tooo❤️❤️
Next part tmrow ISA ❤️❤️
Keep Waiting ❤️❤️
Stay safe ❤️❤️and tvgc❤️❤️
In reply to Nayaa
Thank uuu soo much naayuuu??❤️❤️
Vrh happy vehje stry kamidhiyaamaa❤️❤️
Ahahahaa ❤️❤️??avaha foi kiyaalaa Ragalah foi kiyaathi aneh kaa❤️❤️??
Lysssssmmmm ❤️❤️
Stay safe❤️❤️ and tvgc❤️❤️
Brw adhi kiriyaa cmnt eh kohlevey varu mi V.. Vaahak kithanme haa vx reethi.. Ekm Miulhey grandmar mistakes eba ulhey hama ingye.. Gadi kiyaa iru hus nooneh nujahaane ingye brwwww.. V bxy ey dhen dhanee ingey raheemaa.. Byeee… Lymmm mymmmmmmmmmm
Sutey seyfu rankolhaa