Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތީއޭ މިހިތުގެ ދިރުމަކީ (7)

🌹YEOJA🌹 Level 610 Stories100 Login100 Comments
June 9, 2021 5 Mins Read
8 Comments

އެންމެންނަށް ގެއަށްއާދެވުނު އިރު މަޢްރިބް ނަމާދަށް ގޮވާފިއެވެ. އީމާ އަދި ޒިހާން އެމީހުންނާ ވަކިވެގަތީ އަނެތްކާ ވެސް ކަމެތް ރާވަން ނިންމާފައެވެ.

” ވަރަށް ގުޅޭ ދޯ އިޝޫ އެން ރީހާން ” ޒިހާން ގެ ސައިކަލު ފަހަތުގައި އިނދެފައި އޭނާ ގެ ބުރަކަށީ ލައްވެލަމުން އީމާ ބުނެލިއެވެ. ” އާން ވަރަށް ގުޅޭ ” ހިނިތުންވެލަމުން ޒިހާން ބުނެލިއެވެ. އީމާ ގެ ގެއާ ހަމަވުމުން ފައިބާ ހިތް ނުވެފައި އިންނަމަވެސް އަނދިރިވެފައިވުމުން އީމާ ސައިކަލުން ފައިބަމުން ޒިހާން އަށް އަތްހޫރާލަމުން ދާން ހިނގާގަތެވެ. ނަމަވެސް ހުއްޓުންއެރީ އޭނާގެ އަތުގައި ހިފާފައި ޒިހާން އޭނާގެ އަތަށް ދަމާލުމުންނެވެ. ” ދެން ޒިހާން މީ މަގުމައްޗޭ ” ޒިހާން ގެ މޭގައި މޫނުފޮރުވާލަމުން އީމާ ބުނެލިއެވެ. އެއާއެކު ޒިހާން އީމާ ގެ ނިތްކުރިއަށް ބޮސްދެމުން އީމާ މިނިވަން ކޮށްލީ އީމާ ބުނިބަސް އަޑުއަހަންވެގެންނެވެ. ގެއަށް ވަންނަން ހިނގާގަނެފައިވެސް އަވަސް ހަރަކާތަކާ އެކު އީމާ ކުޑަކޮށް ކޮރާލައިފައި ޒިހާން ގެ ކޮލަށް ބޮސްދިނެވެ. ޒިހާން އެއްޗެކޭ ބުނަން ވާއިރަށް އަވަސްއަވަހަށް ގެއަށް ވަންއިރު އެދޮން މޫނުވަނީ ލަދުގަނެގެން ގޮސް ރަތް ވެފައެވެ. ހައިރާންވެފައި ހުރި ޒިހާން ހިނިތުންވެލަމުން ސައިކަލަށް އަރައިލިއެވެ. ކިތަންމެ ދުވަސް ވެފައިވީނަމަވެސް މިދެމީހުންގެ ދެމެދުގައި ވާ ލޯތްބަކަށް ބަދަލެއް ނާންނަކަން އެދެމެދުގައިވާ ލޯބީގެ ސަމާސާތަކުން ދެނެގަނެވޭނެއެވެ.

ގެއަށް ވަންހެނެތް ހިއެތް ނުވެ އިޝްހާ ވެސް އޭނާ ގެ މައިންބަފައިންނާ އެކު އެމީހުންގެ ގެއަށް ދާން މިސްރާބުޖެހިއެވެ. ދާން ހިނގައިގަނެފައިވެސް ފަހަތް ބަލައިލީ ކީކޭ ހިތަށް އަރައިގެން ކަމެތް ނޭނގެއެވެ. ފަހަތްބަލައިލިއިރު ދެޖީބަތް އަތްޖަހާލައިގެން ހުރި ރީހާން ގެ ނަޒަރު ވަނީ އޭނާ އަށް އަމާޒުވެފައިކަން އިނގުމުން ލަދުގަނެފައި ހުރެ މަހްމޫދް މެންނާ އެތްވަރު ކޮށްލުމަށް ކުޑަކޮށް ދުއްވާގަތެވެ. ރީހާން އަށް ވެސް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ” އެހެމް އެހެމް ، ދޮންބޭ އަދި ކެތްކޮށްލާ ” މިހެން ބުނެ އީނާ އޭނާ ގެ ކޮޓަރިއަށް ދާން މިސްރާބުޖެހީ ދުވެލާފައެވެ.

**************************************

އޭގެ އަނެތް ދުވަހެވެ. އިޝްހާ ، އީމާ އަދި އީނާ ވެސް ތިބީ ހަވީރުގެ ހިތްގައިމު ވަގުތު ކޮފީއެތް ބޯލަން އައިސްފައެވެ. ތިން މީހުންގެ މެދުގައި ގާތް ގުޅުމެތް އުފެދިފައިވިއެތް ކަމަކު އީނާ މާއިޒް ގެ ވާހަކަ އެއިން މީހަކަށް ހިއްސާއެތް ނުކުރެއެވެ. އަމިއްލަ އަށް އިސްނަގައިގެން ބުނަން އީމާ އަށް ނުކެރުނީއެވެ. ” އީނޫ އަހަރުން މިއޮތް ވާހަކަ ދެއްކިއިރު ވެސް ނުބުނަމެންނު ޔޫގެ ބީއެފް އެތް ހުންނަކަން ނުވަތަ ނުހުންނަކަމެތް އަނެތްކާ ހުރޭތަ ؟ ” ކުއްލިއަކަށް ހިތައް އައި ސުވާލު އިޝްހާ ކޮށްލިއެވެ. އީމާވެސް ބުމައަރުވާލާފައި އީނާ އަށް ބަލައިލީ ޖަވާބެއް ބޭނުން ވާ ގޮތަކަށެވެ.

އިޝްހާ ގެ ސުވާލުން އީނާ އަށް ސިހުން ގެނައެތްކަމަކު ، އޭނާ ނިންމީ އިޝްހާ މެންނަށް ހަޤިޤަތް ކިޔާދޭށެވެ. ” އަސްލު އަހަރެން ގެ ބީއެފް އެތް ނުހުރޭ ، އެކަމަކު ކްރަޝް އެތް ހުރޭ ، ” ދެއަތް ދެއަތާ މޮޑެލަމުން އީނާ ބުނެލިއެވެ. އެއާއެކު އިޝްހާ އަދި އީމާ ދެލޯބޮޑުކޮށްލަމުން ބަލައިލީ ކާކުހޭ ބުނާފަދައަކުންނެވެ. ” ހަމަ އަސްލަށްތަ ؟ ، ސޯ އެ ނަސީބުވެރިއަކީ ކޮބާކަން ބުނެދެވިދާނެތަ ؟ ” އީމާ އަހާލިއެވެ. ” އުމް އެއީ މާއިޒް ،” އިސްޖަހާލަމުން އީނާ ބުނެލިއެވެ. އެއިރު އެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ” އޭންން ، ހަމަ ހުވާތަ އެތްކަހަލަ ރީހާން އާއެކު އުޅޭ އޭނާގެ ބެސްޓްފްރެންޑް ދޯ އެއީ ، ވާވް އީން ސަޅި އިނގޭ ތިދެމީހުން ވަރަށް ގުޅޭ އިނގޭ ” . ” ތެދެއް އިޝޫ އެބުނީ ހަމަ ރަނގަޅަށް” ، އިޝްހާ ގެ ޖުމްލަ ނިމުނުހެންނެއް ހީނުވެ އީމާ ވެސް އުފާވެފައި ބުނެލިއެވެ. ” ތެންކްޔޫ ، އެކަމަކު މާއިޒް ގެ ހިތުގައި ވާއެއްޗެއް ނޭނގެ ދޯ ” މާޔޫސްވެފައި ހުރެ އީނާ ބުނެލިއެވެ. ” ހާސްނުވޭ ، މާއިޒް ލިބޭނެ އިރާދަކުރެއްވީޔާ ” މޭޒުމަތީގައި އޮތް އީނާގެ އަތުގައި ހިފާލަމުން އިޝްހާ ބުނެލިއެވެ.

މިތިންމީހުންގެ ހަރަކާތްތައް ފާރަވެރިވެގެން އިން ޔޫލީގެ ނަޒަރު ސީދާވެފައި ވަނީ އިޝްހާ އަށެވެ. އޭނާގެ ހިތުގައި ދިޔައީ ނަފްރަތުގެ އަލިފާން ގަނޑު އަދަމުންނެވެ. ” އޭއި ކޮބާ ދާކަށް ނުވޭތަ ، މިހާރު ފަސްގަނޑި ބައި ވަނީ” ގަނޑިއަތް ބަލައިލަމުން އިޝްހާ ބުނެލިއެވެ. ” ހޫމް ހިނގާ ދެން މިހެން ތިބުމެތް ނެތްތާ ދޯ ” އީނާ ވެސް މިހެން ބުނެލައިފައި ގޮނޑިން ތެދުވިއެވެ. މިތިންމީހުންނަށް ވުރެ ކުރިން ޔޫލީ އެ ކެފެއިން ނިކުމެ ދޮރުގެ އެއްފަރާތުގައި ހުރީ އިޝްހާ އަށް ލަނޑެއް ދޭނަމޭ ހިތާއެވެ. ތިންމީހުން ތެރެއިން އިސްވެ ހުރެ ނިކުމެގެން އައި އިޝްހާ ފެނި ޔޫލީ އޭނާ ގެ ފައި އިޝްހާ އާއި ދިމާލަށް ދަމާލީ އޭނާ ގެ ފައިގައި އަޅުވާލައިފައި އިޝްހާ ވަށްޓާލުމަށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ހަޅޭލަވާގަންނަމުން އިޝްހާ ވެއްޓުނު އިރު އެތައް ބައެތްގެ ނަޒަރު ވަނީ އޭނާ އަށް އަމާޒުވެފައެވެ. ޔޫލީ އިޝްހާ ވައްޓާލިތަން ކިތަންމެ ރަނގަޅަށް ވެސް އީމާ އަށް ފެނުނެވެ. އޭނާ ގެ ރުޅިގަނޑު ކެކިގަތެވެ. ޔޫލީ އާއި ދިމާލަށް ބަލަހައްޓައިގެން އީމާ ހުރިގޮތުން ހީވަނީ އެދެލޮލުން އޭނާ ފިއްސާލަފާނެހެންނެވެ. ޔޫލީ އާއި ދިމާލަށް އެއްޗެކޭ ބުނުމުގެ ކުރިން އީމާ އިޝްހާ ތެދުވުމަށް އެހީވިއެވެ.

” ޔޫ ހައު ޑެއާރް ޔޫ ، ކީއްވެ އިޝޫ ވައްޓާލީ ، އަހަރެންނަށް ފެނުނޭ ، ނަސީބެއް ނު ބޮޑުއަނިޔާއެތް ނުވިކަން އެހެންނޫނަމަ ކަލޭ ހުންނަން ޖެހޭނީ ޕޮލިސް ސްޓޭޝަން ގާ ، ގޮތެއް ނެތިގެން ތިއޮޅެނީ މަގުމަތިން ފެންނުނީ އާ ފެނުނު މީހެއް ވައްޓަން ތަ ؟ ” ދެއަތް އުރާލަމުން އީމާ ބުނެލިއެވެ. އޭރު ޔޫލީ ވެސް ހުރީ ފާޑަކަށް ރުޅިއައިސްފައެވެ. ” ބަލަ ކަލެއަތް ކީއްތަ އަހަރެން ކޮންމެ ކަމެތް ކުރިޔަސް ، މާ ޒުވާބުކުރަން ހަދަންޏާ މާރީއްޗެއް ނުވާނެ އިނގޭ ” ޔޫލީ ބުނެލިއެވެ. ” އަހަ މައެބަ އުޅޭތަ ކަލެ އާ ޒުވާބު ކުރާހިތުން މިތަނުން ދާން އުޅޭ ” އީމާ ވެސް އައިރުޅީގައި ބުނެލިއެވެ. ” އޭއި އީމް ދެން ކަމަކަށް ނަހަދާ ދާން ހިނގާ ވެދާނެ އޭނާ އަށް އޮޅިގެން ވީކަމެތް ކަމަށް އެހެންނޫނަސް އަހަންނަކަށް ކަމެތް ނުވެއޭ ޗިލް ކޮށްލާފައި އާދޭ ދާން ”. އެދެމީހުންގެ ދެމެދަށް ވަންނަމުން އިޝްހާ ބުނެލިއެވެ. ޔޫލީ ޖަވާބެއް ނުދެނީސް އެތަނުން ތިންމީހުން ހިނގައިގަތެވެ. ” އަދި އެބަ އުޅެއެތް ނު މާ މާތް މީހަކަށް ވާން ، ރަނގަޅުވީހީ ތަނެއް ފަޅައިގެން ދިޔަ ނަމައެވެ.” އެމީހުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ޔޫލީ ބުނެލިއެވެ.

” ހުވާ މިބުނީ ހާދަވަރެއްގެ އަންހެނެކޭ އެއީ އަހަރެން ގެ މިދެލޮލުން ދުށިން އޭނާ އިޝޫ ފައިގައި އަޅުވާފައި ވައްޓާލިތަން ، އަދި ހުއްޓެންނު ދައްތައް ރޮނޑައް ދައްކާގެން ހޭން ،” މަގުމަތިން ހިނގަމުން ދިޔަ އިޝްހާ އަދި އީނާ އާއި ދިމާލައް ބަލައިލަމުން އީމާ ބުނެލިއެވެ. އެއިރު އޭނާ ހުރީ ރުޅިން ފަޅައިގެން ދާ ހިސާބަށް ގޮސްފައެވެ. ” ހޫމް ، އޯކޭ އޭ އީމް ދެން ހަމަޖެހިލަބަ އަހަރެންނަކަށް އަނިޔާއެއް ނުވެއޭ ” އިޝްހާ ބުނެލިއެވެ. އެއިރު އެމީހުން ތިބީ އީނާ މެންގޭގެ ދޮރުމަތީގައެވެ. ” ހިނގަގަ ދެމީހުން އެތާ ބަގީޗާ ފަޅިއަށް އަހަރެން އެބަ އަންނަން ” ދުރުގައި ހުރި ހަޓް ދައްކާލަމުން އީނާ ބުނެލިއެވެ. އެއާއެކު އީމާ އަދި އިޝްހާ އެތަނަށް ދިޔައީ އަދި އިރުއޮއްސެން ވަގުތު އޮވުމާއެކު ތިންމީހުން އަނގަތަޅާލުމުގެ ބޭނުމުގައެވެ.

” އޭއި އިޝޫ ، ކޮބާ މަންޖެ ގެ ޕްރިންސް ދެމީހުން ވާހަކަ ވެސް ދައްކާ ނަހަދަން ތަ ؟ ” ލާނެތް ރާގަކަށް އީމާ ބުނެލިއެވެ. ” އަހަރެންނަކަށް ނޭނގެ ، އާންދެން ވާހަކައެއް ވެސް ނުދައްކަން ” ލަދުގަތެއް ކަމަކު ހަމަޖެހިލަމުން އިޝްހާ ބުނެލިއެވެ. ” ވާ ވާ ސާބަސް ” އީމާ ބުނެލިއެވެ. އިރުކޮޅެތް ނުވެ އީނާ ވެސް އައުމާއެކު ތިންމީހުން ވާހަކައިގައި ތިބެފައި ވަކިވާން ޖެހުނީ އީމާ ބަލާ ޒިހާން އައުމުންނެވެ. އިރުއޮއްސިފައި ވުމާއެކު އިޝްހާ އެކަނި ގެއަށް ފޮނުވާލަން ނުކެރިގެން އީނާ ގޭގެ ދޮރުން ވަދެގެން އައި ރީހާން ކައިރި އިޝްހާ ގެއައްލާން ދިޔުމަށް ބުނެލިއެވެ. އެއްވެސް ދެކޮޅުހެދުމެތް ނެތި ރީހާން އިޝްހާ ގޮވާގެން ދިޔައެވެ. އެވަގުތު މާއިޒް ހުރުމުން އެތެރެ އަށް ވަންނަން ނުކެރިފައި އީނާ ހުރެފައި އެދެމީހުން ދިޔައީ ހަޓް ދޮށަށެވެ.

ސައިކަލާ ދިމާލަށް އިޝްހާ ދިޔައިރު އޭނާ ހުރީ ނުތަނަވަސްވެފައެވެ. އަތްފައި ފިނިވެގެން ދިޔައިރު އިރުކޯކޮޅާ އަތް މޮޑެލައެވެ. ހިތް ދިޔައީ ނިކުންނަ ހާ ބާރަތް ތެޅެމުންނެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިއެތްކަމަކު އޭނާ ގެ ހިތުން ރީހާން އަށް ވަނީ ޖާގައެތް ދެވިފައިކަން އިޝްހާ އަށް އިނގެއެވެ.

” ނާރަން ތަ ތިހުންނަނީ ” ސައިކަލަށް އަރާ ސްޓާޓް ކޮށްލަމުން ލާނެތް ރާގަކަށް ރީހާން ބުނެލިއެވެ. ހަމަޖެހިލަމުން އިޝްހާ ސައިކަލު ފަހަތައް އަރައި ދުއްވާލަން އުޅުމުގެ ތެރޭ ކުއްލިއަކަށް އިޝްހާ ގޮސްޖެހުނީ ރީހާން ގެ ބުރަކަށީގައެވެ. ދެމީހުން ގެ ހިތަށް އެ ހަރަކާތުން ގޮތެއްވެލިއެވެ. ރީހާން ކަރުކެހިލަމުން އަވަހަށް  ސައިކަލު ދުއްވާލިއެވެ.

***************************

” އަމްމް ، އީނާ މިރޭ އަހަރެންނާ އެކު ތަނަކަށް ދެވިދާނެތަ ؟ ” ނުތަނަވަސްވެފައި ހުރެ މާއިޒް ބުނެލިއެވެ. ދޭންވީ ވަކި ޖަވާބެއް ނޭނގިފައި އީނާ ހުރި އިރު އަމިއްލަ ހިތުގެ އެދުމަށް އާނއެކޭ ބުނެލިއެވެ. ” ސޯ އަހަރެން އަންނާނަން ބަލާ އެއިޓް ތާރޓީހާއިރު ” މިހެން ބުނެލުމަށް ފަހު މާއިޒް ދާން ހިނގައިގަތެވެ. ނުތަނަވަސް ވެފައި ވާ ހިތަކާ އެކު އީނާ ވެސް އެތެރެ އަށް ދާން ހިނގައިގަތެވެ.

******************************

” އެތެރެ އަކަށް ނުވަދެލާނަންތަ ؟ ” ބުނަންނުބުނަން ހުރެފައި ސައިކަލުން ފައިބާލަމުން އިޝްހާ އަހާލިއެވެ. ” އަމް އާން މިގަނޑިއަކުން ނޫން ދޯ އެހެން ދުވަހަކުން މިހާރު ބަންގި ގޮވަން އުޅެނީ ނު ” ބޮލުގެ ފުށްކިބަ ކަހާލަމުން ރީހާން ބުނެލިއެވެ. އިޝްހާ ހިނިތުންވެލާފައި ބޯޖަހާލުމަތް ފަހު ހިނގައިގަންނަން އުޅުނު ވަގުތު ހުއްޓުނީ ރީހާން ގެ އަޑަށެވެ. ” ނަންބަރު ލިބިދާނެ ތަ ؟ ” ރީހާން ބުނެލިއެވެ. މާބޮޑުކަމަކަށް ނުހަދާ އިޝްހާ އޭނާ ގެ ނަންބަރު ރީހާން އަށް ދިނުމަށް ފަހު ގެއަތެރެ އަށް ވަންނަން ދިޔައެވެ. އިޝްހާ ދޮރުން އެތެރެ އަށް ވަންނަން ދިޔަ މަންޒަރު ބަލަން ރީހާން އިންއިރު އޭނާ ގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެހެންއިންދާ އޭނާ ފަހަތް ބަލައިލަން މަޖްބޫރުވީ މީހަކު އޭނާ ގެ ކޮނޑުގައި އަތްބީއްސާލުމުންނެވެ. ފަހަތް ބަލައިލުމާއެކު ރީހާން ގެ ހިނިތުންވުން ފަނޑު ވެ ރުޅިވެރިކަމަށް ބަދަލުވިއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

އެކުއްޖާ 2 – 37

Next

މި ހިތަކުން ނުފިލާނޭ ކަލާ!

Next
June 9, 2021

މި ހިތަކުން ނުފިލާނޭ ކަލާ!

Previews
June 9, 2021

އެކުއްޖާ 2 – 37

8 Comments!

  1. ?YEOJA? says:
    June 9, 2021 at 7:23 pm

    Hello dear readers ??
    Hope u like this part ❤️❤️
    Next part tmrow ❤️❤️noonee day after tmrow❤️
    Keep Waiting ❤️❤️
    Stay safe❤️❤️ and take care all❤️❤️

  2. ?YEOJA? says:
    June 9, 2021 at 8:52 pm

    KIYUNTHERINGE SAMAALUKAMA :
    Alugadu ge mi vhk gaa ishaa ge dad ah denameh use kurevemun daathy ethanun ragalu namakee humaid Kan kiyuntheringe mauloomaathatakaa dhanavaala. Mahmoodu mi name akee liyumuge therein alugadah oligen levifaa ina name namavxx dhn in part thakugaa ragalu vaane kama bunelan .
    Sukuriyaa

  3. gigs says:
    June 10, 2021 at 5:40 am

    Sorry to say this namavess YEOJA liyefa thiyothee alugadu❌ alhugandu✔️
    Ragalu❌ rangalhu✔️
    Oligen❌. Olhigen
    Kama❌ kamah✔️

    1. ?YEOJA? says:
      June 10, 2021 at 3:17 pm

      Thank uuu ragalu kohladhiny maaa❤️❤️
      Hehehehe. ISA dhn samaalukameh deynan thi kan kama❤️❤️
      Stay safe ❤️❤️

  4. gigs says:
    June 10, 2021 at 5:43 am

    By the way varah reethi ❤️?❤️?❤️ mibaives
    WAITING FOR NXT…….???????
    U KIYANTHA( HITHI NIMUN ) MI VAAHAKA.

    1. ?YEOJA? says:
      June 10, 2021 at 3:20 pm

      Thank uuu soo much ❤️❤️
      Vrh ufaavehje kamudhiyaamaa❤️❤️
      ISA next part vxx vrh avaha kiyaalan libeyne ❤️❤️
      Keep Waiting❤️❤️
      Noo nukiyan thi vhk Eh ❤️❤️
      Stay safe ❤️❤️and tvgc ❤️❤️

  5. euphoria says:
    June 10, 2021 at 2:52 pm

    maasha allah sis ge loabi loabi rilooo mi part vs vrh furihama ngey…just hama neh bunaane ehcheh vs ehaa vs furihama maasha allah… whn nxt part dear?? keep it up ngey… nd ril hangouts use kuranya let me knw ngey…
    stay safe darll
    lyssmmm nd mysssmm..

  6. ?YEOJA? says:
    June 10, 2021 at 3:26 pm

    In reply to euphoria sis
    Heiiiii sisooooo❤️❤️
    Thank uuu soo much sis❤️❤️❤️
    Vrh happy vehje Mi part vxx kamudhiyaamaa ❤️❤️
    Next part vxxx ISA vrh avaha kiyaalan libeyne ingey sis❤️❤️
    Keep Waiting ❤️❤️❤️
    Labba sis hangout Use kuran meenee Id. ❤️❤️ [email protected]
    Sis invitation fonuvaacheyy ❤️❤️
    Lysssssmmmm ❤️❤️
    Mymmmmm ❤️❤️
    Stay safe❤️❤️ and take care ❤️❤️

Comments are closed.

Next Episodeތީއޭ މިހިތުގެ ދިރުމަކީ (8)←


All Right Reserved!