ތީއޭ މިހިތުގެ ދިރުމަކީ (3)
ގެއަށް ވަދެގެން އައި އިޝްހާ ހުރީ ވަރުބަލިވެފައެވެ. އީމާ ފަހަތުން ދުވުމުގެ ސަބަބުން އޭނާ ހުރީ ވަރުބަލިވެގެން ނޭވާކޮޅަށް ޖެހިފައެވެ. ފުރަތަމަ ވެސް އަތުގައި އޮތް އަތްދަބަސް ސޯފާއަތް އެއްލާލައިފައި ދިޔައީ ފެން ބޯށެވެ. ގޭތެރެ އިން ޔުސްރާ އާއި ހުމެއިދު ނުފެނިގެން ގުޅަން އުޅޮނިކޮށް އިޝްހާގެ ސިކުނޑީގައި ކޮށްޓާލީ މިއަދު އެދެމީހުން ހުމެއިދް ގެ އެކުވެރިއެތް ގެއަށް ދިޔަކަން ހަނދާން ވުމުންނެވެ. އަމިއްލަ ހަނދާން ބަލިކަމާ މެދު ޝަކުވާކޮށްލަމުން އިޝްހާ ކޮޓަރިއަތް ވަންނަން މިސްރާބުޖެހިއެވެ.
*************************************
ގަރާޖުގައި ކާރު ޕާރކް ކޮށްލުމަށް ފަހު ރީހާން އަދި މާއިޒް ރީހާން މެންގޭގެ ބޮޑުދޮރުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެތެރެއަށް ވަން ދެމީހުން ވެސް ހުއްޓުން އެރީ އޮލަ ވާހަކައިގައި ތިބި ސަނާ އާއި އަޙްމަދް ދެ އިތުރުން ހަމަ އެދެމީހުންގެ އުމުރުފުރައިގެ ދެމީހުން އެތާ ތިބުމުންނެވެ. ސުވާލުގެ ނަޒަރަކުން ރީހާން އަށް ބަލައިލެވުނީ އޭނާ ވަންތަން ފެނުނު ސަނާއާއި ދިމާލަށެވެ. ” އަހަ ދަރިފުޅާ ތިއައީ ދޯ މާއިޒް ވެސް ދޯ ، ދަރިފުޅާ މީ ބައްޕަ ގެ ވަރަށް ގާތް ރައްޓެއްސެއް ، ހުމެއިދް މީ އަހަރެން ގެ ދަރިފުޅު ރީހާން ، ” ރީހާން ގެ އަތުގައި ހިފާލަމުން އެތަނުގައި އެމީހުން ކައިރި އިން ސޯފާއެތް ގައި ބައިންދާލަމުން އަޙްމަދް ހުމައިދް އާއި ދިމާލަށް ބަލާލިއެވެ. ހިނިތުން ވެލަމުން ހުމެއިދް ކައިރީ އިން ޔުސްރާ އާއި ދިމާލަށް ބަލައިލިއެވެ.
” ރީހާން ކިހިނެތް ތަ ؟” ރީހާން އާއި ދިމާލަށް ސަލާމަތް އަތްދިއްކޮށްލަމުން ހުމެއިދް ބުނެލިއެވެ. ” އަޅުގަނޑު ހަމަ ވަރަށް ބަރާބަރު ބޭބެ ކިހިނެތް ތޯ ؟” އަދަބުވެރިކަމާއެކު ހުމެއިދް ގެ އަތުގައި ހިފާލަމުން ރީހާން ބުނެލިއެވެ. ” ބޭބެ ވެސް ހަމަ ރަނގަޅު ” ،އެހެން އިރުކޮޅަކު ރީހާން ހުމެއިދް މެންނާ ވާހަކަ ދައްކާލަން އެތާގައި އިނެވެ.
ރީހާން އެތާގައި އެމީހުންނާއެކު ވާހަކައިގައި ތިބުމުން މާއިޒް ރީހާން ގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގާގަތެވެ. ދެޖީބަށް އަތްޖަހާލަމުން މާއިޒް ފިރިހެން ވަންތަ ހިނގުމެތްގައި ރީހާން ގެ ކޮޓަރިއާއި ހިސާބައް އެރިތަނުން އޭނާ ގެ ފިޔަވަލުތައް ގަނޑުވީ ރީޙާން ގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިން ފޯނާކުޅެމުން އަންނަމުން ދިޔަ އީނާ ފެނިފައެވެ. ކަކުލާހަމަ އަށް އަރާ މެރޫން ކުލައިގެ އެތް ވެސް ވަންނިއެތް ޖައްސާފައި ނުވާ ސާދާ ހެދުމުގައި އީނާ އެހާވެސް ފުރިހަމައެވެ. ރީތި ގޮތަކަށް ޕީޗް ކުލައިގެ ޝޯލް އެތް ބޮލުގައި އޮޅާލެވިފައިވެއެވެ. މޫނުމަތީގައި ލުއި ލުއި މޭކަޕެތް ކޮށްފައި ވުމުން އައިބުކަމަކަށް ނުދައްކައެވެ. މުޅި އެތަނުގައި ވެސް ހިފާލައިފައި ވަނީ އީނާ ޖަހައިގެން ހުރި އަންހެން ސެންޓްގެ ވަހެވެ. އީނާ އަކަށް ކުރިމަތީގައި ހުރި މާއިޒް އެތް ނުފެނެއެވެ. އަދި މާއިޒް ވެސް އީނާ އަށް ގެއްލިފައި ހުރިވަރުން ކުރިމަތިން އެތްފަރާތަކަށް އަރާކަށް ނޭނގުނެވެ. ފެށުނީއްސުރެވެސް އޭނާ ގެ ހިތުގައި އީނާއަށް ޙާއްސަ މަޤާމެތް ދެވިފައިވެއެވެ. އެހެންނަމަ ވެސް ހާމަ ކުރަން ނުކެރުނީ ރީހާން އާއި ދެމެދުގައި އޮތް އެކުވެރިކަމަށް ބުރޫއަރާފާނޭތީއެވެ.
ފޯނުން ޗެޓް ކުރަމުން އައި އީނާ ގެ އަނގައިން ” އައުޗް ” މިބަސް ނިކުތީ މާއިޒްގެ ތަނަވަސް މޭގައި އޭނާގެ ބޯޖެހުމުންނެވެ. އެއާއެކު މާއިޒް ވެސް ދިޔައީ ސިއްސާގެންނެވެ. އެތްއަތުން ނިތްކުރީގައި އަތް އަޅާލައިގެން ހުރެ އިސްއުފުލާލި އީނާގެ ހިތުގެ ތެޅުން އިހުނަށް ބާޜުވެގެން ދިޔަކަން އޭނާ އަށް ފާހަގަވިއެވެ. އޭނާ ގެ ކޮލަށް ވެސް ހޫނުކަމެތް އެރިއެވެ. ލަދުން އީނާ އިސްޖަހާލީ މާއިޒް މާވަރަކަށް ބަލާތީއެވެ. ޖަންބުކުލައެތް އަރައިފައި އޮތް އީނާ ގެ ދެކޮލަށް ބޮސްދޭން މާއިޒް ހުރީ ނުހަނު ބޭނުންވެފައެވެ. އެހާވެސް އީނާ ލޯތްބެވެ. އިޙްސާސް ތައް ކޮންޓްރޯލް ކޮށްލަމުން މާއިޒް މާފަތް އެދިފައި އީނާ އާއި ދިމާލަށް ނުބަލާލައި ރީހާން ގެ ކޮޓަރިއަތް ވަތީ އޭނާގެ ހިތް ބޭޒާރުވެދާނޭތިއެވެ. މާއިޒް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އީނާ އަށް އޭނާގެ ދެކޮލުގައި އަތް އަޅާލެވުނެވެ. މާއިޒް ފެނުމުން ހުދު އޭނާ އަށް ވެސް ވަނީ ތަފާތުގޮތެކެވެ. އޭނާ ގެ ހިތުގައި ވަނީ މާއިޒްގެ ނަން ރަންއަކުރުން ފެވިފައެވެ. ދެފަރާތައް ބޯހޫރާލަމުން އީނާ ވެސް އޭނާ ދާން އުޅުނު މަންޒިލަށް ދާން މިސްރާބުޖެހިއެވެ.
” ކޮބާ ހުމެއިދް ރީހާން ކަމުދޭތަ ، ” ރީހާން އެތަނުން ދިޔުމާއެކު އަވަސްއަވަހަށް އަޙްމަދް އަހާލިއެވެ. ” އާން އަޙްމަދް ގެ ދަރިއެއް ވީއާ ރަނގަޅުނުވެ އެތް ނުހުންނާނެތާ އަހަންނަށް ވަރަށް ކަމުދޭ ދެން އެހެންމާ ލަސްކުރާނެ ކަމެތް ނެތެއްނު ، އެކަމަކު އަހަންނަށް ފެންނަނީ އަޙްމަދް އޭނާ އާއި ވާހަކަ ދައްކާ ޔަޤީން ކުރަން ، ” ހުމެއިދް ބުނެލިއެވެ.
” އާން އަހަރެން ތިވާހަކަ ދައްކާލާނަން އެސޮރާ މިރޭ ” ހިނިތުންވަމުން އަޙްމަދް ބުނެލިއެވެ. ” އެހެންމާ ދެން ގޮސްލީ އިނގޭ މާލަސްވެސް ވެއްޖެ އެތްނު މިހާޜު ދޯ ” އިށީންދެގެން އިން ސޯފާއިން ތެދުވެލަމުން ހުމެއިދް ބުނެލިއެވެ.
**************************************
ރޭގަނޑުގެ ވަގުތެވެ. އިޝްހާ އަދި އޭނާ ގެ ކުޑަ ޢާއިލާ ދިޔައީ ކެއުމާގެން އަވަދިވަމުންނެވެ. ” ދަރިފުޅާ ބައްޕަ އެބައޮތް ވާހަކަ އެތް ދައްކާލަން ވެފާ ، ” ތަށިތައް ނަގަން ޔުސްރާ އަށް އެހީވެދިނުމަށް ފަހު ކޮޓަރިއާއި ދިމާލަށް ދާން މިސްރާބުޖެހި އިޝްހާ ހުއްޓުވަމުން ސޯފާގައި ޙަބަރު ބަލަން އިން ހުމެއިދް ބުނެލިއެވެ. ހުމެއިދް ދައްކަން އުޅޭ ވާހަކަ އިނގެން ބޭނުންވެފައި ހުރިލެތް ބޮޑުކަމުން އިޝްހާ ހުމެއިދް އާއި ޖެހިގެން ސޯފާގައި އިށީނދެލިއެވެ. ” ބައްޕާ ކޮން ވާހަކަ އެތް ތޯ ؟” އަދަބުވެރިކަމާ އެކު އިޝްހާ އަހާލިއެވެ. ” ދަރިފުޅާ ބައްޕަ ބުނީ މިހާރު ދަރިފުޅުވެސް ތިހުރީ ޒުވާން ޢުމުރުގާ ، މިހާރު ދަރިފުޅަށް ބާވީސް އަހަރުވެއްޖެ އެހެންމާ ދަރިފުޅު ކައިވެންޏަކާ މެދު ނުވިސްނަންތަ . ބައްޕަ މިބުނީ ދަރިފުޅު ހިތުގައި ކުއްޖެއް ވާނަމަ ލަސްކުރާނެކަމެތް ނެތެންނު ” ހުމެއިދް އޭނާ ގެ ވާހަކަ ފެށިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިޝްހާ އިނެވެ. އަދި އޭނާގެ ހަޔާތުގައި ވަކި ޙާއްސަ ފިރިހެން ކުއްޖެއް ނެތުމާއެކު އިޝްހާ ވިސްނީ ތެދުތެދަށް ހުމެއިދް އަށް ޖަވާބުދޭށެވެ. ” ބައްޕާ އަދި އަޅުގަނޑު ހަޔާތުގައި ވަކި ޙާއްސަ ފިރިހެން ކުއްޖެއް ނެތް ،” އިސްޖަހާލައިގެން އިނދެ ދެއަތްދެއަތާ މޮޑެމުން އިޝްހާ ބުނެލިއެވެ. ” ތިހެންވީރު ދަރިފުޅު ބައްޕަ ދައްކާ ކުއްޖަކާ ކައިވެނި ކުރަން ތައްޔާރުތަ ” ވިސްނުމެއްގައި އިނދެ މަހުމޫދް ބުނެލިއެވެ. ގިނައިރުވެގެން ދިޔައިރު ވެސް އިޝްހާގެ ފަރާތުން ޖަވާބެއް ނުލިބުމުން މަހްމޫދް އަނެތްކާ ވެސް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. ” ދަރިފުޅު އެހަށް ހަމަޖެހިލާފައި ވިސްނާލައިފައި ބައްޕަ އަށް މާދަމާ ޖަވާބެއް ދިނަސް އެންމެ ރަނގަޅު އިނގޭ ، ދަރިފުޅު މިކައިވެންޏަށް ތައްޔާރުނަމަ ލަސްކުރާކަށް ބައްޕަ ނެތިން.” އިޝްހާ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ މަހްމޫދު ވާހަކަ ދެއްލިއެވެ. ބޯޖަހާލަމުން އިޝްހާ ކޮޓަރިއަށް ވަންނަން ދިޔައެވެ.
********************************
” ކޮންވާހަކަ އެތް ތޯ ބައްޕަ ދައްކަން ބޭނުން ވަނީ ، މިގަޑީގައި އަޅުގަނޑު ނެތް އެތް ވެސް މަސެއްކަތެއް އެހެންވީމާ ބައްޕަ ހަމަޖެހިލާގެން އަޅުގަނޑާ ވާހަކަ ދައްކާލެވިދާނެ .” އަދަބު އިޙްތިރާމާ އެކު ރީހާން އޭނާގެ ބައްޕަ އާއި ވާހަކަ ދައްކަމުން ދިޔައީ ކެއުމުގެ ގަނޑީ އަޙްމަދް އޭނާ ކައިރި ވާހަކަ އެތް ދައްކަން ބޭނުންވެފައި ވާކަމަށް ބުނުމުންނެވެ. ” މައްސަލައެތް ނެތް އެހެންމާ ބައްޕަ ދައްކަން މިއޮޅޭވާހަކަ ދަރިފުޅު ވާނެ ރަނގަޅައް އަޑުއަހަން އިނގޭ ” ވާހަކަ ފަށަން ތައްޔާރުވެ އިނދެ އަޙްމަދް ބުނެލިއެވެ. ޖަވާބުގައި ރީހާން ހަމައެކަނި ބޯޖަހާލިއެވެ. ” ދަރިފުޅު ހަޔާތުގައި އެތްވެސް ބައިވެރިއެތް އެބަހުރިތަ ؟ ” ފުރަތަމަ ވެސް އަޙްމަދް އޭނާ ކުރަންހަމަޖެހިފައި އިން ސުވާލު ކޮށްލިއެވެ. ” ނޫން އަދި އަކު ކަމުދާކަހަލަ ކުއްޖެއް ނުފެނޭ ” އަޙްމަދް ގެ ސުވާލުން ސިހުނެތް ކަމަކު ހަމަޖެހިލާފައި ރީހާން ޖަވާބުދިނެވެ. ނަމަވެސް ޖަވާބުދިން ގަނޑީގައި އޭނާ ގެ ހިތައް ފުރަތަމަ ވެސް ސިފަވެގެން ދިޔައީ އިޝްހާ ސޫރައެވެ. މިކަމާ ރީހާން ޙައިރާން ވިއެތް ކަމަކު ހިޔާލުތަކުން ނިކުމެ އަޙްމަދް ދައްކަން އުޅޭ ވާހަކަ އަށް ސަމާލުކަން ދިނެވެ. ” އެހެންވެއްޖެނަމަ ބައްޕަ ބޭނުން ދަރިފުޅު ބައްޕަ ދައްކާ ކުއްޖަކާ އިންނަން، މިއަދު ހަވީރު ދަރިފުޅަށް މިގެއިން ބައްދަލުވީ އެކުއްޖާގެ މައިންބަފައިންނާ ” އަޙްމަދް ބުނެލިއެވެ. ރީހާން ވެސް ދިޔައީ ސިހިގެންނެވެ. ” ބައްޕާ އަޅުގަނޑު ވިސްނާލާފައި ޖަވާބެއް ދިނަސް އެންމެ ރަނގަޅުތޯ ” . ނުތަނަވަސް ވެފައި އިނދެ ރީހާން ބުނެލިއެވެ. ” އާން ދަރިފުޅާ ބައްޕް ގެ ހަމަ އެއްވެސް މައްސަލަ އެތް ނެތް އެކަމަކު އަވަހަށް ވާނެ ޖަވާބުދޭން އިނގޭ ” ހިނިތުންވެ އިނދެ އަޙްމަދް ބުނެލިއެވެ. ބޯޖަހާލަމުން ރީހާން އޭނާގެ ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ.
ކޮޓަރީ ވިސްނުމަކަށް ގެއްލިފައި އޮތް ރީހާން އަށް ހަމަހޭވެރިކަން ވީ ކޮޓަރީ ދޮރުހުޅުވާލަމުންނެވެ. އެތެރެއަށް ވަދެގެން އައި އީނާ ފެނި ރީހާން އެނދުން ތެދުވެލިއެވެ. ” ދޮންބޭ ، ތިއޮޅެނީ އަހަންނަށް ފަހަރިއެތް ހޯދައިދޭން ތަ ؟.” ލާނެތް ރާގެއް ގައި އީނާ ރީޙާން ކައިރި އެނދުގައި އިށީންނަމުން ބުނެލިއެވެ. ” ކަލޭނޭ އީނޫ އަށް ކިހިނެތް އިނގުނީ މިހާރު ؟ ، ދޮންބެ ބުނީ ބައްޕަ ކައިރި ވިސްނާލާނަމޭ” ރީހާން ބުނެލިއެވެ. ” ދެން އަހަންނަށް ވެސް އިނގިދާނެ ގޮތެއް އޮވެދާނެ އެތް ނޫން ތަ ! ، ދެން ދޮންބެ އިންނާނަން ތަ އެކުއްޖާއާ” އީނާ އަހާލިއެވެ. ” ނޭނގެ ދޯ އަދި ، އެހެންކަމަށް މިވިސްނަނީ ޑޭޑް ގެ ބުނުމާ ދެކޮޅުނަހަދަން ، އައިމީން މިހާޜު ކައިވެނީ ގެ ވާހަކަވެސް ދައްކާ ވެސް ނިންމާފި ކަންނޭގެ ހެން ދޮންބެ އަށް ހީވަނީ އެހެންމާ ޑޭޑް ޑިސެޕޮއިންޓް ކުރަން ބޭނުމެތް ނޫން އަނެތްކާ ދޮންބެ ލައިފް ގައި ނެތް ވަކި ގާރްލް އެތް ވެސް އެހެންމާ ” ވިސްނުމެތްގައި އިނދެ ފައި ރީހާން ބުނެލިއެވެ. ” އަހަރެން ހަމަ ގައިމަތް ވެސް ވަރައް އުފާވާނެ އިނގޭ ދޮންބޭ އަނގަތަޅާލާނެ ކުއްޖެއް އޭރަށް އަންނާނެ އެތް ނު ދޯ” ހިނިގަނޑެއް ޖަހާލަމުން އީނާ މިހެން ބުނެލިއެވެ. ” ދެން މާއިޒް ކައިރި ވެސް އަހާލާފައި ވާނީ ” ރީހާން ބުނެލިއެވެ. މާއިޒް ގެ ނަން އިވުމާއެކު އީމާ ގެ އަނގަ ބަންދުވިކަހަލަ އެވެ. ރީޙާން އަށް މިކަން ފާޙަގަ ވުމުގެ ކުރިން އަވަސް އަވަހަށް އީނާ ދަނީކަމަށް ބުނެ އެ ކޮޓަރިން ދިޔައެވެ.
ރީހާން އެކޭ އެއްފަދައިން އިޝްހާ ވެސް ވަނީ ވިސްނުމަކަށް ގެއްލިފައެވެ. އީމާ އާ މާދަމާ މިވާހަކަ ހިއްސާކުރަން ނިންމާގެން އިޝްހާ ދެލޯމަރާލީ މާދަން ހެނދުނު އޮފީހައް ދާން ޖެހޭތީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Helloo my dear readers ❤️❤️
Hope u like this part too❤️❤️
Next part ISA tmrow or day after tmrow❤️☺️
Keep waiting ❤️❤️
Stay safe ❤️❤️and tvgc❤️❤️
Love u readers❤️❤️☺️