ތީއޭ މިހިތުގެ ދިރުމަކީ (5)
އިޝްހާ ކުރިމަތީގައި އިން ރީހާން އަށް ފުންކޮށްބަލައިލީ މިފެންނަނީ ހުވަފެނެއް ތޯ ޔަޤީން ކޮށްލުމަށެވެ. ރީހާން ވެސް އިޝްހާ ފެނުމާއެކު ދިޔައީ ސިއްސާގެންނެވެ. ހިތުގެ ކަނެއްގައި އިޝްހާ އާއި އިންނަން ޖެހޭތީ އެކަމާ އުފާކުރަމުން ދިޔައެވެ.
ދެމީހުން ތިބިގޮތުން މަޙްމޫދްމެން ތިބީ ނަގަން ވިމާނަ އެއް ނޭނގިފައެވެ. ” ދަރިފުޅުމެން އެކަކު އަނެކަކު ދަންނަން ތަ؟” އަޙްމަދް އަހާލިއެވެ. ހައިރާންވެފައި ތިބި ދެމީހުން ވެސް ހަމަބިމަށް އާދެވުނެވެ.
” ނޫން ނުދަންނަން އަޅުގަނޑެއް ” ނުވާކަމަކަށް ހަދާލައިފައި ރީހާން ބުނެލިއެވެ. ” އަޅުގަނޑެއް ވެސް ނުދަންނަން ” ރީހާން އަށް ލޯއަޅާލަމުން އިޝްހާ ބުނެލިއެވެ. ރީހާން އަށް އިނދެވުނީ އޭނާ ގެ ހިނިގަނޑު ހިފަހަށްޓައިގެންނެވެ. އެތާ ނުތިބެ ދެން އެންމެން ވެސް އެކަކު އަނެކަކާ ތަޢާރަފްވެލުމަށް ފަހު ދިޔައީ ކައިތަށިމައްޗަށެވެ.
އީމާ ، އިޝްހާ އަދި އީނާ މިތިންކުދިން ވެގެން ދިޔައީ ނިކަން ގުޅޭ އެތް މިޒާޖެއްގެ ތިންމީހުންނަށެވެ. އިޝްހާ މެންނެކޭ އެއްފަދައިން އީނާ އަކީ ވެސް ސަކަ މިޒާޖެއްގެ ވެރިއަކަށް ވުމުން ތިންމީހުން މެދުގައި ރަޙުމަތްތެރިކަން އުދެފެން މާގިނަ އިރެއް ނުނަގައެވެ.
ކާމޭޒުމަތީގައި މާގިނަ ވާހަކަ ތަކެއް ނުދައްކާ ކެއުން ނިންމާލީ އާދައިގެ ގޮތަކަށެވެ. ކައިނިމިގެން ހުރިހާ އެންމެން ވެސް ސޯފާތަކުގައި ތިބެލީ ވާހަކަ ކޮޅެއް ދައްކާލުމަށެވެ. ” ދަރިފުޅާ ދާން ވީނު ރީހާން ގޮވާގެން ބެލްކަނިއަށް ވާހަކަ ދައްކާލަން ، ” އިޝްހާ އާއި ދިމާލަށް ބަލައިލަމުން މަޙްމޫދްބުނެލިއެވެ. އެއިރު ޔުސްރާ އަދި ސަނާވެސް ދިޔައީ އޮލަވާހަކަ ދައްކަމުންނެވެ. ބޯޖަހާލަމުން އިޝްހާ ސޯފާއިންތެދުވަމުން ރީހާން އަށް ބަލައިލިއެވެ. ރީހާން ވެސް ތެދުވުމާއެކު އިޝްހާ ހިނގައިގަންނަން ފެށިތަނުން އީމާ އިޝްހާ ގެ އަތުގައި ހިފާލަމުން އެތްފަރާތަކަށް ޖެހިލިއެވެ. ” އޭ އިޝޫ މަބުނާނެ ވާހަކައެއް ނެތް ދެމީހުން އެތާ ތިންވަނަ ބޮޑު ހަނގުރާމަ ނުފަށާތި ހަނދާން ކޮށް ” އިޝްހާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އީމާ ބުނެލިއެވެ. ” ސާބަސް ދެން އެވަރެތް ނުވާނެ އެތްނު ” މިހެން ބުނެލާފައި އިޝްހާ އެތަނުން ދާން ހިނގާގަތެވެ. އިޝްހާ ދިޔުމާއެކު އީމާ އަދި އީނާ އިޝްހާ ގެ ކޮޓަރިއަށް ވަދެގެން ދިޔައީ އަމިއްލަ ވާޙަކަ ދައްކާލުމުގެ ބޭނުމުގައެވެ.
ބެލްކަނީގައި ހިޔާކޮށްފައި ހުރި ބައިގައި އިން ސޯފާސެޓްގައި އިޝްހާ އަދި ރީހާން އިނށީންދެލިއެވެ. ދެމީހުން ގެ ދެމެދުގައި ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔައިރު ދެމީހުންވެސް ތިބީ ދައްކާނެ ވާހަކަ އެތް ނެތިފައެވެ. ” އަހަރެން ކިބައިން މާ ކަންކަން އެކްސެޕްޓް ނުކުރާތީ ، މީ ލަވް މެރިޖްއެތް ނޫން މީ އެރޭންޖެ މެރިޖް އެތް އެހެންމާ އަދި ރަނގަޅު ގުޅުމެއް އުފައްދަން ދުވަސްނަގާނެ ، ސޯ އެހެންމާ ބޭނުމީ އެހަށް އިޝްހާ އަހަރެން ގެ ކިބައިން މާކަންކަމަށް އެކްސެޕްޓް ނުކުރުން ”. ހަމަހިމޭން ކަން ފޫއަޅުވާލަމުން ރީޙާން ބުނެލިއެވެ.
” އަހަރެން ކީއްކުރަން ކުރަންވީ އަހަރެން ކިބައިން ވެސް ނުކުރާތި އެކަމަކު އަންބަކު އަދާކޮށްދޭން ޖެހޭ ކަންކަން އަހަރެން ކޮށްދޭނާން ، ކޮންމެ ކަމެއްގައި މާ ފޮނި ވާން އުޅޭނެ ކަމެއް ނެތް އެން އަދި ބުނަލާނީ އަހަރެންނަކަށް ކުރިއަކުން ނޭނގެ ތިބެއާކަމެއް އިންނަން ޖެހެނީ ކީ އިނގޭ މިހެން މިބުނެލީ ބުނެފާނެ ހިތްކިޔާގެންނޭ އިންނަން ކީ ސޯ ފޯރ ޔުއާއިންފޮމޭޝަން މިބުނެލީ ” ރީހާން އާއި ދިމާލަށް ބަލައިލަމުން އިޝްހާ ބުނެލިއެވެ. އެއާއެކު އެތާގުގުމާގެން ދިޔައީ ރީހާން ގެ ފިރިހެންވަންތަ ހީލުމުގެ އަޑެވެ. ” މިތާ ޖޯކެއް ކިޔާފިންތަ” ރީހާން ހޭންފެށުމުން ރުޅިއައިސްފައި އިނދެ އިޝްހާ ބުނެލިއެވެ.
” އަހަރެން ދެކެ ހަމަ އެހާ ރުޅިއާދޭތަ ؟ ” ރީހާން އަހާލިއެވެ. ”ހުއް އަދި ވެސް އަހަރެން ރުޅިއާދޭތޯތަ ތިއަހަނީ ، ރުޅިނާންނަވަރަކަށްތަ އަހަރެންގެ އަނގަ ގޮއްވީ މި ފާއިތުވެގެން ދިޔަ ދުވަސްގަނޑުގާ” ދެއަތް އުރާލަމުން އިޝްހާ ބުނެލިއެވެ. ” އެކަމަކު ވެސް އަހަންނަށް ހަމަ ބިލީވް ނުކުރެވޭ އަހަރެން އިންނަން މިޖެހެނީ ތި އިޝްހާ އާއި ކަން” ރީހާން ބުނެލިއެވެ. ” އަހަރެން ވެސް ، ބިލީވް އެތް ނުކުރެވޭ އަސްލަކު އެތްދުވަހަކުން އަހަރެން މިއޮތްހާ ދުވަހު އެންމެ ރުޅި އާ މީހާ އާއި އިންނަން ޖެހިދާނެކަމަކަށް ” އިޝްހާ ވެސް ހަމަ ޖެހިލަމުން ބުނެލިއެވެ. ” ދެން އެހެންމާ އަހަރެމެން ދެމީހުން ދެމެދު ފްރެންޑްޝިޕް ބޭއްވޭނެތަ ، އަސްލު އަހަރެން ވަރަށް ރުޅިގަދަ ވާނެއިނގޭ އެހެންވެދިމާވި ފަހަރުފަހަރު އަހަންނަށް އިޝްހާ އާއި ދިމާލަށް އެއްޗެހިކިޔުނީ އެން އައި ޑޯންޓްފީލް ސޮރީ ފޯދެޓް ” އެންމެ ފަހު ޖުމްލަ ރީހާން ބުނެލީ ލާނެތް ކަމާއެކުއެވެ. ” ޝުއާ ، މިހެން ރުޅިއައިސްފައިތިބެގެންނެތް ނުވާނެ ތާ ދޯ ، އަހަރެން ވެސް ރީހާން އާއި ދިމާލަށް ކިޔުނު އެއްޗިއްސަކަށް ސޮރީއެއް ފީލް ނުވޭ އިނގޭ ” ފޮނިގޮތަކަށް އިޝްހާ ބުނެލިއެވެ. ” އިޝްހާ އަހަންނާ ތި އިންނަނީ މަޖްބޫރުންތަ ، ލޯބިވާ މީހަކު ހުރޭތަ؟ ” ރީހާން އަހާލިއެވެ.
” ނޫން ދެން ބައްޕަ ބުނީމާ އެހެންނޫނަސް އަހަރެން ލޯބިވާ މީހެއް ނުހުރޭ އެހެންމާ ކޮބާ ދޯ މައްސަލައަކީ ، އަނެތްކާ ރީހާން އަހަންނާ އިންނަން ތިއޮޅެނީ މަޖްބޫރުންތަ ؟.” އިޝްހާ އަހާލިއެވެ. ” ނޫން” ރީހާން ބުނެލިއެވެ. ދެމީހުން އެހެން މާގިނައިރު ނުތިބެ ސިޓިންރޫމް އާއި ދިމާލަށް މިސްރާބުޖެހިއެވެ. މާގިނަ ވާހަކަ ނުދެއްކުނެތް ކަމަކު ދެމީހުންގެ ދެމެދުގައި ލެވިފައި ވާ ފާރު ކުޑަކޮށް ނަމަވެސް ތިރިވަމުން ދިޔައެވެ.
” އަހަ މިއޮތް އައީ ދެމީހުން ވެސް ، ” ހިނިތުންވެލަމުން ޔުސްރާ ބުނެލިއެވެ. ” ދެން އެހެންމާ ދަނީ އިނގޭ މަޙްމޫދް ކައިވެނީގެ ކަންތަކާ ދެން ފަށަން އަހަންނަށް ފެންނަނީ މިކަމާ ރާވާލަން އަނެއްކާ ވެސް ދިމާކޮށްލާނީ ދޯ ، މިފަހަރު މަޙްމޫދް އާއިލާ ވާނެ އަހަރުމެން ގެއަށް އަންނަން އިނގޭ ” ސޯފާ އިން ތެދުވެލަމުން އަޙްމަދް ބުނެލިއެވެ. މަޙްމޫދް ވެސް ހިނިތުންވެލަމުން އަޙްމަދްއާއި އެތްވަރަކަށް ސޯފާއިން ތެދުވެލިއެވެ.
” ކޮބާ ދަރިފުޅާ ކަމުދޭތަ ރީހާން ” އަޙްމަދް މެން ނިކުތުމާއެކު މަޙްމޫދް އިޝްހާ ކައިރި އަހާލިއެވެ. ޖަވާބުގައި އިޝްހާ ބޯޖަހާލީ އިސްޖަހާލަމުންނެވެ. މާގިނައިރު ނުތިބެ އެންމެން ވެސް ނިދަންވަތީ ލަސްވެފާ ހުރުމުންނެވެ. އީމާ އާއި އެތްކޮށް އިޝްހާ ކޮޓަރިއަށް ވަންނަން ހިނގާގަތެވެ. ” އޭއި ކިޔާދީބަ ކަލޭ މެން ކޮންވާހަކަ އެތް ދެއްކީ ޔަގީނޭ ތޮޅުނީއޭ ދޯ ” ސޯލް ބާލަން އިން އިޝްހާ އާއި ދިމާލަށް ދެލޯހަނިކޮށްލަމުން ބުނެލިއެވެ. ” ނޫން އެހެންނެއް ނޫން ،ފުރަތަމަ ވެސް އަހަރެން ރީހާން އާއި ދިމާލަށް އެއްޗެހިކިޔުނީ ބަޓް އޭނާ ރުޅިހެދިޔަސް ވަރަށް ފްރެންޑްލީ ، އެހެންވެ ދެން އަހަރެންވެސް އެކުވެރިގޮތަކަށް ވާހަކަ ދެއްކީ ” ދާވަށިގަނޑަށް ޝޯލް ލަމުން އިޝްހާ ބުނެލިއެވެ. ” ހޮއެ ހޮއެ ދެން ފެންނާނީ ލޯބީގެ ޗައްކަރެއް ފަށާތަން ކަންނޭގެ ، ކޮންގްރާ އިޝޫ ” ލާނެތްރާގަކަށް އީމާ ބުނެލިއެވެ. ” ހޫމް ދެން ހެވޭ ނިދަން އުޅެން ހިނގާ ، ނަސީބެތް މާދަމާ ބަންދުކަން ދޯ އެހެންނޫނީ ވަރުބަލިކަމާ އެކު އޮފީހަށް ދާން ޖެހޭނީ ދޯ ” ނިދަން ލާ އަތްކުރު ޓީޝާޓް އަދި ކަޅުކުލައިގެ ފުއްޕި ހަރުވާޅު ނަގަމުން އިޝްހާ ބުނެލިއެވެ. ” އާން ދޯ ” އީމާ ބުނެލިއެވެ.
****************************
” އޭއި ބްރޯ ކޮބާ ކިހިނެތް ކަންތައްތައް ދިޔައީ ، ފަހަރި ރީތި ތަ؟” ލާނެތް ރާގަކަށް މާއިޒް ބުނެލިއެވެ. ރީހާން އަދި މާއިޒް ތިބީ އެހެންޏާ ވެސް ދެމީހުން ދާ ވުޑްއެޕަލް ރެސްޓޯރެންޓް ގައެވެ. ” ދެން ރަނގަޅު ދޯ . އިނގޭތަ އަހަރެން އިންނަން އުޅޭ މަންޖެ އަކީކާކު ކަން ހަމަ ޔަޤީން ކަލޭ ސަޕްރައިޒް ވާނެ ” ކޮފީ މަގުން އެތިކޮޅެތް ބޯލަމުން ރީހާން ބުނެލިއެވެ. ” ކާކު ؟ ” ހައިރާންވެފައި އިނދެ މާއިޒް ބުނެލިއެވެ. ” އެތްކަލަ ދުވަހު ރަސްފަންނުން ދިމާވިއެތްނު އަހަންނާ ޒުވާބު ކުރި ކުއްޖެއް ، އައިސްކްރީމް ހިފާން ހުއްޓެންނު ކުއްޖެއް، ޑޭޑް ގެ ވަރަށް ގާތް އެކުވެރިއެތްގެ ދަރިއެކޯ ” ރީހާން ބުނެލިއެވެ. ” އޭންން!!! ހަމަ އަސްލު، ވާވް ހަމަރަނގަޅަށް ވެސް އަހަރެން ސަޕްރައިޒް ވެއްޖެ ، ކޮންގްރާ، ތަޤްދީރުގެ ނިންމުން ނިކަން ދެކިބަލަ ، ހަމަ މޭޑްފޯރްއީޗްއަދާ ” ހެމުންހެމުން މާއިޒް ބުނެލިއެވެ. ރީހާންވެސް ބަދަލުގައި ހިނިތުންވެލިއެވެ.
************************************
އިރުގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ ރަސްފަންނުގައި އިޝްހާ އަދި އީމާ ތިއްބައެވެ. ކޮންމެ ބަންދުދުވަހެއްގައި ކަހަލަ ގޮތަކަށް ދެމީހުންވެސް ރަސްފަންނަށް އަންނަނީ ހިތްހަމަޖައްސާލާށެވެ. ހެދުނުގެ ވަގުތުވުމުން މާލޭގެ މަގުތައް ވަނީކޮންމެސް ވަރަކަށް ހަމަހިމޭން ވެފައެވެ. ކަސްރަތައް ދުވަން އުޅޭމީހުން މަގުތައްމަތީ ހަރަކާތް ތެރިވަމުން ދިޔައިރު އެއިންކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނިގެން ދަނީ ހިތްހަމަ ޖެހުމެވެ. މާގިނައިރު އެހެންތިބެން ނުހަދާ ދެމީހުން ވެސް ގެއާއި ދިމާލަށް ދާން މިސްރާބުޖެހިއެވެ. ރަސްފަން ނުން ނުކުތް އިޝްހާ ގައިގައި މީހެއް ޖެހިލުމާއެކު އިޝްހާ ދިޔައީ އެއްލިގެންނެވެ. ނަމަވެސް ހަމަޖެހިލާފައި އިސްއުފުލާލަންވާއިރަށް އޭނާ ކަންފަތުގައި ގުގުމައިގަތީ ރީހާން ގެ ފިރިހެން ވަންތަ އަޑެވެ. ރީހާން ގެ އަނގައިން ހަމަ އެކަނި ބޭރުވީ އިޝްހާ ގެ ނަމެވެ. ” އިޝޫ އަހަރެން ދަނީ އޭ ދެމީހުން ހޭވް އަ ގްރޭޓް ޓައިމް، އެން ޑޯންޓްވަރީ ޒިހާން އެހެރީ އެތާގާ އޭނާ ވެސް ދުވަން ނިކުމެ އެ އުޅެނީ ސޯ ބާއީ ސީޔޫ ” ދުރުގައި އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒިހާން ދައްކާލަމުން އީމާ ބުނެލިއެވެ. އިޝްހާ ވެސް ބޯޖަހާލިއެވެ. ” ސޯ ، ސޮރީ އިނގޭ އަހަރެން ނުބަލާ އާދެވުނީ ” ރީހާން ބުނެލިއެވެ. އެއިރު ވެސް އޭނާ ގެ ދެލޯ ހުއްޓެމުން ދިޔައީ އިޝްހާ ގެ ސާދާ ރީތި މޫނަށެވެ. ” އިޓްސް އޯކޭ އޭ އަހަރެން ވެސް ނުބަލައެތް ނު ދޯ އާދެވުނީ ، ތިއެށް ނޫނޭ ދުވަން ތަ އައިސް ތި އޮޅެނީ، ” މަޢުލޫ ބަދަލުކޮށްލަމުން އިޝްހާ އަހާލިއެވެ. ” އާން ކޮންމެ ދުވަހަކު ވެސް އަހަރެން އާދަވެގެން ކުރާކަމެތް މީ ، އެން އިޝްހާ އޯ ، ދުވަން އައި ވައްތަރެށް ނުޖަހާ ހިނގަނީތަ ؟، ” ރީހާން ވެސް ސުވާލު ކޮށްލިއެވެ.
” އާން މިއޮޅެނީ އީމާ އާއި އެތްކޮށް ފަތިހު ބުރެއް ޖަހާލަން އައިސް” އިޝްހާ ބުނެލިއެވެ. ” ހިނގާ އަހަރެން އިޝްހާ ގެއާއި ހިސާބަށް ގެންގޮސްދޭނަން ” އިޝްހާ އާއި ދިމާލަށް ބަލައިލަމުން ރީހާން ބުނެލިއެވެ. އިޝްހާ ބޯޖަހާލީ އެކަނި ނުދާން ވެގެންނެވެ. ހަމަހިމޭން ކަންމަތީގައި ދެމީހުން ގެއާއި ހިސާބަށް ދިޔައިރު ދެމީހުންކުރެ އެކެއް ވެސް އަނގައިން ބުނެނުލައެވެ. ” ދެން އަހަރެން ދަނީ އިނގޭ” ރީހާން ބުނެލިއެވެ. އިޝްހާ ވެސް މަޑުމައިތިރިކަމާއެކު ބޯޖަހާލަމުން އެތެރެ އަށް ވަންނަން މިސްރާބުޖެހިއެވެ. މީހާގެ މޫނުމަތިން ނުދެއްކިއެތް ކަމަކު ވޭތުވެދިޔަ މަދު ވަގުތުކޮޅު އޭނާ ގެ ހިތުގެ ހިނގުމަތް ބަދަލު އައިކަން އޭނާ ގެ އަމިއްލަ ނަފްސަށް އިޙްސާސް ވިއެވެ. އެކަމާ މާބޮޑަށް އަޅާ ނުލާ އަވަހަށް އިޝްހާ އެތެރެ އަށް ވަދެގެން ދިޔައީ ޔުސްރާ މިހާރު ބަދިގެއަތް ވަދެދާނޭތީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Hii riloooo♥️
Maashallah v reethi mi part vx
Hehe.. reehan n ishahaa enme fahun marry kuranee dhw.. v majaa e dhemeehun ulheyley.. adhi marry kureema haadha vareh vaaney.. mihaaru zuvaabu kurun huhttaalee dhw.. v reethi ingey
Curiously waiting for the nxt part dhooni..♥️♥️♥️
Lyyysssmm ♥️? Myyysssmmm
Stay safe and Tc loabi kolhoo ♥️
Hello my dear readers❤️❤️
Hope u love this part tooo❤️❤️
Next part ISA tmrow ❤️❤️
Keep waiting ❤️❤️
Stay safe ❤️❤️and tvgc❤️❤️
in reply to LamHaa
heiii lam
Thank u soo much lam . vrh happy vehje mi part kamudhiyaamaa
yhh enme fahun marry kuran thaa jehuny dhw . dhn higaa dhw balamaa marry kurumah fahu vaane gothe dhw. yhh zuvaabu kuruntha huhtaalee thaa dhw egen. thankx again
next part ISA maadhan
keep waitting dear
Lysssssmmm and Mymmmmmmm
stay safe and tvgc