ހަވީރުގެ ވަގުތެވެ. އެކިއެކި ފުރައިގެ މީހުން އެތްވެފައިވާ އަތިރިމަތީގައި ހުރި ދިއްގާ ގަހުގެ ހިޔާވެހިކަން ހޯދައިފައި ވާ ހެއްލާ ޖޯލީގައި އިން ޒިވިޔާ ގެ އަތުގައި ވާހަކަ ފޮތެއް އޮތެވެ. އަޅައިފައިވާ ވަށް ލޯކޮޅެއް އިންނަ އައިނުގެ ސަބަބުން އެމޫނަށް ފުރިހަމަ ކަމެތް ގެނެސްދެއެވެ. ދޭތެރެ ދޭތެރެ އިން ވާހަކަ ފޮތައް ގެއްލިފައި އިނދެވެސް އިށީދެގެން އިން ޖޯލި ހެއްލާލައެވެ. ކިޔަމުން ދިޔަ ހިތާމެރި ވާހަކައިގެ ސަބަބުން ޒިވިޔާ ގެ ލޯ ބައެތްފަހަރު ފުސްވެގެން ވެސް ދެއެވެ. […]
އެލާމް ގެ އަޑަށް ނައުޝީން ފުންމާގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. އެއިރު ފަތިސްނަމާދު ބަންގި ގޮވަން ދިހަމިނެޓް ހުރުމާއެކު ނައުޝީން އަވަސް ވެގަތީ ތާޒާވެލުމަށެވެ. ނަމާދުން އަވަދިވެގެން ކަބަޑުމަތީގައި އޮތް ޤުރުއާން ޙަތިމް ހިފައިގެން ކުޑަދޮރުކައިރި ހުރި ގޮނޑީގައި ނައުޝީން ހަމަޖެހިލީ ކިޔަވާލުމަށެވެ. އާދަވެގެން ކޮންމެ ދުވަހަކު ނައުޝީން ނަމާދައް ފަހު ޤުރުއާން ކިޔެވުމަށް އިސްކަންދެއެވެ. ޤުރުއާނުން މިންވަރެއް ކިޔަވާލުމައް ފަހު އަވަސް ހިނގުމެތްގައި ނައުޝީން ބަދިގެ ފަރާތައް ދިޔައީ އޭނާ ގެ މަންމަ ފަޒީނާ އަށް […]
ހަވީރުގެ ވަގުތުކަމުން ނަޝާ އަދި އޭނާ ގެ އެކުވެރިން ވެސް އަވަދިނެތި ދިޔައީ ރަށުގެ ފުޓްސަލް ދަނޑުކައިރި އަޅާފައިވާ ވޮލީކޯޓް ތެރޭ ފޯރީގައި ވޮލީކުޅެމުންނެނެވެ. ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އާދަވެގެން ނަޝާ އަދި އޭނާ އެކުވެރިން ގެ އިތުރުން ސުކޫލުގައި އުޅޭ އެހެން އަންހެންކުދިން އެތްވެ ވޮލީ ކުޅެއެވެ. މިމީހުންނެކޭ އެއްފަދައިން ކައިރީ އޮތް ފުޓްސަލް ދަނޑުގައި ވެސް ފިރިހެން ކުދިން ދިޔައީ ހޭވައްޓާލާފައި ކުޅެމުންނެވެ. ނަމަވެސް މިމީހުންގެ ތެރެއިން ދަނޑުގެ އެތެރޭ ވިނަގަނޑުމަތީ އިށީދެގެން […]
އެނދުގެ އަރާމު ތަންމަތީގައި އަހަރެން އޮތް އިރު ދެލޮލުގައި ނިންޖެއް ނުވެއެވެ. ތާޒާ ކަމާއެކު އަހަރެންގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައިރު އަހަރެންގެ މުޅި މޫނަމަތީގައި ވެސް ވަނީ ރަތް ކަމެވެ. ދޭތެރެ ދޭތެރެ އިން އަހަރެން ނޭފަތް ދަމާލަމެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް އަހަރެން ގެ ސިކުނޑިތެރޭގައި ވަނީ ދާދިފަހުން އަހަރެން ގެ ހަޔާތް އެފުންމިފުށަށް ޖެހުނު ހާދިސާއެވެ. އެ ހަނދާން ތަކާ ކިތަންމެ ދުރަށް ދާން ބޭނުންވިޔަސް އެ ހާދިސާ ވަނީ […]
ބަދިގެތެރޭ ހުރި މައިހާ އޭނާގެ އަތްމަތި އަވަސް ކުރަމުން ދިޔައީ އޭނާ ގެ މައިދައިތަ ކަމަށް ވާ ސަކީނާ ހޭލުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމުމަށެވެ. އަދި އޭނާގެ ފިރިމީހާ ޖުމާން ހޭލުމުގެ ކުރިން ނާސްތާ ތައްޔާރުކޮށް ނިންމުމަށެވެ. އެކަނި މާ އެކަނި ހުރި ހާ މަސައްކަތް ކޮށްނިންމާލިއިރު މައިހާ ހުރީ އިންތިހާ އަށް ވަރުބަލި ވެފައެވެ. އެހެންކަމުން އައިސްއަލަމާރި ދޮށަށް ގޮސް ފިނި ފެން ފުޅިއެއް ނަގައި ފެން ބޮއުމަށްއަވަސްް ވެ ގަތެވެ. ފެންބޯން މައިހާ […]
ކޮންމެ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އަހަރެން އަތިރިމަތީގައި އިނީ އަހަރެންގެ ހިތުގެ ހާލަތު އަހަރެން ގެ ޑައިރީ ގައި ލިޔާށެވެ. މިހާތަނަށް ދިމާވި ހުރިހާ އަޑިގުޑަން ތަކެއް އަހަރެން ޙިއްޞާ ކުރަމުން އައީ އަހަރެން ގެ ގާތް މިތުރެއް ކަމަށްވާ އަހަރެން ގެ ޑައިރީ އާއެވެ. އަހަރެން ގެ ހަޔާތުގައި އަހަންނަށް ނާކާމިޔާބު ވީ ލޯބީގެ ވާހަކަ އަހަރެން ދިޔައީ އެންމެ އަކުރެއް ވެސް ވައްޓާނުލައި އޭގައި ލިޔެ ރައްކާ ކުރަމުންނެވެ. އަހަރެން އިޙްސާސް […]
އެކި އެކި މާމެލާމެލީން ޖަރީކޮށްފައިވާ ބަގީޗާ ތެރޭގައި ހުރި ހުދު ކުލައިގެ އުނދޯލީގައި މަލާ އިނީ ޤުދުރަތީ ހިތްގައިމު މަންޒަރު ތަކަށް ގެއްލިފައެވެ. ފަތިހުގެ ތެތް ފިނި ވަގުތު ކަމުން މުޅި މާހައުލުގައި ހިފާ ލައިފައި ވަނީ ފިނީގެ އަސަރެވެ. ރޭގަނޑު ފައިބައި ފައިވާ ފިނީގެ ސަަބަބުން އެ ބަގީޗާ ތެރޭގައި ވާ ވިނަތައް މަތިވަނީ ތެތްވެފައެވެ. ފަތިހަށް ފޮޅެމުން އަންނަ މާމެލާމެލީގެ ހިތްގައިމު ވަސް އެތާ ދުވައެވެ. ދޭތެރެ ދޭތެރެ އިން މަލާ އޭނާ ގެ […]
ރަސްފަންނު ގެ ހަމަހިމޭން މާހައުލުގައި އެތް ބަޔަކަށް ވަނީ މާފޮޅުވަމުން ދާ އެކި އެކި ލޯބި ވެރީންނެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ. ހީވާ ކަހަލަ އެވެ ،އެމީހުން އެތިބީ އުފަލުގައި އެވެ . މިއެންމެން ތެރޭގައި އެކަނި ވެރި ވެފައި އިން އާލާ އިނީ އުޑުމަތިން ފެން ނަމުން ދިޔަ ވަށް ބުރެށް ހާ ހަނދަށް ގެއްލިފައިއެވެ. ކަޅުވިލާތަކުން ބަރާވެފައިވާ އުޑުގައި ދިއްލިފައި އިން ސާދާ […]
އައިލީން ސިއްސާގެން ދިޔައީ މީހަކު އޭނާ ގެ އަތުގައި ހިފާފައި އޭނާ ގެ ގަޔާކައިރި ކޮށްލުމުންނެވެ. ކާކުތޯ ބަލައިލަން ވެގެން އިސްއުފުލާލި އައިލިން ދިޔައީ ސިއްސާގެންނެވެ. އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ޔާނިޔު ހުއްޓެވެ. އިވާން ގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައީ ޔާނިޔު އައިލިން އާއި ގާތް ވިމައެވެ. ” ސާބަސް އިވާން ރަށައް އަރައިގެން އުޅޭއިރު އަހަރުމެންނަށް އަންގާލުމެތް ވެސް ނޯވޭ ދޯ ، މިހާރު އަހަރުން މަތިން ހަނދާން ނެތުނީ ދޯ […]