ލޯބިން އެކުގާ
ޖެހެމުން ދާ މަޑުވައިރޯޅިތައް ދިޔައީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި ހުރި އަޔާ އާ ސަމާސާ ކުރަމުންނެވެ. ލައިގެން ހުރި ތުނިތުނި ކަޅުކުލައިގެ ވައްތިރިހެދުން ވަނީ ހެދުމުގެ ބަންދާ ދިމާއިން ރޫޖައްސާފައެވެ. އެހެދުމަކީ ތުނިހެދުމަކަށް ވުމުން ވަޔާ އެކު ނިކަން ރީއްޗަށް ނަށާލައެވެ. އަޅާއިގެން ހުރި ކަޅުކުލައިގެ ޝޯލް ވަޔާ ދިޔަ ނުދިނުމަށްޓަކައި އެއްއަތުން މޭމަތީ ހިފަހައްޓައިލައިގެން ހުއްޓެވެ. ހަވީރުގެ ހިޔާ ޖެހިފައިވާ ވަގުތުކަމުން އެތަނުގައި އެކި ފުރަފުރައިގެ މީހުން ހަރަކާތް ތެރިވަމުން ދިޔައެވެ. މަޢުނަވީ ހިނިތުންވުމެތް ކުޑަކުޑަ ތުންފަތުގައި ރަސްކަން ކުރަމުން ދިޔައިރު އެހިތާއި ވިސްނުމުގައި ވަނީ ހަމަ އެންމެ ސޫރައެކެވެ. ހަމަ އެންމެ ނަމަކެވެ. ނަޒާން ގެ ނަން އަޔާ ގެ ހިތުގައި ރައްކައުކޮށްގެން އުޅޭތާ އެތައް އަހަރަކާ މަހެއް ވެގެން ދިޔައެވެ. އެ ލޮއިތްބަށް އެދި ތެޅިފޮޅެމުން ދާ އެ ހިތް އެއްވެސް މީހަކަށް ހާމަނުކޮށް ފޮރުވައިގެން އުޅެނީ ޙިއްސާ ކޮށްލާނެ ވަފާތެރި އެކުވެރިއެތް ނެތުމުންނެވެ. ހުރިހާ އެކުވެރިންހެން ހިޔާރުކޮށްފައި ވާ ނުބައި މަގުތަކަކީ އަޔާ އަށް އެއްވެސް ގޮތަކަށް ކަމުދާ މަގުތަކެއް ނޫނެވެ. ކުޑައިރުއްސުރެ މައިންބަފައިން ދީފައިވާ ނަސޭހަތުގައި ކޮޅުފައިން ޖެހުމަކީ އެއްގޮތަކަށް ވެސް ހުވަފެނުގައި ވެސް އަޔާ އެދޭކަމެތް ނޫނެވެ. ނަޒާން ގެ ހިޔާލުތަކުގައި ހުރި އަޔާ ގެ ނަޒަރު ވަށައިގެން ހިންގާލީ މިއަދުވެސް އެދިމާލަށް ނަޒާން އަންނާނެ ކަމަށެވެ. ނަޒާނު ކުޑަކުއްޖެއް ގޮވައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނަޒާން އެތަނަށް އާދެއެވެ.
އިނގިފައިވާ ގޮތުގައި އެއީ ނަޒާން ގެ ދަރިފުޅެވެ. އަޔާ އަށް މިހަޤީޤަތް އިނގުމާއެކު ހިތުގައި ޖެހުނެވެ. ނަމަވެސް ހިތްހަމަ އަކަށް އެޅިލީ މާލޭގައި އުޅުމަތްފަހު ނަޒާން ރަށަށް އެއައީ އަނބިމީހާ އެހެން ފިރިހެނަކާ އެކީ ފިލުމުން ދަރިފުޅުވެސް ގޮވާގެން އަމިއްލަ އާއިލާ ކައިރިއަށެވެ. އަޔާއަށް ފުރަތަމަ ވެސް ނަޒާން ފެނުނީ އޭނާ ރަށަށް އަލަށް އައިދުވަހުއެވެ. އޭނާގެ ގެއާ މާދުރުނޫން ހިސާބުގައި އުޅޭތީ ކޮންމެސް ވަރަކަށް ނަޒާން ގެ މަޢުލޫމާތު އަޔާ އަށް އިނގެއެވެ. އެހިތުގައި ނަޒާން އަށްޓަކައި ފުރަތަމަ ފަހަރަތް އިޙްސާސް ތައް އުފެދިގެން އައީ އެއީ ދަރިއެތްގެ ބައްޕަ އެތް ކަން ނޭނގިހުރެއެވެ. ނަމަވެސް ހަޤީޤަތް އެނގުނު ދުވަހުވެސް އަޔާ އަކަށް އޭނާގެ އިޙްސާސް ތައް ފަސްއަޅާ ފޮރުވާގެން ހުންނާކަށް ނުކެރުނެވެ. ނަޒާން އެކޭ އެއްފަދައިން އެ ކުޑަކުޑަ ޔާޝާ ދެކެ ވެސް އަޔާ އަށް ލޯބިވެވުނެވެ.
މާގިނައިރު އެހެން ނަޒަރު ދަތުރުކޮށްލަ ކޮށްލަ ހުންނާކަށް އަޔާ އަކަށް ނުޖެހުނެވެ. އަޔާ ހުރިތާ ކައިރީ އޮތް ބޮޑުގަހުގެ އޮފީގައި ލެގިލައިގެން އެހުރީ ނަޒާން ނޫން ދެވަނަ މީހެއް ނޫނެވެ. އަވިއައިނަކުން އަސަރުގަދަ އެ ދެލޯ ފޮރުވާލައިފައިވާ އިރު ލައިގެން ހުރި ކަޅުކުލައިގެ ޖިންސް ޖީބަށް އަތްޖަހާލައިގެން ހުރިއިރު ލައިފައިވަނީ އެހެންޏާވެސް އޭނާ ލާއުޅޭވައްތަރުވައްތަރުގެ އަތްދިގުގަމީހެވެ. އެކަމާހުރެ ނަޒާން ގެ ސްމާޓް ކަން އެތައް ގުނައެތް އިތުރުވެގެން ދިޔައެވެ. އަޔާގެ ނަޒަރު ނަޒާން އިން ވަކިވަމުން ދެން ދަތުރުކޮށްލީ ލޯބިގޮތަކަށް ނަޒާން ކައިރި ވެލިގަނޑުމަތީ ހިނގަމުން ދިޔަ ކުޑަކުޑަ ޕަރީއެތްފަދަ ޔާޝާ އަށެވެ. އެހެންހުރެފައި ނަޒާން އޭނާގެ ފޯނާ ކުޅެން ފެށުމުން އަޔާ ވެސް އަނބުރާ މޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ނަޒާން ގެ ހިޔާލުގައެވެ. މާގިނައިރު އެހެން ނުހުރެވުނީ ތިރިން ހެދުމަތް ދަމާލިހެން ހީވެގެންނެވެ. ތިރިބަލައިލި އަޔާ ގެ ތުންފަތުގައި ރަސްކަން ކުރި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ލޯބިގޮތަކަށް ހިނިތުންވެލައިގެން ހުރި ޔާޝާ ހުރީ އެކުޑަކުޑައަތުން އޭނާގެ ހެދުމުގައި ހިފާލައިގެންނެވެ. އަޔާގެ ހިތް ލޯބިން ފުރުނެވެ. ޔާޝާ އާއި އެތްވަރަށް ތިރިވެލަމުން ލޯބިން ފުރިގެން ވާގޮތަކަށް އަޔާ ޔާޝާގެ ކޮލުގައި ބޮސްދިނެވެ. އެއާއެކު އޭނާގެ ބުނުމަކާ ނުލާ ޔާޝާ ވެސް އޭނާގެ ކުޑަކުޑަ ތުންފަތް އަޔާގެ ކޮލުގައި ޖައްސާލިއެވެ. ” ކޮއްކި މިތާ ކީއްކުރަނީ ” ޔާޝާގެ ފުއްޕާފައިވާ ދެކޮލުގައި ހިފާލަމުން ބޭބީ ރާގަކަށް އަޔާ އަހާލިއެވެ. އެއްޗެކޭ ނުބުނެ އަޔާ ލޯބިގޮތަކަށް ހިނިތުންވެލަމުން މޫދު ދައްކާލަމުން އޭނާގެ ރާގުގައި މަޖާ ގޮތަކަށް މޫދޭ ބުނެލިއެވެ. އަޔާ ވެސް ކުޑަކޮށް ހީލަމުން ޔާޝާ އާދިމާލަށް އަތްދިއްކޮށްލީ އޭނާ އަންނާނެ ކަމަކަށް ނޫނެވެ. ވަގުތުން ދެއަތް ފުޅާކޮށްލަމުން ޔާޝާ އަޔާ ގެ އަތަތެރެއަށް ވަތެވެ. ޔާޝާ އުރާލަމުން އަޔާ ކުޑަކޮށް ރާޅުޖަހާ ހިސާބަތް ގޮސްލީ އޭނާ ހިތްހަމަ ޖައްސާލަދިނުމަށެވެ. އަޔާ ކޮށްލާ ޖެއްސުން ތަކުގެ ސަބަބުން ކުޑަކުޑަ ޔާޝާ ވެސް ހެވިލާ ފަހަރު ގިނައެވެ. ” ކޮއްކި ކާކާ އެކީ އައީ ؟ ” އެއްގަމަތް އަރަމުން ޖަވާބު އިނގިހުރެ ވެސް އަޔާ އަހާލިއެވެ. ” ބައްޕި ” ޔާޝާ ބުނެލިއެވެ. އެތްގަމަތް އެރިވަރަކަށް އަޔާ އަށް އެދިމާލަށް އަންނަ ނަޒާން ފެނުމާއެކު ހިތްތެޅެލިއެވެ. މޭފަޅާ ހާ ބާރަށް ހިތްތެޅިގެން ދިޔައީ ކާރީގައި ހުރި މީހާއަށް އަޑުއިވޭހާ ބާރަށޭ ވެސް އަޔާ އެވަގުތު ހިތައް އެރިއެވެ. ” ދަރިފުޅޫ ބައްޕަ ގެ ޕްރިންސަސް ، ކިރިޔާއެތްނު ބައްޕަ ބިރުން ހަލާކުނުވީ ދަރިފުޅު ނުފެނިގެން ” އަޔާ އަތުގައި އިން ޔާޝާ އުރާލަމުން ނަޒާން ބުނެލީ އަޔާ އަށް ބަލައިލުމެތް ވެސް ނެތިއެވެ. އޭނާ އަށް އަޔާ ފާހަގަ ވީ މާފަހުންނެވެ. އިސްޖަހާގެން އޭނާ ކުރިމަތީ ހުރި އަންހެން ކުއްޖާ އަށް ބަލައިލުމާއެކު އޭނާ ގެ ދެލޯ އެހެން ދިމާލަކަށް ހުއްޓެންވެސް އުނދަގުވިފަދައެވެ. އޭނާގެ އަނބިމީހާ އަށް ފަހު އަންހެނުން ނަށް އިތުބާރުކުރުން ހުއްޓާލި ނަޒާން އަށް ކުރިމަތީ ހުރި އަންހެން ކުއްޖާ އަށް ބަލަން ހުރެވުނީ އެވެ. ރީތިކަމުގެ ފުރިހަމަ ނަމޫނާ ފަދައެވެ. ހަމަހޭވެރިކަން ވީ މީހެއްފަދައިން ނިޒާން އަށް ހަމަބިމަށް އާދެވުނީ އޭނާ އާދިމާލަށް އިސްއުފުލާ ލާ އަޔާ ބަލައިލަމުންނެވެ. ” ސޮރީ ޔާޝާ ވަރަށް ނުދަންނަ މީހުންނާ ޓޯކް ކުރާހިތްވާނެ ފްރެންޑްވާލެތް ވެސް އަވަސްވާނެ ، ސޮރީ ޔާޝާ ގެ ފަރާތުން އުނދަގުލެތް ވީނަމަ ” ނަޒާން މާފަށް އެދުނެވެ. ” އެއީ އެވަރުކަމެތް ނޫން ، ޔާޝާ ވަރަށް ލޯބި އަހަންނަށް ވަރަށް ކަމުދޭ މިކުއްޖާ ، އެން އެއްވެސް އުނދަގޫއެތް ނުވޭ ” ކިތަންމެ ވާހަކަ ދައްކަން ފަސްޖެހުނަސް އަޔާ އަށް މިފަހަރު ވާހަކަ ދެއްކުނީ ކޮންބާރެއް ލިބިގެން ކަމެތް ވެސް ނޭނގެއެވެ. އޭރު އޭނާ އަށް ޔާޝާ ގެ ކޮލުގައި މަޑުމަޑުން ފިރުމާލެވުނެވެ. ހިނިތުންވެފައި ހުރި ނަޒާން އަށް ހެވިފައި އިން ޔާޝާ އަށް ބަލައިލެވުނެވެ. އެދަރިފުޅުގެ މޫނުމަތިންފެނިގެން ދިޔަ އުފާވެރިކަމުން އޭނާގެ ހިތަށް ފިނިކަމެތް ގެނެސްދިނެވެ. އެހެންއިނދެފައި ޔާޝާ އަޔާ އާ ދިމާލަށް އަތްދިއްކޮށްލީ އުރާށޭ ބުނާފަދައިންނެވެ. ހިނިތުންވެލަމުން އަޔާ ޔާޝާ އުރާލަމުން އެ ކޮލުގައި ބޮސްދިނެވެ. ” ޔާޝާ އަށް ވަރަށް ކަމުގޮސްފި ތި ކުއްޖާ” ނަޒާން ޔާޝާ ގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” ބައިދަވޭ ނަން ބުނަންވީނު ވަރަށް އުނދަގޫ ވާހަކަ ދައްކަން ، އަހަންނަށް ކިޔަނީ ނަޒާން ” އަޔާ އާ ދިމާލަށް ކަނާއަތް ދިއްކޮށްލަމުން ނަޒާން ބުނެލިއެވެ. ” އަޔާ ” ނަޒާން ގެ އަތުގައި ހިފަމުން އަޔާ ބުނެލިއެވެ. ހިތާހިތުން އަޔާގެ ނަން ނަޒާން އަށް ކިޔާލެވުނީ ކިތައްފަހަރުކަމެތް ނޭނގޭއެވެ. ފިނިވެފައި ވާ އަޔާ ގެ އަތުގައި ހިފާލައިގެން ހުރި ނަޒާން އޭނާ ގެ އަތްވަކިކޮށްލީ މަޖްބޫރުން ކަމާއެކު ކަހަލަ ގޮތަކަށެވެ. ” ނައިސް ނޭމް ”. ނަޒާން ބުނެލިއެވެ. ” ތެންކްޔޫ ” ލަދުގަނެފައި ހުރި ނަމަވެސް އަޔާ ބުނެލިއެވެ. ” ދަރިފުޅޫ ދެން ހިނގާ ގެއަށް ދާން އަނެތްކާ މާދަމާ އަންނާނީ ދޯ ދައްތި ކައިރިއަށް ” އަޔާ އަތުގައި އިން ޔާޝާ އާއި ދިމާލަށް އަތް ދިއްކޮށްލަމުން ނަޒާން ބުނެލިއެވެ. ވަރަށް ފަސޭހައިން ޔާޝާ އައެތް ކަމަކު ބެލެނީ ހަމަ އަޔާ އަށަވެ. ” އަޔާ ނުދަންތަ ގެއަކަށް އިރުއޮއްސެނީއެތްނު ” ނަޒާން ބުނެލިއެވެ. ”ނޫން އަހަރެން ވެސް މިދަނީ ދާން ” އަޔާ ބުނެލިއެވެ. ނަޒާން މެންނާ އެކުއެކީ ހިނގަމުން ދިޔައިރު ދެމީހުން ދޭތެރޭ މާގިނަ ވާހަކަ އެތް ނުދެކެވެއެވެ. ނަޒާން މެން ގެއާ ހިސާބައް އާދެވުމާއެކު ނަޒާން އަޔާ އަތް ބަލައިލިއެވެ. ” ކޮންތާކު ގެހުންނަނީ ވަރަށް ދުރުތަ ، ” ނަޒާން އަހާލިއެވެ. ” އުހުން އެހުރީ ހަމަ ފެންނަން ” ކައިރީ ދެތިން ގެއެތް ދޫކޮށްލާފައި ހުރި ގެ ދައްކާލަމުން އަޔާ ބުނެލިއެވެ. ” އޯހް އޯކޭ ދަރިފުޅޫ ދައްތަ އަށް ބާއިކިޔާ ” ނަޒާން މިހެން ބުނުމާއެކު ޔާޝާ އަޔާ އަތް އަތްހޫރުވާލަމުން ބާއި ކިޔާލިއެވެ. އަޔާ ވެސް އަތް ހޫރުވާލަމުން ގެއާ ދިމާލަށް ދާން މިސްރާބުޖެހި އިރު އެހިތަށް ވަނީބުނަން ނޭނގޭ ހަމަޖެހުމެތް ލިބިފައެވެ.
ދުވަސްތައް ވޭތުވަމުން ދިޔައީ ނަޒާން އަދި ޔާޝާ އާއި އަޔާގެ ގުޅުން ވަރުގަދަކުރަމުންނެވެ. ކޮންމެ ދުވަހަކު ހަވީރު އެކަކު އަނެކަކާ ބައްދަލުކުރަން އަތިރިމައްޗައް ދާއިރު ބައެތް ދުވަސްދުވަހު ޔާޝާ ނުލާވެސް ނަޒާން ދެއެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ބީރައްޓެހިކަމުގެ ފާރުކެނޑުނެވެ. ޔާޝާ ވެސް ދުވަހެއް ދުވަހަކަށް ދަނީ އަޔާ އާ އޮޅުވަމުންނެވެ. ހަމައެފަދައިން ނަޒާން ގެ ވިސްނުމުގައި ވެސް ވަނީ ނަޒާން އެވެ. ނޭނގިނަމަވެސް ލޯބިވެވިއްޖެ ކަން ނަޒާން އަށް އިޙްސާސް ކުރެވުނެވެ. މާލަސްނުކޮށް އަޔާ އަށް ލޯބިހުށައަޅަން ނިންމާލާގެން ނަޒާން ހުއްޓެވެ. ހަމަގައިމަތްވެސް ޔާޝާ އަށް މަންމަ އެތް ގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި އަޔާ ދޭނެކަން ނަޒާން އަކަށް ޝައްކަކާ ނުލާ އިނގެއެވެ.
ހަވީރުގެ ވަގުތެވެ. ޔާޝާ އާއި އެތްކޮށް އަތިރިމައްޗަށް ނަޒާން ވެސް ފޭބިއިރުއެހެންޏާ އިންނަ ހެއްލާ ޖޯލީގައި އަޔާ އިނެވެ. ” ދަރިފުޅޫ މި ފްލާވާ ގޮސް ދައްތި އަށް ދީފާ ބުނޭ އައިލަވްޔޫ އޭ ” ސަމާސާ ރާގަކަށް ނަޒާން ބުނެލިއެވެ. ނަޒާން އެދުނުފަދައިން ޔާޝާ އޭނާގެ ތުއްތު އަޑުން އަޔާ އަށް މާދިއްކޮއްލަމުން އައިލަވްޔޫ ބުނެލިއެވެ. ” އޯވްވް ، ލަވްޔޫ މޯ މައި ޔަޝޫ ބޭބީ ” ޔާޝާ ގައިގައި ބައްދާލަމުން އަޔާ ބުނެލީ އަތުގައި އޮތް މަލުގައި ވަސްގަނެލަމުންނެވެ. ” އައި ލަވްޔޫ އަޔާ ” ކުއްލިއަކަށް އިވިގެން ދިޔައަޑާއެކު އަޔާ ގެ ހިތް ހުއްޓުނުފަދައެވެ. ކުރިމަތީގައި އަދި އެތް ފިނިފެންމާ ހިފައިގެން ނަޒާން ހުރިއިރު އެމޫނުމަތީގައި ވަނީ ހިތް ކަތިލާފަދަ އަސަރެކެވެ. ބޭއިޙްތިޔާރުގައި އަޔާ އަށް ކޮށްޅަށް ތެދުވެވުނެވެ. ” އައިލަވްޔޫ ، އަހަރެން ނަށް އަޔާދެކެ ލޯބިވެވިއްޖެ އެންމެ ފުންމިނަށް ، އަހަރެން ބޭނުން އަޔާ އާ ގުޅެން ، އަހަރެން ގެ ދަރިފުޅަށް އަހަންނަށް ހޯދާދެވޭނެ އެންމެ ފުރިހަމަ މަންމަ އަކީ ތީ އަހަރެންގެ ނަޒަރުގައި ، އަހަރެން ގެ ލޯބިގަބޫލުކޮށް އަހަންނާ އެކު އުމުރު ދުވަހު ޔާޝާ ގެ މަންމަ އަދި އަހަރެންގެ ބައިވެރިޔާ އަށްވެގެން ހުންނަން އަޔާ ތައްޔާރުތަ ” އަތުގައި އޮތް ފިނިފެންމަލާ އެކު އަޔާ ގެ ދެއަތުގައި ހިފާލަމުން ނަޒާން ބުނެލިއެވެ. ބުނާނެއެއްޗެއް ނޭނގިފައިހުރެ އަޔާ އަށް ހަމައެކަނިބޯ ޖަހާލެވުނީއެވެ. އުފަލުން އެތުންފަތުގައި ފުޅާ ހިނިތުންވުމެތް ވެރިވެގެން ދިޔައެވެ. ދެލޯވެސް ފުރިގެން އައެވެ. ” އަހަރެން … އަހަރެން ތައްޔާރު ، އިރާދަކުރެއްވީ އާ ޔާޝާ ދެކެ އަހަރެން އަމިއްލަ ދަރިފުޅުދެކެ ވާ ވަރަށް ލޯބިވާނަން އޭނާ އަށް އަޅާލާ އޯގާވާނަން ނަޒާން އަށް ވަފާތެރިވެ އިންތިހާ އަށް ލޯބިދޭނަން އަބަދުވެސް ލޯބިން އެކުގައި އުޅެން އަހަރެން މަސައްކަތް ކުރާނަން” ނަޒާން ގެ އަތަށް ބާރުކޮށްލަމުން އަޔާ ބުނެލިއެވެ. އެއާއެކު ނަޒާން އަޔާ ގައިގައި ބައްދާލިއެވެ. މަންޒަރުބަލަން ވާނުވާގައި ހުރި ޔާޝާ އޭނާ އަތުގައި އޮތް ބޮޑުފަތާއެކު އަތްޖަހާލީ ވާނުވާ އެނގޭފަދައިންނޭ އެއާއެކު ދެމީހުންވެސް ހިނިތުންވެލަމުން ޔާޝާ އުރާލިއެވެ. ދެމީހުން ޔާޝާ ދެކޮލުގައި ބޮސްދެމުން ބައްދާލި މަންޒަރުފެންނަ ކޮންމެ މީހަކަށް އެއީ އުފާވެރި އާއިލާ އެތްކަން ދެނެގަނެވޭނެއެވެ.
(ނިމުނީ)
3 Comments!
Comments are closed.




Hello readers❤️❤️❤️
Hope u like this stry ❤️❤️
And mihaaru liyamun dhiya digu vaahaka nimifaavumaaeku dhn alugadu vrh avaha digu vaahaka kiyuntheri as hisaabah genesdeyne vaahaka dhanavan . ❤️❤️❤️Mideythere ah alugadu ge test vanaathy tests nimuny maa vaahaaka up kurun vxx lasvedhaane vaahaka bunelan ❤️❤️❤️????
Stay safe an tvgc❤️❤️
Love u all readers❤️❤️
Masha Allah bestie vrh reethi mi vaahaka ❤️❤️❤️❤️❤️❤️❤️❤️
Vrh iburaitheri vaahaka eh miee❤️❤️❤️❤️❤️❤️❤️
Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for a new story story of u lwbii ❤️❤️❤️❤️❤️❤️
Love u so much darling ❤️❤️❤️❤️❤️????????
Stay Safe n take care❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank uuu soo much Xeen ❤️❤️
Vrh ufaavehje bestie ah stry kamudhiyaamaa❤️❤️❤️❤️❤️
Thankx again?❤️❤️❤️
Keep waiting dhn inaany digu vaahaka ?❤️❤️ISA kiyaalan libeyne vrh avaha ❤️❤️
Love u moreee❤️❤️
Stay safe ❤️❤️and tvgc❤️❤️