ތީއޭ މިހިތުގެ ދިރުމަކީ (1)
ފަތިހުގެ ހިތްގައިމު ވަގުތު ބެލްކަނީގެ ރެއިލިން ގައި އަތް އަޅުވާލައިގެން ހުރި އިޝްހާ ހުރީ މާލޭގެ ހަމަހިމޭން ވެފައިވާ މަގުތައްމަށްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ދޭތެރެ ދޭތެރެ އިން އޭނާ ގެ އަތުގައި ހުރި ކޮފީ ޖޯޑުން ކޯވަރެއް ދަމާލައެވެ. އިޝްހާ ގެ ދޮންދޮން މޫނުގައި ވަނީ ފިރިހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ލައިފައިވާ ކަޅުކުލައިގެ ކަކުލާހަމައަށް އަންނަ ހެދުމުގައި އެއްވެސް ވަތްތަރެއް ޖައްސާފައި ނުވާއިރު އަޅައިގެން ހުރި ވައް ބުރުގަލުން އެކަނިވެސް އިޝްހާ އަކީ އާދާގެ ގޮތްގޮތައް ލޯބިކުރާ ކުއްޖެއްކަން އިނގިގެން ދެއެވެ. ކުޑަކުޑަ އެ ބެލްކަނީ ފުރާލެވުފައިވަނީ މާމެލާމެލީގެ އެކި ބާވަތް ބާވަތުގެ ގަސްގަހުންނެވެ. އެހުރިހާ މަލެއްގެ ވަސް އެތް ވަހަކަށް ވުމުން އެތަނުގައި ދުވަނީ މީހުންގެ ހިތްތައް އުފާކޮށްލާނެހާ މީރު ވަހެކެވެ. ހިތްހަމަ ޖައްސާލަން ތިބެވޭނެގޮތަށް އެތަނުގައި ވަނީ ހެއްލާ އުނދޯލިއެއް އެލުވާފައެވެ. އެކިއެކި ހިޔާލުތަކަށް ގެއްލިފައި ހުރި އިޝްހާ އަށް ހިޔާލުތަކުން ނިކުމެވުނީ އޭނާ ގެ މަންމަ ޔުސްރާ ގޮވާއަޑަށެވެ.
އިޝްހާ އަކީ ޔުސްރާ އަދި ހުމެއިދް ގެ ހުރި ހަމައެކަނި ކުއްޖާއެވެ. މެދުފަންތީގެ މިއާއިލާ އުޅެމުންއަންނަނީ އުފާވެރި ދިރިއުޅުމެކެވެ. ހުމައިދް އަކީ ޕްރައިވެޓް އޮފީހެއްގައި މަސައްކަތް ކުރާ ހީވާގި މުއައްޒަފެކެވެ. ހަމަ އެފަދައިން އިޝްހާ އަކީ ވެސް އޮފީހެއް ގައި މަސައްކަތް ކުރާ މުއައްޒަފެކެވެ. ދެމީހުން ނަށް ލިބޭ އެއްޗަކުން ހިތްހަމަ ޖެހިގެން މި ކުޑަކުޑަ އާއިލާއަށް އުޅެވެއެވެ. ޢުމުރުން ބާވީސް އަހަރުގެ އިޝްހާ އަކީ އަދި އަދަށް ދާންދެން ވެސް ލޯބީގެ ގޮތުން އެއްވެސް ފިރިހެނަކާ ގުޅިފައިވާ އަންހެން ކުއްޖެށް ނޫނެވެ. ހަޔާތުގައި އަދިވެސް އޭނާ ބޭނުންވާކަހަލަ ސިފައެތް ހުރި ފިރިހެނެތް ދިމާނުވާތާ ހޯދާކަށް ވެސް އިޝްހާ އެތް ނޫޅެއެވެ.
މަޑުހިގުމެތްގައި ޔުސްރާ ކައިރިއަށް ދިޔަ އިޝްހާ އަށް ބަލާލަމުން ލޮއިތްބާއެކު ޔުސްރާ ވާހަކަ ދެއްކިއެވެ. ” ދަރިފުޅާ ދޭބަލަ މިތާ ކައިރީ ހުރި ފިހާރައިން މަންމަ އަށް މަސްދަޅެށް ގަނެދޭން . ” ސަތޭކަ ރުފިޔާ އިޝްހާ އަށް ދިއްކޮށްލަމުން ޔުސްރާ ބުނެލިއެވެ. ” ލައްބަ މަންމާ ، އެބައަންނަން ހެދުން ބަދަލުކޮށްލާގެން ”. ރުފިޔާގައި ހިފަމުން އިޝްހާ ބުނެލިއެވެ. އަނބުރާ ކޮޓަރިއަށް ގޮސްފައި އިޝްހާ އެނބުރި އައީކަޅުކުލައިގެ ފައި ފޮރުވޭވަރުގެ އާދައިގެ އަބާޔާއެތް ލައިގެންނެވެ. ޔުސްރާ އަށް ހިނިތުންވުމެށް ރައްދުކޮށްލުމަށްފަހު އިޝްހާ މިސްރާބުޖެހީ ގެއާމާދުރުނޫން ހިސާބެތްގައި ހުރި ފިހާރައަކަށެވެ.
****************************************
މާލޭ ގެ މަގުތައްމަތީގައި ދުވަމުން ދިޔަ ރީހާން ހުއްޓުނީ ކައިރީ ހިސާބެތް ގައި ހުރި ފިހާރައަކަށެވެ. ފެންބޮވާފައި ހުރި ވަރުން ފިހާރައަށް ވަދެ ފެންފުޅިއެތް ގަންނަން އޭނާ މިސްރާބުޖެހިއެވެ. ފިހާރަ ދޮރުމައްޗަށް އަރާފައި ދޮރުހުޅުވަން އުޅުނު ރީހާން އަށް ކުއްލި ސިހުމެތް ލިބިގެން ދިޔައީ އެތެރެއިން ނިކުމެގެން އައި ކުއްޖާ އޭނާގެ ގައިގައި ޖެހުމުންނެވެ.
ފިހާރަތެރެއިން ނިކުން އިޝްހާ އަށް ސިހުމެތް ލިބުނީ ކައިރީގައި ހުރި ޒުވާނާ ގައިގައި ޖެހުމުންނެވެ. ޖެހުނު ގޮތަކުން އިޝްހާ ގެ އަތަށް ތަދެއް އެރިނަމަވެސް އެކަން ހިންދާލަމުން ކުރިމަތީ ހުރި ޒުވާނާ އާއި ދިމާލަށް ބަލާލީ މާފަށް އެދުމުގެ ނިޔަތުގައެވެ. ނަމަވެސް ބުނަން އުޅުނު ބަސްކޮޅު ދިރުވާލެވުނީ ކުރިމަތީގައި ހުރި ރީހާން ގެ ރުޅިވެރިކަމުގެ ދެލޮލުން އޭނާ އާއި ދިމާލަށް ބަލަހަށްޓައިގެން ހުރުމުންނެވެ. ” ތަންކޮޅެށް ބަލައިލައިގެން ވެސް އުޅެވިދާނެ އެތް ނު ، ހަމަ ތަނަކުން ފިރިހެނެތް ފެންނަ އިރަށް ޖެހިގަންނަން އުޅޭނެ ، ހިތުން މާ މާތް މީހަކަށް ވެގެން ” ރުޅިވެރިކަމާއެކު އިޝްހާގެ ފައިން ފެށިގެން ބޮލާހަމަޔަށް ބަލާލަމުން ރީހާން ބުނެލިއެވެ. ރީހާން ގެ ބަސްތަކުން އިޝްހާ ގެ ގާތަށް ރުޅިއައެތް ކަމަކު އެއަށް ރައްދުނުދީ ކިރިޔާ އިވޭވަރަށް މާފްއަށް އެދިފާ އޭނާ ގެއާ ދިމާލަށް ދާން މިސްރާބުޖެހިއެވެ. އިޝްހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ރީހާން އޭނާ ގެ ރުޅިގަނޑު ފިނިކުރުމަށް ދެތިން ނޭވާލިއެވެ. އެއަށް ފަހު އައި ބޭނުން ފުއްދުމަށް އަވަސް ވެ ގަތެވެ.
*****************************************
ގޭތެރެ އަށް ވަން އިޝްހާ ގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުރުމުން ޔުސްރާ ކަންބޮޑުވެފައި ހުރެ ސަބަބު އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ. ” ދަރިފުޅާ ކޮންކަމަކާ މާ ރުޅިއައިސްފާ ތިހުރީ” އިޝްހާގެ ގެ ބޮލުގައި ފިރުމާލަމުން ޔުސްރާ އަހާލިއެވެ. ” ކަމެއް ނުވޭ މަންމާ ، މަގުމަތިން މާ ރުޅިގަދަ މީހާ ގަނޑަކާ ދިމާވެގެން މުޅި މޫޑް ވެސް ގޮއްސި ،” އަނގަޔަށް ވަތްތަރެށް ޖައްސާލަމުން އިޝްހާ ބުނެލިއެވެ.
ހެމުން ހެމުން ޔުސްރާ ދެފަރާތަށް ބޯހުރާލީ ދަރިފުޅުގެ ހުރި މަޢުސޫމުކަން ފެނުމުންނެވެ. ދެމައިން ވެގެން ދެން އަވަސް ވެގަތީ ހެނދުނުގެ ސައި ތައްޔާރުކުރުމުގައެވެ. މާގިނައިރެށް ނުވެ ހުމެއިދް ވެސް އައުމާ އެކު އުފާވެރި މާހައުލެއްގައި ތިބެ ތިން މީހުން ސައިބޮއެ ނިންމާލިއެވެ.
*********************************
ގެއަށް ވަދެގެން އައި ރީހާން އަށް ފުރަތަމަ ވެސް ބަލާލެވުނީ ސޯފާ ގައި ތިބި އޭނާ ގެ މަންމަ އާއި ބައްޕަ އަށެވެ. ދެމީހުންވެސް ކޮންމެސް ސީރިއަސް ވާހަކަ އެތްގައި ތިބިކަން ދެމީހުން ގެ މޫނުމަތީގައި ވާ ކުލަވަރުން އިނގުނެވެ. އެއްލިކަޅިއަކުން ސޯފާ ގައި އިން ރީހާން ގެ ބައްޕަ އަޙްމަދް އަށް ރީހާން ފެނުމާއެކު އޭނާ އަށް ގޮވާލިއެވެ. ” އަހަ ، ދަރިފުޅާ އަވަސް ކޮށްލައިގެން އާދޭ އަވަހަށް ސައިބޯން ދާން ” އަޙްމަދް މިހެން ބުނެލި އަޑަށް ކައިރީ އިން ސަނާ ވެސް ފަހަތް ބަލާލިއެވެ. ހަމައެކަނި ބޯޖަހާލައިފައި ރީހާން އޭނާ ގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.
މާގިނައިރު ނުވެ ރީހާން ތިރިއަށް ތައްޔާރުވެގެން ފޭބީ ހައިހޫނު ކަން ފިލުވުމަށެވެ. ތިރިއަށް ފޭބިއިރު އޭނާ ގެ މައިންބަފައިން ގެ އިތުރުން އޭނާ ގެ ހުރި ހަމައެކަނި ކޮއްކޮ ކަމުގައިވާ އީނާ ވެސް އޭނާ ގެ އިންތިޒާރުގައު ކައިމޭޒުދޮށުގައި އިށީދެގެން ތިއްބެވެ.
އަވަސް އަވަހަށް ރީހާން ވެސް އެމީހުންނާ ބައިވެރިވެލަމުން ކެއުމައިގެން ކުރިއަށްދިޔައެވެ.
*****************************************
ލައިގެން ހުރި ކަޅުކުލައިގެ އަބާޔާ އާއި ކަޅުކުލައިގެ ޝޯލް އާއި އެކު އިޝްހާ ވަރަށް ވެސް ފުރިހަމަ އެވެ. އޮފީހަށް ދިޔުމަށްޓަކައި ތައްޔާރުވެ ނިމުމުން އިޝްހާ އޭނާ ގެ ކަޅުކުލައިގެ އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އިޝްހާ ނިކުން އިރު ހުމައިދް ވެސް އޮފީހަށްދާން ތައްޔާރު ވެގެން ނިކުތެވެ. ” ދަރިފުޅާ ހިނގާ ބައްޕަ އާއި އެކު ދާން ދޯ ބައްޕަ ވެސް މިއަދު ދަރިފުޅު ދާ އޮފީސް ކައިރީ ހުރި އޮފީހަކަށް ބައްޕަ ގެ އެކުވެރިއަކާ ބައްދަލު ކޮށްލަން ދާން މިދަނީ ” ހުމައިދް ހިނިތުންވެލަމުން ބުނެލިއެވެ. ބަދަލުގައި އިޝްހާ ހިނިތުންވެ ބޯޖަހާލަމުން ހުމެއިދު އާއި އެކު ބޭރަށް ނިކުމެގެން އޭނާ ގެ ސައިކަލުގައި އޮފީހާ ދިމާލަށް ދާން މިސްރާބުޖެހިއެވެ.
************************
އޮފީހުގެ ދޮރުމައްޗާ ހިސާބުން އިޝްހާ މަޑު ކޮށްލީ ތަންކޮޅެށް ދުރުން ފެންނަ އޭނާ ގެ އެކުވެރިޔާ ކަމަށް ވާ އީމާ އަންނަން ދެނެވެ. ދެމީހުން ވެސް މަސައްކަތް ކުރަނީ އެތް އޮފީހެއްގައެވެ. ތަޢުލީމީ ދުވަސްވަރުއް ސުރެ އީމާ އަދި އިޝްހާ އަކީ ގާތް އެކުވެރިންނެވެ. ދެމީހުން ވެސް މާލެ ބަދަލުވެ ގްރޭޑް އެގާރަ އަދި ބާރަ ވެސް ކިޔެވީ އެތް ކޮށެވެ.
” އިޝޫ މޯރނިންގް ” އިޝްހާ ގައިގައި ބައްދާލަމުން އީމާ ބުނެލިއެވެ. ” ޔާ މޯރނިންގްސް ” އިޝްހާ ވެސް ބުނެލިއެވެ. ލައިގެން ހުރި ކަޅުކުލައިގެ އަބާޔާ އާއި އެއާއެކު އަޅައިގެން ހުރި މެރޫން ކުލައިގެ ޝޯލް އިން އީމާ ވެސް ވަކި އިޝްހާ އަށް ދޫނުކުރާހާ ރީއްޗެވެ. ދެމީހުން ވެސް އެކީގައި އެތެރެ އަށް ވަދެގެން ދިޔައީ ގަޑި ނުޖެހެނީސް މަސައްކަތް ކުރަން ފަށުމުގެ ނިޔަތުގައެވެ.
*******************************
އޮފީހަށް ވަދެގެން އައި ރީހާން އަށް ވަނީ ތަނުގެ ހުރިހާ މުއައްޒަފުންގެ ނަޒަރު ހުއްޓިފައެވެ. ބައެތް އަންހެން ކުދިން ތުއި ދައްކަމުން ދިޔައިރު އަނެތްބައި ކުދިން އަޅާނުލާ ވެސް ތިއްބެވެ. މިއީ އާ ކަމަކަށް ނުވާތީ ރީހާން މާ ނުވާކަމަކަށް ހަދާފައި އޭނާ ގެ ކެބިން އާއި ދިމާލަށް ދިޔައެވެ. ކެބިން ދޮރުމައްޗަށް އަރާފައި ރީހާން ހުއްޓުނީ އޭނާ ގެ ނަމުން މީހަކު ގޮވާލުމުންނެވެ. ރީހާން ފަތްބަލައިލީ ފޫހިވެފައި ހުރެއެވެ. އޭނާ އާއި ދިމާލަށް ފޮނިގޮތަކަށް ހިނގާލައިފައި އަންނަ ޒުވާން އަންހެން ކުއްޖާ ފެނި ރީހާން ގެ ހިތުގައި ފޫހިކަމެއް ވިއެވެ. އެ ކުއްޖާގެ މޫނުމަތިން ބޮޑާ ކަން ފެންނަން ހުއްޓެވެ. ލައިގެން ހުރި ކަކުލާ ހަމަ އަށް އަންނަ ވަރުގެ ހެދުން ބާރުކަމުން ހީވަނީ ދެންމެ ދެންމެ ވީދައިގެން ގޮސްފާނެހެންނެވެ. ވަނާތައް ވެސް ރީއްޗަށް ހާމަ ވާން ހުއްޓެވެ. މޫނުމަތީގައި ކޮށްފައިވަނީ ގަދަ މޭކަޕެކެވެ . ” ޔޫލީ މީ މަސައްކަތް ކުރާގަނޑި ސޯ ޑޯންޓް ޑިސްޓާރްބް މީ ” އަޑު ގައި ހަރުކަށި ކަމެތް އެކު ލަވާލަމުން ރީހާން ބުނެލިއެވެ. ” ދެން ބޭބީ އެހެން ވީރު އަހަރެންނަށް ކޮންއިރަކުން ތަ ވަގުތު ހުސްކުރަނީ ” ތުއި ރާގަކަށް ޔޫލީ ބުނެލިއެވެ. ” ޔޫލީ އަހަރެން ބުނެފިން ދޯ މިހާރު އަހަރުމެން މިތިބީ ބްރޭކް އަޕް ވެފައޭ ކީއްވެތަ ޤަބޫލު ނުކުރަނީ ” ރުޅިއައިސްފައި ހުރެ ރީހާން ބުނެލިއެވެ. ޔޫލީގެ ޖަވާބަކަށް ނުބަލާ ރީހާން އެތެރެއަށް ވަދެގެން ދިޔައީ އޭނާ ގެ ރުޅިގަނޑު ކޮންޓްރޯލް އިން ނައްޓާފާނޭތީއެވެ. ” ހުއް ރީހާން ބަލަން ހުންނާތި އަހަރެން އަދި ރިހާން ހާސިލް ކޮށްފައި ދޫކުރާނީ ވެއިޓް އެން ވޮޗް ” ބޮޑާ ރާގަކަށް ހަށަން ބަދެލަމުން ޔޫލީ ބުނެލިއެވެ. އޭނާ އަށް ނޭނގޭ ކަމަކީ ތަޤްދީރުގައި ލިބެން ނެތް އެއްޗަކީ ކިތަންމެ ގަދަބާރުން ހޯދަން އުޅުނަސް ލިބެން ނެތީ އާއީ ނުލިބޭނެ އެއްޗެއް ކަމެވެ.
(ނުނިމޭ)
އަޅުގަނޑުގެ މި ދިގުވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން.☺️ ❤️ޓެސްޓާ ގުޅިގެން ވާހަކަ ލުން ލަސްވެދާނެ ވާހަކަ ދަންނަވާލަން.☺️❤️ އެހެންނަވެސް ވީ ވަރަކުން އަވަހަށް ވާހަކަ ސަބްމިޓް ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާން އިންޝާ ﷲ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Hello my dear readers❤️❤️
Hope u like 1st part ❤️❤️
ISA veehaavxx avahaka 2nd part up ❤️❤️kohladeyna❤️❤️ .
Keep waiting ❤️❤️
Stay safe❤️❤️ and tvgc❤️❤️
Awwwn dhoonee new story eh dhw ❤️❤️❤️❤️❤️❤️❤️❤️❤️
Masha Allah V reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️
Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love u so much bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️
Take care and stay safe bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s okeyh dhoonee best of luck for the test❤️❤️❤️❤️❤️❤️❤️❤️
Thank uuu xee❤️❤️?
Vrh happy vehje kamudhiyaamaa❤️❤️
Yess dhoonee new stry eh ❤️❤️
Keep waiting❤️❤️? ISA tmrow up kohladeveythooo or tonight ❤️❤️❤️??
Love u moree❤️❤️❤️
Tvgc and stay safe❤️❤️
Thanks good luck to u 2?❤️❤️
Good luck writing this story! Masha aallah feshun v reethu.. kuriyah huri baithakah inthizaaru kuramun midhany.. keep it up☺️❤️❤️
In reply to wonder sis
Thank uuu soo much sis.❤️❤️❤️
Sis ah vxx good luck Ingey ❤️❤️?
Vrh ufaavehje sis ah kamudhiyaamaa❤️❤️
Keep waiting sisoo❤️❤️❤️
Vrh happy vehje sis ge cmnt eh fenuny maa❤️❤️❤️❤️❤️
Stay safe ❤️❤️and tvgc❤️❤️