ތީއޭ މިހިތުގެ ދިރުމަކީ (4)
މަޑުހިނގުމެއް ގައި ހިނގަމުން ދިޔަ އިޝްހާ ގެ މިސްރާބުވަނީ އީމާ މެން ގެއާއި ދިމާލަށެވެ. ކަޅު އަބާޔާ އަކާ ގަދަ ދަނބުކުލައިގެ ޝޯލް އިޝްހާ އަށް ނުހަނު ގުޅެއެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އިޝްހާގެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ނަމަވެސް އިޝްހާ ގެ ސިކުނޑީގައި އެނބުރެމުން ދަނީ ހުމެއިދް ގެ ވާހަކަ ތަކެވެ. މިއަދު ހުމެއިދް އަށް ޖަވާބެއް ދޭން ޖެހުނަސް އޭނާ ގެ ސިކުނޑި އަދި އެއްވެސް ކޮޅަކަށް ބުރައެތް ނުވެއެވެ. ” މޯރނިންގް އިޝޫ . ” އާދައިގެ މަތިން އީމާ ފުރަތަމަ ވެސް ގެއިން ނިކުންގޮތައް އިޝްހާ އަށް ހެނދުނުގެ ތަހުނިޔާ ކިޔެއެވެ. ” އާން މޯރނިންގް ” އިޝްހާ ވެސް ފާޑާކަށް ބުނެލިއެވެ. އެހެންޔާ އިޝްހާގެ އަޑުގައި ހުންނަ ޖޯޝް އީމާ އަށް ނުފެނުމުން އެކަމާ އޭނާ ސުވާލުކުރިއެވެ. ” މިއޮޅެނީ ވަރުގަދަ ކަމެތް ޖެހިގެން އީމް ” ހިނގައިގަންނަމުން އިޝްހާ ބުނެލިއެވެ. ކޮންކަމެތް ހޭ އަހާފަދައިން އީމާ އިޝްހާ މޫނަތް ބަލައިލިއެވެ. އެއާއެކު އިޝްހާ ރޭގާ މަހުމޫދް ދެއްކި ވާހަކަ އަލިފުން ޔާއަށް އެންމެ އަކުރެއް ވެސް ވައްޓާނުލާ ކިޔައިދިނެވެ. ” ހަމަ އަސްލުތަ އިޝޫ ” ޤަބޫލު ނުކުރެވިފައިވާ ގޮތަކަށް އީމާ އަހާލިއިރު އޭނާގެ ދެއަތް ވަނީ އޭނާގެ އަނގަމަތީގައި އަޅާލެވިފައެވެ. ” އާން ދެން މިކަހަލަ ކަމެތްގައި އަހަރެން ކީއްކުރަން ދޮގުހަދަން ވީކީ ” އިޝްހާ ބުނެލިއެވެ.
” ދެން އިޝޫ ތިވިސްނަނީ ބޭބެ އަށް އާނއެކޭ ބުނަންތަ ނުވަތަ ނޫނެކޭ ބުނަންތަ؟”. އީމާ އަހާލިއެވެ. ” އެއެތްނު ނުވިސްނިގެން މިއޮޅެނީ އެތްބައިފަހަރު ހިތަށް އަރާ އާނއެކޭ ބުނަން ދެން ހިތަށް އަރާ ނޫނެކޭ ބުނަން ދެން ނޭނގެ ” ދެއަތް އުރާލަމުން އިޝްހާ ބުނެލިއެވެ.
” އިންނަން އުޅޭ ސޮރު ދެކެފިންތަ ؟ ”. އީމާ އަހާލިއެވެ. ” ނޫން” އިޝްހާ ބުނެލިއެވެ. ” ބައްޕަ އަދި އަހަރެން ކައިރި ކަމަކަށް ނޭދޭ ، މިފަހަރު ކަމެތްގެ ވާހަކަ ބުނީމާ އަސްލު އިންކާރުކުރާކަށް ނުކެރޭ އިނގޭ ، ބައްޕަ އެހި އަހަރެން ކައިރި ލޯބިވާ ކުއްޖެއް ހުރޭހޭ ވެސް ދެން ނެތީމާ އަހަރެން ބުނިން ނެތް ވާޙަކަ ބައްޕަ މޫނުމަތީގައި އެވަގުތު ހުރި ހިތްހަމަ ޖެހުމާ އުފާޥެރިކަން އަހަންނަށް ފާހަގަ ވި ، އަހަންނަށް އިނގޭ ދެން ބައްޕަ ބޭނުންވަނީ އަހަރެން ގެ ދުލުން އާނއެކޭ ބުނާ އަޑުއަހަންކަން ، ނޫނެކޭ ބުންޏަސް ބައްޕަ އޯކޭވާނެ ” އިޝްހާ ބުނެލިއެވެ. ” ދެން އެހެންމާ ތިވިސްނަނީ އާއެކޭ ބުނަންތަ ، އެހެންވީރު އަހަރެން ބުނާނީ ވަރަށް ރަނގަޅޭ އަހަރެން ވެސް ދެރަވެއޭ އިޝޫ ތިހެން ހުސްކޮށް ހުންނާތީ،” އިޝްހާ އަށް ބަލައިލަމުން އީމާ ބުނެލިއެވެ. ” އާން ދެން އާނއެކޭ ބުނާނީ ، ފުރަތަމަ ނަޒަރުން އަހަންނަށް އެ ފިރިހެން ސޮރުދެކެ ލޯބިނުވެވުނަސް ކައިވެނީގެ ފަހުންވެސް ހަމަ ލޯބިވެވިދާނެއެތްނު ، އެކަމަކު އަދި މިކަން ވާން އޮތީ އެ ފިރިހެން ކުއްޖާ ވެސް ޤަބޫލުވެގެންތާ ދޯ ” . އިޝްހާ ބުނެލިއެވެ. އީމާ ވެސް ބޯޖަހާލަމުން އިޝްހާ އާއި އެތްވަރަށް ހިނގަން ފެށްޓިއެވެ. ދެމީހުންވެސް ގަނޑި ނުޖެހި އޮފީހަށް ދިޔުމަށް އަވަސް ވެގަތެވެ.
***********************************
މެންދުރުގެ އަވިބާރު ވަގުތެވެ. ވުޑް އެޕަލް ރެސްޓޯރެންޓް ތެރޭގައި ތިބި މާއިޒް އަދި ރީހާން އާއި މެދު ސައްލާ ކުރެވެމުން ދަނީ ރީހާން ގެ ކައިވެންޏާ ބެހޭގޮތުންނެވެ. ” އެކަމަކު ބްރޯ މި ކައިވެނި ކުރުމަކުން ގޯހެތް ނެތެންނު ، ތިބުނީ އީނާ ވެސް ހުރީ ވަރަށް ބޭނުންވެފައޭ ދެން އަނެތްކާ ބޭބެ ވެސް ވަރަށް އުންމީދާ އެތްކޮށެން ނު ރީހާން ކައިރި ތިވާޙަކަ ދައްކާނީ ” މާއިޒް އޭނާ ގެ ހިޔާލު ފާޅުކޮށްލިއެވެ. އަހަރެން ވެސް ހިތަށްއަރާ ކުރަން ދޯ މިހެން ހުރެ ޢުމުރު ގޮސްފާނެ އަނެތްކާ އެ އުޅޭ ޔޫލީ އަކާ ހަދައިގެން ވެސް ބޯފަޅާގެން ދާވަރުވޭ ،” ރީހާން ބުނެލިއެވެ. ” މަށަށް ހީވަނީ ޔޫލީ ކިބައިން ވެސް ސަލާމަތް ވެދާނެ ހެން ކައިވެނި ކުރީމާ ” ވިސްނުމެއްގާ އިނދެ މާއިޒް ބުނެލިއެވެ.
” ހޫމް އެހެންމާ ބައްޕަ ކައިރި ބުނަން ވީ ދޯ އާނއެކޭ، އެކަމަކު މާއިޒް ކަލޭ ކޮންދުވަހަކުން މިކަމާ ވިސްނާނީ ، ހިތުގައި އަންހެން ކުއްޖެއް ގެ ނަން އެބައިން ތަ ؟. ” ލާނެތް ރާގަކަށް ރީހާން ބުނެލިއެވެ. ” ހޫމް އެބައިން ކުއްޖެއް ގެ ނަން ދެން އެކަންތައް ކާމިޔާބުވީމާ އަހަރެން ބުނާނަން ކަލޭ ކައިރި އެއީ ސަޕްރައިޒް އެތް އިނގޭ ” . މާއިޒް ބުނެލިއެވެ.
*******************************
ރޭގަނޑު ގެ ވަގުތެވެ. ކައިނިމިގެން ޙަބަރު ބަލަން އިން މަޙްމޫދް ޓީވީ ގެ އަޑުމަޑުކޮށްލީ ކައިރީ އިޝްހާ އިށީދެލުމާއެކުއެވެ. ” ދަރިފުޅާ ކޮބާ ވިސްނާފިންތަ ؟ ” . އިޝްހާ އެއްވެސް އެއްޗެކޭ ނުބުނެ އިނދުމުން އެންމެ ފަހުން މަހްމޫދް އަހާލިއެވެ. އެއިރު އޭނާ ކައިރި ޔުސްރާވެސް ޝައުޤުވެރިވެފާ އިނެވެ. އިޝްހާ ބޯޖަހާލީ މަޙްމޫދް ގެ ސުވާލަށް ޖަވާބު ދިނުމުގެ ބޭނުމުގައެވެ. ” ބައްޕާ އަޅުގަނޑު ގެ ޖަވާބަކީ އާނއެކޭ. ” މަޑުމައިތިރި ކަމާއެކު އިޝްހާ ބުނެލިއެވެ.
” ދަރިފުޅާ ބައްޕަ ވަރަށް އުފާވެއްޖެ ، ދެން އިނީ އަޙްމަދް މެންގެ ނިންމުން ، ލަސްކުރާނެ ކަމެތް ނެތްތާ ދޯ ދެން ދަރިފުޅުމެން ޤަބޫލީއަކާ ” އުފާވެފައި އިނދެ މަޙްމޫދް ބުނެލިއެވެ.
**********************************
ކޮޓަރި އާއި އިންވެގެން ހުރެ ބެލްކަނީގެ ރެއިލިން ގައި އަތް އަޅުވާލައިގެން ހުރި ރީހާން ގެ ނަޒަރުވަނީ ކުދިކުދި ޖަވާހިރުތަކެއް ފަދަ ތަރިތަކަށެވެ. ދާދި ދެންމެ އަކު އޭނާ ގެ ހިތުގައި ވާ ޖަވާބު އަޙްމަދް ކައިރި ބުނެފައި އައިކަމުގައި ވިއަސް އޭނާ ގެ ހިތުގެ ކަނެތް ގައި ކޮށްޓަމުން ދިޔައީ އިޝްހާ ގެ ހިޔާލުތަކެވެ. އެހެން ހުރެފައި ހަމަޖެހިލަމުން ކޮޓަރިއަށްވަދެ އެނދަށް ވެއްޓިގަތެވެ.
**********************************
އީނާ އޭނާ މަސައްކަތް ކުރަމުން އަންނަ ޕްރީސްކޫލިން ނިކުމެގެން އައީ ފޯނާ ކުޅެމުންނެވެ. ވާނީވެސް އެހެންތާ ވައިބާ ގައި ކުރިއަށްދަމުން ދިޔައީ މީހަކު ދޫކޮށްލާކަހަލަ ޗެޓް އެތް ނޫނެވެ. އީނާ ގެ އެކުވެރިން ދިޔައީ ބާބަކިއު ހަދަން ރާވަމުންނެވެ. ހުރިހާއެންމެންނަށް އެ ޗެޓް ރޫމް ތެރޭގައި ގެންނަން ވީ އެއްޗިއްސާ އެއްޗެހި ދިޔައީ ބަހަމުންނެވެ. ހޭބޯނާރާ އެންމެން މެސެޖް ކުރާއިރު އީނާ ވެސް ދިޔައީ މެސެޖް އަކަށް ފަހު މެސެޖް އެތް ލިޔަމުންނެވެ. ދޭތެރެ ދޭތެރެ އިން އެ ކުޑަކުޑަ ތުންފަތައް ހިނިތުންވުމެތް ވެރިވެގެން ދަނީ އެތާ ދެއްކެމުންދާ މަޖާ ވާހަކަ އަކުންނެވެ. އެހެން ހުރެ އީނާ ދުވާރު މަތިން ހިނގަމުން ދިޔައިރު އެށްފަހަރަކު ވެސް ކުރިމައްޗެއް ނުބަލާލައެވެ. އެގޮތުގައި ހިނގަމުން ދިޔަ އީނާ އަނގައިން މަޑުހަޅޭކެތް ނުކުތީ އޭނާ ގެ އަތުގައި ހިފާ މީހަކު ދަމާގަތުމުންނެވެ. ޖެހުނު ބާރުމިނުގައި އީނާ އޮތީ އެމީހެއް ގެ މޭތެރޭ ފޮރުވިފައެވެ. ބިރުން ހުރެ އިސްއުފުލާލި އީނާ އަނެތްކާ ވެސް އިސްތިރިކޮށްލީ ކުރިމަތީ އޭނާ އާއި ދިމާލަށް ދެބުމަގޮތްޖަހައިގެން ބަލަން ހުރި މާއިޒް ފެނުމުންނެވެ.. ” ސާބަސް އީނާ ، ކިޔާނެކަމެތް ނެތް މިހާރުގެ ކުދިން ގެ އަތުންފޯނު ދުލެއް ނުވާނެ ، ދެންމެ ކިރިޔާ އިނގޭ މަގަށް ނުފޭބުނީ އަހަރެން ނުހިފެތްޓިނަމަ ފެންނާނީ ހިތާމަވެރި އެކްސިޑެންޓް އެތް ވެފައިއޮތްވާ ”. ހިތްހަމަ ނުޖެހެހިފައި ހުރެ މާއިޒް ބުނެލިއެވެ. ” ސޮރީ އެން ތެންކްޔޫ ” ކިރިޔާ މާއިޒް އަށް އަޑުއިވޭވަރަށް އީނާ ބުނެލިއެވެ. ” ހިނގާ އަހަރެން އީނާ ގެއައް ގެންގޮސް ލާދޭނަން ” މާއިޒް ގެ މިބުނުމާ އީނާ ދެކޮޅުނަހަދާ މާއިޒް ގެ ސައިކަލަށް އެރިއެވެ. ދެމީހުންގެ ހިތްވެސް ދިޔައީ ރޭސްޖަހަމުންނެވެ. އެކަކު އަނެކަކާ އެހާގާތުގައި ތިބެން ޖެހުމުން ދެމީހުންގެ ބަނޑުގައި ދިޔައީ ކޮކާ އުދުހެމުންނެވެ.
***********************************
” ހަލޯ ، އަޙްމަދް އުފާވެރި ޙަބަރެތް ދޭން މިގުޅާލީ އިތުރަތް ކެތް ނުވެގެން ” ހިނިއައިސްފާ ހުރެ މަޙްމޫދް ބުނެލިއެވެ. ” އަހަރެން ވެސް ގުޅަން އުޅެނިކޮށް ތިގުޅީ ، ކޮބާބާ ތި އުފާވެރި ޙަބަރަކީ ” އަޙްމަދް ބުނެލިއެވެ. ” އިޝްހާ ކައިވެންޏަށް އާނބަސްދީފި ” އުފަލާއެކު މަޙްމޫދް ބުނެލިއެވެ. ” ނާހަމަ ތެދެއް ، އަހަރެން ގޯތި ސޮރުވެސް ބުނީ އާނއެކާ ” އަޙްމަދް ބުނެލިއެވެ. ” އެހެންމާ ދެން ކަންތައް ތައް ލަސްކުރާނެ ކަމެއް ނެތެންނު ދޯ ، އަޙްމަދް އާއިލާ އަންނަން ވީނު މާދަމާ ރޭ އަހަރެން ގެއަށް ކެއުމަކަށް ” މަޙްމޫދް ބުނެލިއެވެ.
” އާން މައްސަލައެތް ނެތް ” އަޙްމަދް ބުނެލިއެވެ. ފޯނުކޯލު ކުރުކޮށްލަމުން މަޙްމޫދް ޔުސްރާ އަށްގޮވާލާފައި ކަންކަން ރޭވިގެން ދިޔަގޮތް ކިޔާލަދިނެވެ.
*****************************************
ހެނދުނުގެ ވަގުތެވެ. އޮފީސްތެރެއަށް ރީހާން އެޅި ފުރަތަމަ ފިޔަވަޅާއެކު ކުރިމަތިލާން ޖެހުނީ ޔޫލީ އާއިއެވެ. ” މިހާރު ކިހިނެތް ވީ ؟ ” . ފަރުވާކުޑަގޮތަކަށް ރީހާން ބުނެލިއެވެ. ” ކަމެތް ވެގެންތަ އަހަރެން މިއޮޅެނީ ލޯބި ދެކޭ ހިތުން ހަމަ އައިސްލީ ،” ތުއިގޮތަކަށް ޔޫލީ މިހެން ބުނެލަމުން ކަންފަތް ކައިރި އަށް ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތް ދޮށައް ލައްވާލިއެވެ. ” ޔޫލީ އަހަރެން ދެން މޮޔަވާވަރު ކުރަންތަ ތިއޮޅެނީ އެ ، މިހާޜު ބުނެވިއްޖެ ދޯ އަހަރުމެން މިއޮޅެނީ ރިލޭޝަން އެތަގައެތް ނޫނޭ މާކުރީގެ ކަމެތް އެއީ ، އެން އަހަރެން ކުރިމަތީ މާތުއިވެގެން އުޅުނަކަސް އަހަރެން އެހެން ފިރިހެނުންފަދައިން ޔޫލީ އަކަށް ނުހެއްލޭނަން މިކަން ހަނދާން ކުރާތި. ، އެން ވަން މޯތިންގް ، ވަރަށް އަވަހައް އަހަރެން މިއޮޅެނީ ކައިވެނި ކުރަން ޔޫލީ އަށް ސްޕެޝިއަލް އިންވެޓޭޝަން އެތް ދޭނަން ” އެތްފަހަރާ ހުރިހާ އެއްޗެއް އަމުނާލުމަތްފަހު ރީހާން ހިނގައިގަތެވެ. އިވިގެން ދިޔަ ރީހާން ގެ ކައިވެނީގެ ވާހަކަ ޔޫލީ އަށް ހަޖަމް ކުރަން އުނދަގޫވެގެން ދިޔައެވެ. ރުޅިއާއެތްވަރަށް ޔޫލީ ދިޔައީ ރީހާން ކައިވެނި ކުރާ ކުއްޖާއަށް ކުދިކިޔަމުންނެވެ.
*********************************
ހަވީރުއަތަށް އެޅިލިއިރު އިޝްހާ އަދި ޔުސްރާ ދިޔައީ ބަދިގެތެރޭގައި އަވަދިނެތި ކައްކަމުނެވެ. އެދެމީހުންނާ ބައިވެރިވެގެން އަތްމަތި އަވަސްކޮށްލަ ދިނުމަށް އީމާ ވެސް އައިސް އުޅެއެވެ.
އިޝާ ނަމާދައް ބަންގިގޮވީ އިޝްހާ ތައްޔާރުވާން އިންދައެވެ. ޝޯލް އަޅަންވެގެން އުޅެފައިވެސް ނަމާދުކޮށްލަން އިޝްހާ އަވަސްވެގަތެވެ. އެއިރު އީމާ ނަމާދައް އަރަން ތައްޔާރުވަނީއެވެ. ޔުސްރާގެ އެދުމަށް އީމާ މިރެއަށް އެގޭގައި މަޑުކޮށްލީ އިޝްހާ އަށް ޙާއްސަ ރެއަކު އީމާ ވެސް ބައިވެރި ކުރަންވެގެންނެވެ. އެހެނީ ޔުސްރާ އަދި މަޙްމޫދް ވެސް ދެކެނީ އީމާ އަކީ އެދެމީހުންގެ ދަރިއެއްގެ ގޮތުގައެވެ.
ތައްޔާރުވެ ނިމުމާއެކު އިޝްހާ ކުރިމަތިން ފެންނަ ލޯގަނޑުން އަމިއްލަ ސޫރައަތް ބަލައިލިއެވެ. ލައިގެން ހުރި މަޑުމުށިކުލަޔަކަށްދާ އަބާޔާގެ މެދުންވަނީ ހިމަނޫން ބަންދެއް އައްސާލެވިފައެވެ. ރީތިގޮތަކަށް އަޅާލެވިފައިވާ މެރޫން ކުލައިގެ ޝޯލް އިން އިޝްހާ ގެ ރީތިކަން މިރޭ ދެގުނައެވެ. ގޭގައި އުޅުނެތްކަމަކު އިޝްހާ އޭނާ ގެ ދެފައި ފޮރުވާލުމަށް އިސްޓާކީން އަކަށް އަރާލިއެވެ. އެންމެ ފަހުކަމަކަށް އީމާ އިޝްހާގެ ތުންފަތުގައި މަޑުމަޑު ރަތް ކުލައިގެ މެޓް ލިޕްސްޓިކެތް ހާކާލިއެވެ. އީމާ ޝޯލް އަޅާނިމެންދެން އިޝްހާ އިން އިރު ހިތުގެ ތެޅުންވަނީ ބާރުވެފައެވެ. އޭނާ އިންނަން މިއޮޅޭ މީހާގެ ސޫރަދެކިލުމަތް ހިތްއެދިގޮވަމުން ދިޔައެވެ.
ޔުސްރާ ގޮވާލުމާއެކު އިޝްހާ އީމާ އާއި އެތްކޮށް ކޮޓަރިން ނިކުތެވެ. އެއިރު ސޯފާގައި އޭނާ އަށް ފުރަގަސް ވާގޮތައް އިން ޒުވާން ފިރިހެނާ ފެނި އޭނާ ގެ ހިތް ތެޅިލިއެވެ. އިސްޖަހާގެން ހުރި އިޝްހާ ސޯފާ ގައި އިށީންދެލަމުން ލަސްލަހުން އިސްއުފުލާލިއިރު ކުރިމަތީގައި އިން ޒުވާނާ އަށް ބަލާލިއެވެ. އެއާއެކު ދެލޯ ބޮޑުވެގެން ގޮސް އަނގަމަތީގައި އަތް އަޅާލެވުނެވެ. އިޝްހާ އެކޭ އެއްފަދައިން އީމާ އަށް ވެސް ވީ އެވަރެވެ. ކުރިމަތީ ގައި އިންޒުވާނާ ވެސް އިނީ ހަމަ އެހާ ހައިރާންވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Hello my dear readers❤️❤️
Hope u like this part too❤️❤️
Next part ISA tmrow❤️❤️
Keep waiting ❤️❤️☺️
Stay safe ❤️❤️and tvgc❤️❤️
eyyyy
adhi kiruyaa mi comp gandu rangalhu v.. srry midhiya prt thakuga cmnt nukurevuneema.. sis ah ingeynu keevvekan cmnt nukurevunee dhw.. eyyy vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi ingey mi vhk.. vrh bodethi improvements thah eba huri hama asluvx.. keep it up.. alheyy ishaa and reehaan ah neygi namavx marry kureven e ulhenee ekaku anekakaa dhw.. yageen mihaaru e thibee lwbi vevifa kan.. ekm nafrathakee lwbeege feshumeh noon ingey.. ekn handhaan bahattaathi… hahahaha.. eyy hama asluvx mi vhk vrh habbu… keep it up… stay safe and take care… lysssssssssssssssmm nd mysssssssssssssssssmmm
WOW Maashallah v reethi ingey mi part vx riloo♥️
Kon irakun nxt part.. curiously waiting for the nxt part
Lyyysssmm n Myyysssmmm loabi kolhoo♥️?♥️
Take care n stay safe
In reply to Nayaa
Thank uuu soo much naayuuu ❤️❤️❤️❤️❤️
Vrh happy vehje stry kamidhiyaamaa❤️❤️❤️❤️
Ale aslu tha❤️❤️❤️?☺️. Readers ge feedback aa eku Ril midany stry ragalu kuramuney❤️❤️?☺️☺️☺️
Alhamdulilaahi naayuuu comp ragaluvee dhw❤️❤️❤️☺️
Stry genesdeveyne dhw eyrah❤️❤️❤️
Hahhahaha?? nafurathakee lwbi ge feshumey Hama gaboolu kuran beynun nuvany tha heki fenifaa oi iru vxxx Aleyyyy naayuuu hehehe???❤️❤️
Again thankxxxx❤️❤️❤️
Lymmmmm❤️❤️
Mymmmmm❤️❤️
Stay safe❤️❤️ and tvgc❤️❤️
In reply to LamHaa
Thank uuu soo much Lam❤️❤️❤️
Vrh ufaavehje kamudhiyaamaa ❤️❤️❤️
Next part ISA maadamaa submit kohlaana ingey❤️❤️❤️
Keep Waiting lam❤️❤️
Lymm mm lwbi koluu❤️❤️
Mymmmmm❤️❤️
Stay safe❤️❤️ and tvgc ingey ❤️❤️
Awwwn the stry is soooo beautiful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Eagerly waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nd swwwrry fr late reply ??????????????????
Next part kn irakun ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Lysssssssssssssssssssssssemmmm❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Myssssssssssssssssssssssssssmm❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Tvvvvvvvvvvvvvvvvvvvvvvvvvvgc❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Stayyyyyyyyyy safeeeeeeeeeee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Cmnt kuru kamun dhigu kohlee????????????????
hehe?????????????????????????