Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 8 ވަނަ ބައި

Xiroo Thihthi Level 210 Stories
September 4, 2017 5 Mins Read
8 Comments

ނިސާދު ކައިގެން ކޮޓަރިއަށް ދިޔައެވެ. އެތެރެއަށްވަދެ ދޮރުލައްޕާލިއަޑަށް ހަނާއަށް ހޭލެވުނެވެ. “ކޮންތާކުންތި އައީ” ލޯއުގުޅަމުން ހަނާ އަހާލިއެވެ. “ޒިޔާމެންގޭގަ އިންދާ އޮފީހުން ގުޅީމަ އޮފީހުގަ އުޅެފަމިއައީ” އެނދުގައި އިށީންނަމުން ނިސާދު ބުނެލިއެވެ. ” ކައިފިންތަ” ހަނާ އަހާލިއެވެ.” އާނ. މިއައީ ކައިގެން. ހަނާ ކައިފިންތަ” ނިސާދުވެސް ކޮށްލީ ސުވާލެކެވެ.” އަހަރެންނާ މަންމައާ އެއްކޮށްކެއީ” ހަނާ ބުނެލިއެވެ. ” އެހެންވިޔާ ތިނިމުނީ. އަހަރެންނެތަސް ހަނާ ކައިގެން ހުންނާތި. މިހާރު ހަނާޖެހޭނެ ދެމީހުންނަށް ވާވަރަށްކާން” ހަނާގެ ނޭފަތުގާ ނިސާދު އިގިލިން ޖަހާލަމުން ބުންޏެވެ. “ދެންހެވޭ… ދޭފެންވަރައިގެން އަންނަން” ހަނާއާ ނިސާދު ދުރުކޮށްލަމުން ބުންޏެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑަށް ހަނާއަށް ހޭލެވުނެވެ. ނިސާދުއަށް ގޮވާ ފަތިސްނަމާދަށް ފޮނުވާލުމަށްފަހު ހަނާވެސް ނަމާދަށް އެރިއެވެ. ނަމާދުކޮށްލައިގެން އައިސް އޮށޯވެލިއެވެ. އިރުކޮޅަކު އޮވެލާފަ ތެދުވެގެން ބަދިގެއަށް ދިޔައެވެ. ހަޑިވެފައި ހުރި ތަށިތައްދޮވެ ހެނދުނުގެ ސައި ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. ހަފުސާ ވެސް ނަމާދުކޮށްލައިގެން އިރުކޯޅަކު ކިޔަވާލަން އިދެފަ ކޮޓަރިން ބޭރަށް ނިކުތެވެ. ބަދިގެއިން އެއްޗެހި ތަޅުވާއަޑު އިވިގެން އައިސް ބަލާލިއެވެ. “ހަނާ. މަންމަ ބުނީމެއްނު މަސައްކަތް ނުކުރާށޭ” ހަފުސާގެ އަޑަށް ހަނާ ސިހިގެންދިޔައެވެ. “މަންމާ. އަދި އަހަރެން މަސައްކަތް ނުކޮށް ހުންނަވަރެއްނުވޭ. އެހާ ބައްޔެއްނޫން” ހަފުސާއަށް ބަލާފަ ހިނިތުންވެލަމުން ހަނާ ބުންޏެވެ. “އެކަމަކުވެސް މިދުވަސްކޮޅު މަސައްކަތް ކުރާކަށް ނުވާނެއްނު. މަންމަ މިހެން މިބުނީ ލިބެންއުޅޭ މާމަ ދަރިފުޅަށް ކަމެއް ވެދާނެތީ. ދަރިފުޅުމެން އަދި އާވާނެ. ބަލިވެއިންނަތާ ކުރީކޮޅު ބުރަމަސައްކަތް ކުރުމުން އޭގެ ގެއްލުން ފަހުން ބޮޑުވެދާނެ” ހަފުސާ ބުނެލިއެވެ. “އަހަރެން އެހާ ބުރަކޮށް މަސައްކަތެއް ނުކުރަމެއްނު. އެހެންނޫނަސް މީދެން އެހާ ބުރަ މަސައްކަތެއްނޫން. އަހަރެންވެސް އަހަރެންގެ ދަރިފުޅާ ދޭތެރޭ ވިސްނަމޭ. މަންމަ އެހާ ކަންބޮޑުނުވޭ” ފުއްގަނޑުން ގުޅަޖަހަން ހަނާ ހުރެގެން ވާހަކަ ދައްކަމުން ދިޔައެވެ. ނަމާދުކޮށް ލައިގެން ޒިޔާދުގެ ހާލު ބަލާލުމަށްފަހު ނިސާދު ގެއަށްއައެވެ.

ހަނާ ކާގޭގައި ނިސާދުއަށް ސައިހަދާން ހުއްޓެވެ. ފުރަގަހުން ނިސާދު އައިސް ހަނާގެ އުނަގަނޑުގައި ހިފާލިއެވެ. އެވަގުތު ހަނާ ސިއްސައިގެން ދިޔައެވެ. “ސާދު….. ކިރިޔާއެއްނު ސައިތަށި ނުވެރުނީ” ހަނާ ބުންޏެވެ. “ދެން ވެރުންނަމަ……” ހެމުން ނިސާދު ވާހަކަ ދައްކަމުން ދިޔައެވެ. “ދެން ވެރުންނަމައޭ ކިޔާނެކަމެއްނެތް. މާފޮނިނުވެ ސައިބޯންވީ. މިހާރު ގަޑިން އެހެރަ ހަތްގަޑިބައި ވަނީ. އަހަރެން މިދަނީ ތައްޔާރުވާން. އަވަސްކޮށްގެން އަންނާތި “ފާރުގައި ހުރި ގަޑިއަށް ބަލަމުން ހަނާ ވާހަކަ ދައިކަމުން ދިޔައެވެ. ދެމިހުން އެކުގައި އޮފީހަށްދާން ގެއިން ނިކުތެވެ. ހަނާ ބޭނުން ވަނީ ވިހާދުވަސް ކައިރި ވަންދެން ނޫނީ މާލެ ބަދަލުވަންދެން އޮފީހަށް ނުކުންނާށެވެ. ފާއިތުވެ ދިޔަ ދެދުވަހަކީ ބަންދު ދެދުވަސް ކަމުން އޮފީހުގެ މަސައްކަތްތައް ވަނީ ގިނަވެފައެވެ. “ހަލޯ” ނިސާދު ފޯންނަގާ ކަންފަތުގައި ޖެހުމަށްފަހު ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކީ ޒިޔާދުއެވެ. “ކޮބާ އަދިވެސް ނިމޭކަށް ނޫޅޭތަ” ހަނާއަށް މުހާތަބުކޮށް ނިސާދުއަހާލިއެވެ. “ނޫނޭ ނިމިއްޖެ. ދެން ގެއަށްދާންވީ” ހަނާ ބުނެލިއެވެ. “އަހަރެންވެސް ނިމިއްޖެ.ހިނގާ ގެއަށްދާން” މިހެންބުނެ ނިސާދު ނިކުތީ އޮފީހުން ބޭރަށެވެ. “ދެންމެ ޒިޔާ ގުޅި. ދެރަވެފަހުރިހެން ހީވަނީ. އަޑުން އެހެންހީވޭ” ހަނާ ބޭރަށް ނުކުތުމުން ނިސާދު ހަނާގާތުގައި ބުންޏެވެ. “އެހެންތަ. ދެންކީކޭބުނީ” ހަނާ އަހާލިއެވެ. “އައިސްބަލާށޭ ބުނީ. ނޭންގެ ކީއްކުރަން ކަމެއް” ނިސާދު ބުންޏެވެ. “ދެންދާންވީނު” ހަނާ ބުނެލިއެވެ. “ގެއަށް ގޮސްކައިގެން ދާނީ. ވަރަށް ބަނޑު ހައިވެފަ މިހުރީ” ބަނޑުގައި އަތް ހާކާލަމުން ނިސާދު ބުންޏެވެ.

ނިސާދު ގެއަށް ގޮސް ކައިގެން ޒިޔާދު ކައިރިއަށް ދިޔުމަށް ގެއިން ނިކުތެވެ. ދިޔަ މަގުމަތީ ޒިދުނާއާ ދިމާވިއެވެ. “ކޮންތާކަށް މާ ރީތިވެލައިގެން ތިދަނީ” ނިސާދު އަހާލިއެވެ. “ތިގެއަށް ދާންވެގެން މިދަނީ .ކޮބާ ހަނާ” ޒިދުނާ ސުވާލު ކޮށްލިއެވެ. “އެބައިން ގޭގަ” ނިސާދު ޖަވާބުދިނެވެ. ނިސާދު ޒިޔާދުގެ ކޮޓަރީ ދޮރުހުޅުވާލި އިރު ޒިޔާދު އޮތީ އޮށޯވެގެންނެވެ. “ބުނީމެއްނު ރީސާގެ ފޮޓޯތަކެއް ދައްކާނަމޭ. ކޮބާ ފޮޓޯ” ނިސާދު ފެނުމާއެކު ޒިޔާދު އަހާލިއެވެ. “ފޮޓޯ ދޯ!!! ފޮޓޯ ދައްކާނީ ގޮތެއްގެ މަތިން” އެދުގައި އިށީންނަމުން ނިސާދު ބުންޏެވެ. “ކޮންގޮތެއްތަ. ބޯދަށުއޮތް ބާލީސް ނަގާ އެދުގެ ބޯލާކޮޅުގައި ލައްކޮށްލުމަށްފަހު ލެގިލަމުން ޒިޔާދު އަހާލިއެވެ. “ޒިޔާ ދެރަވެގެން ނުވާނެ. މިހެންބުންޏަސް އެނގޭ ދެރަވާނެކަން. އެހެންވެ ނުދައްކަންމިއުޅެނީ. މިފޮޓޯ ތަކަކީ ޒިޔާ ތިހީކުރާހާ ސިންޕަލް ފޮޓޯތަކެއްނޫން. ޒިޔާއަށް މީގެ އެއްމެ ގަނޑެއް ފެނުނަސް އަހަރެންނަށް ނޭންގެ ޒިޔާއަށްވާނެ ގޮތެއްވެސް” ޖީބުގައިއޮތް ފޯންނަގަމުން ނިސާދު ބުންޏެވެ.

“ސާބަހޭ…….. އަބަދުވެސް އޮށޯވެގެންތަ އޮށްނަނީ” ދޮރަށް ފުރަގަސްދީގެން އޮތް ހަނާ ބަލާލީ ޒިދުނާގެ އަޑު އިވުމުންނެވެ. “ނޫނޭ… އޮފީހުން އައިސް ވަރުބަލިވެފަ ހުރީމަ ކައިގެން ޖައްސާލީ. ކަމަކުތަ ތިއައީ” ހަނާ ސުވާލުކޮށްލިއެވެ. “އާނ… ކަމަކު މިއައީ. އެކަމަކު އެހާ ބޮޑުކަމަކު ނޫން. ހަނާގެ ހާލު ބަލާލާ، ވާހަކަ ދައްކާލަންވެގެން. މަންމަ މެންގެ ވަރަށްގާތް ބަޔަކު ގެއަށް ދުވަސްކޮޅަކަށް އައިސް އުޅޭތީ މިކޮޅަށް ނާދެވެނީ” ޒިދުނާ އައިސް އެދުގައި އިށީންނަމުން ބުންޏެވެ. “އެހެންދޯ… އަހަރެން ހީކުރީ ޒިދޫ އަހަރެންދެކެ ރުޅިއައިސްފަ ކަމަށް” ހަނާ ބުނެލިއެވެ. ” އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއަކީ ހަނާ. ކީއްވެ އަހަރެން ހަނާދެކެ ރުޅި އަށްނަންވީ. މިހެންބުނެ ޒިދުނާ ހީލިއެވެ. “އެއްކަލަ ޒިޔާދު މިހާރު ކިހިނެއްތަ” ޒިދުނާ ހަނާކުރެން އަހާލިއެވެ. “ކުޑަކޮށް ރަނގަޅު. އެކަމަކު އަދިވެސް މުޅިން ހަމައަކަށް ނޭޅޭ” ޒިޔާދުގެ ހާލު ހަނާ ޒިދުނާއަށް ކިޔާދިނެވެ. “ހަނާ ދުށިންތަ ރީސާ” ޒިދުނާއަހާލިއެވެ. “ނޫން. ނުދެކެން. ނުކެރުން ދާކަށްވެސް.” ހަނާ ބުންޏެވެ. “އަހަރެން ދުށިން. ގިނައިރު ބަލަން ހުންނަށްވެސް ނުކެރުން ރީސާ އޮތްގޮތުން” ޒިދުނާ ބުންޏެވެ.

“މިފޮޓޯތަކަކީ ރީސާ މަރުވި ދުވަހު އެތަނުން ނެގި ފޮޓޯތަކެއް. އެއްވެސް މީހަކަށް ނޭންގޭނެ އަހަރެންގެ އަތުގަ މިފޮޓޯތައް ހުރިކަމެއް” ނިސާދުގެ މިބަސްތަކުން ޒިޔާދުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނިސާދު ކޮންމެ ގޮތަކަށް ބުނި ނަމަވެސް ޒިޔާދު ބޭނުންވީ އެފޮޓޯތައް ބަލާށެވެ. ފޮޓޯތަކުގަ ރީސާއޮތީ ކިހިނެއްތޯ، ކޮންހާލެއްގަތޯ ބަލާށެވެ. ޒިޔާދު އާދޭސް ކުރަންފެށުމުން ނިސާދު ފޯން ދިއްކޮށްލިއެވެ. އެންމެ ފުރަތަމަ ގަނޑުފެނުމުންވެސް ޒިޔާދުއަށް ބަލާކަށް ނުކެރުނެވެ. ލޮލުން ކަރުނަ ހިލުނެވެ. އަނެއްކާވެސް ޒިޔާދު ފޮޓޯއަށްބަލާލީ ހިތް ދަތިކަމާއެކުއެވެ. ޒިޔާދުއަށް ހީވީ އޭނާގެހިތުގެ ހިގުންހުއްޓު ނުހެންނެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ގެންދިޔައެވެ. ފޮޓޯތަކުން ހީވަނީ ކޮންމެވެސް މީހަކު ރީސާއަށް އަނިޔާ ކޮށްފަ ހުރިހެންނެވެ. ފޮޓޯތައް ބެލުމަށްފަހު ޒިޔާދު މޫނުގައި އަތްއަޅާ ބާރަށް ރޯންފެށިއެވެ. އޭނާ ލޯބިވީ ހަމައެކަނި މީހާ އޮތްގޮތް ފެނުމުން ބަޔާން ނުކުރެވޭފަދަ އަސަރެއް ވަނީ ކޮށްފައެވެ. ރީސާ ނެތްދުނިޔެއެއްގަ ޒިޔާދު އުޅޭކަށް ބޭނުމެއްނުވެއެވެ. ރީސާދެކެ ޒިޔާދުއަށް ވެވުނީ ހަގީގީލޯތްބެވެ.
“ވާހަކައެއް ބުނަން އުޅެފަ ހަނދާން ނެތިފަމިއިންނަނީ” ޒިދުނާ ބުންޏެވެ. “ބުނަން ތިއުޅޭ ވާހަކައެއް ބުނީމަދޯ އެނގޭނީ” ހަނާ ދިމާކުރާ ފާޑަށް ބުނެލިއެވެ. “ރީސާގެ ކޮއްކޮ ނަޒީލް………” ޒިދުނާވާހަކަދައްކަން ފެށިއެވެ. “އަނެއްކާ ނަޒީލް ކިހިނެއްވީތަ” ޒިދުނާއަށް ނަޒީލްގެ ނަން ބުނެވުނުއިރަށް ހަނާ ސުވާލު ކޮށްލިއެވެ. “ދެންބުނަންދެން ހުރެބަލަ. ވީގޮތަކީ ނަޒީލް އަހަރެންކައިރީ ރައްޓެހިވަން އަހީ….” ޒިދުނާ ހީގެންފަ ބުނެލިއެވެ. “އެހެންތަ. ދެން ޒިދޫ ބުނީ ކީކޭ” ހަނާ އަހާލިއެވެ. “އަހަރެން ދެންކީކޭ ބުނާނީ……..” ޒިދުނާ ބުނެލިއެވެ.. ” ބޮޑު މޮޔައެއްތީ… އާއެކޭ ބުނެބަލަ. ނަޒީލްއަކީ ވަރަށް ރަނގަޅު ކުއްޖެއް… ދެންވެސް ލަސްނުކޮށް ޖަވާބު ދީބަލަ. ޒިދޫއަށް އޭނަ ކަމުދޭތަ” ހަނާއަށް ފެންނަގޮތް ހާމަ ކުރުމަށްފަހު ޒިދުނާއާ ސުވާލުކޮށްލިއެވެ. “ކަމުދޭ. އެކަމަކު އަދި ޖަވާބެއް ދޭކަށް ނުވޭ. މިއުޅޭ ފިރިހެނުން ރަނގަޅަށް ދަސްކުރަން ޖެހޭނެ. އެހެންނޫނީ ފަހުން ލަޑުލިބޭނީ” ޒިދުނާބުނެލިއެވެ. “ހާދަކުރިއަކަށް ޖެހިލައިފިއޭ ޒިދޫވެސް” ހަނާ ބުނެލިއެވެ. ” އަހަރެން ވިއްޔާ ދެން ދާންވީ ފަހަތަށްތަ؟ އޭ ދެންދަނީ. މިހާރު އެހެރަ މަޤުރިބް ނަމާދު ބަންގި ގޮވަންއުޅެނީ” ޒިދުނާ ފޯންގެ ގަޑިއަށް ބަލާލަމުން ބުންޏެވެ. ޒިދުނާ ބޭރަށް ނިކުންނަން ހިގައިގަތުމުން ހަނާވެސް އެނދުން ފައިބައިގެން ކޮޓަރިން ބޭރަށް ނިކުންނަން ހިގައިގަތެވެ.

ނިސާދު މަސައްކަތް ކުރަމުން ދިޔައީ ޒިޔާދު ހަމައަކަށް އެޅުވޭތޯއެވެ. “އަހަރެން ބުނީމެއްނު ޒިޔާއަކަށް ކެތެއްނުވާނޭ. އެހެންވެ ނުދައްކަންވެސް އުޅުނީ. އެކަމަކު ޒިޔާ އާދޭސް ކުރިވަރުން ދެއްކީ” ނިސާދުގެ އަޑުގާވެސް ވަނީ ހިތާމައިގެ އަސަރެވެ. ރަހުމަތްތެރިޔާ ލޯތްބައްޓަކާ އެފަދަ ހިތާމައެއް ކުރާތަން ބަލާކަށް ނިސާދުގެ ހިތެއްނޭދެއެވެ. ނަމަވެސް މިއަދުމިވަނީ އެދުވަހާ ކުރިމަތި ލާންޖެހިފައެވެ. ކުއްލިއަކަށް ނިސާދުގެ ފޯން ރިންގް ވާންފެށިއެވެ. “ޒިޔާ އަހަރެންގެ މަންމަ އެގުޅީ. ވަރަށް އަވަހަށް ގެއަށް އައިސްބަލާ ށޯ. އަހަރެން މިދަނީ ގެއަށްދާން. އެކަމަކު ބުނަށް އަހަރެން ނެތަސް ދެރަވެ ނުރޯތި. އަތުން ފައިން ގޯސް ނުހަދާތި. ފިރިހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެކޭ ބުނާއަޑު ނާހަންތަ. މަޤުރިބް ނަމާދު ބަންގި ވެސް ގޮވައިފި. ދޭ ނަމާދު ކޮށްލަން. އޭރުންވެސް ތިހިތަށް ހަމަޖެހުމެއް ލިބިދާނެ” ނިސާދު ފޯން ބޭންވުމަށްފަހު ގެއަށް ދިޔުމުގެ ކުރިން ޒިޔާދުއަށް ހިތްވަރުދިނެވެ.
ނިސާދު ގެއަށް ދާންވެގެން ބޭރަށް ނިކުތްއިރު ވަރަށް ވައިބާރެވެ. އުޑުމަތިވެސް އޮތީ ވަރަށް ބަނަކޮށެވެ. ހީވަނީ ދެންމެދެންމެ ވާރޭ ވެހެންފަށާފާނެ ހެންނެވެ. ނިސާދުގެ ހިނގުންބާރުކޮށްލި އެވެ. ވާރޭ ވެހެންފެށުމުގެ ކުރިން ގެއާހަމައަށް ދެވޭތޯއެވެ. “މަންމާ. ކިހިނެއްވީ” ގެއަށް ވަދެވުމާއެކު ނިސާދު އަހާލިއެވެ.” ހަނާ އަނބުރައިގަތީ….” ހަފުސާ ހުރީ ހާސްވެފައެވެ. ގޭގައި އެއްވެސް މީހަކުނެތި ހަނާ އަނބުރައި ގަތީމައެވެ. “ކޮބާ މިހާރު ހަނާ” ނިސާދު ސުވާލިކޮށްލިއެވެ. “ކޮޓަރީގައި” ހަފުސާ މިހެން ބުނުމުން ނިސާދު ގޮސް ކޮޓަރީ ދޮރުހުޅުވާލިއެވެ. ހަނާ އޮތި އެދުގައި އޮށޯވެގެންނެވެ. ލޯމެރިފައެވެ. ދެތިންފަހަރު ނިސާދު ހަނާއަށް ގޮވާލުމުން ހަނާ ލޯހުޅުވާލީ ވަރުބަލި ގޮތަކަށެވެ. “ކިހިނެއްވީ” ނިސާދު ހަނާއާ ސުވާލުކޮށްލިއެވެ. “ޒިދޫ އައިސްގެން އޭނަޔާ ދެމީހުން ވާހަކަދައްކަން ތިބެފަ، ޒިދޫ ގެއަށް ދާންވެގެން ނިކުތުމުން އަހަރެންވެސް ފަހަތުން ނިކުތިން. ތަންކޮޅަކަށް ދިޔަތަނާ މޭނުބައި ކޮށްފަ ހޮޑުލެވެން ފެށުނުކަން އެގެގުން. ދެންވި ގޮތެއްނޭގުން. ހޭވެރިކަމެއްވީ އެދުގަ އޮށްވަ” ކަންވީގޮތް ހަނާ ނިސާދުއަށް ކިޔާދިނެވެ. “ދެންކާކު ހަނާ އެނދަށް އެރުވީ” ނިސާދު ސުވާލުކޮށްލިއެވެ. ” ހީވަނީ މަންމައާ ޒިދޫ ހެން” ހަނާބުނެލިއެވެ. “ތިވާނީ މާގިނައިން ހޮޑުލެވުނީމަ އަނބުރައިގަތީކަމަށް. އެއީ ދެން އެހާވަރުގެ ކަމެއްނޫން. އަރާމު ކޮށްލާ” ނިސާދު ހަނާގެ ބޮލުގާ ފުރުމާލުމުން ހަނާ ވަރަށް ބާރަށް ނިސާދުގެ ގައިގަ ބައްދާލިއެވެ.
ނިސާދު ގެއަށް އައިސް އިރުކޮޅެއްވީތަނާ ވާރޭވެހެންފެށިއެވެ. ވަރަށް ބޯކޮށެވެ. އިރުކޮޅަކު ހަނާގެ ކައިރީ އޮވެލުމަށްފަހު ނިސާދު ކޮޓަރިން ނިކުމެގެން އައިސް ބޭރުދޮރުމަތީ ހުއްޓުނެވެ. އަދި އުޑާ ދިމާއަށް ބަލާލިއެވެ. ވަގުތަކީ އިރުއޮށްސިގެން އައި ވަގުތުކަމުން ވިއްސާރަ ވިލާތަކުގެ ސަބަބުން އުޑުމަތިވަނީ ފޮރުވިފައެވެ. ބައެއްފަހަރު ވިދާލާ ވިދުވަރުގެ އަލިން ބިންމަތި އަލިވެގެންދެއެވެ. އަދި އެހާމެ ބާރަށް ގުގުރަންވެސް ގުގުރައެވެ. ކޮންމެ ގޮތެއްވިޔަސް މިރެއަކީ ވިއްސާރައިގެ ތުފާނުން ފުރިގެންވާ ރެއެއްކަން ކަށަވަރެވެ. ބޯކޮށް ވާރޭ ވެހެމުން ދާތީ ވަގުތުދާގޮތް ވެސް ނޭގެއެވެ. ގިނަގޭ ތަކުގެ މީހުން އެދުތަކުގެ އަރާމު ހޯދުމަށްތައްޔާރު ވަމުންދެއެވެ. ނަމަވެސް ހުރިހާ ކަމަކުން މަހުރޫމް ވެގެން ވެހެމުންދާ ވާރެއިން ހަށިތަކަށް ލިބެމުންދާ އަރާމުން، ހިތްތަކަށް ލިބެމުންދާ ހިތްހަމަޖެހުމުން އެއްކިބާވެވިގެން މީހަކު އުޅެފާނެކަމަށް ހީކޮށްގެން ހުރި އެކަކުވެސް އެބަހުރި ހެއްޔެވެ؟ ޚުދު ނިސާދު ވެސް އެވަރު ހަނދާނެއްނެތެވެ. މިވިއްސާރަ ތޫފާނުން ފުރިގެންވީ ރޭގަވެސް ޒިޔާދު ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. ހިތްދަތިވެގެންނެވެ. ރީސާގެ ހަނދާންތަކާ ދުރައް ނުދެވިގެންނެވެ. އެފޮޓޯތަކުގަ ރީސާއޮތްގޮތް ހިތަށް އެރުމުން ލޮލުން ކަރުނައަންނަމުން ދިޔައެވެ. އެންމެފަހުން ކުރާނެ ކަމެއްނޭގިގެން، ހަދާނެގޮތް ހުސްވެގެން ޒިޔާދު ބޯކޮށްވެހެމުން ދިޔަ ވާރޭގެ ތެރެއަށް ކޮޓަރީގެ ކުޑަދޮރުން ބޭރަށް ނުކުތެވެ. މަގުމައްޗަށް ހުއްޓި މަގުގެ ދެކޮޅުބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މާޔޫސްވެ ހިތްމަރުވެފަވާ ޒިޔާދުގެ ހިގަމުން ދިޔައީ މަގުގެމެދުން ރަށުގެ ދެކުނު ފަރާތާވީ ކޮޅަށެވެ. ބޯކޮށް ވާރޭ ވެހެމުންދާތީ ނިސާދު ބޭރުބަލަހައްޓައިގެން ދޮރުކަނީ ލެގިލައިގެން ހުއްޓެވެ. ނިސާދު މިހެން ހުއްޓާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެނގޭ ކުރިމަތިން އިސްޖަހައިގެން ހިގަމުންދިޔަ މީހަކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ޒިޔާ…10

Next

ާޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާވީސްވަނަ ބައި)

Next
September 4, 2017

ާޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ބާވީސްވަނަ ބައި)

Previews
September 4, 2017

ޒިޔާ…10

8 Comments!

  1. Nadheema says:
    September 4, 2017 at 10:54 am

    Am I the first one? Yayhoo!
    Wow vvvvvbshalhi!????❤

    1. Xiroo thihthi says:
      September 4, 2017 at 1:35 pm

      thanx

  2. Raiya says:
    September 4, 2017 at 6:09 pm

    Alhugandu mi vaahaka ehkoh ki een. Ekamaku ehves part eh ga nei hana preg vi vaahaka eh. Alhugandu noonas vaanuvaa.com ga thibeyne comment nukuraa baivareh myhun. Vaahaka rythi but vv kuhli gothakah dhw hana preg v.. ? soo its a lil bit odd?

    1. ? says:
      September 4, 2017 at 6:49 pm

      Saabas raiya ah… Concentrate kohgen kiyan naa thiheneh nuvaanehen hyvany.. Hana preg vaahaka bayaku dhakkaa adu ivigen dhw reesaa ge hihfalhain gos gen maruvee

  3. Raiya says:
    September 4, 2017 at 7:00 pm

    Writer ah thankolheh saafu vaa gothah liye vidhaane dhw .? Get nuvaa myhunves thibeyne dhw concentrate kuriyas??? Thankolheh saafu koh kiyaa myhaa ah ubderstand vaa gothah liyaanama….

    1. Correction says:
      September 4, 2017 at 7:59 pm

      Reader* understand*. Enmenah adhi thihen comment kuriyas Kiyaakah neygeynu

  4. Reader says:
    September 5, 2017 at 10:21 am

    Mi site ga in emme thaakun thaaku nujehey hadi story

  5. Abdulla says:
    September 6, 2017 at 10:11 am

    Reader thi hedhy dhogeh…. reader akah adhi vaahaka kiyaakah neygey… faharehga dhivehi bahah koshy kamahves vedhaane….

Comments are closed.

Next Episodeއަގެއްނެތްލޯބި 9 ވަނަ ބައި←


All Right Reserved!