ބޭނުންވަނީ އުމުރަށް 12
” މަންމާ. އަހަރެން ބޭނުން މެރީ ކުރަން ” މަސައްކަތެއްގައި ހުރި އަނީސާ ކައިރިއަށް ޖެހިލާފައި ރިޒްނީ ބުނެލިއެވެ. ” އަނެއްކާ ކާކާ އިންނަންވެގެން ތިއުޅެނީ. ” އަނީސާ އަހާލިއެވެ. ” އަކިޔަލްއާ ” ރިޒްނީ ބުނެލިއެވެ. އެވަގުތު އަނީސާ ރުޅިވެރިކަމާއެކު ރިޒްނީއަށް ބަލާލިއެވެ. ” ސަކީނާގެ އަކިޔަލްތަ؟. ” އަނީސާ އަހާލިއެވެ. ” އާނ. ” ރިޒްނީ އަނީސާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނެލިއެވެ. ” ތިނޫންއެހެން ކަމެއް ކުރަން އުޅެބަލަ ” އަނީސާ ބުނެލިއެވެ. ” ކީއްވެގެން ތިހެން ތިބުނީ ” ރިޒްނީ އަހާލިއެވެ. ” ދެމައިން ކޮންވާހަކައެއްގައިތަ ” އަނީސާޔާ ރިޒްނީ ވާހަކަދައްކަން ތިއްބާ އެތަނަށް ރިފްއަތު އައިސް އަހާލިއެވެ. ” ރިޒްނީ ކައިވެނި ކުރަން ބޭނުންވަނިޔޯ ” އަނީސާ ބުނެލިއެވެ. ” އެހެންތަ؟. އަނެއްކާ ކާކާ ކައިވެނިކުރަން ބޭނުންވެގެން ތިއުޅެނީ ” ރިފްއަތް އަހާލިއެވެ. ” ސަކިނާގެ އަކިޔަލްއާ ” އަނީސާ ބުނެލިއެވެ. އަނީސާގެ މިޖަވާބުން ރިފްއަތުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރިޒްނީ އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. ” ތިގުޅުން މިހާ ހިސާބުން ކަޑާލާ. ތިކަމެއްނުވާނެ. އަހަރެމެންނަކަށް ތިގުޅުމަކަށް ގަބޫލެއް ނުވެވޭނެ. ރިޒްނީ ކައިވެނި ކުރަންޖެހޭނީ އަހަރެމެން ދައްކާ މީހަކާ ” ރިފްއަތު މިހެން ބުނުމުން އިސްދަށަށް ޖަހައިގެން ހުރި ރިޒްނާ އިސްއުފުލާ ބަލާލިއެވެ. ” ކީއްވެ ބައްޕަމެން ގަބޫލް ނުވާންވީ. ” ރިޒްނީ އަހާލިއެވެ. ” އޭނަޔާ އަހުމެންނާ އަރާއަރަފޯދިގެން ނުވާތީ. އަހަރެމެންގެ މި މުއްސަދިކަމާ އޭނަޔާ ނުގުޅޭތީ. އެހެން ނޫނަސް އޭނަކަހަލަ ކުޑަ ފިހާރަގަނޑެއް ހިންގާ މީހަކާ އަހަރުމެންނާ ހަމަހަމަ ވާނީ ކޮންހައިސިއްޔަތަކުންތަ؟. އެހެންވީމާ ރިޒްނީ ކައިވެނި ކުރަންޖެހޭނީ އަހަރެން ބުނާ މީހަކާ ” ރިފްއަތު އަމިއްލަ މުއްސަދިކަމަށް ފަހުރުވެރިވާ ހާލު ބުނެލިއެވެ. ” އަހަރެން ބައްޕަމެން ދައްކާ މީހަކާ ކައިވެނި ކުރާކަށް ބޭނުމެއްނޫން. މުސްތަގްބަލްގާ ދިރިއުޅުމެއް ފެށުމަށް ތައްޔާރުވަމުން މިދަނީ އަހަރެން. އަހަރެން ލޯބިނުވާ މީހަކާ ކައިވެނި ކޮށްގެން އަހަރެންނަށް އޮތީ ކޮންއުފަލެއްތަ؟. ލޯބިނުވާ މީހަކާ އިދެގެން ދިރިއުޅޭނެ ގޮތެއް އަހަރެންނަކަށް ނޭންގެ. އަހަރެން ލޯބިވަނީ އަކިޔަލް ދެކެ ” ރިޒްނީ ބުނެލިއެވެ. ” ރިޒްނީ!!! ” ކީއްވެ ހިސާބަށް ވުރެއް ބޮޑުވެގެން މޫނުމަތީ އެއްޗެހި ތިބުނަނީ. ރިޒްނީގެ ކަންތައްތަކުގަ ގޮތް ނިންމާނީ އަހަރުމެން. ” ރިފްއަތު ރުޅިއައިސްގެން ބާރަށް ބުނެލިއެވެ. ” ހެޔޮ. އަހަރެން ލޯބިނުވާ މީހަކާ އިންނާކަށް ބޭނުމެއްނޫން. އަހަރެން ލޯބިވަނީ އަކިޔަލް ދެކެ. ” ރިޒްނީ ލޯބީގެ ހައްގުގާ ރިފްއަތުގެ ކުރިމަތީ ވާހަކަ ދައްކަމުން ދިޔައެވެ. ” ލޯބި ވިޔަސް ތިކަންވާނީ ތިކަމަށް މަގުފަހިވެގެން. އެކަމަކު ރިޒްނީ ކައިވެނި ކުރަންޖެހޭނީ އަހަރެން ބުނާ މީހަކާ. އަހަރެން މިހާރުވާނީ ރިޒްނީއާ ކައިވެނި ކުރުމަށްޓަކާ މީހަކުވެސް ހޯދާފަ. ހަނދާންކުރާތި. މީގެފަހުން ތިބުނާ މީހަކާ ބައްދަލުކުރަން މިގޭ ހަތަރު ފާރުން ބޭރަށް ނިކުމެއްޖެނަމަ ކަންތައްކުރާނެ ގޮތް އެގޭނީ އަހަރެންނަށް ” ރިފްއަތު މިހެން ބުނުމުން ރިޒްނީ ރޮމުން ގޮސް ކޮޓަރިއަށްވަދެ ބާރަށް ދޮރުލެއްޕިއެވެ.
” ދައްތާ ސާރާ ކޮބާ؟ ” ޒޭނާ ސިޓިންރޫމްގައި އިން ނާހިދާ ކުރެން އަހާލިއެވެ. އޭރު ރީޝަމް ނާހިދާ ކައިރީ ކުޅެންހުއްޓެވެ. ޒޭނާ ފެނުމުން ރީޝަމް ދުވެފަ ޒޭނާގެ ގާތަށް އައުމުން ޒޭނާ ރީޝަމް އުރާލިއެވެ. ” ކޮޓަރީގަވީ. ” ނާހިދާ ބުނެލިއެވެ. ޒޭނާ ސާރާގެ ކޮޓަރީ ދޮރުމައްޗަށް ހުއްޓި ދޮރުގައި ޓަކިޖަހާލިއެވެ. ” ހުޅުވާފަ. ވަދޭ ” ދޮރުގައި ޓަކިޖާލުމުން ކޮޓަރިތެރެއިން ސާރާ ބުނެލިއެވެ. ” ހާދަ ސިއްރުންނޭދޯ ތިއުޅެނީ ” ދޮރު ހުޅުވާލުމާއެކު އެނދުގައި އޮށޯވެގެން އޮތް ސާރާއަށް މުހާތަބްކޮށް ޒޭނާ ބުނެލިއެވެ. ” އަހަރެން ކޮންގޮތަކުން ސިއްރުން މިއުޅެނީ ” ޒޭނާއަށް ޖަވާބުދެމުން ސާރާ ތެދުވެ އެދުގައި އިށީނެވެ. ” ހުރިހާ ގޮތަކުންވެސް ސިއްރުން ތިއުޅެނީ. ބައްޕަ ބަލާ ދިޔަ ވާހަކަ ވެސް ނުބުނޭ ” ޒޭނާ ބުނެލިއެވެ. ” ކިހިނެއް އެނގުނީ އަހަރެން މިގޭގައި އޮތްކަމެއް ” ސާރާ އަހާލިއެވެ. ” އަހަރެންނަށް ނޭންގި ދެން ކަމެއްނުވާނެދޯ. އަހަރެންގެ ރިޕޯޓަރެއްގެ ގާތުގަ ހުރެފައެއްނު ތިއައީ. އެހެންވީމާ އަހަރެންނަށް ހުރިހާކަމެއްވެސް އެނގޭނެ ” ޒޭނާ ބުނެލިއެވެ. ” ކޮބާތަ ސިނާން. ” ޒޭނާ އަހާލިއެވެ. ” ބޭރަށް ގޮސްވީ. ހީވަނީ އިރުކޮޅަކުން އަންނާނެހެން. ” ސާރާ ބުނެލިއެވެ. ” އަސްލު ކިހިނެއްވީ ކަމެއްތަމީ ” ޒޭނާ އަހާލިއެވެ. ” ތިބުނީ ކޮންކަމެއްގެ ވާހަކައެއްތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” މިބުނީ މިހާދުވަސްފަހުން ނާސިދުބެ ސާރާ ބަލާ ދިޔައީމާ. އަހަރެން މިހުންނަނީ ގަބޫލްކުރަން ވެސް ދަތިވެފަ. ” ޒޭނާ ބުނެލިއެވެ. ” އަހަރެންނަށް ވެސް އެނގޭ ގަބޫލްކުރަން ދަތިވާނެކަން. އެކަމަކު ހަމަ ބައްޕަ އަހަރެން ބަލާ އައީ. ” ސާރާ އެހެން ބުނުމަށްފަހު ކަންހިނގާ ދިޔަގޮތް ޒޭނާއަށް ކިޔާދިނެވެ. ” ކަންތައްތައް ބަދަލުވެގެން ދިޔަގޮތުންނާއެކީގަވެސް ނަސީބެއްނު ނާސިދުބެ ސާރާ ބަލާ ދިޔަކަން. ދެންވެސް އެމީހުން ބުނާ ބަސް އަހަރެން އުޅޭތި. އެހެން ނޫނީ އަނެއްކާވެސް އެފަދަ ކަމެއްވެދާނެ. ” ޒޭނާ ބުނެލިއެވެ. ” ކޮންމެ އިންސާނަކަށް ވެސް ކުއްކުރެވޭނެ. އެގޮތުން އަހަރެންނަށް އަހަރެންގެ ހަޔާތުގައި ކުރެވުނީ ވަރަށް ބޮޑުކުށެއް. އެކުށަށް އަހަރެން ތައުބާވަން. އިރާދުކުރެއްވިއްޔާ އަހަރެންގެ މައިންބަފައިން ދެން ހިތާމަކުރަންޖެހޭ ވަރުގެ އެއްވެސް ކަމެއް ނުކުރާނަން.” ސާރާ ބުނެލިއެވެ.
” ޒޭނާ ވެސް އެބައުޅެންތަ؟ ” ކޮޓަރިއަށް ވަތްތަނުން ސިނާނަށް ޒޭނާ ފެނުމުން ބުނެލިއެވެ. ” އަހަރެން ވިއްޔާ އުޅެގެން ނުވާނީތަ؟. ” ޒޭނާ ބުނެލިއެވެ. ” ނުފެންނާތީ އަހަރެން އެހެން މިބުނީ ” ސިނާން އެނދުގައި އިށީންނަމުން ބުނެލިއެވެ. ފުރޭގޮތް ވެއްޖެތަ މިހާރު ” ސާރާ އަހާލިއެވެ. ” މާދަމާ ފުރާ އެއްޗެއް އެބައޮތް ” ސިނާން ބުނެލިއެވެ. ” ދެން ކޮން ދުވަހުން އަންނާނީ. ” ސާރާ އަހާލިއެވެ. ” އެކޮޅަށް ގޮސް އަހަރެން ކުރަން ބޭނުން ކަންތައްކޮށްފަ އަންނަންވީ ” ސިނާން ހީލަމުން ބުނެލިއެވެ. އެވަގުތު ނާސިދު ސިނާނަށް ގޮވާލި އަޑު އިވުމުން ސިނާން ކޮޓަރިން ބޭރަށް ނިކުތެވެ.
” ތާކަށް ފުރަންތަ ތިއުޅެނީ ” ސިނާން ދިޔުމުން ޒޭނާއަހާލިއެވެ. ” އެއީ ސިނާން މާވަށަށް ދާންވެގެން ” ސާރާ ބުނެލިއެވެ. ” ކީއްކުރަން މާވަށަށް އެދަނީ ” ޒޭނާ އަހާލިއެވެ. ” ސިނާން ގެ މަންމަ ބަލާ. ބައްޕަ ބުނީ ސިނާން ގާތުގައި ސިނާންގެ މަންމަ އެއްކޮށް މިކޮޅަށް ގެންނާށޭ. އެހެންވެ އެދަނީ ” ސާރާ ބުނެލިއެވެ. ” ކޮބާތަ ހަމްދާން. ” ސާރާ އަހާލިއެވެ. ” އެބައުޅޭ އޭނަވެސް ” ޒޭނާ ބުނެލިއެވެ. ” އަދި ވެސް ހަމްދާން ހަމަ ސިންގަލްތަ ” ސާރާ ހީލަމުން އަހާލިއެވެ. ” ހަމްދާނގެ ވާހަކަ ދެއްކީމާ މިހަނދާންވީ. އެނގޭތަ ކުރިން ދުވަހު އޭނާ ކިޔާ އެއްޗެއް. އަހަރެން ދެކެ ލޯބިވަނިޔޯ. ދިރިއުޅުމެއް ފަށަން ބޭނުންވެޔޯ ” ޒޭނާ ހީލަމުން ބުނެލިއެވެ. ” އަސްލުވެސްތަ؟ ” ސާރާ ޒޭނާޔާ ގާތަށް ޖެލިމުން ބުނެލިއެވެ. ” ދެން ކިކޭ ޒޭނާ ބުނީ ” ސާރާ އަހާލިއެވެ. ” އަހަރެން ކީކޭ ކިޔާނީ. ވާނުވާ ނޭންގިފަ އަހަރެންނަށް ހުރެވުނީ. އެކަން އަހަރެން މަޖަލަކަށް ހަދާފަ ދިމާވެސް ކުރިން ” ޒޭނާ ބުނެލިއެވެ. ” ސާބަސް ޒޭނާއަށް. މަޖަލަކަށް ހަދާފަ ދިމާކުރަންވީ އޭނަ ބުނީ ޖޯކް ވާހަކައެއްތަ؟. އެހެން ނޫނަސް ޒޭނާއާ ހަމްދާން ވަރަށް ގުޅޭ. އެކަމާ އުޅެބަލަ ” ސާރާ ބުނެލިއެވެ. ” ސާރާ ވެސް ތިނޫން އެހެންކަމެއްކިޔާބަލަ. ” ޒޭނާ ބުނެލިއެވެ. ” ކިހިނެއްވީ. އަނެއްކާ ޒޭނާ ލޯބިވާ އެހެން ކުއްޖެއް ހުރީތަ؟ ” ސާރާ އަހާލިއެވެ. ” އެވަރުގެ މީހަކު އަދި ނެތް. ” ޒޭނާ ބުނެލިއެވެ. ” އެހެން ވިއްޔާ އެކަމާ ވިސްނާބަލަ. ހަމްދާން އަކީ ރަނގަޅު ކުއްޖެއް. އަހަރެން ބުނީތީ ވެސް ވިސްނާފަ ގޮތެއް ނިންމާބަލަ. ” ސާރާ މިހެން ބުނެލުމުން ޒޭނާ ބޯޖަހާލިއެވެ. ” ހިނގާ ބޭރަށް. މިހާރު ނޭންގެ ރީޝަމް ކޮންފަދަ ހަޑިއެއް ކަމެއްވެސް ކޮށްފަ އޮންނާނީ. މަންމަ ހުންނަނީ ސާފުކޮށްކޮށް ވަރުބަލިވެފަ ކަންނޭންގެ ” ކޮޓަރިން ނިކުންނަން ދަމުން ސާރާ ބުނެލިއެވެ.
” ސާހިދުއާ ހާދަ ވައްތަރޭ ” ހޮސްޕިޓަލަށް އައިސް ދީނާއޮތް އެނދު ކައިރީގައި ހުރި ކުޑަ އެދުގައި އޮތް ސާހިދުގެ ދަރިފުޅުއަށް ބަލާލުމަށްފަހު އަކިޔަލް ބުނެލިއެވެ. ” އަކޫއަށް ކިހިނެއް އެނގޭނީ އަހަރެންނާ ވައްތަރުކަމެއް.” ސާހިދު ބުނެލިއެވެ. ” އަހަރެން ވަރަށް މޮޅުވާނެ ވައްތަރު ކިޔަން ” ކުޑަ ކުއްޖާގެ ކޮލުގައި ހިފާލަމުން އަކިޔަލް ވާހަކަ ދެއްކިއެވެ. ” ވައްތަރު ކިޔަން ތިވާ މޮޅު އަހަރެންނަށް މިހާރު އެގިއްޖެ. ” މިހެންބުނެ ސާހިދު އަކިޔަލްގެ ކޮޑުގައި އަތްއަޅާ ކުޑަ އެނދާ ދުކޮށްލިއެވެ. ” ތިއުޅެނީ އެސޮރު ނިދާފަ އޮތީ ހޭލައްވާލަންކަން އަހަރެންނަށް އެނގޭ ” ސާހިދު ހީލަމުން ބުނެލިއެވެ. ” ކިހިނެއް އެގުނީ އަހަރެން އުޅުނީ އެސޮރު ހޭލައްވާލަން ކަމެއް ” އަކިޔަލް ދިނާ އޮތް އެނދުކައިރީ ހުރި ގޮޑީގައި އިށީދެލަމުން ބުނެލިއެވެ. ” ދެން އެނގުނުގޮތެއް ބަލާނެ ކަމެއް ނެތެއްނު ” ސާހިދު ބުނެލިއެވެ. މިއަދު ސާހިދު އެހުރީ އިންތިހާއަށް އުފަލުންކަން ސާހިދުއަށް ބާލާލީ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ދަރިންނަކީ މާތް ﷲ ދެއްވާ އަމާނާތެކެވެ. މައިންބަފައިގެ ހިތްހަމަ ޖެހުމެވެ. ދިރިއުޅުމަށް ކޮށާލެވޭ އާ މަގެކެވެ.
” މިހާރު ކިހާއިރެއްވެއްތަ އަހަރެން ގުޅާތާ. ފޯން ނުނަގާ ކީއްތަ ތިކުރަނީ ” ރިޒްނީ ފޯން ނެގުމުން އަކިޔަލް ބުނެލިއެވެ. ނަމަވެސް ރިޒްނީ އެއްޗެއް ނުބުނުމުން އަނެއްކާ ވެސް އަކިޔަލް ސުވާލު ތަކުރާރު ކޮށްލިއެވެ. އެވަގުތު އިވިގެން ދިޔައީ ރިޒްނީގެ ރުއިމުގެ އަޑެވެ. ” ކީއްވެތަ ތިރޮނީ. ބުނެބަލަ. އޭރުންދޯ އަހަރެންނަށް ވެސް އެނގޭނީ ” އަކިޔަލް ބުންޏެއެވެ. ވާނުވާނޭންގި ރިޒްނީ ރޯތީ އަކިޔަލް ވަރަށް ކަންބޮޑުވިއެވެ. އެހެން ނަމަވެސް ވެގެން އުޅޭގޮތެއް އެނގިގެން މެނުވީ ކަމެއް ނުކުރެވޭނެކަން އެނގޭތީ އަނެއްކާވެސް ވެގެން އުޅެނީ ކިހިނެއްތޯ ބަލަން އަކިޔަލް ސުވާލުކޮށްލިއެވެ. ” މަންމަމެން އަހަރުމެންގެ މިގުޅުމަށް ގަބޫލެއްނޫން. އަހަރެން ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނީމަ މަންމަޔާ ބައްޕަޔާ އެހެން ބުނީ. ބައްޕަ ބުނީ އަހަރެން ކައިވެނި ކުރަން ޖެހޭނީ ބައްޕަ ބުނާ މީހަކާއޭ. އަދި މީހަކު ވެސް ހޯދާފަ ހުރި ވާހަކަ ބުނީ ” ރިޒްނީ ކިޔާދިނެވެ. އެހުރިހާ ވާހަކަތަކެއް އަޑު އަހަން އަކިޔަލް ހުރި އިރު މޫނުމަތިން އިންތިހާއަށް ހިތާމަ ފާޅުވާން ހުއްޓެވެ. ” ކީއްވެ މަންމަމެން ނުގަބޫލު ވާންވީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ބައްޕަ ބުނީ ބައްޕަމެންނާ އަކޫއާ އަރާއަރަފޯދިގެން ނުވެޔޭ. މުއްސަދިކަމާ ފަގީރުކުމުގެ ތަފާތުން ބައްޕަ އަހަރެންނަށް ޖަވާބުދިނީ ” ރިޒްނީ ބުންޏެވެ. ” ދެން ރިޒޫ ކިކޭ ބުނީ ” އަކިޔަލް އަހާލިއެވެ. ” އަހަރެން ބުނިން ބައްޕަ ގާތުގައި އަހަރެން ލޯބިވަނީ އަކޫދެކެއޭ. އެހެން މީހަކާ އިންނާކަށް ބޭނުމެއް ނުވެއޭ. އެވަރުންވެސް ބައްޕަ ގޮތްދޫކުރާ ގޮތަކަށް ނޫން ހުރީ. ބައްޕަ އަހަރެންނަށް މަނާކޮށްފަ އޮތީ އަކޫއާ ބައްދަލުކުރުން ވެސް ” ރިޒްނީ ރޮމުން ބުނެލިއެވެ. ” އަހަރެން ތިކަމާ ވިސްނާލާނަން. ރިޒޫ ދެރަނުވޭ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ” އަކިޔަލް މިހެން ބުނެ ރިޒްނީ ހިތްހަމަ ޖައްސާލަ ދިނުމަށްފަހު ފޯން ބޭއްވިއެވެ.
” ކީއްވެތަ އަބަދު އަހަރެންނަށް މިހެން މިވަނީ. ތަގުދީރުގާ އަހަރެންނަށް އޮތީ މިގޮތްތަ؟. އަހަރެން ލޯބިވެގެން ވެސް އަހަރެންގެ ހަޔާތުގައި ލިބުނީ ވޭނާ ހިތްދަތިކަން. މިއަދު އެހެން މީހަކު އަރެންދެކެ އިންތިހާއަށް ލޯބިވާއިރު، ދިރިއުޅުން އާބާދުކުރުމަށް ނަގާ ކޮންމެ ފިޔަވަޅެއް ފަހަތައް އަޅަން މިޖެހެނީ އަހަރެންނަށް ކޮންފަދަ ކުށެއް ކުރެވިގެންތަ؟ ” އަކިޔަލް ފޯން ބޭންވުމަށްފަހު ނިއްކުރިމަތީ އަތްބާއްވާލައިގެން އޮތްއިރު އަކިޔަލްގެ ޒަމީރާ ވާހަކަ ދައްކަމުން، ސުވާލުކުރަމުން ދިޔައީ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަމުގައި ވެސް އަކިޔަލް ނާކާމިޔާބުވިއެވެ. އޭރު އަކިޔަލްގެ ލޮލަށް ކަރުނަޖަމާވެގެން ދިޔަ ވަގުތު އަކިޔަލް އެއްފަރާތަށް އަރިއަށް ޖެހިލުމުން ކަރުނަތައް ފައިބައިގަތެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ ދިރިއުޅުން ހިތަށް އެރުމުން ވެސް އަކިޔަލްގެ ހިތް ކުދިކުދި ވެގެންދާހާވެއެވެ. އިރުކޮޅެއްވަންދެން އެހެން އޮތުމަށްފަހު ލޮލުންފޭބި ކަރުތައް ފޮހެލުމަށްފަހު އަކިޔަލް އެދުން ތެދުވީ އުންމީދު ހާސިލް ކުރުމުގެ ނިޔަތުގައެވެ.
ޒޭނާގެ ހިތުގައި ފުރަތަމަ ފަހަރަށް ސާރާގެ ވާހަކައިގެ ސަބަބުން ހަމްދާންގެ ތަސްވީރު ކުރެހިގެން ދިޔައެވެ. ސާރާ ވެސް ބުނީ މުޅިއަކުން ދޮގުވާހަކަ އެއް ނޫންކަން ޒޭނާއަށް ވިސްނާލެވުނީ ހަމްދާން ދުވަސްކޮޅެއް ކުރިން ދެއްކި ވާހަކަތަކެއް ހަނދާން ވުމުންނެވެ. ” ކޮންތާކުތަ ތިއުޅެނީ ” ޒޭނާ ހަމްދާންއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ގޭގަ މިއުޅެނީ. ކިހިނެއްވީ ” ހަމްދާން ބުނެލިއެވެ. ” ކަމެއްނުވޭ. ނުފެންނާތީ ހަމަ އަހާލީ ” ޒޭނާ ބުނެލިއެވެ. ” އަހަރެން ނުފެނިގެން ޒޭނާ ކަންބޮޑުވާން ފެށީ ކޮންއިރަކުތަ؟ ” ހަމްދާން ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ސާބަހޭ. އެއްޗެއް ބުނާއިރަށް ޖެއްސުންކުރަން ފަށާނެ ” ޒޭނާ ތުންދަމާލާފަ ބުނެލިއެވެ. ” އެހެންވިއްޔާ ދެން އަހަރެން ކީއްކުރަންވީ ” ހަމްދާން ސުވާލުކޮށްލިއެވެ. ” އާދެބަލަ. ” ޒޭނާ ބުނެލިއެވެ. ” ކޮންތާކަށް ” ހަމްދާން އަހާލިއެވެ. ” އަހަރެން މިހުރީ ގެއާ ދިމަލު އަތިރިމަތީގަ. އެތަނަށް އާދޭ. އަވަސް ކުރާތި ” މިހެންބުނެ ޒޭނާ ފޯން ކަޑާލިއެވެ.
” އަކޫ ބުނީ ރަނގަޅަށް ކަންނޭންގެ. މިސޮރު ވައްތަރީ ހަމަ އަހަރެންނާ ” ސާހިދު އޭނާގެ އަލަތު ދަރިފުޅާ ސަމާސާ ކޮށްލަމުން ބުނެލިއެވެ. ” މިހާރު އަކޫ އެހެން ބުނީމާ އެކަން ގަބޫލްކޮށްގެންތަ ތިހުރީ ” ދީނާ ބުނެލިއެވެ. ” އެހެން ބުނިމާ އަހަރެންނަށް ވެސް އެހެންހީވީއޭ ” ސާހިދު ބުނެލިއެވެ. ” ތިދެމީހުން ކުޑަ ކުއްޖަކަށް ވުރެއްވެސް ކުޑަވާނެ ” ދީނާ އޮށޯވެގެން އޮތުމަށްފަހު ތެދުވަމުން ބުނެލިއެވެ. ” ކީއްވެ ތިހެން ތިބުނީ ” ސާހިދު ވާހަކަދައްކަމުން ދަރިފުޅުގެ އަތުތެރެއަށް އިނގިލިލައިގެން ދަރިފުޅާ ސަމާސާ ކުރަމުން ދިޔައެވެ. ” ތިހާ ކުޑަ ކުދިންގެ ވައްތަރު ކިޔާލެއް މޮޅުކަމުން. ދެއަހަރުގެ ކުއްޖެއްގެ ގާތުގައި އަހާލިޔަސް ތިހެން ޖަވާބުދޭނެ ” ދީނާ ބުނެލިއެވެ. ” އޯހްހް… އަކޫ އެހެން ބުނީމާ ދީނާ ޖޭވީދޯ ” ސާހިދު އައިސް ދީނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” ދީބަލަ އެހެރަ ފެންފުޅި. އަކޫ އެހެން ބުނެގެން އަހަރެން އަދި އެއްޗެއް ހިތަކަށް ނާރާ. ކޮންމެ މީހަކާ ވައްތަރު ވިޔަސް އެއީ ހަމަ އަހަރުމެން ދެމިހުންގެ ލޭ. އެހެންވީމާ އަހަރެން އެކަމާ ޖޭވާންވީ ކީއްކުރަން ” ސާހިދު ފެންފުޅި ދިއްކޮށްލުމުން ފުޅީގައި ހިފަމުން ދީނާ ބުނެލިއެވެ.
” ކީއްކުރަން އަންނާށޭ ބުނީ ” ހަމްދާން އައިސް ބުނެލިއެވެ. ” ކަމެއްކުރާކަށް ނޫން. ވާހަކަ ދައްކާލަންވެގެން ” ޒޭނާ ބުނެލިއެވެ. ” ކޮންވާހަކައެއް ދައްކަންވެގެންތަ؟ ” ހަމްދާން މިހެން ބުނެލުމުން ޒޭނާ ހަމްދާންއަށް ބަލާލީ ހައިރާން ކަމާއެކުއެވެ. އެހެން ދުވަސް ދުވަހު ވާހަކަ ދައްކާއިރު ބަހުރުވަޔާ ރާގު ތަފާތުވުމުންނެވެ. ” ކިހިނެއްވީ. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟ ” ޒޭނާ ސުވާލުކޮށްލިއެވެ. ” ނުވޭ އެއްވެސް ކަމެއް” ހަމްދާން ބުނެލިއެވެ. ” ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. ބުނެބަލަ ” ޒޭނާ ބުނެލިއެވެ. ” ބުނެފިންދޯ އެއްވެސް ކަމެއްނުވެއޭ ” ހަމްދާން ޒޭނާއަށް ފުރަގަސް ދެމުން ބުނެލިއެވެ. ” އެންމެ ރަނގަޅު. ކޮންކަމެއް މިރޭ އޮތީ. ” ހަމްދާންއަށް އައިސްފައިވާ ބަދަލު ޒޭނާއަށް ވިސްނުމުން ބުނެލިއެވެ. ” ނެތް އެއްވެސް ކަމެއް. ” ހަމްދާން ބުނެލިއެވެ. ” އެހެންވިއްޔާ އަހަރެން މިރޭ ދާނަން ތިގެއަށް. އަދި މިހުރީ ހަނދާންވެސް ނެތިފަ. މަންމަ މިއަދު ބުނި ހަމްދާން ނުވެސް އާދެޔޭ. ކިހިނެއްވީހޯ. ހަމދާން ބަލިވެ އުޅެނީހޯ. ދެން އަހަރެން ބުނިން ބައްޔެއްނޫނޭ. ޖޮބްގަ ބުރަވީމާ ނާދެވެނީއޭ. ގެއަސް ދާންވާނީ އަހަރުން ގެއަށް ވަދެލާފަ އިނގޭ ” މިހެން ބުނެ ދެމީހުން ގެއާދިމާއަށް ހިނގައިގަތެވެ.
ދުވަހުގެ ވަގުތުތައް ނިމިގެން ގޮސް އިރު އޭގެ ވާޖިބު އަދާކުމަށްފަހު ދުނިޔެއާ އަލްވަދާއުކީ އަކިޔަލް އާދައިގެމަތިން ވެސް ގޮސް ހުންނަ ދިމާ އަތިރިމަތީގައި ހުއްޓައެވެ. ދުނިޔޭގެ އަލިކަމާއެކު އަކިޔަލްގެ މޫނުގެ އަލިކަން ވެސް ކެޑިފަ ވާހަކަލައެވެ. މޫނުމަތިން އިންތިހާއަށް މާޔޫސްކަމާ ހިތަދަތިކަން ހާމަވަމުން ދިޔައެވެ. އެހެން މީހުން ފަދައިން މައިންބަފައިންގެ ނުގަބޫލްގައި ގުޅުން ކުރިއަށް ގެންދަންވީއޭ ވެސް އަކިޔަލްގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އެކަމަށް ވެސް އޮތް ހުރަހަކަށް އަކަޔަލްއަށް އޮތީ އަކިޔަލްގެ މިޒާޖެވެ. ސަކީނާ އަކިޔަލްއަށް ދިން ތަރުބިއްޔަތެވެ. މީހުންނާ ޒުވާބު ކުރާކަށް ސަކީނާ އަކިޔަލްއަށް ދަސްކޮށްދީފައި ނެތުމުންނެވެ.
” ކޮންތާކުތަ؟ ” އަކިޔަލް ފޯން ނަގާ ކަންފަތުގައި ޖައްސާލުމާއެކު ސާހިދުގެ އަޑު އިވިގެން ދިޔައެވެ. ” ކިހިނެއްވީ އަކިޔަލް ވެސް ކޮށްލީ ސުވާލެކެވެ. ” މިއަދު ފެނިވެސް ނުލާތީ ކޮބާތޯ ބަލާލަން މިގުޅީ ” ސާހިދު ބުނެލިއެވެ. ” އަހަރެން މިހުރީ އަތިރީގަ. އާދެބަލަ ބިޒީ ނޫނީއްޔާ ” އަކިޔަލް ބުނެލިއެވެ. ” އޯކޭ އެބަދަން ” މިހެން ބުނެ ސާހިދު ފޯން ކަޑާލިއެވެ.
” އަނިސާ ކޮބާ ރިޒްނީ ” ރިފްއަތު ގަމީހުގެ ގޮށްތައް އަޅުވަމުން ކޮޓަރިން ނިކުމެގެން އަންނަމުން ސުވާލުކޮށްލިއެވެ. ” ކޮތަރީގަ ކަންނޭންގެވީ. ހަވީރު އުޅުން ނިކުމެ. ފަހުން ނުދެކެން ” ރޭގަނޑުގެ ކެއުމަށް މޭޒުމައްޗަށް ތަށިތައް އަރުވަމުން އަނީސާ ބުނެލިއެވެ. ” މިހާރު ކައިވެނީގެ ވާހަކަ ދައްކައިފިންތަ؟ ” އަނިސާ އަހާލިއެވެ. ” އަހަރެން ކުރިންވެސް ބުނީމެއްނު އެހުރިހާ ކަމެއް ހުންނާނީ ނިމިފައޭ. އެސޮރު ކިޔަވާ ނިމިގެން އައިހާ އަވަހަކަށް ތިހުރިހާ ކަމެއްވެސް ނިމޭނެ އަބަދު އެވާހަކަދައްކަން ނުދިޔަކަސް ” މޭޒުކައިރީ ހުރި ގޮޑީގައި އިށީދެ ހަމަޖެހިލަމުން ރިފްއަތު ބުނެލިއެވެ.
” ކީއްކުރަން މިތަނަށް އަންނަން ތިބުނީ. އަނެއްކާ ކަމެއްވީތަ؟ ” ސާހިދު އައިސް ސުވާލުކޮށްލިއެވެ. އެވަގުތު އަކިޔަލް ޖަވާބުދިނީ ބޮލުގެ އިސާރާތުންނެވެ. ” ކިހިނެއްވީތަ ” ސާހިދު ދެވަނަ ފަހަރަށް ސުވާލު ކޮށްލުމުން އަކިޔަލް ކަންތައްވީގޮތް ތަފްސީލްކޮށް ކިޔާދިނެވެ. ” ދެން އެއީ މައިންބަފައިން ކަންތައްކުރަންޖެހޭ ގޮތްތަ؟. އާންމުކޮށް ފެންނަނީ ހިންދީ ފިލްމް ތަކުގަ ތިހެން ކައިވެނި ކުރަން އަންގާވެސް ނުލާ މީހަކު ހޯދާތަން. އެކަމަކު މިހާރު އެކަންމިވަނީ އަހަރުމެންގެ ތެރޭގައި ވެސް ފެތުރިފަ ” ސާހިދު ހިތްހަމަ ނުޖެހޭ ފާޑަކަށް ބުނެލިއެވެ. ” ދެން އޭގެ ފަހުން ރިޒްނީއަށް ނުގުޅަންތަ؟ ” ސާހިދު އަހާލިއެވެ. ” ނުގުޅަން. އަހަރެން ގުޅައިފިއްޔާ ރިޒްނީ ރުއިން ފިޔަވާ އެހެން ކަމެއް ނުކުރާނެ. އެހެންވެ ގޮތަކަށް ވިސްނާފަ ނޫނީ ނުގުޅަންވެގެން މިހުންނަނީ ” އަކިޔަލް ބުނެލިއެވެ. ” ހަދަންވީ ގޮތަކީ ރޭގަނޑު ދަންވަރު ބައްދަލުކުރަންވީ. ދެމީހުން ވާހަކަދައްކައިގެން ނޫނީ ކަމެއް ހައްލުކުރެވޭކަށް ނެތް ” ސާހިދު ވިސްނާލާފައި ބުނެލިއެވެ. ” ދަންވަރު ތިހެން ބައްދަލުކުރަން އުޅެނިކޮށް މީހަކަށް ފެނިގެން މުޅި ރަށުގައި އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން ” އަކިޔަލް އެހެން ބުނެލީ ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅެފަނެތީމާ، ކަމެއްދިމާވެއްޖެނަމަ މުޅިރަށަށް ބަދުނާމު ވެދާނެތީއެވެ. ” ލޯބި ވަންޏާ އެހެން ގޮތެއް ނެތެއްނު. ލޯބި ކާމިޔާބުކުރަން ފަތަންޖެހުނު ކޮންމެ ކަޑެއްގައި ފަތަން ޖެހުނަސް ފަތައިގެން ނޫނީ އެވެސް ލިބޭކަށް ނެތެއްނު. އެހެންވީމާ އަހަރެން ބުނާ ގޮތް ހަދާބަލަ. އަހަރެން އަކޫގެ ފަހަތުގައި ހުންނާނަން ” ސާހިދު އަކިޔަލްއަށް ހިތްވަރު ދިނުމުން އެންމެފަހުން އެކަމަށް އަކިޔަލް އެއްބަސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Ehen episode thakah vureh faharehga kuruvedhaane. ekamaku ves kiyuntherin foohi nuvaane kamah ummeedhukuran….. up nukoh las v up load kurumah kuda mahsala eh dhimaavumun…. ekamah emmehaa kiyuntherin ge arihun nihaayathah maafah edhen….
Keeve mivaahaka ehaa lahun upload vany
SAAA ge comment ge mathyga oiy comment kiyaalymaa lasvee kihineh kan egeyne
Hiii Xirro thihthi…. After a long time story kiyaalan libuny… Story is v nice… Waiting for next part
Thanx
Haadha roodu koh rply kurany.
A ee roodu kosheh nun… Ehen feel viyaa sorry
Haada lahunn uploadvaa vaahaka ekeymee dhw konmefaharakuves sunday eyy bunee monday nimi tues up eh nuvey vvvdera
Kobaa mivaahaka keeve upload nuvanee mihaaru nov 8th ga upload kurigotah adi nulibey kiyaalaaka 12episoad ei vaanuvaa angaala deebala plssssssssssss
Kobaatha story?