Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އުދާސް

Xiroo Thihthi Level 210 Stories
January 27, 2022 5 Mins Read
0 Comments

ހިސާބު ގަނޑަށް ވެރިފައިވާ ހަމަހިމޭން ކަމުން ޔާސީންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އެ ހިތް ހަމަޖެހުމުގެ ތެރެއިން ހަޔާތުގައި ދިމާވާމުން ދިޔަ ކަންތައްތަކާ ޔާސީން ވިސްނަމުން ދިޔައެވެ. ކަންކަމުގެ ކޮޅެއް މެދެއް ފެންނަން ނެތް އިރުވެސް ޔާސީން އެއްވެސް މީހަކަށް އެއްވެސް ވާހަކައެއް ހިތްސާއެއް ނުކުރެއެވެ. އެވަރުގެ އިތުބާރެއް ހުރި މީހަކު ފެންނަން ވެސް ނެތީމައެވެ. ދިމާ ވަމުން ދިޔަ ހުރިހާ ކަމެއް ވެސް ޔާސީން ސިއްރު ކުރަމުން ދިޔައީ ހިތުގައެވެ. އެހެން ސިއްރު ކުރާ ކުރުމުގެ ސަބަބުން ބައެއްފަހަރު ޔާސީންގެ ހިތަށް ބުރަ ބޮޑުވެގެންދާ ފަހަރުވެސް އާދެއެވެ. އެފަދަ ހާލަތުގައި ޔާސީންގެ އުދާސްތައް ކަރުނައަށް ބަދަލުވެގެން ފައިބާ ފަހަރު މަދެއް ނޫނެވެ.

ކުއްލިއަކަށް ޔާސީން ފަސްނއެބުރި ބަލާލީ މީހެއްގެ ހިލަމެއް ވިހެން ހީވެގެންނެވެ. ޔާސީން އެހިސާބުގަނޑަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ޔާސީންއަށް ހީވާން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އާންމުކޮށް ޔާސީންއަށް އެކަން އިހުސާސް ކުރެވެނީ އެކަނިވެލާ ވަގުތުގައެވެ. މީހަކު ޔާސީން އަށް ފާރަލާހެން ހީވިޔަސް އެވަރުގެ މީހަކީ ކާކުބާއޭ ޔާސީން ގެ ހިތަށް އެރައެވެ. އިރުކޮޅެއް ވަންދެން އިނުމަށްފަހު އިށީދެގެން އިންތަނުން ތެދުވެގެން ޔާސީން ހިނގައިގަތެވެ. ވަށައިގެން ވާ ބިޔަ ބޮޑެތި ގަސްތަކުން ހިކިގެން ފައިބައިފައި ހުރި ފަތްތަކުގެމަތިންނެވެ. އިސްދަށަށް ޖަހާލައިހެން ޔާސީން ތަންކޮޅަކަށް ދިޔުމަށްފަހު ހުއްޓުނެވެ. އަދި ފަސްއެނބުރި ބަލާލިއެވެ. މީހެއްގެ ހިލަމެއް ވިހެން ހީވެގެންނެވެ. ނަމަވެސް މިފަހަރުވެސް އެއްވެސް މީހަކު ޔާސީންއަށް ނުފެނުނެވެ. އެހެންކަމުން އަނެއްކާވެސް ޔާސީން ކުރިއަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅާލިތަނާ ޔާސީންއާ ދާދި ގާތުން، ފަތްތަކުގެ މަތީ ފައި އަލާޅުމުން އިވޭ ކަހަލަ އަޑެއް އިވުނެވެ. އެއަޑާއެކު ޔާސީންއަށް މަޑު ޖެހިލެވުނެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ޖެހިލުންވެ ހުރެ ފަހަތްބަލާލިއެވެ. އަދި އަވަސް އަވަހަށް އެކި ދިމަދިމާއަށް ޔާސީން ނަޒަރު ހިންގާލިއެވެ. ” ކާކު ” މީހަކު ފެންނަން ނެތުމުން ޔާސީން އަހާލިއެވެ. ނަމަވެސް ޔާސީންގެ އަޑު ފިޔަވާ އެހެން އަޑެއް ވަށައިގެންވާ، އެ ގަސްތަކުގެ ތެރެއިން ޔާސީންއަކަށް ނީވުނެވެ. ޔާސީންގެ ސުވާލަށް ޖަވާބު ނުލިބުމުން އަނެއްކާވެސް ޔާސީން ހިނގައިގަތެވެ. އަދި ފަސްއެނބުރި ބަލާވެސް ނުލާ ގަސްތަކުގެތެރެއިން ނިކުމެވެން އޮތް މަގާ ދިމާއަށް މިސްރާބު ޖެހިއެވެ. ޔާސީން ހިނގައިގަތް ފަހުން އަނެއްކާވެސް ޔާސީންގެ ފަހަތުން އެމީހަކު އަންނަހެން ޔާސީންއަށް އިހުސާސް ވަމުން ދިޔައެވެ. ނަމަވެސް ފަސްއެނބުރި ބަލާ ނުލަން އަޒުމު ކަނޑައަޅައިގެން ހުރުމުން ޔާސީން ކުރިއަށް ހިނގަމުން ދިޔައެވެ. މަގަށް ނިކުމެވެން ވަރަށް ކައިރިވެފަ ހުއްޓާ ފަހަތުން ޔާސީންގެ އަތުގައި މީހަކު ހިފެއްޓިއެވެ. އެވަގުތު ޔާސީން ސިއްސައިގެން ދިޔައެވެ. އެހެން ދުވަސް ދުވަހު ޔާސީން ނުގަންނަހާ ބިރުވެސް ގަތެވެ. އަމިއްލައަށް ހަމަޖެހިލެވޭތޯ މަސައްކަތް ކޮލުމުގެ ގޮތުން ފުން ނޭވާއެއް ލިއެވެ. އަދި ކޮންމެ މީހެއް ކަމަށްވިޔަސް ހެޔޮ ކަމަށް ވިސްނާފަ، އެމީހެއްގެ އަތުން އަތް ނައްޓާލެވޭތޯ އަތަށް ބާރުލިއެވެ. ނަމަވެސް އެމީހަކު އެއަށްވެއް ބާރަށް އަތުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ޔާސީން ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ޔަސީންގެ ކުރިމަތީ ހުރި، ބަލާބެލުމަށް ޔާސީންއާ އެއް އުމުރެއްގެ ފިރިހެން ކުއްޖެއް ފެނުމުން ޔާސީން ހައިރާން ވިއެވެ.

” ކާކު ތީ ؟ ” ޔާސީންއަށް ސުވާލުކޮށްލެވުނެވެ. ނަމަވެސް ކުރިމަތީ ހުރި ކުއްޖާ ޖަވާބެއް ނުދީ ބަލަން ހުއްޓެވެ. ” އަތުން ދޫކޮށްލާ ” ޔާސީން އަތަށް ބާރުލަމުން ބުނެލިއެވެ. ” އަހަރެން މީ އިންސާނެއް ” ހިނިތުން ވުމަކާއެކު އެކުއްޖާ ބުނެލިއެވެ. ” އިންސާނަކަށް ވިޔަސް، ޖިންނިއަކަށް ވިޔަސް ހެޔޮ، އަތުން ދޫކޮށްލާ ” ޔާސީން މިހެން ބުނެ އަތް ފޮޅުވާލިއެވެ. އަދި އެކުއްޖާ ޔާސީންގެ އަތުގައި ހިފާފައި ހުރި ތަނުގައި ޔާސީންގެ އަނެއް އަތުން، އަތް ހާކާލިއެވެ. ” ކީކޭ ހިތައް އަރައިގެން އަހަރެންގެ ފަހަތުން ތި ހިނގަނީ ” ޔާސީން ރުޅިވެރި ރާގަކަށް ބުނެލިއެވެ. ” މާ ބޮޑު އެއްޗެއް ހިތަށް އަރައިގެނެއް ނޫން. އެކަމަކު ބޭނުން ވަނީ އެންމެ ކަމެއް ” އެކުއްޖާ ޔާސީން އަށް ފުރަގަސް ދެމުން ބުނެލިއެވެ. ” ކޮންކަމެއް ” ހައިރާން ކަމާއެކު ޔާސީން އަހަލިއެވެ. ” އުހުން… މިއަދަކު ނޫން… މާދަން. އެއް ދުވަހުން ހުރިހާ ވާހަކައެއް ދެއްކީމާ، ފަހުން ދައްކާނެ  ވާހަކައެއް ނުހުންނާނެއްނު ” އެކުއްޖާ ޔާސީންއަށް ބަލާލަމުން ބުނެލިއެވެ. ” މާދަންވެސް ހަމަ މިތަނަށް އަހަރެން އަންނާނަން. ދެން ދަނީ ” މިހެން ބުނެ އެކުއްޖާ ގަސްތަކުގެ ތެރެއަށް ވަދެގެން ގޮސް ޔާސީންއަށް ގެއްލުނެވެ. އެމަންޒަރު ބަލަން ޔާސީން އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

ގެއަށް ދިޔަ މަގުމަތީ ވެސް ޔާސީންއަށް ވިސްނެމުން ދިޔައީ އެކުއްޖާ އާއި މެދުގައެވެ. ކާކުކަން ނޭނގޭ އެކުއްޖާ ދުވަސްތަކެއް ވަންދެން ޔާސީންއަށް ފާރަލާންވީ ކީއްވެގެން، ކޮންބޭނުމެއްގައި ބާއޭ ޔާސީންގެ ހިތަށް އެރަމުން ދިޔައެވެ. ނަމަވެސް ޔާސީންގެ ހިތަށް އަރާ އެއްޗެއްގެ ޖަވާބު ހުދު ޔާސީންއަށް ވެސް ނޭނގެއެވެ. ޖަވާބު ހޯދާނީ ކިހިނެއް ކަމެއްވެސް ޔާސީން އަކަށް ނުވިސްނުނެވެ. ގެއާ ހަމަޔަށް ދެވުން އިރު މަޑު ރިހުމެއް ޔާސީންގެ ބޮލުގައި ހުއްޓެވެ. އެއީ ކަމަކާ މާބޮޑަށް ވިސްނާލުމުން ޔާސީންއަށް ވާގޮތެވެ. އެހެންވެ ޔާސީން މަސައްކަތް ކުރަނީ ވީހާވެސް ކަންތައްތަކާ ނުވިސްނާ އުޅެވޭތޯއެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން ނުވިސްނާ އުޅުމަކީވެސް ޔާސީންއަށް ނުކޮށް ނުހުރެވޭ ކަމެކެވެ. ބޮލުގައި ރިހުމެއް ހުރުމާއެކު ޔާސީން ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލިއެވެ. އަދި ލޯމަރާލިއެވެ.

ޔާސީން އާންމުކޮށް އިށީދެލައިގެން އިންނަ ތާގައި އިށީދެގެން އިނެވެ. ހިޔާލެއްގައެވެ. އެހެން އިންދާ ކުއްލިއަކަށް ފުރަގަހުން ޔާސީންގެ ކޮޑުގައި މީހަކު އަތް އަޅާމުން ސިހިގެން ދިޔައެވެ. އަދި ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ޔާސީންއަށް ފެނުނީ ޔާސީންގެ ފަހަތުން އަންނަ ކުއްޖާއެވެ. އެކުއްޖާގެ މޫނު އެއްފަޅި ހުރިލެއް ހުތުރު ކަމުން ޔާސީން ބިރުގަތެވެ. އަދި އިންތަނުން ތެދުވެ ދުރަށް ޖެހިލިއެވެ. ޔާސީން ދުރަށް ޖެހިލުމުން އެކުއްޖާ ޔާސީންއާ ގާތަށް ޖެހިލިއެވެ.  ޔާސީން ބިރުން ދުއްވައިގަތެވެ. ޔާސީންގެ ފަހަތުން އެކުއްޖާ ވެސް ދުވައިގަތެވެ.

ފަސްއެނބުރި ބަލަމުން ގަސްތަކުގެ ތެރެއިން މަގަށް ނިކުމެވޭތޯ ޔާސީން ދުވަމުން ދިޔައެވެ. ނަމަވެސް ޔާސީންއަށް މަގަށް ނިކުމެވޭ ގޮތެއް ނުވެގެން އެހެން ދިމާލަކަށް މިސްރާބު ބަދަލުކޮށްލިއެވެ. އޭރު އެކުއްޖާ ޔާސީންގެ ފަހަތުން ގެއްލުނެވެ. ނަމަވެސް ޔާސީން ހުއްޓުމެއްނެތި ގަސްތަކުގެ ތެރެއިން ދުވަމުން ދަނިކޮށް ގަހެއްގެ ގޮފި ގަނޑެއްގައި ޔާސީންގެ ބޯޖެހި ވެއްޓުނެވެ.

ވީތަދާއެކު ބޮލުގައި އަތް އުނގުޅަމުން ކުއްލިއަކަށް ޔާސީން ތެދުވިއެވެ. ދާހިއްލާފަ ހުރި ޔާސީންއަށް އެހާ ހިސާބުން ވިސްނާލެވުނީ އެއީ ފެނުން ހުވަފެނެއް ކަމެވެ. އަވަސް އަވަހަށް ޔާސީން ކައިރީގައި އޮތް ފޯނުން ގަޑި ބަލާލިއެވެ. އޭރު އަށެއް ޖެހުމަށް ކުޑަތަން ވަނީއެވެ. ޔާސީން އަވަސް ފާހާނާއަށް ވަދެ ތައްޔާރު ވެލައިގެން އައިސް އިޝާ ނަމާދު ކޮށްލަން އަވަސް ވެލިއެވެ.

” ޔާސީން ” ޔާސީންގެ ދައްތަ ސަމީރާ ގޮވާލި އަޑު އިވުނެވެ. ” ކީކޭ ދޮންތާ ” ޔާސީން ދޮރު ހުޅުވާލުމަށްފަހު އަހާލިއެވެ. ” ކާކަށް ނުވޭތަ؟ ” ސަމީރާ އަހާލިއެވެ. ” ނޫން. މިއަންނަނީ އެއްޗެހި ބަދަލުކޮށްލައިގެން ” މިހެން ބުނެ ޔާސީން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ކައިގެން އައިސް ޔާސީން އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. އަދި ނިދާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔާސީންގެ ލޮލާ ނިދި ބީރައްޓެހި ވެފާ ވާކަހަލައެވެ. އެނދުގައި ފުރޮޅި ފުރޮޅި ވެސް ނިދޭ ގޮތް ނުވުމުން ކޮޓަރިން ބޭރަށް ނިކުމެ ބޭރަށް ނިކުންނަން ހިގައިގަތެވެ. ” ކޮންތާކަށް ތި ދަނީ ” ޔާސީން ބޭރަށް ނިކުންނަން ދާތަން ފެނުމުން ސިޓިންރޫމު ސޯފާގައި އިން ސަމީރާ އަހާލިއެވެ. ” ނުދަން ތާކަށް. ދޮރުމައްޗަށް ނިކުމެލަނީ ” ޔާސީން ބުނެލިއެވެ. ”  މާ ލަސްނުކޮށް ގެއަށް ވަންނައްޗޭ ” ޔާސީން ހިނގައިގަތުމުން ސަމީރާ ބުނެލިއެވެ.

ޔާސީން ދޮރުމައްޗަށް ނިކުމެ މަގުގެ ދެކޮޅުބަލާލިއެވެ. ޔަސީންގެ ގެ ޖެހިގެން ހުންނަނީ ސްކޫލް ކަމުން ޔާސީން ސްކޫލާ ދިމާއަށް ހިނގައިގަތެވެ. އެހިސާބަށް ގޮސް ޔާސީން ހުއްޓިލުމުން ސްކޫލް ދައުރުގެ ހަނދާނެއް ވިއެވެ. އެކަން ހިތުގައި ސިފަވެގެނަ ދިޔުމުން ޔާސީންއަށް ހީގަނެވުނެވެ. އޭރުގެ އެ ހަނދާންތަކަކީ އަބަދުވެސް ޔާސީންގެ ހިތުގައި ހަރުލާފަ ހުންނަ ހަނދާންތަކަކަށް ވުމުން އެކަން އަބަދުވެސް އާވެ އާވެ ހުރެއެވެ. އިރުކޮޅަކު މަގުމަތީ ހުރެލާފަ ގެއަށް ވަނުމަށް ޔާސީން އެނބުރިލި ވަގުތު ގެއާ ދިމާލުން އަތިރީ ފަރާތުން މީހެއްގެ ހިޔަންޏެއް ވިހެން ހީވިއެވެ. އެކަމަށް މާބޮޑު ސަމަލުކަމެއް ނުދީ ޔާސީން އައިސް ގޭ ދޮރުމައްޗަށް ހުއްޓުނެވެ. އަދި ގެއަށް ވަނުމުގެ ކުރިން ޔާސީން އަތިރީ ފަރާތަށް ބަލާލިއެވެ. އެވަގުތު ގޯތީގެ ފަހަތުގައި ހުރި ގަހެއްގެ ކައިރީގައި މީހަކު ހުއްޓާ ފެނުނެވެ. ހީވި ގޮތެއް ކަމަށް ބަލާފަ ޔާސިން ފަހަތަށް ފިޔަވަޅެއް އަޅާ ރަނގަޅަށް ބަލާލިއެވެ. މަގުމަތީގައި ހުރި ހޮޅި ދަނޑީގެ އަލި ކަމުގެ ތެރެއިން ޔާސީންއަށް ފެނުން މަންޒަރު އެއީ ހީވި ހީވުމަކަށް ނުވިއެވެ. ހަމަ ރަނގަޅަށް ވެސް އެތާގައި މީހަކު ހުއްޓެވެ. އަދި އެއީ ކާކުކަންވެސް އެނގުނެވެ. އެވަގުތު ޔާސީންއަށް ހަނދާންވީ އިރު އޮށްސުނު ވަގުތު ނިދުންއިރު ފެނުން ހުވަފެން މަތިންނެވެ. އެހަނދާންވެ ޔާސީން އަވަސް އަވަހަށް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ.

ހެނދުނު ޔާސީންއަށް ހޭލެވުން އިރު ބޮލުގައި ރިހުމެއް ހުރި ކަމުގެ އިހުސާސް ވިއެވެ. އެހެން ކަމުން އިރުކޮޅަކު އޮތުމަށްފަހު ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ” އާދޭ ސައިބޯން ”  ޔާސީން އައިސް ކާގެއަށް ވަނުމުން ސަމީރާ ބުނެލިއެވެ. ” ދޮންތާ ނެއްތަ ބޭސް ގުޅައެއް ” އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުން ޔާސީން އަހާލިއެވެ. ” ކިހިނެއްވީ އަނެއްކާ ” ސަމީރާ އަހާލިއެވެ. ” ހޭލި އިރު ފާޑަކަށް ބޮލުގަ ރިއްސާތީ ” ފެން ފުޅިން، ފެން ފޮދެއް ބޮއިލުމަށްފަހު އަލަމާރިއަށް ފުޅި ލަމުން ޔާސީން ބުނެލިއެވެ. ” ބޭސް ހުންނާނެ. އެކަމަކު އިށީދޭ ސައިބޯން ” ސަމީރާ ބުނެލިއެވެ. ސަމީރާ ސައި ހެދުމުން ސައި ބޮއިގެން ޔާސީން އަނެއްކާ ވެސް ގޮސް އޮށޯވެލިއެވެ. އަދި ރޭގަ ފެނުން މަންޒަރާމެދު ވިސްނާލިއެވެ. ވާން މިއުޅެނީ ކޮންކަމެއް ބާއޭ ޔާސީންގެ ހިތަށް އެރި އެވެ. ނުދަންނަ ކުއްޖަކު އެހެން އުޅެންވީ ކީއްވެބާއޭ ވެސް ހިތަށްއެރި އެވެ. މީހަކަށް ޔާސީން އުދަގޫކޮށްފައި ނުވާނެކަން އެއީ ޔާސީންއަށް ޔަގީންކަން އޮންނަކަމެކެވެ. އުދަގުލެއް ވާވަރުގެ ކަމެއް  ޔާސީންގެ ފަރާތުން ވެދާނެތީ ވެސް ޔާސީން އާންމުކޮށް އުޅެނީ އެހެން މީހުންނާ ވަކިންނެވެ. މަދު ފަހަރަކު ހީލާފަ މީހަކާ ވާހަކަ ދެއްކިޔަސް އާންމުކޮށް ޔާސީންގެ މޫނުމަތިން ފެނިގެން ދަނީ އުދާހެވެ. މާޔޫސް ކަމެވެ. އެކަނިވެރި ކަމެވެ. ފަހަރެއްގަ އެއީ ޔާސީންއަށް ހިތްހަމަ ޖެހުން ގެނުވާ ކަމަކަށް ވެސް ވެދާނެއެވެ.

ދިމާ ވަމުން ދިޔަ ކަންތައްތަކުގެ ސަބަބުން ހަވީރު އަތިރި މައްޗަށް ދާން ޔާސީން ބޭނުމެއް ނުވިއެވެ. މީހަކު އަދި އެހެންބުނެ ޔާސީންއަށް އިންތިޒާރު ކުރިޔަސް ހެޔޮކަމަށެވެ. އެކި އެކި ކަންކަމުން ގޮސް ޔާސީން ދުވަހުގެ ބޮޑުބައި ހޭދަކޮންލިއެވެ. އަދި ހަވީރު ފެންވަރާލައިގެން ގެ އާ މާދުރު ނޫން ހިސާބުގައި އުޅޭ، މަދުން ނަމަވެސް ވާހަކަ ދައްކާލާ އުޅޭ ކުއްޖެއް ކަމަށްވާ ސުހާނާ ކައިރިއަށް ދިޔައެވެ. އަތިރިމައްޗަށް ނުދާން ވެގެންނެވެ. ( ނުނިމޭ )

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (8)

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 10

Next
January 27, 2022

ހަނދަކީ ކަލާ ކަމުގާވިޔަސް 10

Previews
January 27, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (8)



All Right Reserved!