Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އުދާސް ދެވަނަ ބައި

Xiroo Thihthi Level 210 Stories
February 5, 2022 4 Mins Read
0 Comments

އެއްދުވަސް ވަންދެން އަތިރިމައްޗަށް ނުގޮސް ހުރުމަށްފަހު ޔާސީން އަތިރިއަށް ދިޔައެވެ. ނަމަވެސް މިފަހަރު ޔާސީން ގޮސް މަޑުކޮށްލީ އެހެންޏާ ހުންނަ ހިސާބަށްވުރެއް ތަންކޮޅެއް ދުރުން އަތިރިމަތީއެވެ. އެހެން ހުރި އިރު، އިރު އިރުކޮޅާ ފަސްއެނބުރި ބަލާލައެވެ. ބަލާ މީހަކަށް ވިއްޔާ ހީވާނީ ޔާސީން މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ.

އިރުކޮޅަކު އެތާ ހުރުމަށްފަހު ގެއަށް ދިޔުމަށް އެނބުރި ވަގުތު ޔާސީންއާ ދާދި ގާތުގައި، ޔާސީންގެ ފަހަތުން އަންނަ ކުއްޖާ ހުއްޓެވެ. ކުއްލިއަކަށް އޭނާ ފެނުމުން ޔާސީން ސިއްސައިހެން ދިޔައެވެ. ” ފަސްއެނބުރިފަ އަހަރެންތަ ތި ހޯދަނީ ” ހިނިތުން ވުމަކާއެކު އެކުއްޖާ އަހާލިއެވެ. ” އަހަރެން ނޫޅެން ކަލޭ ހޯދާކަށް ” ސިހުނު ވަރުން ޔާސީން ރުޅިވެރި ރާގެއްގައި ބުނެލިއެވެ. ” އޯކޭ… އަހަރެން ހޯދާކަށް ނޫނޯ. ދެން ކީއްކުރަން ފަސްއެނބުރި ބަލަނީ ” އެކުއްޖާ ބުނެލިއެވެ. ” ފަސްއެނބުރި ބެލިޔަސް، އަރިއަކަށް ބެލިޔަސް ކަލޭއަށް ކޮންކަމެއްތަ؟ ” އެހެން ބުނެފަ ޔާސީން ހިނގައިގަތެވެ. އެވަގުތު އެކުއްޖާ ޔާސީންގެ އަތުގައި ހިފިއެވެ. ޔާސީން ހިނގައިގަތް ވަގުތު އަތުގައި ހިފުމުން ޖެހުނު ލަތްކާއެކު ޔާސީން އަތްފޮޅުވާލުމަށްފަހު އެކުއްޖާގެ ކަންފަތީ އަތުން ޖެހިއެވެ. ” ގަޔަށް ބޮލަން އަރާ ގޮތެއް ތިވަނީ ކީއްވެތަ؟ ކިޔާ އެއްޗެއް އަނގައިން ކިޔާބަލަ ” ޔާސީން ބުނެލިއެވެ. އޭރު އެކުއްޖާ ހަދާނެގޮތް ހުސްވެފާވާ ކަހަލަ ގޮތަކަށް ފެންކަޅިވެފާ ޔާސީންއަށް ބަލަން ހުއްޓެވެ. އެތަން ސާފުކޮށް ޔާސީންއަށް ފެނުނެވެ. ” ސޮރީ ” މިހެން ބުނެ އެކުއްޖާ ހިނގައިގަތެވެ. ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް ފޮހެމުންނެވެ. އެމަންޒަރު ބަލަން ހުރުމަށްފަހު ޔާސީން ވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔުމަށްފަހު ޔާސީން ފަހަތް ބަލާލިއެވެ. އޭރު އެކުއްޖާ ގަސްތަކުގެ ތެރެއަށް ވަންނަނީއެވެ. ޔާސީންގެ ލޯމަތިން އެކުއްޖާ ގެއްލުމުން އަނެއްކާވެސް ޔާސީން ހިނގައިގަތެވެ.

ހިނގަމުން ދިޔައިރު ޔާސީންއަށް ކުރެވުނު ކަންތަކާ މެދު ވިސްނާވެސް ލެވުނެވެ. ކާކުކަން ނޭންގޭ، އެކުއްޖާ ވާނެ ދެރަ ޔާސީންއަށް ވިސްނާލެވުނީ ވަގުތު ފާއިތުވީފަހުންކަން އިހުސާސްވިއެވެ. އެހެން ކަންތައް ކޮށްގެން ނުވާނެކަން ވެސް ހިތަށް އެރީ އެކުއްޖާ ލޯމަތިން ގެއްލުން ފަހުންނެވެ. ކޮންމެ ގޮތެއް ވިޔަސް ޔާސީންއަށް ކުރެވުން ކަންތައް ރަނގަޅު ނޫންކަން ޔާސީން ހިތުން ގަބޫލު ކުރިއެވެ. އެކަމަކު އެހެން ކަންތައް ކުރީމާ ކޮންމެ މީހަކުވެސް ރުޅި އައިސްދާނެކަން ވެސް ޔާސީން ގަބޫލުކުރިއެވެ. އަދި އެކުއްޖާ ދެން ފެނިއްޖެނަމަ މާފަށް އެދެންވެސް ޔާސީން ނިންމިއެވެ.

އެ ރެއާ، އަނެއް ދުވަހުގެ ވެސް ބޮޑު ބައެއް ޔާސީން ފާއިތުކޮށްލީ ކުރެވުނު ކަންތަކާމެދު ވިސްނުމުގައެވެ. ޔާސީންގެ ހަޔާތުގައި ވަމުން ދިޔަ ގޮތުން ވެފާވާ ދެރައަށް އިތުރު ބޮޅެއް އިތުރު ކޮށްލެވުމުން ޔާސީން އިންތިހާއަށް ދެރަވިއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ޔާސީން ދުވަހަކުވެސް ރުޅިގަދަވެގެން ވެސް އެހެން ކަންތައް ކޮށްފައެއް ނުވެއެވެ. ދެން މިއަދު އެހެން އަމަލުކުރެވުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ވިސްނުމުގަ އެހެން އޮށްވާ ޔާސީންއަށް ނިދުނެވެ. އޭގެ ގަޑި އިރުތަކެއް ފާއިތު ވީފަހުން ޔާސީންއަށް ހޭލެވުނީ ހަތަރު ގަޑި ބައިވަން އުޅެނިކޮށެވެ. ފޯނުން ގަޑި ބަލާލުމާއެކު ޔާސީން ދެލޯ ބޮޑުކޮށް އެނދުން ތެދުވިއެވެ. އަދި އަވަސް އަވަހަށް ކުޑަ ގޮތަކަށް ރީތިވެލައިގެން ބޭރަށް ނިކުތެވެ. ގެއާ ތަންކޮޅަކަށް ދުރަށް ދެވުމާއެކު ޔާސީން ދުއްވައިގަތެވެ. ޔާސީން ދާން ބޭނުންވާ ހިސާބަށް ދެވުމުން ހުއްޓުނެވެ. އަދި ވަރުބަލި ވެފާ ހުރުމުން ދެކަކުލުގައި އަތް ވިއްދާ ގުދުވެގެން އޮތީ ވަރުބަލި ފިލުވާލާށެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ޔާސީން ތެދުވެ ވަށައިގެން ހޯދަންފެށިއެވެ. އެއްޗެއް ގެއްލިގެން އުޅޭފަދައިންނެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ވެސް ހޯދަމުން ދިޔައެވެ. ނަމަވެސް އެހިސާބަކުން ޔާސީން އެވަރަށް ހޯދާ އެއްޗެއްގެ ހިލަމެއް ވެސް ނުވުމުން މާޔޫސް ކަމާއެކު ޔާސީން އައިސް އެތާގަ ހުރި ގަހެއްގައި ލެނގިލިއެވެ. އަދި ފުން ނޭވާއެއްލިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ޔާސީން އުންމީދު ކަނޑާނުލާ ވަށައިގެންވާ ހިސާބުގަނޑަށް ނަޒަރު ހިންގާލިއެވެ. އަދި ކުރެވުނު ކުށަށް މާފު ހޯދުމަށް އަވަސްވެގަތުގެ ގޮތުން އަނެއްކާވެސް ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. ޔާސީން ހިނގަމުން ހިނގަމުން ދަނިކޮށް ގަސްތަކުގެ ތެރެއިން މަގަކަށް ނިކުމެވުނެވެ. އަދި އެމާ ވަރަށް ގާތުގައި އެހިސާބުން އަތިރިމައްޗަށް ވެސް ނިކުމެވެގެން އޮތުމުން، ޔާސީން އެދިމާއަށް ހިނގަންފެށިއެވެ. އެހިސާބުގެ އަތިރިމަތި، އާންމުކޮށް ޔާސީން ހުންނަ ހިސާބަށް ވުރެއް ރީތިކަން ޔާސީންއަށް ފާހަގަ ކުރެވުނެވެ. އެހެން ކަމުން ޔާސީން ގަސްތަކުގެ ތެރެއަށް ވެސް ބަލަމުން ކުރިއަށް ހިނގަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި، ޔާސީންގެ ފަހަތުން އަންނަ ކުއްޖާ ރުއްބުޑެއްގެ މަތީގައި ޔާސީންއަށް ފުރަގަސްވާ ގޮތަށް އިންދާ ފެނުނެވެ. އެކުއްޖާ ފެނުމުން ޔާސީންއަށް މަޑު ޖެހިލެވުނެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ނަމަވެސް މާފަށް އެދެން ބޭނުންވާނަމަ، ކުރިމައްޗަށް އެރުން ނޫންގޮތެއް ނެތުމުން ޔާސީން އެދިމާއަށް މަޑު ހިނގުމެއްގައި، ހިނގާފައި ގޮސް އެކުއްޖާގެ ފުރަގަހުގައި ހުއްޓުނެވެ. ” ސޮރީ ” އިސްދަށަށް ޖަހާލައިގެން ހުރެ ޔާސީން ހިތްވަރުކޮށްލާފަ ބުނެލިއެވެ. ޔާސީންގެ އަޑު އިވުމާއެކު އެކުއްޖާ ކުއްލިއަކަށް ބަލާލިއެވެ. ” އަނެއް ކަންފަތްމަތީ ނުޖަހާ ހުރީމާދޯ ތިއައީ ” އެކުއްޖާ ޔާސީންއަށް ބަލާލާފަ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. އެ ޖަވާބާއެކު، އިސްއުފުލާލާ ނޫނެކޭ ބުނާފަދަ ގޮތަކަށް ޔާސީންއަށް ބޯހޫރާލެވުނެވެ. ޔާސީންގެ އެ ހަރަކާތާއެކު އެކުއްޖާ އަނެއްކާ ވެސް އަނެއްފަރާތަށް އެނބުރިއެވެ. ނުރުހުން ވެގެން ހުރެއެވެ. އެ ނުރުހުމުގައި އިންތިހާއަށް ހިތާމަ ވެސް އެކުލެވިގެންވެއެވެ.

” ސޮރީ. އެހެން ކަންތައް ކުރެވުނީމާ. މަގޭ މިއައީ ކޮންމެހެން އިތުރުކަމެއް ކުރާކަށް ވެސް ނޫން. ވަގުތު ފާއިތުވީ ފަހުން މަށަށް ކުރެވުން ކަންތައް އިހުސާސް ކުރެވުނީ. އެހެންވެ މާފަށް އެދެން ވެގެން އައީ. މާފު ކުރުމާ ނުކުރުން އޮތީ ތިފަރާތުގަ ” ޔާސީން އެކުއްޖާއަށް ފުރަގަސްދީގެން ހުރެ، އެހެން ބުނެލުމަށްފަހު ހިނގައި ގަތެވެ. ” މަޑުކޮށްބަލަ ” އެކުއްޖާގެ އަޑަށް ޔާސީން މަޑުޖެހިލިއެވެ. ޔާސީންއަށް ގޮތް ނޭންގޭ އެކުއްޖާ ރުއްބުޑުމަތިން ތެދުވެގެން އައިސް ޔާސީންގެ ކުރިމަތީ ހުއްޓިލިއެވެ. މަށަށް ކިޔަނީ ޒިނާން ” އަމިއްލަ ނަން ބުނެލަމުން ޒިނާން ސަލާމް ކޮށްލުމަށް ޔާސީންއަށް އަތް ދިއްކޮށްލިއެވެ. އެވަގުތު ޔާސީން ޒިނާން ދިއްކޮށްލި އަތަށް ބަލާލުމަށްފަހު، ޒިނާންގެ މޫނަށް ބަލާލިއެވެ. އެންމެ ފުރަތަމަ ދުވަހު ޒިނާންގެ މޫނުމަތިން ފެނުން ހިނިތުންވުން ޔާސީންއަށް ފާހަގަ ކުރެވުނެވެ. ” ހަލޯ ” ޔާސީން ބުނާނެ އެއްޗެއް ނޭންގި ބަލަން ހުރުމުން ޒިނާން ބުނެލިއެވެ. އަދި ޔާސީން ބަލާލުމުން ލޮލުގެ އިސާރާތުން ޒިނާން އަތް ދައްކާލިއެވެ. ޒިނާން އަތްދައްކާލަމުން އަނގަޔަށް ޖައްސާލި ވައްތަރަކުން ޔާސީން ހިނިތުން ވެލިއެވެ. ” މީ ޔާސީން ”  ނަން ބުނެލަމުން ޔާސީން ސަލާމްކޮށްލަން ޒިނާން ދިއްކޮށްފަ ހުރި އަތުގައި ހިފާލިއެވެ. ” އައުޗް… ” ޒިނާން ޔާސީންގެ އަތުން އަތް ދަމައިގަންނަމުން ބުނެލިއެވެ. އަދި އަތުގައި ހިފާ ތަދުވާކަމަށް ހެދިގެން އަތް ތަޅުވަން ފެށިއެވެ. އެވަގުތު ޔާސީން ހައިރާންވިއެވެ. ” ކިހިނެއްވީ ” ޔާސީން އަވަސް އަވަހަށް ސުވަލުކޮށްލިއެވެ. ” ހާދަ ބާރަކަށް ތި ފިއްތާލީ. ތަދުވެއްޖެއޭ ” ޒިނާން އަތް ތަޅުވަމުން ބުނެލިއެވެ. ” އެކަމަކު މަށެއް ބާރަކަށް ވެސް… ” ވާނުވާ ނޭންގިފާ ހުރި ޔާސީން ބުނެލިއެވެ. އަދި މޫނުމަތިން ކަންބޮޑު ވުމުގެ އަސަރުތައް ފެނިގެން ދިޔައެވެ. ޒިނާން އަތުގައި ހިފައިގެން ހުރެ ޔާސީންގެ މޫނަށް ބަލާލިއެވެ. ޔާސީންގެ ހާލަތު ފެނުމުން ޒިނާން ހިފެހެއްޓި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި ބާރު ބާރަށް ހޭންފެށިއެވެ. މާހައުލުގެ ހަމަ ހިމޭން ކަމުން މުޅި އެހިސާބުގައި ޒިނާންގެ ހުނުމުގެ އަޑު ގުގުމާލާފަ ހުއްޓެވެ. ” ހާދަ ޑްރާމާއޭ ދޯ ” ޒިނާން ހޭން ފެށުމުން ޔާސީން ބުނެލިއެވެ. ” އަސްލު ވަރަށް މޮޅުދޯ އެކްޓް ކުރަން ” ޒިނާން ހެމުން ބުނެލިއެވެ. އަދި ކުރިން އިށީދެގެން އިންތަނުގައި އިށީދެލިއެވެ. ޒިނާން އަކީ މުޅިން އަލަން ވާހަކަ ދެއްކި ކުއްޖެއް ކަމުން ޔާސީން ހުރީ ކިޔާނެ އެއްޗެއް ވެސް ނޭންގިފައެވެ. ނަމަވެސް ބޮލަށް ލުއިވެގެން ދިޔަ ކަމުގެ އިހްސާސް ކުރެވެން ފެށުނެވެ. މާފަށް އެދެވިއްޖެއެވެ. އަދި މާފު ވެސް ލިބިއްޖެ ކަމުގެ އިހްސާސް ޔާސީންއަށް ކުރެވުނެވެ. ސަބަބަކީ އެންމެ ފުރަތަމަ ދުވަހު ޒިނާން ފެނުން އިރު މޫނުމަތީގައި ހުރި ހިނިތުންވުން ފާހަގަ ވުމުންނެވެ.

” ކިހިނެއްވެފަ ތިހުންނަނީ ” އެއްފަރަތަކަށް އެނބުރިލާފަ ޒިނާން އަހާލިއެވެ. ” ކަމެއް ނުވޭ ” ޒިނާންއާ ދިމާލަށް ހިނގައި ގަންނަމުން ޔާސީން ބުނެލިއެވެ. ” އަސްލު ޒިނާން އަކީ މިރަށު ކުއްޖެއް ނޫންދޯ ” ޔާސީން އަހާލިއެވެ. ” އާނ… ކިހިނެއް މިރަށު ކުއްޖެއް ނޫން އެނގުނީ ” ޒިނާން އަހާލިއެވެ. ” މި ރަށުގެ ވެސް މިހިސާބުގަނޑުގަ އުޅޭ ކުދިން އެނގޭނެ. ޒިނާން މިހިސާބުން ފެންނަ ކުއްޖަކަށް ނުވާތީ އެނގުނީ ” ޔާސީން ހީލަމުން ބުނެލިއެވެ. ” މަށަކީ މި މިރަށަށް އަދި ބީރައްޓިއްސެއް. އެކަމަކު މިހާރު އެ ބީރައްޓެހިކަން ފިލާ ގޮސްފި ” ޒިނާން ޔާސީންއަށް ބަލަން ހުރެ ބުނެލިއެވެ. ” އެ ކިހިނެއް ” ޔާސީން ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” މިހާރު މަގޭ ފުރެންޑަކަށް ޔާސީން ވެސް ތިހުރީނު ” ޒިނާން ބުނެލިއެވެ. ” އެހެންދޯ ތިބުނީ ” ޔާސީން ދުރު ބަލާލަމުން ބުނެލިއެވެ. ޔާސީން ވެސް ކުރިން މަށެއް ނުދެކެން ” ޒިނާން ބުނެލިއެވެ. ” އާނ… ނުފެނިދާނެ. މަށަކީ އެހާ ވަރަށް ބޭރަށް ނިކުމެ އުޅޭ މީހެއް ނޫން. އަނެއްކޮޅުން މަށަކީ ރަށުގަ ވެސް އުޅޭ މީހެއް ނޫން ” ޔާސީން ބުނެލިއެވެ. ” ދެން ކޮންތާކު އުޅެނީ ” ޒިނާން އަހާލިއެވެ. ” މަގޭ ވަރަށް ދުވަސް ވެއްޖެ މާލޭގައި އުޅޭތާ. ވަރަށް ފަހުން ރަށަށް މިއައީ. އެހެންވެ ރަށުގަ ވެސް ރައްޓެހިން ވަރަށް މަދު ވާނެ. ދެން ފޫހި ވީމަ އަތިރިއަށް ގޮސް ހުއްޓާ ޒިނާންއަށް މަގޭ ތި ފެނުނީ ” ޔާސީން ބުނެލިއެވެ. ” ދެން އަނެއްކާ މާލެ ދަނީތަ ” ޒިނާން އަހާލިއެވެ. ” ދެން ދާންވީ. އަސްލު ރަށުގަ ވަރަށް ފޫހި. އެންމެ ކުރީގަ ހެން، މިހާރު އެހާ މަޖަލެއް ނޫން. ޒަމާނާ އެކު މީހުން ވެސް ބަދަލު ވެއްޖެ ” ޔާސީން ތަންކޮޅަކަށް ކުރިއަށް ޖެހިލަމުން ބުނެލިއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ހަނދާންވޭ (9)

Next

ވީމޭ އިންތިޒާރުގައި – 14

Next
February 6, 2022

ވީމޭ އިންތިޒާރުގައި – 14

Previews
February 5, 2022

ހަނދާންވޭ (9)



All Right Reserved!