” އައި އޭމް ރެޑީ..ޑރ ބޭނުން ގޮތަކަށް ކަންތައް ކުރެއްވީމަ ހުންނާނީ ރަގަޅަށް…އައި ވޯންޓް ޓު ފައިޓް.. ” މާޔާ ޑރ މުހާތަބު ބުނެލިއިރު އެއަޑުގައިވާ ސާބިތުކަމުން ޑރ ކިމްގެ މޫނުމަތީވި ހިނިތުންވުންވެސް ފުޅާވެގެންދިޔައެވެ. …………………………………………………………………………….. ޑޮކްޓަރ ކިމްގެ ބެލުމުގެ ދަށުން މާޔާގެ ބައްޔަށް ފަރުވާ ކުރުން ފެށިގެންދިޔައީ މާޔާއާއި ނަކީލްގެ ހިތުގައި އެތަކެއް އުއްމީދުތަކެއް އާލާކުރުވަމުންނެވެ. މާޔާއަށް ފަރުވާކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރާ ދުވަސްދުވަހު ގިނަ ވަގުތު ނަކީލްވެސް ހޭދަކުރަނީ މާޔާއާއި އެކީގައެވެ. ބައެއްފަހަރު ނަތީޤްވެސް އައިސް […]
އިންތިހާ އަށް މީހެއް ދެކެ ލޯބިވުމަކީ ކުށަކަށް ވަންޏާ އެކުށުގެ ސަޒާ ލިބެނުންދާތާ އެތަށް އަހަރެއް ވެ ނިމިދަނީއެވެ. މާޔާއާއި ނަކީލް އާއި ދެމެދު ވައިރޯޅިއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތް އިރު މާޔާގެ ހިތްދިޔައީ ނެނގިނނެގި ފައި ޖެހެމުންނެވެ. “ކޮން… ކޮން ވާހަކައެއް..” މާޔާއަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އެހެން ބުނެވުނީ ސިއްރު ބޭޒާރުވިހެން ހީވުމުންނެވެ. ނަކީލް މާޔާ އުނަގަނޑުގައި އަތް އެޅުވުމަށްފަހު ގެނައި ހަރަކާތަކުން މާޔާ އައިސް ޖެނުހީ ނަކީލްގެ ތަނަވަސް މޭގައެވެ. ނަކީލް […]
” މައި… ދާން ޖެހިއްޖެ އިނގޭ… އެއްޗެއް ބޭނުން ވިއްޔާ އެތަނުން މީހެއް ކައިރީ ބުނޭ އިނގޭ…އެންމެނަށް ވެސް އިނގިރޭސި އެނގޭނެ…އެހެން ނޫނަސް މައިވެސް މިހާރު ކުރިއަށް ވުރެވެސް ކޮރެއާރ ބަހަށް މޮޅެއްނު…އަންނާނަށް ވަރަށް އަވަހަށް…ލަވް ޔޫ..” ނަކީލް އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާ ލުމަށްފަހު މާޔާގެ ކޮލަށް ބޮސްދިނުމަށް ނިކުމެގެން ދިޔައީ ނިހާލްއާށް ޖަވާބުދާރީވުމަށެވެ.ނިހާލްގެ އަޑުންވެސް ހިތްހަމަނުޖެހިފައިވާ ވަރު ހާމަވިއެވެ. އެހެން ނަމަވެސް އެވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީ މާޔާ އަށް ޝައްކުވިޔަ ނުދިނުމަށެވެ. […]
” ތިބުނީ… އޭރުން ޖެނީ އޯ… މަންމަ އޯ… ” ނަކީލް ބުނި އެއްޗެއް ޔަޤީން ނުވެގެން މާޔާ ކޮޅަށް ތެދުވެނެވެ. ނަކީލްގެނައި އަވަސް ހަރަކާތަކުން ދެވަނަ ސިކުންތްގައި މާޔާ އޮތީ ނަކީލްގެ ގައި މާތީގައެވެ. ދެން އިވިގެން ދިޔައީ ނަކީލްގެ މަޑު ހުނުމުގެ އަޑެވެ. ” ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެއޭ އެކަމް އާފްޓަރ ވީ މޫވް އައުޓް… އެހެންވީމަ ޕެކް ކުރަން ފަށަންވީ ހަމަ މާދައިން ފެށިގެން… އަހަރެން ބޭނުން ވީހާވެސް އަވަހަކަށް […]
ވޭތުވެ ދިޔަތާގައި މާޔާއަށް ދެވުނު ހިތަދަތި ކަމުގެ ބަދަލުގައި އިންތިހާއަށް ލޯބިދޭށެވެ. ހުރިހާ ކަމެއް ހަދާންނެތޭވަރަށް މާޔާއަށް ލޯބި ދޭން ބޭނުންވިއެވެ. ކުރިމަގަށް ފޮނި އުއްމީދުތަކެއް ކުރެވެމުން ދިޔައިރޔަ އިރު އެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ކަޅުވިލާގަނޑުގެ ހިލަމެއްވެސް ނަކީލްއަށް ނުވެެެއެވެ.މިތޫފާނަކީ ތިން މީހުންގެވެސް އުއްމީދުތަށް ވިއްސިވިހާލިކޮށްލާނެވަރުގެ އެއްޗެއްކަން ރޭކާވެސް ނުލައެވެ. ނަކީލް ގެއަށް އައީ ރޭގަނޑު މެންދަމުގެ ވަގުތެއްގައެވެ.މުޅި ގޭތެރެއަށް އަދިރިކަންވެރިވެފައިވީ އެންމެންވެސް އެމީހެއްގެ ކޮޓަރީގައި އަރާމު ނިންޖަކުން ނިދާފައިތިބީމަ ކަންނޭނގެއެވެ. ނަކީލްވެސް މަޑު ފިޔަވަޅުތަކެއް […]
” ލައްބަ ދޫނީ… ތީ މަންމީގެ ޕްރިންސް އެއްނު….ސޮރީ ބެބީ… ލަވް ޔޫ… ” ނަތީޤް އަނެއްކާވެސް ގަޔާ ކައިރިކޮށްލަމުން މާޔާ ބުނެލީ ޔަޤީންކަން ދޭހާލުގައެވެ.އެހެންނަމަވެސް ދަރިފުޅަށް ދޮގު ހަދަންޖެހެމުން އެހިތް ޒަަހަމްވަމުން ދާކަން އެހެން މީހާކަށް އެނގޭނެނަމައެވެ. “ޕްރޮމިސް ތަ ” ނަތީޤް ރުއިން ހުއްޓާލައި އެހެން ބުނެލި އިރު އެއަޑުގައި ދިރުންވިއެވެ. ” ޕްރޮމިސް..” މާޔާވެސް ނަތީޤްގެެ އިސްތަށިގަނޑާއި ކުޅެލައި އެހެންބުނެލީ ކަރުނަތަށް އަނެއްއަތުން ފޮހެމުންނެވެ. ނަކީލްވެސް ނަތީޤްއާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލީ އެކުޑަކުޑަ […]
އެކަކު އަނެކެއްގެ އަތުތެރޭ ނިދާފައި ތިބީ ކުރިއަށް އަންނަށް އޮތީ ކިހާ ބޮޑު ތޫފާނެއްކަން ނޭނގޭ ހާލުގައެވެ. މާޔާއާއި އެކީ މިއަދު އުފާވެރި ދިރިއުޅުމަކަށް އެޅި ފުރަތަމަ ފިޔަވަޅަކީ މިގޮތަށް ދެމި އޮންނާނެ އެއްޗެއް ނޫންކަން އެނގޭނެ ނަމަ މިރޭ ނިމިގެން ދިޔައީ ހީ ހިތާމަކުރުގައިކަން ގައިމެއެވެ. ………………………………………………………………………………. ދުވަސްތަށް މާޒީއާއި އެކުވަމުން ދިޔައީ އެތަށް ބަޔަކަށް އެކި ކުލަތަށް ދައްކަމުންނެވެ. ބައެއް މީހުންގެ ހިތުގައި އުއްމީދުތަށް އާލަވެ ކުލަގަދަ ހުވަފެންތަށް ދެކެމުން ދިޔައިރު އަނެއް ބައި […]
” މިއައީ މާޔާގެ ރިޕޯޓްތަށް ހިފައިގެން… ނަކީލް އައުމުން ޑރ ހޯދި ވާހަކަ ބުނެލަދެއްޗޭ..” ސީޖުން ބެލީ އެތާ ގިނައިރު މަޑުުނުކޮށްދެވޭތޯއެވެ. އެހެން ނަމަވެސް މަޑުކުރަން ޖެހުނީ މާޔާ ވާހަަކަ ދައްކަން ފެށުމުންނެވެ. ” ކޭން އައި ސީ އިޓް…” ސީ ޖުން ކައިރީ މާޔާ އެދުނީ ރިޕޯޓްތަށް ދިނުމަށެވެ. މާޔާއަތަށް ހުރިހާ ރިޕޯޓްތަކެއް ދިނީ އެވެސް ދެކޮޅުހެދުމެއް ނެތިއެވެ. މާޔާވެސް ފަރުވާތެރިކަމާއި އެކު ރިޕޯޓްތަށް ބަލަމުން ދިޔައިރު ލޮލުގައި އަޅައިގަތީ ހަދާފައިވާ ބްރެއިން އެމްއާރއައި ގެ […]
މިކަމުން އެއްވެސް އަސަރެއް ނުކުރީ ޖެނީއަށެވެ. ނަތީޤްއާއި ހެދި މީހުން އުޅެގޮތް ފެނުމުން ވީ ފޫއްސެވެ. އެންމެންވެސް ދެން މިވަރަކުގެ ކަމެއްނެތިގެން މިއުޅެނީ ކީއްވެހެއްޔެވެ. ޖެނީގެ މީހަކަށް ނަކީލް ހަދަން އެކިގޮތްގޮތުން ކުރަމުން އައި މަސައްކަތްފެނަށް ވެދިޔައީ މިކުއްޖާގެ ސަބަބުން ކަމަށް ދެކެއެވެ. ކޮންމެ ގޮތެއްވިޔަސް ނަކީލް މިލްކުކުރަން ޖެނީ ބޭނުމެވެ. މާޔާއާއި އިދެގެން އުޅެނީވެސް މިކުއްޖާގަނޑުގެ ސަބަބުންތާއެވެ. ހިތަށްވެރިވި ނުބައި ހިޔާލަކުން މޫނުމަތިން ދުވެލީ ވިހަ ހިނިތުންވުމެކެވެ. އެހާ ފަސޭހައަކުން މާޔާއަކަށް ދެނެއް ނަކީލްއެއް ނުލިބޭނެއެވެ. […]