ކައިލް ފުރައިގެން ދިޔުމުން އެބޮޑު ގޭގައި ކިޔާރާއާއި ނަކީލް އެކަނި ވިދަފައެވެ. ކިޔާރާއާއި ދުރުގައި ހުންނަން ކޮތަންމެ ބޭނުންވިޔަސް އެކުވެރިޔާގެ އެދުމަށް ކަމޭހިތުމުގެ ގޮތުން ވެސް ކިޔާރާގެ ކަންތައްތައް ބެލެހެއްޓުމުގަަަަަަަަަައި ނަކީލް ފަރުވާތެރިވާންފެށިއެވެ. އަމާނާތެއް ހަވާލުކުރެވުމުން އެއަށް ހިޔާނަތްތެރިނުވުމަށެވެ. ނަކީލްގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުންވެސް ކިޔާރާގެ ހިތް އިތުރަށް ނަކީލްއަށް އެދެވެން ފެށިއެވެ. ރޭގަނޑުގެ ހިމޭންވަގުތެކެވެ. ފަޒާތެރޭ ހިފާފައިވަނީ ގަނޑުވާކަަހަލަ ފިނިކަމެކެވެ. ކިތަންމެ ފިނި ކަމުގައި ވިނަމަވެސް ހިތްފަސޭހަ ރެއެކެވެ. ކިޔާރާ ޓެރަހަށް ދިޔައީ ފޫހިވާންފެށުމުންނެވެ. […]
ކައިލްއާއި ނަކީލްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ފަހަތަށް ބަލައި ލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އެއާއި އެކު ދެމީހުންގެ މޫނު މަތިން ހާސްކަން ވެރިވެގެން ދިޔައީ ވެއްޓިފައި އޮތް ކިޔާރާ ފެނިފައެވެ. ކޮފީ މަގު ވެއްޓިފައިވީ އިރު އޭގެއިން ބިއްލޫރިކޮޅެއް ވަނީ ނިތުގެ ކަނައަތްފަރާތަށް ހެރިފައެވެ. އެތަނުން ލޭއަންނަމުން ދިޔައިރު ކިޔާރާގެ ހެއެއްވެސް ނެތެވެ. ދެމީހުންނަށްވެސް އެދިމާލަށް ދެވުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. ނަކީލްއަށްވުރެ ކުރިން ކިޔާރާ އަތްމައްޗަށް އުފުލާލަމުން ދުވެފައި ގޮސްވަނީ ކިޔާރާގެ ކޮޓަރިއަށެވެ. ނަކީލް […]
” އޯހް… ދެއާއަރ ޔޫ އާރ… މީޓް ހާ.. ކިއާރާ.. މައި …” ނަކީލް އާއި ކޮޑާއި ކޮޑު ޖައްސާއި ސަލާމްކުރަމުން ކައިލް ކިއާރާ ތައާރަފްކޮށްދޭން ފެށިއެވެ. ” ވައިފް” ކިއާރާ އެ ޖުމްލަ ފުރިހަމަ ކޮށްދިނީ ކައިލް ގައިގައި ކުޑަކޮށް ބައްދައިގަންނަމުންނެވެ. ނަކީލްއަށް ހީވީ މީހަކު ނަކީލްގެ ހިތުގައި ވަކި އެޅި ހެންނެވެ. ކުޑައިރުކޮޅެއްގެ ކުރިން މި ލިބުނު އުއްމީދު ފަޑުވީ ހެއްޔެވެ. މިއީ ކޮންފަދަ ސަމާސާއެއް ބާވައެވެ. މީއީ ހަޤީޤަތެއް ހެއްޔެވެ. ނޫނީ […]
ނަކީލް އިންތިޒާރުކުރަމުން ގެންދަނީ މާޔާ އަންނާނެ ދުވަހަކަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާޔާ ދުނިޔޭގައި ނެތް ކަން ނަކީލް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މުޅިއުމުރުވެސް މިގޮތުގައި ހުސްކޮށްލަން ޖެހުނަސް ވަރިހަމަ ފަދައެވެ. މާޔާގެ ލޯބީގައި ދީވާނާވެފައި ވާއިރު ކޮންމެ ސިކުންތެއްވެސް މިހާރު ވޭތުކުރަމުންދަނީ ވޭނާއި ކެކުޅުމުގައެވެ. ލޯބި ވުމަކީ ކުށަކީ ހެއްޔެވެ. މާޔާ ލިބުން ހަމަ ނަސީބުގައި ނެތީހެއްޔެވެ. މިހުރިހާ ޝަކުވާއެއް އަހާނެ މީހެއްވެސް ނެތީހެއްޔެވެ. ރަހުމެއްވެސް ނެތީހެއްޔެވެ. ހަޔާތުގެ ނައު ތޫފާނެއްގައި […]
ނަކީލް އިންތިޒާރުކުރަމުން ގެންދަނީ މާޔާ އަންނާނެ ދުވަހަކަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާޔާ ދުނިޔޭގައި ނެތް ކަން ނަކީލް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މުޅިއުމުރުވެސް މިގޮތުގައި ހުސްކޮށްލަން ޖެހުނަސް ވަރިހަމަ ފަދައެވެ. މާޔާގެ ލޯބީގައި ދީވާނާވެފައި ވާއިރު ކޮންމެ ސިކުންތެއްވެސް މިހާރު ވޭތުކުރަމުންދަނީ ވޭނާއި ކެކުޅުމުގައެވެ. ލޯބި ވުމަކީ ކުށަކީ ހެއްޔެވެ. މާޔާ ލިބުން ހަމަ ނަސީބުގައި ނެތީހެއްޔެވެ. މިހުރިހާ ޝަކުވާއެއް އަހާނެ މީހެއްވެސް ނެތީހެއްޔެވެ. ރަހުމެއްވެސް ނެތީހެއްޔެވެ. ހަޔާތުގެ ނައު ތޫފާނެއްގައި ޖެހި […]
ނަކީލް ފޯނެއް އައުމުން ބޭރަށް ނިކުތީ މާޔާގެ އަތުގައި ބޮސްދިނުމަށް ފަހުގައެވެ. އޮޕްރޭޝަން ކުރިތާ ހަތް ގަނޑިވީއިރުވެސް މާޔާ ހެޔެއް ނޭރުމުން ނަކީލްގެ ހިތް މާޔުސްވެފައިވީ ނަމަވެސް އުއްމީދުކަނޑައިނުލައެވެ. މާޔާ ހޭލާނޭއޭ އެހިތްބުނާތީއެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ނަކީލް އާދައިގެ ހިނގުމެއްގައި އައިސް ވަތް އިރު ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކުރަންވީ ކީއްކަމެއް ނުވިސްނިފައި ހުރެވުނީ ހާސްވެފައި ހުރިވަރުންނެވެ. ” މާޔާ…” އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ބިރުގެންފައިވާ ހާލުގައެވެ. މީވީ ކިހިނެތްހެއްޔެވެ. މިއީ […]
މައި… ޕްލީސް…. ލޯ ހުޅުވަބަ… ޔޫ ކާންޓް ލީވް މީ އަގެއިން…. ޕްލިސް…” ސްޓްރެޗާރ އެއްގައި މާޔާ އޮޕަރޭޝަން ޓިއޭޓަރަށް ގެންދިޔަ އިރު ނަކީލްވެސް މާޔާގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައީ އެހެން މިހުންނެކޭ އެއްވަރަށް ހަލުވިމިނެއްގައެވެ. އެއަޑު އެންމެ ފަހަރަކުވެސް ނުކެޑޭ އިރު އެލޮލުން ކަރުނަވެސް ނުހިކެވެ. ލައިފައިވާ ހުދުކުލައިގެ ގަމީސް މާޔާގެ ލެއިން ތަތްތެޅިފައިވީއިރު ނަކީލްގެ ކަދުރާގައިވެސް ވަނީ ހުސްލެއެވެ. މީހުންގެ ނަޒަރު ނަކީލްއަށް އަމާޒުވަމުންދިޔައެއްކަމަކު އެކަމާއިވެސް އެއްވެސް ފަރުވާލެއް ނެތްފަދައެވެ. މާޔާ އޮޕަރޭޝަން […]
މުއްސަދި އާއިލާއެއްގެ ކުޑަކުއްޖަކު އެފަދަ ހިތާމަވެރިގޮތަކަށް ނިމި ދިޔުން ވެގެންދިޔައީ މީޑިޔާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދިކަމަށެވެ. މަޝްހޫރު ވިޔާފާރިވެރިޔާ ނަކީލްގެ ހުރި ހަމައެކަނި ދަރިފުޅުގެ ކުއްލި މަރުގެ ހަބަރުން އެތަށް ބަޔަކު ހިތާމަ ފާޅުކުރަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ މިއީ ވަރަށް ގާތުން ބަލައި ތަހްޤީގް ކުރަން ޖެހޭ މައްސަލެއްކަމަށް ބުނަމުނެންނެވެ. އެކަމާއި މެދު އެތަށް ބައެއް ސުވާލު އުފައްދަމުން ދިޔުން ވެގެން ދިޔައީ ޕޮލިހުން ވެސް މިކަމުގައި އިސްސަފުގައި މަސައްކަތްކުރަން ޖެހުނުކަމެއް […]
ނަކީލްއާއި އެކީ މާޔަ އައީ ކާރު ޕާކްކޮށްލުމަށްފަހު ނަތީޤް ބަލައި އެ އިމާރާތަށް ވަނުމަށެވެ. އެހެންނަމަވެސް މަތިން އިވުނު އަޑާއި އެކު ބިންމައްޗައް ބަލައިލީ އެއްޗެއް ވެއްޓުނު ހެން ހީވުމުންނެވެ. އެއާއި އެކު ފެނުނު މަންޒަރުން މާޔާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ފެނުނު މަންޒަރަކުން އަނގަމަތީ އަތް އެޅުނީ ލިބުނު ސިހުމުގައެވެ. ނަކީލްއަށްވެސް ވީ މާޔާއަށް ވީވަރެވެ. މީހާ ހުރި ފިޔަވަޅުމަތީ ގަނޑުވީ ސިކުނޑިވެސް އެވަގުުތު މަސައްކަތްކުރުން ހުއްޓާލުމުންނެވެ. ވެއްޓުނުގޮތަށް މުޅިއެތާގައި ލޭގެ ކޯރެއް […]