ކުރިމަތިން އައި ޒުވާނާގެ ގައިގައި ޖެހިފައި މާޔާ ފައިކައްސާލައި ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. އެޒުވާނާ މާޔާގެ އުނަގަނޑުގައި އަތް އަޅުވައި މާޔާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ މާޔާގެ މޫނަށެވެ. މާޔާގެ ރީތިކަމާއިމެދު ތައުރީފްކުރަމުންނެވެ. މާޔާ ނުވެއްޓޭ ކަން އެނގުމުން ލޯ ހުޅުވާލިއިރު މާޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިޒުވާނާ ފެނިފައި މާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެޒުވާނާ މާޔާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާޔާ އެ ޒުވާނާއާ ދުރަށް […]
ނަކީލްގެ މާޔާގެ އުނަގަނޑުގައި އަތްއަޅުވައި ނަކީލް ކައިރިއަށް މާޔާގެނައެވެ. ދެމީހުންގެ ދެމެދުގައި ވައިރޯޅީއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތްފަދައެވެ. ނަކީލްއަށް މާޔާގެ ތުންފަތަށް ލޯބިކޮށްލިއެވެ. މާޔާއަށްވެސް އެކަމުގައި ބައިވެރިވެވުނީ މާޔާގެ ހިތުގައި ނަކީލްްއަށް ޓަކައިވާ ލޯތްބެއްގެ ސަބަބުންނެވެ. ކުރި ހުރިހާ އިންތިޒާރެއްގެ ސަބަބުންނެވެ. މިއަދު ވީ ކަންތައް ހާދާން ވުމުން މާޔާ ތެޅިގެންފައި ނަކީލް ދުރަށް ކޮށްޕާލިއެވެ. އޭރު މާޔާއާށް މާ ނެވާ ލެވެމުންދިޔައެވެ. މާޔާގެ ލޮލުން ވިދަވިދާ ހުރި ކަރުނަތަށް ފެނުމުން ވީގޮތް ނަކީލްއަށް ރޭކާލީ […]
މާޔާ ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ދެންމެ އަޑުއިވުނީ ދޮގެއްކަން ނަކީލް ބުނޭތޯއެވެ. މާޔާ ބަލަން ހުރި ގޮތުން ނަކީލްއަށް އުދަނގޫވިއެވެ. އިސްޖަހާލީ މާޔާގެ ކުށްވެރިޔަކުފަދައިންނެވެ. ” ނަކީލް ޤަބޫލުކުރިޔަސް ނުކުރިޔަސް ޖެނީއަކީ ނަތީޤްގެ މަންމަ ފަަދަ މީހެއް… އެހެން ވީމަ މާޔާ ކަހަލަ އަންހެނަކަށް ވުރެ ރަގަޅުވާނެ ކަންނޭނގެ… މިއީ ބައްޕަ ބޭނުންވާ ގޮތް… ” ނަކީލްގެ ހިޔާލު ބަދަލުކޮށްލެވޭތޯ ނިހާލް މަސައްކަތްކުރަމުން ދިޔައެވެ. އިސްޖަހައިގެން ހުރި ނަކީލް ހިތްހަމަ ނުޖެހޭގޮތްވެ އަތް މުއްކަވާލެވުނެވެ. […]
މިވާހަކަ ގެނެސް ނުދެވި މެދުކަނޑާލެވިފައިވާ ކަމަށްޓަކައި ހުރިހާ ކިޔުންތެރިން އަރިހުން މާފަށްއެދެން… ވާހަކައިގެ އާބައިތަކެއް އަޕްލޯޑް ކުރަން ދެން ފެށޭނީ ޑިސެމްބަރ 30 ގެ ފަހުން… ވާހަކަ ނުގެނެސް ދެވިގެން މިއުޅެނީ ކުރިންވެސް ބުނި ފަދައިން ރައިޓަރ ގެ އެގްޒާމް ދުވަސްތައް ވީމަ.. އެގްޒާމް ނިމުމުން ވާހަކަ ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަން… ލަސްވާކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން
” އެކަމަކު ” ނަކީލް މާޔާ ވީ ފަރާތަށް ކުރިމަތިލީ މާޔާގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ދެކިލުމުގެ ނިޔަތުގައެވެ. މާޔާ ހިތާ ހިތުން އެ ބަސް ތަކުރާރު ކޮށްލިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތްބާއެވެ. ކުރިމަތި ވާން މިއުޅެނީ ކޮންކަހަލަ ޝަރުތެއް ބާވައެވެ. ” އަހަންނާއި އެކު ކޮރެއާ އަށް ދާންވީ…. އަހަރެންގެ އަންހެނުންގެ ގޮތުގައި… ވާނެތަ..” ނަކީލް މާޔާއަށް ނަޒަރުހުއްޓާލައިގެން ހުރެ ބުނެލިއިރު މާޔާގެ ޖަވާބު ނަކީލްއަށް އެނގޭ ފަދައެވެ. ނަކީލް ކުއްލިއަކަށް […]
އެނދުގައި އޮށޯވެލައިގެން ސީލިންގްގައި ހަރުކުރެވިފައިވާ ފަންކާއަށް ބަލަހައްޓައިގެން އޮތް ފާރިލް ވަނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އެ މޫނުމަތިން ފެންނަމުން ދަނީ ނުތަނަވަސްކަމެވެ. އެތަށް ދުވަހެއް ވަންދެން ކުރި އިންތިޒާރަށް ފޮނި ނިމުމެއް އަންނަންވީ ވަގުތު ކުޑަތަންވެފައި އޮއްވައި މިވީ ކިހިނެތް ހެއްޔެވެެ. ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވީއެވެ. ކިތަންމެ ވަރަކަށް ނަކީލް ދިން އިންޒާރާއި މެދު ނުވިސްނަން މަސައްކަތްކުރި ކަމުގައި ވިޔަސް އެކަމަށް ކުޅަދާނަވެގެން ނުވާކަހަލައެވެ. ނަކީލް އެގޮތަށް ކަންތައް ކޮށްފިނަމަ ހުރިހާ ދެރައެއް ލިބޭނީ މާޔާއަށް […]
” ނަތީޤް” ނަތީޤް މައުސޫމު ރާގަކަށް ނަން ބުނެލުމަށް ފަހު ދުއްވައިގަތީ ފާރިލް އައިސްކްރީމް ހިފައިގެން އަންނަ ތަން ފެނުމުންނެވެ. ފާރިލް ކައިރިއަށް ނަތީޤް ދިޔަތަންފެނުމުން ނަކީލް ގެ ހިތުގަިއ އެތަށް ސުވާލެއް އުފެދުވެ. ނަތީޤް އެއީ ނަކީލް އަށް އެންމެ ރީތިވި ނަމެވެ. ހިތުގައި ނަތީޤް އާއި މެދު އެތަކެއް ޝައްކުތަކެއް އުފެދުނެވެ. ފާރިލް އާއި މިކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ ބަލަންވެސް ބޭނުންވިއެވެ. މިކުއްޖާއާއި ނަކީލް އާއި ކޮންމެވެސް ގުޅުމެއް ވެޔޭ ހިތް ބުނާކަހަލައެވެ. […]
މަޑުމަޑުން ކޮޓަރިން ނިކުމެގެން ހިގާފައި ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ. ” އަޅުގަނޑަށް އެނގޭ ދައްތަ މާޔާއާއި ދޭތެރޭ ވިސްނާކަން.. އެކަމަކު ދައްތަގެ ތި އެދުން ކިހިނެތް..” އެކޮޅުން އިވެމުން ދިޔައީ ފާރިލްގެ އަޑެވެ. ” ދައްތައަށް އެނގޭ ހުރިހާ ކަމެއްވެސް.. ފާރިލް މާޔާ ދެކެ ލޯބިވާކަންވެސް އެނގޭ… ދައްތަ މާޔާގެ ދިރިއުޅުމާއި މެދު ވިސްނައި މިހާރު ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ… ދައްތަ އަށް ކަމެއް […]
” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ. “ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. ………………………………………………………………………………. […]