Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (17 ވަަނަ ބައި)

writer Level 310 Stories100 Comments
May 15, 2017 4 Mins Read
34 Comments

” މިއައީ މާޔާގެ ރިޕޯޓްތަށް ހިފައިގެން… ނަކީލް އައުމުން ޑރ ހޯދި ވާހަކަ ބުނެލަދެއްޗޭ..” ސީޖުން ބެލީ އެތާ ގިނައިރު މަޑުުނުކޮށްދެވޭތޯއެވެ. އެހެން ނަމަވެސް  މަޑުކުރަން ޖެހުނީ މާޔާ ވާހަަކަ ދައްކަން ފެށުމުންނެވެ.

” ކޭން އައި ސީ އިޓް…” ސީ ޖުން ކައިރީ މާޔާ އެދުނީ ރިޕޯޓްތަށް ދިނުމަށެވެ. މާޔާއަތަށް ހުރިހާ ރިޕޯޓްތަކެއް ދިނީ އެވެސް ދެކޮޅުހެދުމެއް ނެތިއެވެ.

މާޔާވެސް ފަރުވާތެރިކަމާއި އެކު ރިޕޯޓްތަށް ބަލަމުން ދިޔައިރު ލޮލުގައި އަޅައިގަތީ ހަދާފައިވާ ބްރެއިން އެމްއާރއައި ގެ ގަނޑެވެ. އެހިދު މާޔާގެ ދުނިޔެ ހުއްޓުނުފަދައެވެ. މީހާގެ ގައިގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. މާޔާގެ ލޮލަށް ކަރުނަ ޖަމާވެ މަންޒަރު ފުސްވާންފެށީ ޤަބޫލުކުރަން ދަތި ހަޤީޤަތެއް އޭގައިވުމުންނެވެ.

” ވަޓް އިސް ދިސް..” މާޔާގެ އަޑު ބޭރުވީވެސް ކިރިޔާއެވެ. އެހިތަށް ކޮށްފައިވާ އަސަރު ލޮލުން ކިތަންމެ ރަގަޅަށްވެސް ހާމަވަމުންދިޔައެވެ.

” ތިއީ މާޔާގެ ޓެސްޓް ތަކުގެ ރިޕޯޓް…”  އެހެންނަަމަވެސް އިސްޖަހައިގެން އިނިމުން ސީޖުން އަށް މާޔާއަށް ވަމުން ދިޔަ ގޮތްތަކެއް ނުފެންނަނީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން މާޔާއަށް ވީގޮތެއް ނުވިސްނުނީ އޭ ހިތައި ދެވަނަ ފަހަރަށް ބުނެލަ ދިނީ ހިނިތުންވުމަކާއި އެކީގައެެވެ.

ގަނޑަކަށް ފަހު ގަނޑެެއް އުކަމުން ދިޔައިރު އެއްޗެއް ނުފެނިގެން އުޅޭމީހެއްފަދައެވެ. ނޫނީ ފެންނަން ހުރި ނަތީޖާތަށް ޤަބޫލުކުރަން ބޭނުންނުވާފަދައެވެ. މާޔާގެ ހަރަކާތްތަށް ހުރި ގޮތުން ސީ ޖުން އަވަސް އަވަހަށް މާޔާގެ އަތުން ރިޕޯޓްތަށް ނެގިއެވެ.

” ނަކީލް ކައިރީ ބުނެދެއްޗޭ އައި ހޭވް އެން އިމްޕޯޓެންޓޤ ތިންގް ޓު ދިސްކަސް..” މިހެން ބުނެ ސީޖުން ނިކުންނަން ހިގައިގަތީ އިތުރު ސުވާލެއް ކުރިމަތި ނުވަނީސް ދިޔުުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަހަރުވެސް ފިޔަވަޅުތަށް މަޑުޖައްސާލަން ޖެހުނީ މާޔާގެ އަޑު ޖެހުމުންނެވެ.

” ހައު މެނީ ޑޭސް ލެފްޓް؟؟”  މާޔާގެ އަޑުގައި ކިތަންމެ މަޑުން ނިކުތްނަމަވެސް އެއަޑުގައިވި ރިހުން އެކަކަށްވެސް ސިއްރުނުވާނެއެވެ.

” ނަކީލް އައި ހާ އަވަހަކަށް މާޔާ ޑިސްޗަޖް ކޮށްލާނެ… އިތުރު ދުވަސް ތަކެއް މަޑުކުރާކަށް ނުޖެހޭނެ އެއްނު” މާޔާގެ  ސުވާލުން ސިހުނު ނަމަވެސް ހަމަޖެހޭކަން ދައްކަން މަސަކަތް ކުރަމުން ސީޖުން އައިސް މާޔާ ކައިރީ މަޑުކޮށްލަމުން ބުނެކީ މާޔާ އެހި ސުވާލު ރަގަޅަށް އެނގިހުރެއެވެ.

” އަހަރެން މި އަހަނީ މިތާ އޮންނަން ވީ ކިހާ ދުވަހެއް ވަންދެން ހޭ ނޫނޭ…. މިއަހަނީ މި ރިޕޯޓްގަ މިބުނަނީ ކޯއްޗެއްހޭ؟”  ކިތަންމެ ވަރަކަށް ދެރަވެފައި ހުއްޓަސް އެ ޑޮކްޓަރގެ އަމަލްތަށް ހުރި ގޮތުން މާޔާއަށް ރުޅި އިސްކުރެވުނެވެ. ލޮލުގައި ކަރުނަ ވިދަމުން ތިޔަ އިރުވެސް އަޑުގައި ވަނީ ރިހުމެވެ. އެއާއި އެއްވަރަށް އައިސްފައިވާ ރުޅިން އަޑު ބާރުވެފައިވިއެވެ.

” ތިއާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވަނީ މާޔާގެ ހަސްބެންޑްއާއި…” މިފަހަރުވެސް ސީ ޖުންގެ ޖަވާބުކުރެވެ.

” ކީއްވެތަ އަހަރެން ކައިރީ އަހަރެންގެ ވާހަކައެއް ނުބުނެވޭކަށްވީ… ދިން ރިޕޯޓް އިސް މައިން…. ޕޭޝަންޓް އިސް މީ… އަހަންނާއި ބޭހޭ ވާހަކައެއް ދައްކަން ޖެހޭނީ އަހަރެން ބޭނުން މީހެއް ކައިރީ..ކޮންމެހެން ތި ޑޮކްޓަރ ބޭނުން މީހެއްކައިރީގައެއް ނޫން… ހަޤީޤަތް އަންގަންވެސް ޖެހޭނީ އަހަރެން ބޭނުން މީހަކަށް އަހަރެންގެ ހުއްދައާއި އެކީ…” މާޔާ އައި ރުޅިން ސީޖުން އާއި ދިމާލަށް އެއްޗެހި ގޮވަަމުންދިޔައެވެ.

” އޯކޭ އޯކޭ… އެކަމް މާޔާ ރިލޭކްސް ހަމަޖެހިލައިގެން މިވާހަަކަދައްކަން ހިނގާ.. ތިހެން އަޑުގަދަނުކޮށް..” މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވުމުން ސީޖުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

” އައި އޭމް އަ ޑޮކްޓަރ ޓޫ… އަހަންނަށް އެނގޭ މި ރިޕޯޓްގައި މިއޮތީ ކޯއްޗެއްކަން… އަދި ކިހާވަރެއްގެ އެއްޗެއްކަންވެސް… އައި ޖަސްޓް ވޯންޓް ޓު ކޮންފާމް ފޮރޮމް ޔޫ… ހައު މެނީ ޑޭސް ޑު އައި ހޭވް..؟” މާޔާ ވެސް ސީޖުން އާއި ވާހާކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ.

” އޯ… އައި އޭމް ސޯ ސޮރީ…އަސްލު ތީ ނަކީލްގެ އަންހެނުންނަށް ވީމަ … އަހަންނަށް ފެނިއްޖެ މާޔާ ތީ ނަކީލްއަށް ކިހާ މުހިއްމު މީހެއްކަންވެސް… އެހެންވެ މިކަމާ މަޝްވަރާކުރަން ބޭނުންވީ… ސޯ ސޮރީ…” މާޔާގެ ކިބައިން ސީޖުން މާފަށް އެދުނީ ކުރެވުނު ކަންތަކުގެ މޮޔަހީވެފައެވެ. މާޔާގެ އަތަށް އެ ރިޕޯޓް ނުދެވުނު ނަމައޭ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ.

” އިޓްސް އޯކޭ… އެކަން އަހަރެން ބޭނުމެއް ނޫން މިއިން އެއްވެސް ކަމެއް ނަކީލްއަށް އެނގޭކަން… ޕްލީޒް ޑޯންޓް ޓެލް ހިމް އެނީތިންގް އެބައުޓް އިޓް..” އެންމެ ފަހުން މާޔާ ކުރުނުކޮށް ކިޔަން ފެށުުމުން ސީޖުން އެކަމަށް އެއްބަސްވިއެވެ. އެހާވަރަކަށް މީހަކު ކަމަކަށް އެދުމުން ދެކޮޅު ހަދަންވެސް ނުކެރުނީއެވެ. އެހެންނަމަވެސް ނަކީލްއަށް ހަޤީޤަތް އެނގޭނެ ދުވަހަކުން ވާނެ ދެރަ ސީޖުން އަށް އިހްސާސް ކޮށްލެވުނެވެ.

” މާޔާގެ ރިޕޯޓްތަކުން ދައްކާ ގޮތުންނަމަ މާޔަށް ތިވަނީ ކެންސަރު ޖެހިފައި… ޔޫ ހޭވް  އަ ބްރެއިން ޓިއުމަރ… ޓިއުމަރ ގެ ސައިޒަކާއި އެއްޗިއްސަށް ބަލާފަ ބުނާނަމަ މިހާރު އެހުރީ ފުރަތަމަ ސްޓޭޖްގައި ކަމަށް ލަފާކުރެވެނީ…މާޔާ ތީ ޑޮކްޓަރަކަށް ވީމަ އެނގޭނެ ޓްރީޓްމެންޓް ކުރިއަށް ދާނެ ގޮތާއި އައިސް ދާނެ ކޮމްޕްލިކޭޝަންސްއާ… ކެންސަރ ސްޕެޝަލިސްޓް އަަކަށް ވީހާވެސް އަވަހަށް ދައްކައި ފަރުވާ ހޯދުން މިހާރު އެންމެ މުހިންމީ… ދެން އޮތީ މާޔާ ކުރި ސުވާލުގެ ޖަވާބު… ކިތަށް ދުވަސް ކަމެއް އެހެން ބުނާކަށް ނޭނގޭނެ.. އަވަހަށް ފަރުވާ ހޯދައިފިއްޔާ އެކީ ރަގަޅުވުމުގެ ފުރުސަތުވެސް ބޮޑު… ލެޓްސް ސޭއި ޔޫ ހޭވް ސިކްސް މަންތްސް…” ސީޖުން ވާހަކަ މެދު ނިންމާލީ މަޔާއަށް ބަލަމުންނެވެ.

” ސިކްސް މަންތްސް..؟” ސީޖުންގެ ފަހަތުން ކަހަލަ ގޮތަަކަށް އެބަސް ތަކުރާރުކޮށްލެވުނީ މަޑުމަޑުންނެވެ.ލޮލަށް ޖަމާވަމުންދިޔަ  ކަރުނަތަށް ހުއްޓުވަން އަމިއްލަ ނަފްސާއި ހަގުރާމަކުރަމުން ދިޔައިރު އެ ހިތަށް މަތީ ހީވީ މީހަކު ބަރެއް ބޭއްވިހެންނެވެ. އެހާވެސް ވޭން މޭގައި އަޅަމުންދިޔައެވެ.

ސީޖުން ދިޔުމުން މާޔާ އެކަނިވިއެވެ. ތަޤްދީރުގެ މާޔާއާއި ކުރަމުން މިގެންދަނީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ. ދެލޯބިވެރިން ދުރުކުރުވުމަށް ފަހުން އަލުން އެއްތަންކުރުވީއެވެ. އެއަށް ފަހު ކަންތައް ހަމައަކަށް އެޅުމުގެ މަލަމަތި ފެންނަން ފެށިތަނާ ވަށައިލީ ކޮންފަދަ ބޮޑު އަދިރިކަމެއްހެއްޔެވެ. އަނެއްކާވެސް ދެލޯބިވެރީންވަކިވާން ޖެހެނީ ހެއްޔެވެ. މި ލޯތްބަކީ ދުރުގައި ހުރުން ނަސީބު ލޯތްބަކީ ހެއްޔެވެ.

ސީޖުން ދެއްކި ވާހަކަތަކާއި މެދު ވިސްނަން އޮށްވާ މާޔާއަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ހޭލެވުނީ ނަކީލް ގޮވާއަޑަށެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އޮވެވުނީ މިއަދު ވީ އެއްވެސް ކަމެއް ހަދާން ނެތްފަދައިންނެވެ.

” މައި…ލެޓްސް ގޯ…މިހާރު މައި ޑިސްޗާޖްކޮށްފި.. އެންޑް ގެސް ވަޓް… އެއީ މައި މާ ބޮޑަށް ފިކުރުކޮށް ހަދާތީ ވާގޮތެކޯ ޑޮކްޓަރ ބުނީ… ނެތޯ އެއްވެސް މައްސަލައެއް..” ނަކީލް މާޔާގެ އަތުގައި ހިފައިގެން ވާހަކަ ދައްކަމުން ދިޔައިރު މާޔާއަށް ކަޅިޖަހާނުލާ ބެލެމުން ދިޔައީ ނަކީލްއާއިހެން ދިމާލަށެވެ.

މާޔާގެ އެއްވެސް މައްސަލައެއްް ނެތޭ ބުމުނުން އެހިތް އުފަލުން ނަށަމުންދާފަދައެވެ. ތިމާ ލޯބިވާ މީހަކު ސިއްހަތު ސަލާމަތުން ހުރިކަން އެނގުމުން އުފާ ނުވާނީވެސް ކާކު ހެއްޔެވެ.

މިއަދު ޑޮކްޓަރ ދެެއްކި ވާހަކަ ހަދާންވުމުން މާޔާގެ ހިނިތުންވުން ކޮންމެވެސް ވަރަކަށް ފަޑުވިއެވެ. ނަކީލްއަށް ހަޤީޤަތް އެނގުން ނަމަ އެހިނިތުން ފަޑުވީސްކަން ގައިމެވެ. އެމޫނުމަތިން މިހާރު ފެންނަމުން ދިޔަ ހިތްހަމަޖެހުމުގެ ބަދަލުގައި ފެންނާނީ މާޔާ ދެކެން ބޭނުންނުވާ ކުލަތަކެއްކަން ގައިމެވެ.

……………………………………………………………………………..

މާޔާ ގެއަށް ދެވުމުން ފާހަނައަށް ވަދެ ތާޒާވެލިއެވެ. ގެއަށް އައި މަގުމަތީގައި ނަކީލްއާއި އެކީ ބޭރުން ކައިގެން އައުމުން ގައިގައި ހުރީ ވަރުޖެހިފައެވެ. މިއަދު ހެދުނު ބަލިވެ އުޅުނު މީހެކޭ ނުވެސް ބުނާނެއެވެ.

މާޔާ ފެންވަރައިގެން ތުވާލިން އިސްތަށިގަނޑު ހިއްކަމުން ނިކުތްއިރު ޖެހުނީ ނަކީލްގެ ކުރިމައްޗަށެވެ.މާޔާގެ ތެތް އިސްތަށިގަނޑާއި ހާމައަށް އޮތް ކަދުރާ ފެނި ނަކީލްއަށް މާޔާ ކައިރިއަށް ޖެހިލެވުނީ ނޭނގޭ ބަރަކުން ގެންދާފަައަކުންނެވެ. އެހެންނަމަވެސް މާޔާ މާ ބޮޑުކަމަކަށް ނުހަދައި ޑްރެސިންޓް ޓޭބަލް ކައިރީ ހުއްޓިލީ ނަކީލްގެ ހިތުގެ ގޮވުން ނޭނގޭ ކަމަށް ހެދެމުންނެވެ. ނަކީލް ގޮސް މާޔާގެ ފުރަގަހުން ހުއްޓީ ފަހަތުން ބައްދާލީ މާޔާއަށް ދުރަށްނުދެވޭ ހާ ބާރަށެވެ.

” މައި އަދިވެސް ހާދަ ރީއްޗޭ…އެންމެ ފުރަތަމަ އަށް ފެނުނު ދުވަހޭ އެއްފަދަ…އެއްވެސް ތަފާތެއް ނެތް..” ނަކީލްގެ ވައިއަނޑުން މާޔާގެ ކަންފަތް ދޮށުގައިބުނެލިގޮތުން މާޔާގެ ލޯލިތަށް ކޮޅަށްޖެހުނުފަދައެވެ. މުޅި ހަށިގަނޑުތެރޭ ޖަޒްބާތުގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. އެއީ އަބަދުވެސް ނަކީލް ކައިރިވަމުން މާޔާއަށް ވާ ގޮތެވެ.

” ކީލް ނޮޓް ޓު ނައިޓް ..ޕްލީޒް..” މާޔާ ނަކީލްއާއި ދުރަށް ނުގޮސް މިހެން ބުނެލީ މަޑުމަޑުންނަމަވެސް ނަކީލްއަށް އަޑުއިވޭވަރަށެވެ.

” އެއީ ކީއްވެ…ޔޫ އާ މައި ވައިފް މައި… އެންޑް އައި ލަވް ޔޫ..” ކުރިން ދުވަހަކުވެސް ނަކީލްގެ އެދުމަކަށް ދެކޮޅުހަދާފައި ނުވުމުން މިއަދު މާޔާ އެހެން ކަންތައްކުރުމުން ނަކީލްއަށް އުދަނގޫވިއެވެ. ނަކީލްމާޔާއާއި ދުރަށްޖެހިލައި މިހެން ބުނި އިރު އެދެލޮލުން ފެންނަން ހުރި ޝަކުވާ ކިތަންމެ ރަގަޅަށްވެސް ހާމަވެއެވެ. ހިސާބަކަށް ހިތްހަމަ ނުޖެހުނުނަމަވެސް މިއަދު މާޔާ ބަލިކޮށް އުޅުމުން ވީގޮތެއްކަން ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ނަކީލްގެ ދުލުން ލޯބިވާ ވަހަކަ ހާމަކުރާ ދުވަހެއްގެ އިންތިޒާރު މާޔާ ކުރާތާ މީ ކޮންދުވަހެއްހެއްޔެވެ. ނަކީލްގެ ހިތުގައި މާޔާއާއި މެދު ހަމްދަރްދީ އުފެދުނު ކަމުގައިވިޔަސް ނުވަތަ މިއީ ކުރިން ވީ ލޯބި ކަމުގައި ވިޔަސް މާޔާކުރި އިންތިޒާރުގެ ނިމުން އެ ގެނައީ ނަކީލް ބުނެލި ދެތިން ބަހަކުންނެވެ.  މާޔާ ނަކީލްގެ ގައިގައި  ބައްދައިގަތީ ވީ އުފަލުންނެވެ. މާޔާގެ ހުރިހާ ހިތާމަތަކެއް ހަދާން ނައްތާލާ ނަކީލްގެ އަތުތެރޭ ވުމަށް ބޭނުންވިއެވެ.

“ސޮރީ… އައި ލަވް ޔޫ ޓޫ… ކީލް..” ނަކީލްގެ މޭތެރޭ މާޔާގެ މޫނު ފޮރުވާލަމުން ބުނެލިއެވެ. ނަކީލްވެސް މާޔާ ގައިގައި ދެއަތްވަށައިލާއި މާޔާ އިތުރަށް ގަޔާލާއި ބޮޑިކޮށްލީ އެދެމެދަށް ވައި ރޯޅިއަކަށްވެސް ނުވަދެވޭހާ ވަރަށެވެ. އެރޭ ދެހިތް ގުޅިގެން ދިޔައީ ރޭގެ ފޮނި މީރުކަން ލިބިގަންނަމުންނެވެ.

އެކަކު އަނެކެއްގެ އަތުތެރޭ ނިދާފައި ތިބީ ކުރިއަށް އަންނަށް އޮތީ ކިހާ ބޮޑު ތޫފާނެއްކަން ނޭނގޭ ހާލުގައެވެ. މާޔާއާއި އެކީ މިއަދު އުފާވެރި ދިރިއުޅުމަކަށް އެޅި ފުރަތަމަ ފިޔަވަޅަކީ މިގޮތަށް ދެމި އޮންނާނެ އެއްޗެއް ނޫންކަން އެނގޭނެ ނަމަ މިރޭ ނިމިގެން ދިޔައީ ހީ ހިތާމަކުރުގައިކަން ގައިމެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ކަކުނި 15

Next

އިއުނާސް (8)

Next
May 15, 2017

އިއުނާސް (8)

Previews
May 14, 2017

ކަކުނި 15

34 Comments!

  1. writer says:
    May 15, 2017 at 12:25 am

    hei readers.. here it is new episode.. mi episode eh episode thakah vure kuru vee thee maafah eden… adhi ves ekams nunimey ekan ehaa dhigu inthizaareh kuruwan beynun nuwaathy mi upload kohly varah buzy koh ulhemun..proof read nukurevunyma mistakes ves huredhaane but point out koh dheefiya varah bodah shukuru verivaanan.. mayaa kanthah kuraane hen readers ah heevany kihinei ?

  2. fake writer says:
    May 15, 2017 at 12:34 am

    Miyah vure upload nukuriyas rangalhuvaane

    1. writer says:
      May 15, 2017 at 1:23 am

      Sorry but fake writer thihen bunela dhin sababu bunefiyaa varah ragalhu vaane

  3. Fathun says:
    May 15, 2017 at 12:42 am

    Vrh salhi…

    1. writer says:
      May 15, 2017 at 1:25 am

      Thank you but i am not satisfied with this episode.. i ll try to write it better next time… keep reading

  4. jinni says:
    May 15, 2017 at 1:22 am

    vv bodah wait kurevijje mi story ah. V rythi ekam maaya maraa nulacche please please please. nakeel ah angaa kommes gothakun and maya treatment nagan nakeel eky fonuvaa. please. kothah episode baaky? when is the next part? desperately waiting.

    1. writer says:
      May 15, 2017 at 7:01 pm

      Liye nimunu haa avahakaa upload kohdheynan… may be end of this week.. it depends on revisiom?

  5. Petite says:
    May 15, 2017 at 3:24 am

    I appreciate your work.. thihaa bxy kn ulhemun up kolla dhineema hithuge enmme funminun shukuru verivan ?? waiting for the next part ❤❤

    1. writer says:
      May 15, 2017 at 5:38 am

      Thankyou…?

  6. Kal says:
    May 15, 2017 at 6:12 am

    Nice.. Exams nimeyny knirakun?

    1. writer says:
      May 15, 2017 at 6:56 am

      Next week …?

    2. Kal says:
      May 15, 2017 at 8:45 am

      Oh.. Mine too
      So next week vx one epi dhw upkureveyny…
      It’s ok… GWS
      Love u

    3. writer says:
      May 15, 2017 at 9:47 am

      Best of luck do well… exams nimaafa upload kohdheynan

  7. Vaahaka kiyaa kuhjjaa says:
    May 15, 2017 at 8:21 am

    Maaya ei nukiyavaa huri doctor eh tha ? 1st stage of cancer ga there is high probablity of getting ride of cancers .. and 6 months? Are you kidding me ?
    So eyna ehaa beykaaru hiyaaleh vs kuraakah nujehunees eyna akee rangalhu doctor eh namaka ..
    Mi ee kiyaalan warah hiy gaimu vaahakaeh .. mikahala silly mistakes nuhedhun warah buhddhi veri . Do some investigations dear ..
    🙂

    1. writer says:
      May 15, 2017 at 6:56 pm

      It depends anything cancer type ey dear… she has a tumor… cancer can be like a time bomb … stage thah machah dhaa varakah salamai vumuge chances ves. Kudavaane… first stage ey kiyaafa u cant live for longer … first dtage ge maana aky gaige ehn baithakah nufethureye…e stage ah nudheyr…u ll soom figure out why it is thay way… hehe..thank dear… i ll keep it inmy.mind… thank you for pointing it out

  8. Noor says:
    May 15, 2017 at 8:22 am

    Varah reethi mi story…alhe e dhemyhun dhuru nukurachchey..???

    1. writer says:
      May 15, 2017 at 9:53 am

      Thank yoy noor…lets see dhw dhemyhunah vaagotheh

  9. Mary says:
    May 15, 2017 at 8:38 am

    E dhemeehun dhuru nukurahchey… Next part kn irakun?

    1. writer says:
      May 15, 2017 at 9:55 am

      Neclets see dhw vaagotheh…next week

  10. Maureen says:
    May 15, 2017 at 8:54 am

    Hithah eri dhuvahakun kuda thankolheh thi up kollany
    Thy kiyuntherinnah kuraa malaamaatheh. Varah bodah fooohi vejje

    1. writer says:
      May 15, 2017 at 9:45 am

      Hithah eri dhuwahaku neh noon… i already explained my condition and i said i ll upload ey after exams adhi exams eh nunimey…mihadhany aadhaige school kudhin hadhaa kahala exams eh noon…mulhi fothun… my responsiblity is dealing eith human life…so v dhera vejje aslu thihen bunythy… busy ve hure ves vaguthu libey varakun liyunu ethikolhu ves mi upload koh dhiny… meege eh hafthaa fahun kohfiyaa adhi kiyaany thi ah vure ves ehchehi kanneyge dhw… sorry to say this but unless u suffer from same condtion u wont understand a thing… mihen bunyma writer kaalaany ky noon…. i speak my heart out… i might be rude but i am also a human…its a normal emotion

  11. Sidhu says:
    May 15, 2017 at 9:35 am

    V reethi mi story…..gud luck 4 ur exam…

    1. writer says:
      May 15, 2017 at 9:57 am

      Thank you

    2. writer says:
      May 15, 2017 at 10:00 am

      Thank you… exams are a part of life nu… exams onaane every now and then… so madukuranya jeheny sem break naganthaa… ehaa dhuwahaka nuwaane eh nu dhw…ehn dhaane busy dhuwas varu thah ves…thats how life is…keep reading joo…thats v good idea eh

  12. Joo says:
    May 15, 2017 at 9:40 am

    story reethi. Joo a heevanee Writer ge exam nimuneema hama jehigen story nerun maa rangalhu vaanehen..eirun break nunagaa story continue kureveyne eenu. story kiyaa kudhin vez happy vaane eirun

    1. writer says:
      May 15, 2017 at 11:12 am

      Oh joo ah kuri reply eothy ehn thanehga?

  13. Dhim says:
    May 15, 2017 at 12:22 pm

    V v salhi mi vaahaka
    Bunelan beynun. Vaahakae kiyaa ninmaala haa faseyha kameh noon vaahaka eh liyefa upload kurumaki,kithanme dhigu vias kuru vias,up kuraa leh las vias adhi konme dhuvahaku up kurias. Shakuvaa onnane aee insaani thobeeah. Heyo bas thaka vuren negative bas gina vaane
    Bt I love this story

    1. writer says:
      May 15, 2017 at 6:58 pm

      I can understand… thank you

  14. Kiara says:
    May 15, 2017 at 1:06 pm

    Kmme meeheh vs thankolheh liyelaafa sorry sorry..
    Dhn shakuvaa kureveyne dhw..
    Hithuga shakuvaa eh ovva dhn nubune vaahaaka varah furihama ey ekani nubune veynu..
    Dhn maa bodu ehcheh heenukuraathi..
    Aslu hama hageegathah mi bunanee mi vaahaka reethi viyas kiyan foohi vey ehaa lahun up koffa ehaa kurukoh gennaathyve..

    1. writer says:
      May 15, 2017 at 1:50 pm

      Bunelan beynun vany komme insaanaky ves thafaathu baekey… halaathaa vaguthaa hurihaa ehcheh ves…komhen vaahaka furihama ey varah reechey varah molhey nubunayas i dont care… thi hiyaal faalhu kuraa iru reethi mingadeh inaane…meehakah malaamaatheh dhera eh hithuga jegey gothakah bunumaky ragalhu gotheh noon kanneyge…ehves massakatheh nukoh thibey meehunah hama sihhathuga thibey meehunah vaahaka upload kurevidhaane eh dhuwhun mulhi vaahaka ves…eheneh noon…mihen mibuny rude koh heeviyas i am being frank here… i am not a free person… varah faahaga vey esfiyaiga thibey baeh readers vaki kiyuntheriyakah bura vaathan… miee vaki wrtier akah bura vumekey noon…eki eki meehunah… this is our hardwork… all writers arw human beings.. life is complicated… kiyuntherinah vaahaka eh kiyaalan libunyma neygi dhaane mee kihaa varehga bura masakatheh kan.. ehneve eyge agu vazan ves nukurevidhaane…ae kee masala eh noon… ekam sikundi eh dhehvaafa inythy visnen ves jeheyne …ekaku anekakah ihthiraam adhaa kureven jeheyne… i already tld u my condtions.. bahanaa eh noon mee… i dont mind foohi vaa kudhin vaahaka nukiyas…it all depends of ur wish… have a nice day… i ll continue with my work even if i get a bundle of negative comments.. failure is the very first step towards success and road for success isnt always smooth

  15. haphu says:
    May 15, 2017 at 1:22 pm

    This one is one of the most emotional story I ever had enjoyed..?
    Story ge main points are awesome?, I really love it, And the writer who wrote this is just superb?
    All the best dude for your exams?
    It’s hard to wait for the next part of this story, I really wanna enjoy the next episode…
    This story is fabulous, awesome, emotional, great,???
    Waiting waiting ?

    1. writer says:
      May 15, 2017 at 7:07 pm

      Thank you… good to hear that… i am working on it… liye nimunu haa avahakah next episode geneshdeynan.

  16. Eeny says:
    May 15, 2017 at 5:11 pm

    Varah reethi, ehaa dhigu nukuriyas beykaaru vaahaka thah netheema varah best??????

    1. writer says:
      May 15, 2017 at 7:10 pm

      Thank you… ekam onext part thankolheh dhigu koh genesdheveytho try kuraanan… exam nimaafa aigothah liyefa upload kury mi part ehnve ehaa kuruvi… keep reading

Comments are closed.


All Right Reserved!