ކިތަންމެ ކުުރުގޮތަކަށް މާޔާ ކަންވީގޮތް ކިޔައިދިން ނަމަވެސް ނަކީލްއަށް ހުރިހާ ކަމެއް ސިފަވާފަދައެވެ. ފުރަތަމަ ފަހަރަށް މާޔާ ދެއްކި ވާހަކަ ތަކާއި މެދު ވިސްނަން މަޖްބޫރުވިއެވެ. މާޔާ ނާކީލްއަށް އެވަރަށް ގުޅިނަމަ އެކަމެއް ނަކީލްއަށް ނޭނގުނީ ކީއްވެހެއްޔެވެ. މާޔާ ނަކީލް ހޯދަން ގުޅީކަމެއް ނަކީލްއަކަށް އެގިފައެއްނެތެވެ.މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ މާޔާގެ ބޭވަފާތެރިކަން ހެއްޔެވެ..ނުނީ ބައެއްގެ މޮޅު ރޭވުންގަނޑެއް ހެއްޔެވެ.ކޮންމެ ގޮތެއްވިޔަސް ހަޤީޤަތާއި ހަމައަށް ވާސިލްވާން ނަކީލް އަޒުމް ކަނޑައެޅިއެވެ. މާޔާގެ ގިސްލުމުގެ އަޑު ކެނޑުނުހެން ހީވުމުން ނަކީލް […]
” ޔޫ ހޭވް ނޯ ރައިޓް ޓު ސޭ ދެޓް..” މާޔާގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ. ” އަހަރެން އެހާ ނަފްރަތު ކުރަނަމަކަ އެކުދިންނެއް ނުވެސް ވިހާނަންދޯ… އަދި އަމިއްލަ ނަފްސަށް އެކަމުން ނުރައްކާއެއް އޮތްކަން އެނގޭއިރުވެސް … ނަކީލްއަށް ނޯންނާނެ އެއަށް އެއްޗެއް ބުނުމުގެ ހައްޤެއް އެނގިއްޖެތަ..” މާޔާ އަޑަށް ބާރުލާފައި ބުނި އިރު ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ނަކީލްއަށް ހުރެވުނީ މާޔާ ބުނި އެއްޗެއްގެ މާނަ ނަގައިންނާނެ ގޮތެއްވެސް ނޭނގިފައެވެ. ” ދަރީން…ވަޓް ޑުޔޫ […]
” މޯމް…ޑޭޑް…. ދިސް އޒް މާޔާ… މައި ވައިޕް..” ނަކީލް އެންމެނަށް މާޔާ ތައާރަފްކޮށްދިނެވެ. ނިހާލް އައި ރުޅީގައި ނަކީލްކައިރިއަށް ޖެހިލާއި ނަކީލްގެ ކަންކަށިމަތީ ޖެހިއެވެ. މާޔާއަށް ބިރުން އަނގަމަތީ އަތްއަޅާލެވުނީ މި ވާނުވާ ނޭނގޭތީއެވެ. ސުވާލުގެ ނަޒަރަކުން ނަކީލްއަށް ބާލާލީ ޖަވާބު ބޭނުންވާފަދައިންނެވެ. ނަކީލް ނިހާލްއާއި ހަތަރު ކަޅި ހަމަކުރިއިރު އެދެލޮލުގައިވަނީ ޝަކުވާއެވެ. “ޑޭޑް ޕްލީޒް.. ލިސެން ޓު މީ” ނަކީލް ބުނެލީ އާދޭހާއި އެކީގައެވެ. “ނޮޕް… އަހަރުމެން ނަކީލް ބަލާއި ބޮޑުކުރީ..ކާންދީ ބޯންދީ ހަރަދުކޮށް […]
” މިހާރު ތި ބުނާ އަންހެން ކުއްޖާތަ މުހިއްމީ މައިންބަފައިންނަށް ވުރެ.. ބޭނުން އެއްޗެއް ބުނާހާއިރަށް ހޯދައިދީ އެހާ ލޯބިދީގެން ބޮޑުކުރީމަވެސް އިސްވަނީ އެހެންމީހެއް ދޯ… ނަކީލް އަކަށް ލާހިކެއް ނޫން އެކުއްޖާއާއި ކައިވެނި ކުރެވޭކަށް… އެކަހަލަ ރަށްފުށުގެ ކުއްޖަކު ކިހިނެތް ގެންނާނީ… އެންމެންގެ ތެރޭގައި އަަހަރުމެންގެ އަގުވައްޓާލަންތަ ބޭނުންވަނީ…އޭން… އެހެން ނަސްލުގެ މީހަކާއި އިންނަން ތިއުޅެނީ ރީތި ކޮރެއާ ކުދިން މަދުވީމަތަ…ދެން ނިކަން އިދެބަ ތިކުއްޖާ އާއި… ލާހިކެއް ނޫން..” ނިހާލު ރުޅިއައިސްގެން ތުރުތުރުއަޅާ ކަހަލައެވެ. […]
ކޮޓަރިން ނިކުމެގެން ހިގާފައި ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ. ” އަޅުގަނޑަށް އެނގޭ ދައްތަ މާޔާއާއި ދޭތެރޭ ވިސްނާކަން.. އެކަމަކު ދައްތަގެ ތި އެދުން ކިހިނެތް..” އެކޮޅުން އިވެމުން ދިޔައީ ފާރިލްގެ އަޑެވެ. ” ދައްތައަށް އެނގޭ ހުރިހާ ކަމެއްވެސް.. ފާރިލް މާޔާ ދެކެ ލޯބިވާކަންވެސް އެނގޭ… ދައްތަ މާޔާގެ ދިރިއުޅުމާއި މެދު ވިސްނައި މިހާރު ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ… ދައްތަ އަށް ކަމެއް ކޮށްދެންޏާ […]
” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ. “ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. ………………………………………………………………………………. […]
އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކަންވެރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއުޒިކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ތަސައްވުރުކުރަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި އެކިއެކި އުމުރުފުރާރތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ […]
އަވަސް އަވަހަށް ހިނގާފައި މާޔާ ދިޔައިރު އިރު އިރުކޮޅާ ލޯ ފުހެލައެވެ. މާޔާއަށް މިކުރެވުނީ ކީއްެހެއްޔެވެ. ނަކީލްގެ ލޯތްބަށް ބޭނުންވެފައި ހުއްޓާވެސް އެއަށް އިންކާރުކުރެވުނީ ކީއްވެހެއްޔެވެ. މާޔާ އަމިއްލަ ނަފްސަށް މަލާމަތް ކުރާ ކަހަލައެވެ. ލޯބި ވާންވެސް އެނގުނީ ތިމާއާއި އެކަށީގެން ނުވާ މީހަކާއިއެވެ. ނަސްލުގެ ގޮތުންވެސް ނަސަބުގެ ގޮތުން ވިޔަސް މާޔާއާއި ނަކީލް އެއްހަމައެއް ނުކުރެވޭނެކަން މާޔާވަނީ އަމިއްލަ ހިތަށް ވިސްނައިދީފައި ކަހަލައެވެ. ހައިފާވެސް ބޭރުގައި އުޅެފައި ކޮޓަރިއަށް އައިވަގުތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަދިރިކަމުގެ ތެރެއިން […]
ނަކީލް ފިޔަވަޅުތަށް ފަހަތަށް އަޅަމުންގޮސް ކުރިން އިށީންދެގެން އިން ގޮނޑިއަށް ވެއްޓިގަތެވެ. މާޔާއާއި އެކު ފެނުނު ޒުވާނާގެ ސަބަބުން ނަކީލްގެ ތަބީއަތު ގޯސްވިކަހަަލައެވެ. އެއީ އަނެއްކާ މާޔާގެ ކާކު ހެއްޔެވެ.؟ ނަކީލް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ފޮރުވުމަށްޓަކައި ލޮލުގެ އެސްފިޔަތަށް ތަޅުވައިލިއެވެ. މައްޗަށް ބަލާލައި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައީ ނަކީލްގެ ހިތަށް ވިސްނައިދެމުންނެވެ. ނަކީލް އިންތަނުން ތެދުވެގެން ޕާޓީ ހޯލްގެ މީހުންގެ ތެރެއަށް ވަދެގެން ދިޔައީ މާޔާ ހުންނާނެހެން ހީވާ ދިމާއެއް ބަލަމުންނެވެ. އެހާ […]